ނަޖާ (ތޭރަ ވަނަ ބައި)
“އަޑު އެހިންތަ ހުޅުމާލެއިން މީގެ ދެ މަސް ކުރިން މީހަކު މަރާލި އަންހެނެއްގެ ވާހަކަ….. އެއީ އަހަރެންގެ ދޮންތަ…. އެ ހާދިޘާއަށް ފަހު އަހަރެން ވަރަށް އެކަނިވެރިވި…. އަހަރެންނަށް އުޅެން ވަރަށް އުނދަގޫވި….. އަހަރެންގެ އެކަނިވެރިކަން ފިލުވައިދޭ އެކުވެރިޔަކީވެސް އަހަރެންގެ ދައްތަ….. ނަމަވެސް އޮފީހުގައި މަސައްކަތް ކުރަން އަލަށް އައި ދެކުދިން ވީ ވަރަށް ނައިސް ބަޔަކަށް…. އެއީ ރަމްޝާ އާއި ޒަހާ…. އެމީހުންނާއެކީ ވަގުތުތައް ހޭދަކުރަމުން އައިސް އަހަރެންގެ ހެދުން އެޅުމާ ސްޓައިލަށް މި ހުރިހާ ބަދަލެއް މި އައީ…. ޝާޑް ވަރަށް ކްލޯސް ވާނެ ޒަހާއާ… ސޯ މި ޕާޓީއަށް އައުން މީ ޝާޑްގެ ޕްލޭނެއް… އެންމެންވެސް އައީ އެމީހެއްގެ ބޯއީ ފްރެންޑާއެކީ….. ދެން ޕާޓީގައި ޑްރިންކްކޮށް ޑާންސްކޮށް ހެދިން…. ފަހުން ހަމަ ވީ ނުވީއެއްވެސް ނޭނގޭ…. ދެން ހުންނަނީ ތަންތަން ކޮޅު ހަނދާނުގަ…. އަސްލު އެރޭ ކިހިނެއްތަ ވީ؟…..”
ސާނިޔާ ގެ ވާހަކަ ނިންމާލުމުން ނީޝް ސާނިޔާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ވާހަކަ ދައްކަން ފެއްޓިއެވެ.
އަނދަވަޅު
އޭރު ގަޑިން 11 ގަޑި ބައިވަނީއެވެ. ނީޝް ހުރީ ކަޅުކުލައިގެ ވަރަށް ރީތި ކުރު ހެދުމެއް ލައިގެންނެވެ. އޭނާއަކީ ވަރަށް ރީތީ އަންހެން ކުއްޖެކެވެ. ޒަމާނީ ގޮތަށް ހެދުން އަޅާ މޭކަޕްކޮށްފައިވާ، ޒަމާނީ އުޅުމަށް ލޯބިކުރާ، މުއްސަނދި ވިޔަފާރި ވެރިއެއްގެ ހުރި ހަމަ އެކަނި އަންހެން ދަރިއެވެ. ނީޝްގެ ރީތިކަން ފެނިގެން އޭނާގެ ފަހަތުން އުޅޭ ފިރިހެން ކުދިން މަދެއް ނޫނެވެ.
އޭރު ޕާޓީގައި އެންމެންވެސް ފޯރީގައި ނަށަމުން ދިޔައެވެ.
ނީޝްގެ ބައްޕަގެ އަދުނާނުގެ ގެއަކީ 11 ބުރީގެ ބޮޑު ޢިމާރާތެކެވެ. އެގޭގެ ޓެރަސްމަތީގައި ބާއްވަމުން މިދާ ޕާޓީއަކީ ނީޝްގެ 22 ވަނަ އުފަން ދުވަހުގެ ޕާޓީއެވެ. މި ޕާޓީގެ ތީމްއަކީ ގޮތިކް ކަމަށް ވާތީ ގިނަ މީހުން ތިބީ ކަޅުކުލައިގެ ހެދުން ލައިގެންނެވެ.
ނީޝްގެ ބައްޕައަކީ ނީޝް އެދިއްޖެ ކޮންމެ ކަމެއް ފަސްނުޖެހި ކޮށްދެމުންދާ މީހެކެވެ. މަންމައަކާއި ނުލާ ނީޝް ތަރުބިއްޔަތު ކުރުމުގައި އެތަކެއް ހުރަސްތަކަކާއި އަދުނާނު ވަނީ ކުރިމަތިލާފައެވެ. ވިޔަފާރިއަށް ދޭން ވާ ސަމާލުކަން ނުދެވުމުގެ ސަބަބުން ވިޔަފާރިން މަންފާ ނުލިބޭ ހިސާބަށް ދިޔުމުން އަދުނާނުއަށް އެ ވިޔަފާރި ނަގާ ކޮޅަށް ޖެހުމަށް މަސައްކަތް ކުރަން ޖެހުނެވެ. ރެޔާއި ދުވާލު މަސައްކަތުގައި އަވަދި ނެތި އުޅެމުންދިޔައެވެ. ރާއްޖޭން ބޭރުގެ އެކި ވިޔަފާރީގެ ބައްދަލުވުން ތަކުގަޔާއި ކޮންފަރެންސްތަކާއި ވޯކްޝޮޕް ތަކުގައެވެ.
ފުރާވަރުގެ ނީޝް ގިނަ ވަގުތު ހޭދަކުރަނީ ނޯކަރުންނާއި އެކީގައެވެ. ނީޝްގެ މި އެކަނިވެރި ދިރިއުޅުމަށް އުޖާލާކަމާއި ހަލަބޮލިކަމެއް ލިބެން ފެށީ ކިޔެވުން ސްރީލަންކާއަށް ބަދަލު ކުރުމުގެ ފަހުންނެވެ. ބޮޑުދައިތަ ކައިރީ ލަންކާގައި ދިރިއުޅުނު ފަސް އަހަރަކީ ނީޝްގެ ޙަޔާތަށް ތަފާތު ގިނަ ބަދަލުތަކެއް ގެނުވި ދުވަސްވަރެކެވެ.
ކިޔެވުން ނިމުމުން، މާލެއަށް ބަދަލުވުމަށް ފަހުގައިވެސް އުޅުމަށް ބަދަލެއް ނައެވެ. ނަމަވެސް މިކަމާ އަދުނާނު މާ ބޮޑު ސަމާލުކަމެއް ނުބަހައްޓައެވެ. އޭނާ ބޭނުންވަނީ އޭނާގެ ދަރިފުޅުގެ ހުރިހާ އެދުމަކާއި އުފަލެއް ހާސިލް ކޮށްދިނުމަށެވެ. ކުރެވޭ ބޮޑެތި ކުށްތަކުން ދަރިފުޅު ސަލާމަތް ކޮށްދީ ހަދައެވެ. ނަމަވެސް ދުވަހަކުވެސް ނަސޭހަތުގެ ބަހެއް ނުބުނެއެވެ. އެއަށް ވުރެ އަދުނާނުއަށް އޭނާގެ ވިޔަފާރީގެ ކަންތައް މުހިއްމެވެ.
ނަތީޖާއަކަށް ވެގެން ދިޔައީ ދުވަހެއް ދުވަހަކަށް ނީޝްގެ އަޚްލާޤާއި އުޅުން ބަދަލުވެ އަތްނުފޯރާފަށަށް ދިޔުމެވެ.
ނީޝްގެ އުފަންދުވަހުގެ މި ކުލަގަދަ ޕާޓީއަށް ވަނީ ދެ ޖިންސުގެ ޒުވާނުން މަސްހުނިވފައެވެ. ޕާޓިގައި ދިޔައީ އަޑު ގަދަކޮށް ލަވަޖަހަމުންނެވެ. އެކި ފާޑުގެ ބޮކިތަކުން މުޅި ޓެރަސްއަށް އެކި ކުލައިގެ އަލިތަކުން ފަޅުފިލުވާލާފައި ވާއިރު، އެޕާޓީގައި ހުރީ ރިސޯޓްތަކަށް ޑީޖޭ ޖައްސަން ދާން ހުނަރުވެރި ޒުވާނާ އަންމަޑޭ، އެރެއަށް ހާއްސަކޮށްގެން ޑީޖޭ ޖެއްސުމަށް ގެނެސްފައެވެ.
ޑާންސް ކުރަން ހާއްސަ ކުރެވިފައިވާ ތަނުގައި ޑީޖޭ ބޯލްއެއް ހަރުކުރެވިފައިވެއެވެ. އެކި މީހުން އެމީހުންގެ ހުނަރުތައް ދައްކާ ނަށަމުން ދިޔައެވެ. ބައެއް ލަވަތަކުގައި އެކަކު އަނެކަކަށް ވާދަކޮށް ނަށަމުން ދިޔައެވެ.
މިރޭގެ މި އުފާވެރި ހަފްލާގައި އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. ނީޝްގެ ހުރިހާ ރަހްމަތްތެރިން ފޯރީގައި މަޖާ ކުރަމުން ދިޔަ ނަމަވެސް އޭނާގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނުފެނެއެވެ. އިރުއިރުކޮޅާ އަތުގައިވާ ފޯނުގެ ޑިސްޕްލޭޔަށް ބަލާލުމަށް ފަހު ކޮންމެވެސް މީހަކަށް ޓެކްސްޓް ކޮށްލައެވެ. ދެފަރާތަށް ހިނގުމާއި މީހެއްގެ އިންތިޒާރުގައި ހުރެ ލިފްޓާއި ދިމާލަށް ބަލަމުން ދިޔައެވެ.
އަނެއްކާވެސް ނީޝްގެ ފޯނު ވައިބްރޭޓް ވުމުން ފޯނުގެ ސްކްރީނަށް ބަލާލިއެވެ. ކުރި ފުން އަސަރުން ކައިރީ ހުރި މޭޒުމަތީގައި މުއްކަވާފައި އަތުން ބާރަށް ޖެހިއެވެ. އެންމެ ފަހުން އައި ރުޅީގައި ފޯނު އަތުކޮޅަށް ހޫރާލިއެވެ.
ހުސްވެފައިވާ ޖޫސް ތަށިތައް ހިފައިގެން މޭޒުމަތީ ބަހައްޓަން އައި ޝާޑަށް މި މަންޒަރު ފާހަގަ ވިއެވެ. ނީޝްއަކީ ޝާޑް ދަންނަ ކުއްޖެކެވެ. އެކީގައި ލަންކާގައި ކިޔަވަން އުޅުނީތީ ދެމީހުންނަށް ދެމީހުން ވަރަށް ރަނގަޅަށް އިނގެއެވެ. ޝާޑްއަކީ ނީޝްގެ ލޯބީގައި ދީވާނާ ވެފައިވާ ޒުވާނެކެވެ. ކޮލެޖުން ފެށިގެން ނީޝްގެ ލޯބި ކާމިޔާބު ކުރަން އޭނާ ލައްކަ މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ މުޅިން ނާކާމިޔާބު ވެފައެވެ.
ބިންމަތީގައިވާ ފޯނު ނަގާ ޝާޑް ބަލާލިއިރު ފޯނުގެ ޑިސްޕްލޭ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފައެވެ. އޭރުވެސް ފޯނުގެ ޑިސްޕްލޭއިން މެސެޖެއް ފެންނަން ހުއްޓެވެ.
“އިޓްސް އޯވާ…. މަގޭ މޮމް ގަބޫލެއް ނުވާނެ… އެންޑް އައިމް ޕްލޭނިންގް ޓު މެރީ ސޫން…. ސޮރީ…. އައި ސްޓިލް ލަވް ޔޫ”
ޝާޑް އެ ފޯނު ހިފައިގެން ނީޝް ގާތަށް ޖެހިލިއިރު ނީޝް އިނީ އޭނާގެ ލޮލުން ފައިބަމުން އައި ކަރުނަތައް އިނގިލިން ފުހޭށެވެ. އެސްފިޔައިގައި އަޅާފައިވާ މަސްކަރާތައް ކަރުނައާއި އެކުވެގެން ފޭދެމުން ދިޔައެވެ. ނީޝްއަށް ވެފައި ހުރި ގޮތް ފެނި ޝާޑްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ނީޝްއާއި ގާތްވެލާފައި އޭނާގެ ކޮނޑަށް އަތް ވައްޓާލިއެވެ. ލިބުނު ސިހުމާއި އެކީ ނީޝްއަށް ޝާޑް ފެނުމުން ހިތަށް ހިތްހަމަޖެހުމެއް ލިބުނު ކަހަލައެވެ. ޝާޑް އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން ކޮނޑަށް ވައްޓާލި އަތުން ކޮނޑުގައި ފިރުމާލިއެވެ.
“ވަޓް ޓު ޑޫ… ބިޓު ކެޓީ….” ނީޝްއަށް ދެރަވެފައި ހުރިވަރުން އެހެން ބުނެވުނީ ހަމަ ކިރިޔާއެވެ. މިއަދަކީ ނީޝް ދެރަވާންޖެހޭ ދުވަހެއް ނޫނެވެ. އެހެންވެ ޝާޑް ބޭނުންވީ ނީޝް ހިތްހަމަޖައްސައި ދޭށެވެ. ނަމަވެސް އެއީ އެހާ ފަސޭހަ ކަމެއް ނޫންކަން އިނގެއެވެ. ޝާޑް މަޢުޟޫ ބަދަލުކޮށްލަން ވާހަކަ ދައްކަން ފެށިއެވެ.
“ހެއި ނެއްތަ ޕީސްކޮޅެއް….. ނީޝް ހިނގާބަލަ ގޮތެއް ހަދާލަން….” ނީޝްގެ މޭމަތިން ހުރަހަށް އަޅާފައިވާ ކުޑަ އަތް ދަބަހުގެ ޒިބު ހުޅުވާފައި އޭގެން ޓެބްލެޓްތަކެއް އަޅާފައިހުރި ފުޅިއެއް ނެގިއެވެ.
“މީ ވަރަށް ސަޅި ސްޓަފްތަކެއް…. ޑްރިންކަށް މިކްސް ކޮށްލައިގެން ނަގަންވީ…. ދެ ޓެބްލެޓަށް ވުރެއް ގިނައިން ނުނަގާތި…. އޯވާ ޑޯޒްވާނެ… އޯކޭ ވާނެ ދޫމައްޗަށް ލާ ބޯލިއަސް….”
އެ ފުޅިން ޓެބްލެޓް ތަކެއް ނަގާ މޭޒުމަތީގައި ހުރި ކޯލްޑް ޑްރިންކް ތައްޓަކަށް އޭގެން އެއްގުޅަ ވައްޓާލިއެވެ. އެވަގުތު ނީޝްމެންގެ ފަހަތުން އައިސް އެ މޭޒުދޮށަށް ހުއްޓުނީ ރަމްޝާއާއި ސާނިޔާއާއި ޒަހާއާއި އެކު މަތީނު އަދި ޒިމޯއެވެ. ހަތަރު ޑްރިންކް ތައްޔާރު ކުރުމަށް ފަހު ސާނިޔާއާއި ނީޝް އަދި ޝާޑް ފިޔަވާ އެންމެން ޑްރިންކް ނަގައިފިއެވެ. ތަށި ހުސްކޮށްލުމަށްފަހު މޭޒުމަތީގައި ތަށި ބަހައްޓަމުން ޒިމޯ ބުނެލިއެވެ.
“ނައިސް ސްޓަފް…. އެކްސްޓަސީ ޓެބް ދޯ މީ….” ޒިމޯއަކީ ޝާޑުއާއި ނީޝްވެސް ދަންނަ ރައްޓެއްސެކެވެ.
“ކޯއްޗެއް އެކްސްޓަސީއަކީ؟…” ސާނިޔާއަށް ވާނުވާ ނޭނގިހުރެ ޖަވާބު ދިނެވެ. އޭރު ޑްރިންކް ތަށި ހިފައިގެން ރަމްޝާއާއި ޒަހާ ޑާންސް ފްލޯގެ ތެރެއަށް ހިނގައިގެންފިއެވެ.
“މީ ވަރަށް ނައިސް ޑްރަގްއެއް…. ހައިވެލާނެ… މައިންޑް ހަމަ އެކީ ފްރެޝްވާނެ…. ވޯނަ ޓްރައި….” ޝާޑް އެ ޓެބްލެޓްގެ ތަފްސީލް ކިޔައިދިނެވެ.
އެ ވަގުތު މަތީނުވެސް ޒަހާމެންގެ ފަހަތުން ޑާންސް ފްލޯގެ ތެރެއަށް ހިނގައިގަތެވެ. ސާނިޔާ އަވަހަށް ބޯހަމަޖައްސާލަން ބޭނުންވާތީ އެ ޑްރަގް ނަގަން އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ.
ސާނިޔާއާއި އެކީ ނީޝްއަށާއި ޝާޑަށް ޑްރިންކް ތައްޔާރު ކޮށްދިނީ މި ފަހަރު ޒިމޯއެވެ.
ތަށި އަތުގައި ޖެހުމާއި އެކީ ސާނިޔާ ތުން ޖެހި ގޮތަށް އެއްފަހަރުން ތަށި ދަމާލާފައި މޭޒުމަތީ ބެހެއްޓިއެވެ. އަދި ޒިމޯގެ އަތުގައި ހިފައިގެން އޮޅުލައިގަނެގެން ޑާންސް ފްލޯރގެ ތެރެއަށް ވަދެ ގައިގޯޅިކޮށް ނަށަމުން ދިޔައެވެ. އެ މަންޒަރު ބަލަން ހުރި ނީޝް ޝާޑުއާއި ވާހަކަ ދައްކަމުން ޑްރިންކުން މަދު އެތިފޮދު ބޮމުން ދިޔައެވެ.
“އެއީ ކޮން ޗިކެއް…. ސަޅި ބިޓެއް…. މަށަށް ސެޓު ކޮށްދޭންވީނުން…. ވާނެތަ؟..” ނީޝްގެ އަމާޒު ހުރީ ސާނިޔާއަށެވެ. ޝާޑްގެ ބޭނުމަކީ ނީޝް ހިތްހަމަޖައްސައި ދޭށެވެ.
“އޭނަ ސްޓްރެއިޓް… ބަޓް ގްރޫޕެއް ޖެއްސިދާނެ…. އޭރުން ސަޅިއެއްނުން…. މަ ތަނެއް ހަމަޖައްސަން ތަ؟” ޝާޑްގެ ހިޔާލު ފާޅުކުރިއެވެ.
ޖަވާބުގައި އޯކޭއޭ ބުނުމަށް ފަހު ޑްރިންކް ތަށި މޭޒުމަތީ ބެހައްޓާފައި ޑާންސް ކުރަންދާން ޝާޑުގެ އަތުގައި ހިފައިގެން ގޮސް ހުއްޓުނީ ސާނިޔާއާއި ޒިމޯ ކައިރިއަށެވެ.
ސާނިޔާގެ ބުރަކަށީގައި ބުރަކަށި ޖެހޭނެހެން ނީޝް ހުއްޓި ނަށަން ފެށިއެވެ.
ގަޑިން ބާރަ ޖެހުމާއި އެކީ އެންމެން ނީޝްއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަން ފެށިއެވެ. ޑާންސް ފްލޯގެ މެދަށް 3 ބުރިއަށް ހުރި ޗޮކްލެޓް ކޭކެއް ގެނެވުނެވެ. ކޭކުގައި ހަރު ކުރެވިފައިވާ އުއްބަތިތަކަށް ފުމެލުމުން އެންމެން އަތްޖަހާ ތަހުނިޔާ ކިޔަމުން ދިޔައެވެ. އެވަގުތު ޑީޖޭ އަންމަޑޭ މައިކް އިން އެނައުންސް ކޮށްލިއެވެ. ” ދިސް ސޯންގް އިޒް ފޯ ޔޫ… ބާތުޑޭ ގާލް…. “
އެންމެންވެސް އަނބުރާ ނެށުމުގައި މަސްއޫލުވެގަތެވެ. ތޮށް ޖެހިފައިވާ އެ މާހައުލުގެ ބޭނުންހިފައި ނީޝް އައީ މަޑުމަޑުން ސާނިޔާ ގައިގައި ކޭތެމުންނެވެ. އެ ވަގުތު ޝާޑް ސާނިޔާގެ ކަންފަތް ދޮށުގައި ގުދުވެލާފައި މިރޭ ގެސްޓް ހައުސަކަށް ދިޔުމަށް އެދުނެވެ.
ސާނިޔާގެ ދެލޮލުގައި ވަރެއް ނެތް ކަހަލައެވެ. ޝާޑް ކީ އެއްޗެއް އޭނާއަށް ސާފުކޮށް ނޭނގުނެވެ. ނަމަވެސް އޭނާ އޯކޭޔޭ ބުނެ ބޯޖަހާ މިޔުޒިކާއި އެއްވަރަށް ފުމެ ނަށަމުން ދިޔައެވެ. ޒިމޯވެސް ވަގުތުގެ ފައިދާ ނަގާ ސާނިޔާ އާއި ވަރަށް ގައިގޯޅިވެ ބައްދަމުން ދިޔައެވެ. ލައިގެން ހުރި ޓޮޕްކޮޅު ކުރުކަމުން އަތް އުފުލާލީމަ އުނަގަނޑުގެ ބޮޑުބައި އޮތީ ހާމައަށް ފެންނާށެވެ. ޒިމޯގެ އަތުން ސާނިޔާގެ އުނަގަނޑުގައި ހިފާ ޒިމޯގެ ހަށިގަނޑާ ގާތް ކޮށްލާ ގައިގާ ބީހެމުން ދިޔަ މަންޒަރު ބަލަން ހުރި މީހަކަށް މިމީހުން ހަމައިގައި ނެތްކަން ފާހަގަ ކުރެވޭނެއެވެ.
މި މަންޒަރު ދުރުން ބަލަން ހުރި މަތީނު އައީ ރަމްޝާއާއި ޒަހާއާއި އެކީ ނަށަމުންނެވެ. ނަމަވެސް ޒިމޯއާއި ސާނިޔާގެ އޮޅުލުންގަނޑު ފެނުމުން ބުނެދޭން ނޭނގޭ ކަހަލަ އިހްސާސް ތަކެއް ކުރުވަމުން ދިޔައެވެ.
ޝާޑް އެއްފަރާތަކަށް ޖެހިލީ ރޫމް ހަމަޖެއްސުމަށެވެ. އެތަން ފެނި މަތީނު ޝާޑް ގާތަށް ލެފިގަނެ ވާހަކަ ދައްކަން ފެއްޓިއެވެ.
“ސާނިޔާ މޮޔަ ވީތަ؟…. ކިހިނެއްތަ އެ އުޅެނީ؟…” މަތީނު އައިސް ހުއްޓި ވާހަކަ ދައްކަން ފެށުމުން ޒަހާ އައިސް ޝާޑުގެ ކޮނޑުގައި ބޯ އަޅާލިއެވެ.
“ހޭ… ކޫލް ބުރޯ…. ނީޝް ބުނެގެން މި އުޅެނީ ރޫމް ހަމަޖައްސަން… ނީޝް ބޭނުމީ ސާނިޔާޔޯ… ސާނިޔާވެސް ގްރޫޕް ޖައްސަން އެއްބަސް ވެއްޖެ…. މަ ވަރަށް ބޭނުން އެއްފަހަރު ނަމަވެސް ނީޝް އާއި އެކީ… މިކަހަލަ ފުރުސަތެއް ނުލިބޭނެ…. އަނެއް ކޮޅުން ސާނިޔާ އަކީވެސް ކުޑަ ކުއްޖެއް ނޫނެއްނު… ހަބޭސް ވާނެ…” ޝާޑް މަތީނުއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
“ރަމްޝާވެސް ބޭނުން…… ނިއު އެކްސްޕީރިއަންސް ކުރަން ވާނެ….” ރަމްޝާ މަތީނުގެ ދަތްދޮޅިގައި ހިފާ ވާހަކަ ދެއްކިއެވެ. އަޑުގައި އެއްވެސް ވަރެއް ނެތެވެ. އެންމެންވެސް ތިބީ ނެގި ޑްރަގުގެ ސަބަބުން މަސްތުވާން ފަށާފައެވެ.
ޒަހާގެ ދަބަހުން ފޯނު ނަގާފައި ނަންބަރަކަށް ގުޅާލިއެވެ. އެ ކޮޅުން ފޯނު ނެގުމުން އޭނަ ވާހަކަ ދައްކަން ފެއްޓިއެވެ. “ހެއި ލޯބީ…. ޓޫ ރޫމްސް ހަމަޖައްސައި ދީބަލަ މިރެޔަށް….. މި އުޅެނީ ލަސްވީމަ ރޫމެއް ނުލިބިގެން….. ގާތްގަޑަކަށް 7 މީހުން ދާނެ…. ލޯބި ބޭނުމިއްޔާ މަށާ ރަމްޝާއާއި ލޯބިއާއި އެކީ ވަން ރޫމް ޝެޔާރ ކުރާނީ….. އޯކޭތަ؟….”
ޒަހާގެ ކޯލު ނިންމާލުމަށް ފަހު ބުންޏެވެ. ” ރޫމް އޯކޭ…. މައުހަދު ގޯޅިގަނޑު ތެރޭއިންނަ ގެސްޓް ހައުސެއް އެއީ…. މަޑޭއަށް ހަދައިދެނިކޮށް އޯކޭ ވާނެ….. ރަމްޝާ… އޯކޭ ދޯ…”
ޒަހާ ރޫމް ހަމަޖައްސައި ދިނުމުން ޝާޑް އުފަލުން ޒަހާ ގައިގައި ބައްދާލިއެވެ. “އޯކޭ…. އެކަމު ތި ސޮރު ކަންތައް ނިންމާފަ އަހަރެމެންނާ ޖޮއިން ކުރަން އަންނާތި…. ވީޑް ވެސް ހުންނާނެ…. ސްމޯކް ކޮއްލީމަ ހަބޭސް…..”
ޕާޓީ ނިންމާލި އިރު މެންދަމު 12:40 ވީއެވެ. ނީޝްގެ ޕްރައިވެޓް ކާރުގައި ހަތަރު އަންހެން ކުދިން ދިޔައިރު ޝާޑުއާއި މަތީނުއާއި ޒިމޯ އެ ގެސްޓް ހައުސް ކައިރިއަށް ދިޔައީ ދެ ސައިކަލުގައެވެ. ގެސްޓް ހައުސަށް ވަންނަން ދިޔަ އިރު ބޭރު ދޮރާށި ހުރީ ތަޅު ލާފައެވެ. އެހެންކަމުން ޒަހާ އަނެއްކާވެސް މަޑޭގެ ނަންބަރަށް ގުޅާލިއެވެ.
އިރުކޮޅެއް ފަހުން މަޑޭ މައި ދޮރާށި ހުޅުވާލުމަށް ފަހު ބޭރަށް ބޯ ދިއްކޮށްލިއެވެ. ޒަހާއާއި ރަމްޝާ އޭނަ ދަނެއެވެ. ދެން ތިބި އެމީހުންގެ އެކުވެރިންވެސް އޭނަ އުފަލާއި އެކީ އެ ގެސްޓް ހައުސަށް ވެއްދިއެވެ.
އެމީހުންގެ އެދުމުގެ މަތިން 5 މީހުންނަށް ދިނީ އެ ގެސްޓް ހައުސްގައި ހުރި އެންމެ ބޮޑު ކޮޓަރިއެވެ. ޕްލޭން ރޭވިފައިވާ ގޮތަށް މަޑޭއާއި އެކު ރޫމަކަށް ރަމްޝާއާއި ޒަހާ ދިޔައެވެ. އެމީހުން ދިޔައީ އިރުކޮޅަކުން ނިންމާލާފައި އަންނާނެ ކަމަށް ވައުދުވެފައެވެ.
ސާނިޔާއަށް މިރޭ މި ފުންމާލެވުނީ ކިހާވަރެއްގެ ފުން އަނދަވަޅެއްގެ ތެރެއަށް ކަން އިހްސާސެއް ނުވެއެވެ.
ސާނިޔާއާއި އެކީ ނީޝް ކޮޓަރިއަށް ވަދެ އެނދު މައްޗަށް ވެއްޓިގަތެވެ. ސާނިޔާގެ ބޮލަށް އެނބުރުން އަރާ ހެންވެސް ހީވާ ކަހަލައެވެ.
ސާނިޔާއަށް މަޑުމަޑުން ނީޝް ގޮވާލިއެވެ. ސާނިޔާއަށް އެ އަޑު އިވުނީ ވަރަށް ބާރަށެވެ. ހީވީ ކަންފަތުގެ ތޫރި ފަޅައިގެން ދިޔަހެންނެވެ. ދެ އަތުން ކަންފަތް ނިވާ ކުރަމުން ކައިރީ އޮށޯވެގެން އޮތް ނީޝްގެ މޫނަށް ބަލާލިއެވެ. ސާނިޔާއަށް އެއްމާބަނޑު ދެމީހުން ފެންނަހެން ހީވުމުން ހިނިގަނޑެއް ޖަހާލިއެވެ. “ޓްވިންސް…. ސިސްޓަރސް….. ގުޑް…. ޔޫ ލުކް ޕްރިޓީ…..”
އެވަގުތު ޒިމޯއާއި މަތީނާއި ޝާޑު، އެނދު މަތީގައި ހިނގަމުންދާ މަންޒަރަށް ބަލަން ތިބީ ތުނބުގައި ސުއްޓާތަކެއް ފާޑުގެ އެއްޗެއް ޖަހައިގެންނެވެ. އެމީހުންގެ ކަޅިތައް އަމާޒުވެފައިވަނީ ކޮޓަރީގައިވާ ކިންގް ސައިޒުގެ ބޮޑު އެނދަށެވެ.
ނީޝް ހީވީ ޝިކާރަކުރަން އެ ހަށިގަނޑު މައްޗަށް އަރައިގެން މިނިކާވަގެއް ހެންނެވެ.
މަންޒަރު ބަލަން ތިބި ތިން ފިރިހެނުންގެ ހިއްސުތަކަށް ކެތް ނުކުރެވިގެން އެމީހުންގެ ހަށިގަނޑުގައިވާ ހެދުން ހަށިގަނޑާ ވަކި ކޮށްލުމަށް ފަހު އެ ދެ އަންހެނުންނާ ބައިވެރިވެ އެ އެނދު މައްޗަށް އަރާ ވަހުޝީ ނުބައި އެކި އަމަލުތައް ހިނގުމައިގެން މަސްއޫލުވެގަތެވެ.
ގަޑިން 1:45 ވީތަނާހެން ދޮރުގައި މީހަކު މަޑު މަޑުން ޓަކި ޖަހާލިއެވެ. މަސްތުގައި ތިބި އެއްވެސް މީހަކަށް އެ އަޑު ނީވޭ ކަހަލައެވެ. އަނެއްކާވެސް ކުރިއަށް ވުރެއް ބާރަށް ޓަކިޖަހާލިއެވެ.
ނިވާކަމެއް ނެތް ނީޝްގެ ހަށިގަނޑު މަތިން ޝާޑް ތެދުވިއެވެ. އޭނާއަށް އެއީ ޒަހާމެން ކަން އިނގޭތީއެވެ.
އޮފީހުގައި މަސައްކަތް ކުރާތާ މިހާ ދުވަސް ވީ އިރުވެސް އަދި ޒަހާއާއި ރަމްޝާގެ ފިޔަތަކުން ފޮނި ބޯލުމުގެ ފުރުސަތު ލިބިފައި ނުވާތީ މި ފުރުސަތުގައި ހުރިހާ ލައްޒަތަކާއި އަރާމެއް ލިބިގަތުމުގެ ބޭނުމުގައި ގޮސް ދޮރުގައިވާ ތަންޑު ނައްޓާ ދޮރު ހުޅުވާލީ ވަރަށް އުފަލުން ހުރެއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
49 Comments!
Comments are closed.





Wow
Salhi ingey
Vaahaka v habeys. Dhen in part konirakun annany? ?
Thursday ga…. Inthizaaru kollavvaa….. And thank you for reading..
Is this an adult story.. I think it’s not fit to our society and who knows who and who r reading stories from this site ..
Hope the writer thinks abt this .. You r very talented though
I know that…. but I have mentioned that this story is an 18+ story…. as u can see that from the cover page….. and thank you…. I know ur concern….
Coool..
Omg!!vahaaka genesdhey goi varah furihama.. hama heevany fenna hen.. waittin for the next part
Mashah heevany lafzun lafzah nukiyaidhinas meehunnah igeynrhen. Amudhun teenage kudhinnah mo vaahaka in kuraany v neydhevey asareh.. Ashaara plus jahaafa inas hama kuda kudhin ves kiyaanr..v shauguveri veema mikahala than huhtas kiyaanr.. V suspence Gina ekam ves mihaa detail koh nugenesdhinun edhen amudhun mikahala aharemrge dhivehi mujthama aa nugulhey kanthah.. Dhen huri baithakuga ehaa detail koh nugenesdhinun edhen.. Bodethi meehun ves aslu mi kahala vaahaka kiyaakah nuvaane.. Ma ves aslu balan beynun van y emrehaa ge maru.. Gaathilaky kobaa kan.. Mikahala faahish sifakohdhinin thakeh noon.. 18 +/jahaaafa nimmaaleema kamaki nudhaaane.. Liyuntheriyaa then huri baithah ragalhu kurun edhen.. Hama ragalhakah mi buny..
thank you…… kuriyah huri baithakugai gaathil haama vane…. gaathilge bai ei vaahakaige kunnu…… thiya dhevvaa hiyaal alhugandu hithuge adin gabool kuran
Suma kaley balanee starplus ekani tho???
Adhunaanaa.. Neeshaa .. Neesh aa eh noon.. Mi baiga mulhin ehury ebai thakuraaru vefa.. Midhiya baiga ma thaureefuge khiyaaleh husha helheema foni vee thoahcheh ..
I hope all readers will take this as a good lesson…. some of the scenes described is sins which we should never do…. mifadha kusheh kurevifai vaanama avahah thaubaave Islaahu vumah govaalan…. komme vaahaka akee ves ethah ibratheh libeyne vaahakaeh… mi vaahaka alhugandu haassa kollanee miadhuge zuvaanunah…. heyluntheri velahvaa…. alhugandu beynumeh noon eves kujjeh mifadha andhavalhehge shikaarakah vaan… thank you!…
Zuvaanunnashey koyaafa bahahtaafa hurihaa faahish kameh ehaa thafseel koh genwsdhineema emeehun mikahala kanthah ithurah kuraa hithey vaany.. Get it
suma thi dhevvi khiyaal alhugandu balaigannan… adhi mivaahakaige ebayah badhal genesfaivaa vaahakaves mi furusathugai bunelan…. thanks again
Aslu vara hadi bahun liyefa hurikan faahaga vey misaalaka ” hadhaa dhineema ok vaane ” chi
ithink its okhen…. liyuntheriya sifa kohdheny partey baehen hyvany emyhunge language hunnany evaththarah. dialogue ga in thankolheh Vyma ei massalaeh nun. nasha negative commenteh kuraa hithun hirikan varah faagavey. ehen kameh faahaga nuveythe hadi bahun liyefa in thane. myhunah faadukiyan ingeyba ey magey hithah ara.
Nasha dhen maaiy bahun vaahakaeh liyanveenun. Vaahakaige dialogue liyanee character dhakkuvaidheygothah. Ebas beynun kuri meehakee character less cheap meeheh. Ekan faahaga nuvaathy thy hama vaahaka kiyaa kujjehtho suvaalu ufedhey. She edialogue liyanvee “hey alhugandu reykuran dhaanan, emme rangalhutho” hehehe. Hadibas ingeytha.
salhi vaahaka.. I hv syn such incidents 4rm dis society.. ehenveema thaa guest house thakun meehun hayyaru kuraaneeves…. mee hama mi societyge baeh zuvaanunge haalath…. thanks shazlyn for sharing the hidden truth….
…sifakurunthah v furihama…aslu eki meehunnah kamudhaanee eki kahalage story…alsu mivaahaka v reethi..n btw vaahaka kiyas nukiyas ebayaku kuran beynun kamei kuraane…eemaantherikan varugadha meehaku viyaa adhi vaahakeiga sifakohdhyfa huri gothakun nujehey knmehenagu olheykah..dnt take me wrong…
I agree u ken
Vaahaka varah habeys shax lyn u are si talented……..
Mikan kamakee mihaaru mujthamaaa ga hingamun dhaakannkan aakankameh nun…..mikan kamun ibrai libiganan v
v different and intrsting story..
anyway to contact the author?
https://www.facebook.com/SHAZ-ge-Vaahaka-1476226249369838/timeline/
you can contact me rom FB page.
Thank you for reading!
Mi bai ves v obi. Comment kura some guys should grow up, aslu mi e hama mi rajjeyga vamun dhaa kantha, gaboolu kuriyas nukuriyas mi mujuthamauga party kuruma DJ thakuga dejinsuge meehun mashuni vegen hingamun dha v gos amaleh. But mi hagygai gaboolu kura baeh meehunnah dhathi vaane.
Seriously very nice story. I just love this story from the beginning. Waiting for the next part.
@mary.. Thank you for reading and supporting. Insha Allah soon im going to publish a new story.
🙂 waiting for the new story tooo
Liyuntheriyaage molhukan varah faahaga kollan. Adhuge haalathu sifa kohdhey molhu vaahakaeh. Mifadha kanlamugai jehumun aiilaaeh halaakuvegen dhaa goiy dhakkuvaidhey molhu story eh. I want to read all ur stories. Am addicted. Abadhuves vaahaka upload kuraane iregge inthizaarugaa hunnanee. Keep it up.
@bubbly I just want to thank you for reading my story. Yes as u mentioned this is a story of crimes, which ruins a happy family. This is my first story. But i have a very happy news for tge reader who follow me. Soon am going to publish a new story. Keep reading….
Vaahakaehge sifa kurun hithah nagaigen bayaku magu nufuredheyne!!@ Anyways v obii?
Wow!! Waiting for another part..
Mivaahakaige namaa mi vaahaka aai hurry kon gulhumeh?
Najaa Ge maana akee minjuvun noonee salaamaiy vun……. Kamakun najaavanee…. Thank you for reading Jui
Suma kaley wet v tha ??
Mi vaahaka hama v habeys… ?
Hahaha lol ??
i think anon is right. dhen vaahaka kiyaafa dhen mihaaru ulhey teens ah evaru vaane tha??
kanthah hingany vaahakaiga liyuneema eh noon.
vaahakaiga liyany hingamundhaa kankan.
mi thafaathu hajam vaan jehey eba.
oh gadha… Anonymous ah olhigen nama ves molhu ehcheh bunevijje… Aslu Suma bunaa gothun mi dhuniyeyga ulhen vanee hama ekani kuda kudhin tho? 18 aharun matheege meehunna haassa vaahaka adhi film hunnaakah nujehey tho? heylun therikan ithuru kurumuge gothun aslu hageegathugai mi kahala vaahaka kommeves ehbayaku liyan eba jehey. ehen noonee suma men kahala naa thahzeebu meehun kameh vaairah anga feykohfa bunaane “thee mi mujuthamauga vaakahala kanthah thakeh nooney .. nuves gulhe eyy”. Anekka Suma 18 aharun matheege ehves amaleh nukuravvaneetho? nunee Suma ah 18 aharu nuvanees mi vaahaka kiyuneetho olhigen? btw vaahaka hama hes kiyaafa salhi. And mi society aa v v gulhey… Faahish amalu kurun ehaa gina mujuthamaeh ga fahuge generation ge main bafainnah mi ulhey lha group ganna gandu ingen eba jehey… 🙂
Mie varahmolhu stryeh. Baeh readersge hiyaalaa alhugandu vaahaka eh bunelan. 18+ jahaafa hunna ehcheh kuda kujjaku kiyumakee parentsge massalaeh. Vaahaka ahvureh kada vedio thah ves internet gai hurey. Mi site akee kudakudhinge vaaahaka ekani jahaa thanarh noon. Abadhu thineskan loabeege vaahaka aa ginni vaahaka meehun liyanee.. mi vaahaka liyaa author thafaathu story eh gensdheythee ekamaa alhugandu varah ufaa kuran. Adhi society aa nugulheu bunaathy anthareesvey. Habaru thah balaalabala. Meehakumaraalaigen ulhey vaahaka, kujjaku rape kuri vaahaka, jinsy gulhun hingaigen hayaaru kura vaahaka, masthugai thi i zuvaanun fenna vaahaka, mee mihaaru mi raajjeygai aamu kameh. Mashah heevanee baeh meehun ulhenee geyge hatharu faarutherey hen..ehenveema neyngeynedhw.. wat a shameu dont knnow abt todays zuvaanun.. ekamu alhugandu mi bunanee baeh goas zuvaanunge vaahaka…
thi stry molhu, v fakkaa. habeys, obi, pls mikahala gina stry liyaathi.. aslu chapter thah gulhuvaa goiy v v v furihama. ehn storys hen olhunbolhun ara goynuvey. negative comments ayas u dnt worry. kyp riting. we wil enjoy reading. dhen nerey vaahaka ah kiyanee kon nameh tha curiously waiting…
thanks Shaz…. Dhen nerey Vaahaka aa behey mauloomaatheh varah avahah dheynan… inthizaarukollaa… 🙂
@kiyuntheriyaa
mujuthamau aa nugulheny mikahala vaahaka liyun. ekanthah thah kurun hama mujuthamau aa varah bodah gulhey.. ei suma e bunaa pointaky. :p
anekka dhivehi teen kudhin hurihaa info eh hodhan onna site akee ves esfiya.com ekani.. they dont have anythin else. they dont have internet on phone or know any other websites. ehenveema liyuntheriyaa visnaalan vaane dhw.
Smart phoneh onna konme kujjeh ves esfiya.com ah vanumuge maakutin onnaany thiya kahala kithahme photo aka video eh bala nimmafa. Mi vaahaka v molhu, manzaru sifakoh dhinun ves v molhu, mi story ga mihiga kanthakaky mi mujuthamauga ves mihaaru higaakameh. Mi vaahaka nudhakka sorry kohgen thihbas nuvaa kamakah nuvaane.
Smart phoneh onna konme kujjeh ves esfiya.com ah vanumuge maakutin onnaany thiya kahala kithahme photo aka video eh bala nimmafa. Mi vaahaka v molhu, manzaru sifakoh dhinun ves v molhu, mi story ga mihiga kanthakaky mi mujuthamauga ves mihaaru higaakameh. Mi vaahaka nudhakka sirru kohgen thihbas nuvaa kamakah nuvaane.
Smart phoneh onna konme kujjeh ves esfiya.com ah vanumuge maakutin onnaany thiya kahala kithahme photo aka video eh bala nimmafa. Mi vaahaka v molhu, manzaru sifakoh dhinun ves v molhu, mi story ga mihiga kanthakaky mi mujuthamauga ves mihaaru higaakameh. Mi vaahaka nudhakka sirru kohgen thihbas nuvaa kamakah nuvaane.
Smart phoneh onna konme kujjeh ves esfiya.com ah vanumuge maakutin onnaany thiya kahala kithahme photo aka video eh bala nimmafa. Mi vaahaka v molhu, manzaru sifakoh dhinun ves v molhu, mi story ga mihiga kanthakaky mi mujuthamauga ves mihaaru higaakameh. Mi vaahaka nudhakka sirru kohgen thihbas nuvaa kamakah nuvaane.
Siraa haadha varaka ? mulhi odyga hassanuge dhefai oiyhen…mulhi mithaa siraage comment… heehee ?
Subbooh…. madhuvaane sira ge comment thah…
For All the readers of NAJAA
ނަޖާ (ސާދަ ވަނަ ބައި) އަޕްލޯޑް ކޮށްފިން!