Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު (ދެވަނަ ބައި)

saarah Level 210 Stories100 Comments
September 14, 2015 4 Mins Read
17 Comments

 

މަލީހާއާއި ފާއިޒު ދެމީހުން ސިހިފައި މާއިޝާގެ މޫނަށް ބަލާލީ ހާސްކަމާ އެކުގައެވެ. އެމީހުން އެދުވަސް މަތިން ހަދާން ނެތުނީ ކިހިނެއްހެއްޔެވެ. މާޔާ ނުނިދިގެން އުޅުނު ސަބަބަކީ އެއީއެވެ.

ނިދާ ހޭލައިގެން ސައިބޯން އައި މާޔާ ކާކޮޓަރީގެ ދޮރާ ހަމައިން ހުއްޓުނީ މާއިޝާ ބުނެލި ޖުމުލައިންނެވެ. މާޔާއަށް ހީވެފައި އޮތީ ގޭގެ އެއްވެސް މީހަކު ހަނދާން ނުހުންނާނެ ކަމަށެވެ. އެންމެންނަށް އެގުނަސް ހެވެވެ. އޭނަ އެއްޗެއް އެގޭ ކަމަކަށް ނެހެދީމަ ނިމުނީނުން ހެއްޔެވެ. މިހާރުވެސް އޭނައާ ހެދި މަންމަމެންވެސް ކިހާ ހިތާމައެއް އުފުލައިފި ހެއްޔެވެ. ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ކޮންޓްރޯލް ކުރަން މާޔާ ތުންފަތުގައި ބާރަކަށް ދަތްއަޅާލައިފައި މޫނު މަތި ރީތި ކޮށްލާ ފުންނޭވައެއް ދޫކޮށްލާފައި ކާކޮޓަރި ތެރެއަށް ވަނެވެ. “ގްޑް މޯރނިންގ” މާޔާގެ އަޑަށް ސައިބޯން ތިބި އެންމެންގެ ނަޒަރު މާޔާއަށް ހުއްޓުނެވެ. އެ މޫނު މަތީގައިވި ހިނިތުންވުމުން އެންމެންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިނެވެ. “އަދި ކިރިޔާދޯ ކަމަނާފާނު ހޭލީ. މިހާރު އަހަރުން ސައިބޮއެ ނިމުނީ. ދެން އެކަނި އިނދެގެން ސައި ބޮއޭ. ” މާއިޝާ ދޫ ނެރެލާފައި މާޔާއާ ދިމާކޮށްލީ މާހައުލު ބަދަލުކޮށްލުމުގެ ނިޔަތުގައެވެ. “އަދި ބައްޕަ ބަނޑުނުފުރޭ. އާދޭ ދަރިފުޅު ބައްޕައާ އެކީ ސައިބޯން.” ފާއިޒު ކައިރީގައި ހުރި ގޮނޑި ދަމާލަމުން މާޔާއަށް ބަލާލިއެވެ.

ސައިބޮއެ ނިމިގެން އެންމެން އެކީ ގޮސް ބަގީޗާގައި ޖައްސާލައިގެން ތިބީ ވާހަކަ ދައްކާލުމަށެވެ. ފާއިޒު ވާހަކަ ދައްކަން އިދެފައި މިއަދު ހަވީރު ޕިކްނިކް ހަދާލަން ވިލިގިލިއަށްދާ ވާހަކަ ބުނުމުން މާއިޝާ އުފަލުންގޮސް ބައްޕަ ގައިގަ އޮޅުލައިގަތެވެ. މަލީހާއަށްވެސް އެ ހިޔާލު ވަރަށް ކަމުދިޔައެވެ. މާޔާ އެހާ ގަޔާނުވިޔަސް އާއިލާގެ އުފަލައްޓަކައި ގަޔާވާ ކަމަށް ހެދިގެން އިނީއެވެ. ބައަޕަ ކޮންމެހެން މިއަދު ޕިކްނިކްއަށްދާ ވާހަކަވެސް އެ ދެއްކީ މާޔާ ހިތްހަމަޖައްސައްކަން މާޔާއަށް ރަނގަޅަށް އެގެއެވެ.

މެންދުރު ގަޑީ އެންމެން އެކީ ކާލައިގެން ކޮންމެ މީހަކުވެސް ދިޔައީ އެމީހެއްގެ ކޮޓަރިއަށް ޕިކްނިކް ދާން ތައްޔާރުވުމަށެވެ. އަޅިކުލައިގެ އަތްދިގު ޓީޝާޓަކާ އެކީ ކަޅު ޓައިޓެއް ލައިގެން، އިސްތަށިގަނޑު މައްޗަށް ނަގާ ވޫލް ކޮޅަކުން އައްސާލައިގެން މާޔާ ނުކުތްއިރު އަދި އެހެން އެއްވެސް މީހަކު ބޭރަށް ނުނިކުމެއެވެ. އަނގައަށް ގޮތެއް ހަދާލަމުން މާޔާ ގޮސް ސިޓިންރޫމުގެ ގޮޑީގައި ޓީވީ ބަލަން ޖައްސާލިއެވެ. އިރުކޮޅަކުން އެންމެން ބޭރަށް ނުކުތުމުން، ފާއިޒު ކުރިން ގޮސް ކާރު ނެރުނުތަނާ އެންމެން އައިސް ކާރަށް އެރުމުން ފާއިޒު ނައްޓާލިއެވެ.

ވިލިގިއްޔަށް ގޮސް މޫދައް އެރި މަޖާ ކޮށްލާފައި ގެއަށް އާދެވުނު އިރު ރޭގަނޑު އަށެއް ޖަހާ ބޮޑުވެއްޖެއެވެ. ވިލިގިލީގައި ހޭދަވި ވަގުތުކޮޅުގައި ހިނދުކޮޅަކަށް ނަމަވެސް މާޔާ އޭނަގެ ހިތްދަތިކަން ހަދާންނެތުނު ފަދައެވެ. ގެއަށް އައިސް އެންމެން ފެންވަރާލައިގެން ބޭނުންވީ ނިދަންށެވެ. ވަރުބަލިވެފައި ހުރުމުން މާޔާއަށްވެސް ޖައްސާލިތަނާ ނިދިއްޖެއެވެ.

ފަތިސް ނަމާދަށް ހޭލިގޮތަށް، ނިދަން އުޅެ އުޅެ ނިދިނައުމުން އެންމެ ފަހުން މާޔާ ތިރިއަށް ގޮސް ނުކުމެލީ ބަގީޗާއަށެވެ. ބޭރަށް ނުކުތްތަނާ ހަށިގަނޑުގައި އައިސް ބީހިލި ފިނި ވައިރޯޅިއަކުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. މާޔާ އަނެއްކާ މައްޗަށް އަރާ އަލަމާރިން ސްކާރފް އެއް ނަގައިގެން ހަށިގަނޑުގައި އޮޅާލައިގެން ގޮސް ބޭރަށް ނުކުމެލިއެވެ. މެއާ ހިސާބުން ދެއަތް ހުރަސްކޮށްލައިގެން މަޑުމަޑުން ހިނގާލައިފައި ގޮސް ބެންޗްގައި އިށީދެ އިދެ މައްޗަށް ނަޒަރު ހުއްޓާލިއެވެ. އެ ވަގުތު ކޮޅު ތެރޭގައިވެސް މާޔާގެ ސިކުޑީގައި އެތައް ހިޔާލު ތަކެއް އެނބުރިގަތެވެ.

“ދޮންތާ..!” މާއިޝާ ގޮވާލުމުން މާޔާ ކުޑަކޮށް ސިހިފައި ހަޅޭލައްވައިގަނެވުނެވެ. “އަހަރެން ހީކުރީ ޖިންނިއެއް ކަމަށޭ. މާއިޝާ ކީއްތިކުރަނީ ނުނިދާ؟ ތީ އެހެން ނޫނީ ނަމާދު ކޮށްނިމޭއިރަށް ނިދަން އަރާ މީހެއްނު.”  މާޔާ ކުޑަކޮށް ލޯއަޅާލަމުން މާއިޝާއާ ދިމާކޮށްލިއެވެ. “ދޮންތަވެސް ތިއުޅެނީއެއްނު ނުނިދާ. އެން ބައި ދަ ވޭ މިވަގުތު ޖިންނިއެއް ނޫޅޭނެ.” މާއިޝާ އައިސް ބެންޗްގެ އަނެއްކޮޅުގައި އިށީދެލިއެވެ. “އަހަރެން ހިތަށް އަރާ އަހަންނަށް މި ނޫން ދިރިއުޅުމެއް ލިބޭނެ ނަމައޭ. އަހަންނަށް ދުވަހަކުވެސް ދިރިއުޅުމާއިގެން ކުރިއަށް ދެވޭނެތަ؟ އެ ހުރިހާ ކަމެއް ހަނދާންނައްތާލެވޭނެތަ؟ ދެން އަލުން ހިތްފުރެންދެން ހީލެވޭނެތަ؟ މަޖާ ކުރެވިދާނެތަ؟ އަހަރެން ބިރުގަނޭ މިގޮތުގައި އަހަރެން ނިމިދާނެތީ. އަހަރެން ވެސް ބޭނުން އެހެން މީހުން އުޅޭ ފަދަ އުފާވެރި ދިރިއުޅުމެއް އުޅެން… ”

އިރުކޮޅެއްގެ ހިމޭން ކަމަށް ފަހު މާޔާ ދައްކަން ފެއްޓި ވާހަކަ ހުއްޓާލީ އަޑު ކުރެހިގެންނެވެ. މި ހަތް އަހަރުތެރޭ ފުރަތަމަ ފަހަރަށް ދޮންތަ ހިތުގެ އުދާސްތައް އޭނަގެ ކުރިމަތީގައި ބޭރު ކޮށްލުމުންވެސް މާއިޝާއަށް  އެއްޗެއް ނުބުނެވުނެވެ. ކިތަންމެ އެއްޗެއް ބުނަން ބޭނުންވިޔަސް ދޫ ހަރަކާތް ނުކުރީއެވެ. ދޮންތަގެ ހިތާމަ އުފާވެރިކަމަށް ބަދަލުކުރަން އޭނަވެސް ބޭނުމެވެ. ދޮންތަ އަލުން އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅޭތަން ބަލަން ކިތަންމެހާވެސް ބޭނުމެވެ. ހިތްވަރުކޮށްލާފައި މާއިޝާ އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ މާޔާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ގޭގެ ތެރެއަށް ވަދެއްޖެއެވެ. މާޔާ ދިޔަ ދިމާލަށް ބަލަން އިނދެފައި މާއިޝާ އިސްޖަހާލީ ދެރަވެ އިނދެއެވެ.

އޮފީހަށްދާން ރެޑިވެގެން މާޔާ ކޮޓަރިން ނުކުތް އިރު މަލީހާ ސައި ތައްޔާރު ކޮށްލައިގެން އިނީ އެންމެންގެ އިންތިޒާރުގައެވެ. މާޔާ ކުޑަ ބޯތައްޓަކަށް ކިރާއި ކޯން ފްލެކްސް އަޅާލައިގެން ކާން ފެއްޓިތަނާ ފާއިޒުއާއި މާއިޝާ ދެމީހުން އެއްކޮށްހެން އައިސް ކާ ކޮޓަރިއަށް ވަނެވެ. “މާޔާ މިއަދު އޮފީހަށް ދަމުން މާއިޝާ ކޮލެޖަށް ޑްރޮޕް ކޮށްލައްޗޭ. ބައްޕަ މިއަދު ތަންކޮޅެއް އަވަހަށް ދާން އެބަޖެހޭ އޮފީހަށް..” ފާއިޒު ޕާން ފޮތި ހަފާލަމުން ބުނެލިއެވެ. މާޔާ ބޯ ޖަހާލަމުން މާއިޝާއަށް ނަޒަރެއް ދިނެވެ. ފާއިޒު އަވަސް އަވަހަށް ސައި ބޮއެގެން ނައްޓާލީ އޮފީހަށް ދިޔުމަށެވެ. މާޔާވެސް ސައި ބޮއެ ނިންމާލާފައި ދަބަސް ބަލާ ކޮޓަރިއަށް ދަމުން މާއިޝާ ގާތު އަވަސް ކުރާށޭ ބުނެލިއެވެ. ދަބަސް ކޮނޑުގައި އަޅުވާލައިގެން މާޔާ ނުކުތްއިރު މާއިޝާ ގޮސް ހުރީ ބޮޑުދޮރު ކުރިމަތީގައެވެ. މަލީހާ ގާތު ދަނީއޭ ބުނެފަ މާޔާ ބޭރަށް ނުކުމެ ކާރު ނެރުތަނާ މާއިޝާ އައިސް ކާރަށް އަރާ ހަމަޖެހިލިއެވެ.

މާޔާއަކީ އާކިޓެކްޗަރަކެވެ. މެލޭޝިއާއިން ކިޔަވައިގެން އައިތާ އަދި ވާނީ ދެމަހެއްހާ ދުވަހެވެ. “ޑިޒައިން” އޮފީހުގެ ސީނިއަރ އާރކިޓެކްޗަރ ގެ މަގާމް އަދާ ކުރަން ފެށިތަނާ އަދި ވާނީ ތިން ހަފްތާއެވެ. އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މާޔާއާ އޮފީހުގެ އެހެން މުވައްޒަފުންނާ ދެމެދު ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ. މާޔާއާ ހިލާފަށް މާއިޝާ ބޭނުންވީ މާލޭގެ ހުރެގެން ކިޔަވާށެވެ. ސީ.އެޗް.އެސް.އީ އިން އޭލެވެލް ނިންމުމަށްފަހު މާއިޝާ ބޭނުންވީ ވަކީލުކަން ކިޔަވާށެވެ.

“ބަލައިގެން އުޅެއްޗޭ.. މިއޮތް ވައިގަދަ އިރު މާއިޝާ އުދުއްސައިގެން ގޮސްދާނެ..” ކާރު ކޮލެޖް ކުރިމައްޗަށް މަޑުކޮށްލަމުން، މާޔާ މާއިޝާ ރުޅިއަރުވާލަން ވެގެން ގަސްތުގައި މާއިޝާއާ ދިމާކޮށްލިއެވެ. ކަންތައްވީވެސް މާޔާ ހީކުރި ގޮތަށެވެ. “އެންމެ ފަލަ މީހާ އެ ވާހަކަ ދައްކަނީ.. ހަމަ ދޮންތަ އަހަރެންނަށް ވުރެ ދިގުކޮށް ހުންނާތީ އެންމެން އަހަންނާ ދިމާކުރަނީ.. ” މާއިޝާ ތުންކޮޅު އޫކޮށްލަމުން ގޭޓުން ވަދެގެން ހިނގައިގަތެވެ.

މާޔާ ހެވިލާފައި ކާރު ދުއްވާލީ އޮފީހަށް ދިއުމަށެވެ. އެހެންނަމަވެސް މާޔާގެ ތުންފަތްމަތީގައިވި އެ ހިނިތުންވުން ދެމިގެން ދިޔައީ އިރުކޮޅެއްވަންދެނެވެ. އެކަނި ވުމުން ހަތްއަހަރު ކުރީ އެ ހާދިސާ ލޯމަތިން ތަކުރާރުވެގެން ދިޔަފަދައެވެ. ވިސްނިވަރަކަށް ބޮލަށް ބަރުވެ ދެލޯ ފުރިގެން އައީ ތާޒާ ކަރުނައިންނެވެ. ފެންނަމުން ދިޔަ މަންޒަރު ފުސްވެ ކުރިމަތިން ދުއްވަމުން ދިޔަ ދުއްވާ އެއްޗިއްސައް ވެސް ނުބެލެއެވެ. އެއްއަތުން ކަރުނަ ފޮހެލާފައި ކުރިމަތި ބަލާލި ގަޑީގައި މަގުހުރަސް ކުރަން ދިޔަ ޒުވާނެއްގެ ގައިގަ ކާރުނުޖެހުނީ ހަމަކިރިޔާއެވެ. ހުޝިޔާރުކަމާއެކީ މާޔާއަށް ބުރަކި ޖައްސާނުލެވުނުނަމަ މިއަދު އޭނަ އަތުން ބޮޑު ގޯހެއްހެދުނީސްކަން ޔަގީނެވެ

ތެޅެމެނުންދިޔަ ހިތާ ދިމާލުން މޭ މަތީގައި އަތް އަޅާލަމުން މާޔާ ފުންނޭވައެއް ދޫކޮށްލީ ހަމަޖެހިލަންވެގެނެވެ. ކަރުނަތައް ފޮހެލަމުން މާޔާ އަވަސްވެގަތީ ޒުވާނާގެ ކިބައިން މާފަށް އެދުމަށް ދިޔުމަށެވެ. ވާރޭގެ ތިކިތަކުގެ ސަބަބުން ފުސްވެފައިވާ ކާރުގެ ބިއްލޫރިގަނޑުން ޒުވާނާގެ މޫނު ފާހަގަ ކުރާކަށް ނޭގެއެވެ. ކާރުގެ ދޮރު ހުޅުވާލައިފައި މާޔާ ބޭރަށް ނުކުތްއިރު ޒުވާނާ ބިންމައްޗަށް ވެއްޓިފައި އޮތް ފޯނު ނަގަމުން ރުޅިއައިސްގެން ކޮންމެވެސް އެއްޗެކޭ ކިޔާލައިފިއެވެ. “ލުކް.. އައި އޭމް ރިއަލީ ސޮރީ.. އަހަރެން……” މާޔާ ބުނަން އުޅުނު ޖުމުލަ ފުރިހަމަ ނުކުރެވުނީ ކުއްލިއަކަށް ޒުވާނާ އެބުރިލުމުންނެވެ. ގަބޫލުކުރަން ދަތިވެފައި މާޔާ ޒުވާނާއަށް ބަލަން ހުރި އިރު ދެފަހަރަކު މަތިން ލޯ މަރާލައިފައި ހުޅުވާލީ ފެންނަމުންދަނީ ހަގީގަތެއްތޯ ބެލުމަށެވެ. ކުރިމަތީގައި ހުރި ޒުވާނާވެސް މާޔާ ފެނިގެން ހުރި ގޮތަށް ބަލަން ހުރީ ގަބޫލުނުކުރެވިފައެވެ. އެ ހުރި ގޮތަށް ހުއްޓާ މާޔާގެ ދެލޯ އަނެއްކާވެސް ފުރިގެންއައީ ތާޒާ ކަރުނައިންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

saarah

Level 210 Stories100 Comments

Other Articles

Previous

ދިމްޔާ (15 ވަނަ ބައި)

Next

ހިޖުރަ (ފަންސަވީސްވަނަ ބައި)

Next
September 14, 2015

ހިޖުރަ (ފަންސަވީސްވަނަ ބައި)

Previews
September 14, 2015

ދިމްޔާ (15 ވަނަ ބައި)

17 Comments!

  1. Hhh says:
    September 14, 2015 at 6:47 pm

    Wow vvv reethi saarah varah molhu :):);)

    1. saarah says:
      September 14, 2015 at 7:09 pm

      thank you Hhh 🙂

  2. Architect says:
    September 14, 2015 at 7:04 pm

    Architectura eh noon.. architect eh.. just letting you know..

    1. saarah says:
      September 14, 2015 at 7:08 pm

      thanQ for letting me know. 🙂 i will keep that in mind next time 🙂

  3. Admin says:
    September 14, 2015 at 7:21 pm

    Saarah.. ive been trying to contact you.. please call me on 7997991.

  4. Anonymous says:
    September 14, 2015 at 8:01 pm

    Sukunuge kuh ebahuri.. ?

  5. sim says:
    September 14, 2015 at 8:13 pm

    Wow… v nice….waiting for the nxt part…..

  6. hana says:
    September 14, 2015 at 8:14 pm

    Vvvvv reethi mi part…eagerly waiting for the next part…

  7. nahu says:
    September 14, 2015 at 8:41 pm

    mi part ves v nice.. next part avahah up kohdheyshey

  8. unknonw says:
    September 14, 2015 at 9:09 pm

    v nice. hope the suspense would keep the on the story. waiting for next part… 😉

  9. mary says:
    September 14, 2015 at 9:23 pm

    V foohi karunae bunaaknme thankolhehga thaaxaa karu nae liyefa hunnaathy

    1. saarah says:
      September 14, 2015 at 9:53 pm

      dhn faharakun e thankolhu rangalhu kohdheynan 🙂

  10. aabhy says:
    September 14, 2015 at 10:36 pm

    Varah reethi

  11. Shau says:
    September 15, 2015 at 12:52 am

    Nice story saarah! Keep it up.. 🙂

  12. marsha says:
    September 15, 2015 at 1:09 pm

    very n7ce, two parts in ves vaahaka aa varah like vevijje.. hykuran mee inthixaaru dhigu kuran nujehey inthxaareh kamah,, keep up the good work. inthixaaring for ep 3.

  13. Nagma says:
    October 9, 2015 at 10:31 am

    Varah salhi vaahaka eh ?

  14. jeyys says:
    October 12, 2015 at 8:52 pm

    Sarah this story is really touching story i ever readed. Want some help from u for writing story can u help me… 9818065.

Comments are closed.

Next Episodeއިންތިޒާރު (ތިންވަނަ ބައި)←


All Right Reserved!