Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 35

BONDAY Level 210 Stories
October 2, 2015 5 Mins Read
4 Comments

ނާފިޒާ ބުނިގަޑިއަށް އިންހާ ކޮޓަރީގެ ދޮރުހުޅުވާލާފައި ބޭރަށް ނިކުތެވެ. އެއްވެސް މީހަކު އެވަގުތު ފެންނަން ނެތުމުން އިންހާ ހިނގުނުހާ ބާރަކަށް ހިނގަމުން ދިޔައެވެ. ދަންވަރުގެ ވަގުތު ކަމުން މުޅި މާހައުލަށްވެސް ވެރިވެފައިވަނީ ހަމަހިމޭންކަމުންނެވެ. އިންހާ އޭނައަށް ހިނގުނުހާ ބާރަކަށް ހިނގަމުން ދިޔައީ އެހަނި ގޯޅި ގަނޑުން އަވަހަށް ނިކުތުމުގެ ބޭނުމުގައެވެ. ނަމަވެސް މުޅި މާހައުލަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫދުއްވާލީ ކުރިއަށްގޮސް ގޮސް ހުރި އިންހާގެ ވޭނީ ހަޅޭކުގެ އަޑުންނެވެ.

އަރާމު ނިންޖެއްގައި ނިދާލާފައި އޮތް ފާޒިންއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ތެދުވެ ބަލައިލިއިރު މައިޝާވެސް ކޮޓަރިއަކު ނެތެވެ. ޑުރެސިންގްޓޭބަލް މަތީގައި އޮތް ފޯނު ފާޒިން ނަގާބަލާލިއިރު ގުޅަނީ ސިރާޖު ކަމުން ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ.

” ހަލޯ ފާޒިން..! ހަދަމުންދިޔަ އިމާރާތެއްގެ ތެރޭގައި އިންހާ މަރުވެފައި އޮތްވާ ފެނިގެން ހަބަރުން ކިޔައިފި…!” ސިރާޖު ބުނެލިއިރު ސިރާޖުގެ އަޑުގައިވެސް ވަނީ ހާސްކަމެވެ.

” އޭނ…! އަހަރެންވެސް ޓީ.ވީ މިހުޅުވާލަނީ…! ” ފާޒިން ފޯނުކަނޑާލަމުން ގޮސް ކޮޓަރީގައި ހުރި ޓީވީ ހުޅުވާޅިއެވެ. ކޭބަލްޖެކު މައްސަލަޖެހިފައި ހުރިކަން ހަދާންވީ ޓީވީން އެއްވެސް އެއްޗެއް ނުފެނުމުންނެވެ.

ސިޑިން ތިރިއަށް ފައިބައިގެން އައި ފާޒިން ފެނުމުން ސިޓިންގްރޫމުގައި ތަރުކާރީ ކޮޅެއް ކޮށަންއިން މައިޝާ ތެދުވެގެން ފާޒިންއާއި ދިމާލަށް ހިނގައިގަތެވެ. މައިޝާ ތެދުވުމުން ކައިރީގައި އިން ވަދީފާއަށްވެސް ސިޑިން ފައިބައިގެން އައި ފާޒިންފެނުނެވެ.

” މަންމާ..! އަވަހަށް ޓީ.ވީ.އެމް އަށް ބަދަލުކޮއްލަބަލަ…! ” ފާޒިން އައިސް ގޮނޑި ސެޓުގައި އިށީންނަމުން ބުނެލިއެވެ. ވަދީފާ ޗެނަލް ބަދަލްކޮއްލި އިރު ޓީވީގެ ތިރިއަށް ކުއްލި ހަބަރުގެ ގޮތުގައި އިންހާ މަރުވެފައި އޮއްވާ ފެނުނު ވާހަކަ އަރަމުން ދިޔައެވެ. އެވަގުތު ސިރާޖުވެސް އައިސް ގެއަށް ވަނެވެ.

” ފާޒިން…! އަހަރެންނަށް ހީވަނީ ފާޒިންއަށް ހަމަލާދިން ބަޔަކު އިންހާއަށް އެނގިގެން އިންހާގެ ދުވަސް އެދުއްވާލީ…! ” ސިރާޖުގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ސީރިއަސްކަމެވެ. މައިޝާއަށް އަދި ވަދީފާއަށްވެސް އިނދެވުނީ ސިރާޖުގެ މޫނަށް ބަލަހައްޓައިގެންނެވެ.

” ކިހިނެއްވެގެން ތިހެންތިބުނީ…؟ ” ފާޒިންވެސް ސިރާޖުގެ މޫނަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ.

” އެއީ އިންހާ ގުޅާފައި އެހި ފާޒިންއަށް ހަމަލާދިނީ ކޮންބައެއް ކަން އެނގިއްޖެހޭ….! އޭނަގެ އަޑުންވެސް އޭނަ ހުރީ ވަރަށް ހާސްވެފައިކަން އެނގޭ…! އަހަރެން ކިހިނެއްވީހޭ އެހީމަވެސް ކަމެއް ނުވޭ ކިޔާފައި ފޯނު ކަނޑައިލައިފި…! ” ސިރާޖު އިންހާ ދެއްކި ވާހަކަތައް ފާޒިންއަށް ކިޔައިދިނެވެ.

” ކޮންތާކު ހުރި އިމާރާތެއްގެ ތެރެއިން ތަ އިންހާ މިފެނުނީ…؟ ” ފާޒިން އަނެއްކާވެސް ސިރާޖުއާއި ސުވާލުކުރިއެވެ.

” ހެންވޭރުކޮޅުގައި ހުރި އިމާރާތެއް އެއީ…! ” ސިރާޖުއަވަސް އަވަހަށް ބުނެލިއެވެ.

އިންހާގެ މަރާގުޅިގެން މުޅިއޮފީސް ތެރެއަށްވެސް ވަނީ ބިރުވެރިކަމެއް ފެތުރިފައެވެ. އޮފީހުގެ މުވައްޒަފުންނަށް ހީވަނީ އެއޮފީހުގައި މަސެއްކަތްކުރާ މީހުންނަށް ބަޔަކު ރާވައިގެން ހަމަލާ ދެނީކަމަށެވެ. އެހެންވެ އެއްހަފްތާ ދުވަސް ވަންދެން އޮފީސް ބަންދުކުރަން އާމިރުގެ ލަފާގެ މަތިން ފާޒިން ސިރާޖުއަށް އެންގިއެވެ.

އާމިރުމެންވެސް އިންހާގެ ކަށުކަމާކެމީގެ ކަންތައް ނިންމާލާފައި ގެއަށް އައިސް ސިޓިންގްރޫމްގައި މަޑުކޮއްލައިގެން ތިއްބެވެ. އެވަގުތު ޓީވީން އިންހާގެ މަރާގުޅިގެން ހޯދަން ބޭނުންވާ ދެމީހުންގެ ފޮޓޯ ދައްކާލިއެވެ. އެފޮޓޯ ފެނުމުން މައިޝާގެ ދެލޯބޮޑުވެގެން ދިޔައެވެ. ފާޒިންއަށްވެސް ރަނގަޅަށް ބަލާލެވުނީ އެއީ ކުރިން ކޮންމެވެސް ތަނަކުން ފެނިފައިވާ މީހަކަށް ވާތީއެވެ.

” އޭ ވަރަށް ސަކަރާތް ވެއްޖެ…! އަހަރުމެން ހޯދަން ޓީވީން އިއުލާނު ކޮއްފި…! ހިނގާ އަވަހަށް ބަޗަން…! ” ކޮޓަރީގެ ދޮރު ހުޅުވާލާފައި ޖިހާނު އެތެރެއަށް ވަދެ ދޮރުލައްޕާ ތަޅުލަމުން ބުނެލިއެވެ. ކޮޓަރި ތެރޭގައި ވައިން ފުޅިއެއް ހިފައިގެން އިން އާދިލްއަށްވެސް ގޮނޑިން ތެދުވެވުނީ ލިބުނު ހައިރާން ކަމަކުންނެވެ. އެހާ ސިއްރުން ކުރިކަމެއް ފަޅާ އެރީ ކީއްވެ ކަމެއް އާދިލްގެ ސިކުނޑިއަކަށްވެސް ނުވިސްނުނެވެ.

” ކިހިނެއް އަހަރުމެންނަށް ސައްކު ކުރަން އެނގުނީ…! ” އާދިލް ބޯކަލާލަމުން ބުނެލިއެވެ. އޭރުވެސް އާދިލް ހުރީ ހަމައިގައި ނޫންކަން އިނގެއެވެ.

” މަ އޭރުވެސް ބުނީމެއްނު ކޮންމެވެސް މީހަކު ވަގަށް ބަލަން ހުރިއޭ…! އެކަމަކު ކަލެއަކަށް އެތަނުން މީހަކު ފެންނަ ކަމަކަށް ނުވި…! ” ޖިހާނު ހުރީ ވަރަށް ރުޅިއައިސްފައެވެ.

” ބުނަން… ކޮންމެ ގޮތެއް ހެދިޔަސް އެއްބަސް ނުވާތި… ސާބިތު ނުކުރެވުނީމަ ދުވަސް ކޮޅެއް ފަހުން ދޫކޮއްލާނެ… ދެން އަހަރުމެން ބަސްޓު ކޮއްލި މީހާގެ ދުވަސް ދުއްވާލާނީ…! ” އާދިލް ކަންތައް ކުރަންވީގޮތް ރާވައިލިއެވެ. އަދި ފާހާނައަށް ވަދެ އަތުގައި އޮތް ވައިން ފުޅި އޮއްސާލާފައި އަވަސް އަވަހަށް ކޮޓަރިން ނިކުންނަށް ދިޔައެވެ. އާދިލް ދޮރު ހުޅުވާލިއިރު ފުލުހުންގެ ޓީމްވަނީ މުޅި އެސަރަހައްދު ފުރާލާފައެވެ. ޖެހުނު ބާރަށް އާދިލްގެ އަތް ފުރަގަހައްލާ ބިޑި އަޅުވާލިއެވެ. ޖިހާނުއަށްވެސް ފެނުނީ ފުލުހުން ކޮޓަރިތެރެއަށް ވަދެގަތްތަނެވެ. އެދެމީހުން ބިޑި އަޅުވައިގެން ގެންގޮސް ޖިޕަށް އެރުވި މަންޒަރު ބަލަން މުޅި އެހިސާބުގައި މީހުންގަނޑުވަނީ ފުރި ބާރުވެފައެވެ.

” ދަރިފުޅާ ދޮންބެމެން އެކޮޅަށް ދާއިރު ބައްޕައާއި އެކު ދާންވީނު…! ” ސިޓިންގް ރޫމްގައި ޓީބަލަންއިން ފާޒިން ކައިރީގައި އިށީންނަމުން ވަދީފާ ބުނެލިއެވެ. ފާޒިން ބަލައިލީ ކައިރީގައި އިން މައިޝާއަށެވެ. މައިޝާވެސް އަވަހަށް އެއްބަސްވީ ފާޒިންއަށް ރަނގަޅު ފަރުވާއެއް ލިބޭނީ އޭރުން ކަމަށް ވާތީއެވެ.

” ކޮންދުވަހަކު ފުރަނީ…؟ ” މައިޝާ އެއްޗެކޭ ނުބުނުމުން ފާޒިން އަހައިލިއެވެ.

” ދޮންބެ ބުނީ ދެދުވަސް ފަހުން ފުރާވާހަކަ…! ބައްޕަ ބުނި ބައްޕަޔާއި ދަރިފުޅަށްވެސް ޓިކެޓް ހަމަޖެއްސި ވާހަކަ…! ” ވަދީފާ ފާޒިންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

” ދަރިފުޅު މަޑުކުރާނީ ދޯ މަންމަ ކައިރީގައި…! އެންމެން ދިޔައީމަ މަންމަ ކިހާ ފޫހިވާނެ…! ” ވަދީފާ އޭނައާއި ޖެހިގެން އިން މައިޝާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. މައިޝާ ހަމައެކަނި ހިނިތުންވެލީއެވެ. ދެދުވަސް ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ ބާރަށެވެ. މައިޝާ ފާޒިންގެ ފޮށި ތައްޔާރުކުރުކޮއް ނިއްމާފައި އެނދުމަތީގައި ޖައްސާލައިގެން އިނީ ފާޒިން ފާހާނައިން ނިކުންނަން ދެނެވެ. ފާޒިން ފުރަންޖެހޭ ދުވަސް އެނގުނުފަހުން މައިޝާގެ ހިތުގައި ވަނީ ބުނަން ނޭގޭ ބިރުވެރިކަމެއް އުފެދިފައެވެ. ފަހަރެއްގައި މައިޝާ ބަހައްޓާފައި ދާތީ ހިތް ނުތަނަވަސް ވަނީ ކަމަށްވެސް ވެދާނެއެވެ.

” ކިހިނެއްވެފަ ތީނީ…؟ ” ފާހާނައިން ނިކުތް ފާޒިންއަށް އެނދުމަތީގައި އިށީންދެލައިގެން އިން މައިޝާ ފެނުމުން އަހާލިއެވެ.

” ވަރަށް އަވަހަށް އަންނައްޗޭ…! އަހަރެން ވަރަށް އެކަނިވާނެ…! ” ފާޒިން އައިސް މަޑުކޮއްލުމުން މައިޝާ ފާޒިންގެ ގައިގައި ބައްދާލިއެވެ. މައިޝާގެ ލޮލުގައި ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތައް މަގާމް ދޫކޮއް ކޯތާފަތްމައްޗައް ފައިބައިގަތީ ދެރަވިވަރުންނެވެ. ފާޒިން މައިޝާ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފުހެލައިދިނެވެ.

ހަވީރު ފުރަން ހަމަޖެހިފައި އޮތުމުން ގޭގެ އެންމެން ފާޒިންމެން ފުރުވަން ހުޅުލެއަށް ދިޔައެވެ. އެންމެން އެކި ވާހަކަތައް ދައްކަމުން ހެމުން ދިޔައިރު މައިޝާ އެއްބަހެއްވެސް ނުބުނެ އިނެވެ. އެކަމާ އެކަކުވެސް އަޅާނުލާ ތިބީ މައިޝާ ދެރަވާނެ ވަރު އެނގުމުންނެވެ. ފުރާގަޑި ކުޑަތަންވަމުން ދިޔަވަރަކަށް މައިޝާގެ ހިތުގައި އުފެދެމުންދިޔަ ބިރުވެރިކަން ދިޔައީ ހައްތަހާ ބޮޑުވަމުންނެވެ. ހީވަނީ ދެން ދުވަހަކުވެސް މައިޝާއަކަށް ފާޒިން އެއް ނުފެންނާނެ ހެންނެވެ. އެހެންވެއްޖެނަމަ މައިޝާ މުޅި ދުނިޔެއަށްވެސް މޮޔަވެދާނެއެވެ. ހިޔާލީ ދުނިޔެއެއްގައި އިން މައިޝާގެ އަތުގައި ހިފާ ފާޒިން ތަޅުވާލަމުން މައިޝާ ދިޔައީ ސިއްސައިގެންނެވެ.

” ކޮންކަމަކާ ތިވިސްނަނީ…؟ ” ފާޒިން މަޑުމަޑުން އަހާލިއެވެ. މައިޝާ ބޯހަލުވާލީ ކަމެއްނުވޭ ބުނުމުގެ ގޮތުންނެވެ. ފުރާގަޑި ޖެހުމުން އެންމެންނާ ސަލާމް ކުރުމަށްފަހު އެންމެ ފަހުން މައިޝާއާއި ސަލާމް ކުރަން ފާޒިން އަތްދިއްކޮލިއެވެ. މައިޝާ ފާޒިންގެ އަތުގައި ހިފާލަމުން ގަދަ ކަމުން ހިނިތުންވެލިއެވެ. އެތެރެއަށް ވަދެގެން ދަމުން ފާޒިން ބޭރުގައި ތިބި އެންމެންނަށް ބަލާލިއެވެ. އަދި ހިނިތުންވެލަމުން އެންމެންނަށް ޓާޓާ ކިޔާލިއެވެ. މައިޝާވެސް ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ވަރަށް މަސެއްކަތުން ހިފަހައްޓައިގެން ހުއްޓެވެ. އެތެރެއަށް ވަދެގެންގޮސް ފާޒިންމެން ގެއްލެންދެން މައިޝާ ބަލަހައްޓައިގެން ހުއްޓެވެ.

ގެއަށްގޮސް މައިޝާވަނީ ކޮޓަރިއަށެވެ. ކޮޓަރީ ތަޅުލުމަށްފަހު އެނދައްވެއްޓިގަނެގެން އޮވެ ރޯންފެށީ ހިތުގައިވާ އުދާސްތައް ބޭރުވޭތޯއެވެ. އެގޮތަށް ރޯން އޮއްވާ މައިޝާއަށް ނިދުނީ ކޮންއިރަކުކަމެއްވެސް ނޭގެއެވެ. ނަވާރަ ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ލަންޑަނަށް ދެވުނު އިރު ފާޒިން ހުރީ މުޅިން ވަރުބަލިވެފައެވެ. ތިން އަހަރުވަންދެން ލަންޑަނުގައި ކުރިން އުޅެފައި ހުރުމުގެ ސަބަބުން ފާޒިންއަށް މާއާގޮތްތަކެއް ފާހަގައެއް ނުކުރެވުނެވެ. ބަހާރު މޫސުން އައިސްފައި އޮތުމުން މުޅި ހިސާބުގައި އެކިކުލަކުލައިގެ މާގަސްތައްވަނީ މަލުން ބަރާވެފައެވެ. އެވަގުތު ފާޒިންގެ ހިޔާލަށް އައީ މައިޝާ ގޭތެރޭގައި ހައްދާފައި ހުރި ބަގީޗާ ގަސްތަކާވެގެން އުޅޭވަރެވެ.

ގެއަށްވަދެ ފުރަތަމަވެސް ފާޒިން ގުޅާލީ މައިޝާއަށެވެ. އޭރު ރާއްޖޭ ގަޑިން ހަވީރު ވެއްޖެއެވެ.

” ހަލޯ..! ” ފޯނުކަންފަތުގައި ޖައްސާލަމުން މައިޝާ ބުނެލިއިރު އޭނަގެ ހިތް އާދަޔާ ހިލާފަށް ބާރަށް ތެޅެއެވެ.

” ކީއްތިކުރަނީ…؟ ވަރަށް މިސްވޭ…! ” ފާޒިން ބުނެލިއެވެ. މައިޝާއަށް ލޯމަރާލެވުނީ ބޭއިހްތިޔާރުގައެވެ.

” ކިހިނެއް ކަންތައްތައް…؟ ކޮންއިރަކު ދެވުނީ…؟ މިހާރުވެސް ތަދުވޭތަ…؟  ” މައިޝާގެ އަޑުގައި ތުރުތުރު ލުމެއް ހުރިކަން ފާޒިންއަށްވެސް އެނގުނެވެ. ފާޒިންއަށް ހީލެވުނީ ހިތައް ލިބުނު ހިތްހަމަ ޖެހުމެއްގެ ސަބަބުންނެވެ. އެވަގުތުވެސް މައިޝާ ފާޒިންދެކެ ވާލޯބި ވަޒަންކޮއްލެވުމުންނެވެ. އިރުކޮޅެއް ވަންދެން ވާހަކަ ދައްކަން ތިބެފައި މައިޝާ ފޯނު ބޭއްވީ މުނީރާ ގޮވާލުމުންނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ފާޒިން ލަންޑަނަށް ދިޔަތާ ފަސްދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ކޮންމެ ދުވަހެއްވެސް މައިޝާއަށް ހީވަނީ އެއް އަހަރުހެންނެވެ. ގަޑި ހިނގާލެއް ލަސްކަމުން ކުދި ކިޔާލަ ކިޔާލަ ހުރި ނަމަވެސް ކެއްކޮއްލައިގެން ހުންނަނީ އިތުރު ގޮތެއް ނެތުމުންނެވެ. އާދައިގެ މަތިން ކޮންމެ ދުވަހެއްގެ ހަވީރުވެސް އާމިރުމެން ބޭރަށް ދެއެވެ. ފާޒިންވެސް އެންމެންނާއެކު ދަނީ ގޭގައި އެކަނި ފޫހިވެފައި އިންނަން ޖެހޭތީއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ތަނެއް ބަލާލަން ދެއެވެ.

” ބައްޕާ…! މިއަދު ދާންޖެހޭނީ ވޯޓާ ފޯލްސް ބަލާލަން…! ފައި އަދި ނުދަން ވޯޓާ ފޯލްސް ބަލާލާކަށް…! ” ފައިހާ ދާންބޭނުންވެފައި ހުރިތަން އާމިރުކައިރީގައި ބުނެލިއެވެ. ފަޒީލްވެސް ފައިހާއާއި އެއްބަސްވީ ފަޒީލްވެސް ނުދާތަނަކަށް ވީމައެވެ.

” ކާރުގެ ފޮރޮޅު ފަޅައިގެން ގޮސްފައި މިއޮތީ…! ދެން މިއަދަކު ނުދެވޭނެ…! ” ކާރާ އަރާހަމަކުރަމުން ފަޒީލް ބުނެލިއެވެ.

” ބަހުގައި ދާންވީނު…! ބަސްއަންނާނެ އެއްނު…! އެންމެ ޓެކްސީއަކަށް ނުވެސް އެރޭނެއެއްނު… ” ސިފާ އަވަސް އަވަހަށް ބުނެލިއެވެ. އެންމެންވެސް އަވަހަށްގޮސް ބަސްމަޑުކުރާ ސަރަހައްދުގައި މަޑުކޮއްލިއެވެ. ފަނަރަ ވަރަކަށް މިނެޓް ތެރޭގައި ބަސް އައިނަމަވެސް ޖާގަ ލިބުނީ ހަތަރު މީހުންނަށެވެ. އެހެންވެ ފަޒީލް ، ސިފާ ، މާލް އަދި ފައިހާ ބަހައްއެރީ ދިހަމިނެޓް ފަހުން އިތުރު ބަހެއް އަންނާނެ ވާހަކަ ބުނުމުންނެވެ. ބަސް ނައްޓާލުމުން ފާޒިންގޮސް އެތާގައި ހުރި ގޮނޑިއެއްގައި ޖައްސާލަމުން އޭނަގެ ވޮލެޓްނަގާ އޭގައި އިން މައިޝާގެ ފޮޓޯގަނޑަށް ބަލާލިއެވެ.

” ދަރިފުޅާ އާދެ އަވަހަށް އަރަން…! ” ބަސް މަޑުކޮއްލުމުން އާމިރު ބުނެލިއެވެ. ނަސީބަކުން އެބަހުގައިވެސް ހުސްކޮއް ހުރީ އެންމެ ދެސީޓެވެ. އުސްފަރުބަދަ މަތިން ދަތުރު ކުރަމުން ދިޔައިރު ކައިރީގައި އޮތް ބޮޑު ފެންކޯރު ވަރަށް ރީއްޗައްފެންނަން އޮތެވެ. ކޯރު ކައިރީގައި އެކިކުލަކުލައިގެ ދޫނިތައް އުދުހިލާ އުދުހިލާ އުޅޭމަންޒަރު ވަރަށް ހިތްގައިމެވެ. ފާޒިންވެސް އިނީ އެގުދުރަތީ ރީތި މަންޒަރަށް ގެއްލިފައެވެ.

ދުއްވާ ފައި ދިޔަ ބަސް އަރިވެގެންގޮސް އަނެއް ފަރާތަށް ފޮރޮޅާލީ ކުއްލިއަކަށެވެ. ހީވަނީ އެހެން ކޮންމެވެސް ދުއްވާ އެއްޗެއް އައިސް ޖެހިގެން ފޮރޮޅާލިހެންނެވެ. އެއުސްފަރުބަދަ މަތިން ފޮރޮޅެމުން ފޮރޮޅެމުން އެބަސް ވެއްޓުނު މަންޒަރު ދުރުގައި ތިބި ފަޒީލްމެންނަށްވެސް ފެނުނެވެ. ބަސް ފޮރޮޅެމުން ތިރިއަށް ދިޔައިރު ބަހުގެ ދޮރުފަތް ކަނޑައިގެންގޮސްގެން އާމިރު ބަހުން ބޭރުވިއެވެ. އެވަގުތު ބޮލަށް އެނބުރުން އަރާފައި ހުރުމުގެ ސަބަބުން އާމިރުއަކަށް އެނަގެ ގައިގައި ހުރި އެއްވެސް ޒަހަމެއްގެ އަސަރެއް ނުކުރެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ދީވާނާ ލޯބިން ވެއްޖޭ. . [29] The End

Next

ޝެރިން (2 ވަނަ ބައި)

Next
October 2, 2015

ޝެރިން (2 ވަނަ ބައި)

Previews
October 1, 2015

ދީވާނާ ލޯބިން ވެއްޖޭ. . [29] The End

4 Comments!

  1. nazu says:
    October 2, 2015 at 5:20 pm

    Haadha lahun ney thi upload kuranee…

  2. dark princess says:
    October 2, 2015 at 6:51 pm

    Mihaaru mi vaahaka v foohi.. haaaaru thakeh dhamafa.. ehaa gina dhuvahun upload Kurta iruves.. faazin ah dhera gotheh nahadhahchey..

  3. rysh says:
    October 2, 2015 at 7:43 pm

    Thivarun kihiney tha vahaka liyany … nuvanya huhtalaba … v foohivey

  4. Anonymous says:
    October 10, 2015 at 8:16 pm

    Amiru kon iraku zaham vii??????

Comments are closed.

Next Episodeހިތަކުން ނުފިލާނެ 36←


All Right Reserved!