Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯބި ވެވުމުން 22

Star Fire Level 310 Stories
April 9, 2022 6 Mins Read
1 Comment

*ނައިރާ ތަށިދޮވެ ނިމުމަށްފަހު ކޮޓަރިއަށް ގޮސް އެނދުގައި އޮށޯވެ ލިއެވެ. އަދި ފޯނު ނެގުމަށްފަހު އިންސްޓާގްރާމް އަށް ވަނެވެ. އެއިރު އަޔާޒް އިނީ އޮން ގަ އެވެ.*

ނައިރާ ކުރާނެ އިތުރު ކަމެއް ނެތުމުން އަޔާޒް އަށް ” ހާއި” ޖަހާލިއެވެ. އެއާއެކު އެއްސިކުންތު ނުވަނީސް އަޔާޒް ގެ ލިޕްލައި އައެވެ. ” ހެއި.. ވަޓް ޔޫ ޑޫއިން” ނައިރާ އަޔާޒް ގެ ރިޕްލައި ކިޔާލުމަށް ފަހު ޖަވާބު ދިނެވެ. ” ނަތިން މަޗް… ޖަސްޓް ބޯރްޑް” ނައިރާ ޖަވާބު ދިއުމާއެކު އަޔާޒް އަނެއްކާވެސް ބުނެލިއެވެ. ” ހިނގާ މިއަދު ހަވީރު ހިނގާލަން ދާން” އަޔާޒް ކޮށްފައިވާ މެސެޖް ފެނުމުން އެނދުގައި އޮށޯވެ ގެން އޮތް ނައިރާ އަށް ކޮޅަށް ތެދުވުނެވެ. އަދި ކުޑަކޮށް ވިސްނާލުމަށް ފަހު ޖަވާބު ދިނެވެ. ” އޯކޭ” ނައިރާ ލިޕްލައި ފޮނުވާލުމާއެކު އަޔާޒް އަނެއްކާވެސް މެސެޖް ކުރިއެވެ. ” ސޯ ވެއާ ށުޑް ވީ މީޓް އަޕް” އަޔާޒް ގެ މި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ނައިރާ ރިޕްލައި ފޮނުވާލިއެވެ. ” ރަސްފަންނުގަ….. އެންޑް އައި ހޭވް ޓު ގޯ ބާއި” އަދި ފޯނު އެނދުގެ ހެޑްބޯޑް މަތީގައި ބޭއްވުމަށްފަހު ބާލީހުގައި ބާއްދާލިއެވެ. އެހެން އޮއްވައި ނައިރާ އަށް ނިދުނެވެ.

 

” މޭމް….. މޭމް ” ނައިރާ އަށް ހޭލެވުނީ ޖެނާ ޓަކިޖަހަމުން ދިޔަ އަޑަށްށެވެ.” ޖެނާ… ކިހިނެއް ވީ ” ނައިރާ އެނދުން ތެދުވެގެން ގޮސް ދޮރު ހުޅުވައި ލަމުން ޖެނާ ގާތު އަހާލިއެވެ.” މޭމް ހޯދަން މީހަކު އައިސް އެބަ ހުރި ” ޖެނާ އެހެން ބުނުމުން ނައިރާ ހައިރާން ވިއެވެ.” ކާކު ” ނައިރާ އެހެން އެހުމުން ޖެނާ ނޭނގެ އޭ ބުނެލިއެވެ. އެހެން ކަމުން ނައިރާ ކުޑަކޮށް ހައިރާން ވިއެވެ.” ލެޓް މީ ގޯ އެޑްން ޗެކް ” ނައިރާ އެހެން ބުނުމަށް ފަހު އަވަހަށް ތިރިއަށް ފޭބިއެވެ. އެއިރު ސިޓިން ރޫމް މެދުގައި ހުރި ސޯފާގައި މީހަކު އިނެވެ.” އެކްސްކިޔުޒް މީ ” ނައިރާ ސިޑިން ތިރިއަށް ފައިބަމުން ބުނެލިއެވެ. އެއާއެކު އެމީހާ ފަހަތަށް އެނބުރި ބަލައިލިއެވެ.” އަޔާޒް ؟ ” ނައިރާ ހައިރާން ވެފައި ހުރެ އަހާލިއެވެ.” ކޮންހެނެއް މި ގެ އެނގުނީ ” ނައިރާ އެހެން އެހުމުން އަޔާޒް ހީލިއެވެ.” ނާއިޒް ކައިރީ އެހީ……. ނަހާ ވަރެއް ނުވާނެ ތާ ނައި ފޯނު ބޭއްވި ގޮތަށް ހަބަރެއްވެސް ނުވި ވާ ” އަޔާޒް މިހެން ބުނުމުން ނައިރާ ބުނެލިއެވެ.” ތި ބުނީ ؟ ” ” މި ބުނީ މިހާރު 4 ޖަހައިގެން ގޮސް 4:30 ވަނީ އޭ……… ހަނދާން އެބަހުރި ތަ ހިނގާލަން ދާނ ބުނި ވާހަކަ ” އަޔާޒް އެހެން ބުނުމުން ނައިރާ ދެލޯ ބޮޑު ކޮއްލީއެވެ. އަދި ދުވެފައި މައްޗަށް އެރީއެވެ. ނައިރާ ދުވެފަ ދިޔަ ގޮތް ފެނުމުން އަޔާޒް ހިނިއައެވެ. 

 

އިރުކޮޅެއް ފަހުން ނައިރާ ރީތިވެ ލައިގެ ތިރިއަށް ފޭބީއެވެ. އެއިރުވެސް އަޔާޒް ހަމަ އެއިން ގޮތަށް އިނެވެ.” ހިނގާ ދަމާ ” ނައިރާ އެހެން ބުނި އަޑަށް އަޔާޒް ފަހަތަށް ބަލައިލިއެވެ. އެ އާއި އެކު އިޙްތިޔާރުން ބޭރުގައި އަޔާޒް އަށް ހީލެވުނެވެ. ނައިރާ ހުރީ ފެހި ކުލައިގެ ސްކްނީ އެއް ލައިގެންނެވެ. މަތިން ޑަސްޓް ކުލައިގެ އަތް ދިގު ޓީށާޓެއް ލާފައި ހުރި އިރު ނައިރާ އާއި ވަރަށް ގުޅޭ އެވެ. ޑަސްޓް ކުލައިގެ ހައިހީލް އަކަށް އަރާފައި ހުރި ނައިރާ ކުރިއަށް ވުރެ ދިގެވެ. އިސްތަށިގަނޑު މިނިވަން ކަމާއެކު ފަހަތަށް ދޫކޮށްލާފައި އޮތްއިރު މޫނުގައި އެއްވެސް މޭކް އަޕް އެއް ކޮއްފައެއް ނުވެއެވެ. އެހެން ކަމުން ނައިރާ ހީވަނީ ކުޑަކުޑަ ޕަރީ އެއްހެން ނެވެ. ” އަޔާޒް” ނައިރާ އަޔާޒް އަށް ގޮވައި ލުމުން އަޔާޒް އަށް ހަމަ ބިމަށް އާދެވުނެވެ. ” އަދި ކިރިޔާ ނައިރާ އަހަރެންނާ އެއްވަރު ތިވީ…..” އަޔާޒް ނައިރާ އަރައިގެން ހުރި ހައި ހީލް އާއި ދިމާއަށް އިޝާރާތް ކުރަމުން ބުނެލިއެވެ. ” ދެން އަޔާޒް ހުރެބަލަ ރާ ރުކެއް ހެން ދިގުވެގެން” ނައިރާ އެހެން ބުނަމުން ގެއިން ނިކުތެވެ. އަޔާޒް ވެސް ނައިރާ ގެ ފަހަތުން ނިކުތެވެ. ” އަޔާޒް ސައިކަލާ ތި އައީ ކީއްވެ” އަޔާޒް ގޮސް ސައިކަލަށް އެރުމުން ނައިރާ ބުނެލިއެވެ. ” ނައިރާ މިހާރު ތި އުޅޭ ގެ ދުރުކަމުންނެއް ނު….. މަ މި ހިސާބަށް ހިނގާފަ އަންނަން ޖެހިއްޖެނަމަ ހާނތި ވާނެއެއްނު ނައިރާ ވެސް ދައްކާ ވާހަކަ ދޯ” އަޔާޒް އެހެން ބުނަމުން ސައިކަލު ސްޓާޓް ކޮއްލިއެވެ. ” އަރާ” އަޔާޒް ނައިރާ އަށް އިޝާރާތް ކުރަމުން ބުނެލިއެވެ. ނައިރާ ސައިކަލަށް އަރަން ނާރަން ހުރެފަ އެރިއެވެ. އެއާއެކު އަޔާޒް ސައިކަލު ދުއްވާ ލިއެވެ. 

 

އަޔާޒް މާލޭގެ އެކި މަގު މަގު ގައި ސައިކަލު ފަރިތަކަމާއެކު ދުއްވަމުން ދިޔައެވެ. ” އަޔާޒް ކޮންތާކަށް މި ދަނީ” ނައިރާ އެހެން އަހައިލުމުން އަޔާޒް ބުނެލިއެވެ. ” މިހާރު މި ދަނީ ރަސްފަންނަށް ދާނ” އަޔާޒް މިހެން ބުނުމުން ނައިރާ އޯހް އޭ ބުނެލިއެވެ. މަދު ސިކުންތު ކޮޅެއްގެ ތެރެއިން ރަސްފަންނަށް އާދެވުނެވެ. ހަވީރު ގެ ވަގުތު ކަމުން ވަރަށް ގިނަ މީހުން އެ ސަރަހައްދުން ފެންނަމުން ދިޔައެވެ. ރަސްފަންނަށް އާދެވުމުން ނައިރާ ސައިކަލުން ފޭބިއެވެ. އަޔާޒް ދިޔައީ ސައިކަލު ޕާކު ކުރަން ށެވެ. ނަމަވެސް އަޔާޒް ނައިސް ލަސްވާން ފެށުމުން ނައިރާ އެދިމާއަށް ދިޔައެވެ. އެއިރު އެ ދިމާލުން އަންހެން ކުއްޖަކު ގެ ރުއިމުގެ އަޑު އިވުމުން ދިޔައެވެ. އެހެން ކަމުން ނައިރާ ހިނގުން ބާރު ކޮއްލީއެވެ. ” ޔަލްވީ ދޫކުރާށޭ” ކުއްލިޔަކަށް އަޔާޒް ގެ އަޑު އެހާ ބާރަށް އިވުމުން ނައިރާ ދިޔައީ ސިއްސައިގެންނެވެ. ނައިރާ އެތަނަށް ދެވުނު ވަގުތު ފެންނަ މަންޒަރަކުން ހައިރާން ވިއެވެ. ކޮންމެވެސް ކުއްޖަކު ހުރީ އަޔާޒް ގެ ގައިގަ ބައްދައިގެން ނެވެ. ނަމަވެސް އަޔާޒް އުޅުނީ އެކުއްޖާ ދުރުކުރެވޭ ތޯއެވެ. ” ޔަލްވީ އައި ސެޑް ލީވް މީ” އަޔާޒް އެހާ ބާރަ އެހެން ބުނުމުން ޔަލްވީ ވެސް ދިޔައީ ސިއްސައިގެންނެވެ. ” އަ.. އަޔާޒް… އައި ލަވް ޔޫ ޕްލީސް…… އަހަރެންނަށް އެއިރު ނުވިސްނުނީ އޭ… އަޔާޒް ޕްލީސް” ޔަލްވީ ރޮމުން ރޮމުން އަޔާޒް ގެ އަތުގައި ހިފިއެވެ. މިތަން ފެނި ނައިރާގެ ގެ ހިތަށް ބަޔާން ކުރަން އުނދަގޫ އިޙްސާސް އެއް ކުރެވުނެވެ. ” ޔަލްވީ މަ ދެކެ ލޯބި ވީ ނަމަކު ނުދާނެ އެހެންނެއް……. ޔޫ ޑޯންޓް ލަވް މީ ޔަލްވީ….. ޔަލްވީ ހަމައެކަނި ލޯބިވީ އަހަރެންގެ މުދަލާ ފައިސާ ދެކެ” އަޔާޒް އެހެން ބުނުމުން ޔަލްވީ ބުނެލިއެވެ. ” އަޔާޒް ވެސް އަހަރެން ދެކެ ލޯބި ވަމެއްނު ދެން ކީއްވެ” ޔަލްވީ މިހެން ބުނުމުން އަޔާޒް ޔަލްވީ ގެ އަތް ގޮޅާލިއެވެ. އަދި ބުނެލިއެވެ. ” އަހަރެން ޔަލްވީ ދެކެ އެއް އިރެއް ގަ ލޯބި ވީ… މިހާރު އަހަރެން ލޯބި ވަނީ އެހެން ކުއްޖެއް ދެކެ… އެންޑް ށީ އިސް މަޗް ބެޓާ ދެން ޔޫ އިން އެވްރީ ވޭ”  އަޔާޒް މިހެން ބުނުމުން ނައިރާ ހުރި ދިމާއަށް އެނބުރުނެވެ. މިކަހަލަ ވަގުތެއްގަ ނައިރާ ފެނުމުން އަޔާޒް ދިޔައީ ސިއްސައިގެން ނެވެ. ނަމަވެސް ހަމަ ޖެހިލުމަށްފަހު  ނައިރާ އާއި ދިމާ އަށް ހިންގައިގަތެވެ. ” ސޮރީ ތަންކޮޅެއް ލަސްވީ މަ” އަޔާޒް ނައިރާ ކައިރިއަށް އައިސް ހުއްޓެމުން ބުނެލިއެވެ. އަދި ނައިރާ ގެ އަތުގައި ހިފައިގެން އެތަނުން ދާނ ހިނގައިގަތެވެ. އެއިރު ޔަލްވީ އަޔާޒް އާއި ނައިރާ އަށް ފާޑަކަށް ބަލައިގެން ހުއްޓެވެ. 

 

އަޔާޒް ނައިރާ ހިފައިގެން އައިސް އައިސްކޯން ގަތުމަށް ފަހު ދޮންވެލި ގަނޑު މަތީގައި އިށީނިއެވެ. އައިސްކޯން ބޮއި ނިމުމުން އަޔާޒް އާއި ނައިރާ އެކިއެކި ވާހަކަ ދަކަން ފެށިއެވެ. އެހެން އެކި ވާހަކައިގައި ތިއްބާ މަޣްރިބް ނަމާދު ބަންގީގެ ގޮވިއެވެ. އެހެން ކަމުން އަޔާޒް އަވަސްވެގަތީ ނައިރާ ގެއަށް ލުމަށްފަހު މިސްކިތަށް ދިޔުމަށްށެވެ. 

 

އަޔާޒް އައިސް ނައިރާ ގެއަށް ލާފައި ދިޔުމުން ނައިރާ އެތެރެއަށް ވަނެވެ. އެއިރު ޖެނާ އާއި ލީނާ ބަދިގޭގައި އުޅެއެވެ. އެހެން ކަމުން ނައިރާ ކޮޓަރިއަށް ގޮސް ވުޝޫ ކޮށްލައިގެން ނަމާދު ކުރިއެވެ. ނަމާދު ކޮއްނިމުމުން ނިމުމާއެކު ނައިރާ އެނދުމައްޗަށް ބަންޑުން އޮށޯވެ ލިއެވެ. އަދި ވިސްނަން ފެށިއެވެ. މިއަދު އަޔާޒް އާއި އެ އަންހެން ކުއްޖާގެ ދެމެދުގަ ހިނގާ ދިޔަ ކަން ތަކެވެ. ޔަލްވީ މި ނަމަކީ ނައިރާ ކޮންމެވެސް ތާކުން އަޑުއެހި ނަމެކެވެ. ނަމަވެސް ހަނދާނެއް ނުވިއެވެ. ކުއްލިއަކަށް ހަނދާނަށް ވުމުން ނައިރާ އަށް ބުނެވުނެވެ. ” އަޔާޒް ގެ އެކްސް ގާލްފްރެންޑް ޔަލްވީ” ނައިރާ އަށް ހަނދާން ވުމުން ކުޑަކޮށް ހިތް ނުތަނަވަސް ވެގެން ދިޔަ އެވެ. ދެން ނައިރާ އަށް ވިސްނެން ފެށީ އަޔާޒް އާއި މެދުގައެވެ. އެހެން އޮއްވައި އޮއްވައި އިޝާ ނަމާދަށް ބަންގި ގޮވި އެވެ. އެހެން ކަމުން ނައިރާ އިޝާ ނަމާދު ކުރަން ތައްޔާރު ވެލި އެވެ. ނަމާދު ކޮއްނިމުމުން ނައިރާ މުސޮއްލަ އޮޅާލުމަށް ފަހު އަލަމާރިއަށް ލިއެވެ. އަދި ފާހާނާއަށް ވަނެވެ. ނައިރާ ފާހާނާއިން ނިކުތް އިރު ފޯނު ރިންގް ވަމުން ދިޔައެވެ. މި ވަގުތު ނައިރާ އަށް ގުޅާނެ މީހެއް ނުވާނެކަން އެނގުމުން ނައިރާ ހައިރާ ވިއެވެ. އަދި ގޮސް ފޯނު ނެގި އެވެ. ” ހޭއި ނައި” ކުއްލިއަކަށް އަޔާޒް ގެ އަޑު އިވުމުން ނައިރާ ގެ ހިތުގެ ވިންދު އަވަސް ވާން ފެށިއެވެ. މި ވަނީ ކީއްކަމެއް ނޭނގި ނައިރާ ފުން ނޭވާއެއް ލިއެވެ. އަދި ވާހަކަ ދެއްކިއެވެ. ” އަޔާޒު ގަނޑާ ސިއްސައިގެންނޭ ދިޔައީ” ނައިރާ އެހެން ބުނުމުން އަޔާޒް ހިނިގަނޑެއް ޖަހަލިއަޑުއިވުނެވެ. ދެމީހުން އެތަކެއް ވާހަކައެއް ދައްކަން ތިބެފަ އެ ފޯނު ކޯލް ނިންމާލަން ޖެހުނީ ޖެނާ އައިސް ނައިރާ ކައިރީ ކާން އަންނަން ބުނުމުން ނެވެ. ” އަޔާޒް ދަނީ އިނގޭ ދެން” ނައިރާ އެހެން ބުނުމަށް ފަހު ފޯނު ހޭންގް އަޕް ކޮއްލީއެވެ. އަދި ޖެނާ އާއެކު ތިރިއަށް ފޭބީއެވެ. ރޭގަނޑު ގެ ކެއުން ނިންމާލުމަށްފަހު ނައިރާ އިތުރު ކަމެއް ކުރަން ނެތުމުން ކޮޓަރިއަށް ވަދެ ނިދީއެވެ. 

 

*********************************

 

ދުވަސްތައް އޭގެ ހަލުވި ކަމާއެކު ފާއިތުވުމުން ދިޔައެވެ. މިއިން ކޮންމެ ދުވަހަކު ނައިރާ އަށް އަޔާޒް އާއި މެދު ވިސްނެމުން ދިޔަ ވަގުތު ދިޔައީ އިތުރުވަމުން ނެވެ. މިޝްހާ އާއި ނާއިޒް ވެސް ހަނީ މޫން ނިންމާފައި އައެވެ. އެހެން ކަމުން ނައިރާ އިތުރަށް ފޫހި ވެގެން އުޅޭ ކަށް ނުޖެހުނެވެ. ނައިރާ އަށް އަޔާޒް ފެނުމުން ވާގޮތް މިޝްހާ އަށް ކިޔައިދިނެވެ. މިޝްހާ ގެ ޖަވާބަކީ ވެސް ހަމަ އެއީ އެވެ. ލޮއިތްބެވެ. ނަމަވެސް ނައިރާ މިފަހަރު ގަބޫލު ކުރަން ބޭނުން ނުވިއަސް ގަބޫލު ކުރެވުނެވެ. ނައިރާ އަށް އަޔާޒް ދެކެ ލޯބި ވެވިއްޖެއެވެ. މީހަކު ދެކެ ލޯބި ވެވުމުން ކުރެވޭ ހުރިހާ އިޙްސާސް އެއް ނައިރާ އަށް ކުރެވުމުން ދިޔައެވެ. ނައިރާ ކޮންމެ ސިކުންތަކު ވެސް ބޭނުންވީ އަޔާޒް ގެ ގާތުގަ ހުންނަން ށެވެ. އެހެން ކަމުން ނައިރާ ނިންމީ އަޔާޒް ކައިރީ ލޯބި ވާ ވާހަކަ ބުނުމަށް ށެވެ. 

 

ނައިރާ މިއަދު ތައްޔާރު ވަމުން ދިޔައީ އަޔާޒް ގާތު ލޯބި ވާ ވާހަކަ ބުނުމަށް ށެވެ. މިޝްހާ ގެ އެހީތެރި ކަމާއެކު ނައިރާ ރީތިވެ ނިމުނެވެ. އެހެން ކަމުން ނައިރާ އަވަހަށް މިސްރާބު ޖެހީ ލެމެން ގްރާސް އަށް ދިޔުމަށްށެވެ. އެއީ އަޔާޒް ނައިރާ ގާތު އަންނަން ބުނެފަ ވާ ތަނެވެ. ނައިރާ ގޮސް ލެމެން ގްރާސް އަށް ވަނުމަށް ފަހު ގޮނޑި އެއްގައި އިށީނިއެވެ. އަދި އަޔާޒްގެ އިންތިޒާރުގައި ވަގުތު ގުނަން ފެށިއެވެ. ވަގުތު ގުނަމުން ގުނަމުން ގޮސް އެންމެ ފަހުން އިރު އޮއްސުނީއެވެ. ނަމަވެސް އަޔާޒް ގެ ހިލަމެއް ނުވިއެވެ. އިރު އޮއްސި އަނދިރި ވާން ފެށުމުން ނައިރާ ގެއަށް ދާން ނިކުތެވެ. އަދި ޓެކްސީ އެއް ހޯދުމަށް ފަހު އެޑްރެސް ބުނުމުން ޑުރައިވަރު ނައިރާ ގެއަށް ގެންގޮސް ދިނެވެ. 

 

” ނައީ ކޮބާ ކޮންހެނެއް ދިޔައީ……… އާރް ޔޫ ގާއިޒް ޑޭޓިންގް ނައު ” މިޝްހާ ނައިރާ ގެއަށް ވަނުމާއެކު އަހާލި އެވެ.” ހީ ނެވާރް ށޯޑް އަޕް ” ނައިރާ އެހެން ބުނުމަށް ފަހު ކޮޓަރިއަށް ވަންނަން ދިޔައެވެ. ކޮޓަރިއަށް ވަނުމަށް ފަހު ނައިރާ އަޔާޒް އަށް ގުޅާލީ އެވެ. ނަމަވެސް ކޮންމެ ފަހަރަކު ލިބުމުން ދިޔައީ އެއް ޖަވާބެކެވެ. ފޯނު ވަނީ ގުޅޭ ސަރަހައްދުން ބޭރުގައެވެ. އެހެން ކަމުން ނައިރާ އިންސްޓާގްރާމް އަށް ވަދެ ލިއެވެ. އަދި އަޔާޒް އަށް މެސެޖް އެއްގެ ޒަރީޢާއިން ލޯބި ވާކަން ހާމަކޮށް ދިނެވެ. “އަޔާޒް އައި ލަވް ޔޫ އައި ރިޔަލީ ރިޔަލީ ލަވް ޔޫ” ނައިރާ މެސެޖް ފޮނުވާލުމަށް ފަހު އިންތިޒާރު ކުރަމުން ދިޔައީ އަޔާޒް އެ މެސެޖު ސީން ކުރާނެ އިރަކަށް ށެވެ. ނަމަވެސް ނައިރާގެ ފޯނު ޑާޓާ ހުސްވެގެން ދިޔައިރު ވެސް އަޔާޒް އެ މެސެޖް ސީން އެއް ނުކުރެއެވެ. އެންމެ ފަހުން ނައިރާ އަށް ނިދުނެވެ. 

(ނުނިމޭ) 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ސަލްމާން ފާރިސީ 1

Next

ވައުދޭ ވެވޭ މީ… 14

Next
April 10, 2022

ވައުދޭ ވެވޭ މީ… 14

Previews
April 8, 2022

ސަލްމާން ފާރިސީ 1

One Comment

  1. ReEsH? says:
    April 10, 2022 at 5:41 pm

    Mi part vrh vrh reethi. Ayaaz ah kihineh v baa dhw? when next??

Comments are closed.

Next Episodeލޯބި ވެވުމުން 23←


All Right Reserved!