Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 37

BONDAY Level 210 Stories
October 3, 2015 4 Mins Read
24 Comments

ދެދުވަސް ފާއިތުވެގެން ދިޔައިރުވެސް ފާޒިންގެ އެއްވެސް ހަބަރެއް ނުލިބެއެވެ. އޭރު ގެއްލިފައިވާ ދެމީހުންވެސް ދިރިތިއްބާ ސަލާމަތް ކުރެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތް ވާހަކަ މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ޓީމުގެ އިސް ކޮމާންޑަރ ހަވާލާދީ ހުރިހާ ޗެނަލް ނިއުސް ތަކުންވެސް ވަނީ ބުނެފައެވެ . ނަމަވެސް އޭރުވެސް ގެއްލިފައިވާ މީހުންގެ ހޯދުމުގެ މަސެއްކަތް ހުއްޓާނުލައި ކުރިއަށް ގެންދެއެވެ. ފަޒީލްމެން ރާއްޖެއައީ ފާޒިން ގެއްލުނުތާ ހަފްތާއެއް ފަހުންނެވެ. ކޮޑުގައި ކުޑަ ދަބަހެއް އަޅުވާލައިގެން ގެއަށް ވަތް ފައިހާ ފެނުމުން ސިޓިންގްރޫމްގައި އިން ވަދީފާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އޮހިގަތީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަމުން ވަދީފާ ގޮސް ފައިހާގެ ގައިގައި ބައްދާލިއެވެ. އެވަގުތު ގެއަށް ވަދެގެންއައި އާމިރުމެން ފެނުމުން ވަދީފާގެ ލޮލުން އަނެއްކާވެސް ކަރުނަ އޮހިގަތެވެ.

” މަންމާ…! ” ފަޒީލް ވަދީފާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. ފަޒީލް ގައިގައި ބައްދާލުމުން ވަދީފާ ރޯންފެށުމުން ކައިރީގައި ތިބި ފައިހާއާއި ސިފާވެސް ފެށީ ރޯށެވެ. ފަޒީލް ވަރަށް ހިތްވަރުކޮއްގެން ހުރިނަމަވެސް އޭނަގެ ލޮލުންވެސް ކަރުނަ އޮހެންފެށީ ހިތަށް ކޮއްފައިވާ އަސަރެއްގެ ބޮޑުކަމުންނެވެ.

” ކޮބާ މައިޝާ…؟ ގޮވާލަބަލަ މައިޝާއަށް.. ” އާމިރުގޮސް ގޮނޑިސެޓުގައި އިށީންނަމުން ބުނެލިއެވެ. އާމިރު އެހެންބުނުމުން ފަޒީލް ބަލާލީ ފައިހާގެ ގައިގައި ހިފަހައްޓާލައިގެން ހުރި ސިފާއަށެވެ.

” ދަރިފުޅާ ގޮސް ތިއްތިބޭ ދައްތަ ކައިރީގައި ބުނެބަލަ ކާފަ ބުންޏޭ އައިސް ބަލާށޭ… ” ސިފާ ފައިހާގެ އަތުގައި ހިފައިގެން އައިސް ގޮނޑި ސެޓުގައި ބައިންދާފައި ދިޔައީ އާމިރުމެންނަށް ބޯނެ ކޮންމެވެސް އެއްޗެއް ބަލައެވެ. އޭރުވެސް އާމިރުގެ ކޮނޑުގައި ބޯއަޅާލައިގެން އިނދެ ވަދީފާ ދިޔައީ ރޮމުންނެވެ.

” ތިއްތިބޭ ދައްތާ…؟ ދޮރުހުޅުވަބަލަ މާލް ވަންނަން…! ” މުއްކަވާފައި ދޮރުގައި ޖަހަމުން މާލް ގޮވާލިއެވެ. ދޮރުގައި ޖެހިއަޑަށް ސިހިފައި މައިޝާއަށް ހޭލެވުނެވެ. އަތުން އެދިގުފަން އިސްތަށިގަނޑު ރީތިކޮއްލަމުން މައިޝާ އެނދުންތެދުވިއެވެ. އެވަގުތު މާލް ގޮވާލި އަޑުއިވުމުން މައިޝާ އަވަހަށްގޮސް ދޮރުހުޅުވާލާފައި ސިޓިންގްރޫމްތެރެ ބަލާލެވުނީ ފާޒިން ފެންނާނެ ކަމަށެވެ.

” ތިއްތިބޭދައްތާ..! މަންމަ ބުނި ތިއްތިބޭދައްތަ އައިސް ބަލާށޭ…! ” މާލްގެ ގައިގައި މައިޝާ ބައްދާލި އިރު މައިޝާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ނަމަވެސް ހިތްވަރު ކޮއްލާފައި ދެލޯ ފުހެލަމުން ތިރިއަށް ފައިބަން ހިނގައިގަތީ ހިތާމައިން ފުރިފައިވާ ހިތަކާއެކުއެވެ.

ސިޑިން ފައިބައިގެން އައި މައިޝާ ފެނުމުން އާމިރުއަށް ބޭއިހްތިޔާރުގައި ކޮޅަށް ތެދުވުނެވެ. އެރީތި ދެލޯވަނީ ގިނައިން ރުއިމުގެ ސަބަބުން ދުޅަވެ ރަތްވެފައެވެ. އެމޫނު ފެންނައިރު ދުވަހަކުވެސް އުފަލެއް ލިބިފައިވާ މީހެއް ހެނެއް ހިޔެއް ނުވެއެވެ. މުޅި މީހާވަނީ އެދެތިން ދުވަސް ތެރޭގައި ހިކިއަނަރޫފަވެފައެވެ. މައިޝާއަށް އާމިރު ފެނުމުން އެވަރަށް ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމް ދޫކޮއް ކޯތާފަތްމައްޗައް ފައިބައިގަތެވެ. އާމިރުގެ އަތުގައި ބެންޑޭޖް ކޮއްފައި ހުރިއިރު މޫނުގެ ބައެއް ތަންތަންވެސް ވަނީ ކުޑަކޮއްހަލާކުވެފައެވެ.

” ދަރިފުޅާ..! ބައްޕަޔަށް މާފްކުރޭ..! ބައްޕަގެ ކުރިމަތީގައި ހުރިހާ ކަމެއް ހިނގާދިޔައީވެސް…! އެކަމަކު މިބައްޕަޔަށް އެދަރިފުޅު ސަލާމަތް ކުރަން އެއްކަމެއެއްވެސް ނުކުރެވުނު…! ބައްޕަޔަށް މާފްކުރޭ..! ” އާމިރުގެ އެޖުމުލައާއެކު އެންމެން ރޮއްވާލިއެވެ. އާމިރުއަށް މައިޝާ ގެނެސް ގައިގައި ލައްކޮއްލެވުނީ މައިޝާގެ ހިތައް ކުރާނެ އަސަރު ވަޒަންކޮއްލެވުމުންނެވެ. ފަޒީލް ވަރަށް ހިތްވަރުން ނުރޮއި އިނެވެ. އެންމެން ރޯންފެށުމުން މާލްވެސް އައިސް ފަޒީލްގެ އުނގަށް އަރާއިނީ ބިރުންނެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ފާޒިން މަރުވިތާ މަސްދުވަސްވާން ކައިރިވިއިރު ކޮންމެވެސް ވަރަކަށް އެންމެންވެސް ދިޔައީ ހަމައަކަށް އެޅެމުންނެވެ. މައިޝާ ކުޑަކޮއް ބޭރަށް ނިކުމެ އުޅުނަސް މާގިނައިންނެއް ވާހަކަ ދައްކައެއް ނުހަދައެވެ. ގިނަ ވަގުތު ކޮޓަރީގައި އިނދެ ރުއިން ނޫންކަމެއް ނުކުރެއެވެ. އެކަމާ މުނީރާވެސް ވަރަށް ނަސޭހަތްދީ ހަދައެވެ.

ހެނދުނު ނިދާހޭލި އިރުވެސް މައިޝާގެ ބޮލުގައި ވަރަށް ގަދަޔަށް ރިއްސަމުންދިޔައެވެ. ނަމަވެސް ހިތްވަރު ކޮއްލާފައި ތެދުވެ ފާހާނައަށް ވަދެލާފައި ބަދިގެއަށް ދިޔައީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރާށެވެ. މައިޝާގޮސް ބަދިގެއަށް ވަތްއިރު ސިފާ ރޮށިފިހަން ހުއްޓެވެ. ފަޑުހިނިތުންވުމެއް ގެނުވަމުން މައިޝާގޮސް ރޮށިފިހަން ފެށީ ކުރާނެ އިތުރު ކަމެއް ނެތުމުންނެވެ. ދެންމެ ދެންމެ ވެއްޓިދާނެހެން ހީވިޔަސް ހިތްވަރުކޮއްލައިގެން ހުރީ ދަމާފައި ހުރި ރޮށިކޮޅު ފިހެލާފައި ދާންވެގެނެވެ. މާގިނައިރިތަކެއް ނުވެ ފަޒީލްވެސް އައިސް ކާމޭޒު ދަށުގައި އިށީނެވެ. ފަޒީލުގެ ފަހަތުންކަހަލަ ގޮތަކަށް އާމިރުއާއި ވަދީފާ އައިސް ބަދިގެއަށް ވަނެވެ. ރޮށިފިހަން ހުރި މައިޝާ ބަލައިލުމުން އާމިރު ހިނިތުންވެލިއެވެ. އެންމެ ފަހުން އޮތްރޮށި ފިހެލާފައި ރޮށިލާ ތައްޓައް ލާފައި ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ ބޮލަށް އަރަމުންދިޔަ އެނބުރުން ތަކުގެ ސަބަބުން އޮށޯވެލާށެވެ. ސިޑިއާއި ދިމާލަށް ގޮސްގޮސް ހުރި މައިޝާ ވެއްޓުނު ތަން ސައިބޯންއިން ފަޒީލަށް ފެނުމުން ފަޒީލް ތެދުވެގެން މައިޝާއާއި ދިމާލަށް ދުއްވައިގަތެވެ. އާމިރުއަށްވެސް އެމަންޒަރު ފެނުމުން ފަޒީލްގެ ފަހަތުންކަހަލަ ގޮތަކަށް ދުއްވައިގަތެވެ. އޭރު މައިޝާ ވެއްޓި ޖެހުނުގޮތުން ނިތްކުރިން ފަޅައިގެން ގޮސްފައި ހުރިތަނުން ލޭފައިބަމުން ދިޔައެވެ.

” ދަރިފުޅާ އަވަހަށް އެންބިއުލާންސްއަށް ގުޅާ…! ” ވަދީފާވެސް އައިސް މައިޝާ ކައިރީގައި އިށީންނަމުން އެދިމާލަށް އައި ސިފާއަށް ބަލާލަމުން ބުނެލިއެވެ.

” ކާރުގައި ގެންދަންވީނު…! ކާރު އޮންނާނީވެސް ބޭރުގައި…! ” އާމިރު ތަޅުދަނޑި ހިފައިގެން ނިކުންނާން ހިނގައިގަތެވެ. ފަޒީލް ލުއިލުއި ފަތްކޮޅެއް ހެން މައިޝާގެ ހަށިގަނޑު އުފުލާލައިގެން އާމިރުގެ ފަހަތުން ނިކުންނާން ހިނގައިގަތެވެ. ވަދީފާވެސް މުނީރާ ކައިރީގައި އެވާހަކަ ބުނުމަށް ސިފާ ކައިރީގައި ބުނެފައި އަވަސް އަވަހަށް ފަޒީލްގެ ފަހަތުން ނިކުތެވެ.

” ކޮންގުރޭޗްލޭޝަން…! ޔުއާރ ޑޯޓާރ އިސް ޕުރެގުނެންޓް…” ޑރ. ސަނާޔާ މައިޝާގެ ރިޕޯޓު ބަލާލާފައި ޑޮކްޓަރ މޭޒުގެ ކުރިމަތީގައި ހުރި ގޮނޑީގައި އިން ވަދީފާއާއި ސަލާމް ކޮއްލަމުން ޑޮކްޓަރު ބުނެލިއެވެ. އެވަގުތު ވަދީފާގެ ހިތް އުފަލުން ނަށައިގަތް ކަހަލައެވެ. އަވަސް އަވަހަށް ޑޮކްޓަރގެ ކޮޓަރިން ނިކުމެގެން މައިޝާ އޮތް ކޮޓަރިއާއި ދިމާލަށް ހިނގައިގަތްއިރު ވަދީފާގެ ލޮލުގައި ވިދަ ވިދާ ހުރީ އުފާވެރިކަމުގެ ކަރުނައެވެ. ﷲ ގެ ކުޅަދުންވަންތަކަން ދެކިބަލާށެވެ. އެއްދަރިއަކު ގެންދެވިއިރު އަނެއްދަރިއަކު ދެއްވީއެވެ.

ވަދީފާގޮސް މައިޝާ އޮތް ކޮޓަރިއަށް ވަތް އިރު މައިޝާ އޮތީ ބޯއަނބުރާ ވަރުން ލޯމަރައިގެންނެވެ. ވަދީފާ މައިޝާގެ ބޮލުގައި ފިރުމާލުމުން މައިޝާ ލޯހުޅުވާލިއެވެ.

” މަންމާ…! އަހަރެންނަށް ކިހިނެއްތަ މިވަނީ…؟ ” މައިޝާ ބޮލުގައި އެއްއަތުން ހިފަހައްޓާލަމުން ބުނެލިއެވެ. މީގެ ކުރިން ދުވަހަކުވެސް އެހާގަދައަކަށް މައިޝާ ބޯ އަނބުރާފައެއްނެތެވެ. ވަދީފާ ހިނިތުންވެފައި ހުރިތަން ފެނުމުން މައިޝާ ހަގީގަތުގައި ވަރަށް ދެރަވިއެވެ. މައިޝާ ބަލިވުމުން މިއަދު ވަދީފާ އުފާވަނީ ފާޒިން ދުނިޔޭގައި ނެތުމުން ހެއްޔެވެ؟.

” ދަރިފުޅާ..! ދަރިފުޅު މަންމައަކަށް ވަނީ…! މަންމަ ވަރަށް އުފާވެއްޖެ މިއަދު…! ” މައިޝާއަށް އޭނަގެ ބަނޑުގައި އަތް ހާކާލެވުނީ ހިތަށް ލިބުނު އުފަލެއްގެ ސަބަބުންނެވެ. ވަދީފާ މައިޝާގެ ގައިގައި ބައްދާލިއިރު މައިޝާގެ ލޮލަށް ޖަމާވި ކަރުނަތައް އޭގެ މަގާމް ދޫކޮއްލާފައި ފައިބައިގެންފިއެވެ. އެވަގުތު އާމިރުއާއި ފާޒިން އައިސް ރޫމްތެރެއަށް ވަނެވެ.

” އަހަނ.. އަނެއްކާ ކިހިނެއް ވެގެން މާހެވިފައި ތިތިބީ…؟ ” ވަދީފާއާއި މައިޝާގެ މޫނުމަތީގައިވީ އުފާވެރިކަން ފެނި އާމިރުއަށް އަހާލެވުނެވެ.

” އާމިރުއަށް އަނެއްކާވެސް ކާފަ ދަރިއަކު ލިބެނީނު…! ” ވަދީފާ މައިޝާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. މައިޝާ ކުޑަކޮއް ލަދުވެސް ގަތެވެ.

” އަސްލުވެސްތަ…؟ ކޮއްކޮ ހުރިނަމަ ހާދަ އުފާވާނޭ…! ” ފަޒީލްވެސް ވީއުފަލެއްގެ ބޮޑުކަމުން ބުނެލެވުނެވެ. އެވަގުތު މައިޝާގެ މޫނުމަތީގައި ހުރި ހިނިތުންވުން ފިލާ ހިތާމައަށް ބަދަލްވެގެން ދިޔައެވެ. ފަޒީލަށް ބުނެވުނު އެއްޗާމެދު ވިސްނާލެވުނީ ދެނެވެ.

” ދަރިފުޅު މިވަގުތު ޖެހޭނެ ވަރަށް ހިތްވަރުކުރަން… ދަރިފުޅުގެ ބަނޑުގައި ތިއޮތީ ފާޒިންގެ ހަމައެކަނި ނިޝާން…! ފާޒިން ނެތަސް އަނެއްކާވެސް އަހަރުމެންނަށް ލިބެންތިއުޅެނީ ހަމަ ކުޑަކުޑަ ފާޒިންއެއް…! ދެން އެކަމާ ހިތާމަކޮއް ރޮއި ހެދުމުން ދަރިފުޅުގެ ބަނޑުގައި ތިއޮތް ދަރިފުޅަށް އިތުރު ގެއްލުމެއްނޫނީ ނުވާނެ…! ބައްޕަކައިރީގައި ވައުދުވޭ މީގެ ފަހުން ދަރިފުޅުގެ ބަނޑުގައި ތިއޮތް ކުޑަކުޑަ ދަރިފުޅަށް ގެއްލުންވާ ކަހަލަ އެއްވެސް ކަމެއް ނުކުރާނެ ކަމަށް…! ” އާމިރު ވާހަކަ ދައްކަމުން މައިޝާގެ ލޮލުން ފޭބި ކަރުނަތަށް ފޮހެލައިދިނެވެ. މައިޝާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން ބޯޖަހާލިއެވެ. މާގިނަ އިރުތަކެއް ނުވަނީސް މުނީރާމެންވެސް މައިޝާ ބާއްވާފައި އޮތް ރޫމަށް އައިސް ވަނެވެ. އެހަބަރު ލިބުމުން އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހިނިތުންވުމެވެ. ނަމަވެސް ފާޒިންގެ ހަނދާނުގައި މައިޝާގެ ހިތް މުޅިއުމުރަށް ރޯނެއެވެ. އެހަދާންތައް ދުވަހަކުވެސް ހިތަކުން ނުފިލާނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 18

Next

ހިޖުރަ (ބައްތިރީސްވަނަ ބައި)

Next
October 3, 2015

ހިޖުރަ (ބައްތިރީސްވަނަ ބައި)

Previews
October 3, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 18

24 Comments!

  1. ihthu says:
    October 3, 2015 at 2:18 pm

    mi vaahaka hurihaa kiyun therin nah ves kamudhiya kamah unmeedhu kuran…

  2. fathima says:
    October 3, 2015 at 2:38 pm

    Faazin maisha vihaa dhuvaha genehsa ninmaalinama varah reethivees

  3. Princess Noddy says:
    October 3, 2015 at 2:40 pm

    Nimuny tha..???????? Faazin genai nama mi vaahaka furihama vys.

  4. maani says:
    October 3, 2015 at 3:26 pm

    Vaahaka nimuneetha?

  5. shiha says:
    October 3, 2015 at 3:27 pm

    Ahchydi hyves nukuraahaa hadi nimun… fazin genai nama salhi vys…

  6. Neee says:
    October 3, 2015 at 3:37 pm

    Avas aruvaalaafa nimmaly dho … Nimun reehcheh noon…mulhi vahaka hadi vee nimmali gothun…

  7. dark princess says:
    October 3, 2015 at 4:10 pm

    Nimuny..???? Haadha hadikoh… faazin genesfa ninmaalinama… avas aruvaalafa kurugalhuvaalafa ninmaly… aharun kairy bunyas thiahvure rythikoh ninmaala dhinymus..

  8. Paachaa says:
    October 3, 2015 at 4:51 pm

    Komme story ehga perfect happy ending eh innaakah nujeheynu..

  9. Nahthu says:
    October 3, 2015 at 5:34 pm

    Kihineth mi nimuny kamaku nudhey ninmi gotheh faazin maishaa ah libigen nimunyma rythi vaany….

  10. Laty001 says:
    October 3, 2015 at 6:15 pm

    Vaahaka varahh reethi… ekam nimun ehaa kamaku nudhey…..

  11. nash says:
    October 3, 2015 at 6:44 pm

    V hadi nimun bodi foohi gandeh

  12. ihthu says:
    October 3, 2015 at 7:19 pm

    mi vaahaka nunimey kan hurihaa kiyuntherin nah ves angaalan..

    1. Vaa hadhaanakun roveny ? says:
      October 3, 2015 at 8:15 pm

      thee aslu ihthu tha? Mi vaahaka hurihaa kiyuntherinnah kamudhiya kamah ummeedh kuramey kiyaafa… Serious koh vaahaka ehkoh nimuneetha noony noontha?

    2. Vaa hadhaanakun roveny ? says:
      October 3, 2015 at 8:15 pm

      thee aslu ihthu tha? Mi vaahaka hurihaa kiyuntherinnah kamudhiya kamah ummeedh kuramey kiyaafa… Serious koh vaahaka ehkoh nimuneetha noony noontha?

    3. Vaa hadhaanakun roveny ? says:
      October 3, 2015 at 8:16 pm

      Keekay thi kiyany?

    4. Vaa hadhaanakun roveny ? says:
      October 3, 2015 at 8:16 pm

      Keekay thi kiyany?

  13. Pearl says:
    October 3, 2015 at 7:54 pm

    Dhen alhe faxyn nugennanyaa… faxyl aai gulhuvaafa ninmaali nama dhw

  14. neha says:
    October 3, 2015 at 8:08 pm

    Nimun kada

  15. ammuty says:
    October 3, 2015 at 10:40 pm

    Story ge aslu author nama innaany green kulaiga comment.

  16. Shau says:
    October 3, 2015 at 10:53 pm

    Vaaanuvaa

  17. Saana says:
    October 3, 2015 at 11:07 pm

    Nimun v hadi

  18. Saana says:
    October 3, 2015 at 11:08 pm

    Ammuty thibuny ragalha

  19. zai says:
    October 4, 2015 at 2:59 am

    Ending kamakunudhey..faxyn genessa mihmaali nama v habeys viix

  20. nazi says:
    October 4, 2015 at 8:41 am

    vahaka vara reethi ekamu plz plz adhi thigotha vahaka nuninmachey vahaka furihamavaanee nimun ves reethiveema aslu mi vaahakayakee vara reethi vaahakaey waiting 4 next part ihthu

Comments are closed.

Next Episodeހިތަކުން ނުފިލާނެ 38←


All Right Reserved!