Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

މަދަދުވެރިޔާ (25)

lamhus Level 910 Stories100 Login500 Login100 Stories100 Comments
December 27, 2022 3 Mins Read
0 Comments

ވަގުތުކޮޅަކަށް ޝަހާއަށާއި އިކުރާމްގެ މޫނަށް ބަލަން އާނިމަށް ހުރެވުނެވެ.އޭނާއަށް އިވުނު ބަސްތައް ގަބޫލުކުރަން ދަތިހާލުގައެވެ. “ކިހިނެއްވީ ބަސްހުއްޓުނީ…އަހަންނާ ޝަހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ވީޒަމާނެއްވެސް ނޭނގެ…ކަލެއާ ސެޓުވާން ޝަހާއަށް ލަފާދިނީވެސް އަހަރެން…އެކަން މިކޮޓަރިތެރޭގަ ތިބި އެންމެނަށްވެސް އެނގޭނެ” އިކުރާމް ފަހުރުވެރިކަމާއެކު ބުނެލިއެވެ.އިކުރާމްގެ އެބަސްތަކުން އާނިމް އެންމެނާ ދިމާލަށް ނަޒަރު ހިންގާލިއެވެ.

“އެތެދެއްތަ؟…މިހިރަ ކަލޭގެ އެކިޔަނީ ތެދެއްތަ ޝަހާ؟…ޖަވާބުދީ” ވަގުތުކޮޅަކު ހިމޭންވެލުމަށްފަހު، ރުޅިވެރިކަމާއެކު އާނިމް ޝަހާއާ ދިމާލަށް ބުނެލިއެވެ. “އަހަރެން ބުނެފީމެއްނު އަދިވެސް މިބުނަނީ އާނ އާނ….އިކުރާމްއަކީ އަހަރެންގެ އަސްލު ލޯބިވެރިޔާ” ޝަހާ ބުނެލިއެވެ. “ކީއްވެ؟…ކީއްވެ މަށަށް އޮޅުވާލީ؟” ރުޅިއައިސްފައި ހުރި އާނިމްގެ ހިތުގައި ޖެހުނުލެއް ބޮޑުކަމުން އޭނާގެ ދެލޯ ފެންކަޅިވިއެވެ. “ކީއްވެހޭ އަހަންނަށް އެހެންހެދީ؟” ދެލޮލުން އޮހޮރުނު ކަރުނަތައް ފުހެލުމަށްފަހު އާނިމް ބުނެލީ ތަންކޮޅެއް ބާރަށެވެ.
“ފައިސާއަށްޓަކާ….އަހަރެން ކަލެއާ ގުޅުނީ އިކުރާމްގެ ބަހަށް، ކަލޭއަތުން ފައިސާ ހޯދަން” ޝަހާ އެއްވެސް ވަރަކަށް ފޮރުވުމެެއްނެތި އާނިމަށް ހަގީގަތް ހާމަކުރިއެވެ.

“ފައި..ފައިސާއަށޭ؟” ގަބޫލުނުކުރެވޭ ހާލުގައި އަނެއްކާވެސް އާނިމަށް އަހާލެވުނެވެ. “އެހެންވީމަ ޝަހާ އަހަންނާއެކު އުޅުނު އުޅުމާއި، ލޯބިން ދެއްކި ވާޙަކަތަކާއި އެހުރިހާ އެއްޗިއްސަކީ ކުޅެލި ކުޅިވަރެކޭތަ ތިބުނަނީ…އަދިއެވެސް ފައިސާއަށްޓަކައޭތަ ތިބުނަނީ؟” އާނިމަށް އަހާލެވުނެވެ. “އާނ އާނ” ޝަހާ ރައްދުގައި ބުނެލިއެވެ.

“އަހަރެން ކަލޭމެންނަށް ކަންތަކެއް ނުކޮށްދެންތަ؟….އަހަރެން ކައިރި ކަލޭމެން ބުނިކަމެއްވިއްޔާ އޮންނާނީ ކޮށްދީފަ….ދެން ކީއްވެެ؟…ދެން ކީއްވެ މިހެން އަހަންނަށް ހެދީ؟” އެންމެނާ ދިމާލަށް ބަލައިލުމަށްފަހު ރުޅިވެރިކަމާއެކު އާނިމް ބުނެލި ނަމަވެސް އެހިތުގައިވަނީ ބުނެދޭން ނޭނގޭ ފުން ހިތާމައެއް އުފެދިފައެވެ.ވާނީވެސް އެހެންތާއެވެ.އާނިމް އެންމެ އިތުބާރުކުރި، އެންމެ ގިނަ ވަގުތާއި ފައިސާ އެބަޔަކަށްޓަކައި ހުސްކުރި މީހުންގެ ނުލަފާކަން ހާމަވުމުން ދެރަވެ ރުޅިނާންނާނީ ފަހެ ކާކު ހެއްޔެވެ.

“އަހަރެން މިހިރަ ޝަހާއަށް ކޮށްނުދެނީ ކޮންކަމެއް؟” އާނިމް ފެންކަޅިވެފައިވާ ހާލުގައި އަހާލެވުނެވެ. “އަހަރެމެން ހިއެއްނުކުރަން ޝަހާދެކެ އާނިމް ތިހާ ލޯބިވެދާނެކަމަކަށް….ކުރިންވެސް އާނިމް މީހުންނާ ރައްޓެހިވެފަ ރުޅިވޭވިއްޔާ…ޝަހާއާ މެދު ސީރިއަސްވުމަކީ އާނިމްގެ ކުށް” އިކުރާމް ބުނެލިއެވެ. “ތެދެއް ތިބުނީ…މިކަހަލަ ނުބައި ނުަލަފާ މަކަރުވެރިއެއްދެކެ ލޯބިވެވުން އެއީ އަހަރެންގެ ކުށް…ތިކަހަލަ ހަތުރުން ގާތްކުރެވުން އެއީވެސް އަހަރެންގެ ކުށް” އާނިމް ރުޅިއައިސްފައި ބުނެލިއެވެ.

“އަހަރެންގެ ފައިސާ ދަބަސްގެނޭ…އެންމެ ހިނދުކޮޅަކުވެސް ތިކެހިވެރިން ކައިރި މިތާ ހުންނާކަށް އަހަރެން ބޭނުމެއްނޫން…އަހަރެން މާލެދާން ވެއްޖެ” އާނިމް ބުނެލިއެވެ. “ދެން ދިޔާމަ ނިމުނީއެއްނު” އިކުރާމް ރައްދުގައި ބުނެލިއެވެ. “އަހަރެންގެ ފައިސާތައް ގެނޭ” އާނިމް އަނެއްކާވެސް ބުނެލިއެވެ. އާނިމްގެ އެބަހަށް އެއްވެސް މީހަކު އަނގައިން ނުބުންޏެވެ.

އެކަކުވެސް އަނގައިން ނުބުނުމުން މުޅިކޮޓަރިތެރެއަށް އާނިމް ނަޒަރުހިންގާލިއެވެ.އެވަގުތު އޭނާގެ ފައިސާދަބަސް އެނދުގެ އެއްފަޅީގައި އިންތަން ފެނުނެވެ.އެފެނުމާއެކު އެދިމާލަށް އާނިމް ހިނގައިގަތް ނަމަވެސް، އިކުރާމް އޭނަ ހުއްޓުވިއެވެ. “ކަލޭ ކައިރި ބުނެފިންދޯ މަ ގައިގަ އަތްނުލާށޭ” އިކުރާމް ހިފެހެއްޓުމުން، އާނިމް ރުޅިއައިސްފައި ބުނެލީ އިކުރާމް ދުރަށް ކޮއްޕާލަމުންނެވެ.

“ފައިސާތަކެއް ނުލިބޭނެ…ކަލޭ ދަންޏާ ދޭ….އެފައިސާތަކަކީ މިހާރު އަހަރެމެންގެ އެއްޗެހިތަކެއް އެމިހާރު އެންމެނަށް ބައި އަޅާ ބަހާ ނިންމާލާފިން” ހިނިގަނޑެއް ޖަހާލަމުން އިކުރާމް ބުނެލިއެެވެ. އިކުރާމްގެ އެބަސްތަކުން އާނިމްގެ ރުޅިގަނޑު ކެކިއެރިއެވެ.އެރި ރުޅިން އިކުރާމްގެ މޫނުމަތީގައި އާނިމް ޖެހިއެވެ.އެއާއެކު އިކުރާމްގެ ނޭފަތް ފެޅި ލޭއަންނަން ފެށިއެވެ.އާނިމް ޖެހުމުން އިކުރާމް ވަރަށް ރުޅިއައެވެ.އޭނާވެސް އާނިމްގެ ގައިގައި ޖަހަން އުޅުނެވެ.ނަމަވެސް އެއަށްވުރެ ކުރިއަށް އާނިމް އިކުރާމްގެ ގައިގައި ތަޅައިގަތެވެ.

އެޔެއްމިޔެއް ބަލައިލުމެއް ނެތި، ގައިގައި ހުރިވަރެއް ލައިފައި އިކުރާމްގެ ގައިގައި އާނިމް ތަޅަމުންދިޔައެވެ.އާނިމް ދުރުކުރެވޭތޯ ހައްމާދުއާއި ރަފާގެ އިތުރުން ޝަހާއާއި ނަދާވެސް އުޅުނެވެ.ނަމަވެސް އެއެންމެނަށްވުރެ އާނިމްގެ ބާރު މާގަދައެވެ.ހުއްޓުވަން އަންނަ ކޮންމެ މީހެއްވެސް އާނިމް ދުރަށް ފޮޅުވާލައެވެ.

އާނިމް ހުއްޓުވޭނެ ގޮތެއް ވިސްނަމުން ދިޔަ ޝަހާއަށް، އެއްލިކަޅިއަކުން އެނދުގެ އެއްފަޅީގައި އިން ލަކުނޑި ބުރިއެއް ފެނުނެވެ.ވަގުތުން ލަކުނޑި ބުރި ނެގުމަށްފަހު އާނިމްގެ ބޮލުގައި ވަރަށް ބާރަށް ޝަހާ ޖެހިއެވެ.ޝަހާ ޖެހިލެއް ބާރުކަމުން އާނިމްގެ ބޯފެޅި އޭނާ ބިންމައްޗަށް ވެއްޓުނެވެ.އެއާއެކު އިކުރާމްގެ އިތުރުން ދެންތިބި އެންމެން އާނިމްގެ ގައިގައި އަތުންނާއި ފައިން ތަޅަންފެށިއެވެ.ބިންމަތީގައި އޮތް އާނިމްގެ ގައިގައި އެންމެން ތަޅަމުންދިޔައިރު، އެމަންޒަރު ބަލަން ހަދާނެގޮތެއް ނޭނގިފައި ހަފްޒާއަށް ހުރެވުނެވެ.

“ކަލޭ ހީކުރީތަ ކަލޭތީ އެންމެ ބާރުގަދަ މީހާކަމަށް…ކަލޭތީ ބޭކާރުމީހެއް…އަހަރެމެން އެންމެން ފެލަން ގެންގުޅުނު މީހެއްތީ…މިއެންމެނަކީ އަހަރެންގެ އެކުވެރިން…ތަޅާ ގަދައަށް އޭނަ ގައިގަ ތަޅާ” އާނިމް ގައިގައި ތަޅަމުން ރުޅިވެރިކަމާއެކު އިކުރާމް ބުނެލިއެވެ.އެންމެން އޭނާ ގައިގައި ތެޅުމުގެ ސަބަބުންނާއި ބޯފެޅި ލޭފައިބަމުންދާތީ އާނިމްގެ ގައިން ވަރުދެރަވާން ފެށިއެވެ.

“ދެން ތެޅުން ހުއްޓަންވެއްޖެއެއްނު…އޭނަ އެއޮތީ ހިރިނުލެވިފައެއްނު” އެންމެފަހުން ހަފްޒާ ބުނެލިއެވެ. ހަފްޒާގެ އެބަހަށް އެންމެންވެސް އާނިމްގެ ގައިގައި ތެޅުން ހުއްޓާލިއެވެ. “ކަލޭ ދޭ މިތަނުން އަހަންނާ ޝަހާއާ އަރާމް ކުރަންވެއްޖެ” އާނިމްގެ ގައިގައި ފައިން ޖަހަމުން އިކުރާމް ބުނެލިއެެވެ.

ހިރިނުލެވިފައި އޮތް އާނިމް ގައިގައި ނެތްހިތްވަރު ނެރެގެންވިއަސް ބިންމަތިން ތެދުވިއެވެ.އަދި މަޑުމަޑުން ތަންތަނުގައި އަތްޖައްސަމުން އާނިމް އޭނާގެ ކޮޓަރިއާ ދިމާލަށް ދިޔައެވެ.އާނިމް ކޮޓަރިއަށް ވަނުމުން ދެންތިބިމީހުންވެސް އެމީހެއްގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

ކޮޓަރިއަށް ވަތް އާނިމް ފެންފުޅިނަގާ ބޯލުމަށް ފަހު، ފެޅިފައިވާ ބޮލުގައި ވަރަށް ބާރަށް އޭނާ ލައިގެން ހުރި ޓީޝާޓުން އޮއްބާ ހިފަހައްޓާލިއެވެ.މާ ބޮޑަށް ފަޅައިގެން ގޮސްފައި ނުވާތީ އިސާހިތަކު އެތަނުން ލޭމަނާވެއްޖެއެވެ.އެހެންކަމުން އާނިމް ފެންވަރަން ފާހަނައަށް ވަނެވެ.އެކުވެރިން ކަމަށް ދެކުނު މީހުންގެ ނުލަފާކަން އޭނާއަށް މިއަދު އެނގިއްޖެއެެވެ.އެންމެ ގާތުގައި އުޅުނުމީހުން އޭނާއަށް ހަދާލި ނިކަމެތިގޮތާ މެދުގައި ފިކުރުކުރެވެން ފެށުމުން، އާނިމްގެ ދެލޮލުން ކަރުނަތައް އޮހޮރިގެންދިޔައެވެ.

********

ފެންވަރާ ރީތިވެ ނިމުމުން، އަވަސްވީގޮތަކަށް އަންނައުނު ދަބަސް ޕެކުކޮށް ކޮނޑުގައި އަޅުވާލިއެވެ.އަދި މޭޒުމަތީގައި އޮތް ވޮލެޓުނަގާ ޖީބަށްލުމަށްފަހު އަަވަހަށް އެގެސްޓުހައުސްއިން އޭނާ ނިކުތެވެ.ފުރަން ބަނދަރަށް ދިއުމުގެ ކުރިއަށް އޭޓީއެމަށް އާނިމް ވަނެވެ.އަތުގައި އޮތީ އެންމެ ފަންސާސް ރުފިޔާއަށްވާތީއެވެ.އެކައުންޓުގައި އިން ތިންހާސް ރުފިޔާ ނެގުމަށްފަހު، ބަނދަރާ ދިމާލަށް އާނިމް މިސްރާބުޖެހިއެވެ.އަދި އެންމެ އަވަހަށް މާލެދާ ލޯންޗަކަށް އަރާ ހަމަޖެހިލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

މަދަދުވެރިޔާ (24)

Next

އުމުރައް ވެސް ލޯބިވިން – ހަތަރު ވަނަ ބައި

Next
December 27, 2022

އުމުރައް ވެސް ލޯބިވިން – ހަތަރު ވަނަ ބައި

Previews
December 25, 2022

މަދަދުވެރިޔާ (24)



All Right Reserved!