Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

މަދަދުވެރިޔާ (24)

lamhus Level 910 Stories100 Login500 Login100 Stories100 Comments
December 25, 2022 3 Mins Read
0 Comments

ވިސްނަން ހުރި އާނިމް ކޮޓަރިން ބޭރަށް ބޯދިއްކޮށްލިއެވެ.ޝަހާ ފެންނަން ހުރެދާނެ ކަމަށެވެ.އެކޮރިޑޯ ތެރޭގައި އެއްވެސް މީހެއްގެ ހިލަމެއް ފެންނާކަށް ނެތެވެ.މުޅި ކޮރިޑޯތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ އާނިމް ހުރީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.ފޯނުވެސް ބާއްވާފައި ޝަހާ ދިއުމުން، އާނިމް ހުރީ އޭނާއަށް ގުޅޭނެގޮތެއްވެސް ނުވެފައެވެ.އެކިއެކި ޚިޔާލުތަކުގައި ހިނގަމުން ދެކޮޅަށް ދިޔަ އާނިމްގެ ކަންފަތުގައި އަންހެން ހުނުމެއްގެ އަޑު ޖެހުނެވެ.އެއަޑު ޖެހުމާއިއެކު ހިނގަމުންދިޔަ އާނިމްގެ ހިނގުން ކުއްލިއަކަށް ހުއްޓުނެވެ.އަދި ވަރަށް ރަނގަޅަށް އެއަޑާ ދޭތެރޭގައި އޭނާ ވިސްނާލިއެވެ.އެއަޑު ވައްތަރީ ޝަހާގެ އަޑާއެވެ.

ވިސްނަން ހުރި އާނިމަށް ދެވަނަފަހަރަށްވެސް އެއަޑު އިވުނެވެ.މިފަހަރު އެއީ ޝަހާ ނޫން ދެވަނަ މީހެއްގެ އަޑު ނޫންކަން އާނިމަށް ޔަގީންވެއްޖެއެވެ.ޝަހާގެ ހުނުމުގެ އަޑު އަންނަނީ އިކުރާމްގެ ކޮޓަރިން ކަމުގައިވާތީ، ޝަހާ އެތާނގައި ކުރަނީ ކީއްބާވައޭ އާނިމްގެ ހިތަށްއެރިއެވެ.އިކުރާމްގެ ކޮޓަރިއާ ދިމާލަށް ބަލަންހުރުމަށްފަހު، އެދިމާލަށް އާނިމް ހިނގައިގަތެވެ.

ކޮޓަރިއާ ގާތަށް ދިޔަވަރަކަށް ޝަހާގެ ހުނުމުގެ އަޑުުގެ އިތުރުން އިކުރާމްގެ އަޑުވެސް އާނިމަށް އިވެމުންދިޔައެވެ.ވާނުވާ ނޭނގޭހާލުގައި އާނިމް އެދޮރުގައި ޓަކިޖަހާލިއެވެ.އެއްފަހަރެވެ.ދެފަހަރުވެސްމެއެވެ.ދޮރުގައި ތަޅަންފެށުމުން އިކުރާމް މަޑުމަޑުންގޮސް ދޮރުގައި ހަރުކޮށްފައިވާ ބޭރުބަލަން ހަދާފައިވާ ވައް ބިއްލޫރިކޮޅަށް ބަލައިލިއެވެ.އެއާއެކު ދޮރުމަތީގައި ހުރި އާނިމް އޭނާއަށް ފެނުނެވެ.

“އާނިމް ދޮރުގަ ތަޅަނީ…ފައިސާ ނެތްކަން ފަޅާއެރީ ކަންނޭނގެ” ލޯވަޅުން ބޭރުބަލައިލުމަށްފަހު، އެނދުގައި އިން ޝަހާއަށް އިކުރާމް ބުނެލީ ވަރަށް ސިއްރުންނެވެ. އިކުރާމްގެ ދުލުން އާނިމް އައި ވާހަކަ ބުނުމުން އެނދުގައި އިން ޝަހާ ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ.ޝަހާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވާން ފެށުމުން ، ޝަހާގެ ގާތަށް އިކުރާމް ދިޔައެވެ.އަދި މަޑުމަޑުން ޝަހާގެ ދެއަތުގައި ހިފާލުމަށްފަހު ކަންބޮދުނުވުމަށާއި އާނިމަށް އެއްވެސްކަމެއް ނުކުރެވޭނެކަން ބުނެލިއެވެ.

“ޝަހާ މިދޮރު ހުޅުވަބަލަ….އަހަންނަށް އިނގޭ ތިތާ ޝަހާ އެބަހުރިކަން…އިކުރާމް ހުޅުވަބަލަ” ދޮރުގައި ޓަކިޖެހުމުންވެސް ދޮރުނުހުޅުވުމުން އާނިމް ގޮވަންފެށިއެވެ.ދޮރުނުހުޅުވަނިސް އާނިމް އެތަނުން ނުދާނެކަން އެނގޭތީ އިކުރާމް ދެންތިބި އެންމެނަށް ގުޅުމަށްފަހު އެމީހުންނަށް އެހީވެދިނުމަށް އެންގިއެވެ.އިކުރާމްގެ ފޯނުބޭއްވުމާއެކު، ހައްމާދުއާ ދެންތިބިމީހުން އެމީހުންގެ ކޮޓަރިތަކުން ނިކުތެވެ.

ކޮޓަރި ނުހުޅުވާ ދާ ކޮންމެފަހަރަކު އާނިމްގެ ހިތަށް އުދަނގޫވަމުންދިޔައެވެ.އެއާއެކު ދޮރުގައި ތަޅާތެޅުމުގެ އަޑާއިއެކު އާނިމްގެ އަޑުވެސް ގަދަވަމުންދިޔައެވެ. “އާނިމް ކިހިނެއްވީ މާ އަޑުގަދަކޮށްލައިގެން” ކޮޓަރިން ނިކުތް ހައްމާދު ނޭނގޭކަމަށް ހަދަމުން އަހާލިއެވެ.”ޝަހާވީ މިތާނގަ އަހަންނަށް އެނގޭ…ދޮރުނުހުޅުވައިގެން މިއުޅެނީ…މިތަނަށް އޭނަ ވަންނަން ޖެހެނީ ކީއްވެ…ކަމެއް ނުވާނަމަ ދޮރު ނުހުޅުވެންވީ ކީއްވެ” އާނިމް އޭނާގެ ހިތުގައި އުފެދިފައިވާ އެއްޗެހިތައް ބޭރުކޮށްލީ ވަރަށް ބޮޑަށް ނުރުހުންވެ ހުރެއެވެ

ހައްމާދަށް ޖަވާބުދިނުމަށްފަހު އާނިމް އަނެއްކާވެސް އެދޮރުގައި ޖަހަން އަތް ހިއްލާލިތަނާ އިކުރާމް ދޮރުހުޅުވިއެެވެ.” ކިހިނެއްވީތަ؟” ކޮޓަރިދޮރުމަތީގައި ހުރި އިކުރާމް ރުޅިވެރިކަމާއެކު އާނިމަށް ބުނެލިއެެވެ.އެވަގުުތު އިކުރާމް ކޮއްޕާލުމަށްފަހު، އާނިމް އެތަނުގެ ތެރެއަށް ދެމިގަތެވެ.ކޮޓަރިއަށް ވަތް އާނިމަށް އެނދުގައި އިން ޝަހާ ފެނުނެވެ. “ޝަހާ ކީއްވެފަ މިތާ ތިއިނީ؟” ރުޅިއައިސްފައި ހުރި އާނިމް، ހަމަޖެހިލަމުން މަޑުމައިތިރިކަމާއިއެކު ޝަހާއަށް އަހާލިއެވެ.ނަމަވެސް ޝަހާގެ ފުށުން ޖަވާބުލިބުމުގެ ބަދަލުގައި އޭނާ އިސްޖަހާލިތަން އާނިމަށް ފެނުނެވެ.

“ޝަހާ ކީއްވެ އެއްޗެކޭ ނުބުނީ އިކުރާމް އަނެއްކާ މިތަނަށް ޝަހާ އަންނަން މަޖުބޫރުކުރީތަ؟” ޝަހާއާ ދިމާލަށް ދިއުމަށް ފިޔަވަޅެއް އަޅަމުން އާނިމް އަހާލިއެެވެ.މިފަހަރުވެސް އަނގައިން ނުބުނެ ޝަހާ އިންގޮތަށް އިނެވެ.ޝަހާއާ ގާތްވަމުންދިޔަ އާނިމްގެ ގައިގައި އިކުރާމް ހިފާ ހުއްޓުވިއެވެ. “ޝަހާގެ އަމަލުތަކުން އޭނަ ކަލެއާ ވާހަކަދައްކަން ބޭނުންނުވާކަން އެބައެނގޭ…އެެހެންވީމަ ކޮންމެހެން އޭނައަށް އުދަނގޫނުކޮށް މިތަނުންދޭ” އިކުރާމް ބުނެލިއެވެ.

އިކުރާމްގެ އެބަސްތަކުން އާނިމްގެ ގާތަށް ރުޅިއައެވެ. “ކަލެއަށްތަ އެނގެނީ އަހަރެންގެ ލޯބިވެރިޔާއާ ވާހަކަދައްކަންވީމަ…ޝަހާ ހިނގާ މިތަނުންދާން” އިކުރާމާ ދިމާލަށް ރުޅިއައިސްފައި ހުރެ ރައްދުދިނުމަށްފަހު އަނެއްކާވެސް ޝަހާގެ ގާތަށް އާނިމް ޖެހިލިއެވެ.މިފަހަރުވެސް އޭނާ ހުއްޓުވީ އިކުރާމެވެ.އާނިމްގެ ގައިގައި ހިފާ އިކުރާމް ހުއްޓުވުމުން، އާނިމްގެ ރުޅިގަޑު ކެކުނެވެ.އެރި ރުޅިން އާނިމް، އިކުރާމް ފޮޅުވާލިއެވެ. “ކަލޭ ކޮން ހޭބައްޔެ ވެގެންތަ ތިއުޅެނީ…ކަލޭ ޝަހާއާ އަޅައިގަތީތަ؟…ކަލޭ އޭނައަށް މަޖުބޫރުކުރުވީދޯ މިތަނަށް ވައްދަން” އާނިމް ރުޅިވެރިކަމާއެކު ބުނެލިއެވެ. “އަހަރެން މީ ކަލެއެއް ނޫނޭ…އޭނައަށް މިތަނުން ނިކުންނަން މަޖުބޫރު ތިކުރަނީ ކަލޭ…އޭނަގެ ރުހުމުގަ މިތަނަށް އެއިނީ އައިސް” އާނިމް ކޮއްޕާލަމުން އިކުރާމްވެސް ބުނެލީ ރުޅިއައިސްފައެވެ.

“ވަބާއެއްނު ގައިގަ އަތްނުލާށޭ” އަޑަށް ބާރުލުމަށްފަހު އާނިމް އިކުރާމާ ދިމާލަށް ބުނެލިއެވެ. “ކައޭ މިތަނުން ރައްކާވޭ ހަޅޭއްނުލަވާ” އިކުރާމް ރުޅިވެރިކަމާއެކު ބުނެލިއެވެ. “ޝަހާ ހިނގާށޭ ދާން” މިފަހަރު އާނިމް ބުނެލީ ތަންކޮޅެއް ބާރަށެވެ.” އަހަންނެއް ނުދާނަން” އެނދުގައި އިން ޝަހާ އެންމެފަހުން ބުނެލިއެވެ. “އެއީ ކީއްވެ؟”އާނިމް އަހާލީ ހިތްހަމަނުޖެހިފައެވެ. “އެއީ ކީއްވެތޯ ބަލަން ކަލޭ ބޭނުންތަ؟” ރައްދުގައި އިކުރާމް ބުނެލިއެެވެ. “އަނެއްކާ ކަލޭ އަނގަބާނަން ފެށީދޯ…މީ ކަލެއާ ބެހޭކަމެއްނޫން…މީ މަށާ ޝަހާއާ ދެމެދުގެ ކަމެއް…ހީވާކަހަލަ ކަލޭ ބޮޑިއެއް ބޯން އުޅޭހެން” އާނިމް ރުޅިއައިސްފައި ބުނެލިއެވެ.

“މަ ކޮންމެ އެެއްޗެއްކިޔަސް ކަލެއަކާ ނުބެހެވޭނެ…އެއްކަމެއްވެސް ނުކުރެވޭނެ…ޝަހާގެ ކަންތައްތަކަކީ އަހަންނާ ބެހެވޭނެކަމެއް” އިކުރާމް ރުޅިއައިސްފައި ބުނެލިއެވެ. “ކޮން ގޮތަކުން ކަލެއަށް ޝަހާގެ ކަންތަކާ ބެހެވެނީ” އިކުރާމާ ދިމާލަށް އެނބުރިލުމަށްފަހު އާނިމް އަހާލީ އެތެރޭގައި ރޯވަމުންދާ ރުޅީގެ އަލިފާންގަނޑު މަތަކޮށްލަމުންނެވެ.އާނިމް އިކުރާމާ ދިމާލަށް ދާ ގޮތުން ހީވަނީ އޭނާ ގައިގައި ޖަހަން އުޅެފާނެހެންނެވެ.އެހެންކަމުން ޝަހާ ހާސްވާން ފެށިއެވެ.

“ބުރޯ ދެން ޝަހާއަށް މަޖުބޫރުނުކުރަންވީނު” ހައްމާދު އާނިމާ ދިމާލަށް ބުނެލިއެވެ. “ކަލޭމެން ކޯއްޗެއް ކިޔާދުވަހެއްތަ؟…ޝަހާއަކީ އަހަރެންގެ މީހެއް…އޭނަގެ ކަންތައްތަކުގަ ކަލޭމެނަކަށް ބަހެއް ނުކިޔޭނެ” އާނިމް ބުނެލިއެވެ. “ޝަހާއަކީ ކަލޭގެ މީހެއްނޫން…އޭނައަކީ އަހަރެންގެ މީހެއް” އެންމެފަހުން އިކުރާމް ބުނެލިއެވެ.އިކުރާމްގެ އެބަސްތަކުން އާނިމް އޭނާއާ ދިމާލަށް ބަލައިލިއެވެ. “ކޯއްޗެކޭ؟” ރުޅިވެރިކަމާއެކު، އާނިމް އަހާލިއެވެ. “އާނ އިކޫއާ އަހަންނާ އުޅެނީ މާކުރީއްސުރެ ގުޅިގެން…އަހަރެންގެ ހަގީގީ ލޯބިވެރިއަކީ އޭނަ” އިކުރާމް އެއްޗެކޭ ބުނުމުގެ ކުރިއަށް ޝަހާ އަަވަހަށް ބުނެލިއެެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ޙަޔާތް ތިބާއަށްޓަކައި

Next

މަދަދުވެރިޔާ (25)

Next
December 27, 2022

މަދަދުވެރިޔާ (25)

Previews
December 24, 2022

ޙަޔާތް ތިބާއަށްޓަކައި



All Right Reserved!