*ނަމަވެސް އާނިޝްއަށް ނޭނގުނީ އެދައްކާ ވާހަކަ އަޑު ނީވުނަސް ހަނާ އެތާ ހުރިކަމެވެ. ހަނާއަށް ހުރެވުނީ ބަސްހުއްޓިފައެވެ. އާނިޝް ލާންޗައް އެރިތަން ބަލަން ހުރި ހަނާގެ މޫނުމަތިން ހިތާމައިގެ އަސަރު ނޫނީ ނުފެނެއެވެ. އެވަގުތު އާނިޝްއާ ދިމާ ބަލަހައްޓައިގެން ހުރި ހަނާގެ މޫނަށް ބަލައިލި ކޮންމެ މީހަކުގެ ހިތްވެސް އެ މައުސޫމް ކުއްޖާއައްޓަކައި ހަމްދަރުދީވާނެއެވެ. ރަށުގެ ބޮޑު ފަޅުންނުކުމެގެން ދިޔަ ލާންޗު ލޮލު ކޮޅައް ގެއްލެންދެން ހަނާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.*
“ހަނާ ހިނގާދެން ގެއަށް ދާން..” ޔައިޝާ ހަނާގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ. ހަނާ ޔައިޝާއާ ދިމާބަލާލަމުން އަނެއްކާވެސް ރޯން ފެށުނެވެ. މިމަންޒަރު ބަލަން ޒިވްޔަންވެސް ހުރީ ނުހަނު ދެރަވެފައެވެ. އެފަދަ ވަގުތެއްގައި އޭނާ ނަމަވެސް ވާނީ އެހެންނެވެ. ހަނާ ދެރަވާނެވަރު އޭނައަށް އަންދާޒާ ކޮއްލެވުމުން ޒިވްޔަންއަށް އިސްޖަހާލެވުނެވެ.
ހިލްޔާންގެ އަނގައިގައިވެސް އެވަގުތު ވަނީ ތަޅެއްލެވިފައެވެ. އޭނާގެ އެއްބަނޑުއެއްބަފާ ދައްތައާ ދިމާ ބަލަން ހުރީ ހިތްދަތިވެފައެވެ. ހަނާ އެވަރަށް ދެރަ ވެފައި ހުއްޓާ ހިލްޔާންއަށް މިފެނުނީ އަލަށެެވެ. އޭނާ ހަނާއާ ދިމާ ބަލާލުމައްފަހު އިސްޖަހާލީ އޭނާއަށް ވެސް ރޮވިދާނެތިއެވެ. ހިތްވަރު ކޮއްލާފައި ހަނާ ކުރިއަށް ފިޔަވަޅެއް އެޅީ ގެއާ ދިމާލައް ދާށެވެ. ޔައިޝާ ހަނާއާ އެއްވަރަށް ހިނގަމުން ދިޔައިރު ޒިވްޔަންއާ ހިލްޔާން ދިޔައީ އެމީހުންގެ ފަހަތުންނެވެ. ހަތަރު މީހުންވެސް ހިނގަމުން ދިޔައީ ނުހަނު މަޑުންނެވެ.
ކުއްލިއަކަށް ހަތަރު މީހުން އެއްފަހަރާ ހުއްޓުނީ ފަހަތުން މީހަކު ވަރަށް ބާރަށް ހޭންފެށި އަޑު އިވިގެންނެވެ. އަޑު އައި ދިމާ ބަލައިލިއިރު އެތާ ސައިކަލެއް މަތީގައި އުލްޔާންއާ އިތުރު ފިރިހެނަކު ހުއްޓެވެ. “ހަަނާ..ނިކަން ދެރަވެފަ ދޯ ތިހުރީ.. މަ ބުނާނީ ހަމަ އޭނައަށް ވާންވީ ގޮތަށް އެވީ..” އުލްޔާން ހެމުންހެމުން މަލާމާތުގެ ރާގގަކަށް ބުންޏެވެ. އެވަގުތު ޒިވްޔަންއަށްވެސް ދެބުމަ ގޮށްޖަހާލެވުނީި އެމީހުންގެ ހިތުގައި ރަހުމެއް ހަމްދަރުދީއެއް ނެތީއޭ ހިތަށް އަރާފައެވެ.
“ދެން ހަނާ ޖެހޭނީި ތިހެންް ރޮއެރޮއެ ހުންނަން.. މަށަކަށް ހިއެއް ނުވޭ ތި އާނިޝްއަކަށް ދެން ހިނގޭނެ ހެންނެއް… ދެން ހަނާ ޖެހޭނީ އާނިޝް ގޮނޑިއަކަށް-” އެތާހުރި އަނެއް މީހާ ބުނެލިއެވެ. ހީވާ ގޮތުގއި އެއީވެސް ކުރީގެ އާނޝްގެ ރައްޓެއްސެކެވެ. އެމީހާ އެހެން ބުނެނުނިމެނީސް ހިލްޔާން އޭނައާ ދިމާއަށް ހިނގައިގައިގަތީ ނުހަނު ބާރަށެވެ.
“ކއެއަށް ހީވޭތަ އޭނަ އަދި އަންނާނެހެން.. ” އުލްޔާން އަނެއްކާވެސް ބުނެލިއެވެ. ނަމަވެސް މިފަހަރުހަނާއަކަށް ނޫނެވެ. ހިލްޔާންގެ ރުޅިގަނޑު އިތުރަށް ހޫނު ކުރާށެވެ.
އޭނާ އެހުރީ އިންތިހާއަށް ރުޅިގަދަވެފައި ކަން ބަލައިލިކޮންމެ މީހަކަށްވެސް އިނގޭނެއެވެ. އެވަގުތު ޔައިޝާ އަވަސްއަވަހަށް ލޮލުގެ އިޝާރާތުން ޒިވްޔަންކައިރީ އޭނަ ހިފެހެއްޓުމަށް ބުންޏެވެ. ޒިވްޔަން ހިލްޔާން ހިފަހައްޓަން އަތް ހުރާލި ނަމަވެސް އެކަންވީ ފޫނެއް ފަޔަކަށް ފެންފުރުން ފަދަ ކަމަކަށެވެ.
ހިލްޔާން ދިޔަގޮތަށް ގޮސް ހިފީ އުލްޔަންގެ ކަރުގައެވެ. އޭނާ ހުރީ ހަމައިން ނައްޓާވަރުވެފައެވެ. ޒިވްޔަން އަވަސްއަވަހަށް ހިލްޔާން މަތަ ކުރެވޭތޯ އުޅުނެވެ. ނަމަވެސް ހިލްޔަން ހުރީ އެއަށް ވުރެ ރުޅިގަދަ ވެފައެވެ. “ލާރާ:” އެމަގުގެ ތަންކޮޅެއް ދުރުގައި ހުރި ލާރާގެ ގެއަށް ވަންނަން ދިޔަ ލާރާ ފެނުމުން ޔައިޝާ ގޮވާލިއެވެ. އެހެނީ ހިލްޔާންގެ އެރުޅިގަނޑު ދެން ފިނި ކުރެވޭނީ ލާރާއަށް ކަން އޭނައަށް ވިސްނުނީއެވެ.
ލާރާ ދުވެފައި އައިސް އެހިސާބައް އަރާ ހަމަވުމާއެކު އޭނާގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ. ހިލްޔާން ހުރިގޮތް ފެނިފައި އޭނާއަށް އެކަން ގަބޫލު ކުރަންވެސް ދަތިވިއެވެ. ހިލްޔާންގެ މަޖާކަމާއި އެއްވަރަށް އެހާ ރުޅިވެސް ގަަދައީ ހެއްޔެވެ. ބަލާކަށް ނުހުރެ ލާރާގޮސް ހިލްޔާން ދުރު ކުރިއެވެ. އަދި ހިލްޔާން ގޮވައިގެން ދުރަށް ދިޔައެވެ. އޭރުވެސް އުލްޔާންމެން ހަނާޔާ ދިމާޔަށް އެއްޗެހި ގޮވައެވެ. ނަމަވެސް އަޅާނުލާ އެމީހުން ގެއާ ދިމައަށް ހިނގައިގަތެވެ.
ގެއަށްވަން ގޮތައް ހަނާޔާ އެއްވެސް މީހަކު ވާހަކަދައްކާނެ ފުރުސަތެއްނުދީ ހަނާ ވަނީ ކޮޓަރިއަށެވެ. އެހެނީ މިވަގުތު އޭނަ އެހުރީ ވަރަށް ބޮޑަށް އެކަނިވެލަން ބޭނުން ވެފައެވެ. އެހިތުގައިވާ ހިތްދަތިކަން ކަރުނައިގެ ސިފައިގައި އެހިތުން ބޭރުކޮއްލަން ބޭނުން ވެފައެވެ.
ކޮޓަރިއަށްވަން ގޮތަށް އެނދުމައްޗަށް ވެއްޓިގަތް ހަނާ އަދިވެސް އޮތީ އޮތް ޮތަށެވެ. ޔައިޝާ ދޮރުދަށުގައި ހުރެގެން އެތަށް އާދޭހެއް ކުރާ އިރުވެސް ހަނާ ދޮރު ނުހުޅުވަން އޮތީ އެއަޑު ނީވޭތީއެއް ނޫނެވެ. މި ވަގުތު ހަނާއަށް އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުވަތަ ހިތްވަރުގެ ބަސްތަކެއް އަހާކަށް ބޭނުމެއްނޫނެވެ.
ޔައިޝާވެސް ދޮރުގައި ތަޅާތަޅާ ދޮރު ނުހުޅުވުމުން އެންމެފަހުން ގެއަށް ދާން ހިނގައިގަން ވަގުތު ޒިވްޔަން ޔައިޝާގެ އަތުގައި ހިފިއެވެ. ޒިވްޔަންގެ ކުއްލި ހަރަކާތުުން ޔައިޝާ ސިހުނެވެ. ވަގުތުން އިސްޖަހާލިއިރު އެނާގެ ދެކޯތާފަތްވަނީ ރަތް ލޭކޮޅެއްހާ ރަތްވެފައެވެ. އެހެންކަމުން ޒިވްޔަން ބެލީ ޔައިޝާ އިތުރަށް ލަދު ގަންނަވާލެވޭތޯއެވެ. އެހެންކަމުން އޭނާ ޔައިޝާގެ ކުރިމައްޗަށް އަރާ ޔައިޝާއާ ދިމާ ވަރަށް ރަނަޅަށަ ބަލައިލިއެވެ. ޒިވްޔަންގެ މަގުސަދު ކިތަންމެހައި ރަނގަޅަކަށްވެސް ފުރިހަމަ ވިއެވެ. ޔައިޝާ ލަދުން އެގެއިން ނުކުންނަން ދިޔައެވެ.
“ޔައީ.. އިހައް މަޑު ކޮއްބަ… މާދަމާވެސް އައްނައްޗޭ.. މިހާރު ހަނާ އެކަނި ކޮއްލާކަށް ނުވާނެ..” ޒިވްޔަން ބުނެލިއެވެ.
“ހުމމ. އެހެން ނޫނަސް ޒިވްޔަން މިގޭގަ އުޅެންޏާ ކޮންމެ ދުވަހަކު އަންނާނެއެއްނު” ޔައިޝާއަށް ހިތާހިތުން ބުނެލެވުނެވެ. އެވަގުތު ޔައިޝާއަށް ުޑަކޮށް ހެވުނެވެ.
“ކިހނެތްވީ؟؟” ޒިވްޔަން އަހާލިއެވެ. އެވަގުތު ޔައިޝާ ކަމެއް ނުވެޔޭ ބުނެފައި އެގެއިން ނުކުމެގެން ދިޔައެވެ.
ގެއަށްވަދެގެން އައި ލާރާދިޔައީ ކައިރީގައި ހުރި ހިލްޔާންއާ ވާހަކަ ދައްކަމުންނެވެ.
“ލާރާ ހީވެސް ނުކުރަން ހިލްޔާން ތިހާ ރުޅިގަދަ ކަމަށް… ތިވީީ ގޮތުން މިހާރު ހިލްޔާންދެކެ ބިރުގަންނަންވެސް ފަށައިފި” ލާރާ އެހެން ބުނެލީ މަޖަަކަށެވެ. އެވަގުތު ހިލްޔާން ކުރެވުނު ކަންތަކާ މެދު ވިސްނާލެވުނެވެ. އަދި ލާރާ އެހެން ބުނުމުން ދެރަވާގޮތް ވިއެވެ. ހިލްޔާން މޫނު މައްޗަށް އެރި ކުލަވަރު ފެނިފައި ލާރާ އަވަސް އަވަހަށް ބުނެލިއެވެ.
“އޭތް… ދެރަވީތަ.. އެއީ މަޖަލަކަށް ބުނިއެއްޗެކޭ.. އެހެންނޫނަސް އަޅެ ލާރާ ހިލްޔާންދެކެ ބިރުގަންނާނެތަ” ލާރާ އެހެން ބުނުމުން ހިލްޔާންގެ ހިތަށް ކުޑަ ހިތްހަމަ ޖެހުމެއް ލިބުނެވެ. ނަމަވެސް އަނެއްކާވެސް އޭނައަށް ވިސްނާލެވުނީ އޭނަގެ ލޯބިވާ ދޮންތަޔާ މެދުގައެވެ.
ދުވާލުގެ އަލިކަން ފަހަނައަޅާ ގޮސް ރޭގަނޑުގެ ހަމަހިމޭންކަން ރަށުތެރެއަށް ވެރިވެއްޖެއެވެ. އުޑުގެ މަތީގައި ރަސްކަންކުރަމުން ދިޔައީ ސާދަވިލޭރޭގެ ބުރުހަމަ ހަނދެވެ. އެ ފުރިހަމަ ހަނދުގެ ކައިރީގައިވާ އަލިގަދަ މުތްތަކެއ ފަދަ ތަރިތައް އެޖައްވު އިތުރަށް ފުރިހަމަ ކޮށްދޭން އުޅޭ ފަދައެވެ.
ޒިވްްޔަން ހުއްޓިލައިގެން ހުރީ ގޭގެ ބެލްކަނީގައެވެ. އޭނާގެ އަތުގައި ފޯނުއޮތް އިރު އޭނާ ބަލަމުން ދިޔައީ އެމީހުން ދަތުރު ދިޔަ ދުވަހު ޒިވްޔަން ނަގާފައި ފޮޓޯތަކެވެ. އެންމެން އެއްކޮށް ނަގާފައި ހުރި ފޮޓޯ ތަކުން ޒިވްޔަންގެ ކަޅި އަބަދުވެސް ހުއްޓެނީ ޔައިޝާއަށެވެ.
ކޮންމެ ފޮ ޓޯއެއްގައިވެސް ހިނިތުން ވެލައިގެން ހުރި ޔައިޝާއަަށް ޒިވްޔަން ފޮޓޯ ޒޫމް ކޮއްލުމަށްފަހު ރަނގަޅަށް ބަލައިލިއެވެ. ފޮޓޯގައި ޔައިޝާގެ ދޮންދޮން މޫނަށް އިރުގެ އަވި އެޅިފައިވުމުން އޭނާގެ ދޮންދޮން މޫނުވަނީ އިތުރަށް ދިއްލިފައެވެ. ފަންފަން އިސްތަށިގަނޑުވަޔާ ވިހުރެމުން ދިޔައިރު އެ އަންހެން ކުއްޖާޔަށް ޒިވްޔަންގެ ހިތާ ސިކުނޑިވެސް ދިޔައީ ތައުރީފުގެ ބަސްތަށް އޮއްސަމުންނެވެ. ޒިވްޔަންއަށް އަނެއްކާވެސް އެރީތި ކަމާމެދު ވިސްނާލެވުނެވެ. އެ އަންހެން ކުއްޖާއަށް ލިބިފައި އެހުރީ ކޮންފަދަ އަޖައިބުވީ ރީތި ކަމެއްހެއްޔެވެ؟
ފޮޓޯތަށް ބަލާނިމުމުން އޭނާ ކޮޓަރިއަށް ގޮސް ލެޕްޓޮޕަށް ފޮޓޯތަށް އަޅާލިއެވެ. އަދި ފޯނު ވޯލްޕެޕަރ ބަދަލު ކޮއްލުމަށްފަހު ހިނިތުންވެލިއެވެ. ނަމަވެސް ދެން ޒިވްޔަންގެ ހިތަށްއެރީ ޔައިޝާއަށް އެފެނިއްޖެއްޔާ ވާނެގޮތަކާ މެދުގައެވެ. އޭނަ ހިތަށް އަރާނެ އެއްްޗަކާ މެދުއެވެ. ނަމަވެސް ހެވެވެ. ޔައިޝާއަށްް ފެނުނިއްޔާ ޒިވްޔަންގެ ދުލުން ބަހެއް ބޭރުނުކޮށް އޭނަގެ ހިތުގައިވާ އެއްޗެއް ޔައިޝާއަށސް އިނގޭނެއްނޫންހެއްވެ. ޒިވްޔަން ތިރިއަށް ފޭބިއިރު ހުސްނާ ސިޓިންރޫމުގައި ޓީވީން ރޭގނޑު އަށެއްގެ ޙަބަރު ބަަލަންްއިނެވެ. “ކޮބާ ހިލްޔާން؟” ޒިވްޔަން އަހަލިއެވެ.
“ނޭނގެ… ދެންމެ ކާސިމު ގޯތި ސޮރާއެއްކޮށް ކަންނޭނގެ އެދިޔައީ..” ހުސްނާ ބުނެލިއެވެ. ޒިވްޔަންއަށް ކުޑަކޮށް ހެވުނެވެ. ކާސިމުގޯތި ސޮރޭ ކިޔަސް ޒިވްޔަންއަށް އަޅެ އިނގޭނެހެއްޔެވެ.
“ހިނގާ ކާންދޯ.. ދޭބަލަ ހަނާއަށް ގޮވަން.. މިއަދު އިރު އޮއްސުނީންސުރެ ކޮޓަރިން ނުނުކުމެ.. ދައްތަިދަނީ ކާންހަދަން..” ހުސްނާ އެހެން ބުނުމަށްފަހު ބަދިގެއާ ދިމައަށް ހިނގައިގަތެވެ.
ޒިވްޔަން ހަނާ ކޮޓަރީގައި ޓަކިދިނެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުމުން އަނެއްކާވެސް ޓަކި ޖަހާލިއެވެ. ޒިވްޔަން ހީކުރީ އަދިވެސް ހަނާ ރޯން އޮތީ ކަމަށެވެ. ހަނާ ހުޅުވާފައޭ ބުނުމުން ޒިވްޔަން މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ޒިވްޔަން ހީކުރި ގޮތާ ޙިލާފަށް ހަނާއިނީ ރޯކަށް ނޫނެވެ. ކޮޓަރީގައި އިން މޭޒު ކައިރީ ހަނާ އިނީ ކޮންމެވެސް އެއްޗެއް ބަލާށެވެ. ޒިވްޔަން އެތެރެއަށް ވަނުމަށް ފަހު މޑުމަޑުން ހަނާ އެބަލާ އެއްޗަކާ ދިމާ ބަލާލިއެވެ. ހަނާ ބަލަން އިނީ ފޮޓޯގަނޑެކެވެ.
“މީ އާނިޝްދޯ” ޒިވްޔަން ފޮޓޯ ގަނޑަށް ބަލާލަުން އޭނާއަށް ހީވި ގޮތަށްބުނެލީ ޔަގީން ކުރާށެވެ. ހަނާ މަޑުމަޑުން އާނއެކޭ ބުނެލިއެވެ. “ކުޑައިރުދޯ…ބަލާބަ ހަނާވެސް އޭރު ލޯބިކަން.” ޒިވްޔަން ބެލީ ހަނާ ހިތްހަމަ ޖައްސައިދެވޭތޯއެވެ. “ދެން ތިބުނީ މިހާރު އހަރެން މުސްކުޅިއޭތަ…” ހަނާ ތުންދަމާލަމުން ބުނެލިއެވެ. ” އޭރަށް ވުރެ މާ ބޮޑަށްވެސް މުސްކުޅި” ޒިވްޔަން ސަމާސާ ރާގަކަށް ބުނެލިއެވެ.
“މީ ހަނާމެން ޓެންގަ އުޅެނިކޮށް… ހަނާގެ ސިކްސްޓީންތް ބާރތްޑޭ… މުޅި ހަޔާތުގައިވެސް އެންމެ ދެރަވި ދުވަސް” ހަނާ ހިޔާލަކަށް ގެއްލި ހުރެފައި ބުނެލިއެވެ. ޒިވްޔަންއަށް ކުޑަކޮށް ހަނާ ބުނެލި އެއްޗަކާދޭތެރޭ ވިސްނާލެވުުނެވެ. ޒިވްޔަންއަށް ވިސްނުނީ އެއީ ހާނާއާ އާނިޝްއާ ދެމީހުން ވަކިވި ދުވަސް ކަމުގައެވެ. ނަމަވެސް އެފޮޓޯ ގަނޑުގައި ދެމީހުންވެސް ތިބީ ވަރަށް އުފަލުންކަން އެމީހުންެ މުނު މަތިން ދޭހަވެއެވެ. އެހެންކަމުން ޒިވްޔަންއަށް ވިސްނުނީ އެމީހުންނަށް ވަކިވާންޖެހުނީ އެމީހުންގެ ސަބަބުން ނޫންކަމެވެ.
“އަސްލު ކީއްވެތަ ދެމީހުން ރުޅިވާން ޖެހުނީ… އަސްލު ވީގޮތް ކިޔައިދީބަ” ޒިވްޔަން ޝައުގުވެރި ކަމާއެކު އަހާލިއެވެ. އެވަގުތު ހަނާ އާނިޝްއާ ދިމާއަށް ބަލާލިއެވެ. ނަމަވެސް ހަނާ އެއްވެސް އެއްޗެކޭ ބުނާކަށް ނޫޅުނެވެ. އެހެންކަމުން ޒިވްޔަންއަށް ނަގައިގަނެވުނީ ހަނާ ޒިވްޔަންއަށް ކިޔައިދޭން ބޭނުން ނުވަނީ ކަމުގައެވެ. ” އަނެއްކާ ހަނާ ކިޔައިދޭން ބޭނުމިއްޔާއިނގޭ..” ޒިވްޔަން ބުނެލިއެވެ. އެހެނީ ހަނާލައްވާގަދަ ކަމުން ކިޔުއްވާކަށް އޭނަ ބޭނުމެއް ނޫނެވެ. ހަނާ ފުން ނޭވާ އެއް ދޫކޮށްލިއެވެ. “އަަހަރެން މި ވާހަކަ މިިކިޔައިދެނީ ޔައީގެ އިތުރުން ޒިވްޔަންއަށް އެކަނި އިނގޭ.. ” ހަނާ ވާހަކަ ފެށުމުގެ ކުރިން ބުނެލިއެވެ.
“ހިލްޔާންއަކަށްވެސް ނުކިޔައިދެންތަ؟” ޒިވްޔަން އަހާލިއެވެ.
“ހުމމ. ކަން ވެފަ އޮތްގޮތުން..ބުނަން ނުކެރުނީ.. ގަބޫލު ނުކުރާނެތީ” ހަނާ ބުނެލިއެވެ. “ތިބުނީ؟؟؟” ×ޒިވްޔަންގެ މޫނު މަތީގައިވަނީ ބޮޑު ސުވާލު މާކެކެވެ. “އަޑުއަހާ” ހަނާ ހިތްވަރު ކޮއްލާފައި ނޭވައެއްލާފައި ކިޔައިދޭން ފެށިއެވެ. ހަނާފެށީ މީގެ ދެއަހަރު ކުރީގެވާހަކަތަކެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.



Alhey maa avahah mipart thi nimmaali
Can’t wait to hear hanaa’s story
BTW mi part VX vvvvvvvvvvvvv reethi ??????
thank u hudhakko… vahaha thr nimunyy..dhn anna prt ga dhww hanaage stry balaa laany
btw thank u sooo much
Woww….Mi part vx vrh vrh rythi maasha allah❤❤❤