Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

މަދަދުވެރިޔާ (22)

lamhus Level 910 Stories100 Login500 Login100 Stories100 Comments
November 1, 2022 3 Mins Read
0 Comments

ޚަދީޖާއާ ވާހަކަދައްކާލުމަށްފަހު، ޝައިނާ އޭނާ ދިރިއުޅޭ އެޕާޓުމަންޓަށް ދާން ނިކުތެވެ.

“އަދި އަންނައްޗެ އިނގޭ ކޮއްކޯ…ދެން މި ރަހުމަތްތެރިވީއޭ” ދޮރުމަތީގައި ހުރި ޝައިނާއަށް ޚަދީޖާ ބުނެލީ ހިނިތުންވުމަކާއިއެކުގައެވެ.ޚަދީޖާގެ އެބަހަށް ޝައިނާ ބޯޖަހާލުމާއެކު ޚަދީޖާ އެޕާޓުމަންޓުގެ ދޮރުޖަހާލިއެވެ.

ޝައިނާ މަޑުމަޑުން ސިޑިން ތިރިއަށް ފައިބަމުންދިޔައެވެ.އޭނާގެ ބޮލުތެރޭގައިވަނީ އާނިމާއި ވާހަކަދައްކާނެ ގޮތެކެވެ.އާނިމަށް ވިސްނައިދެވޭތޯ ބަލާނަންކަމުގައި ޚަދީޖާ ގާތު ވައުދުވެފައިވާތީ، އެވައުދުފުއްދަން ޝައިނާ ބޭނުމެވެ.އާނިމާ ވާހަކަދައްކަން އޭނާއަށް ކެރޭނެބާވައޭ ނުވަތަ އާނިމް އޭނާގެ ނަސޭހަތް އަޑުއަހާނެބާވައޭ ޝައިނާގެ ހިތަށްއަރަމުންދިޔައެވެ.މިފަދަ އެތައް ސުވާލުތަކަކުން ޝައިނާގެ ސިކުނޑި ފުރާލިއެވެ.

**************

ހަތަރުދުވަސް އާނިމުމެން ނިންމާލީ މަޖާނެގުމަށްފަހުގައެވެ. “އެބައަންނަން ފިހާރައަކަށް ގޮސްލާފަ” ކޮޓަރީގައި އިން ޝަހާއަށް އާނިމް ބުނެލިއެވެ. “ހޫމް އަވަހަށް އަންނައްޗެ” ޝަހާ ބުނެލިއެވެ. އާނިމް ކޮޓަރިން ނިކުންނަތަން ބަލަންއިނުމަށްފަހު، އާނިމް ނިކުތުމުން އަވަހަށް ފޯނުނަގާ އިކުރާމަށް ގުޅާލިއެވެ. “އަހަރެންވެސް އާނިމް ނިކުތްތަން ފެނިގެން ޝަހާއަށް ގުޅަން އުޅެނިކޮށް ތިގުޅީ” ފޯނު ނެގުމަށްފަހު އިކުރާމް ވާހަކަދައްކަން ފެށިއެވެ. “އޭނަ އެދިޔައީ ފިހާރައަކަށް ވަރަށް އަވަހަށް އަންނާނެހެން ހީވަނީ” ޝަހާ ބުނެލިއެވެ. “އެހެންތަ؟…އެހެންވީއިރު ނިކަން އަވަހަށް މިކޮޓަރިއަށް އައިސްބަލަ…އަވަސްކުރައްޗޭ” އިކުރާމްގެ އެބަހަށް ޝަހާ އަވަހަށް އެކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެެވެ.

“ކިހިނެއްތަވީ؟…އާނިމް އައިސްސަ އަހަރެން ނުފެނިއްޖެޔާ ކީކޭތަ ބުނާނީ؟” އިކުރާމްގެ ކޮޓަރިއަށް ވަތްގޮތަށް ދޮރުލައްޕާލަމުން ޝަހާ ބުނެލީ ހާސްކަންމަތީގައެވެ “ޝަހާގެ ލޯބިވެރިއަކީ އަހަރެން..އެއާނިމެއް ނޫން…އޭނަދެކެ ބިރުގަނެގެން ނުވަތަ ހާސްވެގެން އުޅޭކަށް ޝަހާއަކަށް ނުޖެހޭނެ…އަހަރެން މިތަނަށް ޝަހާ މިގެނައީވެސް އެވާހަކަދައްކަން…މިހާރު ވާވަަރަށް އޭނާއާއެކު އުޅެވިއްޖެއެއްނު ދެން އޭނަ ދޫކޮށްލާ” އިކުރާމް ބުނެލިއެވެ

“ކުއްލިއަކަށް އޭނައާ ވަކިވީމަ ކިހިނެއްތަ ވާނީ؟…އޭނަ ސުވާލުކޮށްފިއްޔާ ޝަހާ ކީކޭތަ ބުނާނީ؟” ޝަހާ އަހާލިއެވެ. “ހާދަ ސުވާލެކޭދޯ…އަހަންނަށް ހީވަނީ ޝަހާ އޭނަ ދޫކުރަން ބޭނުންނުވާހެން..ނޫނީ އޭނަދެކެ އަނެއްކާ ޝަހާ ލޯބިވަނީތަ؟” އިކުރާމް އަހާލީ ހިތްހަމަނުޖެހި ހުރެއެވެ. “ނޫނެކޭ…ޝަހާ ލޯބިވަނީ އިކޫ ދެކެއޭ…އެހެންނޫންނަމަ ޝަހާ އިކޫއާ ޓޯކެއް ނުކުރާނެއެއްނޫންތަ؟…އެކަމަކު ވަރަށް މޮޔަކަމަކަށްނު ވާނީ ޓަސްލާފަ އެހެން ހެދީމަ” ޝަހާ ބުނެލީ އިކުރާމަށް ވިސްނައިދިނުމުގެ ގޮތުންނެވެ.

“ޝަހާ އޭނައާއެކު މަޖާނެގިއަސް އަހަރެން މިއިންނަންޖެހެނީ ވާވެފަ…އަހަންނަކަށް ދެން ކެތެއްނުވާނެ…އަހަންނަށް ޝަހާއާއެކު ވަގުތުކޮޅެއްވެސް ހިތްހަމަޖެހޭވަރަށް ހޭދަކޮށްނުލެވޭ…މިއުޅެންޖެހެނީ މިހެން ވަގަށް ފިލައިގެން…އަހަންނަށް ދެން ވަރިހަމަ އޭނައަށް އަހަރެމެންގެ ގުޅުން އެނގުނަސް” އިކުރާމް ބުނެލިއެެވެ.

“އަހަރެން އާނިމާ ގުޅުނީވެސް އިކޫ ބުނެގެން އަހަރެން ބޭނުންވެގެންނޫން…އެހެންވީމަ އޭނައާ ދުރުވާކަށް އަހަންނަށް އެއީ އެއްވެސްކަމެއްނޫން..އެކަމަކު އާނިމަކީ ވަރަށް ރުޅިގަދަމީހެއް…އަހަރެމެންގެ ހަގީގަތް އެނގޭއިރަށް ބޮޑު ތަޅާފޮޅުމަކަށްދާނީ އަހަންނަށް ހަމަ ޔަގީން….އޭނަ މާރަމާރީ ހިންގައިފިއްޔާ ހަމަގައިމުވެސް ގަދަވާނީ އެ ބިޔަ އާނިމް…އަހަރެމެން ހިކިހޯލިތަކެއްފަދަ ބަޔަކު އާނިމްގެ ކުރިމަތީގަ އެއްވެސް އެއްޗަކަށް ނުވާނެ” ޝަހާ ބުނެލިއެވެ.

“އެހެންވެގެން އަހަރެން ވަރަށް މޮޅު ޕްލޭނެއް ކޮށްފިން…އެއީ އާނިމުގެ ހުރިހާ ފައިސާކޮޅެއް ވަގަށް ނަގަން” އިކުރާމް ބުނެލިއެވެ. “އެހެން ހެދީމަ އޭނަ ހައްތަހާ ރުޅިއެެއްނު އަންނާނީ…އަނެއްކާ މިތާ އަހަރެމެންނޫން އިތުރުބައެއްވެސް ތިބީކީނޫން އެހެންވީމަ އޭނައަށް ހަމަ ރަނގަޅަށްވެސް އިނގޭނެ އެނަގާނީ އަހަރެމެންގެ ތެރެއިން މީހެއްކަން….މިތާކު މިހާރަކު ޝޯދޭ ގުރޫފެއްވެސް ނަށާ ގުރޫފެއްވެސް ނެތް…އިއްޔެވިއްޔަ އެމީހުންވެސް އެދިޔައީ އެހެންނޫންނަމައެެއްނު އެމީހުންގެ މީހެއްގެ ބޮލަށްވެސް މިކަން ބިންދާލެވޭނީ” ޝަހާ ބުނެލިއެވެ.

“މަޑުކޮށްބަލަ އަހަރެންގެ ވާހަކަ ނިމެންދެން…އާނ އަހަންނަށްވެސް އިނގެޔޭ އޭނައަށްވެސް އެވަރު އިނގޭނެކަން…މިތާ އިތުރުބަޔަކު ތިބީކީނޫން ވިއްޔާ..އަހަރެން ނޫޅެމޭ ހަވާލުނުވާކަށް…އޭނަ ފައިސާ ކޮބާހޭ އަހާފިއްޔާ އެފައިސާތައް ނެގިކަމަށް އަހަރެން ހަވާލުވާނަމޭ ..އޭރަށް އޭނަ އަންނާނީ މަ ގައިގައި ޖަހާކަށްނު…އަހަރެން ޕްލޭންކުރީ ހައްމާދުމެންވެސް އަހަރެމެންގެ ކޮޅަށް އަނބުރާލަން…އޭރަށް އާނިމް އެކަންޏަށް އެއްވެސް ކަމެއް ނުކުރެވޭނެ..އެެންމެން އޭނައާ ދެކޮޅުވީމަ” އިކުރާމް ބުނެލިއެވެ.

“ތީ ހާދަ ރިސްކު ކަމެކޭ…އަނެއްކޮޅުން ކިހިނެއް ހައްމާދުމެން އަހަރެމެންގެ ކޮޅަށް އަނބުރާލާނީވެސް؟” ޝަހާ އަހާލިއެވެ.

“ރުފިޔާ ކޮޅެއް ދީގެން…ރުފިޔާ ދިނީމަ ދެކޮޅުހަަދާކަށް އެެއްވެސްމީހަކަށް ނުކެރޭނެ..އެހެންވެގެން އާނިމްގެ ފައިސާތައް ވަގަށްނަގާ ވާހަކަމިބުނީ..އޭގެން ރުފިޔާކޮޅެއް އެމީހުންނަށް ދީފަ ބާކީބައި އަހަރެމެން ބޭނުންކުރަން ލިބޭނެ…އަނެއްހެން ބުނާނަމަ އެމީހުން މިހާރުވެސް ތިބީ އަހަރެމެންގެ ކޮޅަށް…މިހެން މިބުނީ ހައްމާދުމެންނަށްވެސް އިނގޭވިއްޔާ އަހަރެެމެންގެ ގުޅުން އެކަމަކު އެމީހުން އާނިމްގެ ގާތު އެވާހަކައެއް ނުބުނެއެއްނު…އެއީ އެމީހުންގެ އަސްލު ރަހުމަތްތެރިއަކީ އަހަރެން…އާނިމް އެއީ އަހަރެމެން ފެލަން ގެންގުޅޭ ގޮލައެއް” އިކުރާމް ބުނެލީ ނުލަފާ ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވަމުންނެވެ.

“އެހެންވީމަ އަހަރެން އެންމެނަށް މިގުޅަނީ މިތަނަށް…އެންމެންނާ މިވާހަކަދައްކާފަ..އާނިމް އައުމުގެ ކުރިއަށް ފައިސާތައް ވަގަށް ނަގަން…އަނެއްކާ އޭނަ ދިޔައީ ފައިސާތައް ހިފައިގެންތަ؟” އިކުރާމް އަހާލިއެވެ. “ނޫން ފައިސާތައް އެބަހުރި….ކާޑު ހިފައިގެން ދިޔައީ” ޝަހާ ބުނެލިއެވެ.

އިކުރާމް އެންމެނަށް ގުޅާ އެމީހުންތިބި ކޮޓަރިއަށް ގެނުވިއެވެ. “ކިހިނެއްވީ އެންމެންތަ އެއްކޮށްގެން؟…ކޮބާ އާނިމް؟” އެންމެން ހަމަވުމުން ހައްމާދު އަހާލިއެވެ.އިކުރާމާ ޝަހާ އެމީހުންގެ ރޭވުންތައް އެންމެނަށް ކިޔައިދިނެވެ.”ދެން އަހަރެމެން ކީއްތަ ކުރަންވީ؟” ހައްމާދު އަހާލީ ކުރަންޖެހޭ ކަންތައް ނޭނގުމުންނެވެ. “އާނިމަށް ހުރިހާ ކަމެއް އެނގިއްޖެނަމަ އޭނަ ވަރަށް ހާޑުވާނެ..އޭނަ އަހަރުމެންނާ ދިމާލަށް އަންނާނެ އެއީ ހަމަ ޔަގީންކަމެއް…އެހެންވެ އަހަރެމެން ބޭނުންވަނީ އެންމެންވެސް އާނިމާ ދެކޮޅުވާން..އޭނަ އަނިޔާކުރަން އައިސްފިނަމަ އަހަރެމެން އެންމެން އެކަތިގަނޑަކަށްވެ އޭނައަށް ހޭއަރުވާލަން…އެންމެން އޭނައާ ދެކޮޅުވީމަ އޭނަ ބަލިވާނެ” އިކުރާމް އެންމެނަށް ކިޔައިދިނެވެ.

“އެކަމަކު އޭނަ އަހަރެމެން ބުނާކަމެއް ކޮށްދެއެއްނު….އަނެއްކޮޅުން ގިނަ ޚަރަދު މިހާރުވެސް ކުރަނީ އޭނައެއްނު” ރަފާ ބުނެލިއެވެ. “ތިދެމީހުންގެ ގުޅުން އަހަރެމެންނަށް އިނގޭއިރުވެސް އަހަރެމެން އާނިމް ކައިރި ނުބުނަން…އަސްލު މަ ބައެއްފަހަރު ވަރަށް ކަޑަވެސްވޭ އޭނަ ޝަހާދެކެ ވާލޯބި ފެނިފަ” ހައްމާދު ބުނެލިއެވެ.

“ދޭބަލަ އާނިމްގެ ފައިސާތައް ހިފައިގެން އަންނަން…މިމީހުންނަށް އަނގަބަހުން ކިޔައިދީގެން އެއްބަހެއް ނުކުރެވޭނެ…ފައިސާތައް ފެނިއްޖެނަމަ ފަހަރެއްގަ އެެއްބަސްވެދާނެ ކަންނޭނގެ” އިކުރާމް ވަރަށް ވާހަކަދެއްކިނަމަވެސް އެއްވެސް މީހަކު އެކަމަށް އެއްބަސް ނުވުމުން ޝަހާގެ ކަންފަތްދޮށުގައި ސިއްރުން އިކުރާމް ބުނެލިއެވެ. އިކުރާމްގެ ބަހަށް އާނިމްގެ ފައިސާތައް ހިފައިގެން ޝަހާ އައެވެ.

“ބުނެބަލަ އަދިވެސް އެއްބަސް ނުވާނަންތަ؟….މިހާ ބައިވަރު ފައިސާއެއް އަހަރެމެންނަށް ލިބޭނެތަ؟…އުމުރުދުވަހު މަސައްކަތް ކުރިއަސް މިވަރެއް ނުލިބޭނެ…މިކަހަލަ ފުރުސަތެއް އަބަދަކު ނުލިބޭނެ…ލިބޭ ފަހަރު ވާނީ އޭގެ ބޭނުންކުރަން….މިހާ ގިނަ ފައިސާއަށް ފުރަގަސް ޖަހާނީ މޮޔައިން….މިފައިސާއިން ކިހާ މަޖަލެއް ކުރެވޭނެތަ؟” އެންމެނަށް ފައިސާތައް ދައްކާލަމުން އިކުރާމް ބުނެލީ އެމީހުން އެއްބަސް ކުރުމުގެ ނިޔަތުގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

މައާފު އެދެމޭ… (ފުރަތަމަ ބައި)

Next

ޙާލަތު (ސޯޅަވަނަ ބައި)

Next
November 1, 2022

ޙާލަތު (ސޯޅަވަނަ ބައި)

Previews
November 1, 2022

މައާފު އެދެމޭ… (ފުރަތަމަ ބައި)



All Right Reserved!