Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކުންދިން-13

SomeOne Level 210 Stories
April 26, 2023 7 Mins Read
2 Comments

“ވަރުބަލިވެއްޖެއްޔާ ބުނައްޗޭ.. ބަގީ ގެނެސްދޭނަން އޭރުން” ޖެޓީއިން ވެލިގަނޑުމައްޗަށް ފައިބަމުން ޒިވިއަލް ބުނެލި އެއްޗަށް އެއްވެސް ބަހެއް ނުބުނެ ހަމައެކަނި ހީލުމަކުން ޖަވާބުދިނީމެވެ.އަހަރެންވެސް ހުރީ ހިނގާލަންދާން ބޭނުންވެފައެވެ. ޝިޒާންއާއިއެކު ހޭދަކުރި އެއްއަހަރު ދުވަސް ތެރޭ އެއް ފަހަރުވެސް މި ގޮތަށް އެކަނިވެލާ ހިނގާލާކަށް ނުދަމެވެ. ވަގުތު ނުވާތީ ރަށުން ބޭރަށް ދެމީހުން އެކުގައި ދެވިފައެއް ނުވާނެއެވެ. އެންމެ ލޯބިންވެސް ހޭދަވާ ވަގުތަކީ ސައިކަލު ބުރުޖަހާލުން ނުވަތަ ރެސްޓޯރަންޓަކުން ކާލަން އެދާ ވަގުތުތަކެވެ.ދެން އަނެއްކާ މިފަދަ ފުރުޞަތެއް ދެން ލިބޭނެކަމެއްވެސް ނޭނގެއެވެ.

މަޑުމަޑުން އަތިރިމަތިން ކުރިއަށް ދިޔައިރު ދެ މީހުންގެ ދެމެދުގައިވީ ހަމަހިމޭންކަމެވެ. ދޮންވެލިގަނޑުގައި މަޑުމަޑުން ރާޅު ބީހިލާ އަޑާއި މަޑު ވައިރޯޅިއެއް  ބައެއް ފަހަރަށް ގަސްތަކުގައި ބީހިލާ އަޑު ފިޔަވާ އިތުރު އަޑެއްނީވެއެވެ. ދޭތެރެއަކުން ގުރާ ޖޯޑެއް އަތުގައި ހިފާލައިގެން ނުވަތަ ބައްދަމުން އަހަރެމެން ކައިރިން ކުރިއަށް ދެއެވެ.

” ކޮން އިރަކުން ދެން ޑޮކްޓަރަށް ދައްކަންދަނީ؟” އަހަރެމެން ދެމީހުންދެމެދުގައިވި ހަމަހިމޭންކަމަށް ނިމުމެއްއައީ ޒިވިއަލްގެ ސުވާލުންނެވެ.

“2 ހަފްތާ ފަހުން” މަޑުމަޑުން ކުރިއަށް ދަމުން އަހަރެންވެސް ވާހަކަ ދެއްކީމެވެ.

” ފެމިލީ ހޯދަން ބޭނުން ވާހަކަ ބުނެފަ އެކަމާ ނޫޅެނީ ކީއްވެ؟” ޒިވިއަލްގެ ދެވަނަ ސުވާލުވެސް އަހަރެންނާއި އަމާޒުވިއެވެ. އަހަރެންނަށް އިހްސާސްކުރެވުނީ ސުވާލާއި ޖަވާބު މުބާރާތެއްގައި ބައިވެރިވެވިގެން އުޅޭހެންނެވެ.

“ވާނެ ގޮތެއް ނޭނގޭތީ ޖެހެލުންވަނީ. އެކަމަކު ވިހައިގެން ދާނަން އައްޑޫއަށް”

“އަހަރެން ގުޅުވަ ދެންތަ ފެމެލީ މީހަކާ؟ މަންމަ ކައިރީ އަހާލެވިދާނެ” ޒިވިއަލް ހުރީ އަހަރެންނަށް އެހީތެރިވެދޭންށެވެ.

“އުނހު. ޔޫ އޯލްރެޑީ ހެލްޕްޑް އަ ލޮޓް. ދެން ބޭނުމީ ބާކީބައި އެކަނި ކުރިއަށް ގެންދަން” އަހަރެން ވިސްނައިގެން ހުރީ ވިހާގަދަވެގެން މެޓާނިޓީ ލީވްގައި ހުންނަ ދުވަސްވަރު އައްޑޫއަށް ގޮސްލުމަށެވެ.

“ވޮޗް އައުޓް” ޒިވިއަލް ކުއްލިއަކަށް އަހަރެން އޭނާގެ ގަޔާލާ ބޮނޑިކޮށްލީ ކުރިމަތިން ކުޅެމުން ބާރަށް ދުވަމުން އައި ކުޑަކުދިންތަކެއް ދެންމެ ދެންމެ އަހަރެން ގައިގައި ޖެހިގަނެދާނެހެން ހީވުމުންނެވެ.

“ސޮރީ” އެތަނުން ކުއްޖެއް ބާރަށް ހަޅޭއްލަވައިގަތުމަށްފަހު  އެކުދިންގެ ކުޅިވަރާއިއެކު ކުރިއަށް ދުވެފައި ދިޔައެވެ.

“އައު” ބަނޑުގައި އަތް އަޅާލުމަށްފަހު މަޑުމަޑުން އެހެން ބުނެލެވުނީ ދަރިފުޅު ތޮޅެލުމުގެ އިހްސާސް އަލަށްކުރެވުމުންނެވެ. ހާދަ ތަފާތު އިހްސާސްއެކެވެ. މައިވަންތަކަމުގެ ލޯބިން ހިތް ބަންޑުންވި ކަހަލައެވެ.

“ވަޓް ހެޕަން؟ ލެޓްސް ސިޓްޑައުން” ޒިވިއަލްއަށް ހީކުރެވުނީ އަހަރެންނަށް ކަމެއްވީކަމަށެވެ. އޭރުވެސް ޒިވިއަލް ހުރީ އަހަރެން އޭނާގެ ގަޔާލާ ބޮނޑިކޮށްލައިގެންނެވެ.

އެއްވެސް އެއްޗެއް ނުބުނެ ޒިވިއަލްގެ ވައަތް ގެނެސް އަހަރެންގެ ބަނޑުގައި ޖައްސާލީމެވެ. ބޭ އިޚްތިޔާރުގައެވެ.ހަމަ އެވަގުތު ދަރިފުޅު އަނެއްކާވެސް ތޮޅެލިއެވެ.

” ބޭބީ ޒީ ގެ ފަސްޓް ކިކް” އަހަރެންގެ ލޯ ކަރުނުން ބަރުވިއެވެ. ނަމަވެސް އުފަލުގެ ކަރުނައެވެ. ނޫނީ ހިތާމައިގެ ކަރުނަ ބާވައެވެ؟ ދަރިފުޅު އަލަށް ތޮޅުނުދުވަހު އެކަން އިހްސާސްކޮށްލަން ދަރިފުޅުގެ ބައްޕަ ނެތްކަމުގެ ފަޅުކަން ބާވައެވެ؟ ނޫނީ އެކަނިވެރި ހަޔާތުގައި މިއައި އުފާވެރި ވަގުތު ކޮޅު ހިއްސާކޮށްލާނޭ މީހަކު ކައިރީގައި ހުރުމުން ލިބުނު އުފާވެރިކަމެއް ބާވައެވެ..؟

އިރުކޮޅަކު އެގޮތަށް ހުއްޓި ހުރުމަށްފަހު އަހަރެންގެ މޫނަށް ޒިވިއަލް ބަލާލިއެވެ. އަހަރެން ލަދުން އިސްޖެހީމެވެ.

“ހިނގާ އިށީނދެލަން” އަހަރެންގެ ޖަވާބަކަށް ނުބަލައި ކުޑަ ތަންކޮޅެއް އެއްގަމަށް އަރާފައި ދޮންވެލިގަނޑު މަތީ ޒިވިއަލް އިށީނެވެ. އަދި އިޝާރާތުން އިށީނުމަށް އެދުނެވެ. ޒިވިއަލްކައިރީ އިށީނދެލީމެވެ. އޭރު ދޮންވެލި ގަނޑު އެކި ހިސާބުގައި ބައިބަޔަށް މީހުންތިއްބެވެ. އަނދިރިނިމަވެސް އުޑުމަތީގައިވާ ތަރިތަކުން ޖައްވުވަނީ ޖަރީކުރުވާފައެވެ.

“ކިހިނެއް މިހާރު އީމާން ނިންމައިގެން ތިހިރީ؟ އައި މީން ޑިވޯސް އޯ ގޮއިން ބެކް؟” އަހަރެން އިނީ އެފަދަ ސުވާލަކަށް ތައްޔާރުވެގެން ނޫންކަމުން ކޮންމެވެސް ވަރަކަށް ސިހުނެވެ.

” ނޭނގެ ހަދަންވީ ގޮތެއް! އަހަރެންގެ ދަރިފުޅު ޓަރމިނޭޓްކުރަން ޚިޔާލު ދިންރެއިން ފެށިގެން ބޭނުމެއް ނޫން މި ދަރިފުޅު ކައިރިއަށްވެސް ޝިޒާން އަންނާކަށް! އެކަމަކު….” އަހަރެން ޖުމްލަ ނުނިންމައި އިސްޖަހާލީމެވެ.

“އެކަމަކު ކިހިނެއްވީ؟” ޒިވިއަލް އަނެއްކާވެސް ސުވާލުކުރިއެވެ. އޭނާ ބޭނުންވާ ޖަވާބު ހޯދުމަށްފަހ މެނުވީ ސުވާލުކުރުން ހުއްޓާނުލާނޭކަން އަހަރެންވެސް ހަނދާން ނެތުނީއެވެ.

” ސަމް ތިންގްސް އާ ވެރީ ކޮމްޕެލިކޭޓެޑް” ވަރަށްކުރުކޮށް އަހަރެންވެސް ޖަވާބު ދިނީމެވެ.

“ބީން އަ މެން ބުނަންތަ ވާހަކައެއް؟ އައިޑޯންޓް ނޯ އަސްލު ދެމީހުންގެ ދޭތެރޭގައި ހިނގިކަމެއް……ހަދާނެ ގޮތް ހުސްވީމަ ބައެއް ފަހަރު އަހަރެމެންނަށް ވެސް ބުނަން ނުޖެހޭ އެއްޗެހި ބުނެވޭ ފަހަރު އާދޭ! ބަޓް ވީ ޑޯންޓް މީން އިޓް….އިފް ޔޫ ޑިންޑްޓް މީން އެނީތިން ޓު ހިމް އެހެން ފަހަތަކުން މިހާރު ނޫޅޭނެ….. މަށަށް ފެނޭ ވާހަކަ ދައްކާލަން އޭނައާ އެންޑް ދެން ޓޭކް އަ ޑެސިޝަން” ޒިވިއަލް ގެ ވިސްނުންވެސް މުޅިއަކުން ގޯހެއް ނޫނެވެ.

“އެހެންވެ މިބުނީ ކޮމްޕްލިކޭޓެޑްއޭ…ޔޫ ނޯ ވީވަރ އިން ސޯ ލަވް…އައިޑޯންޓް ޑައުޓް ހީ ލަވް މީ…… ފެމިލީ ޤަބޫލު ނޫން އިރުވެސް މެރީ ކުރީ……………”އަހަރެން ހަޔާތުގެ ޞަފްހާ ޒިވިއަލް ކުރިމަތީ ހުޅުވާލީމެވެ. ކައިވެނި ކުރި ހިސާބުން އެގެއިން ނުކުތުމާއި ޝިޒާން އަހަރެން ވަރިކޮށް ރޭޒަލް އާއި ކައިވެނިކުރިހިސާބަށެވެ.

” ހިތް ބުނޭ ޝިޒާން އާއި ދަރިފުޅު ވަކި ނުކުރަން… ދަރިފުޅަށްޓަކައި ކައިވެނި ރުޖޫޢަކުރަން…. އެކަމަކު އައި ވޮންޓް ހޭވް އަ ލައިފް ވިތް ހިމް…ހަމަ ގަނަ ތެޅެން ޖެހޭނީ.. ޝިޒާން ކިތަންމެ ރަނގަޅަސް އައި ވޯންޓް އަ ފެމެލީ ޓޫ…..” ހިފެހެއްޓިފައިވާ ކަރުނަތައް އަހަރެންގެ ކޯތާފަތްމަތިން ފައިބަން ފެށިއެވެ. ޒިވިއަލް އަހަރެންނާ ކައިރިވެލުމަށްފަހު އޭނާގެ މޭގައި އަހަރެން ފޮރުވާލަދިނެވެ. އަހަރެންގެ ދިރިއުޅުމުގެ ވާހަކަތައް މީގެ ކުރިން މިހާ ތަފްސީލްކޮށް އެއްވެސް މީހަކަށް ކިޔާދެވިފައި  ނުވާނެއެވެ. ހިތުގެ އިހްސާސްތައް ކަރުނައާއިއެކު ބޭރުކޮށްލުމުން ހިތަށް ވަރަށްބޮޑަށް ލުއިވެގެން ދިޔައެވެ. ހިތްހަމަޖެހެންދެން ރޯލުމަށްފަހު ސީދާވެލާ ދެލޯ ފޮހެލީމެވެ.

” ވަރަށް ހިތްވަރުގަދަ ކުއްޖެއްތީ! ކޮންމެ ފިރިހެނަކުވެސް ބޭނުންވާނެ ތިކަހަލަ އަންހެން ކުއްޖެއް..އެކަމަކު އެއްވެސްކަމެއް އިންކޮމްޕްލީޓްކޮށް ނުބާއްވާ..އެކްސް އާ އެކީގަ ޕީސް ހަދާފަ ކޮންމެސް އެއްގޮތަކަށް ނިންމާ… އޭރުން އީމްއަށްވެސް ހަމަޖެހުމެއް ލިބޭނީ.. ވީއަރ ވިތް ވަޓްއެވަރ ޑެސިޝަން ޔޫޓޭކް..އައިއެމް ޝުއަރ ޔޫ ނޯ ވަޓް ޔޫ ވޯންޓް….އެކަމަކު ފަހަތަށް ޖެހެވެނީ ތި…. ކްލޯސް ޔުއަރ އައިސް އެންޑް ލިސެންޓު ޔުއަރ ހާޓް ” އަހަރެންނަށް ޒިވިއަލްގެ މޫނަށް ބަލާލެވުނެވެ. ޒިވިއަލް އަހަރެންނާއި ދިމާއަށް އީމްއޭ ކިއާފައި ގޮވާލި މިއީ ފުރަތަމަ ފަހަރެވެ. ޒިވިއަލް އަހަރެންނަށް އީމް ގެ ނަމުން މުހާތަބު ކުރުމުން އިތުރަށް ގާތްކަމުގެ އިހްސާސްކުރެވުނެވެ. ހަމައެއާއިއެކު ޒިވިއަލްގެ އެ ބަސްތަކުން އަހަރެންނަށް ހިތްވަރު ލިބުނުކަހަލައެވެ. މާލެ ގޮސް ޝިޒާންއާއި ރީއްޗަށް ވާހަކަ ދެއްކުމަށްފަހު ކޮންމެވެސް އެއްގޮތަކަށް ނިންމަން އަހަރެން ޢަޒުމު ކަނޑައެޅީމެވެ.

“ތޭންކްސް ފޯ ލިސްނިން…މާލެ ގޮސް ކޮންމެސް އެއް ގޮތަކަށް ނިންމާނަން….ބަޓް ކަމެއް ކޮށްދޭންވާނެ އެނގޭ” އަހަރެން އޭރުވެސް ދިޔައީ މާލެގޮސް ކަންތައް ކުރާނޭގޮތް ހިތުތެރޭގައި ރާވަމުންނެވެ. ޒިވިއަލް ކޮންކަމެއް ތޯ ކޮށްދޭންވީ އެހުމުން އަހަރެން އެދުނީ ރޭޒަލްގެ ނަންބަރު ހޯދައިދިނުމަށެވެ. ރޭޒަލްގެ ކުޑަ ތައާރަފެއް ދިނުމުން ނަންބަރު ލިބޭތޯ ބަލާދޭނެކަމުގައި ބުންޏެވެ. އެއާއިއެކު ފޯނު ނަގާ ކޮންމެވެސް މީހަކަށް މެސެޖެއްކޮށްލިއެވެ.

“ނައު ދެޓް ޔޫ ނޯމީ… އަހަރެން އެއްޗެއް އަހާލަންތަ؟”ދެ މީހުންގެ މެދުގައި މިހާ ސީދާކޮށް ވާހަކަ ދެކެވެމުން ދާތީ އަހަރެންވެސް އެފުރުސަތުގެ ބޭނުން ހިފާލަންބޭންވިއެވެ.

“ކޮބާތަ ޒިވިއަލް ގެ “ޑްރީމް ގާލް””؟ އަހަރެންގެ ސުވާލާއެކީ ޒިވިއަލްގެ މޫނުމަތީގެ ކުލަ ބަދަލުވެގެން ދިޔައެވެ.

“ޒިލާލް އެއްޗެއް ކީ ދޯ؟”ޒިވިއަލްވެސް ކޮށްލީ ސުވާލަކެވެ.

” ދެން ބުނެބަ؟ ހަމަ އެއްވެސް ކުއްޖަކާ ރަށްޓެހި ނުވަން؟” އަހަރެންވެސް ހުރީ އެބުނާ “ޑްރީމްގާލް” ހޯދާފައިނޫނީ ދޫކުރާގޮތަކަށް ނޫނެވެ.

” ލައިފްގެ ބޮޑުބައި ހޭދަ ކުރީ ކިޔަވަން ރާއްޖޭން ބޭރުގަ. ދެން  މާލެ އައި ގޮތަށް ބައްޕަގެ ބިޒްނަސް ތެރޭގައި ބިޒީވީމާ އަންހެން ކުއްޖަކަށް ވިސްނާނެ ފުރުސަތު ނުލިބުނީ” އެހިސާބުން ޒިވިއަލް އަލަށްވެސް ކުއްޖަކާ ރަށްޓެހި ނުވާކަން އަހަރެންނަށް އެނގުނެވެ.

” ހަމަ ކަމުދާ ކުއްޖެއްވެސް ނުފެނޭ؟” އަހަރެން އެ ސުވާލު ކުރުމާއިއެކު ޒިވިއަލް އަހަރެންގެ މޫނަށް ބަލާލިއެވެ. ޒިވިއަލްގެ ލޮލާއި އަހަރެންގެ ލޯ ބައްދަލު ހިނދު އެއްކަލަ ގޮތަށް ހިތުގެ ތެޅުން ބާރުވާންފެށިއެވެ.

“ފެނުން…ވަރަށް ކަމުދާ ކުއްޖެއް ފެނުން…. އެކަމަކު ނުބުނެވުން….ނުކެރުން…… ވަރަށް މަސައްކަތްކުރިން ވާހަކަ ދައްކާލަން….. އޮފީސް ދަށުން ބުރުވެސް ޖެހިން…. އެކަމަކު އަބަދުވެސް ފެންނަނީ އެހެން ޒުވާނަކާއެކު….އެހެން މީހެއްގެ ހައްޤަކަށް އެ ކުއްޖާ ވެގެން ދިޔައިރުވެސް ވާހަކަ ދައްކާލަންވެސް ނުކެރުން…އެކަމަކުވެސް އިންތިޒާރުކުރެވޭ….އަދިވެސް…. މިއަދުވެސް…..” ޒިވިއަލް ސީދާ އަހަރެންގެ ލޮލަށް ނަޒަރު ހުއްޓައިގެން އިނދެ އެ ބޭރުކުރާ ކޮންމެ ބަހަކީ އަހަރެންނަށް އަމާޒުވާ އެއްޗެއްހެން ހީވިއެވެ.އަވަސް އަވަހަށް މޫދާ ދިމާއަށް އަހަރެން ބަލާލުމާއިއެކު ޒިވިއަލްއަށްވެސް ހަމަ ހޭވެރިކަން އައި ކަހަލައެވެ. ހަމަ އެވަގުތު ޒިވިއަލްގެ ފޯނު ރިންގުވިއެވެ. ގުޅީ ޒިލާލްއެވެ.

“މިތާ ކައިރީ އެ މީހުން އެތިބީ ހިނގާދަމާ..މަސް ފިހެން ފަށައިފި” އަހަރެންވެސް ތެދުވެ ގައިން ވެލި ފޮޅާލަމުން ގަޑި ބަލާލިއިރު 11 ޖަހާ ބޮޑުވެއްޖެއެވެ. ވާހަކައިގައި ތިބިވަރުން ވަގުތު ދިޔަގޮތްވެސް ނޭނގުނެވެ.ވާނީވެސް އެހެން ނޫންހެއްޔެވެ.އަހަރެންނަށް މިރޭ މި ފެނުނީ ވެސް ތަފާތު ޒިވިއަލްއެކެވެ. މަޑުމައިތިރި އޯގާތެރި ރީއްޗަށް ވާހަކަ ދައްކާ، ކަންކަން ހިއްސާކުރެވޭ ކަހަލަ މީހެކެވެ. ރުންކުރު ނުވަތަ ބޮޑާކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތެވެ.

މާ ގިނައިރު ހިނގާކަށް ނުޖެހުނެވެ. އަހަރެމެންނަށް ސްޓާފް އޭރިއާއަށް ދެވިއްޖެއެވެ. އޭރު އެތަނުގައި ވިއްސަކަށް ފިރިހެން ކުދިން މަސްފިހުމާއި މަސްކެއުމުގައި އަވަދިނެތި އުޅެއެވެ. ޒިލާލް އާއި އިތުރު ދެ ފިރިހެން ކުއްޖެއް އޭރުވެސް ތިބީ ގްރިލް ކައިރީގައެވެ. އަހަރެމެންވެސް ގްރިލްއާއިކައިރިވެ ބަލާލީމެވެ. ތަފާތު ވައްތަރުގެ ފަރުމަސްތަކެވެ. ބޯވަޔާއި ބޯވަދިލަމަހެވެ. އިއްސާއި ރާކަންޏެވެ. އަހަރެންނަކީ ވެސް ފަރުމަހަށް ނުހަނު ލޯބިކުރާ މީހެއްކަމުން ކުޅު ދިޔާވި ކަހަލައެވެ.

“ބަލަން ނުހުރެ ކާންފަށާބަ..އެހެރީ ރޮށިވެސް. ތަށްޓެއް ހިފައިގެން އާދޭ މަސް އަޅައިދޭނަން” އަހަރެންގޮސް ތަށްޓަށް ނަގައިގެން އައިސް ފިހުނުމަހާއި ދެތިން ރޮށި ހިފައިގެން ގްރިލްއާއިދުރަށް ޖެހެލީ އެހެން މީހުންނަށްވެސް ޖާގަ ދިނުމުގެ ގޮތުންނެވެ.ޒިވިއަލްވެސް ތަށްޓަކަށް ކާ އެއްޗެހި އަޅައިގެން އައިސް އަހަރެން ކައިރިއަށް ހުއްޓުމާއިއެކު ރިސޯޓުގެ 2 މީހަކުވެސް އައިސް އަހަރެން ކައިރިއަށް ހުއްޓުނެވެ. އަދި އެކި ވާހަކައިގައި ކަމުން ގެންދިޔައެވެ.

“އެއީ ކޮންކުއްޖެއްތަ؟ ކުރިން ނުދެކޭ ކުއްޖެއް.. އަނެއްކާ ތީގެން މީހެއްގެ ކަމެއްތަ؟” ޒިލާލް ކައިރީ ހުރި ފިރިހެން ކުއްޖާ ޒިލާލް އާއި ސުވާލު ކޮށްލިއަޑު އިވުނެވެ. އަހަރެމެން ތިބީ އެމީހުންގެ ފަހަތުގައި ކަމުން އަހަރެމެންނަށް ކިތަންމެ ރީއްޗަކަށްވެސް އަޑުއިވުނެވެ. ނަމަވެސް އެ މީހުންނަށް އަހަރެމެން ފަހަތުގައި ތިބިކަން ނޭނގުނީ ކަންނޭނގެއެވެ.

“ނޯ.. ޝީ އިޒް ލައިކް އަ ސިސްޓަރ…ކަޅި ނާޅައްޗޭ” ޒިލާލް އޭނައަށް އިންޒާރެއް ދިން ކަހަލައެވެ.

“އެ ކީއްވެ؟ ޒިލާ ގެ ސިސް އެއްވެއްޖާ އޯކޭ އެއްނު.. ޝީ ލުކްސް ވައިފް މެޓީރިއަލް..ހެލްޕެއް ނުވާނަން؟” ދެންވެސް ވާހަކަ ދެއްކީ އެޒުވާނާއެވެ. އަހަރެން އިސް އުފުލާ ކުރިމަތީ ހުރި ޒިވިއަލްއަށް ބަލާލީމެވެ. ޒިވިއަލްގެ ލޮލުން އަލިފާންކަނި ބުރާފަދައެވެ. އޭނާ ހިތްހަމަ ނުޖެހިފަ ހުރިވަރު އެ މޫނުމަތިން ކިތަންމެހާވެސް ރީއްޗަކަށް ފާޅުވޭވޭ ހުއްޓެވެ.

“ޔޫ ޑޯންޓް އީވަން ނޯހަރ ޑޫޑް…” ޒިލާލް ޖަވާބުދިނެވެ.

“ކަލޭމެންނާ ހެދި އަންހެން ކުއްޖަކަށް ނެތެއްނު މި ރިސޯޓަށް އެރޭކަށްވެސް… ނޫން އެއްޗެއް ނުފެނެޔޭ!” އަހަރެމެން ކައިރީ ހުރި މީހަކު އެ ޒުވާނާއާއި ދިމާކުރުމުގެ ރާގެއްގައި ބުނެލިއެވެ.އެއާއިއެކު އެ މީހުން ސިހިފައި ފަހަތްބަލާލިއެވެ. އަދި އަހަރެމެން ފެނުމުން ބޯ  ކަހާލުމަށް ލަދުވެތިކަމާއިއެކު އަނެއް ފަރާތަށް އެނބުރުނެވެ. އަހަރެންނަށް އޭރުވެސް ބެލެނީ ޒިވިއަލްގެ މޫނަށެވެ.އަވަސް އަވަހަށް ކަމުންދިޔައިރު ކާ އެއްޗެހި ރަނގަޅަށް ހަފާހެންވެސް ހިއެއްނުވެއެވެ.

“ޒިލާ” އެންމެންނަށްވުރެ ކުރިން ތަށި ހުސްކޮށްލައި ޑަސްބިންއަށް ތަށިލުމަށްފަހު ޒިވިއަލް ގޮވާލީ ޒިލާލްއަށެވެ.

“އީމާން ބަގީއެއްގަ ގެއަށް ލާދެއްޗޭ މާ ލަސްނުކޮށް. ދޮންބެ ދާނަން އޮފީހަށް ވަދެލާފަ” ޒިވިއަލް އަވަސް އަވަހަށް ބޭރަށް ނުކުތުމަށް ހިނގައިގަތެވެ.

” ހާދަ އަވަހަކަށް؟ މިރޭ ދެން ކީއްކުރަން ވޯކް ކުރަނީ؟” ޒިވިއަލް ހިނގައިގަތުމާއި އެކު އަހަރެމެން ކައިރީ ހުރި މީހަކު އެހެން އަހާލީ މިރޭ އިތުރަށް މަސައްކަތް ނުކުރާގޮތަށް ނިންމާފަ އޮތުމުންކަން އަހަރެންނަށް އެނގުނެވެ.

“ހަނދާން ނެތި އީމެއިލް ތަކަކަށް ރިޕްލައިނުކޮށް މިއުޅެނީ.. ލެޕްވީ އޮފީހުގަ” ފަހަތް ނުބަލައިވެސްނުލައި ޒިވިއަލް ހިނގައިގަތެވެ.

ކެއުމުގެ ކަންކަން ނިމި ގެއަށް ދިޔުމަށް ބަގީ ގެނައުމަށް ޒިލާލް އުޅެން ފެށުމުން އެކަން އަހަރެން މަނާކުރީ އަދިވެސް ހިނގާލަން ބޭނުންވީމައެވެ. ސްޓާފް އޭރިއާ އިންނަނީ ރަށުގެ މެދުގައި  ކަމުން މަޑު ހިނގުމެއްގައި ޒިލާލްއާއިއެކު އަހަރެމެން އައި ފަރާތްނޫން ރަށުގެ އަނެއް ފަރާތުން އަތިރި މައްޗަށް ފައިބާ ހޭޅިފަށުން ހިނގަމުން ދިޔައީމެވެ.

” މަސްވަސް ދޯ ދުވަނީ؟” ގައިން ވަސްބަލާލަމުން ޒިލާލް އަހާލިއެވެ.

“އާނ! ޗީޑި” ޒިލާލްއާއި އަހަރެން ވާހަކަ ދައްކަމުން ދިޔައިރުވެސް ސިކުނޑީގައިވީ ޒިވިއަލްގެ ހިޔާލުތަކެވެ. ޒިވިއަލް އެދިޔައީ ހަމަ އޮފީހަށް ބާވައެވެ.

 

ވާހަކަ ދައްކަމުން ކުރިއަށްގޮސް ރަށުގެ ޕޫލް ބާ އާއި އަރާހަމަވިއިރު އަހަރެންނަށް ޒިވިއަލް ފެނުންހެން ހީވެއެވެ. އެ ސަރަހައްދު އޮންނަ ގޮތުން އަތިރިމަތިން ހިނގެން ނޯންނާތީ އަހަރެމެން ދާން ޖެހުނީ ޕޫލް އާއި ޕޫލްބަރ އާއި ދެމެދު އޮތް ހުސްތަނުންލާފައެވެ. އޭރު އެތާ މޭޒެއްކައިރީ ކޮފީ ތަށްޓެއް ހިފައިގެން އެކަނި އިން ޒުވާނަކީ ޒިވިއަލްހެން އަހަރެންނަށް ހީވިއެވެ. ހީވީއެއްނޫނެވެ.ޔަޤީނެވެ. ހުދު ޖީންސާއި ކަޅު ޓީޝާޓް ގައި ފުރަސް ދީގެން އިނީ ހަމަ ޒިވިއަލްއެވެ.

“އިޒް ދެޓް ޒިވިއަލް؟” އަހަރެން ޒިލާލް ގައިގައި ކޮށްޓާލާފައި ދައްކާލީ ޔަޤީންކޮށްލުމުގެ ގޮތުންނެވެ.

“ލުކްސް ލައިކް ހިމް ދޯ؟” އެ ސަރަހައްދު އަނދިރިނަމަވެސް އަޅުވާފައިވާ ޑިސްކޯ ލައިޓްތަކުން މީހުންގެ ސިފަ ސާފުވާވަރުވެއެވެ.

“ޝެލް ވީ ކްރޭޝް އިން؟” އަހަރެން އެހެން އަހާލީ ޒިލާލްގެ ވިސްނުމެއް ބަލާލާށެވެ.

“އުނހު. ރަނގަޅު ހިޔާލެއް ހެން ހިއެއްނުވޭ. ކޮންމެސްކަމެއްވެގެން ދޮގު ހަދާފަ އަންނާނީ” ތެދެކެވެ. ދޮގު ހަދާފައި އަންނާނީ ކޮންމެސް ކަމެއްވެގެންނެވެ. ސިކުނޑިން ޤަބޫލު ނުކުރިނަމަވެސް އަހަރެންގެ ހިތުން ޒިވިއަލް ދޮގު ހަދާފައި އައީ ކީއްވެގެންކަން ބުނެދޭ ކަހަލައެވެ. ނުނީ އެނގުނަސް ޤަބޫލުކުރަން ބޭނުން ނުވަނީއެވެ. އަހަރެމެން ނުހުއްޓި ކުރިއަށް ހިނގަމުން ދިޔައީމެވެ.

“ދޮންބެ ވަރަށް ޗޭންޖްވެއްޖެ… ޑޯންޓް ފީލް އެނީތިން ބޭޑް އެނގޭ.. އެކަމް ބައެއް ފަހަރު މަށަށް ހީވޭ ހީ ގިވްސް އަ ސްޕެޝަލް އެޓެންޝަން ޓު ޔޫ… އީމްއާއި ދިމާއަށް މުއައްޓެ އެހެން ބުނީމަ ކަންނޭނގެ ހިތްހަމަ ނުޖެހިގެން އެއައީ… އެއީ ފީލިންގްސް ކަމެއް ނޫނީ އީމް ޕްރެގް ވީމަ ނޫންކަމެއްވެސް ނޭނގެ…އިފް ޔޫ ބޮތް އާ އިން އައިވިލްބީ ވެރީ ހެޕީ…” އަހަރެން އިސް ޖަހާލީމެވެ. ޒިލާލްއަށް ހީވަނީތާއެވެ. އަހަރެންނަށް ޔަޤީނެވެ. އެކަމަކު ޒިވިއަލް އިސްވެ ނުބުނާހާ ހިނދަކު އަހަރެން އެކަން ޤަބޫލުކުރާކަށް ބޭނުމެއްނޫނެވެ. މާބަނޑު އަންހެނެއްދެކެ ހުސްހަށިބައި ފިރިހެނެއް އެދުމެއްނެތި ލޯބިވެދާނެކަމަށް ސިކުނޑި ޤަބޫލުކުރަން ދެކޮޅުހަދަނީއެވެ. އެކަން އެގޮތަށްވީނަމަވެސް އެ ލޯބި ޤަބޫލުކުރެވިދާނެކަމާއިމެދުވެސް ޝައްކު އުފެދެނީއެވެ. އަހަރެންގެ ހައިސިއްޔަތު އަހަރެން ހަނދާނެއް ނުނެތެއެވެ. ދެވަނަ ފަހަރަށް ލަނޑެއް ލިބި ދުނިޔެމަތިން ފޫހިވާކަށް ބޭނުމެއްނޫނެވެ. އަހަރެންގެ ދަރިފުޅަށްޓަކައިވެސް އަހަރެން ހިތްވަރު ކުރަން އެބަޖެހެއެވެ.

“ކިހިނެއްވެ އެއްޗެއް ނުބުނީ؟ ހިތްހަމަ ނުޖެހުނީތަ އަނެއްކާ؟” ޒިލާލް އެހެން އަހާލީ އަހަރެން އެއްވެސް އެއްޗެއް ނުބުނެ ހުރުމުންނެވެ.

” ނޫން.. ސާބަސް. ތީ ޒިލާއަށް ހީވާއެއްޗެއް. ޒިލާ އެއް ނޫންތަ ބުނީ 2 ބްރޯސް އޭ ޔޫ ގައިޒް އަރ…ހީ އިޒް ޖަސްޓް ޑިފަރެންޓް ބްރީޑް…. މަށަށް ފާހަގައެއްނުވޭ.. މަށަށް ޔޫ އެންޑް ޒިވިއަލް ސޭމް.” އަހަރެން ގަސްތުގައި ދޮގުހެދީމެވެ. ޒިލާލް ދެކެވެނީ ބޭބެއެއްގެ ހައިސިއްޔަތުންނަމަވެސް ޒިވިއަލް ދެކެވެނީ އެ ހައިސިއްޔަތުން ބާވައެވެ.

“ދެން އެކަމަކުވެސް އިން ކޭސް އިފް ހީ ޕްރޮޕޯސް ވިސްނާލައްޗޭ! ނޯ ޕްރެޝަރ…..އެންޑް އަވަރ ރިލޭޝަންޝިޕް އެފެކްޓްއެއް ނުއާނެ އީމް ކޮންމެ ޑެސިޝަންއެއް ނެގިއަސް…ދޮންބެ މައިންޑް ޗޭންޖުވުމަކީ އަ ބްލެސިން…. އެ ބުނާ މަންޖެއެއް މަށަށް ހިއެއްނުވޭ ދޮންބެއަށް ލިބޭނެހެން. އޭނަގެ އިންތިޒާރުގަ މުޅި ލައިފް ދުއްވާލަފާނެތީ މަވެސް ކޮންސާންވޭ” ކޮއްކޮއެއްގެ ހައިސިއްޔަތުން ޒިލާލް ދޮންބެއާއި ދޭތެރެ ވިސްނާވަރު ފެނިފައި އަހަރެންގެވެސް ކޮއްކޮއެއް ނުވަތަ ބޭބެއެއް ހުންނާނެނަމައޭ ހިތަށް އެރިއެވެ.

” ހޫން.. އެކަހަލަ ކަމެއް ވެއްޖެއްޔާ އެ ޚަބަރު އަހަރެން އެންމެ ފުރަތަމަ ދޭނީ ޒިލާއަށް… އޯކޭ އެއްނު.. ތިއެއް ނޫނޭ… ބޭބީ ޒީ ކިކްޑް ފަސްޓް ޓައިމް މިރޭ” އަހަރެން ގަސްތުގައި މައުލޫ ބަދަލުކޮށްލީމެވެ.

“ވަޓް… އައި މިސްޑް؟؟” ޒިލާލްގެ މޫނުމަތިން ފެނުނީ އަހަރެން އުންމީދުކުރި ޝައުގުވެރިކަމެވެ.

“ބޭބީ ޒީ.. ޕްލީސް ގިވް އަ ހައި ފައިވް…. ޕްލީސް” އިރުކޮޅެއް ވަންދެން އަހަރެންގެ ބަނޑުގައި އަތް ޖައްސާލައިގެން ހުރުމަށްފަހު ޒިލާލް އަތްނެގީ ބޭބީ ތޮޅެނުލުމުންނެވެ.

“ބޭބީ ޒީ ޑޯންޓް ލައިކް މީ” ތުންދަމާލަމުން ޒިލާލް އެހެން ބުނިއިރު އަހަރެމެން އިތާ ހައުސް އާއި އަރާހަމަވީއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ލޯބިވެވުނީ 7

Next

ތެމި ވާރޭގައި ވީމޭ 1

Next
April 27, 2023

ތެމި ވާރޭގައި ވީމޭ 1

Previews
April 26, 2023

ލޯބިވެވުނީ 7

2 Comments!

  1. mariyam says:
    April 26, 2023 at 6:35 pm

    I love this story but my boyfriend is always like this but I am so sad 😢😭 my boyfriend is always with a girl
    But what I am doing 😭😞. I also love him. But he don’t love me 😔😭.
    What I am do?🌸🙂😢😍🤩😚😘

  2. Mitsuha says:
    April 26, 2023 at 7:33 pm

    Nice… This story is really interesting…Keep it up dear… curiously Waiting for the next part…

Comments are closed.

Next Episodeލޯތްބަކުންދިން-14←


All Right Reserved!