Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

މަދަދުވެރިޔާ (27)

lamhus Level 910 Stories100 Login500 Login100 Stories100 Comments
December 29, 2022 3 Mins Read
0 Comments

“ކިހިނެއް އެނގެނީ އަހަރެން މިދަނީ މަންމަ ހޯދަންކަމެއް؟” ވަގުތުކޮޅަކަށް ޝައިނާއަށް ބަލަންހުރެލުމަށްފަހު އާނިމް އަހާލިއެވެ. “ދާ ގޮތުން އެހެންހީވީ ހަމަ” ޝައިނާ ރައްދުގައި ބުނެލިއެވެ. “އަހަރެންގެ މަންމަ ރަނގަޅޭތަ ތިބުނީ؟” އާނިމް އަނެއްކާވެސް ޝައިނާއަށް ސުވާލު ކޮށްލިއެވެ. “އާނ…ކުޑައިރުކޮޅެއް ކުރިން ތިބަޔަށް ވަދުނިން…އޭރު ޚަދީޖާދައްތަ އިނީ މެންދުރަށް ކާންވެގެން” ޝައިނާ ބުނެލިއެވެ. “އެހެންތަ” އަވަހަށް އަރަން އުޅެމުން އާނިމް ބުނެލިއެވެ. “މަޑުކޮށްބަލަ!…އާނިމް ގާތު ވާހަކައެއް ދައްކާލަންވެފަ އަހަރެން އެބަައޮތް…އާނިމްގެ މަންމައަށް އަހަރެން ވައުދުވެފަވާތީ އެވައުދުފުއްދަން އަހަރެން ބޭނުންވޭ” އާނިމް ދާން އުޅެންފެށުމުން ޝައިނާ ބުނެލިއެވެ.

“ކޮން ވާހަކައެއް ކޮން ވައުދެއް؟” ޝައިނާ ކިޔާއެއްޗެއް ސާފުނުވާތީ އާނިމަށް އަހާލެވުނެވެ. “އަހަރެން މަންމަ ދެކިލަން ވަރަށް ބޭނުން…ފަހުން ތި ވާޙަކަ އަޑުއެހިއަސް އޯކޭތަ؟” މަންމަ ދެކެން ނުހަނު ބޭނުންވެފައިވާ އާނިމް ޝައިނާ ގާތު އަހާލިއެވެ. “އަހަރެން ދައްކަން އުޅޭ ވާހަކަ އާނިމް އަޑުއަހާލަދީފިއްޔާ ވަރަށް ރަނގަޅު…އަަހަރެން ބޭނުންވަނީ މަންމަ ގާތަށް އާނިމް ދިއުމުގެ ކުރިއަށް އަހަރެން މިބުނަންއުޅޭ އެއްޗެއް އަޑުއަހާލަދިނުން” އާދޭހުގެ ރާގަކަށް ޝައިނާ ބުނެލިއެވެ.ކުޑަވަގުތުކޮޅަކު ވިސްނާލަން ހުރެލުމަށްފަހު އެކަމަށް އާނިމް އެއްބަސްވިއެވެ.

“އަހަރެން އެހާ ގިނައިރެއް ނުކުރާނަން” ޝައިނާ އެހެންބުނުމުން، އާނިމްގެ އެދުމަކީވެސް ވީހާވެސް އަވަހަށް ދައްކަން އުޅޭ ވާހަކައެެއް ދެއްކުން ކަމަށް އާނިމް ޝައިނާ ގާތު ބުންޏެެވެ. “މިތާނކު ނޫން އަހަރެން އުޅޭ ބަޔަށް އައިސްދީފިއްޔާ ވަރަށް ރަނގަޅު” ޝައިނާ ބުނެލިއެވެެ.ޝައިނާއަށް ބަލަންހުރި އާނިމް އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލިނަމަވެސް، އޭނާ ހުރީ ޝައިނާ ދައްކަން އުޅޭ ވާހަކައަކާއި މެދު ހިތުގައި ސުވާލުއުފެދިފައެވެ.ދުވަހަކުވެސް އޭނާއާ އަނގައިން ނުބުނާ ޝައިނާ، މިއަދު ކުއްލިއަކަށް އޭނާއަށް ގޮވާ ދިރިއުޅޭ އެޕާޓުމަންޓަށް ވަނުމަށްވެސް ދައުވަތު ދިނުމުން އާނިމް ހުރީ ކުޑަކޮށް ހައިރާންވެފައެވެ.

ޝައިނާ އޭނާ ދިރިއުޅޭ އެޕާޓުމަންޓަށް ވަނުމަށް ދޮރަށް ތަޅުދަނޑިޖަހާ ދޮރު ހުޅުވާލިއެވެ.އަދި އާނިމަށް ވަނުމަށް ތަން ދެއްކިއެވެ.އާނިމް ވަނުމުން އޭނާގެ ފަހަތުން ޝައިނާވެސް ވަދެ ދޮރު ލައްޕާލާ ތަޅުލިއެވެ. “އިށީނދޭ” ތަނަވަސް ސިޓިންރޫމުގެ އެއްފަޅީގައި އިން ސޯފާއަށް އިޝާރާތް ކޮށްލަމުން އިށީނުމަށް އާނިމްގާތު ޝައިނާ އެދުނެވެ.

“ކޯއްޗެއް ގެނެސްދެންވީ ބޯން؟” މެހެމާންދާރީ އަދާކުރުމުގެ ނިޔަތުގައި ޝައިނާ އަހާލިއެވެ. “އެއްވެސް އެއްޗެއް ބޭނުމެއްނޫން” ކޮނޑުގައި އިން ދަބަސް ބޭލުމަށްފަހު، ސޯފާގެ ތިރީގައި ބަހައްޓާލަމުން އާނިމް ބުނީ ސޯފާގައި އިށީނދެލަމުންނެވެ. “މަޑުކޮށްލައްޗޭ އެބައަންނަން” އާނިމް ގާތު އެހެންބުނުމަށްފަހު، ޝައިނާ ކޮޓަރިއަކާއި ދިމާލަށް މިސްރާބުޖެހިއެވެ.

ޝައިނާ ކޮޓަރިއަށް ވަނުމުން، ސޯފާގައި އިން އާނިމް މުޅިތަނަށް ނަޒަރު ހިންގާލިއެވެ.އެތަނަވަސްތަނުގައި މާބައިވަރު ސާމާނެއް ނެތެވެ.ސިޓިންރޫމުގެ އެއްފަޅީގައި ކުޑަ ސޯފާއެއްގެ އިތުރުން ކުޑަ ޓީވީއެއް ހުރިއިރު، އަނެއްފަޅީގައި ހެޔޮވަރުވަރެއްގެ ކާމޭޒެއް ބަހައްޓާފައި ހުއްޓެވެ.ހުރި ތަކެއްޗަށް ނަޒަރު ހިންގާލިއަސް ޝައިނާއުޅޭ އާދައިގެ ދިރިއުޅުން ކޮންމެ މީހަކަށްވެސް ފާހަގަވާނެއެވެ.ކަންމިހެން އޮތަސް ތަނުގެ ތަރުތީބުކަމާއި، އެތަނަވަސް ތަނުގައި އެންމެ ހިރަފުސްކޮޅެއްގެ މިންވަރުވެސް ނުފެންނާތީ ޝައިނާއަކީ ސާފުތާހިރުކަން އާނިމަށް ފާހަގަވިއެވެ.

މުޅިތަނަށް ނަޒަރު ހިންގަމުންދިޔަ އާނިމަށް، ކޮޓަރިން ނިކުތް ޝައިނާ ފެނުނެވެ. “އަހަންނަށް ކިޔަނީ ޝައިނާ ފަހަރެއްގަ އާނިމަށް އަހަރެންގެ ނަން ނޭނގިދާނެތީ ބުނެލީ” އާނިމްގެ ކުރިމައްޗަށްވާ ގޮތަށް ގޮނޑިއަށް ބެހެއްޓުމަށްފަހު، އޭގައި އިށީންދެލަމުން ޝައިނާ ބުނެލިއެވެ.ޝައިނާގެ އެބަހަށް އާނިމް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. “އަހަރެން ދުވަހަކުވެސް އާނިމާ ވާހަކަދައްކާފަ ނުވާއިރު، ކުއްލިއަކަށް އަހަރެން މިހެން ވާހަކަދައްކަން ފެށުމުން އާނިމްގެ ހިތަށް އެހެންއަރާފާނެ ކަންނޭނގެ” ޝައިނާ ބުނެލިއެވެ.

“އާނ އެހެން ހިތަށް އަރާފަ މިއިނީ” އާނިމް ރައްދުގައި ބުނެލިއެވެ. “ގަބޫލުކުރޭ އަހަންނަށްވެސް މިކަންކުރަން ވަރަށް ދަތި…އެކަމަކު އާނިމްގެ މަންމައަށްޓަކައި….އެދައްތައަށް އަހަރެންވި ވައުދަށްޓަކައި އަހަރެން މިކަން މިކުރަނީ…..ތެދަށް ބުނާނަމަ އަހަރެން އާނިމްދެކެ ވަރަށް ޖެހިލުންވެސްވޭ..އެކަމަކު މިއަދު އަހަންނަށް ތިފެންނަނީ ކުރީގެ އާނިމާ ބީރައްޓެހި ސިފައެއް” ހިނިގަނޑަކާއި އެކު ޝައިނާ ބުނެލިއެވެ. “އެހެންޏާ ފެންނަ އިރަށް ދިމާކުރާތީދޯ” އާނިމްވެސް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

“މަންމައަށް ކޮންވައުދެއްތަ ވީ؟” އާނިމް އަހާލީ ސީރިއަސްވެލާފައެވެ. “އާނިމް ހިތަކަށް ނާރާތަ ޚަދީޖާދައްތަ ކޮޓަރިން ސަލާމަތްވީ ކިހިނެއްކަމެއް؟” ޝައިނާ އަނެއްކާވެސް ސުވާލެއް ކޮށްލިއެވެ. “އެހެން ހިތަށްއަރާފަ މިއިނީ” ނުބުނަން ހުރެފައިވެސް އާނިމް ބުނެލިއެެވެ. “މަންމަ ސަލާމަތްކޮށްދިނީ ޝައިނާތަ؟” އާނިމް އަހާލިއެވެ.އެވަގުތު ޝައިނާ އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.”ވަރަށް ބޮޑަށް ޝުކުރިއްޔާ” ހިތަށް ހަމަޖެހުމެއް ލިބުނު ހާލު އާނިމް ޝައިނާއަށް ޝުކުރުއަދާކުރިއެވެ.

“އެދުވަހަކީ އާދައިގެމަތިން އަހަރެން ބޭރަށް ގޮސް ގެއަށް އައި ދުވަހެއް…..” އެދުވަހުގެ ވާހަކަ އާނިމަށް ޝައިނާ ކިޔައިދޭން ފެށިއެވެ.ދޮރުގައި ގަދައަށް ތަޅާއަޑެއް އިވުމުން، އެއަޑަށް ޝައިނާ ޚަދީޖާގެ ބަޔަށް ދިޔަ ވާހަކައެވެ. “އަަހަރެން ތަޅުހުޅުވާލިއިރު ޚަދީޖާދައްތަ އިނީ ބިންމަތީގަ…އެދައްތަ އިންގޮތް ފެނުނު މީހެއްގެ ހިތަށް ވަރަށް އަސަރުކުރާނެކަން ޔަގީން… ދެލޯ ވަޅުވަދެ ބަނޑުހައިހޫނުކަމުގެ ތަހައްމަލު ކުރަންޖެހުމުން އެފަކީރު އިނީ ގައިން ވަރުނެތިފަ…އެދުވަހު އަހަރެން ޚަދީޖާދައްތަ ސަލާމަތް ނުކޮށްދެވުނު ނަމަ މިއަދު….” ވާހަަކަދައްކަމުން ދިޔަ ޝައިނާ އޭނާގެ ވާހަކަ މެދުކަނޑާލީ ހިތުގައި ޖެހުނުލެއް ބޮޑުކަމުންނެވެ.އޭނާގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ.ޝައިނާގެ ވާހަކަ އަޑުއަހަން އިން އާނިމްގެ ދެލޯވެސް ފެންކަޅިވެގެން ދިޔައެވެ.

“އަހަރެންގެ އަތުގަ އެދުވަހު ހެދިކާއާއި ބައްޕައަށް ގަތް ކިރުޕެކެޓް އޮތްކަން އެއީ ﷲ ގެ ރަހުމަތްފުޅު…އެތަކެތި ދިނުމުން ޚަދީޖާ ދައްތަ ކެއިގޮތް ފެނުނު ނަމަ ދެރަވާނެ….”ޝައިނާ ބުނެލިއެވެ.އެދުވަހުގެ ވާހަކަ ޝައިނާ އާނިމަށް ކިޔައިދެމުންދިޔައެވެ.ޚަދީޖާ ފޮޓޯ އަލްބަމް އޭނާއަށް ދެއްކި ވާހަކައިގެ އިތުރުން އާނިމްދެކެ ޚަދީޖާވާ ލޯބި އާނިމަށް ޝައިނާ ހަނދާންކޮށްދިނެވެ.ޝައިނާގެ ވާހަކަތަކުން އާނިމްގެ ދެލޮލުން ކަރުނަތައް އޮހޮރެންފެށިއެވެ.އާނިމަށް އޭނާގެ ރަހުމުކުޑަކަން ހިތަށްއަރާ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ.

“މީ އަހަންނާ ބެހޭކަމެއްނޫން…އެކަމަކު ޚަދީޖާ ދައްތަ ދެރަވެފަ ހުރިވަރު ފެނި ހިތަށްކުރި އަސަރެއްގެ ބޮޑުކަމުން އަަހަރެން ޚަދީޖާދައްތައަށް ވައުދުވިން އަހަރެން އާނިމަށް ނަސޭހަތްދޭނަންކަމަށް…މިއަދާ ހަމައަށް އަހަރެން ދިޔައީ އާނިމް ގެއަށް އަންނާނެ ދުވަހަކަށް އިންތިޒާރުކުރަމުން…މިއަދު އާނިމް ފެނުމުން އަހަރެން އާނިމް މިހުއްޓުވީ” ޝައިނާ ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

އަނިޔާގެ ޝިކާރަކަށްވެ ނިމިއްޖެއެވެ.

Next

އުމުރައް ވެސް ލޯބިވިން – ފަސް ވަނަ ބައި

Next
December 29, 2022

އުމުރައް ވެސް ލޯބިވިން – ފަސް ވަނަ ބައި

Previews
December 29, 2022

އަނިޔާގެ ޝިކާރަކަށްވެ ނިމިއްޖެއެވެ.



All Right Reserved!