Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކުންދިން-28

SomeOne Level 210 Stories
June 19, 2023 9 Mins Read
44 Comments

“އެ ކުއްޖާ މިހާރު މީހަކާ އިނދެ ވަރިކޮށްފަ ހުރީ.. ކުޑަ ކުއްޖެއް ވެސް އޮވޭ” ޒިވިއަލް އެހެން ބުނެލީ ވަރަށް ޖެހެލުންވެހުރެއެވެ. އެހެން ބުނެލިއިރު އިނީ އެއް އިނގިލިން އަނެއް އިނގިލީގެ ނިޔަފަތި ކޮށްޓަންށެވެ. އަދި ދޭތެރެއަކުން އަހަރެންނާއި ދިމާއަށް ބަލާލައެވެ.

“ކީކޭ؟ ކާކު އެއީ؟ އެކަމަކު ދަރިފުޅުގެ އަލަތު ކައިވެންޏޭ ތީ… ފުރަތަމަވެސް ދޮންބައަކަށްތަ ވާން ތި ވިސްނީ؟” ސަމީރުބޭ އެހެން ބުނެލިއިރު ފަހަތުން ޚަދީޖައްތަ ” ސަމީރޫ ކީކޭހޭ ބުނާ އަޑު އިވުނެވެ.އެއާއިއެކު ސަމީރުބެ ފޯނުގައި ހުރެގެން ޚަދީޖައްތައަށް ވި ގޮތް އޮޅުންފިލުވައިދިންއަޑު އިވުނެވެ. ދެން އިވުނީ ޚަދީޖައްތަގެ އަޑެވެ.

“ދަރިފުޅު ކީކޭ ތި  ކިޔަނީ؟ އެ ވަރުގެ ބޮޑު ޒިންމާއެއް ދަރިފުޅަށް ނެގޭނެތަ؟ ކޮން ކުއްޖެއް އެއީ؟”

” އެ ވަރުގެ ޒިންމާއެއް ނަގަން ތައްޔާރުވީމަ އިންނަން މި އެހީ… ގާތްގަނޑަކަށް ތިން އަހަރު ވެއްޖެ މަންމާ.. އެ ނޫން ކުއްޖެއްދެކެ ލޯތްބެއް ނުވެވުނު.. އެހެން ކުއްޖެއް ކަމަކުވެސް ނުދިޔަ….. އެ ނޫން ކުއްޖެއް ހަޔާތަށް ގެންނަން އަހަރެން ބޭނުމެއްވެސް ނޫން!” ޒިވިއަލް ވާހަކަދެއްކީ ސީދާ އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިނދެއެވެ. ޒިލާލް މޫނަށް އެކި ކުލަވަރު އަރުވަމުން އެކި ވައްތަރު ޖައްސަމުން ޒިވިއަލްގެ ވާހަކަތައް އަޑުއަހަން އިނީ ހިންދީ ސީރީޒް ބަލަން އަންހެންވެރިންތިބޭ ހެންނެވެ. އަހަރެންއިނީ އިސް ޖަހާލައިގެންނެވެ.

” ދެން ދަރިފުޅުވެސްތީ ތަސައްރަފް ފުދިފަ ހުރި ބޮޑު މީހެއް. އެއީ ދަރިފުޅު ބޭނުންވާގޮތްކަމަށް ވަންޏާ ބައްޕަމެން ތީގަ ކީކޭ ބުނާނީ؟ ދަރިފުޅު ބޭނުންކަމެއް ހަމަ ކުރަންވީ….ބައްޕަމެންގެ ހެޔޮދުޢާ ލިބޭނެ…..އެކަމަކު އަދިވެސް އެއް ފަހަރު ވިސްނާލަން ބައްޕައަށް ފެނޭ……” ސަމީރުބޭ އެހެންބުނީ އެހާ ހިތްހަމަޖެހިފައި ނޫންކަން އަޑުން އެނގެއެވެ.

“އަދިވެސް ކޮންކުއްޖެއްކަމެއް ނުބުނަމެއްނު؟ ކޮންގޭ ކުއްޖެއްތަ އެއީ؟” މި ފަހަރު ވާހަކަދެއްކީ އަނެއްކާވެސް ޚަދީޖައްތައެވެ.

“އައްޑޫ ހިތަދޫ، ވައިލެޓްވިލާ ނިޝްރީންގެ ހައްވާ އީމާން” އަހަރެންގެ ފުރިހަމަ މައުލޫމާތު ކިއާލިއިރު އަހަރެންވެސް އިނީ ކޮސްވެފައެވެ. އަހަރެން ތަފްސީލް ނުދިނަސް ޒިވިއަލްއަށް އަހަރެންގެ ކަންކަން އެނގޭލެއް އަވަސްކަމުން އަޖައިބު ނުވާހާވޭހެއްޔެވެ؟ އަހަރެންގެ ނަން ބުނެލުމާއިއެކު އަހަރެންގެ ހިތް އިހުނަށްވުރެ ބާރަށް ތެޅެން ފެށިއެވެ. ސަމީރުބޭމެން ބުނާނެ އެއްޗެއް ނޭނގޭތީއެވެ.

” އީމާން އޭ؟ ބައްޕައަށް ކުރިންވެސް ހީވިޔޭ ތިކަހަލައެއްޗެއް! އެކަމަކު ދަރިފުޅަށް އެނގޭނު އީމާންއަކީ ކޮންކަހަލަ ކުއްޖެއްކަން؟” ސަމީރުބޭގެ ވާހަކަ ނުނިމެނީސް ޒިވިއަލް ފެށިއެވެ.

“އާން! ވަރަށް ރަނގަޅަށް އެނގޭ.. ނިކަމެތި…އާއިލާއެއް އޮވެމެ އާއިލާއެއް ނެތް ކުއްޖެއް… އެކަނިވެރި ކުއްޖެއް…. ބައްޕަ ނެތް ކުއްޖެއް… އެކަމަކު އަޚްލާޤު ރަނގަޅު މުރާލި ކުއްޖެއް! ހިތްހެޔޮ އޯގާތެރި ކުއްޖެއް.. އަހަރެންނަށްވުރެ އެތަށް އަހަރެން ހަގު ނަމަވެސް އަހަންނަށްވުރެވެސް މެޗުއާޑް… ހިތްވަރުގަދަކަމުގެ މިސާލެއް… ކޮންމެ ފިރިހެނެއްވެސް ހަޔާތުގެ ބައިވެރިއެއްގެ ކިބައިގައި ހުންނަން ބޭނުންވާނޭ ހުރިހާ ސިފައެއް ހުރި ކުއްޖެއް!” ޒިވިއަލް އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިނދެ ވާހަދައްކަން ފެށުމާއިއެކު އަތުން ދަނީ އޭބުނެ ޒިލާލް ބޭރަށް ނުކުތެވެ. އިތުރަށް އިންނަން  ނުކެރުނީ ކަންނޭނގެއެވެ.

“ބައްޕަ ތިކަމާ ދެބަހެއް ނުވަމޭ.. އެއީ ވަރަށް އުޅުންހުރި ރަނގަޅު ކުއްޖެއް.. އެކަމަކު އީމާން ބައްޕަ ހޯދަން ބޭނުންވެއްޖެއްޔާ؟ އެއީ ޒިވިއަލްއާއި ގުޅުން ހުރި މީހަކަށް ވެއްޖެއްޔާ ކިހިނެއްވާނީ؟ އާއިލާތެރޭގައި މައްސަލަ ޖެހޭނީ.. ޒިވިއަލްއަށް އޭރުން އީމާންއާއި ދަރިފުޅު ރައްކާތެރި ކުރެވޭނެތަ؟” ސަމިރުބޭ އެބުނި އެއްޗެއް ޒިވިއަލްއަށް ނޭނގުނުނަމަވެސް އަހަރެންނަށް  ކިތަންމެހާވެސް ސާފުކޮށް އެނގުނެވެ.

“އެއީ ބައްޕަގެ ކުއްޖެއް ނޫނެއްނު؟ އެހެން ވީމަ ދެން މައްސަލައެއް އަންނާނެކަމަކަށް ޤަބޫލެއް ނުކުރެވޭ… އަހަރެން ވަރަށް އިތުބާރުކުރަން އީމާންއަށް.. އެއީ އަމިއްލަ ނަފްސަށްވުރެ އެހެން މީހުން އިސްކުރާކުއްޖެއް… އަޅުގަނޑު  އީމާން އާއި އިންނަން ބޭނުންވެފަ ހުންނަތާ ވަރަށް ދުވަސްވެއްޖެ. އެކަމަކު އީމާން ނޫނެކޭ ބުނަމުން އެއައީ މަންމައާއި ބައްޕަ ނުގަބޫލުވެދާނެތީ…. މަންމަމެންގެ ހެޔޮކަމުގެ ބަދަލުގައި ހިތާމެއް ދޭކަށް ބޭނުމެއް ނޫނޭ ބުނަމުން.. މަންމަމެން ރުޅި އައިސްދާނެ ނޫނީ ހިތްހަމަ ނުޖެހިދާނެ ކަހަލަ ކުޑަނަމަވެސް ކަމެއް ކުރާކަށް އީމާން ބޭނުމެއް ނޫން.. އެކަމަކު އަޅުގަނޑު އީމާންއާއި އިންނަން ބޭނުންވާލެއް ބޮޑުކަމުން މި ގުޅީ….. ފަހަރުގަ ކުރިމަތީގަ އިނދެގެން މިހެން ވާހަކަ ދައްކަން ނުކެރިދާނެ! ކިތަންމެ ބޭނުންވިޔަސް ބައްޕަމެން ޤަބޫލު ނޫނިއްޔާ އެކަން ހުއްޓާލާނަން… އީމާން ބޭނުމެއްނޫން ބައްޕަމެން ނުޤަބޫލުގަ އިންނާކަށް.. މަންމަ ކައިރީވެސް ބުނެދީ މަންމަ ނުޤަބޫލިއްޔާވެސް އީމާންއާއި މެދު ގޯސްކޮށްނުދެކެއްޗޭ! “ ޒިވިއަލް އެންމެ ސިކުންތަކަށްވެސް އަހަރެން ގެ މޫނުން ނަޒަރު ގެއްލުވައެއް ނުލައެވެ. އެ ހުރިހާއިރަކު އަހަރެން އިސްޖަހައިގެން އިނީ ފެންކަޅިވެފައެވެ.

” ބައްޕަ އަބަދުވެސް ވަރަށް ފަޚުރުވެރިވާ ދަރިއެއް ތީ! އީމާންއާއި ދަރިފުޅު ރައްކާތެރި ކުރެވޭނެކަމުގެ ޔަޤީންކަން އޮތިއްޔާ ބައްޕަގެ މައްސަލައެއްނެތް! މީހުން ފާޑު ފާޑު ވާހަކަ ދައްކާނެ! އުނދަގޫވެސް ވެދާނެ އެކަމަކު ދަރިފުޅު އީމާންގެ އަތުގައި ހިފުމަށްފަހު އެ އަތުން ދޫކޮށްލައިގެން ނުވާނެ!” ސަމީރުބޭ އެހެން ބުނުމާއިއެކު އަހަރެން ސިހުނެވެ. އަހަރެން އިނީ ސަމީރުބޭ އެއްބަސްވާނޭކަމުގެ ކުޑަނަމަވެސް އުންމީދެއްގައެއް ނޫނެވެ.

” ތެދެއް ދަރިފުޅާ! މަންމަ އަބަދުވެސް އުންމީދުކުރަމުން އައީ ދަރިފުޅަށް ރަނގަޅު ދިރިއުޅުމަކަށް. ދަރިފުޅުގެ އުފަލަކީ އީމާންކަމުގައި ވަންޔާ އެގޮތްވެސް މަންމައަށް ރަނގަޅު ހަމަ… އެކަމަކު މިކޮޅުގަ، ގޭގަ މަންމަ ކައިރީގަ އުޅެންވާނީ! އީމާން ގޮވައިގެން އާދޭ މި ފަހަރު!” ޚަދީޖައްތަވެސް އަހަރެން ޅީ ދަރިއެއްގެ ގޮތުގައި ބަލައިގަތުމަށް ތައްޔާރަށް ހުރިކަން އެނގުމާއިއެކު ލޮލުގައި ހިފެހެއްޓިފައިހުރި ކަރުނަތައް ފައިބައިގަތެވެ. ހިތާމައަކުންނޫނެވެ. އުފަލުންނެވެ.

” އިންޝާﷲ ތި ދެއްކި ހުރިހާކަމަކަށްވެސް ވިސްނައިގެން އުޅޭނީ.. ބޭނުން ވީ އެންމެ އަވަހަކަށް ކައިވެނި ކުރަން.. މާދަން މާލެ ދާނަން..” ޒިވިއަލް ވާހަކަ ދެއްކީ އެއްއަތުން އަހަރެންގެ މޫނު ފޮހެދެމުންނެވެ.

“ކޮންތާކު ޕާޓީ ބާއްވާނީ؟” ޒިވިއަލް މީހަކާއި އިންނާނޭ ދުވަހަކަށް ކެތްމަދުވެފައިވާކަން އަހަރެންނަށް ފުރަތަމަ ފަހަރަށް އިހްސާސްވީ މީހަކާ އިންނަ ވާހަކަ ދައްކާއިރަށް ތައްޔާރީގެ ވާހަކަ ސަމީރުބެ ފެށުމުންނެވެ.

“މާލެ ގޮސް ތި ވާހަކަ ދައްކާނީ.. އެންމެ ފުރަތަމަ އީމާން ކައިވެންޏަށް އެއްބަސްކުރުވަން ޖެހޭނީ” ބޯ ކަހާލަމުން ޒިވިއަލް އެހެން ބުނެލީ އަހަރެންނާއި ދިމާއަށް ވައްކަޅިން ބަލާލަމުންނެވެ.

” އޭނއޭނ……އަދި އީމާންއާއި ވާހަކަ ދައްކާފައެއް ނޫންތަ ތި ގުޅީ؟ ދަރިފުޅާ!” ސަމީރުބެ  ނިކަން ރާގުލާފައި ދަރިފުޅާއޭ ކިއާ ގޮވާލިއެވެ.

“އެހަށް ބައްޕަމެން އޯކޭވީމަ ދޯ އީމާން ކައިރީ އެހޭނީވެސް. އީމާން ކައިރީ އެއްފަހަރު އެކަހަލަ ވާހަކައެއް ބުނީމަ ފުރަތަމަވެސް ބުނީ ބައްޕަމެން ވާހަކަ… އެހެންވީމަ ދެން މިހާރު ނޯންނާނެއެއްނު އެހެން ބުނެވޭކަށް” ޒިވިއަލް  އޭރުވެސް އިނީ އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

“ދެކުދިންވެސް ބޭނުންވެގެން އެނގޭ އިންނަންވާނީ! ފޯސްކޮށްގެން ދަރިފުޅު އެކަނި ބޭނުންވެގެން ތިކަން ނުކުރާތި! ދެ މީހުންނަށްވެސް ލިބޭނީ ހިތާމަ.. ދަރިފުޅު ބޭނުމިއްޔާ ބައްޕަ އަހާފާނަން”

” ނޫނޭ ބައްޕާ! އަޅުގަނޑު އަހާނީ! އަންގާލާނަން ވާގޮތެއް” ޒިވިއަލް ފޯނު ބޭއްވިއިރު އެ މޫނުގައިވީ އުފާވެރިކަމެވެ.

“ދެން؟” ޒިވިއަލް އަހަރެންނާއި ދިމާއަށް އެނބުރެލިއެވެ. އެވަގުތު އަހަރެންގެ ހިތް އުފަލުން ނަށައިގަތެވެ. އަހަރެންގެ ހިތަށް އެރިއެވެ.” ދެން އަވަހަށް އިންނަން ހިނގާށެވެ!ތިޔަ މޭގެ ތެރޭގައި އުމުރަށް ފޮރުވާލަދޭށެވެ! މިހާރުވެސް ތިޔަ ދޭ ލޯބިން އަހަރެންގެ ހިތާއިމޭ ފުރާލަދޭށެވެ! ” ނަމަވެސް މީގެން އެއްވެސް ބަހެއް އަހަރެންގެ ދުލަކަށް ނައެވެ.ބިރު ގަންނަނީއެވެ. ހިތްނުތަވަނަސް ވަނީއެވެ. މިއީ އެންމެ ރަނގަޅު ނިންމުންކަމާއި މެދު އަދިވެސް ޝައްކު ކުރެވެނީއެވެ. ޒިވާއަކީ ކޮންމެ ގޮތެއްވިޔަސް ޒިވިއަލްގެ ކުއްޖެއް ނޫނެވެ. ޒިވާ ދެކެ ޒިވިއަލްވާ ލޯތްބާއިމެދު ޝައްކު ކުރަނީކީ ނޫނެވެ. ނަމަވެސް އަބަދުގެ އަބަދަށް އެ ލޯބި ދެވޭނެ ބާވައެވެ. ޒިވިއަލް އާއި އަހަރެންނާއި ދެމެދުގައި މިވާ ތަފާތުތައް ފަހުން މައްސަލަތަކަށް ބަދަލު ނުވާނޭ ބާވައެވެ.

އެ ސުވާލަށް އަހަރެންނަށް ޖަވާބު ނުދެވި އުޅެނިކޮށް ޒިލާލް އައިސް ވަދުނެވެ.

” އޭއޭ! ވޯޒްދެޓް ޓްރޫ؟ އީމް ތަ ދޮންބެގެ ހުވަފެނުގެ ރާނީ އަކީ؟” އަހަރެން އުންމީދު ކުރިގޮތަށް ޒިލާލް ހުރީ ފޯނު ނުބާއްވައިގެންނެވެ.

” މައްސަލައެއްތަ؟” ޒިވިއަލް އޭނާގެ އާންމު ސްޓައިލްއަށް ބަދަލުވިއެވެ. އަހަރެންނަށް ފާހަގަކުރެވުނު އެއްކަމަކީ ޒިވިއަލް ލަދުގަންނަ ކަހަލަ  ވާހަކައެއް މީހަކު ދައްކަންޏާ ވަރަށް އަވަހަށް ޕާސަނަލިޓީ ބަދަލުކޮށްލާކަމެވެ.

“އުނހު! ހަވާލު ނުވާން އުޅޭތީ! މަށަށް މާކުރިންވެސް އެނގުނޭ ދޮންބެ ހުންނަނީ އީމް އަށް ކެޓިފަކަން! މަ ނުލާހިކު ކިޔަން އީމްކައިރީ.. އެކަމަކު ދުވަހަކުވެސް އެއްބަހެއް ނުވެޔޭ” ޒިލާލް ފަތިވަރެއް އަމުނާލިއެވެ.

” އަހަރެން ކެޓުނަސް އަނެއްކޮޅުން ނުކެޓެންޔާ ކުރިއަކަށް ނުދާނެއެއްނު” ޒިވިއަލް އިންނަނީ ވަށްބަހުން ޖަހާލާނެ ވަގުތެއް ނުލިބިފައެވެ. އަހަރެންގެ ހިތުގެ އަޑު ޒިވިއަލްއަށް އިވޭނަމަ ޤައިމުވެސް އެހެން ނުބުނީހެވެ. ޒިވިއަލްއަށް އެ ހިތުގެ އަޑު އިވޭނީ ކިހިނެއްހެއްޔެވެ. އެ އަޑު ޚުދު އަހަރެންނަށް އިވުނުނަ ނުދިނުމަށް އަހަރެން މަސައްކަތްކުރަމެވެ. އެ ހަޤީޤަތް ޤަބޫލުކުރަން ޖެހެލުންވާތީއެވެ.

އެދެބެން އެތަށް އިރަކު އެހެން ވާހަކަ ދައްކަން ތިބިއިރުވެސް އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. އެންމެފަހުން ޒިވާ ހޭލުމުން އެންމެން އެކީ ބޭރަށް ގޮސް މެންދުރު ކައިގެން އެ މީހުން ދިޔައީ ގެސްޓްހައުސްއަށެވެ. އަހަރެންވެސް ޒިވާ ގޮވައިގެން ގެއަށްދިޔައީމެވެ.އޭރުވެސް އަހަރެން ޒިވިއަލްއާއި އިންނަން އެއްބަހެއް ނުވަމެވެ. ނަމަވެސް އެރޭ ޖަވާބެއް ދޭނަންކަމުގައި ބުނީމެވެ.

އެރޭގެ ރޭގަނޑު ސާރާއާއި ސީމާއްތަމެންނާއިއެކު އެގޭގައި ވާހަކަ ދައްކަން ތިބުމަށްފަހު ސާރާ ޑިޔުޓީއަށް ދިޔުމުން އަހަރެންވެސް ނިދަން ވަނީމެވެ. ޒިލާލް އާއި ޒިވިއަލްވެސް ގެސްޓްހައުސްއަށް ދިޔުމަށް  ނުކުތެވެ.ނަމަވެސް އަހަރެންނަށް އެނދުގައި ޖައްސާ ނުލެވެނީސް ޒިވިއަލް މެސެޖްކޮށް މީޓްކޮށްލަން ދޮރު ހުޅުވާލަ ދިނުމަށް އެދުނެވެ. އަހަރެން ޒިވިއަލްއާއިއެކު ދަންވަރު މިގޮތަށް ހޭދަވާ ރޭރެއަކީ ޢާންމުގޮތެއްގައިވެސް އަހަރެންގެ ހިތުގައި ބިންވަޅު ނެގޭ ކަހަލަ ރޭރެއެވެ. އެކަން އިހްސާސްވުމާއިއެކު އަހަރެންގެ އަތްފައި ފިނިވިއެވެ.

” އަދިވެސް ގޮތެއް ނުނިންމަމެއްނު؟ އީމާން ނިންމާ ގޮތެއް ނޭނގެނީސް ނުވެސް ނިދޭނެ  މިރޭ” ޒިވިއަލް ގޮސް ސޯފާގައި އިށީނެވެ. އަހަރެންވެސް ގޮސް އެ ސޯފާގެ އަނެއްކޮޅުގައި އިށީނީމެވެ.

“ކިހިނެއް ހަދާނީ؟” އަހަރެންވެސް ހަމަ އެ ސުވާލު ޒިވިއަލްއާއިކޮށްލީމެވެ.

” އީމާން ބޭނުންގޮތެއް ދޯ މީގަ އޮންނާނީ…. މަ އެ ހުރިހާ މޮޅު ވާހަކަތަކެއް ބައްޕަމެން ކައިރީ ދައްކައިގެން އެ މީހުން އެއްބަސް ކުރުވިއްޖެ! މަށަކަށްވެސް ހިއެއްނުވޭ ދެން މިއަށްވުރެ މޮޅު ގޮތެއް އޮތްހެނެއް! މަގޭ އަތްބެއް ޝިޒާންއަކަށްވެސް ނުގެންދެވޭނެ…” ޒިވިއަލް މަގޭ އަތްބޭ ބުނުމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ.. ޒިވިއަލް މޮޅު ވާހަކަ ދެއްކީ އޭ ބުންޏަސް މިއަދު ޒިވިއަލްގެ މައިންބަފައިންކުރިމަތީ އެ ހާމަ ކުރީ ޒިވިއަލްގެ އިހްސާސްތަށްކަން އަހަރެންނަށް ކިތަންމެހާވެސް ސާފެވެ.

” އެކަމަކު”  އާނއެކޭ ބުނަން ބޭނުންވިޔަސް ފަސްޖެހެވުމާއިއެކު ބުނަން އުޅެވުނީ ކީކޭކަންވެސް ހަނދާން ނެތުނެވެ.

“އޭ އެހާ ބޮޑަށް ހާސް ނުވެބަލަ…. އަހަރެން މިހިރީ އަދި ހުސްކޮށް ސޯ އަހަރެން ލައިފްގަ އިތުރު އިޝޫއެއް ނާންނާނެ… އީމް އެހެން މީހަކާއި ގުޅެން ބޭނުންވާ ދުވަހަކުން އަހަރެން އީމް މިނިވަންކޮށްދޭނަން.. މީ ލޯބިން ކުރާ ކައިވެންޏެއް ނޫންކަން ހަނދާން ބަހައްޓާނަން.. ރަށްޓެއްސެއްގެ ހައިސިއްޔަތުން އެހީތެރިވަނީ ކަމަށްބަލާ. އެގޮތަށްވެސް ކުޑަ ދުވަސްކޮޅަކަށްވިޔަސް އީމާންގެ ހަޔާތުން އަހަރެންނަށް ޖާގައެއް ލިބިއްޖެއްޔާ އަހަރެން ހިތްހަމަޖެހޭނެ” ޒިވިއަލް އަހަރެންނާއި ކައިރިވެލިއެވެ. އެ އަޑުގައިވީ އާދޭހޭވެ،

“ޒިވިއަލްވެސް ކަމުދާ މީހެއް ފެނިއްޖެއްޔާ އަހަރެން ދޫކޮށްލާފަ އާ ހަޔާތެއް ފަށަން ވާނެ. އެ ގޮތަށް އެއްބަސްވާނަންތަ؟” އަހަރެން އެހެންބުނިނަމަވެސް ޒިވިއަލް އެހެން މީހެއް ނުހޯދާނޭކަން ޔަޤީންވެއެވެ. އަނެއްކޮޅުން އަހަރެންވެސް އިތުރު މީހެއް ނުހޯދާނޭކަން އަހަރެންނަށް ޔަޤީނެވެ.އެހެންކަމަށްވާނަމަ މި ކައިވެނި ދާޢިމީ ކައިވެންޏަކަށް ވާނޭކަމުގެ އުންމީދުވެސް އަހަރެންގެ ހިތުގައި އޮވެއެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތްކަމާއިމެދު ހިތުގައި އޮންނަ ޝައްކަށް ލުޔެއް ނުލިބެނީސް ޒިވިއަލްގެ ލޯބި އަހަރެން ޤަބޫލު ކުރާނީ ކިހިނެއްހެއްޔެވެ. ލޯތްބަކީ ހުރިހާއެއްޗެއް ނޫންކަން އަހަރެންގެ ފުރަތަމަ ކައިވެނިން ވަރަށް ފުރިހަމައަށް އަހަރެންނަށް އެނގުނެވެ.ޒިވިއަލްގެ ހަޔާތަށް ޚަރީފު މޫސުމުގެ ކުޑަނަމަވެސް އަސަރެއް ކުރާކަށް އަހަރެން ނޭދެމެވެ. އަހަރެމެންގެ ކައިވެނ ކާމިޔާބުނުވެއްޖެނަމަ މިހާރުމިއޮތް ގުޅުންވެސް ގެއްލޭނެއެވެ. އަހަރެންގެ ހަޔާތުން ޒިވިއަލް ގެއްލޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން މީ ކިތަންމެ އަމިއްލަ އެދުން ބޮޑު މީހެކޭ އެހެން މީހުން ބުންޏަސް ހެވެވެ.

“އެހިސާބަށް ދިޔައީމަ އެކަމާވެސް ވިސްނާނަން… އެކަމަކު އީމްއާއިއެކު ހޭދަވާނޭ ދުވަސްކޮޅު ކިތަންމެ ކުޑަވިނަމަވެސް އެ ދުވަސްކޮޅު ވަރަށް އުފަލާއިއެކު ހޭދަކޮށްލަން ބޭނުން…އީމް ދެކޮޅު ނުހަދާނޭކަމަށް އުންމީދުކުރަން!” ޒިވިއަލް އައިސް އަހަރެންގެ އުނގުމަތީގައި އޮށޯވެލިއެވެ. އަހަރެން އިންގޮތަށް ބުދެއްހެން އިނދެވުނީއެވެ. އެ ހަރަކާތަކީ އަހަރެން އުންމީދުކޮށްގެންހުރި ކަމެއް ނޫންވީމައެވެ. ކިތަންމެ ފަހަރަކު ޒިވިއަލްގެ ބޮލުގައި ފިރުމާލަދީ ހިތުގެ ފުން މިނުން ޝުކުރު އަދާކުރަންވެސް ބޭނުންވިއެވެ. އެކަމަކު އަހަރެންގެ އަމިއްލަ ނަފްސު އަހަރެން ކޮންޓްރޯލް ކުރީމެވެ

“ސޯ އިޒްއިޓްއަ ޔެސް؟” ޒިވިއަލް ވާހަކަ ދެއްކީ އަހަރެންގެ އުނގުގައި ބޯ އަޅައިގެން އޮވެއެވެ.

” ލެޓްސް ޑޫ ދިސް” އެހެން ހުރިހާކަމެއް ހަނދާންނެތި، އަހަރެންގެވެސް އިޚްތިޔާރަކާއިނުލައި އަހަރެންގެ ދޫ ހަރަކާތްކުރިއެވެ.

“މިހެން އިރުކޮޅަކު އޮވެލަންތަ؟ ޕްލީޒް” އަހަރެން ހަމައެކަނި ބޯޖަހާލިނަމަވެސް ހިތުގައިވީ ބަޔާން ކުރަން ނޭނގޭފަދަ އުފާވެރިކަމެކެވެ. ކިތަންމެ އިރަކުވެސް އެހެން ބާއްވަން ބޭނުމޭ ބުނެލަން ބޭނުންވިއެވެ.

އެރޭ ދެން ދެ މީހުންގެ މެދުގައި އިތުރު ވާހަކައެއް ނުދެކެވެއެވެ. އެހެން ތިބެގެން ޒިވިއަލްއަށްވެސް އަހަރެންނަށްވެސް ނިދުނީއެވެ. ފަތިހު ހޭލެވުނީ ދެފައި ދަމާލައިގެން އިނުމާއި އެހާ ގިނައިރު އުނގުމަތީގައި ޒިވިއަލް އޮތުމުގެ ސަބަބުން ދެފައި ވާޅުވެގެންނެވެ. އަހަރެންގެ ފައި ތިރިކޮށްލުމާއިއެކު ޒިވިއަލްއަށް ހޭލެވުނެވެ. އަދި އަވަސްއަރުވާލާ އިންތަނުން ތެދުވެ ގެސްޓްހައުސްއަށް ދިޔުމަށް ހިނގައިގަތެވެ.

އެދުވަހު ހަވީރު މާލެ ފުރުމަށް ހަމަޖެހިފައިވާތީ ތުއްތަމެންނާއި އަހަރެން ބައްދަލުކުރީމެވެ. އަދި ތުއްތަ އެކައުންޓުގައި ހުރި ގެއިން ކުލީގެ ގޮތުގައި ލިބިފައި ހުރި ލާރިން ކޮންމެސް އެކަކު ހައްޖެއްވެ މަންމަގެ ނަމުގައި ހައްޖެއްކޮށްދިނުމަށް އެދުނީމެވެ. ދެންވެސް އެގެއިން ކުއްޔަށް ލިބޭ ލާރި މަންމަގެ ނަމުގައި ޞަދަޤާތްކޮށްދިނުމަށާއި މާމައާއި ކާފައަށް ޚަރަދުކުރުމަށް އެދުނީމެވެ. އަހަރެން އޭގެން އެއްވެސް ލާރިއެއް ބޭނުމެއް ނޫނެވެ. އެ ދުވަހުވެސް ކާފަ އާއި ވާހަކަ ދައްކާލާކަށް ނުކެރުނެވެ. އަހަރެން އެރަށުން ފުރައިގެން އައިއިރުވެސް ކާފައެއް ނުދެކެމެވެ.

ގޭގެ މައްސަލައިގައި މާލޭ ކޯޓަށް ހާޟިރުވެވޭނޭ އިންތިޒާމް ހަމަޖައްސައިދިނުމަށްއެދި އެދުވަހު ކޯޓަށް ސިޓީވެސް ލީމެވެ.  ދެންވެސްހުރި ކުދިކުދި ކަންކަން ހަމަޖައްސާލާފައި އެއާޕޯޓަށްދާން ނައްޓާލި އެދުވަހުގެ ހަތަރެއް ޖެހިއިރުއެވެ. އަހަރެމެން ދާތީ މޫސަބެއާއި ސީމައްތަ ހުރީ ވަރަށް ދެރަވެފައެވެ. އެ ދެމީހުންނަށްވުރެ ބޮޑަށް ދެރަވީ ސާރާއެވެ. ޒިވާ ދާތީއެވެ. ޒިވާ އައިފަހުން ސާރާގެ ހަޔާތުގެ އެއްބައިކަމުގައި ޒިވާ ވަނީ ވެފައެވެ.ދޭތެރެއަކުން ޒިވާ ގޮވައިގެން ސާރާ ކައިރިއަށް އަންނާނޭކަމުގައި އަހަރެން ބުނީމެވެ. ސާރާ ހިތްހަމަ ޖައްސާލައިދިނުމަށެވެ.

އަހަރެން މާލެދާކަން ޝިޒާންއަކަށް ނާންގަމެވެ. އަހަރެން ގަސްތުކޮށްގެން ހުރީ މީހަކާ އިންނަވާހަކަވެސް ނުބުނާށެވެ. ޝިޒާންއެކަން ހުއްޓުވަން މަސައްކަތްކޮށްފާނެތީއެވެ. މި ދުވަސްކޮޅު ވީޑިޔޯ ކޯލްކުރަން ހަދާނޭ ގޮތަކާއިމެދު އަހަރެން ވަރަށް ވިސްނީމެވެ. ތަން ބަދަލުވުމުން ޝިޒާންއަށް އެކަން އެނގޭނޭނޫންހެއްޔެވެ. އެހެންކަމުން އެންމެ މޮޅުގޮތަކަށް އަހަރެންނަށް ފެނުނީ ފޯނު ހަލާކުވެގެން ނޮކިޔާބައްތިއެއް ގެންގުޅޭ ކަމަށްބުނެ ދޮގު ހެދުމަށެވެ.  ދޮގުހެދުމަކީ ރަނގަޅުކަމެއް ނޫންކަންވެސް އެނގިހުރެމެއެވެ.

އެއާޕޯޓުން ބޭރަށް ނުކުމެ ކާރުތައް މަޑުކުރާތަނަށް ދިޔައިރު ސަމީރުބެ ކާރުގައި ބަލާ އައިސް ހުއްޓެވެ.އަހަރެން ފެނުމުން ސަލާމް ކޮށްލުމަށްފަހު ޒިވާ އުރާލިއެވެ. އަދި ކާރަށް އެއްޗެހި އެރުވުމަށްފަހު ޒިލާލް ކައިރީ ކާރު ދުއްވަން އެދުނީ ޒިވާ ގޮވައިގެން ކުރީ ސީޓަށް އަރަމުންނެވެ. އަހަރެން އެރީ ޒިވިއަލްއާއިއެކު ފަހަތު ސީޓަށެވެ.

ސަމީރުބެ ފެނުމުން މިފަހަރު އަހަރެން ހުރީ ވަރަށް ލަދުންނެވެ. އަހަރެންމީ  އައްޑޫއަށް ދިރިއުޅުން ބަދަލުކުރި މީހެއްވިއްޔާއެވެ.އެކަމަކު ގާތްގަނޑަކަށް މަހެއް ވީތަނާހެން އެނބުރި މިއައީ ސަމީރުބޭގެ ޅީ ދަރިއަކަށް ވާންވިއްޔާއެވެ. ގަތްފަ ހުރި ލަދުގެ ސަބަބުން ޚަދީޖައްތަ އަދި ޝިފާ ކޮބައިތޯ އަހާލާކަށްވެސް ހަނދާނެއް ނެތެވެ.

“ކައިވެނި ފޯމާއި އެއްޗެހިނަގާފަ އޮންނާނީ.. ކޯޓު މެދުވެރިކޮށް ވަލީ ހޯދުމުގެ މަސައްކަތްވެސް ބައްޕަ ހަމަޖައްސާލާނަން. ދަރިފުޅު ބުނިގޮތަށް މިރޭ ނުވައެއް ޖަހާއިރު ރަންކިޔުމުގެ ކަންކަންވެސް ހަމަޖައްސާފައި އޮންނާނީ” ކާރު ހުޅުލެއިން ނައްތާލުމާއިއެކު ވާހަކަ ދައްކަންފެށީ ސަމީރުބެއެވެ. ރަންކިޔުމުގެ ކަންކަން މިރެއަށް ހަމަޖެހިފައި އޮތްކަމެއް އަހަރެންވެސް ނުދެނަހުރީމެވެ. އެހެންކަމުން އެކަން އަހަރެންނަށްވީ ސަޕްރައިޒްއަކަށެވެ. ޒިލާލްއަށްވެސް އެކަން ނޭނގޭކަން އެނގުނީ ސަމީރުބޭ ބުނިއެއްޗަށް ރައްދު ދިނީ ޒިލާލްއަށް ވީމައެވެ.

“ޕިސްޕިސް.. މިރޭ ރަންކިޔަނީ؟ އަޅެ ތިހާ އަވަސް އަރުވާ ނުލިއްޔާ އީމް ގެއްލޭނީތަ؟” އަހަރެން އިނި އިސްޖެހިގޮތަށް އިސް އުފުލާލަންވެސް ނުކެރިފައެވެ.

” އީމާންގެ ވިސްނުން ވަރަށް އަވަސް އަވަހަށް ބަދަލުވާނެ. ފަސޭހައިން އާނބަސް ބުނެފަ އޮއްވަ ނުވެއްޖެއްޔާ ފަހުން ނުލިބިދާނެ” ސަމީރުބޭ އިންދައި އެކަހަލަ އެއްޗެއް ޒިވިއަލްއަށް ބުނަން ކެރިދާނެކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. ނަމަވެސް އިހުނަށްވުރެވެސް ބޮޑަށް ލަދުގަތުމާއިއެކު އެހެން މީހުންނަށް ނުފެންނާނޭހެން ޒިވިއަލްގެ އަތުގައި ޖަހާލެވުނެވެ.

“ބައްޕައަކަށްވެސް ނުފެނެ ވަކި ލަސްކުރާކަށް. އަނެއްކާ އީމާން ހުންނާނީވެސް ގޭގައެއްނު. އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ އަވަހަށް އިނުން. ދަރިފުޅުމެން އިންނަންދެން ދަރިފުޅު ކޮޓަރި އީމާންއަށް ދީފަ ދަރިފުޅު ބަދަލުވޭ ތިރިއަށް އެނގޭ. ތިރީ ކޮޓަރި ތަންކޮޅެއް ކުޑަވީމަ ކުޑަ އެނދު ބެހެއްޓީމަ ތަންކޮޅެއް ކޮންޖެސްޓްހެން ބައްޕައަށް ހީވަނީ.. ޒިވާގެ އެނދާ އެއްޗެހި ހުންނާނެ ދަރިފުޅު ކޮޓަރިއަށް ލާފަ.. ރަނގަޅު ވާނެ ދޯ އީމާން” ސަމިރުބޭ އަހަރެންނަށް ދޯ ދިނީ އަނގައިން ނުބުނެ އިނީމަކަން އަހަރެންނަށް ވިސްނުނެވެ. އެހެންކަމުން ” ލައްބަ” އޭ ބުނެލީމެވެ.

 މާލެ ގޮސް ފެރީއަށް އަރައި ވިލިނގިއްޔަށް ދެވެންދެންވެސް މައިގަނޑު ގޮތެއްގައި ދެކެވުނީ ކައިވެނީގެ ވާހަކައެވެ. އަލަތު ކައިވެނީގެ ތައްޔާރީތަކުގައި އަހަރެން އެއްވެސް ވަރަކަށް ޝިޒާންމެން އާއިލާ ބައިވެރިކޮށްފައި ނުވާތީ އެކަން އަހަރެންނަށްވީ އާކަމަކަށެވެ. ނަމަވެސް އޭގެން އެއްވެސް ވާހަކައެއްގައި ބައިވެރިވާކަށް އަހަރެންނަކަށް ނުކެރުނެވެ

ވިލިނގިއްޔަށްގޮސް ބަގީއެއް ނަގައިގެން އަހަރެމެން ގެއަށް ދިޔައިރު ސަމީރުބޭ ދިޔައީ ސަމީރުބޭ ގެންގުޅޭ ބެޓެރި ސައިކަލެއްގައެވެ. އެހާ މުއްސަނދި މީޙަކު އުޅޭ ސާދާ ވައްޓަފާޅި ފެނިފައި މީހަކު ހައިރާންނުވެ ނުދާނެއެވެ.

އަހަރެމެންނަށް ގެއަށް ދެވުނުއިރު ޝިފާއާއި ޚަދީޖައްތަ އަހަރެމެންގެ އިންތިޒާރުގައި ތިއްބެވެ. އަހަރެން ފެނުމާއި އެކު ބައްދާލާ ދަރިފުޅާއޭ ގޮވާލުމުން އަހަރެން ގެ ހިތް އުފަލުން ފުރުނެވެ. އެފަދަ މައިދައިތައެއް ލިބެން އުޅޭކަމަށްޓަކައިވެސް ﷲއަށް ހަމްދުކުރީމެވެ. ޝިފާވެސް އަހަރެންގައިގައި ބައްދާލުމަށްފަހު ކަންފަތް ދޮށުގައި ” ފައިނަލީ” އޭ ބުނެލިއެވެ. ޒިލާލް އާއި ޝިފާއާއި ދެމީހުން ކުރިއަށް މިއޮތްތާ އަހަރެންނާ ދިމާކުރާނެވަރު އަހަރެންނަށް ވިސްނެއެވެ.

އަހަރެމެންނަށް ގެއަށް ދެވުނުއިރު ރޭގަނޑު ހަތެއް ޖަހަނީއެވެ. ގޭތެރެއިން މާބޮޑު ތަފާތެއް ނެތްނަމަވެސް ކާ ބައިގައި ދެތިން މީހަކު ހޭ ބޯނާރާ ކެއްކުމައިގެން އުޅެއެވެ.

” ޒިވާއަށް ގާތުން ދީފަ ގެނޭ ދައްތައަތަށް އެމަންޖެ ނިންދަވަން.. ދަރިފުޅު ތައްޔާރުވެލާ…. ނުވައެއް ޖަހާއިރު މީހުން އަންނާނެ… މިތަން ޒީނަތްތެރި ނުކޮށް އޮތަސް ދަރިފުޅު އެއްޗެއް ހިތަށް ނާރުވާތި.. ޒިވިއަލް ހަމަ އެއްގޮތަކަށްވެސް އެއްބަހެއް ނުވި…” ޚަދީޖައްތަ އެހެން ބުނުމާއިއެކު ޒިވިއަލް ހީލިއެވެ. ޒިވިއަލްގެ އަލަތު ކައިވެނީގެ ފުރިހަމަކަން އެ ގެއްލުވާލަނީ އަހަރެންނަށްޓަކައެވެ. އަހަރެންގެ ހިތް ޒިވިއަލްއަށް ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ.

” ޒިވިއަލް ބޭނުން ގޮތަކަށް ހަމަޖެއްސީމަ ރަނގަޅުވާނެ” އަހަރެން ހީލަމުން ޒިވާ ގޮވައިން މައްޗަށް އެރީމެވެ. އަހަރެންގެ ފަހަތުން ޚަދީޖައްތަވެސް އެރިއެވެ. އަހަރެން ކޮޓަރިއަށްވަދެ ޒިވާ ގޮވައިން އިށީނުމުން ޚަދީޖައްތަވެސް ދޮރުލައްޕާފައި އައިސް އަހަރެން ކައިރީގައި އިށީނެވެ.

“ދަރިފުޅު ބޭނުން ވެގެންތަ ތި އިންނަނީ؟ އެހެން މިބުނީ ދަރިފުޅަށް ވުރެ ހަތެއް ނޫނީ އަށެއްކަ އަހަރު ޒިވިއަލް ބޮޑުވާނެ.. އަނެއްކާ ކައިވެނީގެ ވާހަކަ ރޭގަ ބުނެފަ މިރޭ ރަންކިޔުމުގެ ކަންކަން ހަމަޖައްސަން ޒިވިއަލް ބުނީމަ ދައްތައަށް ހަމަ ހީވަނީ ކޮންމެސް ކަމެއް އުޅޭހެން” ދަރިއެއްގެ އެއްވެސް ކަމެއް މަޔަކަށް އޮޅުވައެއް ނުލެވޭނެއޭ މިހުން ބުނާ ބަހުގެ ތެދުކަން ފުރަތަމަ ފަހަރަށް އަހަރެންނަށް އެނގުނެވެ.

“އަޅުގަނޑުވެސް ހަމަ ބޭނުންވެގެން އާނއެކޭ ބުނީ.. ޒިވިއަލް ބޭނުމެއް ނޫނޯ ލަސް ކުރާކަށް..ދެ މީހުން އެއްގެއެއްގައި އުޅޭއިރު ރަނގަޅުވާނީވެސް އެގޮތްކަންނޭނގެ” އަހަރެން ގަސްތުގައި އޮޅުވާލީމެވެ. ރަންކިޔަން މިރޭ އޮތްކަން އަހަރެންނަށް ނޭނގެއޭ ބުނާކަށް އަހަރެންނަށް ނުކެރުނެވެ. އަނެއްކޮޅުން ދެހަފްތާފަހުން ޝިޒާން އަހަރެން ގެންދަން އުޅެންވާއިރަށް މިކަން ކުރަން ޖެހެޔޭ ބުނަން އަހަރެންނަށް ކެރޭނޭހެއްޔެވެ.

” ދަރިފުޅުމެންނަށް ރަނގަޅީއާ ދައްތައަށް ނިމުނީ.. އުނހު.. ދެން މަންމަ ކިޔާ… އަހަރެން މިހާރުވާނި އީމާންގެ މަންމައަކަށްނު.. މި ދުވަސް ދެކެން ނިޝްރީން ދުނިޔޭގަ ހުރިނަމަ…” ޚަދީޖައްތަ އަހަރެންގެ ބޮލުގައި ފިރުމާލަމުން ނުކުމެގެންދިޔައީ ފެންކަޅިވެ ހުރެއެވެ.

އަހަރެން ޒިވާ ރީތިކޮށްލާ އެނދުގައި އޮށޯވެލީ ރަންކިޔުމުގެ ހަފްލާއަށް އަހަރެން ސިކުނޑި ތައްޔާރުކޮށްލާށެވެ. އެހެން އޮވެ ރަންކިޔާނެ އަދަދެއް ވިސްނާލީމެވެ. އަދި އަށެއް ޖެހުމާއިއެކު ތެދުވެ ފޮށި ހުޅުވާލާ ލާނެ ހެދުމެއް ހޯދާލީމެވެ. އަހަރެން އަތުގައި ހަރުވާޅު ހެދުން ވަރަށް މަދުވާނެއެވެ. ނަމަވެސް މިފަދަ ހަފްލާއަކާއި އެންމެ ގުޅޭނީ ހަރުވާޅު ހެދުމެއް ކަމުން އޮފީހަށްދާން އެންމެ ފަހުން ފެހި ހެދުންތަކުގެ ތެރެއިން ހެދުމެއް ލައި ބޮލުގައި ހުޅިއެއް ޖަހާލާ ކުޑަކޮށް ރީތިވެލީމެވެ. ރީތިވުމަށް އެ ހޭދަވި ހުރިހާ ވަގުތެއްގައި ވެސް ކެނޑި ނޭޅިވިސްނަމުން ގެންދެވުނީ ކުރަން މިއުޅެވެނީ ހަމަ އެންމެ ރަނގަޅުކަމެއްތޯއެވެ. ނަމަވެސް މިހާތަނަށް އައިއިރު ބައެއް ފަހަރު ސިކުނޑިއަށްވުރެ ހިތުގެ އެދުން އިސްވާން ފެށިއެވެ. ހިތްތެޅެމުން ދިޔަނަމވެސް، އެ ހިތްތެޅެމުން ދަނީ ޒިވިއަލްގެ އަތްބަކަށް ވާން އުޅޭކަން އިހްސާސްކުރެވުމުން ލިބޭ އުފަލެއްގެ ސަބަބުންނެވެ. ފާޅުކުރަން ނުކެރުނަސް އަމިއްލަ ނަފްސަށް އޮޅުވައެއް ނުލެވޭނޭ ނޫންހެއްޔެވެ.

ރީތިވެ ނިންމާލިތަނާ މީހަކު ދޮރުގައި ޓަކިޖެހުމުން ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ ޒިވިއަލްއެވެ. ހަމަ ދޮރު ހުޅުވާލުމާއިއެކު އަވަސް އަވަހަށް ކޮޓަރިއަށްވަދެ ދޮރު ލައްޕާ ތަޅުލިއެވެ. އަހަރެންގެ ހިތުގެ ތެޅުން އިތުރަން ބާރުވިއެވެ. އަތްފައި ތުރުތުރުއަޅަންފެށިއެވެ. ފިނިވާންފެށިއެވެ.ޒިވިއަލް ކުރަން އުޅޭކަމެއް ނޭނގޭތީއެވެ

“އާދެބަ” އަހަރެން އަތުގައި ހިފައިގެން ޒިވިއަލް ކުރިއަށް ހިނގައިގަތީ ޑްރެސިން ޓޭބަލްއާއި ދިމާއަށެވެ. އެ ހިސާބަށް ދެވުމާއިއެކު  މޫނުބަލާ ލޯގަނޑާއި ކުރިމަތިވާގޮތަށް ގޮނޑީގައި އަހަރެން ބޭންދިއެވެ. އަދި ފުރަގަހުން ގޮސް އަހަރެން ކަރުގައި ފަށެއް އަޅުވާލަ ދިނެވެ. އޭރުވެސް އަހަރެން މަންމަގެ ފަށް އަހަރެން ކަރުގައި އޮތެވެ.

“އެނގޭ މަންމަގެ ފަށް އީމްއަށް ނަގަން އުނދަނގޫ ވާނެކަން… އެކަމަކު މި ފަށް ހަމައެކަނި މިރޭ  ތި ކަރުގަ ބާއްވަ ދީ! ތީ އަހަރެން ވަރަށްކުރިން އީމްއަށް ގަތް ފަށެއް.. ދޭނެ ހިތްވަރު ނެތިގެން ބާއްވާފައި” ޒިވިއަލް ވާހަކަ ދައްކަމުން އަހަރެން ބޮލުގައި އިން ހުޅި ނައްޓާލާ އުނަގަނޑާއި ހަމައަށްއަރާ ދިގު އިސްތަށިގަނޑު ހާވާލާ އެއް ފަރާތަކުން ކޮނޑުމަތިން ކުރިމައްޗަށް ވައްޓާލިއެވެ. އަހަރެން އިސްޖަހައިގެން އިންނަމަވެސް ލޯގަނޑުން ޒިވިއަލް ފެނެއެވެ.

” ވަރަށް ރީތި” ޒިވިއަލް އެހެން ބުނެލުމަށްފަހު ދާން ހިނގައިންނަން ފެށުމާއިއެކު އަހަރެންކަރުގައި އޮތް މަންމަގެ ފަށް އަހަރެން ނަގާ ޑްރެސިން ޓޭބަލް މަތީގައި ބޭއްވީމެވެ. ޒިވިއަލްއަށް ފެންނާނޭ ހެންނެވެ.އަހަރެން ކަރުގައި މިހާރު އޮތީ ހަމައެކަނި ޒިވިއަލް އެޅުވިފަށެވެ. ޒިވިއަލް ހީލަމުން ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ދޮރުން ނުކުމެގެންދިޔައެވެ. އަހަރެންގެ އެ ކުޑަ ޢަމަލުން ޒިވިއަލްގެ މޫނަށް އެ ވެރިވި ހިނުތުންވުމަކީ މީގެ ކުރިން ދުވަހަކުވެސް ޒިވިއަލްގެ ފަރާތުން ނުފެންނަ ހިނިތުންވުމެކެވެ. އެ ހިނިތުންވުން އަބަދުމެ އެ މޫނުމަތީގައި ބެހެއްޓުމަށް ކުރެވުނު މަސައްކަތެއް ކުރުމަށް ހަމަ އެވަގުތު އަހަރެން ޢަޒުމު ކަނޑައެޅީމެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ވަނަހާ (ޓްރެއިލަރ)

Next

ރާނީ

Next
June 19, 2023

ރާނީ

Previews
June 19, 2023

ވަނަހާ (ޓްރެއިލަރ)

44 Comments!

  1. Sss says:
    June 19, 2023 at 11:15 am

    Nice. Curiously waiting 4 the next part

  2. Sss says:
    June 19, 2023 at 11:28 am

    Next part kon irakun tho genesdheny?

  3. Nadhoo says:
    June 19, 2023 at 11:41 am

    Finallyy…..someone thank you
    vaahaka hama varah reethi

  4. Reader says:
    June 19, 2023 at 12:05 pm

    Oh my god. Haadha reehcheyyyy. I was smiling mi part ehkoh kiyaa nimendhen vss. Just woow. Masha allah.💗
    waiting for the next
    keep shining someOne✨

  5. Anonymous says:
    June 19, 2023 at 12:11 pm

    Rose : v salhi ekam bunaa bahuge ithubaar onnah vaane.Sunday ga upload kuran bunefiyya vaane Sunday kuran

  6. SomeOne says:
    June 19, 2023 at 12:54 pm

    @sss.. lievunuhaa avahakah upload kuraanan..
    @anonymous:Thanks for the comment! glad you liked the story! story writting is just a hobby and I publish it for others to just enjoy what I write! I have a full time Job and a family to look after So yes balancing life and taking time to write at some days are challenging! So simply, I apologize if ” bunaabahuge ithubaaru gehllifa othiyya” :)! To avoid it I will try not to give any dates here after engey 🙂
    Much love and appreciate the support and love you guys have been giving! Thanks!

  7. Ifsha says:
    June 19, 2023 at 1:40 pm

    Vv reethi Mi part vs.. Unmeedhu kuran veehaa vs avahah aneh part kiyaalan libeyne kamah😊❤️

  8. Aluu says:
    June 19, 2023 at 2:19 pm

    Alheyy someone anekkaa ehn kiyaafa date nubune nuhunnahchey aslu vrh faseyha date bunelaafa innaathyve eyrun konme dhuvahaku nujehe balaakah up vefa thw eh baeh kudhin ehen buniyas ebathihbey understand vaa kudhin Reyga submit kohgen miadhu kiyaalan libunyma eii las vareh nooon aslu

  9. kokila modi says:
    June 19, 2023 at 4:07 pm

    aan. aharun hama varah understand vey someone ge situation…. vaahaka liyeveyni varah vaguthu libigen varah hamajehigen tensions in freevegen hure….date eh dheefa inyma hama varah salhi kameh dhimaavaane kurin bunefaeh noon hama kuliyakah ves dhimaavedhaane….

  10. SomeOne says:
    June 19, 2023 at 5:54 pm

    Kudhinney hama nirmal routine ga gendhebeytho balaanamey seedha date nujehias! إن شاء الله mi week ga libeyne adhi kiaalan!

    1. އަލޫ says:
      June 19, 2023 at 6:57 pm

      ޔޭ…!!! ސަމްވަން މީ އެންމެ ބެސްޓް

  11. Khajja says:
    June 19, 2023 at 9:36 pm

    Wow amazing Masha Allah ♥️ v v v perfect so adorable 🥰 can’t wait nxt prt avahah up kolladhechchey, keep it up

  12. ... says:
    June 19, 2023 at 11:19 pm

    Kithah part ge vhk eh mi @SomeOne

  13. mariyam says:
    June 20, 2023 at 11:49 am

    I love this story. eem and zivial get ready for married 💖
    Curiously waiting for next part 💕

  14. Mitsuha says:
    June 20, 2023 at 11:38 pm

    OMG OMG OMG.. Finally Zivial and Eem is getting married… Masha Allah.. NGL, Im super excited.. curiously waiting for the next part..

  15. Anonymous says:
    June 21, 2023 at 7:38 pm

    Waitinn

  16. …. says:
    June 22, 2023 at 9:57 am

    Adhi ves vaahaka genes dheveyne date eh nubuneveyne tha??

  17. Ehkala meehaa says:
    June 22, 2023 at 3:58 pm

    Next part avahah upload kohdheeba.. We all are waiting for the next part 😩

  18. Anonymous says:
    June 22, 2023 at 6:42 pm

    Kanbo : kon irakun tha dhen upload kohlaanee next part

  19. SomeOne says:
    June 22, 2023 at 6:55 pm

    Hey! Will upload very soon engey!!! Mirey or maadhan kiaalan dheveytho mi try kuranee إن شاء الله

  20. 🥺 says:
    June 23, 2023 at 12:11 pm

    Mihaaru vaahaka kiyaaa hih kendijeh.
    Ehkam ves hama up vey thw beley.

  21. Queen says:
    June 23, 2023 at 12:12 pm

    Mihaaru vaahaka kiyaaa hih kendijeh.
    Ehkam ves hama up vey thw beley.

    1. Anonymous says:
      June 23, 2023 at 12:23 pm

      Ahahah thee enmennah vx vaa goeh ekm hih kendifa huttaa vx anekkaa kiyaaln libihjeyaa kuriyah oeh bayah inthizaaru kurevenyne??
      Am i right?

  22. Aluu says:
    June 23, 2023 at 12:19 pm

    Hey! Thanks for the update!! Btw have u submitted the next part? I am really curious to read the next part!

    1. SomeOne says:
      June 23, 2023 at 7:36 pm

      @Aluu: Yes! I have submitted!
      @Queen and the sad face: varah dhera vehjje vaahaka kiyaa hih kenduneema. ekamaku hama time vaa varakun lian eba!
      @……: Dhen maa dhigeh nuvaane..
      @ ehen hurihaa kudhin: Thanks for the patience, love and support! thanks for reading!

    2. SomeOne says:
      June 23, 2023 at 7:38 pm

      Infact, as a compensation for the delays, I wrote extra ( dhigu vaane ehen part thakah vure )! I hope this makes for it! <3

  23. Anonymous says:
    June 23, 2023 at 6:07 pm

    Next partt pleasee

  24. Shim says:
    June 23, 2023 at 9:20 pm

    Kobatha nxt part? Miadhu mi 23rd june..

  25. Laii😍 says:
    June 23, 2023 at 9:21 pm

    Adhives esfiya in up eh nukure 🙄🙄

  26. 67 says:
    June 23, 2023 at 9:32 pm

    Waiting 🤍💀

  27. ... says:
    June 23, 2023 at 10:23 pm

    This dhn fonuvaabala liyevunu baeh @ SomeOne

    1. SomeOne says:
      June 23, 2023 at 10:47 pm

      Submitted ey🥲🥲
      Lets hope admin will post soon 🙂

  28. Malika says:
    June 23, 2023 at 10:25 pm

    Heyonuvaane ebunaahen

  29. 😩 says:
    June 23, 2023 at 10:34 pm

    29 th part kiyaalan libeynee Kniraku tha

  30. Vaahaka kiyaaa kujjaaa says:
    June 23, 2023 at 10:48 pm

    Alhe Mirey kiyaa lan libeyne tha?
    Mihaaru vaahaka up v thw belun adhadhuves neyge🥺

  31. Anonymous says:
    June 23, 2023 at 11:11 pm

    Adminnnnnnnnnnnnnnnnnnnn

  32. ... says:
    June 23, 2023 at 11:14 pm

    @ Someone kaaku administration aky ?

  33. ... says:
    June 23, 2023 at 11:16 pm

    @Someone kaaku admin aky?

  34. Anonymous says:
    June 24, 2023 at 10:11 am

    Arifbe kobaa haalu rangalhu tha???
    Alhugandah yageen arifbe ah kameh dhimaa nuvanyaa vaahka upload kohdheyne kan

    1. SomeOne says:
      June 24, 2023 at 12:27 pm

      I agree! He has been very helpful.. If it doesnt get uploaded by evening I will personally text and see 🙂

    2. Aluu says:
      June 24, 2023 at 4:51 pm

      Thats me inge anonymous akah vefa😭 handhaan nuvy nan jahan
      @SomeOne: Yeahh that will be a great idea

  35. … says:
    June 24, 2023 at 11:52 am

    Alhe admin mi kudhin ehaaa dhigu inthixaareh kuruviya nudhy vaahaka up kh dhyba dhw

  36. Vaahaka ge inthizaaru ga says:
    June 24, 2023 at 4:00 pm

    Adhi ves nuvey.🥺

  37. ނަމެއް ނުކިޔާ says:
    June 24, 2023 at 5:37 pm

    😭😭😭😭😭😭😭😭😭😭😭😭😭😭😭

Comments are closed.

Next Episodeލޯތްބަކުންދިން-29←


All Right Reserved!