ވަގުތުކޮޅަކަށް އިކުރާމްގެ އަތުގައި ހުރި ފައިސާތަކަށް ބަލަން އެންމެނަށްވެސް ހުރެވުނެވެ. “އެހެންވީމަ ކީކޭ ބުނަނީ؟” ފައިސާތަކަށް ބަލަން ހުރި އެންމެނަށް އިކުރާމް އަހާލިއެވެ. “މިރުފިޔާތައް ބޭނުންވަންޏާ އާނ ބަސް ބުނޭ” އިކުރާމް އަނެއްކާވެސް ބުނެލިއެވެ.އިކުރާމްގެ އެބަހަށް އެންމެންވެސް ފަހަރަކުމީހެއްގެ މޫނަށް ބަލައިލުމަށްފަހު އަނެއްކާވެސް ފައިސާތަކަށް ބަލައިލިއެެވެ.
އިޚްތިޔާރުކުރަންވީ އެއްޗަކާއި މެދު އެމީހުން ފިކުރުކޮށްލިއެވެ.އާނިމްތޯ ނުވަތަ އެފައިސާތައް ތޯއާމެދު އެމީހުންގެ ހިތުގައި ސުވާލު އުފެދިފައިވަނީ އެހާ ގިނަ ފައިސާތަކަކަށް ވަގުތުން އިންކާރުކުރަން ނުކެރުމުންނެވެ.އާނިމްގެ އަތްމަތި ދީލަތިކަމާއި ގިނަ ޚަރަދުތައް ކޮށްފައިވަނީ އޭނާކަން ޚުދު އެމީހުންވެސް ގަބޫލުކުރެއެވެ.ނަމަވެސް ލޯކުރިމަތިން ފެންނަމުންދާ ފައިސާތަކުގެ ދަހިވެތިކަން އެމީހުންގެ ގަދަވަމުންދިޔައެވެ.
“އޯކޭ…ކިހިނެކޯ އަހަރުން ހަދަންވީ އެހެންވީމަ؟” އެހާ ގިނައަދަދެެއްގެ ފައިސާތަކަކަށް ދެކޮޅުހަދަން ނުކެރުމުން އެންމެފަހުން އެކަމަށް އެއްބަސްވިއެވެ.ހައްމާދާއެކު ނަދާވެސް އެކަމަށް އެއްބަސްވިއެވެ.ހައްމާދުމެނަށް އިކުރާމްގެ ރޭވުންތައް އަނެއްކާވެސް ތަފްސީލުކަމާއެކު ކިޔައިދިނެވެ. “ނަދާއާ ހަފްޒާވެސް އާނިމްގާތު މިވާހަކަ ނުދައްކާ އަހަރެމެންނާ ބައިވެރިވެއްޖެނަމަ، ތިދެމީހުންނަށްވެސް މީގެން ލިބޭނެ..ތިދެމީހުން މިތަނަށް އައިސް ތިިތިބީވެސް ފައިސާ ހޯދާކަށްނު” އެއްޗެކޭ ނުބުނެ އިކުރާމްމެނަށް ބަލަންތިބި ހަފްޒާއާ ނަދާއަށް އިކުރާމް ބުނެލިއެވެ. “އަހަރެންނަށް އޯކޭ ފައިސާ ލިބެންޏާ” ހަފްޒާއާ ދިމާލަށް ބަލައިލުމަށްފަހު، ނަދާ ވަގުތުން ބުނެލިއެވެ. ނަދާގެ ފުށުން ޖަވާބުލިބި، ހަފްޒާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އެންމެންގެ ނަޒަރު ހަފްޒާއަށް ހުއްޓުނެވެ.
އެންމެންގެ ގިނަ ޚަރަދުތައް ކޮށްދެމުންދަނީ އާނިމް ކަމުގައިވާތީ، އޭނާއަށް ކެހިދޭން ހަފްޒާ އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ.އެކަމާ އެއްބަސްވާން ނުކެރިފައި ހަފްޒާ ހުއްޓާ އިކުރާމް ހަފްޒާއަށް ގޮވާލިއެވެ.އެވަގުތު އިކުރާމާ ދިމާލަށް ބަލައިލުމަށްފަހު، ހަފްޒާ އޭނާއާ ދިމާލަށް ބަލަންހުރި އެންމެނަށް ނަޒަރު ހިންގާލިއެވެ. އެންމެން އެއްބަސްވުމުން އެކަމާ ދެކޮޅު ހަދާކަށް ހަފްޒާއަކަށް ނުކެރުނެވެ.އެހެންކަމުން ހިތާއި ދެކޮޅަށްވިއަސް ހަފްޒާވެސް އެއްބަސްވިއެވެ.
“ތިނިމުނީއޭ އެވަރުކަމެކޭ މީ….މިހާރު އާނިމް އަންނަން އުޅޭނެ ކަންނޭނގެ އެހެންވީމަ ހިނގާ މިފައިސާތައް އެންމެނަށް ބަހާލަން” އިކުރާމް ބުނެލިއެވެ. “އެންމެނަށްވެސް ހަމައަށް އިނގޭ ބަހާނީ” އިކުރާމް ފައިސާތައް ބަހަން އުޅެން ފެށުމުން ހައްމާދު ބުނެލިއެެވެ. “އަސްލު މި ހުރިހާ ޕްލޭންތަކެއް ކުރީ އަހަންނާ ޝަހާއާ…އެންމެ ބޮޑަށް ރިސްކުވެސް ވާނީ އަހަރެމެންނަށް އެހެންވީމަ ގިނަ ބައި ލިބެންޖެހޭނީ…” އިކުރާމް ބުނަން އުޅުނު ނަމަވެސް ޝަހާ އިކުރާމް ހުއްޓުވިއެވެ
“އޯކޭ ހަމައަށް ބަހާނީ އެއްވެސް މައްސަލައެއް ނޯންނާނެ” އެހެންބުނެ އިކުރާމްގެ އަތުގައި އޮތް ފައިސާތައް އަތުލުމަށްފަހު، އެންމެނަށް ބައި އަޅާލައި ހަމަހަމައަށް ޝަހާ ބަހާލިއެވެ.ޝަހާގެ އެއަމަލުތަކުން އިކުރާމް ހުރީ ހައިރާންވެ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.އެންމެންވެސް އެމީހަަކަށް ލިބުނު ބައި ނަގާ ގުނަމުންދިޔައެވެ. އެމީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.ނަމަވެސް ހަފްޒާ ފިޔަވައެވެ.އޭނާއަށް ހުރެވުނީ ހަދާނެގޮތް ހުސްވެފައެވެ.ކުރެވެމުން މިދަނީ ރަނގަޅުކަމެއްބާވައޭ ހިތަށްއަރާ ހާލުގައެވެ.ރުފިޔާ ލިބުމުން އެހެންމީހުންނާ ޚިލާފަށް ހަފްޒާ އެގުނާކަށް ނޫޅުނެވެ.ފައިސާ ގުނުމުގައި އަވަދިނެތި ހައްމާދުގެ އިތުރުން ނަދާއާ ރަފާ ތިއްބެވެ.އެތިންމީހުންވެސް ތިބީ ވަރަށް ހެވިލާފައެވެ.
“ޝަހާ ކީއްތަ ތިކުރީ؟….އަހަރެމެން ޕްލޭންކުރީ އަހަރެމެން ބޮޑުބައި ނަގާފަ އެމީހުންނަށް އޭގެން ކޮންމެވެސް ވަރެއް ދޭގޮތަކަށްނު؟’ ޝަހާގެ އަތުގައި ހިފާލުމަށްފަހު އޭނާގެ ކަންފަތްދޮށުގައި އިކުރާމް ބުނެލިއެވެ. “އިކޫ އެހެންބުނެފިނަމަ އަހަންނަށް ހަމަ ޔަގީން އެމީހުން އެގޮތަކަށް ގަބޫލުނުވާނެކަން…ކޮންމެ މީހަކުވެސް ބޭނުންވާނެ ބޮޑުބައި…އެހެންވެ އެއްބައި ރުފިޔާތައް ބަހައްޓާފައޭ އަހަރެން މިތަނަށް މިއައީ…ބަހައްޓާފަ އައިބައިވެސް އަހަރެމެންނަށް ލިބޭނެ” ޝަހާ ބުނެލިއެވެ. “ގަދަ އިނގޭ…ކުރިން ތިހެން ބުނިނަމަ….ސޯ މިބެހި ބައިވެސް އަދި ފޮރުވާފަ ހުރިބައިވެސް އަހަރެމެންނަށް ދޯ…ސަޅި އިނގޭ” އިކުރާމް ބުނެލީ ހިނިތުންވުމެއް ވެރިކުރުވުމަށްފަހު ސިއްރުންނެވެ.
އެންމެންވެސް އެމީހަކަށް ލިބުނު ފައިސާތައް ހިފައިގެން ކޮޓަރިތަކަށްވަނީ…އާނިމަށް ރުފިޔާ ނެތްކަން ފަޅާއަރަންދެން ކުރިންވެސް އުޅުނުގޮތަށް އުޅެން ޕްލޭންކޮށްގެނެވެ.ޝަހާ އޭނާގެ ކޮޓަރިއަށް ވަނުމަށްފަހު، އާނިމްގެ ފައިސާ ދަބަހުގައި ބާކީ ހުރި ފައިސާތައް ދަބަހާއެކު އިކުރާމަށް ދިނެވެ.
**********
ތިރީސް މިނެޓުފަހުން އާނިމް އައެވެ. “ހާދަ ލަސްވީ ބޭބީ؟” އާނިމް އައުމުން ޝަހާ ބުނެލިއެވެ. “އަަބަދަކު ބޭރަކަށް ނުނިކުމެވޭނެއެއްނު މިތާ އުޅޭއިރު….ސޯ ބޭރަށް ނިކުތްފަހަރު ހިތަށްއެރީ ތަންތަން ބަލާލަން….އިނގޭތަ ރަށުގެ ބިއްދަށް ފަޅީގަ އެބަހުރި ވަރަށް ސަޅި އެއްޗެހި ވިއްކާ ފިހާރައެއް….އަހަރުން މިރަށުގަ ހިނގިއިރު އެދިމާލަށް ނުދަމެއްނު އެހެންވެ މަށަށްވެސް މިއަދު އެތަން މިފެނުނީ….ޝަހާއަށް ވަރަށް ގުޅޭނެހެން ހީވާ ފަށްތަކަކާ އަދިވެސް ބައިވަރު ގަހަނާއާ އަންހެންކުދިންގެ އަންނައުނުތައްވެސް އެތާ އެބަހުރި…ހިތަށްއެރީ ބޭބީ ގޮވައިގެން ގޮއްސައޭ އެއްޗެހި ގަންނާނީ ބޭބީ ލައިކުވާ އެެއްޗެހި…ހިނގާ މިރޭ އެފިހާރައަށް ޖައްސާލަން” އާނިމް ބުނެލިއެވެ. “ހޫމް މިރެއެއްނު ދާނީ” ޝަހާ ބުނެލީ އާދައިގެ ރާގަކަށެވެ.
*************
ވަގުތުތައް ހިނގަމުންދިޔައެވެ.ހަވީރު ވަގުތުވުމުން އާނިމް ފާހަނައަށް ވަނެވެ.އާނިމް ފާހަނައަށް ވަތްތަން ބަލަން އިން ޝަހާ އަވަހަށް އިކުރާމްގެ ގާތަށް ދިޔައެވެ. “އާނިމް ފާހަަނައަށް ވަނުމުން މިއައީ…މިކަހަލަ ވަގުތެއްދޯ ލިބޭނީ ބައްދަލުވާން” ޝަހާ ބުނެލިއެވެ. “ރަނގަޅު ވަދޭ” އިކުރާމް ޝަހާއަށް ވަަންނަން ތަންދެއްކިއެވެ. “އަދިވެސް ފައިސާ ގުނުމުގަތަ؟” އެނދުމަތީގައި ހުރި ފައިސާތަކަށް ބަލައިލަމުން ޝަހާ އަހާލިއެވެ.
************
“ޝަހާ ތުވާލި ދިއްކޮށްލަބަލަ” ފާހަނައިގައި ހުރި އާނިމް ގޮވާލިއެެވެ.ނަމަވެސް ޝަހާގެ ޚަބަރެއް ނުވިއެވެ.އެހެންކަމުން ދެތިން ފަަހަރަކު ޝަހާއަށް އާނިމް ގޮވާލުމަށްފަހު، ފާހަނައިގެ ދޮރު ހުޅުވާލާ ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. “ޝަ….ކޮންތާކަށްބާ އެދިޔައީ؟” ކޮޓަރިތެރޭގައި ޝަހާ ފެންނަން ނެތުމުން އާނިމް އަމިއްލަ ނަފްސަށް ބުނެލިއެވެ.ކޮޓަރިތެރެއަށް ނިކުމެ ދޮރުގައި އަޅުވައިފައިވާ ތުވާލި ނެގުމަށްފަހު އާނިމް ފެން ހިއްކާލުމަށްފަހު، ރީތިވާން އާނިމް އުޅުނެވެ.
ގައިގައި ލޯޝަން ހާކަންހުރި އާނިމަށް ޝަހާގެ ފޯނު އެނދުމަތީގައި އޮތްތަން ފެނުނެވެ. “ފޯނުވެސް ބާއްވާފަ ކޮންތާކަށްބާ އެދިޔައީ..ފުރިޖުން އެއްޗެއް ގަންނަންބާ؟” އާނިމްގެ ހިތަށް އެހެން އެރުމުން ގައިގައި ލޯޝަން ލުމަށްފަހު، އޭނާގެ ވޮލެޓުނަގާ ހުޅުވާލިއެވެ.ވޮލެޓުގައި ކާޑުވެސް އޮތުމާއެކު ޝަހާ ދިޔަ ތަނަކާމެދު އާނިމްގެ ހިތުގައި ސުވާލު އުފެދުނެވެ.
އަންނައުނުލުމަށްފަހު. ބޮލުގައި ފުނާއަޅަން އާނިމް އުޅުނެވެ.ބޮލުގައި އަޅާ ފުނާ ފެންނަން ނެތުމުން އެ ހޯދަން މުޅި ކޮޓަރިތެރެ ބަލަން އޭނާ ފެށިއެވެ.ހުރިހާ ތަނެއް ބަލަމުންދިޔަ އާނިމަށް، އޭނާގެ ރުފިޔާ ދަބަސް ހުރި ތަނުގައި އެދަބަސް ނެތްކަން ފާހަގަވިއެވެ.އެއާއެކު ވަގުތުކޮޅަކަށް އޭނާ ހުއްޓުން އެރިއެވެ
.ޝަހާއާ އެކު ރުފިޔާ ދަބަސް ގެެއްލުމާއެކު އެކިއެކި އެެއްޗެހި އާނިމްގެ ހިތަށްއަރަން ފެށިއެވެ. “އަނެއްކާ ޝަހާ އެދިޔައީ ރުފިޔާ ދަބަސް ހިފައިގެންތަ؟…އަހަރެން ގާތު ނާހާ އެގޮތަށް ރުފިޔާ ދަބަސް އޭނާ ގެންދިއުމުގެ ބޭނުމަކީ ކޮބާ؟…އޭނާ ބުނިއެއްޗެއް އަހަރެން އެބަ ހޯދަދެން” މިފަދަ އެތަކެއް އެއްޗިއްސެއް އާނިމްގެ ހިތަށް އަަރަމުންދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





