ލޯތްބަކުން ދިން.. 8 ވަނަބައި
“ކޮންތާކަށް ބޮޑު ފަތިހާ ދޮންބެ އެދިއައީ؟” ޒިވިއަލް ނުކުތީއްސުރެ އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލު އަހަރެން ޒިލާލްއާއި އަމާޒުކޮށްލީމެވެ.
“މާ ފުށްޓަށް އެދިޔައީ. ވިޔަފާރީގެ ހުރިހާކަމެއް ކަހަލަ ގޮތަކަށް ބަލަހައްޓާނީ ދޮންބެ. ޒިލާ ބަލަހައްޓަނީ މާލޭ އޮފީސް އެކަނި.”
“ކޮން ކަހަލަ ވިޔަފާރިއެއް؟ ކޮބާ ޕޭރަންޓްސް” ސުވާލަކަށްފަހު ސުވާލެއް ޒިލާލްއާއި ކުރަމުންދިޔައީމެވެ.
“ސާބަހޭ! ތިއުޅެނީ ޒިލާ ކޯޓަށް ހާޟިރުކޮށްގެންތަ؟” ދެމީހުން އެއްކޮށް ހޭން ފެށީމެވެ.އަދި ޒިލާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
” ޕްރޮބެބްލީ ޒިލާ ބައްޕަގެ ނަން ބުނީމަ އެނގޭނެ ކަންނޭނގެ..އަހްމަދު ސަމީރު ކިޔަނީ. ދޮންވެލި ސަމީރު އޭ ބުނީމަ ގިނަ މީހުންނަށް އެނގޭނީ” ޒިލާލް އެބުނި ދޮންވެލި ސަމީރަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގަ ވަރަށް ހިނގާނަމެކެވެ. 2 ރިސޯޓާއި ސަފާރީއެއްގެ އިތުރުން ކ.މާފުށްޓާއި،ބ.ދަރަވަންދޫ އަދި އައްޑޫ ސިޓީގައި “ދޮންވެލި” ނަމުގައި ގެސްޓް ހައުސްތަށް ހުންނަކަން އަހަރެންވެސް ދަންނަމަވެ.
“އޯ.. ދެން ވައި އާޔޫ ރެންޓިން ދިސް ރޫމް” އެހާ ތަނަވަސްބަޔަކު ކޮޓަރިއެއް ކުއްޔަށް ދޭން ޖެހޭ ސަބަބެއް އަހަރެންނަށް ނުވިސްނުނެވެ.
“ސޯ! ވިލިނގިލީގަ އަސްލު ގެ އިންނަނީ. ގެ ހަދަން ވެގެން ބަޔަކަށް ދީފަ މިތަން ރެންޓަށް ނެގީ. މަންމަ އެންޑް ބައްޕަ މެލޭޝިއާއަށް ބަދަލުވީ. މަންމަ ވަރަށް ސިކް. އެހެންވެ ޓްރީޓްމެންޓަށް ދިޔައީ. 1 އިޔާރ ވެއްޖެ. އިންޝާﷲ މިއަހަރު ނިމޭތަނަށް ޓްރީޓްމަންޓް ނިންމާފަ އަންނާނެމިކޮޅަށް. ބައްޕަވެސް މިކޮޅުގަ ނެތީމަ ބިޒްނަސް ބަލަހައްޓަނީ ދޮންބެ. ހީ ވޯންޓްސް ވަރަށް ގާތުން ކަންކަން ބަލަން އެހެންވެ ބައްޕަ ނެތީމަ ތަންތަނަށް އެދަނީ މޮނިޓަރކޮށް ހަދަން. ގިނަ ދުވަސްތަކުގަ ބޭރުގަ އުޅޭތީ ޒިލާ އެކަނި ހުންނާނެތީ އެ ރޫމް ރެންޓްކުރަން ނިންމީ. ޒިލާ ނޫނެކޭބުނީމަވެސް އެކަނި އުޅޭކަށް ނުވާނެޔޯ ކަމެއް ވިޔަސް ނޭނގޭނެއޯ ކިޔާފަ.ކުރިން އުޅުނު ސޮރު މެރީކުރަން ވަކިން މޫވް ކުރީމަ އަލުން ޖެހީ.” ޒިލާލްގެ ވާހަކަތައް އަޑު އަހާފައި ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. ދުނިޔޭގެ ހަޤީގަތް ބަލާބަލާށެވެ. އަހަރެންމިއީ އަޅާލާނޭ ޔާރެއް އިޔާރެއް ވަންނާނޭ ގެދޮރެއް ނެތް ނިކަމެއްޗެކެވެ. ޝިޒާންމެންގެ އާއިލާއަކީ މާލޭގައި އަންނައުނުގެ ވިޔަފާރި ފުޅާދާއިރާއެއްގައިކުރާ މުއްސަނދި އާއިލާއެކެވެ. ނަމަވެސް އެގޭ މީހުންގެ ވަނީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. ތިމާގެ ހައިސިއްޔަތާއި ހައިބަތު ފިޔަވައި އެހެންކަމެއް ނުފެންނަފަދައެވެ. ދެން މިތިބީ ޒިލާލްމެންގެ އާއިލާއެވެ. ހަމަ މުއްސަނދި އާއިލާއެކެވެ.ނަމަވެސް ހިތްހެޔޮ، އަހްލާޤު ރަނގަޅު މީހުންނަށް އިހްތިރާމްކުރަންދަންނަ ކުދިންތަކެކެވެ.
“މިހާރު ދެން ޒިލާމެން އިނގިއްޖެ އެއްނު. އީމް ކިއައެއް ނުދޭނަންތަ ކުޑަކޮށްވެސް އެބައުޓް ޔޫ؟ ނޯ ޕްރެޝަރ އެނގޭ” ކޮފީތަށި ނަގާ ތުމުގައި ޖަހަމުން ދެންވެސް ވާހަކަ ދެއްކީ ޒިލާލްއެވެ.
“އީމް ދޯ! އޮނަސްޓްލީ ސްޕީކިން ދެއަރއިޒް ނަތިން އެބައުޓް މީ. މަންމަ ނިޔާވެފައި. ބައްޕަވެސް ނެތް. އާއިލާ އެކަކުވެސް ނެތް. މީހަކާ އިނިން ވަރަށް ލޯބިން. އެކަމަކު ނޫޅެވުން. މިހާރު ޑިވޯސްޑް ވިތް އަ ބޭބީ އިން މައި ބެލީ” އަހަރެންގެ ލޮލުން ކަރުނަ ނިރާލީ އަނެއްކާވެސް އަހަރެންގެ އަމިއްލަ ހާލަތު އިހްސާސް ވުމުންނެވެ.
“އީމް. އައިއެމް ސޮރީ.ދެން ނުބުނައްޗޭ އާއިލާގަ މީހަކު ނެތޭ. ޔޫ ހޭވް 2 ބްރަދާސް ޓު ސޭވް ޔޫ އެންޑް ޕްރޮޓެކްޓް ޔޫ. ޒިލާ މަންމަ ކައިރީވެސް ބުނިން ހުސް ރޫމްއަށް ގާލް ކުއްޖެކޭ ގެނައީ. މަންމަ ބުނި ދެރަގޮތެއް ނުހަދައްޗޭ. އަންހެން ކުދިންނަކީ އަމާނާތެކޭ. އީމް ދަންދެން ބަލައްޗޭ. ސަލާންވެސް ބުނި”މި ދެމީހުންނަށް ލިބިފައިވާ ރިވެތި އަޚްލާޤަކީ އެމީހުންގެ މަންމަގެ ރަނގަޅު ތަރުބިއްޔަތުކަން އަހަރެންނަށް ޔަޤީންކުރެވުނެވެ.
“އޭ މިދަނީ ރެޑީވާން. ތެންކްސް ފޯ ދަ ނައިސް ޓޯކް. ބަޓް އަސްލުވެސް ހަމަ އޯކޭ އެނގޭ އޮފީހަށް ލައިދޭން ނަޔަސް” އަހަރެން ތެދުވެގެން ސައިބުއިތަށި ދޮންނަށްނަ ސިންކާއި ދިމާއަށް ހިނގައިގަތީމެވެ.
“ގިނަ ވާހަކަ ނުދައްކާ ގޮސް ރެޑީ ވެލައިގެން ނުކުމެބަ” އިތުރުއެއްޗެއް ނުބުނެ އަހަރެންގޮސް ފެންވަރާ އޮފީހަށްދާން ރެޑީވެގެން ނުކުތްއިރު ޒިލާލް އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ.
“އީމް އޮފީހަށް ލާފަ ޝިފާ ނަގައިގެން އޮފީހަށް. ދެން ކޮންމެ ދުވަހަކުވެސް ދެމީހުންނަށް ގަޑި ނުޖެހި އޮފީހަށް ދެވޭނެ” ލިފްޓަށް އަރަމުން ޒިލާލް ބުނެލިއެވެ.
“ޒިލާ އޮފީހުން ހޯދިކުއްޖެއް ދޯ ޝިފާއަކީ. ޝީ އިޒް ހަމަ ޕާފެކްޓް” އަހަރެން ޒިލާލްއާއި ދިމާކޮށްލެވޭތޯ މަސައްކަތް ކުރީމެވެ.
އޮފީހުގެ މަސައްކަތުގައި މަސްޢޫލުވެ އުޅެވޭތޯ މަސައްކަތްކުރިނަމަވެސް ދޭތެރެއަކުން ޝިޒާން މަތިން ހަނދާންވެ ހުއްޓުންއަރައެވެ. ޝިޒާން އަހަރެން ވަރިކުރިކަން ޤަބޫލުކުރަން އަހަރެންގެ ޒަމީރު ދެކޮޅުހަދަނީ ކީއްވެކަމެއް ހުދު އަހަރެންނަށްވެސް ނޭނގެއެވެ. ޝިޒާން އަދި އަހަރެން ކައިރިއަށް އެނބުރި އަންނާނޭކަމުގައި އަހަރެން ހިތް ބުނަމުންދިޔައެވެ. ޝިޒާންއަށް ނަފްރަތުކުރަން ބޭނުން ވިޔަސް އެކަން އަހަރެންނަށް ވާނޭހެން ހިއެއްނުވެއެވެ. ރުޅި އަންނަ ނުވަތަ ދެރަވާ ވަގުތުތަކުގައި ޝިޒާންގެ ނަން މުޅި އުމުރަށް ހިތުން ފޮހެލާނަމޭ ހިތަށް އެރިއަސް، ހަމަޖެހެލެވޭއިރަށް ޝިޒާންއަށް އަހަރެންގެ ހިތް އެދެން ފަށައެވެ. ނޭނގިނަމަވެސް ޝިޒާން މާލެ އައިސް އަހަރެންނަށް ގުޅާނޭ ދުވަހަކަށް އިންތިޒާރުކުރެވެން ފެށިއެވެ. އެއާއިއެކު ބްލޮކް ކޮށްލެވުނު ޝިޒާންގެ ނަންބަރު އަންބްލޮކް ކޮށްލީމެވެ.
ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް ޝިޒާންގެ ޚަބަރެއް ނުވެއެވެ. ޝިޒާންއަށް އިސްވެ އަހަރެން ނުގުޅީ އެއީ މިހާރު އެހެންމީހެއްގެ ފިރިއަކަށްވެފައި އިސްވެ ގުޅުމުގެ ހައްޤު އޮތްކަމަށް އަހަރެންނަށް ޤަބޫލުނުކުރެވޭތީއެވެ. މި ވޭތުވެދިޔަ ދުވަސްތަކުގައި މާބަނޑުކަމުގެ އަލާމާތްތަށްވެސް ކޮންމެވެސް ވަރަކަށް ފެންނަންފަށައިފިއެވެ. ހެނދުނު ހޮޑުލެވުމާއި ބޮލަށް އެނބުރުން އެރުން ފަދަ ކަންކަމެވެ.ގޭގައި އެއްވެސް ކަމެއް ކުރަން ނުޖެހޭވަރަށް ހައްވައްތަ ހުންނަނީ ކަންކަންކޮށްދީފައެވެ. ހެނދުނު ކޮންމެ ދުވަހަކުވެސް އައިސް ސައި ތައްޔާރުކޮށް ދުވަހަށް އެއްކޮށް ކައްކާ ގޭތެރެ ސާފުކޮށްދީ ހަދައެވެ.ޒިލާލް އާއި ޝިފާވެސް އެއްބަނޑު ކުދިންތަކެއްހާ ހެވެވެ. ޒިވިއަލް ކުރީދުވަހުގެ ހެނދުނު ދިޔަގޮތަށް އެނބުރި ނާދެއެވެ.
އޮފީހުން ޗުއްޓީއެއް ނެގުމަށް އަހަރެން ގަސްތުކުރީ އަހަރީ ޗުއްޓީ އާވާން ގާތްގަނޑަކަށް މަސްދުވަހަށް ވެފައިވާތީއާއި އަހަރީ ޗުއްޓީގައި ނުނަގާ 20 ދުވަސް އޮތުމުންނެވެ. ޗުއްޓީ ނެގުމަށް ފަހު ގޭގައި ހުންނަ ވަގުތު އިތުރުވުމުން އެކަނިވެރިކަން އިތުރުވިކަހަލައެވެ. ހަވީރު ވަންދެން ގޭގައި އުޅެނީ އެކަންޏެވެ. ހައްވައްތައަކީވެސް 3 ގެއަށް ކައްކަދޭމީހެއްކަމުން ހެނދުނު 10 ޖަހަންވާއިރަށް ގޭތެރޭ މަސައްކަތްކޮށްނިންމާލާފައި ދެއެވެ.
އެއްދުވަހެއްގެ މެންދުރުވަގުތެވެ. އެހެން ދުވަސް ދުވަހަކޭ އެއްފަދައިން އެދުވަހުވެސް ގޭގައިހުރީ އަހަރެން އެކަންޏެވެ. ފެންވަރާލައިގެން ނުކުމެ އަލަމާރީގައި ހުރި ތަކެތި ހަމަޖައްސާލުމަށް ނިންމީ އަހަރެން މިގޭގައި އަދި ދުވަސްކޮޅަކު އުޅެވޭނޭކަމުގެ ޔަޤީންކަމެއް ލިބިފައި އޮތީމައެވެ.ތެދަށް ބުނަންޏާ އަހަރެންވެސް މިހާރު ބޭނުންވަނީ ވިހާ ގަދަވަންދެން މިތާ މަޑުކޮށްލުމަށެވެ. ވަކިން އެއްކޮޓަރީގެ އެޕާޓްމަންޓެއް ހިފައިގެން ދަރިއެއްގެ ޚަރަދު ބަލަހައްޓާނޭ ފެންވަރެއް އަހަރެންގެ ނެތެވެ. ހަމަ އެއާއިއެކު ދެން އެހެން ބައެއްގެ ކައިރަށް ދިޔަސް ދެވޭނީ ކޮންކަހަލަ ބައެއްގެ ކައިރިއަށްކަމެއް ނޭނގެއެވެ. އެހެންކަމުން ޒިލާލްމެން އަހަރެން ކައިރީ ދާން ނުބުނާހާ ހިނދަކު، ނުވަތަ އެ މީހުން ގެއަށް ބަދަލުވަންދެން އަހަރެން ގަސްތުކޮށްގެން މިހުރީ މި ގޭގައި އެ މީހުންނާއިއެކު އުޅޭށެވެ. ހަމަ އެއާއިއެކު އަހަރެންގެވެސް މަންމަ ފަރާތު ތިމާގެ ކޮންމެވެސް ބައެއް ތިބޭނޭކަން ޔަޤީންވާތީ، އާއިލާ ހޯދުމުގެ ޝައުގެއްވެސް އަހަރެންގެ ހިތުގައި މިހާރަކަށްއައިސް އާލާވެއެވެ. މިގެއިން ދާ ދުވަހަކުވެސް ކޮންމެވެސް މީހެއްގެ އެހީތެރިކަމެއް ބޭނުންވާނެއެވެ. ހިތާ ހިތުން އެދެވެމުން ދިޔައީ އާއިލާ ބަޔަކު ފެނުމެވެ. އެ މީހުންގެ ހިތުގައި އަހަރެންނާއި އަހަރެންގެ މަންމަގެ މައްޗަށް ނަފްރަތުކަމެއް ނުވުމެވެ.
އަލަމާރިއަށް އެއްޗެހިތައްލާ ނިންމާލުމަށްފަހު ފޮށި ނަގާ އެނދުދަށަށްލުމަށް ހިއްލާލިވަގުތު ފޮށީގެ މަތީ ބައިގައި އެއްޗެއް އޮތްހެން ހީވެގެން ބަލާލީމެވެ. އޭގައި އޮތީ ދެ ފޮޓޯ ފްރޭމެވެ. އެއް ފްރޭމްގައި އަހަރެންނާއި ޝިޒާންގެ ފޮޓޮއެކެވެ. އަނެއް ފްރޭމްގައި އަހަރެންމެ މަންމަގެ ފޮޓޮއެކެވެ. ޝިޒާންއާއި އަހަރެންގެ ފޮޓޯ ނަގާ ބާލީސްދަށަށްލުމަށް ފަހު މަންމަ ގެ ފޮޓޯ ނަގައި ފާރުގައި އަޅުވާލެވޭނޭ ގޮތެއް އިންތޯ ހޯދަން ފެށީމެވެ.
ނަސީބު ވަރަށް ރަނގަޅެވެ. ފާރުގައި ކޮންމެސް އެއްޗެއް ހަރުކުރުމަށް 2 އިސްކުރު ޖަހާފައި އިންތަން ފެނުނެވެ. އެއާއިއެކު ސިޓިންރޫމަށް ގޮނޑިއެއްބަލައި ނުކުތީ އެ އިސްކޫރު އިނީ އަތް ފޯރާ ހިސާބަށްވުރެ މަތީގައި ވީމައެވެ. ފޮޓޯ ގަނޑު ހިފައިގެން ގޮނޑި މައްޗަށް އަރައި ކޮރައިގެންވެސް އިސްކުރުގައި އަތްޖެހޭވަރެއް ނުވިއެވެ. އެހެންކަމުން ގޮނޑިން ފައިބާ އެނދުމަތީގައި ހުރި ބާލީސްތައް ގެނެސް ގޮނޑި މައްޗަށް އެޅީ ކޮންމެވެސް ވަރަކަށް އުސްވާނޭކަމަށް އުންމީދު ކޮށްގެންނެވެ.ދެވަނަ ފަހަރަށް ގޮނޑިއަށް އަރައި އިސްކޫރާއި ހަމައަށް ފޯރުމަށްޓަކައި ކޮރާލިތަނާހެން ސިހުނީ މީހަކު އައިސް ދެފައިގައި ބައްދާ އުރާލުމުންނެވެ. ހަޅޭއްލަވައިގަންނަން ހުޅުވާލި އަނގަ ލައްޕާލެވުނީ ތިރި ބަލާލެވުމުންނެވެ. ޒިވިއަލް އަހަރެން އުރާލައިގެންގެނެސް އެނދުމަތީ ބޭންދުމަށް ފަހު ގޮނޑިމަތީގައި ހުރި ބާލީސްތައް އެނދުމަށްޗަށްއެއްލިއެވެ. އަދި އެއަށްފަހު ގޮނޑިއަށް އަރައި ފޮޓޯގަނޑު އިސްކޫރުގައި އަޅުވާލާ ގޮނޑިން ފޭބިއެވެ.
އަހަރެން އިނީ އިންތިހާއަށް ލަދުގަނެފައެވެ. ލައިގެން ހުރި ސޯޓު ފައިގެ ފަލަމަސްގަނޑާހަމައަށް ކިރިއާ ފޯރަނީއެވެ. ލައިގެން ހުރި ޓީޝާޓް ގެ އަތް ކުރުކަމުން ކިހިލިފަތްވެސް ފެނެއެވެ. އެންމެ ބޮޑަށް ލަދު ގަތްއަނެއްކަމަކީ އަހަރެން ހުރީ އަޑިން އެއްވެސް އެއްޗެއް ލައިގެން ނޫންވީމައެވެ. އަހަރެންގެ ދިގު ފަން އިސްތަށިގަނޑު ހުޅިއެއް ޖަހާލާފައި އިނުމުން އިތުރަށް ކުޑަވެސް ނިވާކަމެއް ހޯދޭނޭ ގޮތެއް ނެތުމުން ބާލީސް ނަގައި ބައްދާލީމެވެ. އަހަރެންނަކީ ޢާންމުކޮށްވެސް ކޮޓަރި ތެރޭގައި އުޅޭއިރު ކުރުކޮށް ހެދުންއަޅާމީހަކީމެވެ. ނަމަވެސް މީހުންގެ ކުރިމައްޗަށް ނުކުންނަނަމަ ޖީންސް ނުވަތަ ހަރުވާޅާއި ނިވާކަންކުޑަ ނޫން ޓީޝާޓް ނުވަތަ ޓޮޕެއް ލައިގެން މެނުވީ ނުނިކުންނަމަވެ.
” މީހުންނަށް ފެންނަން ބޭނުން ނުވާކަހަލަ ހެދުން ލަންޔާ ދޮރު ލައްޕާލައިގެން އުޅޭ” އަހަރެންނާ ދިމާއަށް ބާލަވެސް ނުލާ ޒިވިއަލް ނުކުމެގެން ދިޔައެވެ. އަހަރެން އަވަސްއަވަހަށް ދޮރުލައްޕާ ތަޅުލީމެވެ.
އެރޭ ރޭގަނޑު އަހަރެން ބޭރަށް ނުކުތީ ބަނޑުހައިވެފައި ހުރުމާއިއެކު އެއްޗެއް ކާލުމުގެ ބޭނުމުގައެވެ. އޭރު ޒިވިއަލް މޭޒުދަށުގައި ކާން އިނެވެ. މިއަދު ހިނގާ ދިޔަ ހާދިސާއަށްފަހު ޒިވިއަލްއާއި ކުރިމަތިލުމަކީ އުނދަގޫކަމަކަށް ވާނެތީ އަހަރެން އެނބުރުނީ އަލުން ކޮޓަރިއަށް ދިޔުމަށެވެ.
“އާދޭ ކާން އީމާން..އަހަރެން ފެނުނަސް ލަދުން ދާކަށް ނުޖެހޭނެ. އަހަރެން ނުބަލަން އީމާންއަކަށް” ޒިވިއަލް މީ ކޮންކަހަލަ އިންސާނެއްބާއޭ އަހަރެންގެ ހިތަށްއެރިއެވެ. ނޫނީ މީގެ ކުރިން އަންހެން ކުއްޖަކާ އެކީ އުޅެފަ ނެތީ ކަންނޭނގެއެވެ. ހަމަ މިއަދު ގެ ވާހަކަ ހަނދާން ނުކޮށްދީވެސް ކާން އަންނާށޭ ބުނެވުނީހެވެ. ކޮންމެ ކަމެއް އެހާ ސީދަލަށް ބުނަންވޭހެއްޔެވެ.ލަދުންހުރެމެ އަހަރެން ދެކޮޅު ނުހަދައި ގޮސް ތަށްޓެއް ނަގައި ބަތާއި ރިހަ އަޅައިގެން ކާން އިށީނީމެވެ.
“މިމަސް ނިމުނީމަ ކިހިނެއް ހަދަން ވިސްނަނީ” ދެ މީހުންގެ ދެމެދުގައިވި ހިމޭންކަން ފޫއަޅުވާލީ ޒިވިއަލްގެ އަޑުންނެވެ.
” ތަންކޮޅެއް އެގް ޒޯސްޓެޑް. ކަމަކަށް ވިސްނާލާނެ ވަގުތެއް ނުލިބުން. އެކަމަކު ވިލް ޑޫ އޭޒް އެގްރީޑް” އަހަރެން މިގެއަށް އައީ އެއްމަސްދުވަހަށްކަމުން ކިތަންމެ ބޭނުންވިޔަސް އިސްވެ މަޑުކުރަން ބޭނުންވާހަކަ ބުނާނީ ކިހިނެއްހެއްޔެވެ.
“އީމާން ބޭނުން ދުވަހަކުން ދޭ. އަހަރުމެން އަދި އަހަރެއްހާ ދުވަސް މަޑުކުރާނަން. ރެންޓްއަށް އީމާންއަށް ދެވުނުއެއްޗެއް ދީ. އޯކޭ ރެންޓް ނުދިނަސް. ޒިލާލްވެސް އުޅެނީ ކޮއްކޮއެއް ލިބިގެން ވަރަށް އުފަލުން. އެހެންވީމަ އެވްރީވަން ވިލް ޓްރީޓް ޔޫ އޭޒް ފެމެލީ” މިގޭން ދާންނުޖެހޭނެކަން އެނގުމާއިއެކު ހިތަށް ހަމަޖެހުން ވެރިވިއެވެ. އަދި މި ހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހަރެންނަކީ އާއިލާ ކުއްޖެއްގެ ގޮތުގައި ބަލައިގަތްފައިވާތީ އަހަރެންގެ ހިތް ޝުކުރުންފުރުނެވެ.
“އައި ޑޯންޓް ހޭވް ވޯޑްސް ޓު ތެންކްޔޫ. ރެންޓް ދައްކާނަން އިންޝާﷲ. ނުދެއްކޭ ދުވަހެއް އަޔަސް ބުނާނަން.” ކެއުން މަޑު ޖައްސާލުމަށްފަހު ވާހަކަ ދެއްކީމެވެ.
“މިހާރު ތި އިން ސިޗުއޭޝަންގަ އަސްލު ވަރަށް ހެލްޕް އެންޑް ސަޕޯޓު ބޭނުންވާނެ. އައިޑޯންޓް ވޯންޓު ޓޯކް އެބައުޓް ޔުއަރ ހަސްބަންޑް ، އޯ އެކްސް މޭބީ.. އެކަމަކު ފެމެލީ މީހުންނަށް ނާންގަންތަ؟ ހިތްހަމަ ނުޖެހިފަ ނުވަތަ ރުޅި އައިސްތިއްބަސް ލޭގެ ގުޅުން ވަރަށް ވަރުގަދަ ވާނެ” ޒިވިއަލްވެސް އެބުނީ އަހަރެންވެސް އުންމީދުކުރާ ގޮތެވެ.
“އަސްލުވެސް ނޭނގެ ފެމެލީ އެއް. ބުނީމެއްނު އަހަރެންމީ ބައްޕަ ނެތް ކުއްޖެކޭ.އެކަމުގަ މަންމަ ދެކެ ފެމެލީ ރުޅިއައިސްގެން އެބަންޑަން ކޮށްލީމަ އަހަރެން އުމުރުން އަހަރެއްވެސް ނުވަނީހޯ މަންމަ މާލެއައީ. އެވަރު އެކަނި އެނގެނީ. ހަނދާން ހުންނަން ފެށީއްސުރެވެސް އައިޑީކާޑު ގަވެސް އިންނަނީ ދަފްތަރު. މަންމަ ކައިރީ އެއްފަހަރު އަހާލީމަ މަންމަ ދެރަވި ވަރު ފެނިފަ ދެން ދުވަހަކުވެސް ނާހަން. މިހާރުދެން އަހާނެ މީހެއްވެސް ނޭނގެ. އެކަމަކު އަހަރެންވެސް ބޭނުން އަސްލު އަހަރެންގެ ފެމެލީ އަކީ ކޮބައިތޯ ބަލާލަން. އަހަރެންގެ ބައްޕަ އަކީ ކާކުތޯ އެނގެން. އެކަމަކު މިހާރު ކުރަން ވަރަށް އުނދަގޫ ކަންކަން މީ” މިހާ އޯޕަންކޮށް މިފަދަ ވާހަކައެއް މީހެއްކައިރީގައި ދެއްކުނު މިއީ ފުރަތަމަ ފަހަރެވެ. ޒިވިއަލްއާއި ހުރިހާ ވާހަކައެއް ހިއްސާކުރެވުނީ ކީއްވެކަމެއް ޚުދު އަހަރެންނަށްވެސް ނޭނގެއެވެ. ޤައިމުވެސް ޒިވިއަލްއަށް އަހަރެން ހިތުން އެއްވެސް ޖާގައެއް ދެވިފައެއްނުވެއެވެ. ޒިވިއަލްއަށްޓަކައި އަހަރެންގެ ހިތުގައިވަނީ އިހްތިރާމާއި ޤަދަރެވެ.
“ޔަޤީންތަ އީމާން ބޭނުންކަން ފެމެލީ ހޯދަން؟ އަހަރެންނަށް ފަހަރުގަ އެހީއެއް ވެވިދާނެހެން ހީވާތީ” ހައިރާންކަމާއިއެކު ޒިވިއަލްއާއި ދިމާއަށް ބަލާލެވުނީ އަހަރެންނަށް އިވުނީ ރަނގަޅަށްހެން ހީނުވާތީއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


މިފަހަރު ލައިނުގަނެގެން ލިޔެ ސައިޓަށް ދޫކޮށްލައިފައި އޮތް ވައްތަރެއްޖަހަނީ. އެހެންނަމަވެސް ރީތި
ހިހި.. ނޫނޭ.. ހަމަ 3ދުވަހުން ލިޔެވުނު ވަރު އެއް ފަހަރު ކިއާލާފަ ޕޯސްޓް ކުރަނީވެސް. އަންނާނެ އަޕްސް އެންޑް ޑައުންސް.. އިންޝާﷲ ރަނގަޅުވަމުންދާނީ.. ތެންކިޔު
ދޮގެއް ވާ ނޫން. ދިޔަވަރު ހިކި ބޮޑުވާހެން އިންސާނުންނަށް ވެސް އަންނާނެ އަޕްސް އެންޑ ޑައުންސް! އެހެންނަމަވެސް ތިޔަ ކުރާ ހިތްވަރަށް ހަމަ ސާބަސް!
Aneh bayah inthizaaru kuran mijehunyy
އިންތިޒާތުގެ ނިމުން އިރާދަކުރެއްވިއްޔާ ހިތްޗެއްނުވާނެ
Masha allah vrh reethi
Love the way you write your stories
Keep it up dear❤️