އާހިލް އަވަސް އަވަހަށް ގޮސް ބަދިގެއަށް ވެދެފައި ބޮޑު ތައްޓަކަށް ހޫނު ފެން އެއްޗެއް އޮއްސައިލިއެވެ. އެއަށްފަހު އެ ފެން އެތި ހިފައިގެން ގޮސް ހަމްޝާ ގެ ކޮޓަރިއަށް ވަދެފައި އެތާންގައި އޮތް ކުޑަ ތުވާލިކޮޅު އެ ހޫނުފެން އެއްޗައް ލުމަށްފަހު ނަގާ ހަމްޝާ ގެ ނިއްކުރި މަތީ ގައި އަޅައިލިއެވެ. އެއަށްފަހު ހަމްޝާ ގެ މޫނުގައި އެ ފޮތި ކޮޅު ހާކަން ފެށިއެވެ.
ޒޯޔާ އައިސް ހަމްޝާ މެން ގެއަށް ވަދެފައި ހަމްޝާ ގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. އެއިރު އެ ކޮޓަރީގެ ދޮރު ހުޅުވައިފައި ހުރުމުން ބާރަށް ގޮސް އެ ކޮޓަރިއަށް ވަނެވެ. “ހަމްޝާ!!!” ޒޯޔާ އެ ކޮޓަރިއަށް ވަންނަމުން ހަމްޝާ އަށް ގޮވައިލިއެވެ. އެއިރު އެތާންގައި ހުރި އާހިލް ފެނި ޒޯޔާ ރުޅިއައެވެ. “އާހިލް؟ ކަލޭ މިތާ ކީއްތިކުރަނީ ތީ ކޮން ހޫނު ފެން އެއްޗެއް ކައިރީގަ… އާރ ޔޫ ޓަރައިން ޓު ބާރން ހާރ” ޒޯޔާ އާހިލްގެ ޓީޝާޓުގައި ހިފާފައި ބުނެލިއެވެ. “ޒޯޔާ ވީ ޑޯންޓް ހޭވް މަޗް ޓައިމް…. ހަމްޝާ މައިޓް ފްރީޒް ޓު ޑެތް…. ދޫ ކުރޭ” ޒޯޔާގެ އަތް ފޮޅައިލައިފައި އާހިލް ހޫނު ފެން އެއްޗައް އެ ތުވާލިކޮޅު ލުމަށްފަހު އަނެއްކާވެސް
ނަގައި ހަމްޝާ ގެ މޫނު މަތީގައި އަޅައިލިއެވެ. އާހިލް ގެ އެ ހާސަ ކަންފެނި ޒޯޔާ ހައިރާން ވިއެވެ. ޒޯޔާ ބަލަން ނުހުރެ އާހިލް އަށް އެހީތެރި ވެދިނެވެ.
އެރޭ 9:20 ވެލިހާއިރު ހަމްޝާ ކިރިޔާ ލޯހުޅުވައިލެވުނީ އެއީ ވެސް އާހިލް އާއި ޒޯޔާ ކުރި ބުރަ މަސައްކަތުން އެވެ. ހަމްޝާ ތެދުވެ ވަށައި ބަލައިލިއެވެ. ކައިރީގައި ހުރި އާހިލް ފެނުމުން ކުޑަކޮށް ބިރުގަތެވެ. “ހަމްކޯ؟! އާރ ޔޫ އޯކޭ؟” އާހިލް ހަމްޝާ އާއި ކައިރިއަށް ޖެހެމުން އަތް ދިއްކޮށްލާފައި ބުނެލިއެވެ. ހަމްޝާ އާހިލް އާއި ދިމާލަށް ލޯއަޅައިގެން ހުރި އިރު އެ އަޅިކުލައިގެ ދެލޮލުގައި ވަނީ ހޫނު ކަރުނަ ތަކުން ފެން ކޯރެއް އުފެދިފައެވެ. އާހިލް އިސް ޖަހައިލުމަށްފަހު ހަމްޝާ ގެ ކޮޓަރިން ނިކުމެލިއެވެ. ޒޯޔާ ހަމްޝާ ގާތު މިދަނީ އޭ ބުނެފައި ގެއަށްދާން ހިންގައިގަތެވެ.
އާހިލް ހަމްޝާ ގެ ކޮޓަރިން ނިކުތް ތަނާހެން އެތާ ސޯފާ ސެޓު މަތީގައި އިށީންދެލައިގެން ހުރި އެލީނާ ފެނި ކުޑަކޮށް ސިއްސައިގެން ދިޔައެވެ. “ވަޓް އިނ ދަ ވޯލްޑް؟ ދޮންބޭ އޭނަގެ ކޮޓަރިން ތިނިކުތީ ދޮންބެ އަށްވެސް އިންގޭ ދޯ އެއީ ކޮން ކަހަލަ މީހެއްކަން ދޯ” އެލީނާ ލާނެތް ގޮތަކަށް ބުނެލިއެވެ. “ކޮނކަހަލަ މީހެއްތަ؟ މަ ކައިރީގަ ބުނީމަ ދޯ މަށަށް ވެސް އިންގޭނީ” އާހިލް ރުޅިވެރި ނަޒަރަކުން އެލީނާ އާއި ދިމާލަށް ބަލައިލައިފައި ބުނެލިއެވެ. “އެކައްޗެއް ވެސް ނޫން ޝީޒް ނަތިން އޭނަ އަކީ ބޮޑު އޯފެން އެއް އެކަހަލަ ލޯލައިފް މީހަކު އެއުޅެނީ މިގެއަށް އައިސް މަ ހިތައް އަރާ މަންމަ ކީއްވެބާއޭ އެ ލޯލައިފް ގެ މަންމަ އޭނަ އެއްލާލީމަ ބަލަން ވެގެން އޭނަ ގެ ހުރިހާ ޒިންމާ އެއް ނެގީ” އެލީނާ އެއްމިޔަކަޅިން ހީލުމައްފަހު ބުނެލިއެވެ.
“ލޯލައިފް؟ ބަލަ އެލީނާ ކަލޭ އަށް ހުރިހާ ކަމެއް މަންމަ ފުއްދައި ދޭތީ ތިހާވަރަށް ފޮނިތިކަނޑަނީ…. އަދި ބުނަން މަ ވެސް މީ ހަމްޝާ ކަހަލަ މީހެކޭ…. މައްމަ އެއްގެ ލޯރްބެއް ނުލިބި ބައްޕަ އެއްގެ އަޅައިލުމަކާ އޯގާތެރިކަމެއް ނުލިބި ބޭކާރު ވެފައި ހުރި މީހެއް… އަހަރުން ދެމީހުން އަށް އެންމެ ކުޑަމިނުން ވެސް އަޅައިލާ އޯގާތެރި ވީ އެންމެ މީހެއް އެއީ ވެސް ދޮންތަ…. މިއަދު ދޮންތަ ނެތީމަ އަހަރުން ދޭތެރޭގަ މިހާ ބޮޑު ހުސްތަންކޮޅެއް އޮތީ…. މަވެސް މީ އެއްލާލާފައި ހުރި ކުއްޖެކޭ އުމުރުން 10 އަހަރުތެރޭގައި މަ މި އާއިލާ އަށް ބޭކާރުވީ…. އެކަމު ހަމްޝާ އަކީ އަހަންނަށް ވިސްނައިދިން މީހާ… އުމުރުން 14 އަހަރުތެރޭގަ ދޮންތަ އަހަރުން ނާ ވަކިވީ…. އެހިސާބުން އަހަރުން ދޭތެރޭ ބޮޑު ބްލޭންކް ސްޕޭސް އެއްއުފެދުނީ…. މިއަދު ހެނދުނު މަ އެލީނާ އަށް ޓަކައި އެކަން ކުރީތީވެސް އަމިއްލަ ނަފްސުދެކެ ވަރަށް ބޮޑަށް ރުޅިއާދޭ…. އަހަރުން ދެމީހުން ޓުނިންސް އަކަސް އަހަންނަކީ ވެސް ހަމްޝާ ކަހަލަ ލޯލައިފް އެއް ނަތިންގް އެއް…. ކަލޭ އަށް ހުރިހާ ފުއްދުން ތަކެއް މަންމަ ފުއްދައިދޭތީ ތި ފުއްޕަނީ…. ތެދައް ބުނަންޏާމު ތީ ލޯލައިފް އަކީ ހަމްޝާ އެއް ނޫން…. މިއަދު މަ ކަލޭ އަށް ކޮށްދިން ކަމަކުން އެ ކުއްޖާ މަށަށް ނަފްރަތު ކުރޭ މަ ދެކެ ބިރުގަނޭ އެވަރުން ވެސް ކަލޭ ތިހުރީ ދަތްޕިލަ ރޮނޑަށް ލައިގެން ހޭން އެނޫން ކަމެއް ކުރާކަށް ކަލޭ އަކަށް ނޭންގޭ ވިއްޔާ” އާހިލް އެލީނާ އާއި ދިމާލަށް މި ހުރިހާ އެއްޗެއް ކީއިރު އެލީނާ ހުރީ އަނގަ ބަންދު ވެފައެވެ. އާހިލް ދިޔަ ގޮތައްގޮސް ބަންލާފައި ދޮރު ޖެހިއެވެ.
“ދަރިފުޅާ ކިހިނެތް ވީ ކީއްވެ ތި ރޮނީ؟” ފިހާރައަށް ގޮސްފަ އައިސް ގެއަށް ވަތް މޫމިނާ އަށް އެލީނާ ފެނުމުން ބުނެލިއެވެ. “ދޮންބެ… މަށާ ދިމާލަށް… އެއްޗިސް ކީ.. ހީސް ސޯ މީން… މަންމާ މަ ހަޑިތަ؟ ކީއްވެތަ ހުރިހާ ފިރިހެން ކުދިން ހަމްޝާ އަށް އެޓްރެކްޓިވް ވަނީ؟…. ކީއްވެތަ ދޮންބެ މަށަށް ނަފްރަތް ކުރަނީ؟…. މަންމާ އައިމް ހޯޕްލެސް… ދޮންބެ އަހަންނާދިމާލައް އާގުރާނަށް ވެސް ގޮއި… އެހިރަ ހަމްޝާ ދޮންބެގެ ބޮލަށް ވެދެގެން އެއުޅެނީ” އެލީނާ ގިސްލަ ގިސްލަމުން ބުނެލިއެވެ. “މަންމަގެ ދޮންކޮޅު” މޫމިނާ އެލީނާގެ ގައިގައި ބައްދައިލުމަށްފަހު އޭނާގެ ބޮލުގައި ފިރުމަމުން ބުމެލިއެވެ.
ހަމްޝާ ކޮޓަރިން ނިކުތަނާހެން މޫމިނާ ހަމްޝާ ގެ ކޯ މަތީގައި އެތިފަހަރެއް އަޅުވައިލިއެވެ. “މަގޭ ދަރިންގެ ބޮލަށްވެސް ކަލޭ މިހާރު ވަންނަނީ…” “މަންމާ!!! މަންމަ ގެ ހުންނަނީ އެންމެ ދަރިއެއްނޫން ތަ؟ މަ އުފަން ވީއްސުރެ ފެށިގެން މަންމަ އަށް މަށަކާ މެދަކުއެއް ނުވިސްނުން މަ ވީ މުޅިން ބޭކާރު މީހަކަށް ވަކި ހަމްކޮ އެކަންޏެއް ނޫން ކުއްކުރީކީއެއް… އާން އެއީ ތެދެއް ހަމްކޮގެ މަންމަ ހަމްކޮ އެއްލައިލި ވާހަކައެއީ އެކްމު މަންމަ ދެދަރިން ނަށް އަޅަލާ ވަހަކައަކީ ހުސް ދޮގު މަންމަ އަޅާލަނީ ހަމައެނަކި އެލީ އަށް ނިކަން ވިސްނަބަލަ މަންމަ ހޭލަބަލަ” އާހިލް މޫމިނާ އާއި ދިމާލަށް ބުނެލިއެވެ. “މަގޭ ކުރިމަތީގަ ކަލޭ ޒުވާބު ކުރާވަރު ބަލާބަލަ ހަމަ ރީއްޗައް މީނަ ކަލޭ ހައްލާފަ މިހުރީ” މޫމިނާ މިހެންބުނެ އޭނާގެ ކޮޓަރިއަށްވަދެ ބަންލާފައި ދޮރު ޖެހިއެވެ.
އަނެއް ދުވަހު ހެނދުނު އާހިލް އާއި ހަމްޝާ އަދި އެލީނާ ހެނދުނުގެ ނާސްތާ ނެގުމަށްފަހު ސުކޫލައްދާން ހިންގައިގަތެވެ. އާހިލް ހުރީ ހަމްޝާ ގެ ފަހަތުގައެވެ. މާދުރު ހިސާބަކަށް ނުދެވޭ ހަމްޝާ އަށް ޒޯޔާ ފެނުމުން އެދިމާލަށް ދުއްވައިގަތެވެ.
“ޒީ މަށަށް ކީއްދޯ ރޭގަ ވީ؟ ކޮޓާރީ ތެރޭގަ ހުރި ހޫނުފެން އެއްޗެއް މަ ރޭގަ ހޭލީއިރު” ހަމްޝާ މިހެން ބުނުމުން ޒޯޔާ އިސްޖަހައިލިއެވެ. އެއަށްފަހު ރޭގަ ވީ ހުރިހާ ވާހަކައެއް ކިޔައިދިނެވެ.
“ވަޓް؟!! ދޮންބެ މަ ސަލާމަތް ކޮށްދިނީއޭ؟ ހައު؟ ވެން؟ ވައި؟” ހަމްޝާ ހައިރާން ވެފައި ހުރެ ބުނެލިއެވެ. “ހަމް ގެ މޫނުގަ ހޫނުފެން ފޮތި ލައިގެން… ރޭގަ 8:40 ވެލިހާއިރު… ކީއްވެކަމެއް މަށަކަށް ނޭންގެ” ޒޯޔާ މިހެން ބުނުމުން ހަމްޝާ އޭނާގެ ފަހަތުގައި ހުރި އާހިލް އަށް ބަލައިލިއެވެ. އާހިލް ހުރީ ދެޖީބައް އަތް ޖަހައިލައިގެން ފޯނުން ލަވް ޖަހައިގެން އިއާރ ޕޮޑްސް ކަންފަތައްޖަހައިގެންއެވެ. ހަމްޝާ ޒޯޔާގެ އަތްދަނޑި މަތީގައި ހިފައިގެން ހިންގާށޭ ބުނެފައި ސުކޫލައި ދިމާލަށް ދާން ހިންގައިގަތެވެ.
ދެކުދިންވެސް އެއްކޮށް ގޮސް ކުލާހަށް ވަތްތަނާހެން ކުލަހުގައި ހުރި މީހުން އެދެކުދިން އާއި ދިމާލަށް ބަލައިލިއެވެ. ހަމްޝާ ހައިރާން ވީ އެހެން ދުވަސް ތަކެކޭ ތަފާތަށް އާހިލް މަޑުމަޑުން ހުރުމުންއެވެ. އެލީނާ ހުރެގެން ހަމަ އަހިލް ގެ ބުރަކަށީގައި ކޮއްޓަމުން ދިޔައެވެ. ނަމަވެސް އާހިލް އަށް އަޑު އިވޭ ކަމަށް ވެސް އޭނާއެއް ނުހެދިއެވެ.
ކުލާހުގެ ދެވަނަގަދި ފްރީ ވުމުން އެންމެން ވެސް އެމީހަކު ބޭނުން ކަމެއް ކުރަމުން ދިޔައެވެ. “ދޮ…ދޮންބޭ ކޭން ވީ ޓޯކް” ހަމްޝާ އާހިލް ކައިރިއަށް ގޮސް ބުނެލިއެވެ. ހަމްޝާ މިހެން ބުނި އިރު ކުޑަކޮށް އަޅައިގަތުމުން އާހިލް ނުތަނަވަސް ވިއެވެ. ނަމަވެސް މިކަން ނުދެއްކުމަސް ހަމްޝާ އަށް ހިނިތުން ވެލުމެއް ހަދިޔާ ކޮށލިއެވެ. “އޯކޭ ހިންގާ” އާހިލް މިހެން ބުނުމުން ހަމްޝާ ހައިރާން ވިއެވެ. އެހެން ދުވަސްތަކެކޭ ތަފާތަށް އާހިލް މިއަދު އެލީނާ އަށް ބީރު ކަންފެތެއް ދީގެން ހަމްޝާ އަށް އަޅައިލުމުގެ ސަބަބުން މުޅި ކުލާސް ވެސް ހައިރަން ވިއެވެ. އެލީނާ ހަމްޝާ އާއި ދިމަލަށް ކުނިމޫނު ހަދައިލައިފައި ވައްކަޅިން ބަލަން ހުރިއެވެ.
ސުކޫލުގެ ބިއްދޮށުގައި ހުންނަ ބަގީޗާ އަށް ހަމްޝާ އާއި އާހިލް ދިޔައެވެ. “ހަމްކޮ ކީކޭކިޔަން ތަ ތިއުޅެނީ؟” އާހިލް ހަމްޝާ އާއި ދިމަލަށް ބަލައިލައިފައި ބުނެލިއެވެ. “ތް..ތެންކްސް… އެކަމު ކީއްވެ؟ ވައި ޑިޑިންޓް ޔޫ ލެޓްމީ ފްރީޒް ޓު ޑެތް؟” ހަމްޝާގެ މި ކުއްލި ސުވާލުން އާހިލް ގެ މެއަށް ތީރެއް ހަރައިލިފަދައެވެ. “ކީއްވެހޭ؟ އެއީ އަހަރެން ޕްރޮމިސް އެއް ކޮށްފަވާތީ” އާހިލް ހަމްޝާ ގެ ބޯ މައްޗައް އަތް ލުމަށްފަހު ބުނެލިއެވެ. “ކޮން ޕްރޮމިސްއެއް؟ ކާކަށް ކުރި ޕްރޮމިސްއެއް؟” ހަމްޝާ ސުވާލު ގޯނި އޮއްސަން ފެށިއެވެ. “ދޮންތަ އަށް ކުރި ޕްރޮމިސް އެއް ހަމްކޮގެ މަންމަ މި ރަށަށް އަންނަ ދެކަށް ހަމްކޮ ދުނިޔޭގަ ބެހެއްޓުން” އާހިލް ކުޑަކޮށްހީލިއެވެ. ދެވަނަ ސިކުންތުގައި އެ ކުޑަ ހިނިތުން ވެލުން ގެއްލިގެން ދިޔައެވެ. އެއީ އެދެކުދިންގެ ދޮންތަ ކައިލާ މަރުވީ ކިހިނަކުން ކަން ހަނދާން ވުމުންއެވެ. އާހިލްގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. “ދޮންބޭ؟! އާރ ޔޫ ކްރައިން؟ ކިހިނެތް ވީ؟ އަޅެ ދޮންބޭ އަހަރެން ގަތުގަ ބުނެބަލަ” ހަމްޝާ ހާސް ވެފައި ހުރެ ބުނެލިއެވެ. “ދޮންތަ؟ ދޮންތަ މަރުވީ ހަމްކޮ ހީކުރި ގޮތަކަށްށެއް ނޫން” އާހިލް މިހެން ބުނުމުން ހަމްޝާ ގެ ސިކުނޑި ތެރޭގައި 3 އަހަރު ވާ ދެކަށް އުފެދެމުން ދިޔަ ސުވާލުގެ ޖަވާބު ހޯދަން އުޅުނެވެ. “ދޮންބޭ ކިހިނެތް ދޮންތަ މަރުވީ އަވަސް ބުނެބަލަ” ހަމްޝާ އާދޭސް ކުރަން ފެށިއެވެ.
———
—މީހެ 3 އަހަރު ކުރިން—
ސާދަ އަހަރުގެ އާހިލް އުޅުނީ މިއަދު ހަމްޝާ ހޮސް ޕިޓަލުން ދޫކުރުމުގެ ސަބަބުން ހަމްޝާ އަށް ސަޕްރައިޒ އެއް ދިނުމަށްޓަކައި ހަމްޝާގެ ކޮޓަރި ރީތިކޮށްށެވެ. ކައިލާ އުޅުނީ ހަމްޝާ އަށް އެންމެ މީރު ކާއެއްޗިސް ތައްޔާރު ކުރަން ބަދިގެ ތެރޭގައި އަވަދި ނުވެ އެވެ. މިހެން ބިޒީ ކޮށހުއްޓާ ކުއްލިއަކަށް މޫމިނާ ބަދިގެތެރެއަށް ވަދެ ލުމުން ކައިލާ ސިހިފައި މޭ މަތީގައި އަތް އަޅައިލިއެވެ. “ތިއްތަ ދޯ މަ ދިޔައީ ހަމަ ސިއްސައިގެންނޭ” ކައިލާ ބުނެލިއެވެ. “ކައިލާ ހިންގާ ބަލަ ކައިލާމެން ކޮޓަރިން އެއްޗެއް ދޭން ދާން” މޫމިނާ މިހެން ބުނުމުން ކައިލާ ކުރަން ހުރި ހުރިހާ ކަމެއް ކޮށްނިންމާފައި އޭނާގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. މޫމިނާ ބަދިގޭގައި އޮތް އެންމެ ބޮޑު ފިޔަހި ހިފައިގެން ކައިލާ ގެ ފަހަތުން ގޮސް ކައިލަގެ ކޮޓާރިއަށް ވަނެވެ. މޫމިނާ ފިޔަހި ހިފައިގެން ދިޔަތަން ހަމަ ރީއްޗައްވެސް އާހިލް އަށް ފެނުމުން އެ ދިމާލަށް ދުއްވައިގަތެވެ. ކައިލާގެ ކޮޓަރިކުރިމަތީގައި ހުއްޓިލައިގެން އެ ކޮޓަރީ ދޮރުގައި ޓަކިޖަހައން ފޭށިއެވެ. ނަމަވެސް މޫމިނާ ހުރީ ދޮރުގައި ތަޅުލައިގެން އެވެ.
“ތިއްތާ ދޮރުގަ ތަޅުލައިގެން ކީއްތިކުރަނީ؟ ތިއްތާ މަމިކުރާ ސުވާލަށް ޖަވާބުދީ ތަޅުލީ ކީއްކުރަންހޭ ތިއުޅެނީ؟” ކައިލާ މިހެން ބުނިތަނާހެން މޫމިނާ ކައިލާގެ ބަނޑަށް އެ ފިޔަހި ހަރައިލިއެވެ. ކައިލާގެ ލޭތައް އޮހޮރިގެން ދިޔައެވެ. ކައިލަގެ ބަނޑުން ފިޔަހި ނެގުމަށް ފަހު ކައިލާގެ ބުރަކަށި މައްޗައް އެ ފިޔަހި ޖެހިއެވެ. އެއަށްފަހު އަވަހަށް ކޮޓަރިން ނިކުނަން ދިޔައެވެ. ނިކުންނަންވެގެން ދޮރު ހުޅުވައިލިތަނާހެން ކުރިމަތީ ގައި ހުރި އާހިލް ފެނި ހައިރާން ވިއެވެ. “މަންމާ ކީއްވެ ކުރިކަމެއް އެއީ؟” މޫމިނާ ފެނުމާއި އެކު އާހިލް އަހައިލިއެވެ. “މީގެން އެންމެ ވާހަކައެއްވެސް އެކަކު ކައިރީގަވެސް ބުނެގެން ނުވާނެ އަޑު އިވޭ” މުމިނާ މިހެން ބުނެފައި އޭނާގެ ކޮޓަރިއައި ދިމާލަށް ދިޔައެވެ. އާހިލް ގެ ލޮލުގައި އަޅައިގަތީ ގޭގެ ގޭޓު ދޮރުން ވަދެގެން އައި ހަމްޝާ އާއި އޭނާގެ ބައްޕަ ހާޝިމް އެވެ. ހާޝިމް ފެނުމާއި އެކު އާހިލް ދުވެފައި ގޮސް ސިޓިން ރޫމްގެ ގޮނޑި ސެޓު މަތީގައި އިށީންދެލިއެވެ. އެއަށފަހު ކަމެއް ވީ ހެންއެއްވެސް ނުހަދައެވެ.
“ހަމްކޯ ވެލްކަމް ބެކް” އާހިލް ހަމްޝާ ފެނުމުން ބުނެލިއެވެ. “ދޮންބޭ އައި މިސޑް ޔޫ ސޯ މަޗް” ހަމްޝާ މިހެން ބުނެފައި ގޮސް އާހިލް ގެ ގައިގައި ވައްދައިލިއެވެ. އެ ވަގުރު ހާޝިމް ގޮސް ކައިލާ ގެ ކޮޓަރިއަސް ވަތް އިރު ކޮޓަރި ތެރެ ވަނީ އެއްކޮށް ލެއިގެ ކޯރު އުފެދި ފައެވެ. އަދި ކައިލާގެ ސޫރަ ނެތް މަސްގަނޑު އޮތީ އެއްކޮށް ތަތްތެޅިފައެވެ. ހާޝިމް އަވަސް އަވަހަށް ގޮސް އޭނާގެ ކޮއްކޮގެ މަރުވެފައިވާ މަސްގަނޑު އަތައް ނެގިއެވެ. “ކައި… ކައި… ކައި!!!!!!” ހާޝިމް އަޑު ނެތްކޮޅަށް ހަޅޭއް ލަވައިގަތެވެ. ގޭގައި އެވަގުތު ތިބި އެންމެން ދުވެފައި ގޮސް ކައިލާގެ ކޮޓަރިއައި ދިމާލަށް ދިޔައެވެ. ފެނުނު މަންޒަރުން ހަމްޝާގެ ހިތް ހުއްޓުނު ފަދައެވެ. އޭނާގެ ލޯބިވާ ދޮންތަ އޮތީ އޭނާގެ ބައްޕަގެ އަތުތެރޭގައެވެ. އަދި ހާޝިމް ގެ އަތުގައި ފިޔައްސެއްވެސް އޮތެވެ.
—ނުނިމޭ—
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Vr reethi