“ޒީ ކޮން އިރަކުގަތަ އައީ؟ ބަލާބަލަ އަހަރެން ކައިރީގަ ނުވެސް ބުނެ ތިއައީ” ހަމްޝާ އުފަލުން ބުނެލިއެވެ. “މަ ހަމަ އައިސް ޖެޓީ މައްޗަށް މި އެރީ މިހާރު މިދަނީ ގެއަށް ގެއަށްގޮސް ފްރެޝް ވެލާގެން އަހަރެން ދާނީ ޝާ މެން ގެއަށް” ޒޯޔާ މިހެން ބުނުމުން ހަމްޝާގެ ދެދުނިޔޭގެ ބާއްޖަ ވެރިކަން ލިބުނު ފަދައެވެ.
ޒޯޔާ އަކީ ހަމްޝާ ގްރޭޑް 5 ގައި އުޅުނުއިރު ދިމާވި އެކުވެރިއެކެވެ. އެހާ އިރުން ސުރެ ފެށިގެން ދެކުދިން ވެސް ދިޔައީ އެކުގައި ހުރިހާ ކަމެއް ކުރަމުން އެވެ. ނަމަވެސް ޒޯޔާގެ މަންމަ ބަލި ވުމުން އިންޑިއާ އަށް ފުރަން ޖެހުމުން ދެ ކުދިންގެ ތެރޭގައި ހުސް ޖާގައެއް ހުއްޓެވެ.
އެ ދުވަހު މެންދުރު 2:00 ޖަހައިލިހާއިރު އާހިލް އޮތީ ކުރާނެ ކަމެއް ނެތިގެން ސޯފާ ސެޓު މަތީގައި ޕަބްޖީ ކުޅެން ށެވެ. ވަރަށް ސީރިއަސް ކަމާއި އެކު ޕަބްޖީ ކުޅެން ހުއްޓާ ކުއަލިއަކަށް މީހަކު އައިސް އާހިލް ގެ ކަންފަތް ދޮށުގައި މަޑުމަޑުން “ބޯގަޅި ގްރޫޕް” މިހެން ބުނުމުން އެދިމާލަށް ބަލައި ލެވުނެވެ. އެއިރު އޭނާ ހުރީ އާހިލްގެ މޫނާއި ދިމާލަށް ބަލަންށެވެ. އެއީ އާހިލް ފުރަތަމަ ނަޒަރުން ލޯބިވެވުނު ކުއްޖާ އެވެ. އާންއެކޭ އެއީ ޒޯޔާ ނޫން އެހެން މީހެއް ނޫނެވެ. ޒޯޔާ އާހިލް އަށް ހިނިތުން ވުމެއް ހަދިޔާ ކޮށްލިއެވެ. “ލޯންގް ޓައިމް ނޯ ސީ ބޯގަޅި…. ކޮބާ ތަ މިގޭގެ މީހުން؟ ނޫޅެނީދޯ؟” ޒޯޔާ މިހެން ބުނި އިރުގަވެސް އާހިލް ހުރީ ޒޯޔާ އާއި ދިމާލަށް ކަޅިޖަހައި ނުލާ ބަލަން ށެވެ. “އޯއެ މަގޭ މޫނުގަ ރަންގަނޑެއް އޮތީދޯ މާ ވަރަކަށް ތި ބަލަނީ” ޒޯޔާ ސަމާސާ އަކަށް ބުނެލިއެވެ. “މަންމަ އޮތީ ނިދާފަ އެލީ ހަމަ ދެންމެ އަކު އެ ދިޔައީ ބޭރަށް ދެން ހަމްޝާ އެބައުޅޭ އޭނާގެ ކޮޓަރީގަ” އާހިލް މިހެން ބުނުމުން ޒޯޔާ ހަމްޝާގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ.
ހަމްޝާ އޮތީ އެނދުމަތީގައި ހުރަހަށް އޮވެ އޭނާގެ ލެޕްޓޮޕް އިން ‘ޕެންޓްހައުސް، ވާރ އިން ލައިފް’ މި ސީރީސް ބަލަންށެވެ. މިހެން އޮއްވާ ކުއްލިއަކަށް މީހަކު ދޮރުގައި ޓަކިޖެހުމުން ލެޕްޓޮޕް މަޅައިލައިފައި ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރި ޒޯޔާ ފެނި ހަމްޝާ އުފަލުން ގޮސް ޒޯޔާ ގައިގައި ބައްދާލިއެވެ. “ކޮބާ ހަދިޔާ؟ އިންޑިއާ އިން އައިސް ހަދިޔާ ދޭން ޖެހޭނެ ދޯ” ހަމްޝާ މިހެން ބުނުމުން ޒޯޔާ މޫނު ހަދައިލިއެވެ. “ޕިސް އަދި މި އައީ މޫނުކޮޅު ދައްކާލަން މިއަދު ހަވީރުގަ އަންނާނަން ހަދިޔާ ކޮޅުހިފައިގެން…ހަމް އަހަރެން ދެން ދަނީއޭ އިންގެ އަންނާނަން ގާތަގަނޑަކަށް 4:00 ޖަހާލާ ހާއިރު ލޭޓާރ” ޒޯޔާ މިހެން ބުނެފައި އޭނާގެ ގެއަށް ދާން ހިންގައިގަތެވެ.
ހަމްޝާ ކެއުމަށްޓަކައި ކާގެއަށް ދިޔައެވެ. ގަރަދިޔަ ހަދާފައި ހުރުމުން މޫނަށް ވައްތަރެއް ޖައްސައިލިއެވެ. އަދި ރިހާކުރު ހުރިތޯ ބަލައިލިއެވެ. ރިހާކުރު ނެތުމުން ކޮޓަރިއަށްގޮސް ލައިގެން އެއްޗިސް ބަދަލު ކޮށްލުމަށްފަހު ރުފިޔާއެއް ހިފައިގެން ފިހާރައަށްދާން ހިންގައިގަތެވެ. ފިހާރައަށް ގޮސް ވަނުމާއި އެކު ހަމްޝާ އިންތިހާ އަށް ރުޅިއައެވެ. އެއީ އެތާން ގައި ހުރި އާޔަން ފެނުމުން އެވެ. އެއްވެސް މީހެއް ވިޔަފާރިކުރަން ނެތުމުން އަވަސް އަވަހަށް ގޮސް ނޫޑްލިސް ނަގައިގެން މަސްދަޅަކާއި ބިސް ކޮޅެއް ހިފައިގެން ކައުންޓަރަށް ދައްކަން ދިޔައެވެ. “ހާދަ ނުވަގުތަކު ތިއައީ އެހެންނޫނޫ އަންނާނީ މަގޭ ޝިފްޓު ނިމުނީމަ ވިއްޔާ” އާޔަން ވާހަކަ ދައްކަން ފެށުމުން ހަމްޝާ ބަހެއް ނުބުނެ އާޔަން ގެ މޫނުމައްޗައް ރުފިޔާ ޖެހުމަށްފަހު ކޮތަޅަކަށް އެ ސާމާނުތައް އެޅުމަށްފަހު ފިހާރައިން ނިކުމެގެން ގޮސް ގެއަށް ވަތް ތަނާހެން ސޯފާގައި އޮތް އާހިލް ފެނި ހަމްޝާ ސިއްސައިގެން ދިޔައެވެ.
އެއިރުވެސް އާހިލް ހުރީ ވަރުގަދަ ޕަބްޖީ އެއްގައެވެ. އިރުއިރުކޮޅާ ‘އެނމީޒް އަހެޑް’ މިން ކިޔާ އަޑު އިވެމުން ދިޔައެވެ. ހަމްޝާ މާބޮޑުކަމަކަށް ނުހަދާ ބަދިގެއަށް ގޮސް ތެއްޔަކަށް ފެން އެޅުމަށްފަހު ފެން ހޫނު ކުރަން ޖެއްސިއެވެ. އެއަށްފަހު ފެން އެއްޗައް ނޫޑްލިސް ގަނޑާއި އޭގެ ސޫޕްގަނޑު އަޅައިލިއެވެ. ކައްކާ ނިމުމުން ތައްޓަކަށް ނޫޑްލިސް ގަނޑު އަޅައިގެން ކާގެއަށްގޮސް މޭޒު ދޮށުގައި އިށީންދެލާފައި ކާން ފެށިއެވެ. ކައި ނިންމާފައި އަވަހަށް ތަށި ދޮވެލައިގެން ތަށި ބަންޑުން ޖަހައިލައިފައިގޮސް ކޮޓަރިއަށް ދާން ހިންގައިގަތެވެ. އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަދެ އެނދުމަތީގައި އޮށޯއްވެލިއެވެ. އެހެން އޮއްވާ ހަމްޝާ އަށް ނިދުނު އިރެއް ހުދު އޭނާ އަކަށްވެސް ނޭންގެއެވެ.
ހަމްޝާ އަށް ހޭލެވުނީ މޫމިނާ ދޮރު ވައްޓައިލާ ވަރަށް ޓަކިޖަހަން ފެށުމުން އެވެ. ހަމްޝާ ގޮސް ދޮރު ހުޅުވައިލިތަނާހެން މޫމިނާ ހަމްޝާ ގެ އިސްތަށިގަނޑުގައި ހިފައި ސިޓިން ރޫމް ތެރެއަށް އެއްލައިލިއެވެ. އެއިރު ސިޓިން ރޫމް ތެރޭގައި އާހިލް އާއި އެލީނާ ނޫން އެހެން ދެމީހަކު ހުއްޓެވެ. ހަމްޝާ އިސް އުފުލާ ބަލައިލީއިރު އެތާންގައި ހުރީ އާޔަން އާއި އަޒްރާ އެވެ. އަޒްރާ ހުރީ އަނގަ މަތީގައި އަތް އަޅައިގެން ހޭންށެވެ. އާޔަން ހުރީ މާޔޫސް ވެފައި ހުރި ގޮތަށް ހަމްޝާ އާއި ދިމާލަށް ބަލަންށެވެ. “ކަލޭގެ މާމީހާ އެބަހުރިތަ ކަލޭއަށް ކިޔަވައި ދޭން އައިސް… މަށޭ ކަލޭއަށް ކިޔަވައިދޭން މަގޭ ލާރި ކޮޅު ބޭކާރު ކުރީ މަށޭ ކަލޭ ބަލާ ބޮޑު ކުރީ….” “މަ ބަލާ ބޮޑު ކުރީ މަގޭ މަންމަ އުމުރުން 10 އަހަރު ތެރޭގަ މަންމަ މަ ދޫ ކޮށްލައިފައި ދިޔަކަސް ފާއިތު ވެގެން ދިޔަ 6 އަހަރު ތެރޭގައި ބޮޑުދައިތަ މަ ބަލަން ޖެހިގެން ވީ ބޮޑު ކަމަކަށް” އެހެން ދުވަސްތަކެކޭ ތަފާތަށް މިއަދު ހަމްޝާ މޫމިނާ އާއި ދިމާލަށް ރައްދު ބަސްބުނެލިއެވެ. “މަށާ ދިމާލަށް ރައްދު ބަސްތި ބުނީ؟ މިއަދު މަ ކަލޭ ހޭއަރުވާލާނަން” މޫމިނާ މިހެނ ބުނެފައި އެތާ މޭޒު މަތީގައި އޮތް ކަތުރު ނެގި އެވެ. އަދި ހަމްޝާގެ އިސްތަށި ގަނޑުގައި ހިފާފައި ބުޑި ގަށުން ބުރި ކޮށްލަން އުޅުނެވެ. “މަންމާ މިހާރު މާކު މައްޗަށް ތި ދަނީ ވައިލެންސް އިޒް ނޮޓް އޭން އާންސާ” މޫމިނާ ގެ އަތުގައި ހިފާފައި އާހިލް ބުނެލިއެވެ. އާހިލް ގެ މި އަވަސް ހަރަކާތް ތަކުން މޫމިނާ އާހިލް ގެ ކަންކަށި މަތީގައި އެތި ފަހަރެއް އަޅުވައިލިއެވެ. އަދި އެ ދިޔަ ގޮތަށްގޮސް ކޮޓަރިއަށް ވަދެ ބަން ލާފައި ދޮރު ޖެހިއެވެ. ދެން އާހިލް ބަލައިލީ ހަމްޝާ އާއި ދިމާލަށްށެވެ. ހަމްޝާ އަކީ ނަފްސާނީ ބަލި ޖެހިފައި ހުރި ކުއްޖެކޭ ބުންޏަށް ދޮގަކަށް ނުވާނެއެވެ. އާހިލް ހަމްޝާ އާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. ހަމްޝާ މަޑުމަޑުން އިސް އުފުލާ އާހިލް އާއި ދިމާލަށް ބަލައިލިއެވެ. “އަހަންނަށް އެކަނި ތެދުވެވޭނެ” ހަމްޝާ މިހެން ބުނެ އާހިލްގެ އަތް ދުރަށް ޖައްސައިލައިފައި ތެދުވެ އޭނާގެ ކޮޓަރި އަށް ވަނެވެ.
ހަމްޝާ ކޮޓަރިއަށް ވަނުމާއިއެކު އަޒްރާ އާއި އެލީނާގެ ހިނިގަނޑު ދިޔައީ ފަޅައިގެން އެވެ. “އޭތް އާހިލް ކީއްވެތަ އެ ދޭތެރެއަށް ވަނީ އެހެންނޫނީ އޭނަ ހުންނާނީ ހަމަ ސައިޒްގަ…. ހަހަހަހަހާ” އަޒްރާ ހެމުން ހެމުން އާހިލް އާއި ދިމާލަށްބުނެލުއެވެ. “ޕިޓްފުލް ޕްފެދިކް ބިޗެސް… މީހަކަށް ދެރަ ގޮތެއް ވެއްޖިއަޔާމު މީނައަށް އިންގޭނެ ހޭން މީނަ ހިތުން މީނަ މީ އެންމެ މަތީ ބޭކަނބަލާ ތީގެން އެކަކަށް ވެސް ފެނުނީންތަ ހަމްޝާ ތީގެން އެކަކަށްވެސް ދެރަ ގޮތެއް ވެގެން މަލާމާތް ކުރާތަން ނޯނނާނެ ފެނިފަކާއެއް” ޒޯޔާ ގޭތެރޭގައި ހުރި އަޒްރާ އާއި ދިމާލަށް ބުނެލިއެވެ. “ޒޯޔާ؟!…” “މަށަށް ގޮވާނެ ކަމެއް ނެތް އާހިލް ހީކުރީ މަށަށް ނޭންގޭކަމަށް މިއަދު ސުކޫލުގަ ދިމާވި ކަންތައް ޝީ އޯލްމޯސްޓް ޑައިޑް ޓުޑޭ އެ ކުއްޖާ ނަފްސާނީ ވެފަ އެހުރީ… ބުލީ ކުރިއަސް ތީ ބޮޑުވަރު” ޒޯޔާ މިހެން ބުނުމަށްފަހު ހަމްޝާ ގެ ކޮޓަރިއަށް ވަދެލިއެވެ.
ކޮޓަރި އަށް ވަތް އިރު ކޮޓަރި އޮތީ އެއްކޮށް އަނދިރި ކޮށްށެވެ. ހަމައެކަނި އެޅެމުން ދިޔަ އައޔަކީ ކުޑަދޮރުން ލިވޭ އަލިކޮޅެވެ. “ހަމް މިހުރީ ހަމްގެ ހަދިޔާ ކޮޅު އައި ނޯ އޮޓްސް ހާރޑް އެކްމު ހިތްވަރު ކުރޭ ބާކީ ސުކޫލު ނިމޭ ކަށް މާކު ގިނަ ދުވަހެއް ނެތް ދެން ދަނީ އިހަށް ރެސްޓު ކުރޭ ދެން” ޒޯޔާ މިހެން ބުނެފައި ހަމްޝާ ގެ ކޮޓަރިން ނިކުމެފައި ކޮޓަރީ ދޮރު މަޑުމަޑުން ލައްޕައިލިއެވެ. އެއަށްފަހު އެތާ ސޯފާ ސެޓު މަތީގައި އިށީންދެލައިގެން ހުރި ހަތަރު މީހުން އަށް ވައްކަޅިން ބަލައިލިއެވެ. އެއަށްފަހު ބަހެއް ނުބުނެ އެ ގެއިން ނިކުމެގެން ދިޔައެވެ.
އެރޭ 8:00 ޖެހި އިރުވެސް ހަމްޝާ ގެ ޚަބަރެއް ދަބަރެއް ނުލިބެއެވެ. އާހިލް އޭނާގެ ކޮޓަރީ ގައި އޮވެގެން ވިސްނަމުން ދިޔައީ ޒޯޔާ އަށް މިއަދު ހެނދުނު ގަ ވީ ކަންކަން އެގުނީ ކިހިނެތް ކަމާއި މެދުގައެވެ. މިހެން ވިސްނަން ހުރެފައު ހަމްޝާ މެން ކޮޓަރިއާއި ދިމާލަށް ދާން ހިންގައިގަތެވެ. ހަމްޝާ ގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާ ޖަހާ އަޑެއް ނީވުމުން އާހިލް އެތެރެއަށް ވަންނަން ދިޔައެވެ. ކޮޓަރި ތެރެ އޮތީ ކޮޅު އަނދިރި ކޮށް ށެވެ. އެއިރުގަ ވެސް ހަމްޝާ އިތީ އެ އޮތް ގޮތައް އެނދުމަތީގައެވެ. ބަންޑުން އޮވެފައި އެއްވެސް ހިލަމެއް ނެތުމުން އާހިލް ލައިޓު ޖައްސައިލިއެވެ. އެއަށްފަހު ހަމްޝާ އަށް ގޮވައި ލުމަށް މަޑުމަޑުން ހަމްޝާ ތަޅުވައިލިއެވެ. އެއްވެސް ހިލްމެއް ނެތެވެ. ދެން ހަމްޝާ ކޮލުގައި ހިފާ ދަމައިލިއެވެ. އާނމުކޮށް އެ ދެކުދިން ކުޑައިރުގަ އެކަކު އަނެކަކު ނިދިން ނެގުމަށް ކުރާކަމަކީ މީއެވެ. މަނަވެސް ހަމްޝާ ގެ ހިލަމެއް ނެތުމުން އާހިލް ހާސްވާން ފެށިއެވެ. “ހަމްޝާ ހަމްޝާ ތެދުވެބަލަ ހަމް…” އާހިލް އަށް މިހިސާބައް ބުނެވުނީ ހަމްޝާ ގެ މޫނުގައި އަތް ޖަހައިލި ވަގުތު އެ ހަންގަނޑު ފިނި ކަމުން އެވެ. “އަނިއްކާ؟” އާހިލް މަޑު މަޑުން ބުނެލިއެވެ.
—ނުނިމޭ—
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Nice story I like it
I love you so much
Stay safe stay home❤️??