Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ( ހަތްވަނަ ބައި )

saarah Level 210 Stories100 Comments
September 21, 2015 8 Mins Read
13 Comments

ކިޔާން މާއިޝާ ދިޔަ ދިމާލަށް ބަލަން ހުރެލާފައި ކާރުދުއްވާލީ ފާޑެއްގެ ގޮތެއް އަނގައަށް ހަދާލަމުންނެވެ.
މާއިޝާ ކޮޓަރިއަށް ވަދެ ދަބަސް އަތުކޮޅަށް ނަގާ ހޫރާލީ ރުޅިއައިސްފަ ހުރި ވަރުންނެވެ. ދެންމެގައި އެ މޫނުމަތީގައިވި ލަދުވެތިކަން ރުޅިވެރިކަމަށް ބަދަލުވީ ދެރަވިވަރުންނެވެ. އެހާވެސް ފޮނިވާންޖެހޭ ހެއްޔެވެ. ސޮރީއޭ ނުބުނެވުނީ ހެއްޔެވެ. އެހާވެސް “އީގޯ” ބޮޑެވެ. ރީތި ފިރިހެނުންގެ ވައްތަރެކެވެ. “ފޮނިގަނޑު” މާއިޝާ ބިންމަތީގައި އޮތް ދަބަސް ނަގައިގެން ދަބަހުގައި ފިރުމާލިއެވެ. ކިޔާނަކާ ހެދި މާއިޝާ އެންމެ ގަޔާވާ ދަބަސްވެސް އެއްލާލެވުނީއެވެ.
މާޔާ މީޓިންގ އެއްގައި އުޅެފަ އައިސް ފޯނު ބެލިއިރު މާއިޝާގެ ބައިވަރު މިސްޑް ކޯލްތައް ފެނިގެން ހާސްވެފައި މާއިޝާއަށް ގުޅާލީ ކަމެއްވީ ކަމުގައި ހީކޮށެވެ. ފޯން ރިންގް ވާ އަޑަށް މާއިޝާގޮސް ބެލިއިރު ގުޅަނީ މާޔާއެވެ. މާއިޝާ އަދިކިރިޔާހޭ ބުނެލަމުން ފޯނު ނަގަން އުޅެފަވެސް ނުނެގީ މާޔާ ތަޅުވާލަންވެގެނެވެ. ދެވަނަ ފަހަރަށް ރިންގް ވުމުން މާއިޝާ ފޯނު ނެގިއެވެ.
” ކިހިނެއްވީ މާއިޝާ؟ ކަމެއްވީތަ؟ ” މާއިޝާ ފޯނު ނަގައިގެން ހަލޯއޭ ނުކިޔެނީސް މާޔާ ހާސްވެފައި ސުވާލު ކުރަން ފެށިއެވެ.
” ވޯހ.. ވޯހ.. ކާލްމް ޑައުން.. ވާރޭ ވެހޭތީ ގެއަށް ނާދެވިގެން ގުޅީ. އެކަމަކު މިހާރު ގޭގަ. ” މާއިޝާ ކުޑަކޮށް ހެމުން ޖަވާބު ދިނެވެ. މާޔާ އޯކޭއޭ ބުނަމުން ފޯނު ބޭއްވިއެވެ.
ރޭގަނޑުގެ ވަގުތެވެ. މާއިޝާ ކޮފީއެއް ބޯލަން ބަގީޗާގެ ހުރި ބެންޗުގައި އިށީދެލައިގެން އިންއިރު ސިކުނޑީގައި އެބުރެމުން ދިޔައީ ކިޔާންގެ ހިޔާލުތަކެވެ. ފިނިކަމުން މާއިޝާ ބޮލާއެކީ ސްކާފްއެއް އޮޅާލައިގެން އިނީ ދެފައި ބެންޗްގެ މައްޗަށް އަރުވާލައިގެންނެވެ. މަލީހާ ނުކުމެފައި އެތެރެއަށް ވަންނަން ބުނުމުންވެސް އެ ގޮތުގައި އެތާއިނީ އެކަނި ވެލަންވެގެނެވެ. އިރުކޮޅަކުން މާޔާވެސް ކޮފީ ތައްޓެއް ހިފައިގެން އައިސް މާއިޝާ ކައިރީ އިށީދެލިއެވެ. ވިއްސާރަ ރެއެއް ކަމުން އުޑުމަތިން ތަރިއެއް ވެސް ނުފެނެއެވެ. ވައިރޯޅިތައް ޖެހިލާއިރު ހަވީރު ވެހުނު ވާރޭގައި ގަސްތަކުގައި ހަރުލާފައި ހުރި ފެންތައް ފައިބައިގަނެއެވެ.
” މާއިޝާ މާދަމާއިން ފެށިގެން ކާރުގަދޭ ކޮލެޖައް. ދޮންތައަށް ވުރެ ކުރިން މާއިޝާ އަބަދުވެސް ނިމެއެއްނު. ކޮންމެ ދުވަހަކު ދޮންތަ އޮފީހަށް ލައިދިނީމަ އޯކޭ ވާނެ. ދެން ބަލާ އަންނަން ވީމަ ގުޅާލާނަން. ” މާޔާ ކޮފީ ކޯވަރެއް ބޯލަމުން ވާހަކަދެއްކިއެވެ. މާއިޝާ ހީލާފައި އޯކޭ ބުނެލިއެވެ. މާޔާ އެތާގަ އިންދާ ކިޔާން ގުޅާލުމުން މާއިޝާގެ ސަމާލުކަން މާޔާއަށް ހުއްޓުނެވެ. މާޔާ ހެވިލާފައި ކިޔާނާ ވާހަކަ ދައްކާތަން ފެނުމުން މާއިޝާ ދެރަވިއެވެ. އެތާ ނީންނަންވެގެން ދަނީއޭ ކިޔާފަ ހަލުވިފިޔަވަޅުތަކެއްގައި ގޮސް ގޭ އެތެރެއަށް ވަނެވެ. މާއިޝާ ބާރަކަށް ގޮސް ޖޯޑު ސިންކްތެރެއަށް ދޫކޮށްލާފަ ގޮސް ކޮޓަރިއަށް ވަނެވެ. އޭނައަށް މި ވަނީ ކިހިނެއް ހެއްޔެވެ. މީގެ ކުރިންވެސް މާޔާ ކިޔާން އާ ވާހަދައްކައެވެ. ދެން މިއަދު މިހާ ދެރަވަނީ ކީއްވެ ހެއްޔެވެ.
ހެނދުނު ސައި ބޮއެގެން މާއިޝާ މާޔާ އޮފީހައް ޑްރޮޕް ކޮށްދޭން ދިޔައެވެ. އޮފީހަށްގޮސް އުޅެނިކޮށް ބޮސް ގުޅާފަ މާޔާ ގެންގޮސްގެން، މިއަދު ހުޅުމާލެއަށް މަސައްކަތް ކުރިއަށްދާގޮތް ބަލާލަން ދާންވެއްޖެކަމުގައި ބުނެލިއެވެ. އެހެންޏާ މާލެއިން ބޭރުގެ މަސައްކަތްތައް ބަލަން ދަނީ އެހެން މުވައްޒަފެކެވެ. އެހެންކަމުން މާޔާ އެ ސުވާލު ކޮށްލުމުން އެ ކުއްޖާ މިއަދު ބަލިވެ އުޅޭތީ ނާންނާތީ މާޔާ ފޮނުވަނީކަމުގައި ބުނެލިއެވެ. މާޔާއަކީ ސީނިއަރ އާކިޓެކްޓްއެއް ކަމުން އެ މަސައްކަތައް އެންމެ ރަނގަޅުވާނީ މާޔާކަމުގައި ވާތީއެވެ. މާޔާ ދާން އެއްބަސްވެފައި ނުކުމެގެން ދިޔައެވެ.
ހުޅުމާލެއަށްދާ ލޯންޗް ރެޑީވުމުން މާޔާ ދިޔައީ އޮފީހުގެ އެހެންވެސް ދެތިން މުވައްޒަފަކާ އެކީއެވެ. މަސައްކަތް ކުރިއަށް ގެންދަންވީގޮތް އޮޅުންފިލުވާދީފަ މާޔާ ބޭރަށް ނުކުމެލީ ވަރުބަލިވެފައި ހުރުމުން ކުޑަކޮށް ރެސްޓްއެއް ނަގާލަންވެގެނެވެ. މާޔާ ބޭރަށް ނުކުމެ ފޯނާ ކުޅެން ހުއްޓާ އެހެންލާފަ ޕާޓޭ ގްރޫޕެއް ދިޔައެވެ. މާޔާ އަޅާވެސްނުލާ ފޯނާ ކުޅެން ހުއްޓާ އެތަނުން އެކަކު ހާދަ ރީއްޗޭ ކިޔާފަ ގޮވާލަމުން ކައިރިއަށް އަންނަން ފެއްޓިއެވެ. މާޔާ ތެދުވެގެން އެތެރެއަށް ދާން ހިގައިގަތްތަނާ އެމީހަކު އައިސް މާޔާގެ އަތުގައި ހިފާލިއެވެ. މާޔާ ރުޅިއައިސްގެން އަތް ފޮޅުވާލާފަ ދާން އެބުރިލިތަނުން ފަހަތުން ބާރު އަޑެއް އިވިގެން ސިހިފައި ފަހަތް ބަލާލެވުނެވެ. މާޔާ ދެލޯބޮޑުކޮށްލެވުނީ ދެންމެ އޭނައާ ބެހުނު މީހާ ބިތްމަތީގައި އޮތް ތަން ފެނިގެންނެވެ. އަނގަމަތީ އަތްއަޅާލަމުން މާޔާ އިސްއުފުލާލިއިރު ކުރިމަތީ ހުރި ޒުވާނާ ފެނިގެން ހަށިގަނޑު ރޫރޫއަޅައިގެން ދިޔައެވެ. އިސްތަށިގަނޑު ދިގުކޮށް ހުރި އެ ޒުވާނާގެ އެއްބުމައިގައި ރިހިކުލައިގެ ބޮޅެއް އަޅުވާފައި އޮތެވެ. ކަރުގަ ފުރާ ފަށްއަޅާފައި ހުރިއިރު އަތުގަޔާ ފައިގަވެސް ހުރީ ފުރާ ފަށް އަޅާފައެވެ. ތުނބުގައި ސިގިރޭޓެއް ޖަހާލައިގެން ހުރި އިރު މޫނު މަތިން ނުލަފާ ވައްތަރު ޖަހައެވެ. ބިރުގަތްވަރުން މާޔާއަށް ދެފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. މާޔާ ދުވެފިލަން ބޭނުންވިއެވެ. އެހެންނަމަވެސް ދެން ދުވެފައި ނުދެވޭނެ ކަން އެގޭތީ މާޔާ ހުއްޓިލައިގެން އެ ޒުވާނާއަށް ބަލަން ހުރި އިރު ހިންދިރުވާލެވުނެވެ. ޒުވާނާ ކުޑަކޮށް ގުދުވެލާފައި ވެއްޓިފައި އޮތްމީހާ ގިރުވާނުގައި ހިފާ ތެދުކުރުވިއެވެ.
” ސޮރީއޭ ބުނޭ ” ޒުވާނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.
” ސޮރީ ” ބަސްއަހާ ކުޑަކުއްޖަކު ފަދައިން އެމީހާ މައާފަށް އެދުމުން ޒުވާނާ އޭނަގެ ގިރުވާނުން ދޫކޮށްލަމުން ކޮށްޕާލިއެވެ. އެމީހާ ބާރަކަށް ދުވެލާފައި ގޮސް ގޯޅިއަކުން އަޅާލިއެވެ.
” ލޯންގް ޓައިމް ނޯ ސީ……. މާޔާ…. ” ޒުވާނާ ސިގްރެޓް އެއްލާލަމުން މާޔާއަށް ބަލާލީ ލާނެތްގޮތަކަށް ހީލަމުންނެވެ. މާޔާ ބިރުން އަނެއްކާވެސް ކުޑަކޮށް ފަހަތަށް ޖެހިލި ގަޑީ އެތާ އޮތް ގަލެއްގައި ފައި އެޅިފަ ވެއްޓެން ދިޔައެވެ. މާޔާ ދެލޯ މަރާ ބާރުކޮށްލަމުން ކުޑަކޮށް ހަޅޭލައްވައިގަތް ވަގުތު ޒުވާނާ މާޔާގެ އަތުގައި ހިފާ ގަޔާދިމާލަށް ދަމާލިއެވެ. މޫނު ގޮސް ޒުވާނާގެ މޭގައި ޖެހުމުން މާޔާ ލޯ ހުޅުވާ ބަލާލައިފައި ދެއަތް ޒުވާނާގެ މޭގައި އަޅާ ބާރުކޮށްލަމުން ޒުވާނާ ކޮށްޕާލިއެވެ. ޒުވާނާ ނުވެއްޓުނީ ހަމަކިރިޔާއެވެ.
” އައްދޭ.. ހާދަ ބިރެއް ތި ގަންނަނީ. މީ ފުރަތަމަ ފަހަރެއް ނޫނޭ މަށާ މާޔާއާ ދިމާވި… ހަނދާން ނެތުނީތަ އަނެއްކާ މަގޭ މަތިން….. ނޫން ނޫން. ކިހިނެއް މާޔާ މަ މަތިން ހަދާން ނައްތާލާނީ ދޯ ” ޒުވާނާ އެއްލޯ މަރާލަމުން މާޔާއާ ކުޑަކޮށް ގާތަށް ޖެހިލިއެވެ. މާޔާ ދުރަށް ޖެހިލަން އުޅުމުން ޒުވާނާ މާޔާގެ މުލައްދަޑީގައި ހިފަހައްޓާލީ ދިޔަނުދޭން ވެގެނެވެ. މާޔާ އަތް ނައްޓުވަން ބޭކާރު މަސައްކަތެއް ކުރަމުން ދިޔައެވެ. ނުހަނު ކައިރިން މާޔާގެ މޫނު ފެނުމުން ޒުވާނާ މާޔާއަށް ނުފެންނާނެހެން އެ މޫނަށް ބަލަހައްޓައިގެން ހުރެ ހިނިތުންވެލިއެވެ.
” ދޫކޮށްލާ އަހަރެންގެ އަތުން ” އެންމެ ފަހުން ނުނެއްޓުވޭނެ ކަން އެގުމުން މާޔާ ޒުވާނާގެ މޫނަށް ބަލަން ހުރެ ބުނެލީ ތަންކޮޅެއް ބާރަށެވެ.
” އައުޗް.. ތަންކޮޅެއް ރީއްޗަށް ބުނެބަލަ. އޭރުން އަތުން ދޫކޮށްލާނަން ” ޒުވާނާ ކުރިން ހިފައިގެން ހުރި ވަރަށްވުރެންވެސް ބާރުކޮށްލީ މާޔާ އިތުރަށް ކައިރިކޮށްލަމުންނެވެ.
” ނިހާން ” މާޔާ ދަތްތަކަށް ބާރުލާފައި ބާރަކަށް ގޮވާލިއެވެ.
” ތިހާ ބާރަށް މަގޭ ނަން ނުކިޔާ ރީއްޗަށް އަތުން ދޫކޮށްލާށޭ ބުނެބަލަ ” ނިހާން މާޔާގެ މޫނުގައި އަނެއް އަތުން ކުޑަކޮށް ފިރުމާލުމުން މާޔާ މޫނު އަނެއް ފަރާތަށް އަބުރާލީ ރުޅިއައިސް ހުރެއެވެ. ސައިޓްގައި ތިބި މުވައްޒަފުންނަށް މި މަންޒަރު ފެނޭކަށް މާޔާ އެއްވެސް ގޮތަކަށް ބޭނުމެއް ނޫނެވެ. މާޔާ މާ ލަސްވަންޏަ އެމީހުން ބޭރަށްވެސް ނުކުމެދާނެއެވެ. އިތުރު ގޮތެއް ނެތުމުން މާޔާ އެންމެ ފަހުން ހަތިޔާރު ބެހެއްޓިއެވެ.
” ޕްލީސް ނިހާން. އަހަރެން އަތުން ދޫކޮށްލާ ” މާޔާ ނިހާންގެ މޫނަށް ބަލާލަމުން މަޑުމަޑުން އާދޭސް ކުރާ ރާގެއްގައި ބުނެލިއެވެ. ނިހާން ހެވިލާފައި މާޔާގެ އަތުން ދޫކޮށްލާފައި ދުރަށް ޖެހިލިއެވެ.
” ކިހާ ހެއްވާ ދޯ. މާޔާ މަށަށް އަންގާވެސް ނުލާ ފިލީ. އެކަމަކު މިއަދު ރުޅި ތި އަންނަނީވެސް މާޔާ. ނޮޓް ފެއާ. ” ނިހާން ލޯ ހަނިކޮށްލަމުން މާޔާއަށް ބަލަން ހުރީ އެހެން ދިމާލަކަށް ބަލަން ބޭނުން ނުވެފައެވެ. މާޔާ ހާސްވެފައި ނިހާންއަށް ބަލަން ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެކަމަކު ކޮންމެވެސް އެއްޗެކޭ ކިޔާފަވެސް ނިހާން މިތަނުން ފޮނުވަން އެބަ ޖެހެއެވެ.
” އަހަރެން ނުފިލަން. ކިޔަވަން ދިޔައީ. ނިހާން ކައިރީ ނުބުނެވުނީ ކުއްލި ގޮތަކަށް ފުރަން ޖެހުމުން. ” މާޔާ ފުންނޭވައެއް ދޫކޮށްލަމުން ވާހަކަ ދެއްކިއެވެ. އޭރު މާޔާގެ ނަޒަރު ހުރީ މަސައްކަތް ކުރާ ސައިޓްއާ ދިމާލަށެވެ. ނިހާން މަޑުމަޑުން ” އޯހ ” އޭ ކިޔާލަމުން މާޔާ ބަލަމުން ދިޔަ ދިމާލަށް ބަލާލިއެވެ. އެތާ ހަރުކޮށްފައި ހުރި ބޯޑެއްގައި އޮތް ” ޑިޒައިން ކޮމްޕެނީ ” ފެނުމުން ނިހާން އެއީ މަސައްކަތް ކުރާ އޮފީސްހޭ އަހާލިއެވެ. މާޔާ ނުވެސް ވިސްނާ ހޫމްއޭ ބުނެލިއެވެ. ބުނެވުނު އެއްޗާ މެދު ވިސްނުމުން މާޔާ އަވަހަށް ނިހާންއަށް ބަލާލަމުން ނޫނެކޭ ބުނެލިއެވެ. ނިހާން ހީލާފައި ފަޅާއެރީއޭ ބުނެލިއެވެ.
” ހާސްނުވޭ. މަށެއް ނުދާނަން އެތަނަކަށް މާޔާއަށް އުދަގޫ ކުރާކަށް ” މާޔާގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަމުން ނިހާން ތަންކޮޅެއް ސީރިއަސްވެލާފައި ބުނެލިއެވެ. މާޔާ ހަމަޖެހިލަމުން ” ތޭންކްސް” އޭ ބުނެލިއެވެ.
” ވަރަށް އުފާ ވެއްޖެ މިހާ ދުވަސްކޮށްލާފައި މާޔާއާ ބައްދަލުވީމަ. އުއްމީދުކުރަން އަދިވެސް ފެންނާނެކަމަށް. ” މާޔާ އެއްވެސް އެއްޗެކޭ ނުބުނެ އެތަން މިތަނަށް ބަލަމުން ދާތީ ނިހާން އެންމެފަހުން ދާން ނިންމިއެވެ. ނިހާން ދާންވެގެން ސަލާން ކުރަން އަތް ދިއްކޮލުމުން މާޔާ ބަލަން ހުރެލާފައި އެއަތުގައި ހިފާ ސަލާން ކުރީ ކުޑަކޮށް ހިނިތުންވެލަމުންނެވެ. ނިހާން ބައި ބުނެލަމުން ދިޔައިރު މާޔާ ނިހާނަށް ބަލަން ހުއްޓެވެ. ކުރީގެ ހިޔާލެއް ސިކުނޑީގައި އެބުރިގަތެވެ.
******
މެންދުރުގެ ހޫނުގަދަ ވަގުތެވެ. މާޔާ މާފަންނު ބުރުގައި އިށީދެލައިގެން އިނީ މޫދާ ދިމާލަށް ނަޒަރު ހުއްޓާލައިގެންނެވެ. އެހެން އިދެލާފައި މާޔާ ގޮސް ހުއްޓުނީ ތޮށި ގަނޑު ކައިރީގައެވެ. ބަލަން ހުރެލާފައި މާޔާ ތޮށި ގަނޑު މައްޗަށް ކޮޅަށް އަރާ ހިންދެމިލިއެވެ. ސައިކުގައި މަގުން ދިޔަ ނިހާންއަށް މާޔާ ފެނިގެން މަޑުކޮށްލައިގެން ބަލަން އިނެވެ. މާޔާ ތޮށިގަނޑު މައްޗަށް އެރިތަން ފެނިގެން ނިހާން ބާރަކަށް ގޮސް ” ސޫސައިޑް ގާރލް” އޭ ކިޔާ ގޮވާލިއެވެ. މާޔާ ސިއްސައިގެން ގޮސް ފަހަތް ބަލާލަން އުޅުނު ވަގުތު ފައި އެޅުނު ގޮތަކުން ފައި ކައްސާލައިގެން ވެއްޓެން ދިޔަ ގަޑީ ނިހާން އެ އަތުގައި ހިފާ ދަމާލިއެވެ. ނިހާން މާޔާ ދެއަތް މައްޗަށް އުފުލާލައިގެން ހުރި އިރު މާޔާ އޮތީ ލޯމަރާ ބާރުކޮށްލައިގެންނެވެ. ނިހާން މަޑުމަޑުން ” ޔޫ އާރ ސޭފް ” އޭ ބުނެލުމުން މާޔާ ދެލޯ ހުޅުވާލިއެވެ. ނިހާން މާޔާ ބިމުގައި ބެހެއްޓުމުން މާޔާ ދުރަށް ޖެހިލާ ނިހާންގެ މޫނަށް ބަލާލިއެވެ.
” ސޫސައިޑް ކުރަން މިތަންތަ ފެނުނީ. ތިހާ މަރުވާން ބޭނުމިއްޔާ ގޮސް އުސް އިމާރަތަކަށް އަރާ ފުންމާލަބަ ” ނިހާން މާޔާގެ މޫނަށް ބަލަން ހުރެ ވާހަކަ ދެއްކިއެވެ. މާޔާ ފާޑަކަށް ނިހާންއަށް ބަލަން ހުރެލާފައި އަޅާވެސް ނުލާ ދާން ހިގައިގަތެވެ. ” އެންމެ ކުޑަމިނުން ޝުކުރު އަދާ ކޮށްލަބަ ތި ކުއްޖާ ސަލާމަތް ކޮށްދިނީތީ. މަށަށް ކިޔަނީ ނިހާން. މަގުމަތިން ފެނިއްޖެޔާ ޝުކުރު އަދާ ކޮށްލާތި.. ” މާޔާ ދިޔަ ދިމާލަށް ބަލަން ހުރެ ކިޔާން ބާރަކަށް ކިޔާލިއެވެ. މާޔާ އަޅާވެސްނުލާ ހިނގަމުން ދިޔައެވެ.
******
” މާޔާ ” އޮފީސް މުވައްޒަފަކު އައިސް މާޔާއަށް ގޮވާލުމުން މާޔާ އެނބުރުނީ ލޮލުގައި ހުރި ކަރުނަތައް ފޮހެލަމުންނެވެ. ހުރިހާ ކަމެއް ނިމުނީ ކަމުގައި ބުނެފަ މާލެ ދާންވީއޭ އެ މީހާ ބުނެލިއެވެ. މާޔާ ބޯ ޖަހާލަމުން އެބަ އަންނަމޭ ބުނުމުން އެ މީހާ އެތެރެއަށް ވަނީ ދަބަސްތައް ބަލައެވެ. މާޔާ ނިހާން ދިޔަ ދިމާލަށް ބަލާލަމުން ހިނިތުންވެލިއެވެ.
” ޔޫ ހޭވް އޯލްވޭސް ސޭވްޑް މީ.. ” މާޔާ ހިތާހިތުން ކިޔާލިއެވެ. ނިހާން ދެންމެވެސް މިތަނުން އެ ދިޔައީ މާޔާ އެހެން މީހަކަށް ފެނިދާނެތީ ހާސްވެގެން އުޅޭތީކަން މާޔާއަށް އެގެއެވެ. ދިރިއުޅުމުގަ ދިމާވި އެންމެ ބޮޑު ހިތާމައިގަ އެއްވެސް މީހަކު މާޔާއާ އެހީވާން ނެތް ދުވަހު އެންމެ ކައިރީގަ މާޔާއެކީ ހުރި އެކަކީ ނިހާން އެވެ. ނިހާންގެ އެ އެހީ މާޔާ ދުވަހަކު ހަނދާން ނައްތާ ނުލާނެއެވެ. އެކަމަކު މިއަދު މާޔާ ނިހާންއާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުމެއް ނޫނެވެ. މާޒީ ހަނދާންނައްތާލަން އެ މާޒީގައި ހިމެނޭ މީހުންވެސް ހަނދާންނައްތާލަން މާޔާ ބޭނުމެވެ. މާޒީ ފަޅާއަރާފާނެތީ މާޔާ ނުހަނު ބިރުގަނެއެވެ. ނިހާންގެ ހިޔަނިވެސް ދެން މާޔާގެ ދިރިއުޅުމަކަށް އެޅޭކަށް މާޔާ ބޭނުމެއް ނޫނެވެ. އޮފީސް ކުދިންތައް ދަބަސްތައް ހިފައިގެން އައުމުން މާޔާ ފުންނޭވަޔެއް ދޫކޮށްލަމުން ހިނިތުންވެލިއެވެ. ދިއުމުގެ ކުރިން އެތެރެއަށް ވަދެ މާޔާ އަދި އެއްފަހަރު ހުރިހާ ކަމެއް ރަނގަޅުތޯ ބަލާލިއެވެ.
ވިއްސާރަ މޫސުމެއް ކަމުން ކަނޑު ގަދައެވެ. ލޯންޗްގައި ދަތުރުކޮށްފަ ދިޔައިރު ލޯންޗް ތެޅޭ ވަރުން މާޔާ އިނީ ބިރުގެންފައެވެ. މާލެ ދެވުމުން އޮފީހަށް ގޮސް ބޮސްއާ ބައްދަލު ކޮށްލާފަ މާޔާ ދިޔައީ ގެއަށެވެ. ގެއަށް ގޮސް ފެންވަރާލައިގެން ނަމާދު ކޮށްލައިގެން މާޔާ ނުކުތީ ކާންށެވެ. މަލީހާ ޖޫސް ގިރާލަދީފަ ދުވަސް ދިޔައީ ކިހިނެއްހޭ އަހާލިއެވެ. ނިހާންގެ މަތިން ހަނދާންވުމުން މާޔާގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ. އެކަމަކު މަންމައަށް ނާންގަންވެގެން ހެވިލާފައި ވަރަށް ސަޅިކޮށޭ ބުނެލީ ހިނިތުނެވެލަމުންނެވެ. ކައިގެން މާޔާ ދިޔައީ ނިދާލާށެވެ.
މާއިޝާ ފިލާވަޅުތައް ކިޔާލަން އިނީ ކޮފީއެއް ކައިރީގައި ބަހައްޓައިގެންނެވެ. ކިޔަވަން އިންނައިރުވެސް ދޭތެރެއަކުން ކިޔާންގެ ހިޔާލު ވެރިވެގަނެއެވެ. މާއިޝާ އެންމެ ފަހުން ނުކިޔޭވެނެކަން އެގުމުން ރުޅިއައީ ކިޔާން ދެކެއެވެ. މިހާރު ކިޔާންއާ ހެދި އޭނައަށް ނުވެސް ކިޔެވޭނީ ހެއްޔެވެ. މާއިޝާ ރުޅިއައިސްގެން ކަރުދާސްތައް ބުރުވާލާފައި ގޮސް އެނދަށް ބަންޑުން ވެއްޓިގަތީ ނިދާލަންވެގެނެވެ. އެހެން އޮއްވާ ނަސީބަކުން ނިދިއްޖެއެވެ. ފަތިސް ނަމާދަށް ހޭލައިގެން ކޮޓަރިތެރެ އޮތް ހާލު ފެނިގެން މާއިޝާ ބޮލަށް އުދަގޫވިއެވެ. ރޭގައި ކަރުދާސްތައް އުކާލެވުނު ހަދާން ވެގެން މަޑުމަޑުން ބޮލުގަ އެއްފަރާތުގައި ޖަހާލަމުން ގޮސް ކޮޓަރިތެރެ ސާފް ކޮށްލިއެވެ. ފެންވަރާލައިގެން ނަމާދު ކޮށްލައިގެން މާއިޝާ ނިދަން އުޅުމުންވެސް ނުނިދުމުން ބޭރަށް ނުކުމެ ކިރު ތައްޓެއް ބޯލައިގެން ޖައްސާލީ ޓީވީ ބަލާށެވެ. އެހެން އޮއްވާ ހިޔާލެއް އައިސްގެން ތެދުވެގެން ގޮސް ބަދިގެއަށް ވަނެވެ.
މަލީހާ ހެނދުނު ސައި ތައްޔާރުކުރަން ދިޔައިރު ކާ ކޮޓަރީގެ މޭޒުމަތީގައި ސައި ތައްޔާރުކޮށްފައި ހުރިތަން ފެނިގެން ހައިރާންވިއެވެ. ބަދިގެއަށް ވަދުނު އިރު ބަދިގެތެރެ އޮތް ހާލު ފެނުމުން ސުބުހާނަﷲ އޭ ބުނެލިއެވެ. މާޔާވެސް ތެދުވެގެން އައިސް ބަދިގެއަށް ވަދުނު އިރު ބަދިގެތެރެ އޮތް ހާލު ފެނިގެން ދެލޯ ބޮޑުކޮށްލިއެވެ. މުޅި ބިންމަތީގައި ފުއް ހޭކިފައި ހުރި އިރު ފަތާ ކާށި ހުނިވެސް އޮތީ މުޅިތާގައެވެ. ކަބަޑުމަތިވެސް އެހާ ހަޑިއެވެ. މަލީހާގެ އަޑަށް ރޮށި ދަމަން ހުރި މާއިޝާ އެބުރިލުމުން މާޔާ ކުޑަކޮށް ހަޅޭލައްވައިގަތެވެ. މޫނުގައި އެއްކޮށް ފުއް ހޭކިފައި ހުރި އިރު އިސްތަށިގަނޑުގަޔާ ހެދުމުގަވެސް ހުރީ ފުށެވެ. މަލީހާ މާއިޝާއަށް ބަލާލަމުން ބާރަކަށް ހޭންފެއްޓިއެވެ. މާޔާވެސް މަލީހާއާ ބައިވެރިވަމުން ހެމުން އައިސް ފޯނުގެ ފްރޮންޓް ކެމެރާ ހުޅުވާލަމުން މާއިޝާއަށް ދައްކާލިއެވެ. އަމިއްލަ ސޫރަ ފެނުނު ހިނދު މާއިޝާ ބާރަކަށް ހަޅޭލައްވައިގަތެވެ. އެ ހުރި އެއްޗެއް ޖެހުނު ތަނަކަށް ދޫކޮށްލަމުން މާއިޝާ ދުވެލާފައި ގޮސް ސިޑިންއަރައިގެން ދިޔައީ ކޮޓަރިއަށެވެ.
މާޔާއާ މަލީހާއާ ދެމީހުން މާއިޝާ ދިޔަ ދިމާލަށް ބަލަން ތިބެފައި ބަދިގެ ސާފު ކުރަން ފެށިއެވެ. މާއިޝާއަކީ އާންމުކޮށް ކައްކާ އުޅޭ ކުއްޖެއް ނޫނެވެ. ގޭތެރޭގައި އުޅޭއިރު މާ ބޮޑަށް ފޫހިވަންޏާ ކޮންމެވެސް އެއްޗެއް ހަދާލައެވެ. އެކަމަކު މާއިޝާ ކާ އެއްޗެއް ހަދާ ކޮންމެ ދުވަހަކު ބަދިގެ ތެރެ ސާފު ކުރަން ޖެހެނީ މަލީހާއަށެވެ. މަލީހާ އޮންނަނީވެސް މާއިޝާއަށް ކެއްކުން މަނާ ކޮށްފައެވެ. މާއިޝާ ފެން ވަރާލައިގެން އައި އިރު އެންމެން ސައިބޯން ތިއްބެވެ. މާއިޝާ ފެނުނު އިރަށް ފާއިޒު ހޭން ފެއްޓިއެވެ. މާއިޝާ އިށީންނަމުން ނުހޭށޭ ބުނެލިއެވެ.
” ކާ އެއްޗެހި ހަމަ ވަރަށް މީރު އިނގޭ ބަދިގެ ތެރެ ކޮންމެ ހާލެއްގަ ހުއްޓަސް ” ފާއިޒު ހިނިގަނޑު މައިތިރިކުރަމުން ބުނެލިއެވެ. މާއިޝާ ހެމުން ކާން ފެއްޓިއެވެ.
” މާޔާ މިހާރު ކިޔާން ހާދަ ނުފެނެޔޭ. މާ ބިޒީތަ ވަޒީފާގަ؟ ” މަލީހާ ކޮށްލި ސުވާލުން މާއިޝާގެ ސަމާލުކަން މާޔާއަށް ހުއްޓުނެވެ. ކިޔާން މިގެއަށް އަންނާނެ ދުވަހެއް ބަލަން މާއިޝާ ހުރީ ކެތްމަދުވެފައެވެ. ކުރީ ދުވަހުގެ ފަހުން ކިޔާނާ އަދި ދިމާނުވެއެވެ.
” އާނ. ބުނި ވަރަށް ބިޒީއޭ މިހާރު. ކުރިން ދުވަހު މާއިޝާ ގެއަށް ލައިދޭން އައެއް ނު.. ނުވަދޭތަ ގެއަށް؟ ” މާޔާ މާއިޝާގެ މޫނަށް ބަލާލިއެވެ. މާޔާ ބުނެލި ޖުމުލައިން މާއިޝާ ކާން އެތިކޮޅުވެސް ކަރު ތެރޭ ތާށިވިހެން ހީވިހެވެ. ކޮށި އެރުމުން މާއިޝާ ފެންފޮދެއް ބޯލަމުން ގެއަށް ނުވަދެ ދިޔައީ އޭ ބުނެލިއެވެ. ކިޔާން އެ ދުވަހު ވީ ކަންތައްވެސް މާޔާއަށް ކިޔަދިނީ ހެއްޔެވެ. މާއިޝާ ފާޑަކަށް މާޔާއަށް ބަލާލަމުން ކެއުމައިގެން ކުރިއަށް ގެންދިޔައެވެ.
އޮފީހުގައި މާޔާ އުޅުނީ ވަރަށް ބިޒީ ކޮށެވެ. އީދު ބަންދު އަންނާތީ މަސައްކަތްތައް ހުރީ ފުނިޖެހިފައެވެ. ކުރަން ހުރި ހުރިހާ މަސައްކަތެއް ނިމުނު އިރު ރޭގަނޑު ވެއްޖެއެވެ. މާޔާ ގެއަށް ދާން ވެގެން ބަލާ އަންނާށޭ ބުނަން މާއިޝާ އަށް ގުޅާ ގުޅާ ފޯން ނުނެގުމުން މަންމައަށް ގުޅުމުން މާއިޝާ އޮތީ ނިދިފައޭ ބުންޏެވެ. ބައްޕަ ވީ ރައްޓެއްސަކާ އެކީ ބޭރަށް ގޮއްސައެވެ. މާޔާ ހިނގާލާފައި ދާން ވެގެން ނުކުތެވެ. ހިނގާލާފައި ދަނިކޮށް ފަހަތުން މީހަކު އަންނަހެން ހީވެގެން މާޔާ ފަސްއެބުރި ބަލާލިއެވެ. ކުރިމަތީގައި ނިހާން ހުރިތަން ފެނިގެން މާޔާ ހުއްޓިލިއެވެ. ނިހާން އަތް އުފުލާލަމުން ހައި އޭ ބުނެލަމުން އައިސް ކައިރިއަށް ހުއްޓިލިއެވެ. މާޔާވެސް މަޑުމަޑުން ހައިއޭ ބުނެލަމުން ދާން ހިނގައިގަތެވެ. ނިހާން މާޔާއާ އެއްހަމައެއްގައި ހިނގަމުން ދިޔައެވެ. މާޔާ ނާންނާށޭ ބުނަން ބޭނުންވިޔަސް އެ ހިތްވަރެއް ނުލިބުނެވެ. ހިނގަމުން ދަނިކޮށް ނިހާންއަށް ފޯނެއް އައިސްގެން މާޔާ ގާތު މަޑުކޮށްލާށޭ ބުނެލިއެވެ. ނިހާން ފޯން ކަނޑާލަމުން ތަނަކަށް ދާން ވެއްޖެއޭ ކިޔާފަ ގޮއްސިއެވެ. ނިހާން ދިއުމުން މާޔާ ހިތާހިތުން އުފާކުރަމުން ހިނގައިގަތެވެ. ކިޔާން ޑިއުޓީ ނިންމާލާފައި ކާރުގަ ދަނިކޮށް މަގުގެ އެއްފަރާތުގައި މާޔާއާ ފިރިހެނަކު ވާހަކަދައްކަން ތިބިތަން ފެނުނީ ފަސްދީފަ ދިޔަފަހުން ކާރުގެ ލޯ ގަނޑުންނެވެ. ޕާރކް ނުކުރެވޭ ސަރަހައްދެއް ކަމުން ކާރު ޕާރކް ކުރަން ޖެހުނީ ތަންކޮޅެއް ދުރުގައެވެ. ކާރު ޕާރކް ކޮށްލާފައި ހަލުވިފިޔަވަޅުތަކެއްގައި ކިޔާން އައި އިރު އެތާގައި އެއްވެސް މީހަކު ނެތެވެ. ހީވުމެއް ކަމަށް ހަދާލައިފައި ކިޔާން އެނބުރި ދިޔައެވެ. ކާރަށް އަރާ ކިޔާން މާޔާއަށް ގުޅާލިއެވެ. މާޔާ ފޯނު ނެގުމާއެކު ކިޔާން ކޮންތާކު ހޭ އަހާލިއެވެ. މާޔާ މަގުމަތީގައޭ ބުނެލިއެވެ.
” ކިހާ ހިސާބެއްގަ؟ ” މާޔަ ހުރިތަން ބުނުމުން ކިޔާން ތިތާ މަޑުކުރާށޭ ބުނެފަ ފޯނު ކަނޑާލަމުން ކާރު ދުއްވާލިއެވެ. މާޔާ ހުރި ހިސާބަށް ގޮސް ކިޔާން މާޔާ އަރަން ކާރުގެ ދޮރު ހުޅުވާލަދިނެވެ.
” ހިނގާ ބޭރުން ކާން. އަދި ނުކައިދޯ ތިހުރީ؟ ” ކިޔާން ކާރު ދުއްވާލަމުން އަހާލިއެވެ. މާޔާ ބޯ ޖަހާލުމުން ކިޔާން ކާރުގޮސް މަޑުކޮށްލީ ސޯލްޓް ރެސްޓޯރެންޓް ކައިރިއަށެވެ.
” ދެންމެ އެއްވެސް މީހަކާ ވާހަކަ ދައްކަން މަޑުކޮށްގެން ހުރިންތަ؟ ” ކާ އެއްޗެއްސަށް އޯޑަރ ކޮއްލަމުން ކިޔާން ސުވާލުކޮށްލިއެވެ. ކިޔާންގެ ސުވާލުން މާޔާ ކުޑަކޮށް ހާސްވިއެވެ. އަނެއްކާ ކިޔާނަށް އޭނަ ނިހާންއާ އެކީ ހުއްޓާ ފެނުނީހެއްޔެވެ. މާޔާ ހަމަޖެހިލަމުން ކިހިނެއްވީ ހޭ އަހާލިއެވެ. ” އަހަންނަށް ހީވީ މާޔާ ފެނުނު ހެން. އެކަމަކު ދިޔައިރު ނެތް މީހަކު އެތާގަ. ” ކިޔާން މާޔާގެ މޫނަށް ރަނގަޅަށް ބަލާލިއެވެ.
” ނޫން. އެއްވެސް މީހަކާ ވާހަކަ ދައްކަން މަޑެއް ނުކުރަން ” މާޔާ ކިޔާންއަށް ހީވީއޭ ބުނުމުން ދޮގެއް ހަދާލިއެވެ. މާޔާގެ ޖަވާބުން ކިޔާން ހައިރާންވިއެވެ. މާޔާ ލައިގެން އެ ހުރީ އޭނައަށް ފެނުނު ކުއްޖާ ލައިގެން ހުރި ހެދުމެވެ. އޭރު އޭނައަށް ފެނުނީ މާޔާކަން އޭނައަށް ޔަގީނެވެ. ދެން މާޔާ ދޮގު އެ ހެދީ ކީއްވެހެއްޔެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

saarah

Level 210 Stories100 Comments

Other Articles

Previous

ދިމްޔާ (18 ވަނަ ބައި)

Next

ހިޖުރަ (އަށާވީސްވަނަ ބައި)

Next
September 22, 2015

ހިޖުރަ (އަށާވީސްވަނަ ބައި)

Previews
September 21, 2015

ދިމްޔާ (18 ވަނަ ބައި)

13 Comments!

  1. Axoo says:
    September 22, 2015 at 12:21 am

    Vv rethi mi baives

  2. Yushiii says:
    September 22, 2015 at 12:23 am

    ???? nice

  3. Ary says:
    September 22, 2015 at 1:20 am

    Vvv nice

  4. shy irey says:
    September 22, 2015 at 6:44 am

    Vadunee nuliyebala

  5. faraa says:
    September 22, 2015 at 9:43 am

    vaahaka foohi vaan fashaifi. kurin hunna interesting gehlijje

  6. Shau says:
    September 22, 2015 at 9:58 am

    Wow! This part is cool.. Vrh habeys hama.. Maya ge past vrh engen beynun vehje mi part kiyaalyma.. Nihan aky Maya ge kureeege ex-bf tha?.. Vrh interesting! Eagerly waiting for the nxt part…

  7. mary says:
    September 22, 2015 at 10:00 am

    V foohi mihar genna part than

  8. azmee says:
    September 22, 2015 at 10:06 am

    vv nise

  9. Crazi says:
    September 22, 2015 at 12:33 pm

    Nice ahvaha genes dhybala parts tha

  10. aisha says:
    September 22, 2015 at 3:48 pm

    V v reethi

  11. Ifaa says:
    September 23, 2015 at 10:27 pm

    Vvvv nice 🙂

  12. saarah says:
    September 23, 2015 at 11:27 pm

    Thank you everyone 🙂

  13. ifa says:
    December 4, 2015 at 12:19 pm

    V cul story eh ingey …wow

Comments are closed.

Next Episodeއިންތިޒާރު ( އަށްވަނަ ބައި )←


All Right Reserved!