Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދިމްޔާ (17 ވަނަ ބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
September 19, 2015 11 Mins Read
62 Comments

“މިރަށުގައި ކީއްކުރަނީ…. އެންމެ ފަހުން އަހަރެމެންގެ ފަސްކޮޅު ބަލަމުން މިރަށަށްވެސް އައީދޯ…..” ހިތްހަމަ ނުޖެހިފައި ހުރެ އީމަން ވާހަކަ ދެއްކީ ވަރަށް ބާރަށެވެ. ވާނުވާ ނޭނގި ހުރެ ހައިރާންކަމުން ފުރިގެންވީ ނަޒަރަކުން ދިމްޔާ އީމަނަށް ބަލާލީ ކުރިން ނުވެސް ދަންނަ ޒުވާނަކު އައިސް އޭނާއާއި ދިމާއަށް އެއްޗެހި ގޮވައިގަތުމުންނެވެ.
“އަހަންނަކަށް ނޭނގެ ތިކިޔާ އެއްޗެއް… އަހަރެން ތީނައެއް ނުދަންނަން….” އީމަން މާބާރަށް ވާހަކަ ދެއްކުމުން ދިމްޔާ ހުރީ ކުޑަކޮށް ބިރުގެންފައެވެ. އެހެންކަމުން އޭނާ ވާހަކަދެއްކީ ވަރަށް މަޑުންނެވެ.

“މިހާރު އަހަރެންވެސް ނުދަންނަކަމަށް ހެދީ…. ނޫނޭ ތީ ވާ ޑުރާމާ ކުޅެން މޮޅު މީހެއް….” އުނަގަނޑުގައި ދެއަތް ވިއްދާލަމުން މަލާމާތުގެ ރާގެއްގައި އީމަން މިހެން ބުނުމުން ދިމްޔާ ދެރަވިއެވެ. ކަރުގައި އަޅާފައިވާ ދޯބައްޓާގެ ކަނުގައި ހިފަހައްޓާލައިގެން ހުރެ އިނގިޔަށް އޮޅާލަމުން އޭނާ ތުންފަތުގައި ދަތްއަޅާލީ އެރީތި ދެލޮލަށް ކަރުނަތައް ޖަމާވާނެފެށުމުން ބޭރުވިޔަ ނުދިނުމަށެވެ.

ގޭތެރޭގައި ވާހަކަ ދައްކަން ތިބި އަމަންމެން ގޭގެ އަނެއްފަރާތަށް ނުކުންނަން ހިނގައިގަތީ އެފަރާތުން އީމަންގެ އަޑު ގަދަވެގެންނެވެ. އޭރު ރާކިންވީ ފާހާނާގައެވެ.

“ދޮންބޭ ހާދަ އަޑުގަދަކޮށްލައިގެން ތިއުޅެނީ…؟؟؟ ކިހިނެއްވީ…؟؟؟” އީމަންމެންގެ ގާތަށް އައިސް މަޑުކޮށްލަމުން އަމަން މިހެން އަހާލީ އެއްފަހަރު ދިމްޔާއަށް އަދި އަނެއް ފަހަރު އީމަނަށް ބަލާލަމުންނެވެ. އީމަން ދުރުބަލާލަމުން ދެޖީބަށް އަތް ޖަހާލީ ނުރުހުންވެފައި ހުރެއެވެ.

“މާޔާ…. ….. ކޮން އިރަކު މިރަށަށް އައީ….؟؟؟” އެވަގުތު އަމަންގެ ގާތުގައި ހުރި ތާނީއަށް ދިމްޔާ ފެނުމުން އޭނާގެ ގާތަށް ޖެހިލައި އަތުގައި ހިފާލަމުން އަހާލިއެވެ. ދިމްޔާ ހައިރާންވެފައިހުރެ ފަހަރަކު މީހެއްގެ މޫނަށް ބަލަމުންދިޔައީ ވާނުވާ ނޭނގިހުރެއެވެ.

“ހެހެހެ… ތާނީ…. އޮޅިގެން ދޯ ތިއުޅެނީ… ތީ ދިމްޔާއޭ…” ތާނީ މާޔާގެ ނަމުން ދިމްޔާއާއި މުޚާތަބު ކުރުމުން ތާނީއަށް އޮޅުނީކަމަށް ހީކޮށް މަޖާވެލާފައިހުރެ އަމަން ބުނެލިއެވެ.

“ހަހަހާ…. އަހަންނަށްވެސް އެނގެއޭ މީ ދިމްޔާކަން…. އަހަރެން މީ އޭނާގެ ބޮޑުބޭބެގެ ދަރިއެކޭ…. އަހަރެމެން ލޯބިން އޭނައަށް ކިޔަނީ މާޔާ…. އެކަމް އަމަނަކަށް އެވަރުވެސް ނޭނގުނެއްނު….” އަމަނަށް މަލާމަތްކޮށްލަމުން ތާނީ މިހެން ބުނުމުން ދިމްޔާގެ ހައިރާންކަން ވީ އިތުރެވެ.
“މާޔާއޭ…؟؟؟ އަހަރެންނަށް އެކަކުވެސް މާޔާއެއް ނުކިޔާ… އަދި އަހަންނަކަށް ނޭނގެ ތީ ކާކު ކަމެއްވެސް… އަހަރެންގެ ބޮޑު ބޭބެއެއް ހުންނަކަމެއް އަހަންނަކަށް ނޭނގޭ….” ތާނީގެ އަތުތެރޭގައި އޮތް ދިމްޔާގެ އަތް މަޑުމަޑުން ދަމައިގަންނަމުން ދިމްޔާ މިހެން ބުނެލީ ތާނީގެ މޫނަށް ބަލަހައްޓައިގެން ހުރެ ދެފަރާތަށް ބޯހޫރާލަމުންނެވެ.

ދިމްޔާގެ ދުލުން ބޭރުވި ޖުމްލަތަކާއިއެކު ތާނީގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގޮސް މޫނުމަތީގައި ސުވާލުމާކެއް ޖެހިފައިވާ ކަހަލައެވެ. ބުމަ ގޮށް ޖަހާލައިގެން އޭނާއަށް ހުރެވުނީ ދިމްޔާ ދައްކާވާހަކަ ޤަބޫލުކުރަން ދަތިވެފައެވެ. ތާނީގެ މޫނަށް އަރާފައިބައިގެން ދިޔަ ކުލަވަރުތައް އީމަނަށް ވަރަށް ރީއްޗަށް ފެނުނެވެ. ދިމްޔާ އެގޮތަށް ކަންތައް އެކުރަނީ ކީއްވެބާއޭ އީމަންގެ ހިތަށް އެރިއެވެ. ތާނީ ނުދަންނަމީހަކަށް ހެދިހެން އޭނާވަނީ އީމަންވެސް ނުދަންނަ މީހަކަށް ހަދާފައެވެ. އޭގެ ކުރިން އޭނާވަނީ ރާކިންވެސް އެއީ ނުދަންނަމީހެއްކަމަށް ބުނެފައެވެ. ނޫނެކެވެ. ކޮންމެވެސް ގޯހެއް އެބައުޅެއެވެ. އީމަން ފަރުވާތެރިކަމާއިއެކު ދިމްޔާއަށް ބަލަމުން ދިޔައީ އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުންވެފައި ހުރެމެއެވެ.

“ކީކޭ… އަހަންނެއް ނުދަންނަމޭ…. ޕިސް ޕިސް… ތީ ދެން ބޮޑުވަރު މާޔާ…. އަހަންނަށް އެނގޭ ތީ އަބަދުވެސް ކޮންމެވެސް ސަމާސައެއް ކޮށްލަން ބޭނުންވެފައި ހުންނަ މީހެއްކަން…. އެކަމަކު ސަމާސާ ކުރުމުގައިވެސް ހައްދެއް އޮންނަންވާނެ…. ސަމާސަކުރަމުންގޮސް ހައްދު ފަހަނައަޅައިގެން ދިޔައީމަވެސް މާޔާއަށް ނޭނގޭދޯ….” ތާނީ މިފަހަރު ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިފައި ހުރެގެންނެވެ.

“ހެޔޮނުވާނެ ހުއްޓާލާ… އަހަރެން ތީންއެކަކަވެސް ނުދަންނަން… އަހަންނަކަށް ނޭނގެ ތީ ކޮންބައެއް ކަމެއް… އަހަރެންގެ ފަރާތުން ކޮންކަމެއް ބޭނުންވެގެންތަ ތިއުޅެނީ… ހެޔޮނުވާނެ… އަހަރެން އެކަނިހާލައިގެން އުޅުނަދީ…. އަމަން… މީ ކޮންބައެއްތަ…؟؟؟ އަހަރެން ނުދަންނަން މިމީހުންނެއް….” އަމަންގެ އަތުގައި ހިފާލައިގެން ހުރެ ދިމްޔާ ވާހަކަ ދައްކަމުން ދިޔައިރު އޭނާއަށް ހުރީ ރޮވެންކައިރިވެފައެވެ. ދިމްޔާގެ ހިތަށް އެހާބޮޑަށް އަނިޔާވެފައިވާއިރު އޭނާ މީހަކާ ސަމާސާ ކުރާނީވެސް ފަހެ ކިހިނަކުން ހެއްޔެވެ.؟

“ކީކޭ ދެން އަހަރެން ބުނާނީ…. އެންމެފަހުން އަހަރެމެން ދިމާވީ އިއްޔެގައި އައި.ޖީ.އެމް ހޮސްޕިޓަލުން.. ހަނދާންވޭތަ….؟؟؟ މާޔާ ޑޮކްޓަރަށް ދައްކާފައި ގެއަށް ދާން ނުކުތް ގަޑިއާއި އަހަރެން ޑިއުޓީ ނިމުން ގަޑިއާއި އެއްގަޑިއަކަށް ދިމާވުމުން އަހަރެމެން ގެއަށްވެސް ދިޔައީ އެކީގައި…. އެކަމަކު އެހާ އަވަހަށް މާޔާއަށް އަހަރެން މީ ނުދަންނަ މީހަކަށް ވެއްޖެ…. ތީ ދެން އަޖައިބެއް….” ތާނީ އަދިވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ. ތާނީ މިހެން ބުނުމުން ދިމްޔާއާއި އަމަން އެކަކު އަނެކަކަށް ބަލާލިއެވެ.

“ތާނީ… ތާނީގެ މާޔާއާއި ދިމްޔާއާއި ވައްތަރުގޮތެއް ހުރީކަންނޭނގެ…. ހަމަގައިމުވެސް އިއްޔެގައި ދިމްޔާ ހުރީ މިރަށުގައި…. އޭނާ މިރަށުގައި އުޅޭތާ މިހާރު ގާތްގަނޑަކަށް ދެމަސްވަނީމި…” އަމަން މިހެން ބުނުމުން ތާނީއަށް ދިމްޔާއާއި ދިމާއަށް ބަލާލެވުނީ ތަފާތު ގޮތަކަށެވެ.

“އެކަމަކު…. …. ….މާޔާއާއި އެއްވެސް ތަފާތެއް ނެތް….” ދިމްޔާގެ މޫނަށް ބަލަހައްޓައިގެން ހުރި ތާނީއަށް ލަސްލަހުން ބުނެލެވުނީ އާޝޯހުވެފައި ހުރެއެވެ.

އަމަންމެން ދައްކަމުންދިޔަ ވާހަކައަށް ސަމާލުވެލައިގެން ހުރި އީމަން ދެލޯ ބޮޑުކޮށްލަމުން ހައިރާންވެފައިހުރެ ދިމްޔާއަށް ބަލާލެވުނީ އަމަން މިހެން ބުނުމުންނެވެ. ހަމަޔަޤީނުންވެސް އަމަން އެކަހަލަ ކަމެއްގައި ދޮގު ނަހަދާނެކަން އީމަނަށް ޔަޤީންވިއެވެ. އެކަމާއި ދޭތެރޭ އިތުރަށް ވިސްނަމުން އީމަން ކުރީގެ ހާދިސާތަކުގެ ހަނދާން އާކޮށްލިއެވެ.
***އީމަންގެ އަތް ބިންދިގެން އިންޑިޔާއަށް ގޮސްފައި އައިފަހުން މިހާރު ދެމަސް ވާންކައިރިވަނީއެވެ. ރާކިން ދިމްޔާގެ ޚަބަރެއް ނުވެގެން އުޅުނީ އިންޑިޔާއަށް ދިޔަ ފަހުންނެވެ. އިންޑިޔާގައި ހުރެފައި ރާކިން ދިމްޔާއަށްދޭން ހަދިޔާއަކަށް ގަތީވެސް އޭނާގެ ކުރިމަތީގައި އެހުރި ދިމްޔާ ލައިގެން ހުރިކަހަލައިގެ ހެދުމެކެވެ. ހަމަގައިމުވެސް އޭނާގެ ދިމްޔާ އެކަހަލަ ހެދުމެއް ލައިފައި ހުއްޓާ ދުށް ހަނދާނެއް އޭނާ ނުވެއެވެ. ހަމައެހެންމެ އީމަނަށް ރާކިންގެ ލޯބިވެރިޔާއަކީ ދިމްޔާކަން އެނގުންދުވަހު ދިމްޔާ ރޮއެރޮއެފައި ރާކިނާއި ރައްޓެއްސެއް ނުވަމޭ ބުނި ހަނދާންވުމުން އީމަނަށް ދެލޯ މަރާލެވުނެވެ.***

އީމަނަށް މަޑުމަޑުން ވާނުވާ ރޭކާލާންފެށިއެވެ. އޭނާއަށާއި ރާކިނަށް ދިމާވެގެން މިއުޅެނީ ދެމީހެއްކަމުގައި އީމަނަށް ވިސްނުނެވެ. ނަމަވެސް އޭނާގެ ހިތުގައި ސުވާލު އުފެދޭ ކަމަކީ އެއްސިފައެއްގައި ހުރި ދެމީހަކަށް އެއްނަމެއް ކިޔާތީއެވެ. ދެމީހުންގެ ސިފައިގައި އަޅާކިޔާލެވޭވަރުގެ އެއްވެސް ތަފާތެއް ނެތެވެ. އެއީ ހާދަ ބޮޑު އިއްތިފާޤެކޭ އީމަންގެ ހިތަށް އެރިއެވެ. ހިތުގައި އުފެދެމުން ދިޔަ ހައިޖާނުގަނޑު ބޭރުކޮށްލަން ނޭނގިފައި އީމަނަށް ހުރެވުނީ ދިމްޔާއަށް ބަލަހައްޓައިގެންނެވެ.

“ބޮނޑިބަތް ބަހަނީތަ….؟؟؟” އެންމެން އެއްބޮނޑިއަކަށް ތިބުމުން ޖީބަށް ދެއަތް ޖަހާލައިގެން ރީތި ހިނތުންވުމަކާއިއެކު އެތަނަށް އައި ރާކިންމިހެން ބުނެލީ ޖޯލިފަތިކައިރީގައި ދުރުގައި މަޑުކޮށްލަމުންނެވެ. އޭރު އީމަނާއި ދިމްޔާ އަދި އަމަން ތިބީ އޭނައަށް ފުރަގަސްދީގެންނެވެ. ތާނީ ހުރީ އެމީހުނަށް ކުރިމަތިވާގޮތަށެވެ. ދިމްޔާގެ ފުރަގަހަށްވާކަހަލަ ގޮތަކަށް އީމަން ހުރުމުން ރާކިނަކަށް ދިމްޔާއެއް ނުފެނެއެވެ.

ދިމްޔާގެ ކަންފަތުގައި ރާކިންގެ އަޑު ޖެހުމާއިއެކު މަޑުމަޑުން “ރެކް” އޭ ބުނެލެވުނެވެ. އެއަށްފަހު ފަސްއެނބުރިބަލާލިއެވެ. ނަމަވެސް ކުރިމަތީގައި އީމަން ހުރުމުން އޭނާއަކަށް ރާކިނެއް ނުފެނުނެވެ. ކިތަންމެ މަޑުން ބުނެލިކަމުގައިވިޔަސް ދިމްޔާ ރާކިންގެ ނަންކީއަޑު އީމަނަށް އިވުނެވެ. އީމަން ދިމްޔާއަށް ބަލާލަމުން އެއްފަރާތްވެލިއެވެ. ރާކިންގެ ތުންފަތުގައިވި ހިނތުންވުން ފިލައިގޮސް މޫނުމައްޗަށް ހައިރާންކަން ވެރިވީ އީމަން އެއްފަރާތްވުމުން ކުރިމަތީގައި ހުރި ދިމްޔާ ފެނުމުންނެވެ. ދުވަސްތަކަކަށްފަހު ދިމްޔާ އަނެއްކާވެސް އެހުރީ އެންމެ ފުރަތަމަ އޭނާއަށް ދިމްޔާ ފެނުންއިރު ހުރިގޮތަށެވެ. ރަތްކުލައިގެ ދޯބައްޓާ ހެދުމުގައެވެ. އެކަމަކު ކީއްވެ ހެއްޔެވެ.؟ ދުވަސްތަކަކަށްފަހު އެގޮތަށް ރާކިންގެ ކުރިމައްޗަށް އެރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ.؟ އަޑުއައީ ރާކިންގެ ހިތުންނެވެ. ބަހަކުން ބަހެއް ނުބުނެ އޭނާއަށް ދިމްޔާއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

“ރެކް…” ދިމްޔާއަށް އަނެއްކާވެސް ރާކިންގެ ނަން ކިޔާލެވުނެވެ. އެއާއިއެކު އެއްވެސް އިޚުތިޔާރަކާނުލާ އޭނާގެ ދެލޯ ފުރިގެން ބަންޑުންވާންފެށީ ތާޒާ ކަރުނައިންނެވެ. ނަމަވެސް މިފަހަރު ދިމްޔާގެ ލޮލުން އެފައިބަނީ ވޭނީ ކަރުނައެއް ނޫނެވެ. އޭނާއަށް ރޮވުނީ އެތައް ދުވަހަކަށްފަހު އޭނާގެ ފުރާނަ ފަދައިން ލޯބިވީ ލޯބިވެރިޔާ ރާކިން ފެނުމުން ވީ އުފަލެއްގެ ބޮޑުކަމުންނެވެ. އެންމެ ފަހުން އޭނާގެ އިންތިޒާރަށްވެސް ނިމުން އައީއެވެ. އެގޮތުގައި އިރުކޮޅަކު ރާކިނަށް ބަލަން ހުރެފައި ހެދިނުހެދިއެއް ނޭނގި ދިމްޔާ ދުވެފައި ދިޔަގޮތަށް ރާކިންގެ ގައިގައި ބައްދާލިއެވެ.

ދިމްޔާގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއިއެކު ބަލަން ހުރި އީމަނަށް އެއީ އޭނާގެ ދިމްޔާ ނޫންކަން ޔަޤީންވީ އެހިސާބުންނެވެ. ތާނީއާއި އަމަންވެސް ވާނުވާ ނޭނގި ހައިރާންވެފައި ދިމްޔާމެނަށް ބަލަން ތިއްބެވެ. އެވަގުތު ތާނީއަށްވެސް ރާކިން ފެނުނީ އައި.ޖީ.އެމް ހޮސްޕިޓަލުން ދިމްޔާއާއި އެއްކޮށް ހުއްޓާކަން ހަނދާންވިއެވެ. ނަމަވެސް އޭނާއަށް ނުވިސްނުން ކަމަކީ ދެ ދިމްޔާއާއިވެސް ރާކިނާއި ގުޅުން އޮންނަންވީ ސަބަބެވެ. ހަމައެހެންމެ އެހާ ސިފައެއްގޮތް ދެމީހުނަށް އެއްނަމެއް ކިޔަންވީ ސަބަބާ ދޭތެރޭވެސް އޭނާއަށް ވިސްނާލެވުނެވެ. ހަމަގައިމުވެސް އޭނާއަށް އެނގިފައި އޮތްގޮތުގައި އޭނާގެ ދެބެންގެ ދެދަރި ދިމްޔާއަކީ އޭނާގެ ބޮޑުބޭބެގެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެހެންވީއިރު މިދެމީހުން މިހާ އެއްގޮތްވާންވީ ކީއްވެބާއޭ ތާނީގެ ހިތަށް އެރިއެވެ. ތާނީއަށް އަދިވެސް ޝައްކު ކުރެވެމުން ދިޔައީ އެއީ އެކަކު ދެމީހަކަށް ވެގެން އުޅެނީކަމަށެވެ.

ދިމްޔާ އައިސް ބައްދާލުމުންވެސް ރާކިނަށް ހުރިގޮތަށް ދެޖީބަށް އަތްޖަހާލައިގެން ހުރެވުނީ ހިނގަމުން މިދާ ކަންތައްތައް ޤަބޫލުކުރަން ދަތިވެފައެވެ. ދިމްޔާ އޭނާ ނުދަންނަކަމަށް ބުނީ މިދިޔަ ހަފްތާގައެވެ. އަނެއްކާވެސް އޭނާ ފެނިގެން އޭނާގެ ގާތަށް އައީއެވެ. ރާކިން ހުރީ ހަމަރަނގަޅަށްވެސް ދިމްޔާ ކަންތައް ކުރާ ގޮތުން ވާނުވާ ނޭނގިފައެވެ.

އިރުކޮޅަކު ރާކިންގެ ގައިގައި ބައްދާލައިގެން ހުރުމަށްފަހު ދިމްޔާ އޭނާއާއި ދުރަށްޖެހެލީ ރާކިން އެއްވެސް ހަރަކާތެއް ނުކޮށް އެހުރިގޮތަށް ހުރުމުންނެވެ. ދިމްޔާ ފެނުމުން ބަހެއް ބުނެނުލިތާނގައި ރާކިންގެ މޫނުމަތިން ހިނިތުންވުމެއްވެސް ފެންނަން ނެތުމުން ދިމްޔާ ހައިރާންވިއެވެ. އިސާހިތަކު އޭނާގެ މޫނުމަތީގައި ހުރި އުފާވެރިކަންވެސް ނެތިގެން ދިޔައެވެ.

“ރެކް…” ދިމްޔާއަށް މަޑުމަޑުން ރާކިނަށް ގޮވާލެވުނެވެ. ނަމަވެސް ދެންވެސް ރާކިން އެހުރިގޮތަށް އަނގައިން ނުބުނެ ހުރީއެވެ.
“ރެކް… ކިހިނެއްވެފައި ތިހުރީ…؟؟؟ އަހަރެން ފެނުނީމަ ރެކް އުފަލެއް ނުވޭތަ…؟؟؟ ޕްލީޒް ވާހަކަ ދައްކަބަލަ….” ރާކިންގެ އަތުގައި ހިފައި ތަޅުވާލަމުން ދިމްޔާ މިހެން ބުނުމުން ރާކިން ދިމްޔާގެ މޫނަށް ބަލާލަމުން އޭނާގެ އަތް ފޮޅުވާލިއެވެ. ރާކިން އެގޮތަށް ކަންތައް ކުރުމުން ހައިރާންވުމަށްވުރެ ބޮޑަށް ދިމްޔާ ދެރަވިއެވެ.

“ރެކް… ހާދަ ބަދަލުވެފައި ތިހުރީ…؟؟؟ ރެކް ބުނީމެއްނު އިންތިޒާރުކުރާށޭ…. އަހަރެން ވަފާތެރިކަންމަތީ މިހުރީ އަދިވެސް ރެކްގެ އިންތިޒާރުގައި…. ރެކްއަށްޓަކައި…. އެކަމަކު ރެކް އަހަރެން މަތިން ހަނދާން ނެތިއްޖެ ދޯ މިހާރު….” ދިމްޔާއަކަށް އިތުރަކަށް ވާހަކަދެއްކޭ ގޮތެއް ނުވިއެވެ. ރޮވެން ފެށުނެވެ. މާބޮޑަށް އޭނާގެ ހިތަށް އަސަރުކުރީއެވެ. އަނިޔާވެފައިފާ އެނާޒުކު ހިތުގައިވާ އުންމީދުގެ އެންމެ ފަހު ހުޅުކޮޅު ނިވެން އުޅޭހެން ހީވުމުން މާބޮޑަށް ދެރަވީއެވެ. ދިމްޔާއަށް ގިސްލެވެން ފެށުމުން ދުވެފައި ގޮސް އެގޭގެ ވަލުދޮރޯށިން ބޭރަށް ނުކުތެވެ. ދިމްޔާ ދިޔަ ދިމާއަށް ފެންކަޅިވެފައިވާ ދެލޮލުން ބަލަންހުރެފައި ރާކިން ދެން ބަލާލީ އީމަންމެންނަށެވެ. އޭރު އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ސީރިޔަސްކަމެވެ.

ރޮމުން ރޮމުން ދިމްޔާ ދިޔުމުން އަމަން ހިނގައިގަތީ އޭނާގެ ފަހަތުން ދިޔުމަށެވެ. ނަމަވެސް އީމަން އަމަންގެ އަތުގައި ހިފައި ހުއްޓުވިއެވެ. އަދިއެއަށްފަހު ރާކިންގެ ގާތަށް ގޮސް މަޑުކޮށްލިއެވެ.

“ރެކް… ދޭ އޭނަ ގާތަށް… އެއީ ރެކްގެ ދިމްޔާ….” ރާކިންގެ ކޮނޑުމަތީ އަތް ބާއްވާލަމުން އީމަން މިހެން ބުނުމުން ރާކިނަށް އީމަނާއި ދިމާއަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

“އަހަންނަކަށްވެސް ނޭނގެ އަސްލު މިވަނީ ކިހިނެއްކަމެއް..؟ އިނގޭހާވެސް އެއްޗަކީ އަހަރެމެންގެ ދިރިއުޅުމަށް އެއްސިފައެއްގައިތިބ އެއްނަމެއްކިޔާ ދެކުދިން އައިކަން…. އަހަންނަށް ޔަޤީނުންވެސް ބުނަން އެނގޭ އެއީ ދެކުއްޖެއްކަން… އެކަމަކު އެދެމީހުންގެ ސިފައެއްގޮތްވެފައި ނަން އެއްގޮތްވީ ކީއްވެކަމެއް ބުނެދޭކަށް އަހަންނަކަށްވެސް ނޭނގޭ…. ރެކް ދެންވެސް ލަސްނުކޮށް އަވަހަށް ދޭ….” ރާކިން އެގޮތަށް ބަލަހައްޓައިގެން ހުރުމުން އީމަން ބުނެލިއެވެ. އޭނާގެ އަޑުގައި ޖޯޝެއް އެކުލެވިފައިވެއެވެ. އޭނާގެ ދިމްޔާގެ ކުށެއް ނެތްކަން އެނގުމުން ވީއުފަލެއްގެ ބޮޑުކަމުންކަމަށްވެސް ވެދާނެއެވެ. އެދުވަހު ދިމްޔާ ކުށްވެރިކުރެވުނީ ކުރެވުނު ކުށްހީއެއްގެ ސަބަބުންނެވެ. ނަމަވެސް މިއަދު މިވަނީ ހުރިހާ ކުށްހީއެއް ފިލައިގެން ގޮސްފައެވެ. ދެން އަނެއްކާވެސް އޭނާގެ ޙަޔާތަށް އޭނާގެ ދިމްޔާ އަތުވެދާނެއެވެ.

އީމަން ދެއްކި ވާހަކައިން ރާކިނަށް މާބޮޑުއެއްޗެއް ދޭހަނުވިނަމަވެސް ދިމްޔާ ދިޔަ ދިމާއަށް އޭނާ ހިނގައިގަތެވެ. އީމަންމެންގޭ ވަލުދޮރޯށިން ނުކުމެވޭނީ އަތިރިމައްޗަށެވެ. ބޭރަށް ނުކުމެ ރާކިން ދެފަރާތް ހޯދާ ބަލާލީ ދިމްޔާ ފެނޭތޯއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ މޫދާ ދިމާއަށް ތިރިވެފައި އޮތް ރުކެއްގެ ބުޑުގައި ލެނގިލައިގެން އިން ދިމްޔާއެވެ. ރާކިން އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު އެދިމާއަށް ހިނގައިގަތެވެ. އޭނާގޮސް މަޑުކޮށްލީ ދިމްޔާގެ ފުރަގަހުގައެވެ. ދިމްޔާގެ ވޭނީ ގިސްލުމުގެ އަޑު ރާކިންގެ ކަންފަތުގައި ޖެހުމުން އޭނާގެ ހިތަށް އަސަރުކުރިއެވެ. އޭރު ދިމްޔާއިނީ އޭނާގެ އަތުގައި އަޅާފައި އޮތް ރިހިކުލައިގެ ހިތްތަކެއްލީ ކެވެލިކޮޅަށް ބަލަހައްޓައިގެންނެވެ. އޭރުވެސް އޭނާގެ ދެލޮލުން ހުއްޓުމެއްނެތިކަރުނަ އަންނަމުން ދިޔައެވެ.

ދިމްޔާގެ އަތުގައި އޮތް ކެވެލިކޮޅު ފެނުމުން ބޭއިޚުތިޔާރުގައި ރާކިނަށް ހީލެވުނެވެ. އެއީ ރާކިން ދިމްޔާގެ އަތުގައި އަޅުވައިދިން ކެވެލިކޮޅެކެވެ. ދުވަހަކުވެސް އެކެވެލިކޮޅު ދިމްޔާއާއި ވަކިނުކުރުމަށް ރާކިން ދިމްޔާގެ ގާތުގައި ބުނެފައި ވެއެވެ. ރާކިނަށް ހިނިތުންވެލެވުނީ އެހެންވެގެންނެވެ. އަދިވެސް ދިމްޔާގެ އަތުގައި އެކެވެލިކޮޅު އޮތީމައެވެ. މިހާރު އޭނާއަށްވެސް ކޮންމެވެސް ވަރަކަށް އީމަން ދެއްކި ވާހަކަތައް ނަގައިގަނެވުނެވެ. އެއީ ދެ ދިމްޔާއެއްކަމަށް އޭނާގެ ސިކުނޑިއަށްވެސް މިހާރު ވިސްނެން ފަށައިފިއެވެ.

ދިމްޔާގެ ކޮނޑުގައި މީހަކު އަތް ބާއްވާލުމުން ދިމްޔާ ފަސްއެނބުރި ބަލާލިއެވެ. ފަހަތުގައި ރާކިން ހުރިތަން ފެނުމުން ދިމްޔާ ކޮޅަށް ތެދުވިއެވެ. ނަމަވެސް އޭނާ ހުރީ ރާކިނަށް ފުރަގަސްދީގެންނެވެ. ދިމްޔާގެ ކުރިމައްޗަށް އައިސް މަޑުކޮށްލަމުން ރާކިން ދިމްޔާގެ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލައިދިނެވެ. ދިމްޔާ ރާކިނަށް ބަލާލިއެވެ.

“ސޮރީ ދިމް…. އެހާ ގިނަދުވަހު ދިމްގެ ޚަބަރެއް ނުވެ ހުރެފައި ކުއްލިއަކަށް ފެނުނީމަ އެގޮތަށް ކަންތައް ކުރެވުނީ….” ދިމްޔާގެ މަޑުމަޑު ދެއަތްތިލާގައި ހިފަހައްޓާލައިގެން ހުރެ ރާކިން މިހެން ބުނެލީ ރަތްވެ ދުޅަވެފައިވާ ދިމްޔާގެ ދެލޮލަށް ބަލާލަމުންނެވެ. ރާކިން މިހެން ބުނުމުން އަނެއްކާވެސް ދިމްޔާއަށް ރޮވެން ފެށުނެވެ.

“ދެން ދުވަހަކުވެސް އެގޮތަށް ކަންތައް ނުކުރައްޗޭ……”ރާކިންގެ ގައިގައި ބައްދާލަމުން އޭނާގެ ތަނަވަސް މޭގައި ބޯއަޅާލައިގެން ހުރެ ދިމްޔާ ބުނެލިއެވެ. ދިމްޔާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ރާކިނަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ.

“ދޫނީ…. ދެން ނުރޮއި…. އަހަރެން ދެން އެގޮތަކަށް ކަންތަކެއް ނުކުރާނަމޭ…..” ރާކިންގެ ހަށިގަނޑާއި ދިމްޔާ ދުރުކޮށްލަމުން އޭނާގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ ރާކިން މިހެން ބުނުމުން ދިމްޔާ ހިނިތުންވެލިއެވެ. ރާކިން ދިމްޔާގެ ލޮލުން އައިސްފައި ހުރި ކަރުނަތައް ފޮހެދެމުން އޭނާގެ އަތުގައި ހިފައިގެން ގޮސް ރުއް މަތީގައި އިށީނދެ ކައިރީގައި ދިމްޔާވެސް ބޭންދިއެވެ. އޭރުވެސް އޭނާއިނީ ދިމްޔާގެ އަތުގައި ހިފަހައްޓާލައިގެންނެވެ.

“ދިމް…. … ފަހުން ކީއްވެތަ ދިމްގެ ޚަބަރެއް ނުވީ…. އަހަރެން ހާދަ މަސައްކަތެއް ކުރީމޭ ދިމްއަށް ގުޅޭތޯ…. އަހަރެން އެކަންޏެއް ނޫން…. ރޫމެންވެސް ވަރަށް އުޅުން ދިމްގެ ޚަބަރެއް ނުވެގެން…. ފޯނުވެސް ނިވާލާފަ…. ކިހިނެއް ހޯދަން ގެއަށްވެސް ދާނީ…. ގެ ހުންނަ ތަނެއްވެސް އިނގޭ މީހަކު ހުރީއެއް ނޫން….” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ދިމްޔާގެ އަތަށް ފިތާލަމުން ރާކިން އަހާލިއެވެ. އެއާއިއެކު ދިމްޔާގެ މޫނުމަތީގައިވި ހިނިތުންވުން ފިލާގޮސް އަނެއްކާވެސް އެރީތި މޫނުމަތީގައި ހިތާމައިގެ ސާލެއް އޮޅާލެވިފައިވާ ފަދައެވެ. ރާކިން އިނީ ދިމްޔާގެ މޫނަށް އަރާ ފައިބަމުންދާ ކުލަވަރުތަކަށް ބަލާށެވެ.

ދިމްޔާ ރާކިންގެ މޫނަށް ބަލާލަމުން ކޮޅަށް ތެދުވިއެވެ. އެއަށްފަހު ދެފިޔަވަޅު ކުރިއަށް ޖެހިލާ ދެއަތް ދެއަތާ ޖޯޑުކޮށްލަމުން ދެލޯ މަރާ ފިއްތާލިއެވެ. ދެލޮލުން ކަރުނަ ނިރާލިކަމުގައި ވިޔަސް ވަރަށް ހިތްވަރުކޮށްފައި އޭނާގެ ޙަޔާތަށް އައި ތޫފާނުގެ ވާހަކަ ރާކިނަށް ކިޔައިދޭންފެށިއެވެ.

**********
އެއީ އަހަރެމެން އެންމެ ފަހުން ވައިބަރ އިން ވާހަކަ ދެއްކި ދުވަސް… އެދުވަހު ރެކްއާއި ވާހަކަ ދެއްކުމަށްފަހު އަހަރެން އޮތީ އެނދުގައި އޮށޯވެލައިގެން… އެހެނަސް ގޭތެރޭގައި މާއަޑުގަދަވެގެން އަހަރެން ނުކުތީ ބޮޑުކޮޓަރިއަށް…. އޭރު އުނަގަނޑުގައި ދެއަތްވިއްދާލައިގެން ހުރި ދޮންމަންމަގެ މޫނު ހީވަނީ ރުޅިއައިސްގެން ގޮސް އަނގުރު އަލިފާންގަނޑެއްހެން…. ދޮންމަންމަގެ ކުރިމަތީގައިހުރި ދުއްވާގޮނޑީގައި އިށީނދެގެން އިން އަހަރެންގެ ބައްޕަގެ މޫނުމަތީގައިވީ ހިތްހަމަނުޖެހުމުގެ ކުލަވަރުތައް…. އެވަގުތު އުނދަގޫ ގޮތަކަށް ފިޔަވަޅު އަޅަމުން އަހަރެންގެ މާމަ ކޮޓަރިން ނުކުންނަން އުޅުމުން އަހަރެން ދުވެލާފައި ގޮސް މާމައަށް އެހީވެދިނިން…. ބައްޕަމެންނާއި އަރާހަމަވުމުން މާ އަޑުގަދަވެގެން އުޅެނީ ކިހިނެއްވެގެންތޯ މާމަ ސުވާލުކުރުމުން ރުޅިގަދަވެފައި އޮތް ސިންގާއެއް ފުންމައިގެންހެން ދޮންމަންމަ އައިސް ހުއްޓުނީ މާމަގެ ކުރިމަތީގައި… ދޮންމަންމަގެ ރުޅިގަނޑު ފެނިފައި އަހަރެން ހުރީ ބިރުންގޮސް ހަދާނެ ގޮތެއް ނޭނގިފައި… ހުރިހާވެސް ނުބައެއް ހަދަނީ މާމަކަމަށް ބުނެ ދޮންމަންމަ މާމައާއި ދިމާއަށް އެއްޗެހި ކިޔާގަތް… އަހަރެން ފަހަރަކު މީހެއްގެ މޫނަށް ބަލަމުންދިޔައީ ވާނުވާ ނޭނގިހުރެ… މާމަގެ ވާހަކައިން މާމަވެސް ހުރީ ދޮންމަންމައަށް ދޫދޭގޮތަކަށް ނޫންކަން އަހަންނަށް އެނގުނު…. މާމަ ދުނިޔޭގައި ހުއްޓާ ދޮންމަންމަ ބޭނުންގޮތަކަށް ކަންތައްވިޔަކަ ނުދޭނަމޭ ބުނުމުން އައި ރުޅީގައި ދޮންމަންމަ ހިފީ މާމަގެ ކަރުގައި…. ދެލޯ ބޮޑުކޮށްލަމުން އަހަރެން މަސައްކަތް ކުރީ ދޮންމަންމަގެ އަތް މާމަގެ ކަރުން ނެއްޓޭތޯ… އެކަމާ ރުޅިއައިސްގެން މާމަގެ ކަރުން އަތްދޫކޮށްލާ ދޮންމަންމަ އަހަރެންގެ ކޮނޑުގައި އަތްއަޅާ ކޮށްޕާލުމުން އަހަރެންގޮސް ޖެހުނީ ބޮޑުކޮޓަރީގައި ހުރި ބިއްލޫރި މޭޒުމައްޗަށް…. އެއާއިއެކު މޭޒު ތަޅައިގެން ގޮސް އަހަރެން އޮތީ ބިއްލޫރިތައް ތެރޭ… އަތަށް ބޮޑު ބިއްލޫރިގަނޑެއް ހެރި ވަރަށް ބޮޑަށް ޒަހަމްވެސްވި…. ނަމަވެސް ވެއްޓުންގޮތަށް އަހަރެން ދެންވެސް ހިތްވަރުކޮށްފައި ތެދުވީ މާމަ ގާތަށް ދެވޭތޯ…. އޭރު ބައްޕަވެސް ދުއްވާގޮނޑި ދުއްވަމުން އަހަރެންނާއި އަރާ ހަމަވެއްޖެ….. އެކަނި ތެދުވަން އުޅުމުގެ ތެރެއިން ބައްޕަވެސް ފައިކައްސާލައިގެން އަނގަވަތަށް ވެއްޓުނީ ތެޅިފައި ހުރި ބިއްލޫރިތައް މައްޗަށް…. އަހަންނަށް ބާރަށް ހަޅޭލަވައިގެންފައި ބައްޕައަށް ގޮވާލެވުނު… އަހަރެން ހުރީ ހަދަންވީ ގޮތް ނޭނގިފައި… ބިއްލޫރިތައް މަތީ އޮވެ ބައްޕަ ތެޅިފޮޅެމުން ދިޔައިރު ކަރުގައި އަތްއަޅައިލައިގެން އުނދަގޫ ގޮތަކަށް ނޭވާލަމުންދިޔަ މާމަ އިނީ ފާރުބުޑަށް ޖެހިފައި…. ދޮންމަންމަ ނުލަފާ ގޮތަކަށް ހީލައިގެން ހުރިއިރު ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތް… ބިރުގެންފައިވާ ހާލު ދެރަވެގެން ގޮސް އަހަންނަށް ރޮވުނު… އަހަރެން ދުވެފައި ގޮސް ބިއްލޫރިތައް މަތިން ވަރަށް އުނދަގުލުން ބައްޕަ އެއްފަރާތްކުރިން… އޭރު ބައްޕަގެ ހެއެއް ނެތް… ރޮވޭ ހާލު އަހަންނަށް ބަލާލެވުނީ މާމައާއި ދިމާއަށް…. އޭރުވެސް މާމަ އުޅުނީ ނޭވާލާން އުނދަގުވާތީ…. އަހަރެން ބައްޕައަށް ބަލާލުމަށްފަހު ކޮޓަރިއަށްގޮސް ފޯނު ހިފައިގެން އައިސް އެމްބިއުލާންސަށް ގުޅުމަށްފަހު މާމައަށް ފެންދިނިން…. މާމަ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުންވަގުތު އެމްބިއުލާންސްގެ އަޑު އިވުމުން އަހަރެން ދުވެފައި ގޮސް ގޭގެ ދޮރުހުޅުވާލިން… އެމްބިއުލާންސްގައި އައި މީހުން ފެނުމުން ދޮންމަންމަ ބާރަށް ރޮއެގެންފައި މާރަނގަޅު މީހަކަށްވެގެން އެކްޓް ދައްކަން ފެށި…. ބައްޕަ ހޮސްޕިޓަލަށް ގެންގޮސް އަވަސްފަރުވާދޭ ކޮޓަރިއަށް ވެއްދުނު…. އަހަރެމެން ދެން އިންތިޒާރުކުރަމުން ދިޔައީ ޑޮކްޓަރު ނުކުންނާނެ އިރަކަށް…. ދޮންމަންމަވެސް ދެރަވެފައި އިންކަމަށް ހެދިގެން ރޯލަރޯލާ އިން…. ޑޮކްޓަރު ނުކުމެފައި ދިން ޚަބަރަކުން އަހަންނަށް ހުރެވުނު ތަންވެސް ނޭނގުނު… މާމަ ގައިގައި ބައްދާލަމުން އަހަންނަށް ބާރުބާރަށް ރޯންފެށުނީ އަހަރެންގެ ލޯބިވާ ބައްޕަ މިދުނިޔެއާއި އަލްވަދާޢި ކިޔުމުން… ޑޮކްޓަރު ބުނި ގޮތުގައި ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ބައްޕައޮތީ ނިޔާވެފައި… އެވަގުތު ރެކްގެ މަތިން ވަރަށް ހަނދާންވި…. ހިތަށް އެރި ރެކް އަހަރެންގެ ގާތުގައި ހުރިނަމައޭ… އަހަރެން އުޅުނީ ރެކްއަށް އެޚަބަރުދޭން…. އެކަމަކު އަވަސްކުރަން ހަދައިގެން އަހަނަށް ހޮސްޕިޓަލަށް ދެވުނީ ފޯން ގޭގައި ބާއްވާފައި… އަހަންނަކަށް އެއްވެސް މީހެއްގެ ނަންބަރެއް ހިތަކުން ނޭނގެ….. …… ބައްޕަ ވަޅުލީ އެރޭ އިޝާނަމާދަށް ފަހުގައި…. ބައްޕަ ވަޅުލުމުން އަހަރެމެންވެސް އައީ ގެއަށް…. ގެއަށް އައި ގޮތަށް އަހަރެން ވަރަށް އިރުވަންދެން މާމަގެ އުނގުގައި ބޯއަޅާލައިގެން އޮވެ ރުއިން…. އެހެން އޮއްވާ އަހަންނަށް ނިދުންއިރެއްވެސް ނޭނގެ… ހޭލެވުނީ މާމަ ގޮވާއަޑަށް…. އަހަރެން ދެލޯ އުނގުޅާ ބަލާލުމުން އަވަހަށް ތެދުވުމަށް މާމަ ބުނެލި…. އޭރު މާމަގެ ކައިރީގައި ބޮޑު ދަބަހެއްވެސް އޮތް…. އަހަރެން ތެދުވުމުން މާމައާއިއެކު ދަބަސް ހިފައިގެން އަންނާށޭ ބުނުމުން އަހަރެން ހައިރާންވެފައި މާމަގެ މޫނަށް ބަލަހައްޓައިގެން އިނީ މާމަ ކުރަން އުޅޭ ކަމެއް ނޭނގޭތީ…. އަނެއްކާ އެއީ ދަންވަރުގެ ވަގުތު… އަހަރެން އެހެން އިނުމުން ވަގުތު ކުޑަތަން ވެއްޖެއޭ ބުނެ މާމަ އަހަރެންގެ އަތުގައި ހިފާލުމުން އަހަރެން މާމަ ބުނިގޮތަށް ކަންތައް ކުރިން… ދަބަސް ކޮނޑުގައި އަޅުވާލަމުން މާމަގެ އަތުގައި ހިފައިގެން އަހަރެން ހިނގައިގަތިން….. ގޭގޭ ބޮޑުދޮރާއި ދިމާއަށް ދާންފެށުމުން މާމަ ބޭނުންވަނީ އެގެއިން ނުކުންނަންކަން އަހަންނަށް ވިސްނުން…. އެވަގުތު ފޯނުމަތިން ހަނދާންވެގެން އަހަރެން އަނބުރާގޮސްފައި އައީ ފޯނު ހިފައިގެން…. ވަރަށް ސިއްރު ސިއްރުން ގެއިން ނުކުތުމަށްފަހު އަހަރެމެން އިންތިޒާރު ކުރަމުން ދިޔައީ ޓެކްސީއެއް އާދޭތޯ…. އެވަގުތުކޮޅުގެ ބޭނުންކޮށް އަހަރެން އުޅުނީ ބައްޕަ ނިޔާވި ވާހަކަ ރެކްއަށް އަންގާލުމަށްޓަކައި ރެކްއަށް ގުޅުމަށް… އެހެނަސް އެވަގުތު ޓެކްސީއެއް އައިސް މަޑުކޮށްލުމުން މާމަ އަހަރެންގެ އަތުގައި ހިފާ ދަމާލުމުން އަހަރެންގެ އަތުން ފޯނު ދޫވެ ވެއްޓުނީ ކާނުގަނޑުތެރެއަށް…. ވަރަށް ދެރަވި…. އަހަރެން ފޯނު ނެގޭތޯ އުޅެންފެށުމުން މާމަ އެދުނީ ދެން އެކަމާ އަޅާނުލާ އަވަހަށް ޓެކްސީއަށް އެރުމަށް…. އަހަރެން ކިތަންމެ މަސައްކަތް ކުރިކަމުގައިވިޔަސް ދެން ފޯނު ނެގުމަކީވެސް އުނދަގޫކަމެއްކަން އަހަންނަށް ވިސްނުމުން މާމައާއިއެކު ޓެކްސީއަށް އެރިން… ޓެކްސީގޮސް މަޑުކުރީ ބޮޑެތި ބޯޓުތަކެއް އަޅާފައި އޮތް ބަނދަރެއްގެ ކައިރިއަށް… އަހަންނަށް ހައިރާންކަމެއް ލިބުނީ މާމަ މާލެދޫކޮށް ދާން އުޅޭހެން ހީވުމުން…. އަހަންނަށް އެކަމާބެހޭގޮތުން މާމައާއި ސުވާލުވެސް ކޮށްލެވުނު…. ނަމަވެސް މާމަ އަހަރެންގާތު ބުނިހާވެސް އެއްޗަކީ “ފަހުން ކިޔައިދޭނަމޭ….” އަހަރެން ވަރަށް ހާސްވެ ކަންބޮޑުވި…. މާލެ ދޫކޮށް ގޮސްފިއްޔާ ދެން ރެކްއާއި ދިމާނުވެދާނެކަމުގެ ބިރު އަހަރެންގެ ހިތުގައި އުފެދުނު…. ފޯނުވެސް ވެއްޓުނު ކަމުގައިވިޔަސް މީހެއްގެ ފޯނުންވެސް ރެކްއަށް ގުޅޭނީ ފޯނު ނަންބަރު ހަނދާނުގައި ހުރިނަމަތާ…. އެއްވެސް މީހެއްގެ ނަންބަރެއް އަހަރެންގެ ހަނދާނަކު ނެތް…. ޓެކްސީއިން ފޭބިތަނާ ދެބައި އުމުރުގެ ބިޔަކޮށް ހުރި ފިރިހެނަކު އައިސް މާމައާއި ވާހަކަ ދެއްކުމަށްފަހު އަހަރެމެން ގޮވައިގެން ގޮސް ބަނދަރުގައި އަޅާފައި އޮތް މުދާއުފުލާ ބޯޓަކަށް އެރުވި…. އަހަރެމެން ބޯޓަށް އަރާ ހަމަޖެހިލުމާއިއެކު ބޯޓު ނައްޓާލައިފި…. އަހަރެން މާމަގެ އަތުގައި ހިފާލަމުން މާލެ ދޫކޮށްލާފައި ދަނީ ކީއްވެތޯ ސުވާލުކުރިން…. މާލެ ދޫކޮށްލާފައި ދަނީ އަހަރެންގެ ރައްކަލަށްޓަކައޭ ބުނިއިރު މާމަގެ ދެލޮލުން ކަރުނަ ފޭދިއްޖެ… މާމަ ރޯތަން ފެނުމުން އަހަރެން ދެރަވި…. އެހެނަސް އެއަށް ވުރެ ބޮޑަށް ހައިރާންވީ އަހަރެންގެ ރައްކަލަށްޓަކައޭ ބުނުމުން… އެހެންވެ އިތުރަށް މާމައާއި ސުވާލުކުރިން…. މާމަ ބުނީ ދޮންމަންމަ އުޅުނީ އަހަރެން ބައްޕައަށްވުރެވެސް އުމުރުން ދޮށީ މީހަކާ ދެވަންކަމުގައި… އޭގެ ބަދަލުގައި އެމީހާ ދޮންމަންމައަށް ފައިސާއާއި ބޮޑުގެއެއް ދޭން ބުނުމުން…. ބައްޕައާއި މާމަ އެކަމާ ދެކޮޅުހެދުމުން ދޮންމަންމަ ރުޅިގަދަވެގެން އުޅުނީ…. މާމަ އެވާހަކަ ބުނުމުން އަހަރެން އިނީ ހައިރާންވެ އަންތަރީސްވެފައި…. ދޮންމަންމައަކީ ގޯސްމީހެއްކަން އަހަންނަށްވެސް އެނގޭ…. އެކަމަކު ގޯސްވެގެން ގޮސް އެފަދަ ދަށުދަރަޖައިގެ ކަމެއް ދޮންމަންމަ ކޮށްފާނެކަމަށް އަހަރެން ހިތަށްވެސް ނާރާ….. މާމަ މާދަމާވެސް ދެލޯމަރާލަން ޖެހިއްޖެއްޔާ އަހަރެން އެނުލަފާ ދޮންމަންމަގެ ޝިކާރައަކަށް ވެގެން ހިނގައިދާނެތީ މާމަ ބޭނުންވީ އަހަރެން އެ ނަރަކައެއް ފަދަ ގެއިން ރައްކާތެރި މާހައުލަކަށް ގެންދަން…. އެހެންވެ އަހަރެމެން މިރަށަށް އައީ…. މީއަހަރެންގެ ބައްޕައާއި މާމަގެ އުފަންރަށް… އަހަރެން މިރަށަށް މިއައީ އަދި އަލަށް…. ބައްޕަ ބުނެފައިވާގޮތުން އަހަރެންގެ މަންމައަކީ އެހެން ރަށެއްގެ މީހެއް….. މާމަގެ އެއްބަނޑު މީހުން ބީރައްޓެހިންނާއި އިނދެގެން އުޅެމުން ދަނީ އެހެން ރަށްރަށުގައި… ބައްޕައަކީ މާމަގެ ހުރި ހަމައެކަނި ދަރިފުޅުކަމުން މިރަށުން އަހަރެމެންގެ އާއިލާ މީހަކާ ބައްދަލްނުވުމުން އަހަރެމެން އުޅެމުން ދިޔައީ އަމަންމެންގޭ ކުރިމަތީގައި ހުރި މާމަގެ ބާގެގަނޑުގައި… އަމަންގެ ޢާއިލާގެ ފަރާތުން އަހަރެމެން ދެމީހުނަށް އެހީވަމުން ދިޔައީ އަމިއްލަ ބައެއްގެ ގޮތުގައި ދެކިގެން…. އެއީ ވަރަށް ހިތްހެޔޮބައެއް… އެގޮތުގައި ދުވަސްކޮޅަކު އުޅުމަށްފަހު އަހަރެންގެ މާމަވެސް މިދުނިޔެއާއި ވަކިވެގެން ހިނގައްޖެ…. އަހަރެން މުޅިން އެކަނިވި….”

**********

މިހިސާބަށް ވާހަކަ ދިޔުމުން ދިމްޔާއަކަށް އިތުރަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. މޫނުގައި އަތް އަޅައިގެން ހުރެ އޭނާ ރޯންފެށީ އެންމެ ތުއްތުއިރުއްސުރެ މަންމައެއް ފަދައިން ލޯބިދީގެން ބަލާބޮޑުކުރި މާމަ މަތިން ހަނދާންވުމުންނެވެ. ދިމްޔާގެ ވާހަކަ އަޑުއަހަން ހުރި ރާކިންއައިސް ދިމްޔާގެ ކުރިމަތީގައި މަޑުކޮށްލަމުން އޭނާގެނެސް ރާކިންގެ މޭގައި ޖައްސާލިއެވެ. އޭރު ރާކިންގެ ދެލޯވެސްވަނީ ފެންކަޅިވެގެން ގޮސް ކަރުނަތައް ފައިބާން ތައްޔާރުވެފައެވެ. އެހެނަސް އޭނާ ދިމްޔާގެ ކުރިމަތީގައި ކެތްތެރިވަމުން ކަރުނަތައް ކޮންޓްރޯލް ކޮށްލިއެވެ. ދިމްޔާވެސް ހިތްފުރެންދެން ރާކިން މޭގައި ބޯއަޅައިލައިގެން ހުރެ ރޮމުންދިޔައެވެ. ދިމްޔާ ހުއްޓުވަން ރާކިން މަސައްކަތް ނުކުރީ ދިމްޔާއަށް ދެން ހިތްހަމަޖެހުމެއް ލިބޭނީ ރޯލުމުން ކަމަށްވާތީއެވެ.

ރާކިންމެންނާ ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުރި އީމަނަށް ދިމްޔާ ދެއްކިވާހަކަ އަޑުއިވުނެވެ. ފެންކަޅިވެފައިވާ ދެލޯ ފުހެލަމުން އީމަން ގެއަށް ދިއުމަށްޓަކައި ފަސްއެނބުރެމުން ކުރިމަތީގައި ހުއްޓިލައިގެން ހުރި ތާނީއާއި އަމަނަށް ބަލާލުމަށްފހު އީމަން ހިނގައިގަތީ ގެއާއި ދިމާއަށެވެ. ތާނީ ދެލޮލުން އައިސްފައިވާ ކަރުނަތައް ފުހެލަމުން އަވަސްއަވަހަށް އޭނާގެ ދެބެންގެ ދެދަރި ދިމްޔާގެ ފޯނަށް ގުޅާލީ އެއީ ދެ ދިމްޔާއެއްކަން އޭނާއަށް ޔަގީންވުމުންނެވެ. ނަމަވެސް ގުޅޭގޮތެއް ނުވިއެވެ. ފޯން އޮތީ ނިވާލާފައެވެ.

ހިތަށް ހަމަޖެހުމެއް ލިބުމުން ދިމްޔާ ރާކިނާއި ދުރަށް ޖެހިލިއެވެ. އޭރު ރުއިމުގެ ސަބަބުން އޭނާގެ ދެލޯހުރީ ރަތްވެ ދުޅަވެފައެވެ. މޫނަށްވެސް ހުރީ ލޭކުލައަރާލާފައެވެ. ނޭފަތްކައިރި ވަކިން ރަތްހެން ހީވިއެވެ.
“އޯކޭތަ…..؟؟؟؟” ދިމްޔާގެ މޫނުގައި ހިފަހައްޓާލަމުން ރާކިން މިހެން އަހާލުމުން ދިމްޔާ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ.

“ރެކްއަށް އިނގޭތަ…؟؟؟ އަހަރެމެން ދެމީހުން ރައްޓެހިވެގެން އުޅޭކަން މާމައަށް އެނގޭނެ…. ރެކްގެ ފޮޓޯތައްވެސް މާމައަށް ފެންނާނެ…. މާމައަށް ވަރަށް ކަމުދޭ ރެކް…. …… މާމަ މަރުވުމުގެ ކުރިން އަހަރެން ލައްވާ ވަޢުދުކުރުވި ރެކްއާއި ދިމާނުވަނީސް މާލެ ނުދިއުމަށް…. އެހެންވެ މާމަ މަރުވުމުންވެސް އަހަރެން މިރަށުގައި މަޑުކުރީ…..” މިފަހަރު ވާހަކަ ދެއްކިއިރު ދިމްޔާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެފައިވީތަން ފެނުމުން ރާކިނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ.

“އެހެންތަ…؟؟؟ ދެން ކީއްވެތަ މާލޭގައި ދިމްގެ ގެހުންނަތަން އަހަންނަށް ނުބުނެދިނީ…. އަހަންނަށް އެކަންޏެއް ނޫންދޯ… ރޫމެންނަށްވެސް ނޭނގެ….” ދިމްޔާގެ މޫނުގައި ހިފަހައްޓާލައިގެން ހުރެ ރާކިން ސުވާލުކޮށްލިއެވެ.
“އަހަރެންގެ އާއިލާގެ މައްސަލަތައް ގިނަވެފައި ދޮންމަންމަގެ ޒީލަ ގަދަކަމުން އަހަރެން އެކުވެރިން ގެއަށް ކީއްކުރަން ގެ ކައިރިއަށްވެސް ގެންދާކަށް ބޭނުމެއް ނުވޭ…. އެހެން ނޫނަސް އޭނަ އޮތީ ގެއަށް އަހަރެންގެ އެކުވެރިން ގެނައުންވެސް މަނާކޮށްފައި… އަހަރެމެން އުޅުނީ ދޮންމަންމަގެ ގޭގައި….. އަހަރެން ސުކޫލް ދައުރުގައި އެއްދުވަހަކު ރައްޓެހިކުދިންތަކަކާއިއެކު ގެކައިރީގައި ވާހަކަ ދައްކަން ތިއްބާ ދޮންމަންމަ އައިސް އެންމެންގެ ތެރޭގައި އަހަންނާއި ދިމާއަށް އެއްޗެހިގޮވާލާފައި ދިޔައީ…. އެދުވަހު އަހަރެން ވަރަށް ލަދުގަތް…. ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ތަކުރާރުވާން ބޭނުން ނުވާތީ އޭގެ ފަހުން އަހަރެން އެއްވެސް ރައްޓެއްސަކު ގޭކައިރިއަށްވެސް ނުގެންނަން…. އަހަންނަށް ނޭނގި ރައްޓެއްސަކު ގެއަށް އައިސްދާނެތީ އަހަރެން ގޭގެ އެޑްރެސްވެސް އެއްވެސް މީހަކަށް ނާންގަން… އެހެންވެ ރެކްގެ ގާތުގައިވެސް ނުބުނީ…..” ދުރު ބަލަހައްޓައިގެން ހުރެ ދިމްޔާ ކިޔައިދިނެވެ. ރާކިން އުޅުނީ އެއްޗެކޭ ބުނާށެވެ. ނަމަވެސް ދިމްޔާއަށް ގޮވާލަމުން އަމަން އެދިމާއަށް އަންނަންފެށުމުން މަޑުކޮށްލައިގެން ހުރީއެވެ.

“ނޭނގިނަމަވެސް ގެއަށް ގެނެވިގެން މިއުޅެނީ ވާންއުޅޭ ފަހަރިއޭ ދޯ….” ދިމްޔާގެ ކޮލުގައި ހިފާލަމުން އަމަން ދިމްޔާއާއި ދިމާކޮށްލިއެވެ. ދިމްޔާގެ މާމަ މަރުވުމުން އަންހެންކުއްޖަކު އެކަނި އުޅުން އެހާ ރައްކާތެރިނޫންވީމަ އަމަންގެ މަންމަގެ އެދުމަށް ދިމްޔާ މިހާރު އުޅެމުންދަނީ އަމަންމެންގެ ގޭގައެވެ.

ކާން އިނދެގެންވެސް އަވަސްއަވަހަށް އީމަނަށް ބަލާލެވެނީ ދިމްޔާއަށެވެ. ކަމުން ދަނިކޮށް އީމަން ކޮށިއެރުމުން ދިމްޔާ އީމަނަށް ފެންތަށި ދިއްކޮށްލިއެވެ. އީމަން ފެންތަށީގައި ހިފަމުން ދިމްޔާއަށް ބަލަލިއެވެ. އަދި ފެންފޮދެއް ބޯލުމަށްފަހު ބޭރަށް ނުކުންނަން ހިނގައިގަތެވެ. އީމަން އެގޮތަށް ކަންތައް ކުރުމުން ހާސްވެފައި ހުރެ ދިމްޔާއަށް ބަލާލެވުނީ ރާކިނާއި ދިމާއަށެވެ. ރާކިން ލޮލުގެ އިޝާރާތުން ހަމަޖެހުމަށް ބުނެފައި އީމަންގެ ފަހަތުން ބޭރަށް ނުކުތެވެ.
ބޭރަށް ނުކުތްގޮތަށް އީމަންގޮސް މަޑުކޮށްލީ ކުންނާރު ގަސްދޮށުގައެވެ. ރާކިންވެސް އީމަންގެ ފަހަތުންގޮސް ކޮނޑުގައި އަތްޖަހާލިއެވެ.
“ރެކް…. ދިމް ފެންނައިރަށް އަހަރެން މާބޮޑަށް މާޔާ މަތިން ހަނދާންވަނީ… ވަރަށް އުނދަގޫ ދިމްގެ ކުރިމަތީގައި ހުންނަން…. އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް މާޔާގެ ގާތަށް ގޮސް މާފަށް އެދެން…..” ރާކިނާއި ކުރިމަތިލަމުން މިހެން ބުނެލިއިރު އޭނާ ދެރަވެފައި ހުރި މިންވަރު މޫނުމަތިން ހާމަވާން ހުއްޓެވެ.
“އޭނައަށް ގުޅިންތަ….” ރާކިން އަހާލީ އީމަންގެ މޫނަށް ބަލާލަމުންނެވެ.
“ފޯން ނިވާލާފައި އޮތީ….” ހާސްވެފައި ހުރެ އީމަން ޖަވާބުދިނެވެ.
“އިމޫ…. ކެތްކޮށްލާ… ދެން ކޮންމެގޮތެއް ވިޔަސް އެންމެ އަވަހަކަށްވެސް ދެވޭނީ މާދަމާ…. އަހަރެމެން ދާނީ ދިމްވެސް ގޮވައިގެން…. އޭރުން މާޔާއަށްވެސް ޤަބޫލުކުރެވޭނެ އެކަހަލަ ކުށްހީއެއް ކުރެވިދާނެކަން…. މާތް ﷲ އިރާދަކުރެއްވިއްޔާ މާޔާ އަހަރެމެންނަށް މާފުކުރާނެ…..” އީމަނަށް ހިތްވަރުލައިދެމުން ރާކިން މިހެން ބުނުމުން އީމަން ރާކިން ދެއްކި ވާހަކަތައް ޤަބޫލުކުރުމުގެ ގޮތުން ބޯޖަހާލިއެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ހިތުގަ މިވާ ސޫރަ ތެދޭ! 2

Next

ހިޖުރަ (ހަތާވީސްވަނަ ބައި)

Next
September 19, 2015

ހިޖުރަ (ހަތާވީސްވަނަ ބައި)

Previews
September 19, 2015

ހިތުގަ މިވާ ސޫރަ ތެދޭ! 2

62 Comments!

  1. mal says:
    September 19, 2015 at 3:51 pm

    Haha me first…

    1. mal says:
      September 19, 2015 at 4:12 pm

      Wow v v rythi. Waiting for next part

  2. Anonymous says:
    September 19, 2015 at 3:52 pm

    Aachaa.. ???????

  3. pinky says:
    September 19, 2015 at 3:53 pm

    me first. story is awesome 🙂 next part kon iraku?

  4. Yushiii says:
    September 19, 2015 at 4:06 pm

    Yeyyyy. Awesome. Lov u eeemm

  5. Dhil says:
    September 19, 2015 at 4:07 pm

    V nice

  6. Mai says:
    September 19, 2015 at 4:11 pm

    Finally 2 dhim dhw miulhenyyyy…. Story v nice… Keep up the good work….

  7. mwah says:
    September 19, 2015 at 4:13 pm

    Waaaaaaaaaaau……….. awesome 🙂

  8. Sana says:
    September 19, 2015 at 4:16 pm

    This part is awesome….

    Waiting 4 next part…

  9. lyn says:
    September 19, 2015 at 4:29 pm

    Omg… 🙂 v v v V rythi stry eh…hop nxt prt vrh avahah up vaane kamah…cnt wait

  10. Fakko says:
    September 19, 2015 at 4:31 pm

    Varah reethi ingey… Aneh bayah inthizaaru kuran…

  11. Crazi says:
    September 19, 2015 at 4:33 pm

    Maadama alhe aneh part genea dhyba..vrh intersting ey

  12. RV says:
    September 19, 2015 at 4:56 pm

    V V V V reethi

  13. eemiyaa says:
    September 19, 2015 at 5:09 pm

    Thank u allllll 🙂 🙂 🙂
    next part monday ga In Sha Allah 🙂

  14. Ree says:
    September 19, 2015 at 5:31 pm

    Hama aslah ves rovijje.. Vr furihama ??

  15. Ifaa says:
    September 19, 2015 at 5:38 pm

    Wow v salhi hama rovije..wen next part eagerly wait?

  16. ainth says:
    September 19, 2015 at 5:50 pm

    Varaa reete ingee

  17. nukko says:
    September 19, 2015 at 5:55 pm

    Vaa vaa kya bath hain… v salhi.
    Waiting for the next part… eemooo u r de bst.. but mi part thankolheh kuru kanneynge dww. Nxt part dhigu kohllaacheyyy.. 🙂 🙂 🙂 🙂 🙂 🙂 🙂

    1. eemiyaa says:
      September 19, 2015 at 10:37 pm

      nukko mi part kurutha..?? ehn part thakah vure mi part maa bodahves dhigu vaane.. its 25 pages… 2788 words..

  18. ken? says:
    September 19, 2015 at 6:03 pm

    vvv reethi…??? sifakurunthah v furihama…?all de best eem..☺

  19. fareeaa says:
    September 19, 2015 at 6:37 pm

    Fantastic

  20. Aaa eeee says:
    September 19, 2015 at 6:43 pm

    V nice . Dhn dhaathanun ana dhimyaaa ehn thaaka nu fonuvaa thi nice stry

  21. Shau says:
    September 19, 2015 at 7:04 pm

    Wow! Vrh Nala mi part vx… hama heevanii ehn fadha kameh hen.. 😀 😉 Anyway, Mi story nimentha miulhenii Eem?

  22. kiyuntheryaa says:
    September 19, 2015 at 7:15 pm

    mi bai ves v reethi…

  23. shx says:
    September 19, 2015 at 7:58 pm

    v intrestinnn mi bai vxxx..v kamudhey..nyc..waitin for next part

  24. saadhu says:
    September 19, 2015 at 8:09 pm

    V best story. Keep it up.

  25. Aanaa says:
    September 19, 2015 at 8:17 pm

    Wow… Vvv reethi. Ufalungoss rovijje… Superb fantastic welldone good job excellent… Etc dhen bunaane ehchehves neyge ehaa ves furihama.. Next part ves mihaa furihama kohlahchey.. Aanaa aky mihaaru eem ge vvvv Bodu fan eh.. Love u sis…. Can I call u sis?????

    1. eemiyaa says:
      September 19, 2015 at 10:38 pm

      yeah sure aanaa 🙂

  26. xee says:
    September 19, 2015 at 8:30 pm

    Heebihi nagaifi gain alhe.. this is just mre than awesome♥
    Eem ur ttly the best

  27. shaz says:
    September 19, 2015 at 8:47 pm

    wow it’s awesome…. v kiyaahithun hutta vaahaka nimuny… waiting for the next part…

  28. xima says:
    September 19, 2015 at 9:43 pm

    Wow!!!!!! habeys!!! Very nice ???

  29. anaa says:
    September 19, 2015 at 10:14 pm

    Story nimen tha ulhenee… I guess….. anyways v nice

  30. nazi says:
    September 19, 2015 at 10:15 pm

    vvv reethi mi hama 1 vana mivaru kamey ney 2 dhim ah hedheethi bunevey nee jazaakallah hairan ey eem vara molhu vahaka liyan thigothuga kuriya dhiumuge thaufeeg eem a dheyvaashi aameen

  31. zai says:
    September 19, 2015 at 10:18 pm

    Hama rangalhahvex rovihjje..mibaivex v salhi

  32. zee says:
    September 19, 2015 at 10:24 pm

    Vvv reethi mi vaahaka:-)

  33. eemiyaa says:
    September 19, 2015 at 10:27 pm

    Thanks all for the lovely comments… 🙂 🙂 🙂 🙂

  34. Tulip says:
    September 19, 2015 at 10:47 pm

    Keep it up?..good job

  35. shaaly says:
    September 19, 2015 at 11:49 pm

    V v v reethi story…

  36. wershe says:
    September 20, 2015 at 12:28 am

    Wow warah rythi rohvijje hama ragalhah vx ??❤

    1. Blue says:
      September 20, 2015 at 8:08 am

      love this part too,,next part avahah up kohdheythikohdheythi,

  37. aria says:
    September 20, 2015 at 9:42 am

    V reethi…kerp it up….

  38. afty says:
    September 20, 2015 at 9:45 am

    wow v v v v v reethi story……….waitin for next part, pls next part avahah up kohladeythi……..v v kiyaahithun

  39. Raff says:
    September 20, 2015 at 10:53 am

    eem ur the bst….story anehbai kiyaa hithun reyga nuvx nidhun….v furihama…eem ekam story ehaa avahah nuninmahche v v v kiyaa hiyyve….avahah nxt part up koh dhehche..

  40. Raff says:
    September 20, 2015 at 10:53 am

    eem ur the bst….story anehbai kiyaa hithun reyga nuvx nidhun….v furihama…eem ekam story ehaa avahah nuninmahche v v v kiyaa hiyyve….avahah nxt part up koh dhehche..

  41. Raff says:
    September 20, 2015 at 10:53 am

    eem ur the bst….story anehbai kiyaa hithun reyga nuvx nidhun….v furihama…eem ekam story ehaa avahah nuninmahche v v v kiyaa hiyyve….avahah nxt part up koh dhehche..

  42. ifaa says:
    September 20, 2015 at 1:20 pm

    Woww… vvv nyc

  43. aSoo aSuu says:
    September 20, 2015 at 2:50 pm

    Reethi

  44. Meee says:
    September 20, 2015 at 3:17 pm

    V reeethi

  45. Luvna says:
    September 20, 2015 at 3:48 pm

    This part is very intresting and very beatiful. Eagerly waiting for the next part and hope that you would make this story more intresting and im sad that this story is gonna finish.

  46. Ayaa says:
    September 20, 2015 at 4:12 pm

    Wowowow … ? ?
    2 part ehkn kyma maa salhi ..
    Waiting waiting .. ?

  47. samee says:
    September 20, 2015 at 4:36 pm

    Ooh… V NYC.. Thanks eem…

  48. Samko says:
    September 20, 2015 at 4:56 pm

    reethi…!

  49. Anonymous says:
    September 21, 2015 at 12:08 am

    (Sorrry Serious Control) mi bas thakah kiyaa Dhivehi nameh noaveytha?…..

    1. Anonymous says:
      September 21, 2015 at 12:10 am

      baeh bas thakuga fili nujahaa hurikan faahagakolan. mikanthah rangalhu kollaa

  50. Anonymous says:
    September 21, 2015 at 12:11 am

    dhebas thinbas ekkollaafa liyefahureema varah undhagoovey aslu kiyan. kiyaa hiyves nuvi ehen hureema

  51. Anonymous says:
    September 21, 2015 at 12:15 am

    އޭނާގެ ދެލޮލުން ހުއްޓުމެއްނެތިކަރުނަ އަންނަމުން ދިޔައެވެ. mi jumlaigai karuna annany konthaakah tha? ? ? ? ? ? ? ? ? ? ? ? ? ? ? ?

  52. Anonymous says:
    September 21, 2015 at 12:21 am

    ކިތަންމެ މަޑުން ބުނެލިކަމުގައިވިޔަސް ދިމްޔާ ރާކިންގެ ނަންކީއަޑު އީމަނަށް އިވުނެވެ. mi jumla in goiy varah ODD…. u can do better…

  53. Yushiii says:
    September 21, 2015 at 1:56 pm

    Eemeeee kobatha nxt part. ???

  54. sira says:
    September 21, 2015 at 2:20 pm

    Mi vaahaka v reethi, ekamaku liyumuge fenvaru v kada.

  55. Anonymous says:
    September 21, 2015 at 10:06 pm

    Kobaa tha vahaka

  56. raee says:
    September 21, 2015 at 10:46 pm

    Kobaa next part

  57. Crazi says:
    September 21, 2015 at 11:00 pm

    Emee aneh part kobaa

Comments are closed.

Next Episodeދިމްޔާ (18 ވަނަ ބައި)←


All Right Reserved!