Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ( ތޭރަވަނަ ބައި )

saarah Level 210 Stories100 Comments
October 6, 2015 8 Mins Read
23 Comments

ފޯނުގެ ސްކްރީންނަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު އިނދެފަ އެނދުގައި އޮށޯވެލިއެވެ.

ތިންދުވަސް ފާއިތުވެގެން ދިޔައިރު ކިޔާނާ މާޔާ ދިމަލެއް ނުވެއެވެ. ފޯނުން މަދުން ވާހަކަ ދައްކާ ހަދާލައެވެ. ކޮންމެ ހެނދުނަކު ކިޔާންގެ ” މޯނިން” މެސެޖެއް ލިބެއެވެ. ނިދާއިރު ” ގުޑް ނައިޓް” މެސެޖް ލިބެއެވެ. ކިޔާންގެ އެކަހަލަ ކުދި ކުދި މެސެޖްތައް މާޔާގެ ހިތަށް ހިތްހަމަޖެހުން ލިއްބައިދެއެވެ. ނިހާން އިރުއިރު ކޮޅާ ގުޅާ މާޔާއަށް އުދަގޫކޮށްލައެވެ. ކޮންމެ ދުވަހަކު ޑިއުޓީ ނިމޭ ގަޑިއަށް އޮފީސް ކައިރިއަށް ދެއެވެ. ބޭރަށް ދާން ގުޅާލައެވެ. މާޔާ އެއްރޭ ނިހާނާއެކީ ބޭރަށް ދިޔައެވެ.  ކިޔާން ޝާޔަންއަށް ގުޅާލާ ކޮންމެ ފަހަރަކު ޝާޔަން ވާހަކަ ދައްކާ ރީތިކަމުން ކިޔާން ހައިރާންވެއެވެ. ވެ ދިޔަ ހުރިހާ ކަމަކަށް ފަހުވެސް ޝާޔަން ކިޔާނާ ވާހަކަދެއްކުމަކީވެސް ވަރަށް ބޮޑުވަރެކޭ ކިޔާން ހިތަށް އަރައެވެ.

ހުކުރު ދުވަހެވެ. މާޔާ ފިހާރައަށް ދިޔައީ ކައްކަން ބޭނުންވާ އެއްޗެހި ގަންނާށެވެ. މަގު ހުރަސްކުރަން އުޅުނު މުސްކުޅި އަންހެނަކު ފެނިގެން މާޔާ ގޮސް އެމީހާ މަގުހުރަސް ކޮށްދޭން އެހީތެރިވެދިނެވެ. ފިހާރަ ތެރޭ ހުރި ޝާޔަންއަށް މާޔާ ފެނިގެން ނުކުތް އިރު އެ މަންޒަރު ފެނިގެން ހިނިތުންވެލިއެވެ. މުސްކުޅި މީހާ މާޔާއާ ސަލާމްކޮށްލަމުން ޝުކުރު އަދާ ކުރިއެވެ. މާޔާ ހިނިތުންވެލަމުން އެބުރުނު އިރު ކުރިމަތީ ހުއްޓިލައިގެން ހުރި ޝާޔަން ފެނުމުން ހުއްޓިލެވުނެވެ. ކިޔާންގެ ފަރާތުން ކައިވެނި ހުއްޓިޖެކަން މާޔާއަށް ވަނީ އެނގިފައެވެ. ޝާޔަންގެ ކުއްވެރިއެއް ކަމަށް މާޔާ އަމިއްލައަށް ގަބޫލުކުރެއެވެ. މާޔާ ބަލަހައްޓައިގެން ހުރި ގޮތް ފެނުމުން ޝާޔަން ހެވިލާފައި އައިސް ކައިރިއަށް ހުއްޓިލިއެވެ. ” ޝާޔަން.. އައި އެމް ސޮރީ.. އަހަރެން ….. ” މާޔާގެ ޖުމުލަ މެދުކަނޑާލީ ޝާޔަންއެވެ. ” މާޔާ އަހަރެން ކައިރީ މާފަށް އެދޭކަށް ނުޖެހޭނެ. ވެދިޔަ އެއްވެސް ކަމަކަށް އަހަރެން މާޔާ ކުއްވެރިއެއް ނުކުރަން. ކިޔާން ކީއްކުރަން ކޮންމެ މީހަކަށްވެސް މާޔާ ދެކެ ލޯބިވެވިދާނެ. ޔޫ އާ ވޯރތް ލަވިންގް. ކިޔާން އަސްލުވެސް ވަރަށް ލަކީ ތިހާ ރަނގަޅު އަދި ރީތި ކުއްޖަކު ލިބުނީމަ. އައި އެމް ރިއަލީ ހެޕީ ފޯރް ހިމް.. މާޔާއަށް ކިޔާން އެނގޭ ވަރަށް ފަހަރެއްގަ އަހަންނަށް ކިޔާން ނޭގިދާނެ. އެކަމަކު އަހަންނަށް އެނގޭ ކިޔާންއަކީ ވަރަށް ރަނގަޅު މީހެއް. ޔޫ އާރ ރިއަލީ ލަކީ ކިޔާން ކަހަލަ މީހެއް ލިބުނީތީ. ” ޝާޔަން މާޔާގެ އަތުގައި ހިފާލަމުން ވާހަކަދެއްކީ ހިނިތުންވެލަމުންނެވެ. މާޔާ ހިނިތުންވެލާފައި ބޯ ޖަހާލީ ޝާޔަންގެ ފަހު ޖުމުލައަށް ތާއީދުކުރަމުންނެވެ. ހަގީގަތުގައިވެސް ކިޔާން ލިބޭނީ ނަސީބުވެރިއަކަށެވެ. އެކަމަކު ކިޔާން ކަހަލަ ރަނގަޅު މީހަކަށް މާޔަ އެކަށީގެންވޭ ހެއްޔެވެ. މާޔާ އަމިއްލަ ނަފްސާ ސުވާލުކޮށްލަމުން ކުޑަކޮށް ބޯ ހޫރާލިއެވެ. ” އަހަންނަށް އެ ނަސީބެއް ނުލިބުނު… އެކަމަކު އަހަރެން ބޭނުން މިއަދު މާޔާ ކައިރިން ކަމަކަށް އެދެން. ކިޔާން އަބަދު އުފަލުގަ ބަހައްޓަދެއްޗޭ.. ހީ ޑިޒާވް އޯލް ދި ހެޕިނެސް.  އެނގޭ ނުބުންޏަސް މާޔާ ކިޔާން އުފަލުގަކަން ބަހައްޓާނީ. ” ޝާޔަން ފެންކަޅިވެފައި ބުނެލި ޖުމުލައިން މާޔާ ދެރަވިއެވެ. ހުރިހާ ކަމަކަށްފަހުވެސް ޝާޔަން އެދެނީ ކިޔާން އުފަލުގަ ހުންނަންށެވެ. ޝާޔަން ކިޔާންދެކެ ވަނީ ތެދުވެރި ލޮތްބެއްކަން އެ ދެލޮލުން އެކަނިވެސް ހެކިދެއެވެ. ” ޝުއަރ ” މާޔާ ޝާޔަންގެ އަތުގައި ހިފާލަމުން ހިނިތުންވެލިއެވެ. ޝާޔަން ކުޑަކޮށް މާޔާ ގައިގަ ބައްދާލަމުން ދާން ހިނގައިގަތީ ކައިވެންނަށް އިންވައިޓް ކުރާށޭ ބުނެފައެވެ. މާޔާ ހީލަމުން އާއެކޭ ބުނެލިއެވެ. ޝާޔަން ދިޔަ ދިމާލަށް ބަލަން ހުރެފަ މާޔާ ގޮސް ފިހާރައަށް ވަދެ ބޭނުންވާ އެއްޗެހި ގަންނަން ހުރިއިރު ދެންމެ ޝާޔަން ބުނެލި ޖުމުލަ ހިތުތެރޭ އެބުރިގަތެވެ. ޝާޔަން އޭނަ ރަނގަޅޭ އެބުނީ މުސްކުޅި އަންހެންމީހާއަށް އެހީތެރިވެދިންތަން ފެނިގެންނެވެ. އެކަމަކު މާޔާއަކީ އެއް އިރެއްގައި އެމީހުންނަށް އެއްޗެހި ގޮވި މީހެކެވެ. އަމިއްލަ މާމައަށްވެސް އެއްޗެހި ގޮވި މީހެކެވެ. އެދުވަސްތައް މަތިން ހަނދާންވުމުން މާޔާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އިސްޖަހާލަމުން ތިރީ ތުންފަތުގައި ދަތް އަޅާލީ ކަރުނަތައް ކޮންޓްރޯލް ކުރަންވެގެނެވެ.

ހަވީރު ވަގުތެވެ. މާޔާ ޓެރެސްގެ ރެއިލިންގް ކައިރީ ހުއްޓިލައިގެން ހުރީ މެއާ ހިސާބުން ދެއަތް ހުރަސްކޮށްލައިގެންނެވެ. ދުރު ދުރުން ފެންނަމުންދާ އިމާރާތްތަކަށް ނަޒަރު ހުއްޓާލައިގެން މާޔާ ހުރީ ވިސްނުމަކަށް ގެއްލިފައެވެ. މާޔާއާ ބައްދަލު ކުރަން އައި ކިޔާނަށް ޓެރެސްގައި ހުއްޓިލައިގެން ހުރި މާޔާ ފެނުމުން އިރުކޮޅެއް ވަންދެން ތިރީގައި ބަލަން ހުއްޓެވެ. އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔަ އިރު ނިކަން ރީއްޗެވެ. މާޔާ ހުރީ ކިޔާނާ ފުރަގަހަށް ކަމުން މާޔާއަކަށް ކިޔާން ނުފެނެއެވެ. ކިޔާން ބަލަން ހުރެލާފައި ހިނތުންވެލެވުނީ ބޭއިހްތިޔާރުގައެވެ. ކިޔާން އެތެރެއަށް ވަދެގެން ދިޔައިރު ސޯފާގައި އިށީދެލައިގެން އިން މާއިޝާ ފެނުމުން ހިނިތުންވެލަމުން ގޮސް ސިޑިން މައްޗަށް އެރިއެވެ. މާއިޝާ ކޮޅަށް ތެދުވެ ބަލަން ހުރީ ކަޅިޖަހާނުލައެވެ. ދުވަސްތަކަށްފަހު ކިޔާން ފެނުމުން ހިތަށް ލިބުނު ހިތްހަމަޖެހުން ބަޔާންކުރަންވެސް ދަތިއެވެ.

ކިޔާން ޓެރެސްއަށް އަރާ މާޔާއަށް ނޭގޭނެ ފަދައިން ކުދިފިޔަވަޅުތައް އަޅަމުން ގޮސް މާޔާގެ ފަހަތުގައި ހުއްޓިލިއެވެ. ވިހުރެމުން ދިޔަ މާޔާގެ އިސްތަށިތައް ކިޔާންގެ މޫނުގައި ބީހެމުން ދިޔައެވެ. އެ އިސްތަށިގަނޑުން ދުވި މީރުވަހުން ކިޔާން ލޯ މަރާލިއެވެ. ކިޔާން ހީލަމުން ފަހަތުން މާޔާގެ ތުނި ބަނޑުގައި ދެއަތުން ވަށާލަމުން މާޔާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލިއެވެ. މާޔާ ސިހިފައި ކުޑަކޮށް ހަޅޭލައްވައިގަނެވުނެވެ. ކިޔާން ޝޫޝް ކިޔާލަމުން ކުރިއަށްވުރެވެސް ބޮޑަށް ބައްދާލިއެވެ. ކިޔާންކަން އެގުމުން މާޔާ ހިނިތުންވެލާފައި ކިޔާންގެ އަތްމަތީ އަތް ބާއްވާލިއެވެ.  ” އައި މިސްޑް ޔޫ ” ކިޔާން އެ ހުރި ގޮތަށް ހުރެ ވާހަކަދެއްކިއެވެ. ކިޔާންގެ ހޫނު ނޭވާތައް ކަނދުރާގައި ބީހެމުން ދިޔައިރު މާޔާ ހުރީ ލޯ މަރާލައިގެންނެވެ. މާޔާވެސް ހީލަމުން މަޑުމަޑުން ” އައި މިސްޑް ޔޫ ޓޫ” އޭބުނެލިއެވެ. ކިޔާން އެހެން ހުރެލާފައި ކުއްލިއަކަށް މާޔާގެ ބަނޑުގައި ކޮށްޓާލުމުން މާޔާ ހެމުން ކިޔާންގެ އަތް ނައްޓުވާލަމުން ދުރަށް ދުއްވައިގަތެވެ. ކިޔާން މާޔާގެ ފަހަތުން ދިޔައީ މާޔާ އަތުލެވޭތޯއެވެ. ދެމީހުން ސަކަރާތްޖަހަމުން އުޅުނު އިރު ކުޑަކުދިންތަކެކޭ ތަފާތެއްނެތެވެ.

ރޭގަނޑުގެ ވަގުތެވެ. މާޔާ މާއިޝާއާ ވާހަކަ ދައްކަން އިށީދެލައިގެން އިނީ ބަގީޗާގެ ބެންޗްގައެވެ. ދެމީހުން އެކި ވާހަކަ ދައްކަމުން ދިޔައީ ހެވިލާފައެވެ. މާއިޝާ ދޮންތަގެ ލޯބިވެރިޔާއާ މީޓް ކުރުވަނީ ކޮން އިރަކުހޭ ކިޔާފަ ސުވާލުކުރަމުން ދިޔައެވެ. މާޔާ ހަމައެކަނި ހީލުމަކުން ފުއްދާލައިގެން އިނީ ބުނާނެ އެއްޗެއް ނެތީމައެވެ. މާއިޝާއަށް އެރޭ ފެނުނީ ނިހާނޭ ބުނެފިއްޔާ ރުޅިއަންނާނެއެވެ. ނިހާން މާޔާއަށް ގުޅަން ފެށުމުން މާޔާ މާއިޝާއަށް ބަލާލީ ހާސްވެފައެވެ. މާއިޝާއަށް އެއީ ދޮންތަގެ ލޯބިވެރިޔާ ކަމަށް ހީކޮށް ވަގުތު ދޭންވެގެން ނިދިއައިއްސިއޭ ކިޔާފަ ގޮއްސިއެވެ. މާޔާ ފޯނު ނެގުމާއެކު ނިހާން އެތެރެއަށް ވަންނަންހޭ އެހުމުން ލޯ ބޮޑުކޮށްލާފައި ގޭޓާ ދިމާލަށް ބަލާލިއެވެ. އޭރު ގޭޓް ކުރިމަތީ އެއް ޖީބަށް އަތް ޖަހާލައިގެން އަނެއް އަތުން ފޯނު ކަންފަތުގައި ޖަހައިގެން ނިހާން ހުރީ ފާޑަކަށް ހެވިފައެވެ. މާޔާ އަވަހަށް ފޯނު ބާއްވަމުން އެއްވެސް މީހަކު ފެންނަތޯ ދެކޮޅު ބަލާލާފައި ގޮސް ނީހާން ކުރިމައްޗަށް ހުއްޓިލިއެވެ. މާޔާ ހިތްހަމަނުޖެހިފައި ތިއައީ ކީއްކުރަންހޭ އަހާލިއެވެ. ނިހާން ހީލާފައި މާޔާ ދެކޭ ހިތުންނޭ ބުނެލިއެވެ. މާޔާ އެއްޗެއް ނުބުނެ ހިމޭނުން ނިހާންގެ މޫނަށް ބަލަން ހުރެފަ ދާން ހިނގައިގަތެވެ. މާޔާ ހިނގައިގަތްތަން ފެނިގެން ނިހާން މާޔާގެ އަތުގައި ހިފާ ހުއްޓުވިއެވެ. މާޔާ އެބުރިފައި މިހާރު ފެނިއްޖެނޫންހޭ ބުނެލަމުން ނިހާންގެ އަތްނައްޓުވާލަމުން އަނެއްކާވެސް ހިނގައިގަތެވެ. ނިހާން މާޔާ ދިޔަ ދިމާލަށް ބަލަން ހުރެފަ ހިނިތުންވެލީ ހިތްހަމަޖެހިފައި ހުރެއެވެ. ކުޑަކޮށް ބޮލުގެ އެއްފަރާތުގައި އަތުން ޖަހާލަމުން ނިހާން އެނބުރި ދާން ހިނގައިގަތެވެ.

މާޔާ ގެއަށް ވަންނަން ދިޔައިރު ފެންޑާގައި ހުއްޓިލައިގެން ތިބި ފާއިޒުއާ މަލީހާ ފެނިގެން ފިޔަވަޅުތައް ހުއްޓުނެވެ. ދެމީހުންގެ މޫނުމަތިން ހިތްހަމަނުޖެހުން ފެންނަމުން ދިޔައެވެ. މާޔާ ފަސްޖެހެވުނެވެ. މަންމައާ ބައްޕައަށް ނިހާނާ އެކީ އޭނަ ހުރިތަން ފެނުނީއެވެ. ” މާޔާ.. ކީއްތިކުރަނީ އޭނައާ އެކީ؟” ފާއިޒު ސުވާލުކޮށްލީ ތަންކޮޅެއް ބާރަށެވެ. މާޔާ އެއްވެސް އެއްޗެކޭ ނުބުނެ އިސްޖަހާލިއެވެ. ” މާޔާ… އަނެއްކާ އެކަންތައް ފެށީތަ؟ ބައްޕަކައިރީ ބުނޭ ދަރިފުޅާ. އެކަހަލަ ކަމެއް ވިއްޔާ ބުނޭ އަވަހަށް.. ” ފާއިޒު ރުޅިގަނޑު މައިތިރި ކުރަމުން މިފަހަރު ސުވާލުކުރީ މަޑުންނެވެ. މާޔާ އިސްއުފުލާ ބަލާލީ ލޯ ބޮޑުކޮށްލަމުންނެވެ. ” ނޫން ބައްޕާ.. އަހަރެން އެކަހަލަ ކަމެއް ދެން ނުކުރާނަން.. ނިހާނަށް އަހަރެން ހުޅުމާލެއަށް ދިޔަ ދުވަހު ފެނުނީ. އެ ދުވަހު ނިހާނަށް އެގިއްޖެ އަހަރެން އެނބުރި އައިކަން. ” މާޔާ ބައްޕަގެ އަތުގައި ހިފާލަމުން ކިޔާދިނެވެ. ” ދެން ކީއްކުރަންތަ އޭނައާ ބައްދަލުކުރަނީ. ކިހިނެއް އޭނައަށް މި ގެ އެނގުނީ؟ މާޔާ އޭނައާ ދުރުގަ ހުރޭ! ” މަލީހާ ހާސްކަމާއެކީ ވާހަކަދެއްކިއެވެ. ފާއިޒުވެސް މަލީހާގެ ވާހަކައަށް ތާއިދު ކުރަމުން ނިހާނާ ދެން ބައްދަލު ނުކުރާށޭ ބުނެލިއެވެ. ” މަންމަމެންނަށް ހީވަނީ އަހަރެން ބޭނުންވެގެނޭތަ އޭނައާ ބައްދަލު މި ކުރަނީ. ނޫން. މި ނޫން ގޮތެއް ނެތީމަ. މި އާއިލާގެ އިތުރުން އަހަރެންގެ ހުރިހާ ސިއްރެއް އެނގޭ ހަމައެކަނި މީހަކީ ނިހާނޭ. އެދުވަހު މަންމަމެން އަހަރެންނާ އަޅާނުލި ދުވަހު އަހަންނާ އެކީ ހުރި ހަމަ އެކަނި މީހަކީ ނިހާނޭ. ނިހާން ކިތަންމެ ގޯސް ވިޔަސް ދުވަހަކުވެސް އަހަންނަށް އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރޭ. އަހަރެން ބޭނުންވިޔަސް ނިހާނާ ދުރަށް ނުދެވޭނެއޭ. ނިހާން އަހަރެން އޭނައާ ދުރުވިޔަކަ ނުދޭނެ. ބިރު ދައްކައިގެން ވިޔަސް އޭނަ އަހަރެން ހުއްޓުވާނެ. އެނގޭތަ ކީއްވެކަން. އޭނަ އަހަރެން ދެކެ ލޯބިވާތީ. ” މާޔާ އެއްނޭވައިން ހުރިހާ އެއްޗެއް ބާރަށް ކިޔާލިއިރު ދެލޯ ފެންކަޅިވިއެވެ. ފާއިޒުއާ މަލީހާ ހައިރާންވެފައި މާޔާއަށް ބަލަން ތިބީ ކިޔާނެ އެއްޗެއް ނޭގިފައެވެ. އަމިއްލަ ނަފްސް ކުއްވެރި ކުރެވުނީ މާޔާގެ ދުލުން ފުރަތަމަ ފަހަރަށް އެމީހުން އޭނައާ އަޅާނުލިއޭ ބުނުމުންނެވެ. މިހާ ދުވަސްވީއިރު ދުވަހަކުވެސް މާޔާ އެކަމާ ބެހޭގޮތުން ޝަކުވާއެއް ނުކުރެއެވެ. އެމީހުން އެ ވާހަކަ ދެއްކިޔަސް މާޔާ އެ ވާހަކަ ނުދައްކަން އެދެއެވެ. މާޔާ ބަލަން ހުރެލާފައި ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލާފަ ގޮސް ހުއްޓިލީ ބެލްކަނީގައެވެ. ރެއިލިންގް ގައި ދެއަތް އަޅުވާލާ ދެލޯ މަރާލިއިރު ލޯ މަތިން މާޒީ ފެނިގެންދިޔަފަދައެވެ.

*******

ފާއިޒުއާ ޒުހޭރުއަކީ އެއްބަނޑު އެއްބަފާ ދެބެއިންނެވެ. ފާއިޒުއަށްވުރެ ޒުހޭރު ދޮށިއެވެ. ދެމީހުން ކައިވެނިކޮށްގެން ވެސް އުޅެމުން އައީ އެމީހުންގެ ބައްޕަގެ ގޭގައެވެ. ދެމީހުން ކައިވެނި ކުރީވެސް އެއްދުވަހެއްގައެވެ. މާލެއަށް އުފަން އަބުދުއްﷲ އަކީ ތަނަވަސް ދިރިއުޅުމެއް ދިރިއުޅުނު މީހެކެވެ. މާލޭގެ ހުންނަ ގެ ހުންނަނީ ބުރި ބުރިއަށް ނަގާފައެވެ. އަބްދުއްﷲއާއި ޒުލޭޙާ ދިރިއުޅެމުން އައީ ދަރިންނާއެކީ އެއް ބައިގައެވެ. އެހެން ނަމަވެސް ފާއިޒުއާއި ޒުހޭރު ކައިވެނި ކުރުމުން ދެމީހުންނަށް ވަކިން ދެ ބައި ދިނީއެވެ. ވަކިން އުޅުނަސް އެންމެން ކައްކާ ކައި ހަދަނީ ބައްޕަމެން ބައިގައެވެ. އާއިލާ އެކީ އުޅެމުން އައީ އުފާވެރި ދިރިއުޅުމެކެވެ. ޝާނިމްއާ މާޔާ އަކީ ދެމީހުންގެ ވެސް އެންމެ ދޮށީ ދަރިންނެވެ. ދެމީހުންގެ ދޭތެރޭ ތިން އަހަރުގެ ތަފާތެއް ވެއެވެ. މާޔާއާ ޝާހާ ދޭތެރޭ ވަނީ ހަމަސް ދުވަހުގެ ތަފާތެކެވެ. އެހެންކަމުން ދެމީހުން ބޮޑުވެގެން އައީ އެންމެ ގާތް ދެމީހުންގެ ގޮތުގައެވެ. ޒުހޭރުއާ ސަމީރާ މާޔާ ދެކެ ނިކަން ލޯބިވެއެވެ. ނަތީޖާއެއްގެ ގޮތުން މާޔާ ގިނައިން އުޅެނީވެސް އެމީހުން ކައިރީގައެވެ. ޒުހޭރުއާ މާޔާ ދެމީހުން އަބަދު އުޅެނީ ކޮންމެވެސް ސަކަރާތެއްގައެވެ. ފާއިޒު މާޔާ ދެކެ ވާ ލޮތްބަށް ވުރެ ބޮޑަށް ޒުހޭރު މާޔާދެކެ ލޯބިވެޔޭ ފެންނަ މީހުންވެސް ބުނެއުޅެއެވެ. ގިނަ ރޭރޭ މާޔާ ނިދަނީވެސް ސަމީރާމެންގެ ބައިގައެވެ. އުފާވެރިކަމާ އެކީ އުޅެމުން އައި އާއިލާއަށް ހިތާމަވެރިކަން ކުރިމަތިވީ އަބްދުއްﷲ ނިޔާވުމުންނެވެ. މާޔާގެ އުމުރުން 15 އަހަރުގައި ކާފަ ނިޔާވުމުން އާއިލާއަށް ލިބުނީ ބޮޑު ހިތްދަތިކަމެކެވެ. އެންމެ ބޮޑަށް ދެރަވީ ޒުލޭޙާއެވެ. އަބަދު ހިތާމައިގެ އުޅުމުގެ ސަބަބުން ގިނައިން އުޅެނީ ބަލިވެއެވެ. ދަރިން ކައިރީގަ ތިއްބަސް ޒުލޭޙާއަށް ފިރިމީހާ ނެތުމުގެ އިހްސާސް ކުރެވެއެވެ.

ކާފަ ނިޔާވުމުން މާޔާއަށް ލިބުނު ހިތާމައިގަ އެންމެ ކައިރީގަ ހުރީ ކިޔާނެވެ. ކުޑަހިނދުކޮޅަކަށްވެސް މާޔާ އެކަނިވިޔަކަ ނުދެއެވެ. ކިޔާނާ އެކީ އަބަދު އުޅުމުން މާޔާއަށް ހުރީ ކިޔާނާއެކީ އުޅެން އާދަ ވެފައެވެ. އެހެން އުޅެނިކޮށް ކިޔާން އޯލެވެލް ނިންމުމަށްފަހް ލަންޑަނަށް ދިޔުމުން މާޔާއަށް ކިޔާން ނުލާ އުޅެން އުދަގޫވިއެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއް ކުރާ އިރު ކިޔާން ކައިރިން އެހުމަކީ މާޔާގެ އާދައެކެވެ. ކިޔާންގެ އެއްބަސްވުމާ ނުލާ މާޔާ އެއްވެސް ކަމެއް ނުކުރެއެވެ. ކިޔާން ދިއުމުން މާޔާއަށް ކުޑަކަމެއް ކުރުންވެސް އުދަގޫވިއެވެ. އަބަދު ކިޔާން ގުޅާނެ އިރަކަށް އިންތިޒާރުކުރެވެއެވެ. ގޭގެ ދޮރުގަ މީހަކު ޓަކި ދިނިއްޔާ މާޔާ ދުވެފައި ގޮސް ދޮރު ހުޅުވަނީ ކިޔާން ކަމަށް ހީކޮށެވެ. ފޯނަށް މީހަކު ގުޅައިފިއްޔާ ކިޔާން ކަމަށް ހީކޮށް ދުވެފައި ގޮސް ފޯނު ނަގައެވެ. އެހެންނަމަވެސް މަސްތަކެއް ފާއިތުވެގެން ދިޔައިރުވެސް ކިޔާންގެ އެއްވެސް ހަބަރެއް މާޔާއަކަށް ނުވެއެވެ.

ހުވަފެންތައް ފުރިހަމަ ކުރަން މާޔާ ކިޔަވަން ބޭނުންވިއެވެ. އެހެންކަމުން އޯލެވެލް ނިންމުމަށްފަހު މާޔާ އޭލެވެލް ކިޔަވަން ސީ.އެޗް.އެސް.އީ އަށް ވަނެވެ. އުފާވެރިކަމާއެކީ ކިޔަވަމުން ދަނިކޮށް ހުރިހާ ހުވަފެންތަކެއް ފުނޑުފުނޑުވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. މާޔާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި އެ ދުވަހަށް ފަހުއެވެ. އެއީ އަބްދުއްﷲ ވިލިގިލީގައި ހަދަން ފަށާފަ ހުރި ރެސްޓޯރެންޓް ނިމިގެން އެތަން ހުޅުވުމުގެ ރަސްމިއްޔާތަށް އާއިލާގެ އެންމެން ދިޔަ ދުވަހެވެ. މާޔާއަށް އެ ދުވަހު ޓެސްޓެއް އޮންނާތީ ދެވޭ ގޮތެއް ނުވިއެވެ. މަލީހާ ނުދާން އުޅެފަވެސް ދިޔައީ ފާއިޒު ކިޔާ ވަރުންނެވެ. ދިޔުމުގެ ކުރިން މާޔާ ކައިރީ ސުކޫލުން އަންނަ ގޮތަށް މުޅިގޭ ތަޅުލައިގެން ހުންނަން މަލީހާ އެދުނެވެ. މާޔާ ބޯ ޖަހާލަމުން ތިމަންނަ މީ ކުޑަކުއްޖެއް ނޫނޭ ބުނެލިއެވެ. މާޔާ ސްކޫލްގައި އުޅެފަ ގެއަށް އައި އިރު ހުރީ ވަރުބަލިވެފައެވެ. އޭރު އަދި އެއްވެސް ބައެއް ގެއަށް ނާދެއެވެ. މާޔާ މަންމައަށް ގުޅާލުމުން އަދި ނުނިމެޔޭ ބުނެލިއެވެ. ކުރާނެ ވަކި ކަމެއް ނެތުމުން މާޔާ ގެ ތަޅުލާފައި ގޮސް ފެންފަރާލައިގެން އޮށޯވެލީ ކުޑަކޮށް ނިދާލާށެވެ. އެހެން އޮއްވާ ނިދިއްޖެއެވެ. މާޔާއަށް ހޭލެވުނީ މީހަކު އޭނަ ފައިގަ ހިފާލުމުންނެވެ. ލޯ ހުޅުވާލަމުން ބަލާލިއިރު ޒުހޭރުބެއެވެ. މާޔާ ހީލަމުން އެންމެން އައީހޭ ކިޔާފަ ތެދުވަން އުޅުނުތަނާ ޒުހޭރު މާޔާ ދެކޮނޑުގައި ހިފާ ތެދުވިޔަ ނުދިނެވެ. އޭރު ޒުހޭރުގެ ނަޒަރު ހުރީ މާޔާގެ މެއާ ދިމާލަށެވެ. މާޔާ އޮތީ ޕެޓީއެއްލައިގެންކަމުން ބޮޑުބައެއް އޮތީ ފެންނަންށެވެ. މާޔާއަށް ޒުހޭރު ބަލާ ދިމާ ފެނުމުން ލަދުގެންފައި އަވަހަށް ރަނގަޅު ކުރަން އަތް އުފުލާލިތަނާ ޒުހޭރު މާޔާގެ އަތުގައި ހިފާ ހުއްޓުވިއެވެ. މާޔާ ހައިރާންވެފައި ދެލޯ ބޮޑުކޮށްލީ ނުބައި އެއްޗެއް ސިކުނޑިއަށް ވެރިވެގަތުމުންނެވެ. އެހެން ނަމަވެސް ދެވަނަ ސުކުންތުގައި މާޔާ އަމިއްލަ ނަފްސް ކުއްވެރިކުރީ އެކަހަލަ އެއްޗެއް ޒުހޭރުބެއާ ދޭތެރޭ ވިސްނުމުންނެވެ. މާޔާ ދެފަރާތަކަށް ބޯ ހޫރާލަމުން އަނެއްކާވެސް ތެދުވަން އުޅުމުން ޒުހޭރު މާޔާ ތެދުވިޔަކަ ނުދީ އެއް އަތުން މާޔާގެ އަތުގައި ފިރުމަން ފެށިއެވެ.

މާޔާ ބިރުން ތެޅިގަނެފައި ގަޔަށް ބާރުލަމުން ފުރޮޅިފައި އެނދުގެ އަނެއްކޮޅަށް ޖެހިގަންނަމުން ތެދުވެ ބާރަކަށް ހިނގާލާފައި ނުކުންނަށް ދާން އުޅެނިކޮށް ޒުހޭރު މާޔާގެ އަތުގައި ހިފާ ގަޔާ ދިމާލަށް ދަމައިގަތެވެ. މާޔާ ޒުހޭރުގެ އަތް ނައްޓުވަން މަސައްކަތް ކުރަމުން ދިޔައިރު ބިރުންގޮސް މޭ ފަޅާލާފައި ހިތް ނުކުންނަން އުޅޭހެން ހީވެއެވެ. ޒުހޭރު މާޔާގެ ދެކޮނޑުގައި ހިފާލަމުން އެނދު މައްޗަށް ބާރަކަށް ވައްޓާލަމުން މާޔާގެ ގައިގެ މައްޗަށް ޖެހިގަތީ ސިންގާއެއް ފަދައިންނެވެ. މާޔާ ބިރުން ހަޅޭލައްވައިގަތުމުން ޒުހޭރު ހީގެންފައި އެހީވާން އަންނާނެ އެއްވެސް މީހަކު ނެތޭ ބުނެލިއެވެ. ޒުހޭރުގެ ޖުމުލައިން މާޔާ އިތުރަށް ބިރުގަތެވެ. ކަރުނުން ފުރިފައިވީ ދެލޮލުން ޒުހޭރުއަށް މާޔާ ބަލާލީ ގަބޫލުކުރަން ދަތިވެފައެވެ. މިއީ އެމީހަކަށް އޭނަ ބޮޑުބޭބެ ކިޔާ މީހާއެވެ.  ކުރިއަށް ވުރެވެސް ބާރަށް މާޔާ ހަޅޭލައްވަމުން ޒުހޭރުގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް ކުރަމުން ދިޔައިރު ދެލޮލުން ކަރުނަ ފައިބައިގަތެވެ. ޒުހޭރުގެ ބާރުގެ ކުރިމަތީ މާޔާ އެއްވެސް އެއްޗަކަށް ނުވިއެވެ. ކުރިހާ މަސައްކަތެއް ވީ ބޭކާރެވެ. ޒުހޭރު ކަންފަތަށް އުދަގޫވެގެން ބެޑްޝީޓް އަތަށް އޮޅާލަމުން މާޔާގެ އަނގައަށް ކޮށްޕާލިއެވެ. މާޔާގެ ދެ އަތުގައި ޒުހޭރު ހިފަހައްޓާލާފައި ހުރި ބާރުކަމުން އަތްވެސް މާޔާއަށް ދޫނުވިއެވެ. ފައިން ޒުހޭރުގެ ގައިގަ މާޔާ ބާރަކަށް ޖަހަމުން ދިޔައެވެ. ޒުހޭރު ބާރަކަށް މާޔާގެ މޫނުމަތީގައި ދެތިންފަހަރަކު އަތުން ޖަހާލިއެވެ. މޫނުމައްޗަށް އަނދިރި ވެގެން ދިޔައިރު މާޔާއަށް ލޯ މަރާލެވުނެވެ. ހަރަކާތްތަކަށް ހުއްޓުމެއް އައިއިރު ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ގިނަވަމުން ދިޔައެއެވެ. އިންސާނިއްޔަތު ކަމެއްވެސް ނެތި ޒުހޭރު މާޔާގެ އިއްފަތްތެރިކަން ފޭރިގަތީ ހިނދުކޮޅެއްގެ ތެރޭއެވެ. ހިތްފުރޭވަރުވުމުން ޒުހޭރު މާޔާ ދޫކޮށްލާފައި ދިޔައީ ނުލަފާގޮތަކަށް ހީލަމުންނެވެ. ބޮލަށް ބާރުވެފައި ހުރި ވަރުން މާޔާއަށް ލޯވެސް ނުހުޅުވުނެވެ. ތެދުވަން އުޅުމުންވެސް ތެދުވެވޭ ގޮތެއް ނުވިއެވެ. ތުރުތުރު އަޅަމުން ދިޔައަތުން މާޔާ ބެޑްޝީޓް ނަގަމުން ފާޑަކަށް ގައިމަތީ އަޅާލިއިރު މުޅި ހަށިގަނޑު އެއްކޮށް ނިވާވެސް ނުވެއެވެ. ތެދުވާނެ ހިތްވަރެއް ނެތުމުން މާޔާ އެ އޮތްގޮތަށް އޮތީ ލޯ މަރާލައިގެންނެވެ. އޭރުވެސް ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައިރު މަޑުގިސްލުމެއްގެ އަޑު ކޮޓަރިތެރޭ ވިއެވެ.

މަލީހާ ގެއަށް އައިއިރު މާޔާ ފެންނަން ނެތުމުން މާޔާގެ ކޮޓަރިއަށް ދިޔައެވެ. އޭރު ފާއިޒުއާ މާއިޝާ ވަރުބަލިވެފައި ސޯފާ ގޮނޑިއަށް ވެއްޓިގަނެގެން ތިބީ ލޯ މަރާލައިގެންނެވެ. މަލީހާ މާޔާގެ ކޮޓަރިއަށް ވަދެފައި ދަރިފުޅު އޮތް ހާލު ފެނުމުން ރޮއެގެންފައި ބާރަކަށް ފާއިޒުއަށް ގޮވަން ފެށިއެވެ. ލޯ މަރާލައިގެން މާޔާ އޮތް އިރު މޫނުގެ އެކި ތަންތަން ރަތްވެފައި ހުރި އިރު ނޭފަތުން ކުޑަކޮށް ލޭ ފައިބައިފައި ހުއްޓެވެ. މޫނު މަތި އެއްކޮށް ދުޅަވެފައި ހުރި އިރު އަތުގަ މީހެއްގެ އިނގިލީގެ ނިޝާންތައް ފެންނަން ހުއްޓެވެ. މަލީހާ ދުވެލާފައި ގޮސް މާޔާ ތެދުކޮށްލަމުން ބެޑްޝީޓް ރަނގަޅަށް އޮޅާލަމުން މާޔާ ގަޔާލާ ބައްދާލިއެވެ. ވަރު ދޫވެފައި މާޔާ އޮތީ މައްޔިތެއް ހެނެވެ. މަލީހާ ރޮމުން މާޔާގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ. މަލީހާގެ އަޑަށް ކޮޓަރިއަށް ވަން ފާއިޒުއާ މާއިޝާއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. ފާއިޒު ހުއްޓުން އަރާފައި ދޮރުމަތީ ހުއްޓިލައިގެން ހުރި އިރު ދެލޯ ފެންކަޅިވެގެން ދިޔައެވެ. މާއިޝާ ދެލޯ ބޮޑުކޮށްލަމުން ދުވެފައި ދިޔައީ ތިރިއަށެވެ. ދޮންތަ އޮތް ހާލުފެނުމުން ބިރުގަތީއެވެ. މާއިޝާ ހާސްވެފައި އައިސް މާމަ ކައިރިއަށް ހުއްޓެމުން ދޮންތައޭ ބުނެލީ އުދަގުލުންނެވެ. ސަމީރާއަށް  އެތަން ފެނިގެން ދުވެފައި މައްޗަށް އަރަން ދިޔައެވެ. ފަހަތުން ޝާނިމް އާ ޝަހާވެސް ދުވެފައި ދިޔައެވެ. ސަމީރާއަށް ވެސް މާޔާ ފެނުމުން ވީ ހަމަ މަލީހާއަށް ވީ ވަރަވެ. ބާރަކަށް ގޮސް މާޔާ ގައިގަ ބައްދާލަމުން ދަރިފުޅާއޭ ކިޔާ ގޮވަން ފެއްޓީ ރޮމުންނެވެ. ޝަހާ ދެލޯ ބޮޑުކޮށްލައިގެން މާޔާއަށް ބަލަން ހުރިއިރު ދެލޯ ފެންކަޅިވިއެވެ. ސަމީރާ ޝާނިމްއަށް ބަލާލަމުން ފާއިޒު ގޮވައިގެން ބޭރަށް ދާށޭ ބުނެލިއެވެ. ޝާނިމްވެސް ފެންކަޅިވެފައި ހުރެ ބޯ ޖަހާލަމުން ފާއިޒު ގޮވައިގެން ގޮސް އިށީދެލީ ސޯފާގައެވެ. އޭރުވެސް ފާއިޒު އެއްޗެކޭ ނުކިޔައެވެ. ލޯބިވާ ދަރިފުޅަށް އެވަރު ކޮށްލީ ކާކު ހެއްޔެވެ.

މާޔާ އަދިވެސް އޮތީ ލޯ މަރާލައިގެންނެވެ. ސަމީރާ ކަރުނަ ފޮހެލަމުން މާޔާ އެނދުގައި ބާއްވާލަމުން ޝަހާ ކައިރީ ފެންފޮދެއް ގެނެސްދޭށޭ ބުނެލިއެވެ. ޝަހާ ފެން ގެނައުމުން ސަމީރާ މާޔާގެ މޫނަށް ފެން ބުރުވާލުމުން އުދަގޫ ގޮތަކަށް މާޔާ ލޯ ހުޅުވާލިއެވެ. މާޔާ ތެދުވެވޭވަރު ވިއިރުވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ހުއްޓުން އަރާފައި އެއްދިމާލަކަށް ބަލަން އިނީ އެއްވެސް އަސަރެއް ނެތިއެވެ. ސަމީރާ މާޔާ ފާހާނައަށް ގެންގޮސް ފެންވަރަން އުޅުމުން މާޔާ ސަމީރާ އަތުގަ ހިފާލަމުން ގޮސް ފާހަނައިން ބޭރުކޮށްލަމުން ފާހާނައިގެ ދޮރު ތަޅުލިއެވެ. ސަމީރާ ހާސްވެފައި މާޔާއަށް ގޮވަން ފެށިއެވެ. އެހެންނަމަވެސް އެއްވެސް ހަބަރެއް ނުވެއެވެ. މާޔާ ގޮސް މާގަނޑު ދަށުގައި ހުއްޓިލަމުން ފެން ދޫކޮށްލިއެވެ. ހުއްޓުމެއްނެތި ދެލޮލުން އަނެއްކާވެސް ކަރުނަ ފައިބައިގަތީ ދެންމެ ހިގާދިޔަ ހާދިސާ ހަނދާންވުމުންނެވެ. އެ ހުރި ގޮތަށް ހުރެ ދެ ކަކޫ މައްޗަށް ތިރި ވެވުނީ ފައިން ވާގިދޫވެގެން ކޮޅަށް ހުންނާނެ ވަރެއް ނެތުމުންނެވެ. ” ނޫން… ނޫން. ނޫން…  ” ތުރުތުރު އަޅަމުން ދިޔަ ދެ ތުންފަތް ދޭތެރެއިން މާޔާ ބާރަކަށް ހަޅޭލައްވައިގަތީ ދެއަތުން ބޮލުގައި ހިފަހައްޓާލަމުންނެވެ. ގިސްލަ ގިސްލާފައި ބާރަކަށް ރޮމުން މާޔާ ދިޔައެވެ. އިރުކޮޅަކު އެހެން އިދެލާފައި މާޔާ ތެދުވެގެން ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓިލިއެވެ. ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުންވެސް މާޔާ ފޫހިވިއެވެ. ޝަވަޖެލް ފުޅި ނަގައިގެން މާޔާ ބާރަކަށް ލޯ ގަނޑާ ދިމާލައް އެއްލާލީ ނޫނެކޭ ކިޔާ ހަޅޭލައްވައިގަންނަމުންނެވެ. ލޯ ގަނޑު ތަޅައިގެން ދިޔަ އަޑަށް ކޮޓަރީގަ ތިބި މީހުން ހާސްވެފައި އައިސް ދޮރުގައި ޓަކި ޖަހަން ފެށިއެވެ. މަލީހާ އަލަމާރިން ފާހާނައިގެ ތަޅުދަނޑި ނަގައިގެން ގޮސް ދޮރު ހުޅުވާލިއިރު ފެނުނު މަންޒަރުން ދެލޯ ބޮޑުކޮށްލެވުނެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

saarah

Level 210 Stories100 Comments

Other Articles

Previous

ހިޖުރަ (ތެއްތިރީސްވަނަ ބައި)

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 19

Next
October 6, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 19

Previews
October 5, 2015

ހިޖުރަ (ތެއްތިރީސްވަނަ ބައި)

23 Comments!

  1. mary says:
    October 6, 2015 at 1:17 am

    Nice

    1. saarah says:
      October 7, 2015 at 6:47 pm

      thankyou mary 🙂

  2. shaz says:
    October 6, 2015 at 1:27 am

    v v v reethi mi part vx…
    v kiyaa hithun huttaaa nimuny.
    avaha aneh part up kohdhechey…..

    1. saarah says:
      October 7, 2015 at 6:48 pm

      thankyou shaz 🙂 mirey up kohdheynan insha allah

  3. neha says:
    October 6, 2015 at 7:03 am

    Nice

    1. saarah says:
      October 7, 2015 at 6:48 pm

      thank you 🙂

  4. 4f!4h says:
    October 6, 2015 at 8:42 am

    finally! but maazee ge eh beyennu thi gene dhiny? zuheyru ah vee goi kobaa? its becoming more interesting! waiting for nxt upload! ^_^

    1. saarah says:
      October 7, 2015 at 6:50 pm

      thank you 4f!4h 🙂 maazee ge bai dhn annany. zuheyru ah vee goiy ves ngeyne adhi.. 🙂

  5. Crazi says:
    October 6, 2015 at 10:04 am

    Vrh reethi ahvaha plz updat koh ladhee

    1. saarah says:
      October 7, 2015 at 6:50 pm

      thankyou crazi 🙂 mirey uokohdheynan insha allah

  6. Shau says:
    October 6, 2015 at 1:13 pm

    Ohohoo… So this is wat hpnd to Maya dhw.. Miharu adhi maa bodah mi story kiyaa hiyy vehje.. Vrh hiyy thalhuvaalaafa thi nihmaaly.. So plxx up the nxt part soon okay! Love this part! 😉 <3

    1. saarah says:
      October 7, 2015 at 6:51 pm

      thank you shau 🙂
      mirey upkohdheynam next part insha allah

  7. Thoo says:
    October 6, 2015 at 10:36 pm

    V v v v. Reethi mi prt vx waiting for the nxt prt

    1. saarah says:
      October 7, 2015 at 6:52 pm

      thank you thoo 🙂

  8. nazi says:
    October 7, 2015 at 7:51 am

    alhe v reethi avaha up kolla dheebala plz

    1. saarah says:
      October 7, 2015 at 6:52 pm

      thank you nazi 🙂

  9. gurey says:
    October 7, 2015 at 1:35 pm

    ވަރަށް ފުރިހަމަ… އިންތިޒާރުގައި

    1. saarah says:
      October 7, 2015 at 6:53 pm

      thank you gurey 🙂

  10. lam says:
    October 7, 2015 at 5:01 pm

    vrh reethi… awahah anet part upload kohdheebaaa plxxx… nd thankolheh dhigu kohlun edhen

    1. saarah says:
      October 7, 2015 at 6:53 pm

      thank you lam 🙂
      will try to make it longer 🙂

  11. nazi says:
    October 7, 2015 at 5:07 pm

    kon irakuntha next part up kolladhrynee

    1. saarah says:
      October 7, 2015 at 6:54 pm

      i am on it now.. will upload as soon as done 🙂

  12. nazi says:
    October 7, 2015 at 5:07 pm

    kon irakuntha next part up kolladhrynee

Comments are closed.

Next Episodeއިންތިޒާރު ( 14 )←


All Right Reserved!