އާ ދުވަހަކަށް އިރު އެރިއިރު ނައިރާ އުޅުނީ އޭނާގެ ހުރިހާ ސާމާނެށް ޕެކް ކޮށްށެވެ. ޕެކް ކޮށް ނިމުމުން ނައިރާ ނިކުތީ ގޭތެރެ ސާފު ކޮށްލުމަށް ށެވެ. ނައިރާ އަބަދުވެސް ގޭތެރެ ސާފުކޮށް ބާއްވާތީ ގޭތެރޭގައި މާގިނަ މަސައްކަތްތަކެއް ކުރާކަށް ނުޖެހުނެވެ. އެހެން ކަމުން ނައިރާ ނިކުތީ ބޭރަށް ކުނިކަހާލަން ށެވެ. ފަތިސް ވަގުތު ކަމުން މާގިނަ މީހުންނެއް މަގުމައްޗަކު ނޫޅެއެވެ. އެހެން ކަމުން ނައިރާ އަވަސް ވެގަތީ ކުނިކަހާ ނިންމާލުމަށްށެވެ. ގޭ ބިއްދޮއް ފަރާތު ކުނި ކެއުމަށްފަހު ނައިރާ ގޭ ދޮރުމަތި ފަރާތު ކުނިކަހަން ފެށިއެވެ. މާގިނަ ކުނި ނެތުމުން އަވަހަށް ކުނިކަހާ ނިމުނެވެ. ކުނިކަހާ ނިމުމުން ނައިރާ ކޮޅަށް ތެދުވެ ހިނ ދެމީލިއެވެ. އެ ވަގުތު މީހަކު އައިސް ނައިރާ ގެ ގައިގާ ފަހަތުން ބާއްދާލިއެވެ. ކުއްލިއަކަށް މީހަކު އައިސް އެހެން ހެދުމުން ނައިރާ ދިޔައީ ސިއްސައިގެންނެވެ. މިކަހަލަ ކަމެއް ކުރާނީ ޝާހިލް ނޫން އެހެން މީހެއް ނޫން ކަން އެނގުމުން ނައިރާ އިންތިހާއަށް ރުޅި އެރިއެވެ. ” ދޫކުރޭ” ނައިރާ ރުޅިވެރިކަމާ އެކު މިހެން ބުނުމުން ޝާހިލް ބުނެލިއެވެ. ” ނުކުރާނަން… އަހަރެން ނައިރާ އާއި މިގޮތަށް ގާތް ނުވާތާ މިހާރު ކިހާ ދުވަހެއް ވެއްޖެ” ޝާހިލް މިހެން ބުނަމުން ނައިރާ ގެ ކަރުގައި ވަސްގަނަން ފެށިއެވެ. ” ދޫކުރާށޭ…. ބަލަ ޝާހިލް ލަދެއް ނުގަނޭތަ…. ޝާހިލް ހުރޭ އަނތްބަކާ ދެ ދަރިން….” ނައިރާ މިހެން ބުނުމުން ޝާހިލް ބުނެލިއެވެ. ” މަ އެމީހުން ދެކެ ލޮއިތްބެއް ނުވެއޭ…. މަ ބޭނުމީ ހަމައެކަނި ނައިރާ” ޝާހިލް ދަހިވެތި ގޮތަކަށް މިހެން ބުނުމުން ނައިރާ ފެންކަޅި ވާނ ފެށިއެވެ. ” ދޫކުރޭ….” ނައިރާ އަށް ކުރެހިފައިވާ އަޑަކުން ބުނެވުނެވެ. ނަމަވެސް ޝާހިލް އަކާ ވާ ކަމަކަށް ވެސް ނުވިއެވެ. ޝާހިލް ދިޔައީ ނައިރާ ގެ ކަރުގައި ވަސްގަނަމުންނެވެ. ” އަޔާޒް” ނައިރާ އަށް ބޭއިޚްތިޔާރުގައި އަޔާޒް އަށް ގޮވައިލެވުނެވެ.
އަޔާޒް ކަސްރަތު ކޮށް ނިންމާފައި ގެއަށް އައި މަގުމަތީގައި މަގު މެދުގައި ހުރި ފިރިހެނެއް ފެނުނެވެ. އޭނާ ހުރީ ކޮންމެވެސް އަންހެން ކުއްޖެއްގެ ގައިގާ ބައްދައިގެންނެވެ. މިތަން ފެނުމުން އަޔާޒް އަށް ބުނެވުނެވެ. “ޓިޕިކަލް ރޮމޭނސް” އަޔާޒް މިހެން ބުނުމަށް ފަހު ގެއަށް ވަންނަން ހިނގައި ގަތެވެ. ނަމަވެސް ނެގި ފިޔަވަޅު މަޑުޖައްސާލަން ޖެހުނީ ނައިރާ ގެ އަޑު އިވުމުން ނެވެ. އެހެން ކަމުން އަޔާޒް އަށް ފަހަތަށް އެނބުރި ބަލައިލެވުނެވެ. އެ ފިރިހެން މީހާ ބައްދައިގެން އެ ހުރީ ނައިރާ ގެ ހަށިގަނޑުގަ އެވެ. އަޔާޒް އަށް އެންމެ ފުރަތަމަ ވެސް ބަލައިލެވުނީ ނައިރާގެ މޫނަށްށެވެ. ނައިރާ ގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔަތަން ފެނި އަޔާޒް އަށް ހުރެވުނު ތަނެއް ވެސް ނޭނގުނެވެ. އަޔާޒް ދިޔަގޮތަށް ގޮސް ޝާހިލް ގެ އަތް ނައްޓުވާލަމުން ނައިރާ ގެ އަތުގައި ހިފާ ދަމައިގަތެވެ. ނުވިސްނާ ހުރުމުން ޝާހިލް ކުޑަކޮށް ފަހަތަށް ޖެހެވުނެވެ. ނައިރާ އެ ދިޔަގޮތަށް ގޮސް ޖެހުނީ އަޔާޒް ގެ ތަނަވަސް މޭމަތީގައެވެ. ނައިރާގެ ލޮލުން ފައިބަމުން ދިޔަހާ ކަރުނަ އެއް ދިޔައީ އަޔާޒް ލައިގެން ހުރި ޓީށާޓު ފޯކުރަމުން ނެވެ. ނައިރާ މިވަރަށް ރޯން މި ޖެހުނީ ކުރިމަތީގައި ހުރި ފިރިހެނާ އާއި ހެދި ކަން އެނގުމުން އަޔާޒް ގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ނައިރާ އެއްފަރާތެއްގައި ބެހެއްޓުމަށްފަހު އަޔާޒް ޝާހިލް ގެ މޫނުމަތީގައި ގޮއްމުށުން ޖެހިއެވެ. އެއާއެކު ޝާހިލް ބިނމައްޗަށް ވެއްޓުނެވެ. ” ބްރޯ ޗިލް ހާދަހާ ރުޅިއެކޭ އަރާފަ ތިހުރީ” ޝާހިލް ބިނމަތިން ތެދުވަމުން ބުނެލިއެވެ. ” ކަލޭ އަކާ ނުޖެހެއެއްނު ނައިރާ އާ ގާތް ވާކަށަ” އަޔާޒް އަނެއްކާވެސް ޝާހިލް ގެ މޫނު މަތަތީގައި ޖަހާލިއެވެ. ” މީ މަ ނައިރާ ގައިގޯޅި ވާތާ ފުރަތަމަ ފަހަރަށް ނޫން… އެހެން ނޫނަސް ކަލޭ އަށް ކޮން ވަރެއްތަ ތި އަރަނީ” ޝާހިލް ބިނމަތީގައި އޮވެ މިހެން ބުނުމުން އަޔާޒް ގެ ރުޅި ކޮންޓްރޯލް އިން ނައްޓައިގެން ދިޔައެވެ. ޝާހިލް ގެ މޫނުގައި ޖަހަން ފެށީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ. ” ދެން ނައިރާ އާއި ވައި އެޅުނަސް ކަލޭގެ ފުރާނަ ނެތް މަސްގަނޑު މިރަށު މީހުންނަށް ފެންނާނީ” އަޔާޒް މިހެން ބުނަމުން ނައިރާގެ އަތުގައި ހިފައިގެން ގެއަށް ވަނެވެ.
ނަސީބަކުން އަދި ރިޒާ އާއި ނިޔާޒް ކޮޓަރިން ނުނިކުމެ އެވެ. އަޔާޒް ނައިރާ ހިފައިގެން ދިޔަގޮތަށް ގޮސް ވެއްނީ ނައިރާ ގެ ކޮޓަރިއަށް ށެވެ. ނައިރާ އަށް ދިޔައީ އަދި ވެސް ރޮވެމުންނެވެ. އަޔާޒް ރުޅި މަޑުކުރެވޭތޯ ދެކޮޅު ދެކޮޅަށް ހިނގަން ފެށިއެވެ. ރުޅި މަޑު ވާގޮތެއް ނުވުމުން އަޔާޒް އިތުރަށް ރުޅި ގަދަވިއެވެ. އެހެން ކަމުން ގައި ހުރި ބާރެއް ލާފައި ފާރުގައި ގޮށްމުށުން ޖެހިއެވެ. އެއާއެކު އަޔާޒް އަތުން ލޭ އަރަން ފެށި އެވެ. މިތަން ފެނި ނައިރާ ދެންމެ ހިނގި ހުރިހާ ކަމެއް ހަނދާން ނެތުން ކަހަލައެވެ. ދުވެފަ ގޮސް ކަބަޑު ތެރޭގައި އޮތް ފަސްޓް އެއިޑް ކިޓް ނަގައިގެން އައިސް އަޔާޒް ގެ އަތުގައި ހިފިއެވެ. ނަމަވެސް އަޔާޒް ނައިރާ ގެ އަތް ފޮޅާލީއެވެ. ނައިރާ ދެވަނަ ފަހަރަށް އަޔާޒް ގެ އަތުގައި ހިފިއެވެ. އަދި އަޔާޒް ހިފައިގެން ގޮސް ނައިރާ ގެ އެނދު މަތީގައި ބޭނދިއެވެ. އަދި އަވަހަށް ހަލާކުވެފަ ހުރި ތަނުގައި ބޭސް އަޅަން ފެށިއެވެ. އަޔާޒް ގެ ރުޅި ވެސް މަޑު މަޑުން ފިލައިގެން ދިޔައެވެ. އަޔާޒް ގެ އަތުގައި ބޭސް އަޅާ ނިމުމުން ނައިރާ ކޮޅަށް ތެދުވިއެވެ. އަދި ފަސްޓް އެއިޑް ފޮށި ކަބަޑައް ލާން ދިޔައެވެ. ނަމަވެސް ކަބަޑާއި ހަމައަށް ނުދެވިގެން އުޅެނިކޮށް އަޔާޒް ނައިރާ ގެ އަތުގައި ހިފެއްޓިއެވެ. ” ނައި ވަޓް ޑިޑް ހީ މީން ބައި ނައިރާ އާއި ގައި ގޯޅި ވާ ފުރަތަމަ ފަހަރަށް ނޫނޭ” އަޔާޒް މިހެން އެހުމުން ނައިރާ ގެ އަތް ފައި ފިނިވެގެން ދިޔައެވެ. ނައިރާ އަޔާޒް ގެ އަތް ފޮޅާލިއެވެ. އަދި ފަސްޓް އެއިޑް ފޮށި ކަބަޑައް ލުމަށްފަހު އައިސް އެނދުގައި އިށީންނަމުން އަޔާޒް ކައިރީ އައުމަށް އިޝާރާތް ކޮއްލިއެވެ. އަޔާޒް އައިސް ނައިރާ ކައިރީ އިށީނުމުން ނައިރާ އޭނަގެ މާޒީގެ ސަފުހާތަށް ކިޔައިދެން ފެށިއެވެ. ނައިނާގެ މަރަށް ފަހު އެކަނިވީ ވާހަކަ އާއި ސަހީނާ ގެ އަނިޔާ ތަކާއި ސަހީނާ ގަދަކަމުން ނައިރާގެ ހަށި ވިއްކާ ވާހަކަ އަށް ދާންދެން ހުރިހާ ވާހަކައެއް ކިޔާ ދިނެވެ. މިއިން ކޮންމެ ވާހަކައެއް ކިޔައި ދެމުން ދިޔައިރު ނައިރާ ގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. ” އެހެން ވެ ދޯ ނައި ބުނީ ޔޫ ޑޯންޓް ޑިޒާވް މައި ލަވް އޭ” އަޔާޒް ނައިރާ ގެ ހުރިހާ ވާހަކައެއް އަޑުއަހަން އިނުމަށްފަހު ބުނެލިއެވެ. ” ޙަޤީޤަތް އެނގުމަށް ފަހު އެކަކު ވެސް އަހަރެން ދެކެ ލޮއިއްބެއް ނުވާނެ…. އެހެންވެ އަހަރެން މި ކަންތައް ސިއްރު ކުރަން ނިންމީ….. ދޮންބެ، މިޝް، ރިޒް މިއިން އެކަކަށްވެސް ނޭނގޭނެ…..އެންމެ މީހަކަށް މިވާހަކަ ތަށް އެނގޭނީ އެއީ ނަވާން ދެން މިހާރު އަޔާޒް…. ސޯ ޕްލީސް ކީޕް ދިސް އަ ސީކްރެޓް ޓު މީ ” ނައިރާ މިހެން ބުނުމުން އަޔާޒް ބުނެލިއެވެ.” މި ދުނިޔޭގަ އެކަކު ވެސް ނައި ދެކެ ލޯބި ނުވިއަސް އަހަރެން ވާނަން….. އެންޑް ޑޯންޓް ވޮރީ އަލް ކީޕް އިޓް އަ ސީކްރެޓް ” އަޔާޒް މިހެން ބުނުމުން ނައިރާ އަށް އިތުރަށް ރޮވޭ ގޮތް ވިއެވެ.” ވައި އަޔާޒް ވައި ” ނައިރާ ބުނެވުނީ ހަމައެކަނި އެހެންނެވެ.
ގަޑިން 10 ޖެހީއެވެ. ރިޒާ އާއި ނިޔާޒް އާއި ނައިރާ ތިބީ ފުރަން ރެޑީ ގައެވެ. ނަމަވެސް އަދިވެސް އަޔާޒް ކޮޓަރިން ނުނިކުންނާތީ އެ ތިބެވެނީ ނުދެވި ފައެވެ.” އަޔާޒޫ ތި އަވަސް ކޮއްބަލަ ” ނިޔާޒް އަޑު ނެތް ތަނަށް ގޮވައިލިއެވެ.” ސާބަސް މި އަންނަނީ އޭ ” އަޔާޒް ފޮށި ހިފައިގެން ކޮޓަރިން ނިކުންނަމުން ބުނެލިއެވެ.” ރިޒް މެން ދާނީ މިދާ ގޮތަށް ހަނީ މޫން އަށް ދޯ ” ނައިރާ ރިޒާ ގާތު އަހަލުމުން ރިޒާ ބުނެލިއެވެ.” ހޫމް….. ނައި ދަނީ ކޮންތާކަށް ” ރިޒާ ނައިރާ ގާތު އަހާލުމުން ނައިރާ ބުނެލިއެވެ.” މާލޭގަ ހުންނާނެ ބައްޕަ ގެ ގެއެއް އެ ގެއަށް… ދެން މި ހަފްތާ ނިމުމުން މިޝް އާއި ދޮންބެ ވެސް އަންނާނެ ” ނައިރާ އެހެން ބުނުމުން ރިޒާ ބުނެލިއެވެ.” މިޝް މެން އުޅޭނީ ދެން މާލޭގަތަ…. ދެން މިގެއޯ ” ރިޒާ އެހެން ބުނުމުން ނައިރާ ބުނެލިއެވެ.” މީގެ ރެނޮވޭޓް ކުރަނީ…. މީ ނަވާން ގެ ގެ ” ނައިރާ އެހެން ބުނުމުން ރިޒާ އޯހް އޭ ބުނެލިއެވެ. އަދި ގެއިން ނިކުތެވެ. އެންމެން ނިކުތުމުން ނައިރާ ގޭގައި ތަޅުލިއެވެ. އަދި ތަޅުދަނޑި ފަތި ހޭންޑް ބޭގް އަށް ލުމަށްފަހު ޖެޓީ އާއި ދިމާއަށް ހިނގައި ގަތެވެ. 4 މީހުން އެކި ވާހަކައިގައި ތިބެ ގޮސް ލޯންޗް އަށް އެރިއެވެ. އެއާއެކު ލޯންޗު މޫދުގެ ލޮނުގަނޑު ކަފަމުން މާލެ އާއި ދިމާއަށް މިސްރާބު ޖެހިއެވެ.
15 މިނެޓް ތެރެއިން މާލެ އާދެވުމާއެކު ނައިރާ މެން ލޯންޗުން ފޭބިއެވެ. ޓެކްސީ އެއް ހޯދުމަށް ފަހު ރިޒާ އާއި ނިޔާޒް ގެ މަންޒިލަކަށް ވީ އެޔާ ޕޯރޓް އެވެ. އަޔާޒް ގެއަށް ދިޔުމުގެ ކުރިން ނައިރާ ކައިރީ އަށް ދިޔައެވެ. ” ނައި…. ނައިގެ އެޑްރެސް ބުނެބަލަ” އަޔާޒް މިހެން އެހުމުން ނައިރާ ހީލުމަށްފަހު ބުނެލިއެވެ. ހެންވޭރަށް އާދެ އޭރުން ދިމާވާނެ ” ނައިރާ މިހެން ބުނުމަށް ފަހު ކާރަށް އެރިއެވެ. އަދި ޑުރައިވަރު ކައިރީ ހ. ބްލޫ ލައިޓް (ހިޔާލީ ނަމެއް) އަށް ދިޔުމަށް ބުނެލިއެވެ. ޑުރައިވަރު ކާރު ދުއްވާލުމާއެކު ނައިރާ ފަހަތަށް އެނބުރި ބަލާލިއެވެ. އެއިރުވެސް އަޔާޒް އެ ހުރީ ފިޔަވަޅު މަތީގަ ހުރި ތަން ފެނުމުން ނައިރާ ހީލިއެވެ.
ނައިރާ އެރި ކާރު ލޮލު ކޮޅަށް އޮބާލާ ދިޔުމުން އަޔާޒް އޭނާގެ ކާރަށް އެރިއެވެ. އަދި ފެރީ ޓާމިނަލް އަށް ދިޔުމަށް ބުނެލިއެވެ. ކާރު އައިސް ފެރީ ޓާމިނަލް ކައިރީ ހުއްޓެމުން އަޔާޒް ޓިކެޓް އެއް ނެގި އެވެ. އަދި ފެރީ އަށް އެރިއެވެ. އާމުކޮށް އަޔާޒް ހުޅުމާލެ ދާނަމަ ދާނީ ލޯންޗް އަކާއެވެ. ނަމަވެސް މިފަހަރު ކުޑަކޮށް ތަފާތު ކޮއްލަން ވެގެން އަޔާޒް ނިންމީ ފެރީއާއި ދާން ށެވެ.
1 ގަޑީރު ގެ ދިގު ދަތުރަކަށްފަހު އަޔާޒް އަށް ހުޅުމާލެ ބިމުގައި ފައި ޖައްސާލެވުނެވެ. އަޔާޒް ހުރީ އިންތިހާއަށް ވަރުބަލި ވެފައެވެ. އެހެން ކަމުން އަވަހަށް ކާރެއް ހޯދުމަށް ފަހު ގެއަށް ދާން އަވަސް ވެއަތުވެ. ނަސީބަކުން އަވަހަށް ކާރެއް ލިބުނެވެ. އެހެން ކަމުން އަޔާޒް ލަސްކުރުމެއް ނެތި ކާރަށް އެރުމަށްފަހު ދާން ވީ އެޑްރެސް ބުނެލިއެވެ. އަނެއްކާވެސް 15 މިނެޓު ގެ އެއްގަމު ދަތުރަކަށްފަހު ފަހު އަޔާޒް އަށް ގެއަށް އާދެވުނެވެ. އަޔާޒް ޑްރައިވަރަށް އަވަހަށް ރުފިޔާ ދިނުމަށްފަހު ގެއަށް ވަނެވެ. އަދި ގޮސް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތެވެ.
ނައިރާ ކާރު ފޭބުމަށްފަހު ޑުރައިވަރަށް ރުފިޔާ ދިނެވެ. އަދި ކުރިމަތީގައި ހުރި ގެއަށް ބަލައިލިއެވެ. އެއީ ހަމަ އެގެއެވެ. ތަފާތަކީ މިހާރު ގެ ޒަމާނީ ފެންވަރަށް ހަދާފައި ހުރި ކަމެވެ. ނައިރާ ފާރުގައި ހަރުކޮށްފައިވާ ކަޅުކުލައިގެ ބޯޑު ގައި ރަންކުލައިގެ ލޯރީ ފޮންޓް އިން ލިޔެފައިވާ ބްލޫ ލައިޓް އަށް ބަލައިލިއެވެ. އަދި ފުންނޭވައެއް ދޫކޮލުމަށްފަހު ގޭޓް ކައިރީ ހުރި ފާރު ވެރިޔާ ކައިރީ ގޭޓް ހުޅުވަލުމަށް އެދުނެވެ. އެ މީހާ ހިނިތުން ވުމަކާއެކު ނައިރާ އަށް ގޭޓް ހުޅުވައި ދިނެވެ. އަދި ނައިރާ ގެ ލަގެޖް އެތެރެއަށް ވައްދައި ދިނުމަށް އެހީތެރި ވެދިނެވެ. ނައިރާ ގެއަށް ވަތް އިރު ދެ އަންހެން ކުދިން އަދަބުވެރި ކަމާއެކު ތިއްބެވެ. ނައިރާ އެ ދެ އަންހެން ކުދިންނަށް ފަރުވާތެރި ކަމާއެކު ބަލައިލިއެވެ. ލައިގެން އިނީ ކަޅުކުލައިގެ ގަމީސް އަކާއި ކަޅުކުލައިގެ ސްކްނީ އެކެވެ. ދެމީހުންގެ ގަމީހުގެ އެއްފަރާތުގައި ބްލޫ ލައިޓް ޖަހާފައި އިނެވެ. ގަމީހުގެ މަތިން ހުދު ކުލައިގެ އޭޕްރޯ އެއް އަޅާފައި ހުރިއިރު ދެމީހުންގެ އިސްތަށިގަނޑު ވެސް ވަނީ ހުޅިއެއް ޖަހާފައެވެ. ނަމަވެސް ދެމީހުންގެ އިސްތަށިގަނޑު ތަފާތެވެ. އެކަކު އިސްތަށިގަނޑު ރަން ކުލައަކަށް ވާއިރު އަނެކަކުގެ އިސްތަށިގަނޑު ގެ ކުލައަކީ ލައިޓް ބްރައުން ކުލައެވެ. އެހެން ކަމުން އެއީ ރާއްޖޭގެ ދެމީހުންނެ ނޫންކަން ނައިރާ އަށް އެނގުނެވެ. ” ހާއި” ނައިރާ އެ ދެ އަންހެން ކުދިން ކައިރީ ހުއްޓެމުން ބުނެލިއެވެ. ” ހާއި މޭމް” ދެމީހުން އެއްފަހަރާ އެހެން ބުނުމުން ނައިރާ ކުޑަކޮށް ހިނި އަންނަ ގޮތް ވިއެވެ. ” މޭމް….. މޭމް ތީ ނާއިޒް ސަރް ގެ ކޮއްކޮ ތޯ” އެތަނުން އެއް ކުއްޖަކު އެހެން ބުނުމުން ނައިރާ ކުޑަކޮށް ހައިރާން ވިއެވެ. ” ހޫމް” ނައިރާ އެހެން ބުނުމުން އަނެއް އަންހެން ކުއްޖާ ބުނެލިއެވެ. ” މޭމް އަޅުގަނޑު މީ މިގޭ ކުކް ޖެނާ” ޖެނާ އެހެން ބުނުމުން ނައިރާ ހިނިތުން ވެލި އެވެ. އަނެއް އަންހެން ކުއްޖާ ވެސް ތައާރަފް ވެލިއެވެ. ” މޭމް އަޅުގަނޑު މީ މިގޭ ސާފުކޮށް ބަގީޗާ ބަލަހައްޓާ މީހާ… މައި ނޭމް އިސް ލީނާ” ލީނާ ވެސް ތައާރަފް ވެވުމުން ނައިރާ ވެސް ތައާރަފް ވެލިއެވެ. ” ނައިސް ޓު މީޓް ޔޫ ޖެނާ އެންޑް ލީނާ އަހަރެންނަށް ކިޔަނީ ނައިރާ” ނައިރާ އެކުވެރި ގޮތަކަށް ތަޢާރަފް ވެވުމުން ލީނާ ނައިރާ އަށް ހާއްސަ ކޮށްފައިވާ ކޮޓަރި ދައްކަން ދިޔައެވެ. ޖެނާ ނައިރާ ކައިރީ ކާން ބޭނުން ވާ އެއްޗެހިން އަހަމުން ދިޔައެވެ. ލީނާ ނައިރާ ހިފައިގެން ދިޔައީ ގޭގެ ދެވަނަ ބަޔަށް ށެވެ. ދެވަނަ ބަޔަށް ގޮސް ތިންވަނައަށް ހުރި ދޮރު ހުޅުވާލަމުން އެތެރެއަށް ވަނުމަށް ބުނެލިއެވެ. އެ ކޮޓަރީގައި ވަނީ ކްރީމް ކުލަ ލެވިފައެވެ. ހުރިހާ ފަރުނީޗަރު ތައް ވެސް ހުރީ ކްރީމް ކުލައަށް ށެވެ. ކޮޓަރީ މެދުގައި ކިންގް ސައިޒުގެ އެނދެއް ވާއިރު އެއްފަރާތެއްގަ ބޮޑު ކްލޯސެޓް އެއް ހުއްޓެވެ. އަނެއްފަރާތުގައި ބެލްކަނި ހުރިއިރު އެއްފަރާތެއްގަ ސޯފާ އެއް ހުއްޓެވެ. ” މޭމް ކާން ބޭނުން ވަނީ ކޯޗެއް” ޖެނާ މިހެން އަހާލުމުން ނައިރާ ވިސްނާލިއެވެ. އަދި ބުނެލިއެވެ. ” ނޫޑުލިސް ދެން ޑްރިކް އަކަށް ކޯކް” ނައިރާ މިހެން ބުނުމުން ޖެނާ އެންމެ ރަނގަޅު ކަމަށް ބުނެފައި ކޮޓަރިން ނިކުމެގެން ދިޔައެވެ. ނައިރާ ވެސް ފޮށި ހުޅުވަލުމަށް ފަހު އޭގެން ކަޅުކުލައިގެ ބޮޑު ހަރުވާޅަކާއި ހުދު ކުލައިގެ ޓީށާޓް އެއް ހިފައިގެން ފާހާނާއަށް ވަނެވެ. ތާޒާ ވެލައިގެ ނައިރާ ފާހާނާއިން ނުކުތުމަށް ފަހު ހެޔާޑްރަޔަރް އިން އިސްތަށިގަނޑު ހިއްކަން ފެށިއެވެ. އިސްތަށިގަނޑު ހިއްކަން އިނދާ ޖެނާ ކޮޓަރީގައި ޓަކި ޖަހާލުމަށްފަހު ކާން އަންނަން ބުނުމުން ނައިރާ ހެޔާޑްރަޔަރް ބޭއްވުމަށް ފަހު އިސްތަށިގަނޑު އައްސާލިއެވެ. އަދި ކޮޓަރިން ނިކުމެގެން ތިރީ ބަޔައް ފޭބިއެވެ. ނައިރާ ގޮސް ކާގެ އަށް ވަތް އިރު މުޅި ކާގޭ ގައި ވަނީ ނޫޑުލިސް ގެ ވަސް ހިފާފައެވެ. އެހެން ކަމުން ނައިރާ އިތުރަށް ބަނޑުހައި ވިއެވެ. ލަސްކުރުމެއް ނެތި ނައިރާ ކާން ފެށި އެވެ.
ކައި ނިމުނު އިރު ނައިރާ ގެ ބަންޑު ވަނީ ފުރިފައެވެ. ” ޖެނާ އައި ލަވް ދި ނޫޑަލްސް…. ވަރަށް މީރު” ނައިރާ ޖެނާ އަށް ތަޢުރީފު ކުރަމުން ބަދިގެއަށް ތަށިދޮންނަން ދިޔައެވެ. ” މޭމް އަހަރެން ތަށިދޮވެފާނަން މޭމް ދޭ އަރާމު ކޮއްލަން” ޖެނާ މިހެން ބުނުމުން ނައިރާ ބުނެލިއެވެ. ” ނޯ އަހަރެން ތަށި ދޮންނާނީ” ނައިރާ މިހެން ބުނުމުން ޖެނާ އެންމެ ރަނގަޅު ކަމަށް ބުނެލިއެވެ. ނައިރާ ތަށިދޮވެ ނިމުމަށްފަހު ކޮޓަރިއަށް ގޮސް އެނދުގައި އޮށޯވެ ލިއެވެ. އަދި ފޯނު ނެގުމަށްފަހު އިންސްޓާގްރާމް އަށް ވަނެވެ. އެއިރު އަޔާޒް އިނީ އޮން ގަ އެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

