Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އެދުވަހު ލޯބިން 9

Star Fire Level 310 Stories
August 10, 2022 4 Mins Read
0 Comments

*” ބޭނުން ތަ އެނގެން އެއީ ކާކު ކަން؟ ” ހައިޒަލް ޝިފާ އަށް ވީ ގޮތް ފެނި ހިނިއަންނަގޮތްވިއެވެ. އެހެންނަމަވެސް އެ ހިނިގަނޑު ބަނޑަށް ހިނދާލަމުން ސީރިއަސް ގޮތަކަށް އަހާލިއެވެ. *

 

ހައިޒަލްގެ ސުވަލާއެކު ޝިފާ ކޮޅަށް ތެދުވިއެވެ. ހިތަށް އިތުރަށް ކެތްނުވުމުންނެވެ. ” ހި… ހިނގާ ދަމާ ނޫނީ ގަޑި ޖެހިދާނެ ” ޝިފާ މިހެން ބުނަމުން ދާނ ހިނގައިގަތެވެ. ހައިޒަލްއަށްޓަކައި އުފާ ވިއެވެ. ނަމަވެސް ދެރައީ އެ އުފާވެރިކަމުގެ ސަބަބު ޝިފާއަށް ނުވުމުންނެވެ. ހައިޒަލް ވަރަށް ގިނައިން ޝިފާ ގާތު އެ އަންހެންކުއްޖާ ވާހަކަ ދައްކައެވެ. އެއިން ކޮންމެ ފަހަރަކު ޝިފާ ގެ ހިތް ހީވަނީ ކޮށިވެ ދަބަރު ޖަހާފައިއޮތް ވަޅިއަކުން ފޮތިފޮއްޗަށް ކަފާހެންނެވެ. ޝިފާ އަވަހަށް ބަގީޗާއިން ނިކުންނަން ހިނގައިގަތުމާ އެކު ހައިޒަލް ޝިފާ އަށް ގޮވައިލިއެވެ. ” ޢާއިޝަތު ޝިފާ!!!!!” ޝިފާ ހައިޒަލް ގޮވާލި އަޑަށް މަޑުކޮއްލިއެވެ. އަދި ފަހަތަށް އެނބުރި ބަލައިލިއެވެ. ” އިޓްސް ޔޫ…… ޔޯރ ދަ ގާރލް އައި ލައިކް” ހައިޒަލްގެ ބަސްތަށް އަޑު އިވުމާއެކު ޝިފާ ދެލޯ ބޮޑުކޮއްލިއެވެ.

 

 ހައިޒަލް ލައިގެންހުރި ކަޅުކުލައިގެ ފަޓުލޫނު ޖީބައްއަތް ޖަހާލަމުން ފިރިހެންވަނތަ ހިނގުމެއްގަ އައިސް ޝިފާގެ ކުރިމަތީގައި ހުއްޓުނެވެ. އަދި ސުވާލު ކޮއްލިއެވެ. ” ޝިފާ އަހަރެންނާ ގަޔާވޭތަ ؟” ހައިޒަލްގެ ސުވާލާއެކު ޝިފާ ލަދުން އިސްޖަހާލިއެވެ. ” ޝިފާ އަމް ވެއިޓިން ފޯރ އޭން އާންސާރ” ކެތްތެރިކަން ކުޑަ ވެފައި ހުރެ ހައިޒަލް ބުނެލިއެވެ. ” އަ… އަހަރެން ވެސް ހައިޒަލް އާ ވަރަށް ގަޔާވޭ… ނެ.. ނޭނގެ ކޮން އިރަކު ކަމެއްވެސް” ޝިފާ އެހުރި ގޮތަށްހުރެ ބުނެލިއެވެ. އެއާއެކު ފެނުނީ ހައިޒަލްގެ މޫނު އުޖާލާވެގެން ދިޔަތަނެވެ.ހިނިތުން ވެލަމުން ޝިފާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. “ހިނގާ ދަމާ” 

 

ކްލާހަށް ވަދެގެން އައި ޝިފާ އާއި ހައިޒަލްއަށް އެންމެގެ ނަޒަރު އަމާޒުވެގެން ދިޔައެވެ. ޝިފާއަށް އެ އެންމެންގެ ބެލުންތަކުން އުނދަގޫވެފައި ހުރުމުން ހައިޒަލް ހިތްހަމަނުޖެހިފާ ވާގޮތަކަށް ބުނެލިއެވެ. “ކޯއްޗަކަށް ތަ ތި ބަލަނީ ވަރު ދައްކާފަ؟” ހައިޒަލް މިހެން ބުނުމާއެކު އެންމެން އެކިދިމާލަށް ބަލާފެށިއެވެ. ” ދޮންބޭ! މި ކުލާހުގަ ކީއް ތި ކުރަނީ ؟” ހައިޒަލްގެ ގޮނޑީގައި އިށީނދެގެން އިން ހައިޒޫމް ފެނި މަޑުމައިތިރި ކަމާއެކު އަހާލިއެވެ. ” ޕިސް ޕިސް ޕިސް ހައިޒަލް މީ ސްކޫލޭ….. ސްކޫލް ގަ ނޯންނާނެ ދޮންބެ ކޮއްކޮ އެއް ދޯ ޖެނީ” ހައިޒޫމް މިހެން ބުނަމުން ޖެނީއަށް ދޯ ދިނެވެ. ” އޯކޭ އެހެން ވެއްޖިއްޔާ ދެނ އަހަރެން ކަންތައް ކުރާނީ އެހެން މީހުންނާ ކަންތައް ކުރާ ގޮތަށް” ހައިޒަލް އެހެން ބުނުމާއެކު ކުލާހުގައި ދެން ތިބި ހުރިހާ ފިރިހެން ކުދިން އިސްދަށަށް ޖަހާލިއިރު ހައިޒޫމް ހަމައެކަނި ބުނީ ” ދެޓްސް މޯ ލައިކް އިޓް” އެވެ. ހައިޒަލް ލައިގެން ހުރި ޔުނީފޯމް އަތް ކުރި އޮޅާލަމުން ގޮސް ހައިޒޫމް ލައިގެން ހުރި ޔުނީފޯމް ގިރުވާނުގައި ހިފައި ކޮޅަށްނެގިއެވެ. އަދި ކުލާހުން ބޭރަށް ނެރެލިއެވެ. އުމުރުގެ ގޮތުން ބަލާއިރު ހައިޒަލް ހައިޒޫމް އަށް ވުރެ ކުޑައަކަސް އެންމެ ތަންފުކެއް ވެސް ދެރައެއް ނުވާނެއެވެ. 

 

***** ***** ***** ***** 

 

ގަޑިއަކަށް ފަހު ގަޑިއެއް ނިމެމުން ގޮސް އެންމެ ފަހުން ސެޝަން ނިމުނީއެވެ. ނަމަވެސް ފުޓްބޯޅު ޕްރެކްޓިސް އޮތުމުން ހައިޒަލް ދިޔައީ ލޮކަރް ރޫމް އަށްށެވެ. އައިލީން ދިޔައީ ތިމާވެށި ކްލަބްގަ އޮތް މީޓިން އަކަށްށެވެ. ޖެނީ އަށް ދާނ ޖެހުނީ އާރްޓް ކްލަބްގަ އޮތް މީޓިން އަށްށެވެ. ޝިފާ އުޅުނީ ސްޓޫޑެންޓް ކައުންސިލް ގައި ހުރި ބައެއް މަސައްކަތް ނިންމުމުގައެވެ. އެއީ ޕްރިންސިޕަލް އަށް ހުރިހާ ދަރިވަރުންގެ ރިޕޯޓްއެއް މަސް ނިމުމުގެ ކުރިން ތައްޔާރު ކޮއްފަ ދޭނ ޖެހޭތީއެވެ. 

 

ހައިޒަލް، އައިލީން، ޖެނީ، ޝިފާ  މި 4 ކުދިންނަކީ ސްކޫލުގެ އިސް މަގާމު ގައި ތިބޭ ކުދިން ތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ. ހައިޒަލް އަކީ ސްޕޯޓްސް ކްލަބް ގެ ވައިސް ކެޕްޓަންއެވެ.  ބޭނުން ވިނަމަ ކެޕްޓަންކަން ވެސް ލިބުނީސްއެވެ. ނަމަވެސް މާ ބޮޑަށް ބުރަ ވެދާނެ ތީ ވައިސް ކެޕްޓަންއަށް ވީއެވެ. ވައިސްއަށް ވިއެއް ކަމަކު ކްލަބް ގެ ހުރިހާ ކަމެއް ކުރަން ޖެހޭނީ ހައިޒަލް އާއެވެ. 

 

އައިލީން އަކީ ތިމާވެށި ކްލަބްގެ ކެޕްޓަންއެވެ. ތިމާވެއްޓަށް ޖެހިފަވާ ލޯތްބާއި އެކު އައިލީން ސްކޫލު ފެހިމާހައުލަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތަށް ވަރަށްވެސް ފުރިހަމައެވެ. ކުޑައިރުއްސުރެ ގަސް އިނދާ ގަސްތަށް ހިމާޔަތް ކުރުމަށް ލޯބިކުރާ އައިލީންއަކީ ސްކޫލުގަ ނަން ވިދާ ރަނގަޅު ކުއްޖެކެވެ. 

 

ކުރެހުމަށްށާއި ފެންކުލައިން ޕޯރޓްރޭޓް ހެދުމަށް ޝައުގުވެރިކަން ހުންނަ ޖެނީ އަކީ މުޅި ސްކޫލުން އެންމެ ރީއްޗަށް ކުރަހާ ކުދިންގެ ތެރެއިން ނަން ހޮވާލެވޭ ކުއްޖެކެވެ. ގްރޭޑް 8 ކަށް ފަހު ކްރިއޭޓިވް އާރޓް މާއްދާ ނޯނާތީވެ ޖެނީ ވަރަށް ދެރަވިއެވެ. ނަމަވެސް އެ މާއްދާ ނެތިގެން މާ ގިނަ ދުވަހަކު އުޅޭކަށް ނުޖެހުނެވެ. އާރޓް ކްލަބް ގެ އެހީތެރި ކަމާއެކު ޖެނީއަށް އާ ފުރުސަތު ތަކެއް ލިބިގެން ދިޔައެވެ. އޭގެ އިތުރުން އާރޓް ކްލަބް ގެ ކެޕްޓަން އަކީ ވެސް ހަމަ ޖެނީއެވެ. 

 

 ވަކި ހުނަރެއް ލިބިފައި ނެތަސް ކަންކަން އޯރގެނައިޒް ކުރުމަށްށާއި ކުދިން ގެ ޑިސިޕްލިން ހަރުދަނާ ކުރުމަށް ޝިފާ ވަރެއް ނޯންނާނެއެވެ. ކުރިން ސްކޫލުގައި އަރާއަރުން ތަކާއި ތަޅާފޮޅުމަކީ ވަރަށްވެސް އަމޫ ކަމެކެވެ. ނަމަވެސް ޝިފާ އާއި ސްޓޫޑެންޓްސް ކައުންސިލްގަ އުޅޭ އެހެން ކުދިންގެ އެހީތެރިކަމާ އެކު އެކަން ވަނީ ޙައްލު ކުރެވިފައެވެ. ކުރިން ސްޓޫޑެންޓްސް ކައުންސިލް ވައިސް ކެޕްޓަން ދަށުން މަސައްކަތް ކުރި ދަރިވަރެއް ނަމަވެސް މިހާރު ޝިފާ ގެ މަޤާމަކީ ކެޕްޓަން ކަމެވެ. 

 

މި ހުރިހާ ކަމެއްގެ އިތުރުން މި 4 ކުދިންނަކީ ސްކޫލުގެ ސީނިޔާ ޕްރެފެކްޓުންނެވެ. އަޅާލާނެ މައެއްބަފައެއް ނެއްކަމަކު މި 4 ކުދިންނަށް ލިބިފައި ވަނީ ވަރަށް ވެސް ފުރިހަމަ ތަރުބިއްޔަތެކެވެ. އެކަމާ ސްކޫލުގެ ޓީޗަރުން ތިބެނީ ހައިރާން ވެފައެވެ. 

 

**** **** **** **** **** 

 

ކެބިންގަ އަމާން އިނީ ހިޔަލަކަށް ގެއްލިފައެވެ. އެހެން އިނދާ ކުއްލިއަކަށް ކެބިންއަށް ވަދެގެން އައި ނަރުސް ކުއްޖާ ފެނި އަމާން ދިޔައީ ސިއްސައިގެންނެވެ. ” ސަރ ވަރަށް ބޮޑު ކަމެއް ވެއްޖެ!!!” އެކުއްޖާ ހާސް ކަމާއެކު ބުނެލިއެވެ. އެއާއެކު އަމާންގެ ބުމަ ގޮށްޖެހިގެން ދިޔައެވެ. ” ކިހިނެއްވީ ؟” އަމާން ކެތްތެރިކަން ކޮޅުން ލާފައިވާ ގޮތަކަށް ބުނެލިއެވެ. އެއާއެކު އެކުއްޖާ ވެގެން އުޅޭގޮތެއް ކިޔައިދިނެވެ. ” ރަށުގެ ފަޅު ވެރިން ދެންމެ ހޮސްޕިޓަލް އަށް ގެނައި ކުއްޖެއް….. އެކުއްޖާގެ ހަށިގަނޑު ގައި ހުރީ އެކި ތަންތަނުން ވަޅި އަޅުވާފަ… އެ… އެންޑް ޝީ ހޭސް ބީން ސެކްޝުއަލީ އެސަލްޓެޑް…. މޯރ އޯވާރް ވީ ޑޯންޓް ނޯ ހޫ ޝީ އިޒް ” ނަރުސް ކުއްޖާ ވެގެން އުޅޭ ގޮތް ކިޔާ ދިނުމާއިއެކު އަމާން ގޮނޑިން ތެދުވިއެވެ. އަދި އަވަހަށް މޭޒުމަތީގަ ހުރި ޓެލެފޯން އިން ޕޮލިސް ސްޓޭޝަންއަށް ގުޅާ އެހަބަރުދިނެވެ.ހަރު ހިނގުމެއް ގައި ކެބިން އިން ނިކުންނަމު ނަރުސްކުއްޖާ އާއި ސުވާލު ކުރިއެވެ. ” ވަޓްސް ހާރ ވޯރޑް ނަމްބާ ؟” ނަރުސް ކުއްޖާ އަވަހަށް ޖަވާބު ދިނެވެ.” ވޯރޑް ނަމްބާ 13 ” އެކުއްޖާގެ ޖަވާބާއެކު އަމާން ދިޔައީ ލިފްޓް އާއި ދިމާއަށްށެވެ. 

 

 ލިފްޓް އިން ގްރައުންޑް ފްލޯއަށް ފިއްތާލުމާއެކު ކެތްތެރިކަން ކުޑަވެފައި ވާގޮތަކަށް ލިފްޓު ގެ ދޮރު ހުޅުވޭނެ އިރަކަށް އިންތިޒާރު ކުރަމުން ދިޔައެވެ. ލިފްޓްގެ ދޮރު ހުޅުވުމާއެކު އަމާން އަވަހަށް ލިފްޓް އިން ފޭބިއެވެ. އަދި ރިސެޕްޝަން އާއި ދިމާއަށް ހިނގައިގަތެވެ. އެއިރު ހޮސްޕިޓަލް އަށް ވަންނަން ހުރި މައި ދޮރުން ޙުސާން އާއި އިތުރު ތިން ޕޮލިހަކު އަންނަނީއެވެ. ޙުސާން އެ ހުރީ ޑިޔުޓީ ގައި ކަން ލާގެން ހުރި ޕޮލިސް ޔުނީފޯމް އިން ވެސް އެނގެއެވެ. ޙުސާން އައިސް ވެގެން އުޅޭ ގޮތް އެހުމުން އަމާން އޮޅުން ފިލުވައި ދިނެވެ. 

 

***** ***** ***** ***** 

ފިޒިކްސް އެކްސްޓްރާ ކްލާސް ނިންމާފައި ނިކުތް ހައިޒަލް އާފުރަމުން ބުނެލިއެވެ. ” ފިޒިކްސް އިސް ދަ ވޯރްސްޓް” އަދި މައްޗަށް އަތް ދަމާލިއެވެ. ” ހޫމް އެކަމެއް ނޭނގެ ފިޒިކްސް ޓެސްޓް އިން ފުލް މާރކްސް ގެންނަ އިރަކު” އައިލީން ހިނިއައިސްފައި ހުރެ އެހެންބުނުމުން ހައިޒަލް އަނގައަށް ވައްތަރެއް ޖައްސާލިއެވެ. ” އޭ މިއަދު ހަވީރުގަ އެއްވެސް ޕްލޭން އެއް އެބަ އޮތްތަ ؟” ޖެނީ ހިނިގަނޑު ކޮންޓްރޯލް ކޮއްލަމުން އަހާލިއެވެ. އެއާއެކު އެންމެން ކުޑަކޮށް ވިސްނާލިއެވެ. ހައިޒަލް އާއި ޝިފާ އާނ އެކޭ ބުނި އިރު އައިލީން ބުނީ ނޫނެކެވެ. ” އޯކޭ ސޯ އައި ހިނގާ މިއަދު ހޭންގް އައުޓް ކުރަން” ޖެނީ ހިޔާލު ދިނުމާއެކު އައިލީން އެއްބަސްވިއެވެ. 

 

4 ކުދިން އެކި ވާހަކައިގައި ތިބެ ސްކޫލްގޭޓް އިން ބޭރަށް ނިކުތެވެ. އަދި ގެއާއި ދިމާއަށް ހިނގައިގަތެވެ. ޖެނީ އަށް އަނެއްކާވެސް އެއްކަލަ އިޙްސާސް ކުރެވުމުން ދިޔައެވެ. ފަސް ފަހަތުން މީހަކު އަންނަ ހެން ހީވާ އިރު ފަހަތަށް އެނބުރި ބަލައިލާ އިރު އެކަކު ވެސް ނުހުރެއެވެ. “ޖެން ހާދަ ވަރަކަށް ފަހަތަށް ތި ބަލަނީ ؟” ޝިފާއަށް ޖެނީ ފަހަތަށް ބަލާކަން ފާހަގަ ވުމުން ސުވާލު ކޮއްލިއެވެ. އެއާއެކު ޖެނީ ދިޔައީ ސިއްސައިގެންނެވެ. ” އޭނ…ނޫން ނު..ނުބަލަން” ޖެނީ މިހެން ބުނަމުން އިސްޖަހާލިއެވެ. ” ޖެން ގެއަށް ވަދޭ އަހަރެން އަންނާން މި އައި އާ ޝިފް ގެއަށް ލާފަ…ދެނ ހެޔޮ ފުޅު ވެގެން އަހަރެންގެ ދަބަސް ވެސް ހިފާގެން ވަންނާނީ” އެހެން ބުނަމުން ހައިޒަލް ކޮނޑުގައި އޮތް ދަބަސް ޖެނީ އަތަށްދިނެވެ. އަދި ކުރިއަށް ހިނގަމުން ދިޔަ އައިލީން އާއި ޝިފާ އާ ދިމާއަށް ދުއްވައިގަތެވެ. 

 

★–ނުނިމޭ–★

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

އެ ޖަންގަލީގެ ތެރެއިން… 1

Next

ތީ އޭ ހަނދަކީ 17

Next
August 11, 2022

ތީ އޭ ހަނދަކީ 17

Previews
August 10, 2022

އެ ޖަންގަލީގެ ތެރެއިން… 1



All Right Reserved!