Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަބަދަށް އެކުގައި 19

sunflower girlll Level 210 Stories100 Login
April 27, 2022 5 Mins Read
3 Comments

*އެއްލި ކަޅިއަކުން ބަނދަަރަށް ގާތްކުރި ލާންޗުން ފޭބި ޒުވާނާފެނި ހަނާ ހީވީ ގަނޑުވިހެންނެވެ. ކަޅުކުލައިގެ ސްޓްރައިޕް ދަމާލާފައިވާ އަތްދިގު ޓީޝާޓަކާއި ކަޅުޖިންސެއްލާފައި ހުރި އެޒުވާނާގެ ފިޔަވަޅުތައް ހުރީ ހަނާމެންނާ ދިމާއަށެވެ. ލޮލުގައި އަވިއައިނެއް އަޅާލާފައި އޮތް އިރު އޭނާގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. އޭނާއަށް ގެއްލިފައި ހުރި ހަނާ ސިހުނީ އޭނާއައިސް ހަނާމެން ގާތުގައި ހުއްޓުމުންނެވެ،*

 

” ހިލްޔާން ކުރިން ވަރަށް ރުޅި އާދޭ ދޯ އާނިޝްދެކެ..” މަގުމަތީ ހިނގާފައި ދަމުން ޒިވްޔަން ވަރަށް ނޫން ގޮތަކަށް އަހާލިއެވެ.

“ކުރިން ވަރަށް ރުޅި އާދޭ.. އެކަމު މިހާރަކު ނާދޭ” ހިލްޔާން މަޑުމަޑުން ބުނެލިއެވެ.

“އާނިޝް ކުރިން އެމީހުންނާއެކު އުޅުނީމަތަ ރުޅި އަންނަނީ” ޒިވްޔަން އަނެއްކާވެސް އަހާލިއެވެ. ޖަވާބުގައި ހިލްޔާން ބޯ ޖަހަލިއެވެ.

“މމމ… ކާއިން ހިލްޔާންއަށް ވަރަށް ރަނގަޅުތަ..” ޒިވްޔަން ދުރުދުރުން ވާހަކަ ފެށިއެވެ.

“ގޯހެއްނޫން… އެކަމު ދޮންތަ ވަރަށް ރުޅި އަންނާނެ ކާއިން ދެކެ”

“އެ ކީއްވެ” ނޭނގޭ ކަމަށް ހަދާލަމުން ޒިވްޔަން ބުނެލިއެވެ.

“ކާއިންގެ ދޮންބެއަކީ ކައިޒަން… ކައިޒަންބެ ކުރީއްސުރެ ވަރަށް ލައިކް ވާނެ ދޮންތި ދެކެ.. އެހެންވެ”

“އޯކޭ.. ތިހެން ވިއްޔާ ހިލްޔާން ބުނެބަލަ.. ކާކު އެތަނުން ހިލްޔާންއަށް ރަނގަޅީ” ޒިވްޔަން އެހެން ބުނުމުން ހިލްޔާން ކުޑަކޮށް ވިސްނާލިއެވެ.

“ދެމީހުންވެސް ހަމަ ރަނގަޅު.. ދެން ދޮންތި ބޭނުން ގޮތެއްދޯ..” ހިލްޔާން ހޭން ފަށާފައި ބުނެލިއެވެ.

“ކާއިން އެއީ ހިލްޔާންގެ ބެސްޓްފްރެންޑްދޯ” ޒިވްޔަން އަނެއްކާވެސް އަހާލިއެވެ.

“ކުރިން.. މިހާރަކުއެއް ނޫން” ހިލްޔާން ބުނެލިއެވެ.

“ދެން މިހާރު ކާކު” ހިލްޔާންއަށް ބަލައލަމުން ޒިވްޔަން އަނެއްކާވެސް އަހާލިއެވެ.

“މިހާރު ބެސްޓްފްރެންޑަށް ކިޔަނީ ޒިވްޔަން..” ހިލްޔާން އެހެން ބުނުމުން ޒިވްޔަން ވެސް ހޭން ފެށިއެވެ.

“ހަނާއަށް މަ ވަކިކުރަން ނޭނގިފަތަ ތިހުރީ” ކުރިމަތީ ހުރި ޒުވާނާ ލޮލުގައި އޮތް އަވި އައިނު ނަަމުން ބުނެލިއެވެ.

“ނޫން.. ކައިޒަން ދޯ” ހަނާ ނުތަނަވަސް ވެފައިވާ އަޑަކުން ބުނެލިއެވެ.  އެވަުތު ދުރުން ސައިކަލުގައި އައި ކާއިން ގޮވާލުމުން ކައިޒަންއަށް ޖެހުނި ދާށެވެ.  އެވަގުތު ހަނާއަށް ފުން ނޭވައެއް ދޫ ކޮއްލެވުނެވެ.

ގެއަށް އައިންސުރެ ހަނާ ހީވަނީ ތެޔޮ އެޗަކަށް މެއްސެއް ވެއްޓިގެން އުޅޭހެންނެވެ. ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިއިރު ކައިރީގައި އިން ޔައިޝާ އިނީ ހަނާ އުޅޭ ގޮތުން ހީލަހީލައެވެ. ނަމަވެސް ހިނިގަނޑު ދިރުވާލައިގެން އިނީ ހަނާ ރުޅިއައިސް ދާނެތީއެވެ.

“ހުވާ މިބުނީ.. ދެން މަ ނުނިކުންނާނަން ބޭރަކަށް.. އޭނައަށްވެސް  މިރަށަށް އަންނަން ޖެހެތަ؟؟”

“އަޅެ… އޭނަގެެވެސް ރަށް ވިއްޔަ.. ދެން އަންނާނެއްނު” ޔައިޝާ ބުނެލިއެވެ.    އެވަގުތަކީ ހިލްޔާންއާ ޒިވްޔަން ގެއަށް ވަތް ވަގުތެވެ. “ކިހިނެތްވީ ދޮންތި ދެފަޔަށް ހިނިއަރައިންތަ ތިއުޅެނީ” ހިލްޔާން ޔައިޝާއާ ޖެހިގެން އިން ސޯފާގައި އިށީންނަމުން އަހާލިއެވެ. ޔައިޝާއިނީ ސޯފާގެ މެދުގައި ކަމުން ޒިވްޔަންއަށް އިށީންނަން ޖެހުނި ޔައިޝާއާ ޖެހިގެން އިން ސޯފާގައެވެ. ހަނާ ވީގޮތް އެމީހުންނަށް ކިޔައިދިނެވެ. “ހުމމމ…ދެން މިރޭ ކައިޒަންބެ ކާން ގެންނަންވީ ދޯ” ހިލްޔާން އަހާލިއެވެ. އެވަގުތު ހަަނާ ރުޅިގަދަވެގެން ހިލްޔާންގެ ބުރަކަށީގައި ބާރުބާރަށް ޖަހާލިއެވެ.

“މމމ.. ދަނީ އިނގޭ.. އިރުއޮއްސެނީ” އެހެން ކިޔާ ޔައިޝާ ދާން ހިނގައިގަން ވަގުތު ޒިވްޔަން ޔައިޝާގެ އަތްމަތީ ގައި ޒިވްޔަންގެ އަތް ބޭއްވިއެވެ. މި މަންޒަރު ފެނުނު ހިލްޔާން އެހެން ފަހަރުތަކާ ޙިލާފައް މިފަހަރު ނޭނގޭ ކަމަށް ހަދާ ވާހަކަ ދައްކަން އިނެވެ.

ޒިވްޔންއަކާ ހެދި ޔައިޝާއަށް ގެއަށް ދެވުނީ ބަންގިވެސް ގޮވިފަހުންނެވެ. ނަމަވެސް ގެއަށް ދިޔައިރުވެސް ޔައިޝާއަށް ނޭނގުނު ކަމަކީ ޔައިޝާއަށް އާދެވުނީ ހަނާމެން ގޭގައި ފޯނު ބާއްވާފައިކަމެވެ.

ނަމާދުންއައިސް ގެއަށްވަން ޒިވްޔަން ހުރީ ވަރުބަލި ވެފައެވެ. އެވަގުުުތު ހަނާވީ ނަމާދަށް ގޮހެވެ. ހިލްޔންވެސް އަދި އެއިރު މިސްކިތުންނެއް ނާދެއެވެ. އެހެންކަމުން ސިޓިންގ ރޫމުގައި ހަމައެކަނި ހުރީ ޒިވްޔަންއެވެ.

އެއްލި ކަޅިއަކުން ޒިވްޔަންއަށް ފެނުނީ ސޯފާމަތީގައި ރަނކުލައއިގެ ކަވަރެއް ލައްވާފައި އޮތް ޔައިޝާގެ ފޯނެވެ.  އެވަގުތު ޒިވްޔަންެގެ ތުންފަތް މަތީގައި ދުވެލީ ލާނެތް ހިނިތުންވުމެކެވެ. އަވަސްއަވަހަށް ފޯނު ނަގަން އުޅުމުގެ ތެރޭގައި ޒިވްޔަންއަތުން އެފޯނު ވެއްޓުނެވެ. ބިރުންހުރެ ވެއްޓިފައިވާ ފޯޯނުނެގިއިރު ނަސީބަކުން ހެޔޮހާލުގައި ފޯނު އޮތެވެ. ނަމަވެސް ފޯޯނުގެ ކަވަރު އޮތީ މާދުރުގައެވެ. ޒިވްޔަންގެ ލޮލުގައި އަޅައިގަތީ ފޯނުގެ ކަވަރަށް ވުރެެ ކުރިން ފޯކުކައިރީގައި އޮތް އެހެން އެއްޗެކެވެ. އެއީ ފަތެކެވެ. އެފަތް ކޮޅު ފެނި ޒިވޔަން އެއްޗެއމަތިން ހަނދާންވާ ކަހަލަ އިހުސާސެއް ކުރެވުނެވެ. ނަމަވެސް ވިސްނާވިސްނާވެސް ޒިވްޔަންއަށް އެފަތް ކޮޅުފެނުނީ ކޮންތާކުންކަމެއް ހަނދާނެއް ނުވިއެވެ.

ޒިވްޔަން ވަރަށް ރަނގަޅަށް ފަތް ކޮޅަށް ބަލައިލިއެވެ. އެއީ ފުދޭ ވަރަކަށް ގިނަ ދުވަސް ވެފައިވާ އެއްޗެކެވެ. ނަމަވެސް އަދިވެސް އޭގައިވާ ފެހިކުލައެއް ނުގެއްލެއެވެ. އެއީ ކޮން ފަތް ކޮޅެއްތޯ ބަލަން ޒިވްޔަން ބޭނުންވިއެވެ.  ނަމަވެސް އެެންމެ ފަހުން ހަނދާން ނުވުމުން ކަވަރ ނަގަން ގުދުވަތް ވަގުތު އެފަތް ޒިވްޔަންގެ ޖިންސުގައި ތަތް ވިއެވެ. އެވަގުތު ޒިވްޔަން އަށް ފަތްކޮޅު ފެނުނު ދުވަސް ހަނދާން ވިއެވެ.

އެއީ އެދުވަހު ހަނާ ޓީވީ ބަލަން އިންދާ ޒިވްޔަން ހަނާއަށް އުނދަގޫ ކުރުމުން ހަނާ ރުޅިއައިސްގެން މޭޒުމަތީގައި އިން ވާރސްގައި ހުރި ފަތްތައް ޒިވްޔަންގަޔަށް އުކާލީއެވެ. އޭރު ޒިވްޔަންއަކަށް އެއީ ހެދުމުގައި ތަތްލާ ފަތްތަކެއް ކަމެއް ނޭނގެއެވެ. އެ ދުވަހު ޒިވްޔަންއަށް އެ ފަތް ފެނުނީ ސްކޫލަށްގޮސް ސިޑިމަތިން އަރަނިކޮށެވެެ. ފަތް ނައްޓާލިތަނާހެން ޒިވްޔަންގެ ގައިގައި ލައިގަތީ ޔައިޝާއެވެ. އެއީ އެންމެ ފުރަތަމަ އޭނައަށް ޔައިޝާ ފެނުން ދުވަހެވެ. ޒިވްޔަންއަށް ހިނިތުންވެލެވުނެވެ. ޔައިޝާ އެހާ ކުޑަކުޑަ ފަތެއް ފޮރުވައިގެން ގެންގުޅޭނީ ގައިމުކަމެއް ވީމަތާއެވެ.

“ޒިވްޔަން… ކިހިނެތް ވެފައި” ޒިވްޔަން ހުއްޓުން އަރާފައި ހުރިތަން ފެނުމުން ގެއަށްވަން ހިލްޔާން ސުވާލުކޮއްލިއެވެ. އެވަގުތު ހިލްޔާންއަށް ވެސް ޔައިޝާގެ ފޯނު ފެނުނެވެ. “ދީބަ ޔައީގެ މަންމަގެ ނަންބަރު…” ޒިވްޔަން ހޭން ފަށަމުން ބުނެލިއެވެ.

“ކީއްކުރަން އޭނަ މަންމައަށް…ހުމމ.. ހެވޭ ކޮންމެކަމެއް ކުރަން ވިޔަސް.. އެކަމު ހިލްޔާންއަކަށް ނޭނގެ ނަމްބަރެއް..ދޮންތިއަށް އިނގޭނެ” އެެހެން ކިޔާ ދެމީހުން ދިޔައީ ހަނާ ކޮޓަރިއަށެވެ. އޭރު ހަނާ ފޯނަށް ދެލޯ ދީގެން އޮތެވެ.

“ކޯއްޗެއް ތިބަލަނީ” ޒިވްޔަން ހަނާއަށް ބުނެލިއެވެ.

“މިހެން އުޅެފަ ޖެހިދާނެ ކުއްލިއަކަށް ކޯހަށް ފުރަން” ހަނާ ޒިވްޔަންމެންނާ ކުރިމަތި ލަމުން ބުނެލިއެވެ.

“ހުމމ… ކީއްވީ ކުއްލިއަކަސް މިތަނަށް ތިއައީ”

“މީ…. ޒިވްޔަންއަށް ދީބަލާށޯ ޔައިދައްތަގެ ބައްޕަ ނަމްބަރު..” ހިލްޔާން ވަން ގޮތަށް ވަދެ ބުނެލިއެތިން ޒިވްޔަން ހިލްޔާންއާ ދިމާ ބަލައިލި ސުވާލުގެ ނަޒަރަކުންނެވެ. ވާނީވެސް އެހެންތާއެވެ. ހިލްޔާން ހަނާކައިރީ އެބުނީ ޒިވްޔަން ބުނި ގޮތާ ދިމާ އިދިކޮޅަށް ވިއްޔާއެވެ.

“އެއީ ކީއްކުރާށޯ” ހަނާ ބުނެލިއެވެ. “ވަލީ ހޯދާކަށްނު” މިފަހަރުވެސް ވާހަަކަދެއްކީ ހިލްޔާންއެވެ. ހަނާ ހިނިގަނޑެއް ޖަހާލިއެވެ. އެވަގުތު ޒިވްޔަން އވަސްއަވަހަށް ވީގޮތް ކިޔައިދިނެވެ. ނަމަވެސް ފަތް ވާހަކަ ނުލައެވެ. ހިލްޔާންއާ ދެމީހުން ކޮޓަރިން ނުކުންނަން ދިޔަވަގުތު ހަނާ ޒިވްޔަންއަށް ގޮވާލިއެވެ.

“އަސްލުވެސް ތިދެމީހުން ރައްޓެހިވީތަ؟؟” ހަނާ ބުނެލިއެވެ.

“ތީ ބެސްޓްފްރެންްޑްސްތަ..؟؟” ޒިވްޔަންވެް ހިނިގަނޑެއް ޖަހާލުމަށްފަހު ކޮއްލީި ސުވާލެކެވެ.

“ދެން… ބުނެބަަލަ”މ ހަނާ އަނެއްކާވެސް އެދުނެވެ.

“ނޯ އަސްްލު.. ޒިވްޔަން ބޭނުމީ ޔައިޝާ އަނގައިން ބުނުވަން..”

“އޯނޯ… މިއާދެވުނީ ފޯނުވެސް އެގޭގަ ބާއްވާފަ.. ހަނދާނެއްވެސް ނެތް” ޔައިޝާ ބޮލުގައި ޖަހާލަމުން ބުނެލިއެވެ.

“ހަނދާންނެތިގެންތަ ނޫނީ ގަސްތުގަ އެގެއަށް ދާ ހިތުން ފޯނު ބާއްވާފަތަ ތިއައީ” ޔުސްރާ ހޭން ފަށަމުން ބުނެލިއެވެ.

“އަޅެ މަންމާ.. އަސްލުވެސް ހަނދާންނެތިގެންނޭ” ޔައިޝާ ދެފަރާތަށް ބޯ ހޫރާަލަމުން ޔުސްރާއަށާއި ކާން އިން އަކުރަމުއަަށް ބަލައިލަމުން ބުނެލިއެވެ. އެވަގުތު އަކުރަމުވެސް ޖަހާލީ ވަރުގަދަ ހިނިގަނޑެކެވެ.

ކައި ނިމިގެން ޔައިޝާ އަވަސް އަރުވާލަައިގެން ހަނާމެން ގެއަށް ދާން ހިނގައިގަތެެވެ. ނަމަވެސް މަގުމަތިން ލާރާ ފެނުމުން ދެމީހުން ވާހަަކައިގައި ޖެހުނެވެ. “އާނިޝް މިހާރު ކިހިނެތް؟؟ އޮޕްރޭޝަން ކިހިނެތް؟؟” ޔައިޝާ އަހާލިއެވެ.

“އިންޝާ ﷲ..އޮޕަރޭޝަން ކާމިޔާބު..މިހާރު ވަރަށް ބޮޑުތަން ރަނގަޅު..އެކަމު އަދި އަމިއްލައިން ނުހިނގޭ.. އަމިއްލެއިން ހިނގޭވަރު ވީމަޔޯ ރަށަށް އަންނަން ބޭނުމީ.. އިނގޭތަ މިއަދު ލާރާޔާ ވާހަކަވެސް ދެއްކި.. އެންމެ ފުރަތަމަވެސް ބުނީ ކޮބާހޯ ހަނާއްތަ؟ ދެން ލާރާ ހަނާއްތަ ވާހަކަ ބުނީމަ ބުނީ ނުބުނައްޗޯ ދޮންބެ ރަނގަޅު ވާހަކަ” ލާރާ އުފަލުން ހުރިކަން އެއަޑުންވެސް ހާމަވެއެވެ. އެވަގުތުތ ޔައިޝާއަށސްވެސް އާނިޝް ރަނގަޅުވި ކަމަށް ޓަކައި ﷲ އަށް ހިތާހިތުން ޝުކުރު ކޮއްލެވުނެވެ.

“ހަނާ…” ެއަށް ވަން ގޮތަށް ޔައިޝާ ބާރުބާރަށް ހަނާއަށް ގޮވާލީ ހަނާގެ މަންމަ ގޭގައި ނޫޅޭ ކަން ޔަގީންވާތީއެވެ. ނަމަވެސް އެވަގުތު ސިޑިން ފޭބި ޒިވްޔަން ފެނިފައި ޔައިޝާ އަނގަ ހުއްޓުނެވެ.

“ތިޔައީ ހަނާ ހޯދަންތަ؟؟” ޔައިޝާގެ ކުރިމަތީގައި ޒިވްޔަން ހުއްޓެމުން އަހާލިއެވެ. އޭރު ޒިވްޔަންގެ ދެލޯ އަމާޒުވެފައި ވަނީ ޔައިޥާގެ ދޮންދޮން މޫނަށެވެ. އެހެން ކަމުން ޔައިޝާ ހުރީ ޒިވްޔަންގެ މޫނަށް ނުބަލަން އިސްދަށަށް ޖަހައިގެންނެވެ. “ހުމްމް” މަޑު މަޑުން ޔައިޝާ ހުމމ އަޅުވާލިއެވެ.

“އޯހް.. ހަނާ ހޯދަންދޯ.. ހީކުރީ ފޯނު ހޯދަން ކަމަށް.. އެހެންވެ ދޭން އަދި މިއުޅެނީ” ޒިވްޔަން ޔައިޝާެ ފޯނު ޖީބުން ނަގާ ދައްކާލިއިރު ހީވީ އަމިއްލަ ފޯނު ދައްކާލިހެންނެވެ. އަދި މަޑުމަޑުން ހިނގަމުން ގޮސް ޒިވްޔަންގެ ފޯނު ސޯފާ މަތީ ބޭއްވުމަށް ފަހު ޒިވްޔަން މައްޗަށް ދިޔައެވެ. ޔައިޝާ ހުރީ ހުއްޓުން އަރާފައެވެ. ޒިވްޔަން އަދި ފޯނު ދޭކަށް ވެސް އުޅުނީއެއް ނޫން ވިއްޔާއެވެ. އަނެއްކާ އެފޯނު ހޯދަން އޭނާ ޒިވްޔަން ްގެ ފަހަތުން ދާންވީ ހެއްޔެވެ؟ އެހެން ހުއޓާ ކުއްލިއަކަށް ޔައިޝާ ސިއްސައިގެން ދިޔައީ ސޯޯފާ މަތީގައި އޮތް ޒިވްޔަނގެ ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. ޔައިޝާ ގޮސް ފޯނު ނެގިއެވެ. ޔައިޝާ އެންމެ ހައިރާންވީ ފޯނުގައި ކޯޑެއްވެސް ނެތުމުންނެވެ. “މިހުރީ ބެލްކަނީގައި….. ފޯނު ބޭނުމިއްޔާ އާދޭ..” ޔައިޝާ މެސެޖު ކިޔާލިއެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް ބެލްކަންޏާ ދިޔައެވެ.
“ކިހިނެތް ކޯޑު އިނގުނީ” ޔައިޝާގެ ފުރަތަމަ ސުވާލަކަށް ވީ އެއެވެ. “ކީއްވީ ރުޅި އައީތަ؟؟” ޒިވްޔަން ހީލަމުން އަހާލިއެވެ. އެވަގުތު ޔައިޝާ ދެފަރާތަށް ބޯ ހޫރާލަމުން ނޫނެކޭ ބުންޏެވެ.

“އެކަމު މީހުންގެ ހުއްދަވެސް ނުހޯދާ ކީއްކުރަން މީހުންގެ ފޯނަ ކުޅެނީ..” ޔައިޝާ މޫނުމަތިން ނުރުހުން ވުން ދައްކަމުން ބުނެލިއެވެ. އަސްލުވެސް ޔައިޝާ ހުރީ ނުހަނު ޖެހިލުން ވެފައެވެ. އޭގަ ޒިވްޔަންގެ އެތަށް ތަސްވީރުތަކެއް ރައްކާ ކޮއްފައިވާނެއެވެ. އެ ޒިވްޔަންއަށް ފެނިއްޖެއްޔާ ވާނީ ކިހިނެތަ ބާއެވެ؟

“ޔައީ ވަކި މީހުންގެ ހުއްދަ ހޯދާފަތަ މީހުންގެ ފޯނަށް އަންނަ މެސެޖްތައް ބަލަނީ” ޒިވްޔަންވެސް ގަދަވެލަމުން ބުނެލިއެވެ. ހީވަނީ ޔައިޝާ ކުރާ ކޮންމެ ސުވާލަކަށް ދޭނެ ޖަވާބުވެސް ދަސްކޮށްގެން އައިސް ހުރި މީހެއް ހެންނެެވެ.

“އޯކޭ.. މިހާރު ދެމީހުނ ހަމަހަމަ ވީނު.. ދެން ޖެހޭނެއެއްނު މާފަށް އެދެން… ކާކު ފުރަތަމަ މާފަށް އެދޭނީ..” ޔައިޝާ ބަހެއް ނުބުނެ ހުރުމުން އަނެއްކާވެސް ޒިވްޔަން ބުނެލިއެވެ.

“ޔައީ ނުޖެހޭނެ މަާފަށް އެދޭކަށް..”ޔައިޝާ ގަދަ ދައްކާލިއެވެ.

“މާފަށް އެދި…. ނޫނީ ދެން ފެންނާނީ މި ފޯނު ޗިސްޗިސް ވެފަ އޮއްވަ..” ބެލްކަނިން ބޭރަށް ފޯނު ދިއްކޮއްލަމުން ޒިވްޔަން އަމުރުވެރި ރާގަކަށް ބުނެލިއެވެ.

އެވަގުތު ޔައިާގެ ގާތަށް އައީ ރުޅިއެވެ. ޒިވްޔަންއަށް ކިހިނެތް ވެގެން އުޅޭ ރެއެއް ހެއްޔެވެ؟ މީ ދުވަހަކުވެސް ޒިވޔަން އުޅުން ގޮތެއް ނޫން  ވިއްޔާއެވެ.  އަދިވެސް މާފައް އެދެންވީ އޭނަ ހެއްޔެވެ؟ އެހެން މީހުންގެ ފޯނު ބަލާފައި، އޭނަގެ ކިބައިން މާފަށސް އެދެން ޖެހޭނީ ވެސް ޒިވްޔަން އެއް ނޫން ހެއްޔެވެ؟

“ޔައިޝާ….” ޔައިޝާ އަނެއްކާވެސް ސިހުނީ ޒިވްޔަން މާ ހަރުކަށި ކޮށް ގޮވާލި އަޑަށެވެ. “ސޮ…ސޮރީ” ޔައިޝާ ރުޅި ގަނޑު ހިންދާލަމުން ބުނެިއެވެ. އެވަގުތު ޒިވޔަންވެސް ފިނި ހީލުމެއް ހަދިޔާ ކޮއްލަމުން ޔައިޝާާގެ އަތަށް ފޯނުދިނެވެ.

“ދޮންތީ… ވަރަށް ވަރަށް އަވަހަށް އާދެބަ… ވަރަށް ބޮޑު ކަމެއް ވެގެންނޭ” ހިލްޔާން ދޮރު ހުޅުވާލިގޮތަށް ބުނެލިއެވެ. އޭރު ހަނާ  ނަމާދުކޮށް ނިމުނީ އެވެ. “ކިހި..” ހަނާ އަށް އެއްޗެއް ނުބުނެވެނީސް ހިލްޔާން އެތަނުނ ދިޔައެވެ. ހަނާ ކުޑަކޮށް ހާސވާޮތް ވިއެވެ. އާނިޝްގެ ހިޔާލު ހިތަށް ވެރިވުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

sunflower girlll

Level 210 Stories100 Login

Other Articles

Previous

ވާތީ މަ ކައިރީގައި

Next

ތީ އޭ ހަނދަކީ 3

Next
April 27, 2022

ތީ އޭ ހަނދަކީ 3

Previews
April 27, 2022

ވާތީ މަ ކައިރީގައި

3 Comments!

  1. eevss says:
    April 27, 2022 at 9:15 pm

    vrh reethi mi part vs..when next?

    1. sunflower girlll says:
      April 28, 2022 at 9:53 pm

      thank u eevss….insha allah vrh avahah

  2. Ey Brw says:
    April 29, 2022 at 10:54 am

    Vrh salhi mi part vx maasha allah???

Comments are closed.

Next Episodeއަބަދަށް އެކުގައި 20←


All Right Reserved!