——-4 އަހަރު ފަސް———
ހަވީރުގެ ވަގުތު ކަމުން ނައިރާ ރީތި ވަމުން ދިޔައީ ބޭރަށް ނިކުމެ ލުމަށް ށެވެ. ފްލޯރިޝް ޑިޒައިން ކޮށްފައިވާ ފަލަމަސް ގަނޑާ ހަމައަށް ދާ ހެދުމެއް ލާފައި ހުރިއިރު ތިރީން ވަނީ ކަޅުކުލައިގެ ސްކްނީ އެއް ލާފައެވެ. އިސްތަށިގަނޑު އެއްކޮށް ވިއްސާލަފަ ވާއިރު ތުންފަތުގައި ވަނީ މަޑު ފިޔާތޮށި ކުލައެއް ޖައްސާފައެވެ. ނައިރާ ރީތިވެ ނިމުމުން ކޮޓަރިން ނިކުތެވެ. އެއިރު މިޝްހާ އާއި ރިޒާ ތިރީގައި ތިއްބެވެ. ” ލެޓްސް ގޯ” ނައިރާ އެހެން ބުނުމުން މިޝްހާ އާއި ރިޒާ ނައިރާ ގެ އަތުގައި ހިފައިގެން ނިކުތެވެ. 3 މީހުންގެ މަންޒިލަކަށް ވީ ރަސްރަނި ބަގީޗާ އެވެ.
ބަގީޗާ އަށް ދެވުމުން ވާޅު ފިލުވައި ލުމަށްޓަކައި ބެންޗެއްގައި އިށީންނިއެވެ. އެއިރުވެސް 3 މީހުންގެ މެދުގައި އެކި އެކި ވާހަކަ ދެކެވެމުން ދިޔައެވެ. ގިނައިން ދެކެވެމުން ދިޔައީ ނިޔާޒް ނާއިޒް އަޔާޒް އަދި ނަވާން ގެ ވާހަކައެވެ. އަޔާޒް ގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ނައިރާ ދެރަވެ އެވެ. މިހާރު 4 އަހަރު ވަނީއެވެ. ނަމަވެސް އަޔާޒް ގެ އެއްވެސް ހަބަރެއް ނުވެއެވެ. އަދިވެސް އެ މެސެޖް ސީން އެއް ނުކުރެއެވެ. އެހެން ކަމުން ނައިރާ ވަރަށް ދެރަ ވެއެވެ. ނަމަވެސް މޫނު މައްޗަކުން ނުދައްކައެވެ. އިރުއޮއްސެން ގާތް ވުމުން ނައިރާ އާއި ރިޒާ އާއި މިޝްހާ ގެއަށް ދާން މިސްރާބު ޖެހިއެވެ. ބްލޫ ލައިޓް އާއި ހަމައަށް އާދެވުނު އިރު ނައިރާ އާއި ރިޒާ އާއި މިޝްހާ ގެ ފައި ވަނީ ވާޅުވެފައެވެ. އެހެން ކަމުން 3 މީހުން އަވަހަށް ގޭތެރެއަށް ވަނެވެ. ގޭތެރޭގައި ވަނީ އަނދިރި ކަމެވެ. އޭގެ ސަބަބުން އެއްވެސް ތަނެއް ފެންނަ ގޮތެއް ނުވިއެވެ. ” ޖެނާ…. ލީނާ” ނައިރާ ޖެނާ އާއި ލީނާ އަށް ގޮވައިލިއެވެ. ނަމަވެސް އެދެމީހުންގެ ހިލަމެއް ނުވިތާ ޖަވާބު ވެސް ނުދިނެވެ. ” ގާއިޒް އައި ޑޯންޓް ތިންކް-” ނައިރާ މިޝްހާ އާއި ރިޒާ އާ މުހާތަބު ކޮށް ވާހަކަ ދައްކަމުން ފަހަތަށް އެނބުރި ލިއެވެ. ނަމަވެސް އެދެމީހުނެއް ނެތެވެ. ” ގާއިޒް………. މަޖަލެއް ނުވޭ އިނގޭ” ނައިރާ މިހެން ބުނަމުން ވަށައި ބަލައިލިއެވެ. ކުއްލިއަށް ގޭގެ ބަގީޗާ ފަރާތުން މިޝްހާ ގެ އަޑު އިވުނެވެ. ” ނައީ” އެހެން ކަމުން ނައިރާ އަވަހަށް އެ ފަރާތަށް ދިޔައެވެ. ބަގީޗާ ތެރޭގައިވެސް ވަނީ އަނދިރި ކަމެވެ. ނައިރާ ބަގީޗާ ގެ މެދާ ހަމައަށް ދެވުނު ތަނާހެން ކުއްލިއަކަށް ބޮކިތައް ދިއްލުނެވެ. އެހެން ކަމުން ނައިރާ ސިހިފައި ފަހަތަށް އެނބުރި ބަލައިލިއެވެ. “ނައި” ދެން އިވުނު އަޑާ އެކު ނައިރާގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލަ އެވެ. އެއީ ހަމަ އެ އަޑެވެ. އެއްވެސް ބަދަލެއް ނާދެއެވެ. ދެވަނަ ފަހަރަށް އެ އަޑު ޖެހުމާއެކު ނައިރާ ފަހަތަށް އެނބުރި ބަލައިލިއެވެ. އެއީ ނައިރާ ގެ ހިތުގަ ރަސްކަން ކުރަމުން ދާ ރާޖާ އެވެ. އާންއެކެވެ. އެއީ އަޔާޒް އެވެ. އަޔާޒް ހުރީ ކަޅުކުލައިގެ ކޯޓު ފަޓުލޫނު ގައެވެ. އެހެން ކަމުން ސަހްސިއްޔަތު ވަރުގަދަ ކަން ދައްކަމުން ދިޔައެވެ. އަޔާޒް ފެނުމުން ނައިރާ ފެންކަޅި ވިއެވެ. އަޔާޒް އެއްފައި މައްޗަށް ތިރިވެލި އެވެ. ” ނައި ޓު ނައިޓް ވިލް ޔޫ މޭކް މީ ތި ހެޕިއެސްޓް ޕާސަން ބައި އެކްސެޕްޓިން މީ….. ނައިރާ ސަޢީދު ވިލް ޔޫ މެރީ މީ” އަޔާޒް އެހެން ބުނުމާއެކު ނައިރާ މަޑުމަޑު އަޔާޒް ކައިރިއަށް އައެވެ. އަދި އަޔާޒް އާއި އެއްވަރަށް ތިރިވެލިއެވެ. އެއަށްފަހު އަޔާޒް ނައިރާ އާއި ދިމާއަށް ދިއްކޮއްފައިވާ އަތުގައި ނައިރާ ގެ އަތް ބާއްވާލިއެވެ. އެއާއެކު އަޔާޒް ޖީބު ތެރެއިން ޑައިމަޑް ރިންގް އެއް ނެގިއެވެ. އަދި ނައިރާ ގެ ކަށި އިނގިލީ ގައި އަޅުވާލިއެވެ. އެއާއެކު ނައިރާ އަށް އުފަލުން ރޮވުނެވެ. ” ސްވީޓްހާޓް ކީއްވެ ތި ރޮނީ” ނައިރާ ރޯން ފެށުމުން އަޔާޒް ކަންބޮޑުވިއެވެ. އަދި ނައިރާ ގެ ހަށިގަނޑުގަ ބާއްދާލިއެވެ. އެހެން އިރުކޮޅެއް ވަންދެން ތިބުމަށް ފަހު އަޔާޒް ކޮޅަށް ތެދުވިއެވެ. އަދި ނައިރާ ވެސް ކޮޅަށް ނެގިއެވެ. އަޔާޒް މަޑުމަޑުން ނައިރާގެ އަތުގައި ހިފާ ލިއެވެ. އަދި އެތެރެއަށް ވަންނަން ދިޔައެވެ.
” ހެއި ގާއިޒް ” އަޔާޒް ގޭތެރެއަށް ވަންނަމުން ސިޓިން ރޫމް ގައި ތިބި އެންމެންނަށް ގޮވައިލިއެވެ.” ތި ދެމީހުން މިހާރު އޯކޭ ދޯ ” ނިޔާޒް އެހެން ބުނުމުން އަޔާޒް ބޯޖަހާލިއެވެ.” އަޒްހާ ” ސޯފާގައި އިށީންދެގެން އިން އަޒްހާ ފެނި ނައިރާ އަށް ބުނެވުނެވެ. ވާތުން އަޔާޒް ގެ އަތުން ނައިރާ އަތް ނައްޓުވާލަމުން ގޮސް އަޒްހާ ގައި ކުޑަކޮށް ބައްދައި ލިއެވެ.” އައި މިސްޑް ޔޫ ސޯ މަޗް…. ކޮން އިރަކު އައީ ” ނައިރާ މިހެން އަހާލުމުން އަޒްހާ ބުނެލިއެވެ.” ކުރިން ދުވަހަކު އައީ އޭރު މި ކުޑޭ އުޅުނީ ނައި ދައްތަ.. އުޕްސް ސޮރީ ކުޑާއްތަ އަށް ޕްރޮޕޯޒް ކުރަން ވެގެން ޕްލޭން ހަދާ ދެން އަހަރެން މަޑުކޮށްލީ ކުޑާއްތަ އަށް ސަޕްރައިޒް އެއް ދޭން ވެގެން ” އަޒްހާ ކުޑަކޮށް ކިޔައިދިނުމުން ނައިރާ އެހެން ދޯ އޭ ބުނެލިއެވެ. ތެދަށް ބުނާނަމަ އަޒްހާ ނައިރާ އާއި ދިމާއަށް ކުޑާއްތަ އޭ ބުނުމުން ނައިރާ ހުރީ ލަދުގަނެ ފައެވެ. ނަމަވެސް އެކަން މޫނުމަތިނެ ނުދައްކައެވެ.
” ސަޕްރައިޒް ” ކުއްލިއަކަށް ގޭ ދޮރު ހުޅުވާފައި އެތެރަށް ވަތްމީހާ ފެނި އެންމެން ދިޔައީ ސިއްސައިގެންނެވެ. އިރުކޮޅެއް ވަންދެން ކުޑަކުޑަ ސޮކަކު ތިބުމަށް ފަހު އެންމެ ފުރަތަމަ ވެސް ދުއްވައިގަތީ ނައިރާ އެވެ.” ނަވާން އައި މިސްޑް ޔޫ ސޯ މަޗް ” ނައިރާ ނަވާން ގެ ގައިގާ ކުޑަކޮށް ބައްދާލަމުން ބުނެލިއެވެ.” އައި މިސްޑް ޔޫ ޓޫ ދޮންތާ ” ނަވާން އެހެން ބުނުމަށް ފަހު ސޯފާ ކައިރީ ކޮޅަށް ހުރި ނާއިޒް އާއި ދިމާއަށް ދިޔައެވެ.” ދޮންބޭ އެއްޗެކޭ ނުބުނާން ތަ ” ނަވާން އެހެން ބުނުމުން ނާއިޒް ހީލިއެވެ އަދި ބުނެލިއެވެ.” ވެލްކަމްބެކް ބްރޯ ” ނާއިޒް އެހެން ބުނުމުން ނަވާން ހީލިއެވެ. އަދި މިޝްހާ އާއި ދިމާއަށް އެނބުރުނެވެ.” ދޮންބެ ދައްތާ އާއި މިސްޑް ޔޫ ސޯ މަޗް ” ނަވާން އެހެން ބުނުމުން މިޝްހާ ވެސް ބުނެލިއެވެ.” އައި މިސްޑް ޔޫ މޯރް ” މިޝްހާ އެހެން ބުނުމުން ނަވާން ހިނިގަނޑެއް ޖަހާލިއެވެ.” އަޔާޒް… ނިޔާޒް ތި ދެމީހުން ވެސް އެބަ ތިބީން ” ނަވާން ސޯފާ އިން އަޔާޒް އަށް ށާއި ނިޔާޒް އަށް ބަލައިލަމުން ބުނެލިއެވެ.” ހޫމް އަހަރެންވެސް ތިބޭނެ ތާ ” ނިޔާޒް މިހެން ބުނުމުން ނަވާން ބުނެލިއެވެ.” މިސް ޔޫ ގާއިޒް ޓޫ ”
އަޒްހާ ހުރީ އަދިވެސް ސޮކެއް ގައެވެ. ކުއްލިއަކަށް ނަވާން އައުމުން އަޒްހާ ހުރީ ގަނޑުވެފަ ކަހަލައެވެ. ނަވާން ގެ އެ ފިރިހެންވަންތަ ކަމަށް އަދިވެސް ބަދަލެއް ނާދޭ ތާއޭ އަޒްހާ ގެ ހިތަށް އެރިއެވެ. ނަވާން ކުރިއަށްވުރެ ދިގެވެ. ބައިމަތި ފުޅާ ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ އިރު އަތުގެ މަސަލްސް ތަށް ވަނީ ލައިގެ ހުރި ޓީށާޓު ގައި ހިފާފައެވެ. ކަޅުކުލައިގެ ޖިންސް އަކާއި މަތިން ކަޅުލައި ގެ ޓީށާޓެ ލާފައި ވާއިރު ކޮނޑު މަތީގައި ކަޅުކުލައިގެ ޑެނިމް ޖެކެޓް އެއް އޮތެވެ. ތުނބުޅި ކުޑަކޮށް ތުނިކޮށްފަ ހުރި އިރު ނަވާން ގެ ރީތިކަން އިންތިހާއަށް އެވެ. އަންހެން ކުދިން މޮޔަ ކޮއްލާ ވަރަށް ނަވާން ރީއްޗެވެ. އަޒްހާ އަށް ހުރެވުނީ ކަޅި ޖަހާނުލާ ނަވާން އަށް ބަލައިގެންނެވެ. 4 އަހަރު ވަންދެން އޭނާގެ ހިތުގައި ބިންވަޅު ނެގިފަ ވާ ސޫރަ ފެނުމުން އަޒްހާ އަށް ނުބަލާ ނުހުރެވުނީއެވެ. ނަވާން ނައިރާ އާއެކު ސަކަރާތް ޖަހަމުން ދިޔަތަން ފެނި އަޒްހާ ގެ ހިތް އެއްކޮށް ވިރިގެން ދިޔަ ކަހަލަ އެވެ. އެހެން ކަމުން އިތުރަށް ނަވާން އަށް ބެލި ދާނެތީ އަޒްހާ އިސްޖަހާލިއެވެ.
ނަވާން ނައިރާ އާއެކު ސަކަރާތް ޖަހަން އިނދާ އެއްލި ކަޅިއަކުން ސޯފާގައި އިސްޖަހައިގެން އިން އަޒްހާ ފެނުނެވެ. އަޒްހާ އިނީ ހުދުކުލައިގެ ސްކިނީ އަކާއި ކްރީމް ފިންކް ކުލައިގެ މަތިކޮޅެއް ލައިގެންނެވެ. ކުރިއާއި ހިލާފަށް މިހާރު އަޒްހާ ގެ އިސްތަށިގަނޑު ގެ ކުލަ އަކީ ލައިޓް ބްރައުން ކުލައެވެ. އަޒްހާ އެހާ ދިގު ނޫނަސް އެހާ ކުރެވެސް ނޫނެވެ. އަޒްހާ ރޫޅާފަތި ކަމާއި އަންހެންވަންތަ ކަން ފެނި ނަވާން އަށް ހިތުގެ އެންމެ ފުންމިނުން އަޒްހާ އަށް ތަޢުރީފު ކޮއްލެވުނެވެ. އިސްޖަހައިގެން އިނުމުން އަޒްހާ ގެ މޫނު ފެންނަ ގޮތެއް ނުވިއެވެ. އެހެން ކަމުން ނަވާން އަޒްހާ އަށް ގޮވައިލިއެވެ. ” އަޒްހާ” ނަވާން އަޒްހާ އަށް ގޮވައިލުމާއެކު އަޒްހާ ސިހިފައި އިސްނެގިއެވެ. އަޒްހާ ގެ ކުޑަކުޑަ މޫނު ފެނުމާ އެކު ނަވާން ގެ ހިތް ލޯބިން ފުރުން ކަހަލައެވެ. ދެކޮލަށް ޖަންބު ކުލަ އަރާފައިވާ އިރު އަޒްހާ ވަރަށް ކިޔުޓް އެވެ. ” ދޮ… ދޮންބޭ އަ.. އަހަރެން ދަނީ އި..އިނގޭ” އަޒްހާ މިހެން ބުނުމަށް ފަހު ގެއިން ނިކުމެގެން ދިޔައެވެ. މިތަން ފެނި ނަވާން ކުޑަކޮށް ހިނިއައެވެ. އަޒްހާ އަށް ވީގޮތް އެންމެނަށް ވެސް ނަގައިގަނެވުނު ކަހަލައެވެ. އެންމެން ލާނެތް ހިނިތުވުމަކާއެކު ނަވާން އަށް ބަލައިގެން އިނުމުން ނަވާން އިތުރަށް ހިނިއަންނަ ގޮތް ވިއެވެ. އެހެން ކަމުން ނަވާން ސޯފާ އިން ތެދުވުމަށް ފަހު އަޒްހާ ގެ ފުލުން ދިޔައެވެ. ނަވާން ބޭރަށް ނިކުތް އިރު އަޒްހާ މަގަށް ނިކުންނަނީ އެވެ. އެހެން ކަމުން ނަވާން ދުވެފައި ގޮސް އަޒްހާ އައީ އެއްވަރުކުރިއެވެ. ” އަޒްހާ” ނަވާން އަޒްހާ އަށް ގޮވައި ލުމާއެކު އަޒްހާ ހިނގުން ބާރުކޮއްލިއެވެ. ” އަޒްހާ ވެއިޓް” ނަވާން އަޒްހާ ގެ އަތުގައި ހިފަމުން ބުނެލިއެވެ. އަދި އަޒްހާ ގެ ކުރިމައްޗަށް ވާގޮތަށް ހުއްޓުނެވެ. ” އަޒްހާ އަށް މަ ފެންނަނީ ބިރުވެރި އެއްޗެއް ގެ ސިފައިގަ ތަ މަ ފެންނަ އިރަށް ބިރުން ތި ދަނީ” ނަވާން ހިނިގަނޑެއް ޖަހާލަމުން މިހެން ބުނުމުން އަޒްހާ އިތުރަށް ލަދުގަތެވެ. އެހެން ކަމުން ނަވާން ގެ އަތްދަށު ސަލާމަތް ވެވޭ ތޯ އަޒްހާ މަސައްކަތް ކުރިއެވެ. ނަމަވެސް ނަވާން މާކު ވަރުގަދަ އެވެ. ” ނަވާން… ލެޓް ގޯ އޮފް މީ” އަޒްހާ ކުރަކިވެފައި ވާ އަޑު އިވުމުން ނަވާން ހައިރާ ވިއެވެ. އަޒްހާ އިސްޖަހައިގެ ހުރުމުން ނަވާން އަށް އަޒްހާ ގެ މޫނު ފެންނަ ގޮތެއް ނުވިއެވެ. އެހެން ކަމުން ނަވާން އަޒްހާ ދަތްދޮޅީގައި ހިފާ ހިއްލާލި އެވެ. އަޒްހާ ގެ ދެލޯ ވަނީ ކަރަނުން ފުރިފައެވެ. ” އަޒްހާ ކީއްވެ ތި ރޮނީ” ނަވާން ހައިރާން ކަމާއެކު އަހާލިއެވެ. ނަމަވެސް އަޒްހާ ޖަވާބެއް ނުދިނެވެ. ނަވާން އަނެއްކާވެސް އަހާލިއެވެ. ނަމަވެސް މިފަހަރު އަހާލި ތަންކޮޅެއް ބާރަށް ށެވެ. ” އަޒްހާ ކީއްވެހޭ ތި ރޮނީ…. އަޒްހާ އަށް މީހަކު ކަމެއް ކުރީތަ” ނަވާން ސުވާލު ކުރުމުން އެންމެ ފަހު އަޒްހާ ވާހަކަ ދެއްކިއެވެ. ” އާނ އަހަންނަށް މީހަކު ކަމެއް ކުރީ… އެނގޭތަ ކާކުކަން އެއީ…. އިޓްސް ޔޫ ނަވާން…. ނަވާން އަހަރެންނަށް ނޭނގި އަހަރެން އަތު އަހަރެންގެ ހިތް ޖަހައިގަތީ….. މީގެ 4 އަހަރު ކުރިން އަހަރެން ނަވާން ދެކެ ލޯބި ވާ ވާހަކަ ބުނީމެއްނު…… ޖަސްޓް ފޮގެޓް އިޓް ޔޫ ޕްރޮބެބެލީ ވޯންޓް ރިމެމްބާ ” އަޒްހާ އެހެން ބުނަމުން ނަވާން ގެ އަތު ނެއްޓުވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ކުއްލިއަކަށް ނަވާން އަޒްހާ ގެ އަތުގައި ހިފާ ލުއިކެއް ޖެހުމުން އަޒްހާ އައިސް ނަވާން ގެ ތަނަވަސް މޭމަތީގައި ޖެހުނެވެ. އެއާއެކު ނަވާން އަޒްހާ ގެ މެދުހަށީގައި އަތްވަށާލިއެވެ. އަދި އަޒްހާ އަށް ދުރަށް ނުދެވޭނެހެން އިތުރަށް ކައިރި ކޮއްލީއެވެ. ” ހަނދާން އެބަހުރި….އައި ރިމެމްބާ” ނަވާން މިހެން ބުނުމުން އަޒްހާ ބުނެލިއެވެ. ” ކީއްވެ….. ވައި… ވައި ޑޫ ޔޫ ރިމެމްބާ” އަޒްހާ ގެ މި ސުވާލާ އެކު ނަވާން ފުންނޭވައެއް ދޫކޮށްލިއެވެ. އަދި ބުނެލިއެވެ. “ކަޒް އައި ލަވް ޔޫ” ނަވާން މިހެން ބުނުމުން އަޒްހާ އަށް ލިބުނީ ވަރުގަދަ ސޮކް އެކެވެ. ” ވަޓް” އަޒްހާ އަށް ބުނެވުނީ ހަމައެކަނި އެހެންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

