Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

މަދަދުވެރިޔާ (26)

lamhus Level 910 Stories100 Login500 Login100 Stories100 Comments
December 29, 2022 3 Mins Read
0 Comments

އާނިމް ހަމަޖެހިލުމުން ކައްޕި ލޯންޗު ދުއްވާލިއެވެ.އެންމެން އޭނާ ގައިގައި ތަޅައިގަތުމުން، އާނިމްގެ ގައިގެ ހުރިހާ ތަނަކަށްވެސް ދިޔައީ ގަދައަށް ރިހެމުންނެވެ.ނަމަވެސް އެކަން ބަލައިފި މީހަކަށް ނުފެންނާނެއެވެ.

ލޯންޗުގައި އިން އާނިމްގެ ސިކުނޑިއަށް އެތައްހާސް ހިޔާލުތަކެއް އަރައިފައިބަމުންދިޔައެވެ.އޭނާގެ އެކުވެރިންނާއެކު އުޅުނު އުފާވެރި ވަގުތުތަކުގެ ހަނދާންތަކެވެ.އޭނާއަށް ހެޔޮއެދޭ ބައެއްގެ ގޮތުގައި ދެކުުނު އެމީހުންގެ ހަގީގަތް އެނގި، އެ އެކުވެރިކަން ދާދި ދެންމެއަކު ނިންމާލަން ޖެހުނު ހިތިގޮތުގެ ހަނދާންވެސް މެއެވެ.އެގޮތުގައި އެކި ހިޔާލުކުރެވެމުންދިޔަ އާނިމަށް އޭނާގެ މަންމަގެ ހަނދާން ކުއްލިއަކަށް އައެވެ.ރަށަށް އައި ދުވަހުން ފެށިގެން މިއަދާ ހަމައަށް، މަންމަގެ ހަނދާނެއް ނުވާތާ އެއީ ދުނިޔޭގައި ހުރިމީހެއްހެންވެސް އާނިމަށް ވަނީ ހީނުވެފައެވެ.ނަމަވެސް މިއަދު މަޔަކު ދުނިޔޭގައި ހުރިކަން އާނިމް ހަނދާންވެއްޖެއެެވެ.

ވިދާލި ވިދުވަރެއް ފަދައިން މަންމަގެ ހަނދާން އޭނާގެ ލޯކުރިމައްޗަށް ސިފަވެގެންދިޔައެވެ. އޭނާއަށް މަންމަ ބެހެއްޓި ރަހުމާއި ދިން ލޯތްބާއި އަޅާލުން ސާފުކޮށް އޭނާއަށް ފެންނަ ފަދައެވެ.އާނިމަށް ކާންހަދައިދޭ ދިނުމުގެ އިތުރުން އޭނާގެ ހުރިހާ ޚިދުމަތެއް މުސްކުޅިވި ދުވަހުވެސް ކުރަމުންދިޔަ ހަނދާންތައް އާވެލިއެވެ.މަންމަގެ ހަނދާން ގަދައަށް ކުރެވެން ފެށުމުން، އާނިމް އޭނާގެ ފޯނު ނަގައި ހުޅުވާލިއެެވެ.މަންމަ އޭނާއަށް ގުޅާފައި އޮވެދާނެ ކަމަށެވެ.އުފާކުރުމުގައި އަވަދިނެތި އުޅެންޖެހުމުގެ ސަބަބުން، މަންމަ ގުޅާފައި އޮތަސް ނޭނގިދާނޭ ހިތައެވެ.

ފޯނު ހުޅުވާލުމަށްފަހު، އާނިމް ކޯލްބަޔަށް ވަނެވެ.އަދި ފަހަރަކު ނަންބަރެއް ސްކުރޯލް ކުރަމުންދިޔައީ، އެހުރިހާ ކޯލެއްގެ ތެރެއިންވެސް އެންމެ ކޯލެއް ހޯދުމުގެ ނިޔަތުގައެވެ.އެއީ މަންްމަގެ ކޯލެވެ.ފޯނު ސްކްރޯލް ކުރަމުންދިޔަ އާނިމަށް އޭނާގެ މަންމަގެ އެންމެ ކޯލެއްގެ މިންވަރުވެސް ނުފެނުނެވެ.އެއީ މަންމައާ ބީރައްޓެހި އަމަލެއްކަން ޚުދު އާނިމްވެސް ގަބޫލުކުރެއެެެވެ.އާންމުގޮތެއްގައި އާނިމް ލޮލަށް ނުފެނި އެއްދުވަސް ދިޔަޔަސް ވީކޮންތާކުތޯ ބަލަން އާނިމަށް އޭނާގެ މަންމަ ގުޅާތީއެވެ.އާނިމް ރަށަށް އައިތާ ބަރާބަރު ދެހަފްތާ ވެގެންދިޔައިރުވެސް މަންމަގެ ޚަބަރެއް އޭނާއަށް ނުވުމުން، އެކަމާ ކުޑަކޮށް އާނިމް ހައިރާންވިއެވެ.

ހައިރާންވެފައި އިން އާނިމަށް އޭނާގެ މަންމައާ އެންމެފަހުން ބައްދަލުވި ދުވަސް ހަނދާނަށް އައެވެ.އާނިމް އޭނާގެ މަންމައަށް ކަންތައް ކުރި އިހާނެތިގޮތް ކުރިމަތިން ސިފަވަމުން ދިޔައެވެ.ރަށަށް އަންނަން އުޅުނުދުވަހު އާނިމް އޭނާގެ މަންމަގާތު އާދައިގެމަތިން ރުފިޔާ ދޭން ބުނި ހަނދާނެވެ.އަދި އެކަމާ އޭނާގެ މަންމަ ދެކޮޅުހެދުމުގެ ސަބަބުން، ރުޅިއައިސްގެން ގޭތެރޭގެ ސާމާނުތައް އުކި ހަނދާނާއި، ގަދަކަމުން ރުފިޔާ ދަބަސް މަންމަ އަތުން ފޭރިގަތް ހަނދާނެވެ.އަދި އެމަންމަ ރޮއެ އާދޭސްކޮށްކޮށް އޮއްވާ ކޮޓަރިން ބޭރަށް ނުނިކުމެވޭނެގޮތަށް މަންމަ ކޮޓަރިއަށްލާ ތަޅުލި ހަނދާންވެސް ސިފަވެގެންދިޔައެވެ.އެއާއެކު އާނިމްގެ ހިތް ގަދައަށް ތެޅިލިއެވެ.އަވަސްއަވަހަށް ފޯނުން އޭނާގެ މަންމަގެ ނަންބަރަށް ގުޅާލިއެވެ.އެއްފަހަރެވެ.ދެފަހަރެވެ.އަދި ތިންފަހަރުވެސްމެއެވެ.ނަމަވެސް އެކޮޅުން އެކޯލަށް ޖަވާބެއް ނުދިނެވެ.

މަންމަ އޭނާގެ ކޯލަށް ޖަވާބު ނުދޭތީ އާނިމް ހާސްވާން ފެށިއެވެ.އެކިއެކި ނުބައި ޚިޔާލުތައް އޭނާއަށް ކުރެވެން ފެށިއެވެ. “އަހަރެން ކީއް މިކުރީ؟…އަހަރެން ކީއް މިކުރީ؟…މަންމައަށް ކަމެއް ވީބާ އަނެއްކާ؟” ހާސްވެ ނިއްކުރިން އޮށްދާތިކިތައް ފާޅުވަމުންދާ ހާލު އާނިމް، އޭނާގެ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ.”އަޅެ މިއޮއް ހުރިހާ ދުވަހު މަންމަވީ ކޮޓަރީގައިކަން ހަނދާނަށް ނައީ ކީއްވެބާ؟” އާނިމް އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރާ ހާލު އަހާލެވުނެވެ.

ރަށުގައި ދެހަފްތާ ފާއިތުވެގެން ދިޔައިރުވެސް، މަންމަ ވަނީ ކޮޓަރިން ނުނިކުމެވޭގޮތަށް ތަޅުލައިފައިކަން އާނިމްގެ ހަނދާނަށް ނައީ، އެއީ އެއަށްވުރެ ބޮޑަށް އާނިމް އޭރު އުޅުނީ އުފަލާ މަޖަލުގެ އިތުރުން މަސްތުގެ ދުނިޔޭގައި އަވަދިނެތި ކަމަށްވާތީއެވެ.ގިނަ ވަގުތުތަކުގައި އޭނާ ހުންނަނީ މަސްތުވެގެން ކަމުގައި ވާތީ، ހިޔާލެއް ފިކުރެއް ކޮށްލާނެ ވަރުވެސް އާނިމްގެ ނުވީއެވެ.

“އަނެއްކާ ބަނޑަށްޖެހި މަރުވީބާ؟” ހާސްވެ ބޮލުގައި ދެއަތް އަޅަމުން އާނިމަށް ބުނެވުނެވެ.އެއާއެކު އޭނާގެ ދެލޮލުން ކަރުނަ އޮހޮރެން ފެށިއެވެ.މަންމަގެ ޚަބަރު ބަލައިދިނުމަށް އެދި ގުޅާނެ މީހެއްވެސް އާނިމްގެ ބޮލަކަށް ނައެވެ.އެހެންކަމުން އަނެއްކާވެސް މަންމަގެ ނަންބަރަށް އޭނާ ގުޅާލިއެވެ.މިފަހަރުވެސް ޖަވާބެއް ނުދިނެވެ.

އާނިމްގެ ހާސްކަން އިތުރުވާން ފެށުމުން އިން ތަނުން ތެދުވެ ދެކޮޅަށް ހިނގެން ފެށިއެވެ.އާނިމްގެ އެއަމަލުން އޭނާ ކަމަކާ ކަންބޮޑުވެގެން އުޅޭކަން ލޯންޗުގެ ފަޅުވެރިޔާއަށް އިހުސާސް ކުރެވުނެވެ. “ކަމެއްވީތޯ؟” އާނިމްގެ ގާތަށް ޖެހިލަމުން ފަޅުވެރިޔާ އަހާލިއެވެ. “ކޮންއިރަކުން ދެވެނީ؟” ހާސްވެ ހުރެ އާނިމް އަހާލިއެވެ. “ދެން އިނީ ދިހަވަރަކަށް މިނެޓް” ފަޅުވެރިޔާ އެހެންބުނުމުން، އަވަހަށް މާލެދާން ބޭނުންވާކަމަށް އާނިމް ބުންޏެވެ.

**********

ހާސްކަންމަތީ ދެފައި ތަޅުވާލަ ތަޅުވާލާ އާނިމް އިނީ މާލެ ބަނދަރަށް ލޯންޗު ކައިރިކުރާނެ އިންތިޒާރެއްގައެވެ.ލޯންޗު ބަނދަރާއި ގާތްކުރެވުމާއި އެކު ވަގަުތުން އާނިމް އެލޯންޗުން ފޭބިއެވެ.އަދި އެވަގުތު ހުސްކޮށް އޮތް ކާރަކަށް އެރުމަށް ވީހާވެސް އަވަހަކަށް އޭނާގެ ގެއަށް ލައިދިނުމަށް ޑުރައިވަރު ގާތު އާނިމް އެދުނެވެ.ގޭ ދޮރުމައްޗަށް ކާރު މަޑުކުރުމާއި އެކު ދަތުރަށްވާ ފައިސާ ދިނުމަށްފަހު އާނިމް ފޭބީ، ހިތްއަވަސް ވެފައިވާލެއް ބޮޑުކަމުން ބާކީ ފައިސާވެސް ޑުރައިވަރު އަތުން ނަގަން ހަނދާންނެތިއެވެ.ބާކީ ފައިސާ އެބަހުރިކަމަށް ޑުރައިވަރު ބުނެބުނެ އޮއްވާ އެކަމަށް ސަމާލުކަމެއްނުދީ އާނިމް އަވަސްއަވަަހަށް ސިޑިން އަރަމުންދިޔައެވެ.

ހަލުވިކަމާއިއެކު ސިޑިން އަރަމުންދިޔަ އާނިމަށް އޭނާގެ ގައިގައި ރިއްސާކަންވެސް އިހުސާސްނުވާ ފަދައެވެ.އާނިމް ސިޑިން މައްޗަށް އަރަމުންދިޔަ ވަގުތަކީ ޝައިނާވެސް ބޭރަށްދާން އޭނާގެ އެޕާޓުމަންޓުން ފައިބަން އުޅުނުވަގުތެވެ.އެހެންކަމުން ޝައިނާއަށް ހަލުވިކަމާއެކު ސިޑިން އަރަމުންދިޔަ އާނިމް ފެނުނެވެ. “އާނިމް މަޑުކޮށްބަ!” އާނިމް ފެނުމާއެކު، ފުރުސަތުގެ ބޭނުންކޮށް ޝައިނާ އަވަހަށް ގޮވާލިއެވެ. “މިހާރަކު ނޫން” ޝައިނާއާ ދިމާލަށް ބަަލައިވެސްނުލާ އާނިމް އަވަހަށް ބުނެލިއެވެ.

އާނިމްގެ ހަރަކާތްތައް ހުރިގޮތުން އޭނާ ކަމަކާ ހާސްވެފައިވާކަން ޝައިނާއަށް ދޭހަވިއެވެ.އަދި ހަލުވިކަމާއެކު އަރަމުންދާތީ އޭނާ އެދަނީ އޭނާގެ މަންމަގެ ޚަބަރު ބަލަންކަން ޝައިނާއަށް ހީވިއެވެ. “އާނިމްގެ މަންމަ ހެޔޮހާލުގަ އެބަހުރި!” މަޑުނުކޮށް ސިޑިން އަރަމުންދިޔަ އާނިމަށް ޝައިނާ ބުނެލިއެވެ.ޝައިނާގެ އެޖުމުލައިން އާނިމް ހުއްޓިލުމަށްފަހު، ޝައިނާއާ ދިމާލަށް އެނބުރި ބަލާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

މަންޒިލް 32

Next

އަނިޔާގެ ޝިކާރަކަށްވެ ނިމިއްޖެއެވެ.

Next
December 29, 2022

އަނިޔާގެ ޝިކާރަކަށްވެ ނިމިއްޖެއެވެ.

Previews
December 28, 2022

މަންޒިލް 32



All Right Reserved!