Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (ނަވާވީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
September 25, 2015 7 Mins Read
20 Comments

“ކީކޭ؟!” ނަވާޒް ހާސްކަން އެކުލެވިފައިވި ގޮތަކަށް އަހާލިއެވެ.

 

“ތި އަޑުއިވުނީ ރަނގަޅަށް. އޭނަ ދެންމެއަކު މިގެއަށް އައި. އައިއްސަ ވާހަކަ ދެއްކި ގޮތުން ހީވަނީ އޭނައަށް އެނގިއްޖެހެން މިފްތާޙްމެންގެ ގެ އެންދީ އަހަރުމެންކަން. އޭނަ ބުނީ މިއަދު ހުރިހާ ހައްދެއް ފަހަނަޅައިފިއޭ. މިއަދުން ފެށިގެން ތިމަންނަ މަސައްކަތް ކުރާނީ އަހަރުމެންނާ ދެކޮޅަށޭ.” އަމީން ކިޔައިދިނެވެ. އެންމެ ފަހު ބަސްތަކަކާއެކީ ފޯނުގެ އަނެއްކޮޅުން ވާހަކަ އަޑުއަހައިގެން އިން ނަވާޒްގެ ދެލޯ މެރުނެވެ. އޭނަގެ ދެބުމަ ކައިރިވީ ގޮތުން އޭނައަށް ފުން އަސަރުތަކެއް ކުރިހެން ހީވެއެވެ. އޭނަ ފޯނު ކަންފަތުގައި ޖައްސައިގެން އެއްވެސް އެއްޗެކޭ ނުބުނެ އިރުކޮޅެއް ވަންދެން އިނެވެ.

 

“ނަވާޒް؟” އަމީން ގޮވާލިއެވެ.

 

“އާނ ކީކޭ؟” ނަވާޒް ހޭވެރިކަމެއް ލިބުނު ފަދައަކުން ބުނެލިއެވެ.

 

“ނަވާޒް ކީކޭތަ ބުނަނީ މިކަމާމެދު؟ އަހަންނަށް ފެންނަ ގޮތުގަ އަހަރުމެންނާއި ދެކޮޅަށް ޔޫނުސްއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ. މިފްތާޙްމެނަށް ދެން ނޫސް އަނބުރާ ގެންނަން ކެރޭނެހެނެއް އަހަންނަށް ހިއެއްނުވޭ. ޔޫނުސް އެމީހުންނަށް އެހީވެދޭން އުޅެފިއްޔާ އަހަރެން މިހިރީ އެކަން ބަލަން. އޭނަ އަމިއްލައަށް އެކަންޏެއް އަހަރުމެންނާއި ދެކޮޅަށް ނުތެދުވެވޭނެ. ތެދުވުނިއްޔާ ދެން އަހަރުމެންގެ އަމާޒުފައްގަނޑަކަށްވާނީ އޭނަ.” އަމީންގެ ވާހަކަ ނިމުނުތަނާ ނަވާޒް ވާހަކަ ދެއްކިއެވެ.

 

“އުނހު އެހެން ހަދައިގެން ނުވާނެ.” ނަވާޒް ކަންބޮޑުވެފައި ކަހަލަ ގޮތަކަށް އަވަސްއަވަހަށް ބުނެލިއެވެ.

 

“އެއީ ކީއްވެ؟” އަމީން ނިތަށް ރޫއަރުވަމުން އަހާލިއެވެ. އަމީންގެ އެ ސުވާލުން ނަވާޒްގެ އަނގަ ބަންދުވިއެވެ. އޭނަ އިސްޖަހާލަމުން ޖެހިލުންވުމަކާއެކީ ވާހަކަ ދެއްކިއެވެ.

 

“އެއީ…..އަހަރުމެންގެ ނޫހަށް އަންނަ ގިނަ ކިޔުންތެރިންނަށް އެންމެ ކަމުދާ ނޫސްވެރިޔަކީ ޔޫނުސް. އަހަރުމެން ޔޫނުސްއަށް ކަމެއްކޮށްފިކަން މީހުންނަށް އެނގިއްޖެއްޔާ އަހަރުމެންނަށް ބައިވަރު ސަޕޯޓަރުން ގެއްލޭނެ.” ނަވާޒް ބުނެލިއެވެ.

 

“ނަވާޒް……ޔޫނުސްގެ ސަޕޯޓަރުން އުޅޭ. އެކަމަކު އަހަރުމެންގެ ނޫހާއި އަހަރުމެން ވެސް ވަކި ބަރޯސާވަނީ އޭނައަކަށް ނޫން. އެހެން ނޫނަސް އަހަންނަށް އެނގޭ އެހެން މީހުންނަށް ނޭނގޭ ގޮތްގޮތަށް ކަންތައް ކުރަން.” އަމީން ބުންޏެވެ.

 

“އެކަމަކުވެސް ރަނގަޅުވާނީ އޭނައަށް އަނިޔާ ކުރުމަށްވުރެ އޭނަ އަނބުރާ ގެންނަން މަސައްކަތް ކުރިއްޔާދޯ؟ އޭނައަށް ފައިސާ ދީގެން އެކަން ކުރެވިދާނެއެއްނޫންތަ؟” ނަވާޒް ބުނެލިއެވެ. އަމީން ފޯނު ކަންފަތުގައި ޖައްސައިގެން ހުރެ ބޯހޫރުވާލިއެވެ.

 

“ހިއެއްނުވޭ މިކަން ފައިސާއަކުން ޙައްލު ކުރެވޭނެހެނެއް. އޭނަ ބުނީ މައްސަލައެއްނެތޭ ތިމަންނަ މަރާލަން މަސައްކަތް ކުރިޔަސް.” އަމީން ބުނެލި ވާހަކައިން ފޯނުގެ އަނެއްކޮޅުގައި ހުރި ނަވާޒްގެ ދެލޯ ބޮޑުވިއެވެ.

 

“އެހެން ނަހަދައްޗޭ!” ނަވާޒް އެހެން ބުނެލިއިރު އޭނަގެ މޫނުމަތީގައި ބިރުވެރިކަމާއި ހިތާމައިގެ އަސަރެއްވިއެވެ.

 

“ކިހިނެއްވެގެންތަ ތިއުޅެނީ ނަވާޒް؟ މިއީ މިކަހަލަ ކަމެއް އަހަރުމެން ރާވާ ފުރަތަމަ ފަހަރެއްނޫން. މީގެ ކުރިން ނަވާޒް ތިކަހަލަ ވާހަކައެއް ނުދައްކާ. އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ނަވާޒް އަބަދުވެސް ހުންނަނީ. މިހާރު ކިހިނެއްތަ މި ވަނީ؟ މިއީ އަނެއްކާ އެ ޔޫނުސްއަށް ކަމެއްކުރަން އުޅޭތީތަ؟ އެއީ ވަކި ޚާއްޞަ މީހަކީތަ؟ އޭނަ އަހަރުމެންނާ ގުޅުނީއްސުރެ އަހަންނަށް ފާހަގަވި ނަވާޒް އޭނަ މާ ކައިރިކޮށްގެން އުޅޭކަން. ކުރިން އަހަރެން ހީކުރީ އޭނަ ގެއްލެން ބޭނުންނުވާތީވެ ކަމަށް އެގޮތަށް ކަންތައް ކުރީ. އެކަމަކު މިއަދު އެނގިއްޖެ އަދި އެހެން ސަބަބެއް އެބައޮތްކަން. ބުނެބަލަ ނަވާޒް. ޔޫނުސް އެއީ ކާކު؟” އަމީން ހިސާބަކަށް ނުރުހުންވެހުރެ އެންމެ ފަހަކަށް ސުވާލުކުރިއެވެ. ނަވާޒް ކާރުތެރޭގައި އިނދެ އެސްފިޔަ ޖަހަމުން އެކި ދިމަދިމާލަށް ކަޅި ހިންގާލިއެވެ. އޭނަގެ ކަޅި ހުއްޓުނީ ކާރުގެ ލައްޕާލެވިފައިވާ ކުޑަ ބިއްލޫރި ދޮރުން ބޭރަށެވެ. އެވަގުތަކީ ޓްރެފިކް ލައިޓް ރަތަށް ބަދަލުވި ވަގުތަށްވުމުން އޭނަ އިން ކާރުވެސް މަޑުކޮށްލައިފިއެވެ. އެ ކާރުގެ ކައިރިއަށް އައިސް މަޑުކޮށްލި ސައިކަލު ނަވާޒަށް ފެނުނެވެ. އެ ސައިކަލުމަތީގައި ތިބީ ޒުވާން ބައްޕައަކާއި ޔުނިފޯމެއްގައި އިން ކުޑަ ފިރިހެން ކުއްޖެކެވެ. ސައިކަލުގެ ކުރީގައި އެ ކުއްޖާ އިން އިރު އޭނަ ސައިކަލުގައި ހުރި އެކި ފިތްތަކަށް ފިތަން މަސައްކަތް ކުރަމުން ދިޔައެވެ. އެކުއްޖާގެ ބައްޕަ ކޮންމެވެސް އެއްޗެކޭ ކިޔަމުން އޭނަގެ އަތް ދުރުކުރުވިއެވެ. އެކުއްޖާ އަތްތިރިކޮށްގެން އިރުކޮޅަކު އިނދެފައި މި ފަހަރު އަތްބޭއްވީ ހުންގާނުގައި ހިފާލެވިފައިވި ބައްޕަގެ އަތްމަތީގައެވެ. އެއާއެކު މިފަހަރު ބައްޕަ ހީލަމުން އެއްޗެކޭ ބުނެލުމުން އެކުއްޖާވެސް އުޖާލާވި ހިނިތުންވުމަކާއެކީ ބައްޕައަށް ބަލާލިއެވެ. އެއަށްފަހު ކުއްޖާ އަނެއްކާވެސް ކުރިމައްޗަށް ނަޒަރު ހުއްޓާލުމުން ބައްޕަ އެކުއްޖާގެ ބޮލުގައި ބޮސްދިނެވެ. މަންޒަރު ބަލަން ކާރު ތެރޭގައި އިން ނަވާޒްގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހިތާމަވެރިކަމެކެވެ. ކަންފަތުގައި ޖައްސާފައި ހުރި ފޯނުން އަމީން ގޮވާ އަޑު އިވެމުން ދިޔައެއްކަމަކު އޭނައަށް އެއަކަށް ސަމާލުކަމެއް ނުދެވެއެވެ. ނަވާޒް ހުރި ދިމާލަށް ބަލަހައްޓައިގެން ހުއްޓާ ޓްރެފިކް ލައިޓް ފެއްސަށް ބަދަލުވެ އޭނަގެ ކާރު ދުއްވަން ފެށިއެވެ. ކައިރިން ފެންނަމުން ދިޔަ ސައިކަލު ނަވާޒްގެ ކާރަށްވުރެ ކުރިއަށް އަރައިގެން ދިޔައެވެ. ނަވާޒް ފުން ނޭވައެއް ދޫކޮށްލަމުން އަމީނަކަށް ފަރުވާލެއްނުދީ ފޯނު ކަންފަތުން ނަގާލަމުން ކަނޑާލިއެވެ.

 

ނަވާޒް އޭނަ އުޅޭ ޢިމާރާތުގެ އެންމެ މަތީގައި ހުންނަ ކޮޓަރީގެ ދޮރު ހުޅުވައި އެކޮޓަރިއަށް ވަތް ވަގުތުވެސް އޭނަގެ މޫނުމަތިވަނީ މިލާފައެވެ. ކޮޓަރީގެ ދޮރު ލައްޕާލަމުން އޭނަ ގޮސް އިށީނީ އެނދުމަތީގައެވެ. މޫނުމަތީގައި ދެއަތް އަޅަމުން ނަވާޒަށް ވިސްނެންފެށީ އޭނަގެ ދިރިއުޅުމާއި މެދުގައެވެ. މިއަދު އޭނަ މި ދުނިޔެއިން ވެސް އެންމެ ބޮޑަށް ބޭނުންވާ ކަމަކީ އޭނަގެ ދަރިފުޅު ކައިރީގައި ހުރުމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް އޭނައަށް މިހާތަނަށް އެއްކުރެވުނުހާ ފައިސާގެ ބޭނުންކޮށްގެން ވެސް އޭނައަށް ނުކުރެވޭނެ ހަމައެކަނި ކަމަކީ އެއީއެވެ.

 

މީގެ އަހަރުތަކެއް ކުރިން ނަވާޒް އޭނަގެ އަންހެނުން ޝަހީމާ ވަރިކުރީ އޭނަ އޭރު މަސައްކަތް ކުރަމުން ދިޔަ ރިސޯޓުން ދިމާވި އަންހެން ކުއްޖެއްގެ ސަބަބުންނެވެ. އާސިޔާއަކީ ނަވާޒަށް ރީތިވި ޒުވާން ކުއްޖެކެވެ. އާސިޔާ ނަވާޒަށް ސަމާލުކަން ދެމުން ދިޔަ ގޮތުން ނަވާޒަށް ވެސް އާސިޔާއަށް ސަމާލުކަން ދެވުނެވެ. އާސިޔާ އޭނައާއި ރައްޓެހިވުމަށް އެދުމުން ނަވާޒް ފުރަތަމަ ޖެހިލުންވިއެވެ. ނަމަވެސް އެ ޖެހިލުންކަން ކެނޑުނީ އޭނަ ރިސޯޓުގައި ކުރާ ކަމެއް އެހެން މީހަކަށް އެނގޭނީ ކިހިނެއްބާއޭ ހިތް ބުނުމުންނެވެ. ނަވާޒް އާސިޔާއާއި ރައްޓެހިވިތާ މަސްތަކެއް ފަހުން އާސިޔާ ނަވާޒް ގާތު ޝަހީމާ ވަރިކޮށް އޭނައާއި އިނުމަށް އެދުނެވެ. ނަވާޒް ވަގުތުން ބުނީ އޭނަ ވިސްނާފައި ޖަވާބެއްދޭނެ ކަމަށެވެ. އޭގެފަހުން އެތައް ދުވަހެއް ވަންދެން ނަވާޒް ދެ ޚިޔާލެއްގެ މަތީގައި ހުއްޓެވެ. އޭނައަށް އޭރު ޝަހީމާއަށްވުރެ ބޮޑަށް އާސިޔާ ކަމުދެއެވެ. ނަމަވެސް އިތުރު ފިޔަވަޅެއް ނާޅާ ހުރީ ޔޫނުސްގެ ސަބަބުންނެވެ. އޭނަ ޝަހީމާ ވަރިކުރުމުން ޔޫނުސްއަށްވާނީ ކިހިނެއްބާއޭ ހިތަށްއަރަމުން ދިޔައެވެ. ކޮންމެއަކަސް އެ ފިކުރުވެސް ގެއްލި ދިޔައީ ޚުދު އާސިޔާގެ ބައްޕަ އަމިއްލައަށް ނަވާޒްގާތު އާސިޔާއާއި އިނުމަށް އެދުމުންނެވެ. އާސިޔާގެ ބައްޕައަކީ އޭނަ މަސައްކަތް ކުރަމުން ދިޔަ ރިސޯޓުގެ އިތުރުން އެހެން ދެ ރިސޯޓެއްގެ ވެސް ވެރި ފަރާތެވެ. އެހެންކަމުން އާސިޔާއާއި އިނދެފިއްޔާ އޭނައަށް އިހުނަށްވުރެ ތަނަވަސް، އާ ދިރިއުޅުމެއް ލިބިދާނެ ކަމަށް ނަވާޒްގެ ހިތް ބުންޏެވެ. ޔޫނުސްއަށް ކޮންމެ ގޮތެއްވިޔަސް އޭނައަށް އެހެން ދަރިން ވެސް ލިބިދާނެއޭ ހިތައި ނަވާޒް ޝަހީމާމެން ދޫކޮށް މާލެއަށް ފުރައިގެން އައިސް އާސިޔާއާއި އިނެވެ. އެ ދެމީހުންގެ ޒަވާޖީ ޙަޔާތް ފެށިގެން ދިޔައީ އޮމާންކޮށެވެ. އާސިޔާގެ ބައްޕަ އެއް ރިސޯޓު ނަވާޒްގެ ނަމަށް ބަދަލުކުރުމުން ދެމީހުންނަށް ލިބުނީ ވެސް ނުހަނު ތަނަވަސް ދިރިއުޅުމެކެވެ. ނަވާޒް ޝަހީމާއާއި ޔޫނުސްގެ މަތިން މުޅިން ވެސް ހަނދާން ނެތުނެވެ. އޭނައަށް މުޅިންހެން ވިސްނެމުން ދިޔައީ އޭނައަށް ލިބިފައިވާ ފައިސާ ގިނަކޮށް އޭނަގެ އާ ދިރިއުޅުން އިތުރަށް ތަނަވަސްކުރެވޭނެ ގޮތްތަކާއިމެދުގައެވެ. މާލެއަށް އައިސް އުޅުމުގެ ތެރޭގައި ދިމާވި އެކިއެކި ސިޔާސީ މީހުންގެ ފަރާތުން އެކަން ކުރެވޭނެ މޮޅު ގޮތެއް ނަވާޒަށް އެނގުނެވެ. އަތުގައި ފައިސާ ހުރުމުން ޕާޓީއެއް އުފެއްދުމަށްޓަކައި މީހުން އެއްކުރުމަކީ ނަވާޒަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ. މަދު މަސްތަކެއްގެ ތެރޭގައި މޯލްޑިވިއަން ރީފޯމް ޕާޓީ އުފެދި އޭނަ އެ ޕާޓީގެ ރައީސަށްވިއެވެ. ހަމަ އެއާއެކު އޭނަ އޭރު ހިންގަމުން ދިޔަ ނޫސްވެސް މަޝްހޫރުވެގެން ދިޔައެވެ. މި ދުވަސްކޮޅުގެ އާސިޔާގެ ބަނޑުބޮޑުވެގެން ދިޔުމުން ނަވާޒަށް ހީވީ ދުނިޔޭގައި ވީހާ އުފަލެއް އޭނަގެ ފަސްބަޔަށް އެޅުނީހެންނެވެ.

 

ނަވާޒްގެ އުފާވެރިކަން މާ ގިނަ ދުވަހެއް ވަންދެން ދެމިގެން ނުދިޔައެވެ. ވިހެއުމުގެ ދުވަސް ކައިރިވަމުން ދިޔަވަރަކަށް އާސިޔާގެ ޞިއްޙީ ޙާލަތު ދައްވަމުން ދިޔައެވެ. ލޯބިލޯބި ފިރިހެން ކުއްޖަކު ވިހެއުމުގެ ތެރޭގައި އާސިޔާ ދުނިޔެ ދޫކުރިއެވެ. އެ ހިތާމައިގައި ނަވާޒް އުޅެމުން ދަނިކޮށް އޭނަގެ ބޯ މައްޗަށް އާ ކޮޅިގަނޑެއް ވެރިވިއެވެ. އޭނަގެ ތުއްތު ދަރިފުޅުގެ ފުއްޕާމޭގައި މައްސަލައެއް ހުރިކަން އެނގުނީ އެ ދަރިފުޅަށް 7 ދުވަސްވެސް ނުފުރެނީހެވެ. އޭގެ މާ ގިނަ ދުވަހެއްނުވެ ނަވާޒް އޭނަގެ ދަރިފުޅަށް ވެސް މުޅި ޢުމުރަށް އަލްވަދާޢު ކިޔަން ޖެހުނެވެ. އެއަށްފަހު ނަވާޒްގެ ޙަޔާތަށް ވެރިވީ އޭނަ ދުވަހަކުވެސް އިޙްޞާޞް ނުކުރާފަދަ އެކަނިވެރިކަމެކެވެ. އޭނަ އަބަދުވެސް ބޭނުންވެގެން ހުރި ގޮތަށް އޭނަގެ ބޭންކް އެކައުންޓްތަކަށް ކޮންމެ ދުވަހަކު އެތައް ލާރިއެއް އެއްވަމުން ދިޔައެއްކަމަކު އެކަމުން އޭނަގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ގެނެސް ނުދެއެވެ. އޭނަ އިތުރަށް މާޔޫސްވަމުން ދިޔައީ އެކި އެއްވުންތަކުގައި އޭނަގެ އެކުވެރިން އެމީހުންގެ ޢާއިލާތަކާއެކީގައި އުޅޭތަން ފެނުމުންނެވެ. އޭނަގެ އެކުވެރިން އެމީހުންގެ ކުދިން މިވެނި ޤައުމަކުން ކިޔަވައިގެން މިވެނި ވަޒީފާއެއް އަދާކުރަމުން ދާ ވާހަކަތައް އަޑު އިވުމުންނެވެ. އެއްދުވަހު ނަވާޒާއި އަލަށް ބައްދަލުވި ސިޔާސީ މީހަކު އޭނަގެ ދަރިފުޅެއް ނުހުންނަނީތޯ ސުވާލުކުރިއެވެ. ނަވާޒަށް ވަގުތުން އާނއެކޭ ބުނެވެން އުޅުނީ އޭނަގެ އަމިއްލަ ދެއަތުން އޭނަގެ ދަރިފުޅު ސަންދޯކުގައި ބޭއްވި ހަނދާންވެފައެވެ. ނަމަވެސް ނުބުނެވުނީ އެއަށްވުރެ ކުރީގެ ހަނދާނެއްވެފައެވެ. އޭނަ މާލެއަށް އައުމުގެ ވެސް ކުރީގެ ހަނދާނެކެވެ. އެއާއެކު ޔޫނުސް ކޮބައިތޯ އޭނަގެ ހިތް ސުވާލު ކުރިއެވެ. ޔޫނުސްގެ ނަން ހިތަށް ވެރިވަމުން ދިޔަގޮތުން އޭނައަށް އެރޭގެ އެ އެއްވުމުގައި ހަމަޖެހިގެން ނުވެސް ހުރެވުނެވެ. ގެއަށް ގޮސް އޭނައަށް ކޮޓަރި ތެރެއިން ހޯދުނީ ޔޫނުސްގެ އެއްވެސް ނިޝާނެއް އޭނައަށް އެހާ ހިސާބަށް ގެނެވުނުތޯއެވެ. ނަވާޒް ހޯދަމުން ދަނިކޮށް އޭނައަށް އޭނަ ވަރަށް ކުރީއްސުރެ ގެންގުޅުނު ކެމެރާއެއް ފެނުނެވެ. އެ ކެމެރާގައި ހުރި ޔޫނުސްގެ ފޮޓޯތައް ފެނިފައި ނަވާޒްގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމާއިއެކު އޭނަގެ ލޮލުން ކަރުނަ ހިލުނެވެ. ކުޑަކުޑަ ޔޫނުސްގެ ފޮޓޯތައް ފެނިފައި ޔޫނުސް މިހާރު ބޮޑު މީހަކަށް ވެދާނެއޭ އޭނަގެ ހިތް ބުންޏެވެ. ހަމަ އެއާއެކު އޭނަ ޔޫނުސް ދެކިލަން އިންތިހާއަށް ބޭނުންވިއެވެ. އެހެނަސް ޔޫނުސް އޭނަ ދެކިލަން ބޭނުން ނުވެދާނެއޭ ހިތް ބުނި ވަގުތު އެ ހިތަށް ތަދުވިއެވެ. އޭނައަށް ޔޫނުސްއާއިމެދު ކަންތައް ކުރެވުނު ގޮތް ހަނދާނަށް އައުމުން ނަވާޒް އެ ދުވަސްތައް އަނބުރާ ގެންނަން ބޭނުންވިއެވެ. އޭނަ ދިޔަފަހުން ޔޫނުސް އުޅުނީ ކޮންފަދަ ޙާލެއްގައިބާވައޭ ނަވާޒްގެ ހިތް ބުންޏެވެ. އޭނަގެ ދަހިވެތިކަމުގެ ސަބަބުން އޭނަ ޔޫނުސްއަށް ދޭން ވާޖިބުވި ލާރިކޮޅު ވެސް ނުފޮނުވައެވެ. ޔޫނުސް ދުނިޔޭގައި އެބަހުރި ބާވައޭ ނަވާޒްގެ ހިތަށް އެރި ވަގުތު އޭނަގެ ހިތަށް ބިރުވެރިކަމެއްވަނެވެ. އޭނަ ވަގުތުން ޔޫނުސް ވީ ތަނެއް ބަލަން ބޭނުންވިއެވެ. އޭނަ މީހަކަށް އަންގައި ހޯދަން އުޅެނިކޮށް އޭނައަށް އޭނަގެ ނޫހުން ޔޫނުސްގެ ނަން ފެންނަން ފެށިއެވެ. އަހުމަދު ޔޫނުސްގެ ނަން ފެނުނު ފުރަތަމަ ދުވަހު ނަވާޒަށް އޭނަގެ ލޮލަށް އިތުބާރެއްވެސް ނުކުރެވުނެވެ. ނަމަވެސް އެ ނަމުގެ ކައިރީގައި ހުރި ފޮޓޯގައި ހުރީ ހަމަ އޭނަގެ ދަރިފުޅުކަން ނަވާޒަށް ޔަޤީން ކުރެވުނެވެ. ޔޫނުސް އޭނައަށްޓަކައި މަސައްކަތް ކޮށްދެނީ އޭނަދެކެ ލޯބިވާތީވެކަމަށް ނަވާޒަށް ޤަބޫލުކުރެވުނެވެ. ނަމަވެސް އެތައް އަހަރަކަށްފަހު އޭނަ ޔޫނުސްއާއި ބައްދަލުވީ ފުރަތަމަ ދުވަހު ޔޫނުސް ހިނިތުންނުވީ ގޮތުން އޭނަ އޮޅުން އެރިއެވެ. އޭނަ ޔޫނުސްގެ ގައިގައި ބައްދާލުމުން ވެސް ޔޫނުސް ބުމަގޮށްޖެހިފައި ހުރި ގޮތުން އޭނަ ކިހިނެއްވީތޯ ސުވާލުކުރަން ބޭނުންވިއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ޔޫނުސް އޭނައަށް ނަފްރަތު ކުރާކަން ނަވާޒަށް އެނގުންވަމުން ދިޔައެވެ. ޔޫނުސް އަބަދުވެސް އޭނަގެ ނަމުން ގޮވައި ނުރުހުމުގެ ރާގަކަށް ވާހަކަ ދައްކާ ގޮތް އެކަމުގެ ހެއްކަކަށް ފުދެއެވެ. ނަވާޒް ޔޫނުސް ވަކިން ގެނެސް އަމިއްލަ ބައްޕައާއި ތިގޮތަށް ވާހަކަ ދައްކައިގެން ނުވާނެއޭ ބުނަން ބޭނުންވެއެވެ. ނަމަވެސް އޭނަ އެހެން ނަހަދަނީ އޭނައަށް ޔޫނުސްގެ ފަރާތުން ޙައްޤުވަނީ ވެސް އެފަދަ “އިޙްތިރާމެއް” ކަމަށް އޭނައަށް ޤަބޫލު ކުރެވުނީތީވެއެވެ. އޭނަ ޔޫނުސްއާއިމެދު ކަންތައް ކޮށްފައިވަނީ އެހާވެސް ގޯސްކޮށެވެ. އޭނައާއި ވާހަކަ ދައްކަނީ ވެސް އެއީ ޔޫނުސްއަށްވީތީވެއޭ ނަވާޒްގެ ހިތަށްއަރައެވެ. އެހެން މީހެއްގެ ދަރިއަކަށްވިނަމަ ދެކިލަން ވެސް ނުއުޅުނީހެވެ. ކޮންމެއަކަސް ޔޫނުސް އޭނަ ދުރުކުރާ މިންވަރު އިޙްޞާޞް ކުރެވޭ ކޮންމެ ފަހަރަކު ނަވާޒްގެ ހިތް ކުނޑިކުނޑިވެއެވެ. އޭނަ ޔޫނުސްގާތު މަޢާފަށް އެދެން ބޭނުންވެއެވެ. ނަމަވެސް އެދެން ނުކެރެނީ ޔޫނުސް އޭނައަށް މަޢާފު ކުރުމުގެ ބަދަލުގައި ކިޔާނެ އެއްޗެއްސަށް އޭނައަށް ކެތްނުކުރެވޭނެހެން ހީވާތީވެއެވެ. މިހުރިހާ ކަމެއް މިހެން އޮތަސް ނަވާޒްގެ ހިތް ޔޫނުސް ގިނަގިނައިން ދެކިލަން އެދެއެވެ. ޔޫނުސްގެ ކައިރީގައި ހުންނަން އެދެވެއެވެ. ނާންނާނެ ދުވަހެއްކަން ޔަޤީންވެ ހުރެވެސް ނަވާޒަށް އިންތިޒާރު ކުރެވެނީ ޔޫނުސް އޭނައާއި ދިމާލަށް ބައްޕާއޭ ކިޔައި ގޮވާލާނެ ދުވަހަކަށެވެ. މިއަދު އަމީންގެ ފަރާތުން އިވުނު ވާހަކައިން އެ ދުވަސް އައުމަކީ ނާދިރު ކަމެއްހެން ނަވާޒަށް ހީވެއްޖެއެވެ. ޔޫނުސް އޭނަ ކުރާ ނުބައި ކަންތައްތަކަށް ނަފްރަތު ކުރީތީ އޭނައަށް ޙަޤީޤަތުގައި ޔޫނުސްއާމެދު ފަޚުރުވެރިވެވުނެވެ. ނަމަވެސް އޭނައާއި ވާހަކަ ދައްކައިގެން އެ ކަންތައް ޙައްލުކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި އެންމެ ފުރަތަމަ ވެސް އޭނައާއި ދެކޮޅަށް ނިކުންނަން އުޅޭތީ ނަވާޒްގެ ހިތް ދެރަވިއެވެ. ޔޫނުސް އެގޮތަށް ކަންތައް ކުރާނީ ޔޫނުސްއަށްޓަކައި އޭނައަކީ ބީރައްޓެއްސަކަށްވީތީ ވެއެއްނޫންހެއްޔެވެ؟ ނަމަވެސް އެކަން އެގޮތަށް ވާންވީ ކީއްވެހެއްޔެވެ؟ އޭނަ ޔޫނުސްއާމެދު ގޯސްކޮށް ކަންތައް ކުރުމުގެ ކުރިން ޔޫނުސް އޭނައާއި ހާދަ ގާތެވެ. އޭނަ ރިސޯޓުން ގެއަށް އަންނައިރަށް ޔޫނުސް އޭނަގެ އަތުތެރެއަށް އަންނާނެއެވެ. އޭނަ ޔޫނުސް ގޮވައިގެން ސައިކަލުގައި މުޅި ރަށު ވަށައި ދުއްވާފައި ވާނެއެވެ. ޤަވާޢިދާއި ޚިލާފަށް ވިޔަސް ޔޫނުސް ފުރާވަރަށް އެޅިގެން އުޅުނު ދުވަސްވަރު އޭނަ ސައިކަލުގެ ފަހަތުގައި އިނދެގެން ޔޫނުސްއަށް ސައިކަލު ދުއްވުމުގެ ފުރުޞަތު ދިނެވެ. ޗުއްޓީ ބައެއް ދުވަސް ދުވަހު އޭނަ ޔޫނުސްއާއެކީ ފުޓުބޯޅަވެސް ކުޅެފައިވާނެއެވެ. ޔޫނުސްއާއެކީ އަތިރިމައްޗަށް ގޮސް މަޑި އެރުވުން ފަދަ ހުނަރުތައް ވެސް ޔޫނުސްއަށް ދަސްކޮށްދިނީ އޭނައެވެ. ޔޫނުސް ހަމަ އެހުރިހާ ކަމެއްގެ މަތިން ހަނދާން ނެތުނީބާވައޭ ނަވާޒްގެ ހިތަށްއަރައެވެ.

 

ނަވާޒް އޭނަގެ ތެމިގެން ދިޔަ ލޯ ފޮހެމުން މޫނުން އަތް ނެގިއެވެ. އޭނައަށް އެއްލި ކަޅިއަކުން ފާރުގައި ހުރި ގަޑިން މިއަދުގެ ތާރީޚު ފެނިފައި އޭނަ މިރޭ އޮތް ޖަލްސާއެއްގެ ވާހަކައަށް ތައްޔާރުވާންޖެހޭކަން ނަވާޒް ހަނދާންވިއެވެ. ހަމަ އެއާއެކު އޭނަ އެ މަސައްކަތަށްޓަކައި ތެދުވިއެވެ.

 

**

 

“ދެން؟” ނަޞްރާ އެހެން އަހާލީ އޭނަގެ ކައިރީގައި އެނދުމަތީގައި އިށީނދެގެން އިން ޔޫނުސްއާއެވެ. ޔޫނުސް ދެފައި ދަމާލައިގެން ކުރިމައްޗަށް ނަޒަރު ހުއްޓައިގެން އިންއިރު އެ މޫނުމަތީގައިވީ ރުޅިވެރިކަމެވެ. ނަޞްރާ ޖަވާބަކަށް އިންތިޒާރު ކޮށްގެން ޔޫނުސްއަށް ބަލަން އިނެވެ. ޔޫނުސް ވަނީ މިއަދު އަމީންމެން ކުރި ކަންތަކުގެ ވާހަކައާއި އޭނަ އަމީންގެ ގެއަށް ގޮސް ދެއްކި ވާހަކަތައް ނަޞްރާއަށް ކިޔައިދީފައެވެ. ޔޫނުސް ދެން ކަންތައް ކުރަން އުޅެނީ ކިހިނެއްކަން ނަޞްރާ ދެނެގަންނަން ބޭނުންވިއެވެ.

 

“ޔޫނުސް އަހަރެން ސުވާލެއް އެބަކުރަން. ދެން ކިހިނެއްތަ ހަދަން ތިއުޅެނީ؟” ޔޫނުސް ޖަވާބެއްނުދީ އިންނަން ފެށުމުން ނަޞްރާ އަހާލިއެވެ.

 

“ނޭނގެ ނަޞްރާ. އެކަމަކު އަހަރެން އެމީހުން ސަލާމަތްވިޔަކަ ނުދޭނަން.” ޔޫނުސް ރުޅިވެރިކަމާއެކީ އެއްދިމާލަކަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ނަޞްރާ ޔޫނުސްއަށް ބަލަން އިނދެފައި އިސްޖަހާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އެނދުމަތީގައި އޮތް ޔޫނުސްގެ އެއްއަތް ނަގައި އެއަތުގައި ދެއަތުން ހިފާލިއެވެ.

 

“ޔޫނުސް، އަހަރެން ވަރަށް އުފާކޮށްފިން ޔޫނުސް އެޗް.އެން ނިއުސްއިން ވަކިވީތީ. އެކަމަކު އެއްވެސް މީހަކަށް ތިހާ ރުޅިވާކަށް ނުވާނެ. އަހަރުމެން ރުޅިވާންޖެހޭނީ މީހުންކުރާ ނުބައި ކަންތައްތަކަށް. މީހުންދެކެ އެއްނޫން. އެއީ ކޮންމެ މީހަކުވެސް އިޞްލާޙުވުމުގެ ފުރުޞަތެއް އޮންނާނެތީ. ޔޫނުސް ކޮންމެ ކަމެއް ކުރިޔަސް އެކަން ވެގެން ނުވާނެ ބަދަލު ހިފުމުގެ ނިޔަތުގަ ކުރާ ކަމަކަށް. އެކަން ވާންޖެހޭނީ ރަނގަޅު ބަދަލެއް ގެނައުމުގެ ނިޔަތުގަ ކުރާ ކަމަކަށް. އޭރުން އެކަމެއް ކާމިޔާބުވާނީ. ޔޫނުސް އަދި ހަނދާން ބަހައްޓަންވާނެ ތި މަސައްކަތް ކުރަން އުޅެނީ އަމިއްލަ ބައްޕައާއި ދެކޮޅަށްކަން. ބައްޕައާއި ދެކޮޅަށް މަސައްކަތް ކުރިޔަސް ބައްޕައަށް އިޙްތިރާމްކުރަން އެނގެންވާނެ. ބައްޕަ ދެރަވާ ކަހަލަ ގޮތަކަށް ކަންތައް ކޮށްގެން ނުވާ…..” ނަޞްރާގެ ވާހަކަ މެދުކެނޑުނީ ޔޫނުސް އޭނަގެ އަތް ނަޞްރާގެ އަތުތެރެއިން ދަމައިގަތުމުންނެވެ.

 

“އޭނަގެ ވާހަކަ ނުދައްކާ! އޭނަ މި ހުރިހާ ނުބައެއްގެ އަސްލަކީ. މި ކަންތައް ފެށުނީ އޭނައިން. އެ އަމީން މިފްތާޙްބެމެންގެ ގެ އަންދާލީވެސް އޭނަގެ އެދުމަށް ކަމަށްވާނީ!” ޔޫނުސް ރަތްވެފައިވާ ދެލޮލުން ނަޞްރާއަށް ބަލަން އިނދެ ހަރުއަޑުން ބުނެލިއެވެ. އެ އަޑު އިވިފައި ނަޞްރާ ނުތަނަވަސްވިއެއްކަމަކު އޭނަ ހިތްވަރު ކުރެވޭތޯ ބެލިއެވެ.

 

“ޔޫނުސް، އަމިއްލަ ބައްޕައާމެދު ތިގޮތަށް ވާހަކަ ދައްކައިގެން ނުވާނެ. އެއްފަހަރު ބައްޕައަށް ކުރެވޭ ކަންތައްތަކާމެދު ބައްޕައާ ލޯބިން ވާހަކަ ދައްކާލަބަލަ.” ނަޞްރާ ބުނެލިއެވެ.

 

“އޭނައާ؟ ލޯބިން ވާހަކަ ދައްކަންވީ؟ ދުވަހަކުވެސް ނުކުރާނަން ތިކަމެއް. އަހަރެން އޭނަ ކާމިޔާބުވިޔަކަ ނުދޭނަން އެއްވެސް ކަމަކުން.” ޔޫނުސް ދެންވެސް ހަރު އަޑުން އެހެން ބުނެލަމުން ކުއްލިއަކަށް އެނދުން ތެދުވިއެވެ. އަދި ނަޞްރާ ބަލަބަލާ ހުއްޓާ ކޮޓަރިން ނިކުމެގެން ދިޔައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

އިންތިޒާރު ( ނުވަވަނަ ބައި )

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 14

Next
September 26, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 14

Previews
September 25, 2015

އިންތިޒާރު ( ނުވަވަނަ ބައި )

20 Comments!

  1. jana says:
    September 25, 2015 at 9:47 pm

    Assalam’alaikum 🙂 varah dheravejje mi bai kuruvyma. ekamaku maa bodah las vaathee up kolly. dhen oiy bai sunday ga In Sha Allah

  2. zeek says:
    September 25, 2015 at 9:52 pm

    Yey!! I am first

    1. jana says:
      September 26, 2015 at 7:52 pm

      😀

  3. Anonymous says:
    September 25, 2015 at 10:00 pm

    Mi bai mee beykaaru baeh nu.. ehves aa shauguveri kameh ves nuhigaa.. faadakah foohi mi bai… ?????????????????

    1. Anonymous says:
      September 25, 2015 at 10:05 pm

      Magey loabivaa Afreenge baeh ves nei.. ???????

    2. leem says:
      September 25, 2015 at 10:07 pm

      Theeves dhogeh noon!!! I support u!!!

    3. jana says:
      September 26, 2015 at 7:55 pm

      I support you too leem!!!! hehehe…..mi bai jana genesdheyn beynunvi hisaabah nugenesdhevunyma mi foohivy. alhe anonymous thihaa varah nuroibala. jana ge geyga fenbodu vedhaane. maadhama up kuraa baiga Afreen ge bai varah bodah hunnaane ingey anonymous. 30 vana baige varah bodu baeh mihaaruves liyevijje. varah dhigukoh genesdheyn beynunvany ebai In Sha Allah. varah bodah sorry ingey anonymous thihaa varah dheraveema….

    4. Anonymous says:
      September 26, 2015 at 9:02 pm

      Maadhamaa ga ey?? Hama aslah? Ehenvejjeyya varah ufaa vejje.. ?????????????????????????

  4. Jui says:
    September 25, 2015 at 10:11 pm

    I’m baa v boring …???????????????

    1. jana says:
      September 26, 2015 at 7:58 pm

      Agreed! ekamaku thivarah nuroi ingey Jui. dhen oiy baiga varah gina kanthah hingaane 😀

  5. Jui says:
    September 25, 2015 at 10:12 pm

    Mi bai*

  6. Mee says:
    September 26, 2015 at 6:24 am

    Reethe mi baimaakuree

    1. jana says:
      September 26, 2015 at 7:58 pm

      dhen oiy bai dhigu kureveytho mi balany 🙂

  7. Mee says:
    September 26, 2015 at 6:24 am

    Reethe mi baimaakuree

  8. Shuhu says:
    September 26, 2015 at 3:27 pm

    “meehunnah rulhivaanytha” noony meehundheke rulhi annaanytha? mivaahakain varah faahaga kurevey bahakah vaathy bunely…

    1. jana says:
      September 26, 2015 at 7:59 pm

      hmm Shuhu thi thankolhu rangalhu koffin mihaaru. Jazakallah Khairan 😀

  9. zink says:
    September 26, 2015 at 8:27 pm

    VARAH REETHI

    1. jana says:
      September 27, 2015 at 8:50 pm

      Alhamdhulillah! 😀

  10. amie says:
    September 27, 2015 at 9:39 am

    Mi vaahaka liyany kuda kujjehtha? Ibaaraaiy kohffa hunna goiy dhwww….” furathama dhuvahu hinithun nuvee gothun ves” mi thankolhu vv odd…

    1. jana says:
      September 27, 2015 at 8:51 pm

      hehe……kuda kujjakah nuviyas dhivessah ehaa molhu nooniyya odd gothakah huredhaane dho amie?

Comments are closed.

Next Episodeހިޖުރަ (ތިރީސްވަނަ ބައި)←


All Right Reserved!