Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފް (ބާރަވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
July 31, 2024 5 Mins Read
8 Comments

އަވަސް ހަރަކާތަކާއެކު ފޯނު ނަގާ ހަމަ އެނަންބަރަށް ޑަޔަލް ކޮށްލީ އަވަސްވެފައިވީ ހިތަކާއެކުއެވެ. އެކޮޅުން ފޯނު ނަގާނެ ކަމުގެ އުންމީދުގައެވެ. ދެން ފޯނު ނުނަގާނޭ ހީވި ވަގުތު އެކޮޅުން ފޯނު ނެގި އަޑު އިވުމާއެކު ޔަޒްދާންއަށް ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

“ހެލޯ.. ކާކު؟” ނިކަން އަވަސްއަވަހަށް އޭނާއަށް ބުނެވުނެވެ.

ފާހަނައަށް ވަދެފައި ނުކުތް ވަގުތު ދީމް ފޯނު ހިފައިގެން އައިސް ވަތްތަން ފެނުމާއެކު ޝަޔަމްއަށް ހިނިތުންވެލެވުނެވެ. ދީމްވެސް ހިނިތުންވެ ހުރެ ޝަޔަމްއަށް ފޯނު ދިއްކޮށްލީ މާނޭވާއެއް ދޫކޮށްލަމުންނެވެ.

“އަވަހަށް ދާންޖެހޭ އިނގޭ..”ޝަޔަމް ފޯނުގައި ހިފާ ކަންފަތުގައި ޖައްސާލި ވަގުތު ދީމް ބުނެލިއެވެ. ޝަޔަމް ބޯ ޖަހާލީއެވެ.

ދެތިން ފަހަރަކު ‘ހެލޯ’ އޭ ބުނުމުންވެސް އެކޮޅުން ޖަވާބު ނުދިނުމުން ޔަޒްދާން ފޯނު ކަންފަތާ ދުރުކޮށްލާ ޑިސްޕްލޭއަށް ބަލައިލިއެވެ. ފޯނު ކޯލު ނުކެނޑޭކަން އޭނާއަށް ޔަގީންވިއެވެ. ދެވަނަ ފަހަރަށް ފޯނު ކަންފަތުގައި ނުޖެހެނީސް ގާތުގައި ހުރި އައިޒިން އޭނާގެ އަތުން ފޯނު އަތުލައިފިއެވެ.

“ހެލޯ ފަހަރީ.. ވާހަކަދައްކަބަލާ..” ފަސްޖެހުމެއްނެތި އައިޒިން ބުނެލުމާއެކު ޔަޒްދާން ލޯ އަޅާލިއެވެ.

“ފަހަރި ފަހަރިއޭ ނުކިޔާ ޔަޒްދާންއަށް ފޯނު ދީބަލަ.. އަވަސްކުރޭ.. އަވަސްކުރާށޭ!” އަވަސްވެފައިވާ ނޭވާތަކާއެކު، ޝަޔަމްގެ ބާރު އަޑުއިވުމާއެކު މޫނުމައްޗަށް ވައްތަރެއް ޖައްސާލަމުން އައިޒިން ފޯނު ދިއްކޮށްލީ ޔަޒްދާންއަށެވެ.

“ކަލޭގެ ކަޒިން..” އަނގައަށް ވައްތަރެއް ޖައްސާލަމުން އޭނާ ބުންޏެވެ. ޔަޒްދާން ފޯނުގައި ހިފުމާއެކު އޭނާ ދުރަށް ހިނގައިގަތެވެ.

“ކީކޭ ޝަޔޫ؟ ކިހިނެއް ހާލު؟ ކޮންތާކު ތިއުޅެނީ؟ އަހަރުން ހާދަވަރަކަށް ގުޅައިފީމޭ..” ޔަޒްދާން ހުރިހާ ސުވާލެއް އެއްފަހަރާ ކޮށްލިއެވެ.

“މަންމަ، މަންހަލް ތާކަށް ގެންގޮސް ކުރީ.. ޕްލީޒް އޭނާ ސަލާމަތްކޮށްދީ..” ޝަޔަމް ދިޔައީ ސީދާ މައުޟޫއަށެވެ.

“ކީކޭ؟” ޔަޒްދާންގެ އަޑު ބާރުވެގެން ދިޔައެވެ. ދުރުގައި އިން ފުލުސްމީހާވެސް ބަލައިލިއެވެ.

“އާނ.. ޝަޔޫއަށް ހީވަނީ މަންމަމެންގެ އެއްކަލަ ރަށަށްހެން ގެންދިޔައީ..” ޝަޔަމް އޭނާއަށް އެނގޭވަރު ކިޔައިދިނެވެ. “ދެން  މިނަންބަރަށް ނުގުޅައްޗޭ. ފްރެންޑް ކުއްޖެއްގެ ނަންބަރެއް މިއީ.. މަންމަ އާ ފޯނެއް ދިންއިރު އިނީ ދާންއާ ނުގުޅޭ ގޮތް ހަދާފަ..”

“އޯކޭ.. އެކަމަކު ޝަޔޫ ރަނގަޅުތަ؟ އަހަރެން ދެން ކިހިނެއް މަންނު ހޯދާފަ ހަދަންވީ؟ ފަހަރިއަށް ނުކެރޭނެ ދޯ އޭނާއަށް އެއްވެސް ކަމެއް ކުރާކަށް؟” ދެކޮޅަށް ހިނގަމުން ހާސްވެހުރެ ޔަޒްދާން ބުނެލިއެވެ.

“ޝަޔޫ ރަނގަޅޭ. ތި ފަހަރަކު ސުވާލެއް ކޮށްބަލަ..” ދީމް އިރުކޮޅަކާ ގަޑި ބަލައިލާތީ ޝަޔަމްއަށްވެސް ގަޑި ބަލައިލެވުނެވެ. ވަރަށް ލަސްވެއްޖެކަންވެސް އޭނާއަށް ޤަބޫލުކުރެވުނެވެ. އޭނާގެ ސަބަބުން ދީމްގެ ފްލައިޓް ކެންސަލްވާކަށް ނޭދެއެވެ.

“ޝަޔޫ.. ތިއީ ހަމަ އަސްލު ވާހަކައެއްތަ؟ ކިހާ ޔަގީންކަމެއް އޮވެގެން ތިހެން ތިބުނަނީ؟ ޝަޔޫއަށް ކިހިނެއް އެނގުނީ؟” ދެންވެސް ޔަޒްދާންއަށް ކޮށްލެވުނީ އެންމެ ސުވާލެއް ނޫނެވެ.

“އަސްލަށޭ.. ނައިންޓީ ނައިން ޕަސެންޓްގެ ޔަގީންކަން މިދެނީ..” ޝަޔަމް ނުހަނު ޔަގީންކަމާއެކު ބުނެލިއެވެ. “ފަހަރަކު ސުވާލެއް ކޮށްބަލާށޭ މުހައްމަދު ޔަޒްދާންން…”

“ފަހަރި މަންނުއަށް ގޮތެއް ހަދާފާނެތަ؟” ކުރިން ކުރި ސުވާލުތަކުގެ ތެރެއިން ޖަވާބު އެނގެން އެންމެ ބޭނުންވި ސުވާލު ޔަޒްދާން ކުރިއެވެ.

“ތިއީ ހީވާގޮތް. މީހަކު މަރާލަންވެސް މަންމަ ފަހެއް ނުޖެހޭނެ. ދެން މަންނު ހޯދާފަ އޭނާއަށް ހަދާނެ ގޮތެއް އެނގޭނީ ދާންއަށް. މެރީކުރިއަސް ޝަޔޫއަށް އޯކޭ..” ވާހަކަދައްކާ ނިމުނުއިރު އޭނާގެ އަޑުގައިވަނީ ލާނެތްކަމެވެ.

“ޝަޔްޔް-” ޔަޒްދާންގެ ޖުމްލަތައް މެދުކަނޑާލީ ޝަޔަމްއެވެ.

“އޯކޭ ފްރެންޑް ގަޑި ޖެހެނީ، މި ނަންބަރަށް ދެން ނުގުޅާތި.. ދޮންތައަށް ވަރަށް ސަލާން، ބަބާއި..” އެއްނޭވާ މަތިން ހުރިހާ އެއްޗެއް ބުނުމަށްފަހު ޝަޔަމް ފޯނު ކަނޑާލީ ޔަޒްދާން ނަސޭހަތުގެ ގަޑިއެއް ދޭން ފަށާފާނެތީއެވެ.

ތިންކޮފީއަށް އޯޑަރު ކުރުމަށްފަހު ޔަޒްދާން މޭޒުގެ އަނެއް ފަރާތުގައި ތިބި އައިޒިންއާ ފައުޒާންއަށް ބަލައިލިއެވެ. ހީނހީފައި އައިޒިން ފޯނާ ކުޅެން އިންއިރު ފައުޒާން އިނީ ފާޑަކަށް އައިޒިންއާ ދިމާއަށް ބަލާށެވެ.

“ތި ފޯނަކުން ދޫކުރާނެ ވަގުތެއް ނުވޭ ދޯ މިހާރު.. އަދި އިނީމަ ކިހާ ވަރެއް ވާނެ..” ފައުޒާންއަށް އަނގަ ބަންދުކޮށްގެން ގިނައިރެއް ވަންދެނެއް ނުހުރެވުނެވެ. އޭނާ އައިޒިންއާ ދިމާކޮށްލިއެވެ.

“ކަލޭ އިނދެބަލަ އަނގަމަޑު ކޮށްގެން.. ބިޓެއް ނުލިބޭތީ ޖޭ ވަނީއެއްނު..” ލޯ އަޅާލާފައި އައިޒިން ބުންޏެވެ.

“މަށެއް ނުވޭ.. މަގޭ ބަސްއަހާތީއޭ ކުއްޖަކާ ރައްޓެހިނުވާން މިހުންނަނީ..” އަމިއްލަ ދިފާއުގައި ފައުޒާން ބުނެލިއެވެ. ޔަޒްދާން ބުމަ އަރުވާލާ ދެފަރާތަށް ބޯ ހޫރާލިއެވެ.

“ހްމްމް.. ކިހިނެއްވީއޭ؟” ފޯނު މޭޒުމަތީގައި ބާއްވަމުން އައިޒިން ސުވާލުކުރިއެވެ.

“ޝަޔޫ ގުޅާފަ ބުނީ މަންހަލް ކިޑްނެޕްކޮށްފައޭ ހުރީ..” މަޑުމަޑުން ޔަޒްދާން ބުނެލިއެވެ.

“ވަޓްޓް!!؟” ދެމީހުން އެއްފަހަރާ ބުނެލިއެވެ. އަޑުގެ ނެތްކޮޅަށެވެ. އެހެން މޭޒުތަކުގައި ތިބި މީހުންގެ ނަޒަރުވެސް އެދިމާއަށް ހުއްޓުނެވެ.

“އެސް.އެމް.ޒީގެ ރަށެއް އޮވެއެއްނު؟ ޝަޔޫ ބުނީ ހީވަނީ އެރަށުގައި ހެންނޭ މަންހަލް ހުރީ.” ޔަޒްދާން ވާހަކަދެއްކީ މަޑުމަޑުންނެވެ. “މި ވިސްނަނީ ހޮނިހިރު ދުވަހުން އެއްކަލަ ރަށަށް ދާން.. ގޭގައި ނެތިއްޔާ ގެއްލިގެން ރިޕޯޓް ކުރާނީ..”

“މަ ދާނަން ޔަޒްދާން އާއެކު.. ކަލޭ ރަށުގަ މަޑުކުރޭ..” އެންމެ ކުރިން ފައުޒާން ބުނެލިއެވެ.

“އޯކޭއޭ..” އައިޒިން ނިކަން ފަސޭހައިން އެއްބަސް ވެއްޖެއެވެ. “މަ އޭރުވެސް ބުނީމެއްނު ޝަފްނާ މަންހަލްއަށް ރަނގަޅެއް ނޫނޭ.. އެއީ އަސްލު އޭނާގެ ދަރިތަ؟”

“މަންމަ ބުނީ ހިޔެއްނުވެއޭ..” ޔަޒްދާން ޖަވާބު ދިނެވެ.

“އޭނައާ މަންހަލްއާ ދޭތެރޭ އޮންނަނީ ކޮން ގުޅުމެއްކަން ކަލެއަށް އެނގޭތަ؟” އައިޒިން އިނީ ނުހަނު ޝައުގުވެރިވެފައެވެ. އެއްވެސް އެއްޗެކޭ ބުނުމެއްނެތި ޔަޒްދާން ދެފަރާތަށް ބޯހޫރާލީއެވެ.

“އިންޓެރެސްޓިން..” އައިޒިންއާ ފައުޒާންއަށް ބުނެވުނީ އެއްފަހަރާއެވެ. އެއަށްފަހު ކޮފީ ތުމުގައި ޖަހަމުން ދެމީހުން އެކަކު އަނެކަކަށް ލޯ އަޅާލި ގޮތުން ޔަޒްދާންއަށް ހެވުނެވެ.

“މަންމާ.. މިހަފްތާގެ ހޮނިހިރު ދުވަހު އެބަޖެހޭ އަނެއްކާވެސް އެރަށަށް ދާން..” ގެއަށް ވަދެގެން އައިގޮތަށް ޔަޒްދާން ބުނެލިއެވެ.

“އެއީ ކީއްކުރާށޯ؟” ފަހަން އިނދެފައި ތެދުވަމުން ޒަހީނާ ބުނެލިއެވެ.

“އެއީ.. ފައުޒާންއާއެކު ހަމަ ގޮސްލަނީ.. ފަހަރެއްގައި އަނެއްކާވެސް ކުޑަދުވަސްކޮޅަކަށް ރަށުން ބޭރަށް ދާން ޖެހިދާނެ..” އިތުރު ސުވާލެއް ކުރިމަތިވެދާނެތީ އޭނާ އަވަސްއަވަހަށް ކޮޓަރިއަށް ވަނެވެ. ދެފަރާތަށް ބޯ ހޫރާލަމުން ޒަހީނާ އޭނާ ފަހާ ނިންމާލި ހެދުން ކޮތަޅަށް ލިއެވެ.

ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެވެ. ފައުޒާންއާއި ޔަޒްދާން ސައިކަލުގައި މަޑުކޮށްލީ ރަށުގެ ސިއްހީމަރުކަޒުގެ ދޮރުމަތީގައެވެ. ފައުޒާންގެ ބޮޑުދައިތައެއް އެޑްމިޓް ކޮށްފައި އޮތުމުން ފައުޒާން އައީ އޭނާގެ މަންމަ މަރުކަޒަށް ލައިދޭށެވެ. މަންމައާއެކު ފައުޒާންވެސް ބޮޑުދައިތަ ކައިރިއަށް ވަދެލަން ދިއުމުން ޔަޒްދާން ސައިކަލުގައި މަޑުކޮށްލައިގެން އިނެވެ.

“ހައި..” ފަހަތުން ކުއްޖަކު ގޮވާލިއަޑު އިވުމުން އޭނާ އެނބުރި ބަލައިލިއެވެ.

“ފިރުޝާ..” ނަރުސް ޔުނީފޯމުގައި ހޭންޑްބޭގެއް އަޅުވައިގެން އައި އަންހެން ކުއްޖާއަށް އޭނާ ގޮވާލިއެވެ.

“އާނ.. އަހަރެން.. ވަކިކުރަން އެނގިއްޖެ ދޯ އެހާދުވަސް ފަހުން ފެނުނީމަވެސް.” ހިނިތުންވުމެއް ހަދިޔާކޮށްލަމުން ފިރުޝާ ބުނެލިއެވެ.

“ހެހެ.. ފިރުޝާ އެނގޭނެއްނު.. ކިހިނެއް ހާލު؟ ރަނގަޅުތަ؟” ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އޭނާވެސް ބުނެލިއެވެ.

“އާނ ރަނގަޅޭ. ކިހިނެއް ޔަޒްދާން؟” ސައިކަލު ކައިރީ އޭނާއާ އެއްހަމައެއްގައި މަޑުކުރަމުން ފިރުޝާ ޖަވާބު ދިނެވެ.

“އަހަރެން ހަމަ ޕާފެކްޓް.” ޔަޒްދާން ހިނިގަނޑެއް ޖަހާލިއެވެ.

“ރަށަށް އައިސްފައި ވަރަށް ހޯދީމޭ. އެކަމަކު އަދި ފެންނަވަރު މިވީ ދޯ..” ފިރުޝާގެ ލޮލުގައިވި ވިދުން ޔަޒްދާންއަށް ފާހަގަވިއެވެ.

“އަހަރެން ރަށުގަ ނެތް ދުވަސްކޮޅު ބަލާފަ އައީމަ އެހެންނެއްނު ވާނީ. ކީއްވެ މިކޮޅަށް ޖޮބަށް އައީ؟ އަހަރެން ހީކުރީ މަންމަ އެހާ ބަލިއިރު ކެލާގައި ކަމަށް މަޑުކުރާނީ.. އަހަރެން ހޯދަންތަ؟” ދުރުބަލަމުން ޔަޒްދާން ބުންޏެވެ.

“ތިހެންވެސް ބުނެވިދާނެ. ބައްޕަ އެކަނި މިކޮޅުގައި އުޅޭތީއާއެކު ބަދަލުވީ. އެހެންނޫނަސް މަންމަ ބަލަން ދޮންބެދައްތަ ހުންނާނެއްނު.” އިހުނަށްވުރެ ޔަޒްދާންއާ ގާތްވެލަމުން މަޑުމައިތިރި އަޑަކުން އޭނާ ބުނެލިއެވެ.

“ބައްޕަ އެހުރީ ހެޔޮހާލުގައި. އެކަނި އުޅެވޭވަރު ބައްޕައަށް އެބަވޭ.. އެކަމަކު މަންމައަށް މީހެއްގެ އެހީއަކާނުލާ ނުވެސް އުޅެވެއެއްނު. ފިރިހެނަކަށްޓަކައޭ ކިޔާފަ ބޭރުން ގެއަށް އައި ކުއްޖަކާ މަންމަ ބަލަން ހަވާލުކޮށްފަ އައިމަ ކަމަކުނުދާނެ. ފިރުޝާގެ އެހީ މަންމަ އެންމެ ބޭނުންވާނީ.. އަހަރެންނަށް ކަމަކުނުދޭ ތިގޮތެއް.” ނަސޭހަތުގެ ރާގެއްގައި ޔަޒްދާން ބުނެލިއެވެ.

“ޔަޒްދާން އެހެން މީހެއްގެ ހައްގަކަށް ނުވާހާ ހިނދަކު އަހަރެން އުންމީދު ކަނޑައެއް ނުލާނަން..” ފިރުޝާގެ އަޑުގައި ރިހުންވިއެވެ. “ކޮން އުނިސިފައެއް ހުރެގެން ޔަޒްދާން އަހަރެން އެކްސެޕްޓް ނުކުރަނީ؟”

“އަހަރެންގެ ހަޔާތަށް އެއްވެސް އަންހެން ކުއްޖެއް މިވީހާ ދުވަހު ގެނެސްފައި ނުވާނެކަން ފިރުޝާއަށް އެނގޭނެ.” ޔަޒްދާން ވާހަކަދެއްކީ ވިސްނައިދޭ ފަދައިންނެވެ.

ޔަޒްދާންއާ ފިރުޝާ ފަހަތް ބަލައިލީ މީހަކު ކަރުކެހިލި އަޑު ފަހަތުން އިވުނީމައެވެ. ފައުޒާންއާ އައިޒިން އޭރު އެދެމީހުންނަށް ބަލަހައްޓައިގެން ހުއްޓެވެ.

“ހިނގާ ދާން..” އައިޒިން ހިނގާލާފައި އައިސްއެރީ ޔަޒްދާން ސައިކަލު ފަހަތަށެވެ.

“މިބުނި ކަންކަމާމެދު ވިސްނާލާނެ ކަމަށް އުންމީދުކުރަން.. ބާއި..” ސައިކަލު ދުއްވާލަމުން އޭނާ ބުނެލިއެވެ.

“ބާއި..” ފިރުޝާ އަނބުރާ ހިނގައިގަންނަމުން ބުންޏެވެ.

ފައުޒާންއާ ޔަޒްދާން ޑިންގީއަށް އެރިއެވެ. އެޑިންގީއަކީ ޔަޒްދާންގެ ބައްޕަ ދުނިޔޭގައި ގެންގުޅުން ޑިންގީއެކެވެ.

“ކަލޭ ވަރަށް އުފަލުން ދޯ ތިހުރީ. ރީތި މަންޖެ ފެންނާނެތީ..” ލާނެތް ހިންޏެއް އައިސްފައި ހުރެ އައިޒިން ގޮވާލިއެވެ.

“އަދި ނޭނގެއެއްނު އޭނާ ހުރީ ރަށުގައި ކަމެއްވެސް..” ޔަޒްދާންގެ މޫނުމަތިން ކަންބޮޑުވުން ފާޅުވާން ހުއްޓެވެ.

އަމާން ދަތުރަކަށްފަހު އެމީހުންނަށް އެރަށަށް ދެވުނު އިރު ނުވަގަޑި ފަނަރަ ވެއްޖެއެވެ. ފަރިތަވެފައިވާ މަގުތަކުން ހިނގާފައި އެމީހުން ހުއްޓުނީ ޝަޔަމްއާ މަންހަލް އުޅުން ގޭގެ ދޮރާށި ކުރިމަތީގައެވެ. މީހުން ނުހަނު މަދު އެރަށުން ބޭރަށް ނިކުމެ އުޅޭ މީހެއް ފެންނަނީ ނުހަނު މަދުންނެވެ. ކުރިއަށް ޖެހިލާ ޔަޒްދާން އެގޭގެ ދޮރުގައި ހިފާލިއެވެ. ދޮރު ހުރީ ތަޅުލާފައިކަން އޭނާ އިޝާރާތުން ފައުޒާންއަށް އެންގިއެވެ. ކޮނޑުގައި އޮތް ދަބަސް ނަގާފައި އޭނާ ޔަޒްދާންއަށް ދިއްކޮށްލިއެވެ. ފައުޒާން ބޭރަށް ނިކުމެ މަގުފާރައަށް ހުރިއިރު ޔަޒްދާން ދަބަހުން އެއްޗެހިތަކެއް ނަގާ ފަރިތަކަމާއެކު ދޮރުގެ ތަޅު ހުޅުވާލިއެވެ. ދެފަރާތަށް ބަލައިލުމަށްފަހު ދެމީހުންވެސް ގެއަށްވަދެ މައި ދޮރު ލައްޕާލިއެވެ.

ގޭތެރެއަށް ވެރިވެފައި އޮތް އަނދިރިކަމުން އެމީހުންނަށް އެއްވެސް ތަނެއް ފެންނަ ގޮތެއް ނުވިއެވެ. ޖެހިލާ ވަޔާއެކު ގަސްތައް ދެކޮޅަށް ހެލިލާއިރު އިވިގެން ދަނީ ބިރުވެރި އަޑެކެވެ.

ދަބަހުން ބައްތިއެއް ނަގާ ވަށައިގެން އަލިކުރަމުން ދެމީހުން ގެއަށް ވަދެވޭ ދޮރު ކައިރިއަށް ހުއްޓުނެވެ. މިފަހަރު ގެންގުޅުނު އާލާތްތައް ބޭނުންކޮށްގެން ދޮރު ހުޅުވީ ފައުޒާންއެވެ.

ގޭގެތެރެއިންވެސް އެދެމީހުންނަށް މަރުހަބާ ކިއީ އަނދިރިކަމާ ފަޅުކަމެވެ. ދެމީހުން އެއްވަރަކަށް ހިނގަމުން ގޮސް އެންމެ ފުރަތަމަ ޖެހުން ދޮރު ކައިރީ ހުއްޓިލާ ޓަކި ޖަހާލިއެވެ.

ފުންމައިގެން މަންހަލް ތެދުވެލިއެވެ. މިއީ ހާދަ ހެއްވާ ބައެކޭ އޭނާ ހިތަށް އެރިއެވެ. ހިތަށްއެރީމާ ހުއްދަ ހޯދާލުމެއް ނެތި ކޮޓަރިއަށް ވަދެފައި ބޭނުންވީމާ ޓަކި ޖަހާލަނީއެވެ. އެހެން ފަހަރުތަކުގައި ކޮޓަރިއަށް ވަންނަ ގޮތަށް މިފަހަރު އައިސްވެސް ވަންނަން ވީ ނޫންހެއްޔެވެ؟

ދެވަނަ ފަހަރު ޓަކި ތަކުރާރު ވުމާއެކު އޭނާ ތެދުވެލާ ދޮރާ ދިމާއަށް ހިނގައިގަތެވެ. ކޮޓަރިތެރޭ އަލިކަމެއް ނެތެއްކަމަކު ގިނައިރު އެއަނދިރިކަމުގެ ތެރޭގައި އޮންނަންވީމާ އޭނަގެ ލޯވަނީ އެކަމަށް ހޭނިފައެވެ. ދޮރުގެ ތަޅުގައި ހިފާ އެއްއަތުން އަނބުރާލަމުން އަނެއްއަތުން އޭނާ ކޮޓަރީގެ ބޮކި ދިއްލާލިއެވެ. ކުރިމަތީ ހުރި އިންސާނާގެ ސޫރަފެނި އޭނާގެ ނޭވާ ކަރު ބުޑުގައި ތާށިވިފަދަ އިހުސާސެއް ކުރެވުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

ދުވެފާ އައި ކުއްޖާ
Previous

ދުވެފާ އައި ކުއްޖާ – ފުރަތަމަ ބައި

Next

ފިނި ހިތް 2

Next
July 31, 2024

ފިނި ހިތް 2

Previews
July 31, 2024

ދުވެފާ އައި ކުއްޖާ – ފުރަތަމަ ބައި

ދުވެފާ އައި ކުއްޖާ

8 Comments!

  1. Cutie girl says:
    July 31, 2024 at 11:39 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Yazdhaan and manhal gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Love you ❤️😍

    1. Aayaa Aayaa says:
      July 31, 2024 at 7:07 pm

      Thank you cutie girl! Konme part ehves kiyaalaafa comment eh kollaathy v ufaa vey!😊🤍

  2. Someone says:
    July 31, 2024 at 1:23 pm

    🤣😂😂😂😂😂. Shayam haadha laanethey dhw. Aizin men ves Hama e varu. Shayam AA ein ekakaa vrh gulheyne kanneynge. Lol. Aaya hadhaa gotheh enme reethi vaanee. Love the story 😘😘😘😘

    1. Aayaa Aayaa says:
      July 31, 2024 at 9:40 pm

      Thank you Someone. I really appreciate your support! 😊🤍

  3. Haaniyaa says:
    August 1, 2024 at 5:23 pm

    Not bad next part ❤️
    Pleasee thuhthaaaa
    Cant wait ……….
    Love your storys

    1. Aayaa Aayaa says:
      August 3, 2024 at 9:36 am

      Thank you Haaniyaa 😐🤍

  4. Mr. Right says:
    August 6, 2024 at 8:32 pm

    V v v reethi vaahaka eh! Konme part akah comment nukurevunas kiyan!
    May Allah bless you! Keep up the good work!
    💙💚💜😍🤗

    1. Aayaa Aayaa says:
      August 8, 2024 at 2:06 pm

      Thank you! 😊🤍

Comments are closed.

Next Episodeއިންސާފް (ތޭރަވަނަ ބައި)←


All Right Reserved!