Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (54)

lamhus Level 910 Stories100 Login500 Login100 Stories100 Comments
April 9, 2022 3 Mins Read
2 Comments

ހަފްތާއެެއް ނިމުނުއިރު، މާލޭގައި ވިޔާމް ނުހިނގާ އެންމެ މަގެއްވެސް ނެތެވެ.ހެނދުނުދާ މީހާ ގެއަށް އަންނަނީ ރޭގަނޑުވެ އަނދިރިވީމައެވެ.ގެއަށް އަންނައިރު މުޅިމީހާ ހުންނަނީ ދަލުން ފޯވެފައެވެ.އެވަރުންވެސް ފަރީޝާ ހޯދުން އޭނާ ހުއްޓައެއް ނުލައެވެ.ހަތްދުވަސް އެއްކޮށްހެން ފަރީޝާ ހޯދަން ހިނގުމުގެ ސަބަބުން ވިޔާމްގެ ފަޔަށް ތަދުވަމުން ދިޔައެވެ.އެހެންކަމުން ޖެހިގެން އަންނަ ދުވަހު ގޭގައި ހުރުމަށްފަހު އަނެއްދުވަހު ނިކުންނަގޮތަށް ވިޔާމް ގޭގައި މަޑުކުރަން ނިންމިއެވެ.

***********

ފަރީޝާއާއެކު ހޭދަކުރަމުންދާ ކޮންމެ ސިކުންތެއް އާތިފްގެ ހިތުގައި ފަރީޝާއަށް ޖާގަ ލެވެމުންދިޔައެވެ.އޭނާއަށް ކުރެވެމުންދާ އިހުސާސަކީ ފަރީޝާދެކެ ލޯބިވެވޭތީ ވެވޭ އިހުސާސްތަކެއް ކަމަށް އާތިފަށް ގަބޫލުކުރެވެން ފެށިއެވެ.އެހެންކަމުން ފަރީޝާއާ ލޯބީގެ ގޮތުން ކުރިމަތިލާން އާތިފްގެ ހިތަށް އަރަމުންދިޔައެެވެ.އެހެންނަމަވެސް އެއްކޮޅުން އެވާހަކަ ބުނަން ބޭނުންވާއިރު އަނެއްކޮޅުން އެވާހަަކަ ބުނަން އާތިފް ޖެހިލުންވާންވެސް ފެށިއެވެ.

ދެގޮތުންކުރެ ގޮތެއް އިޚްތިޔާރުކުރުމަށް އާތިފަށް ވަނީ ޖެހިފައެވެ.އެއްކޮޅުން ފަރީޝާދެކެ ލޯބިވާ ވާހަކައާ ފަރީޝާއާ ކައިވެނިކުރަން ބޭނުންވާ ވާހަކަ ބުނަން އާތިފް ޖެހިލުންވަނީ، އެވާހަކަތަކުން ފަރީޝާގެ ހިތުގަ އާތިފަށް ނަފްރަތު އުފެދިގެން، ގެއިން ނިކުމެެގެން ހިނގައިދާނެތީއެވެ.އަނެއްކޮޅުން އައިލީންދެކެ ފަރީޝާ އެހާ ލޯބިވާއިރު، މިކައިވެންޏަށް ފަރީޝާވެސް ރުހޭނެކަމަށް ހިތްބުނަމުން ދިޔައެވެ.

ކޮންމެއަކަސް ވަރަށް ވިސްނުމަށްފަހު ކައިވެނީގެ ވާހަކަދައްކަން އާތިފް ނިންމީ އެއީ ފަރީޝާއަކީ އާތިފް ފަދައިން މީހާކާ ނުގުޅިހުރި އެކަނިވެރިއަކަަށް ވާތީއާއި، ކައިވެންޏަށް އެދުން ނުވަތަ ލޯބިވެވިއްޖެ ވާހަަކަ ހާމަކުރުން އެއީ ކުށެއްކަމުގައި އޭނާއަށް ނުފެންނާތީއެެވެ.ވީއިރު ފަރީޝާއަށްވެސް އެއީ ކުށެއްކަމަށް ހީނުވާނައޭ ބުނާއަޑު އާތިފްގެެ ހިތުގައި ގަދަވާތީއެވެ.

އެރޭ އާތިފް ގެއަށްއައީ ކައިވެންޏަށް އެދި ހުށަހަޅަން ފަރީޝާއަށް އަނގޮޓިއެއްވެސް ގަނެގެނެވެ.އާތިފް ގެއަށް އައިއިރު ފަރީޝާ އިނީ އާދައިގެމަތިން އާތިފަށް ކާން ތައްޔާރުކޮށްގެން އޭނާގެ އިންތިޒާރުގައެވެ.

ކައިނިމި ތަށިތައް ފަރީޝާ ދޮވުނުއިރުވެސް ކައިވެނީގެ ވާހަކަ ބުނަން ނުކެރިފައި އާތިފް އިނެވެ.އޭނާ ވިސްނަމުންދިޔައީ އެވާހަކަ ފަށާނެގޮތަކާމެދުގައެވެ.ކުއްލިއަކަށް ކައިވެނީގެ ވާހަކަ ދެއްކުމުން ފަރީޝާ ހައިރާންވާނެކަން އާތިފަށް އެނގޭތީއެވެ

“އިތުރު އެއްޗެއް ބޭނުންވަނީތަ؟” ކައި ނިމުމުންވެސް މޭޒުދޮށުން ނުތެދުވެ އާތިފް އިނުމުން ފަރީޝާ އަހާލީ، އާންމުކޮށް އާތިފަކީ ކައި ނިމުމުން ކޮޓަރިއަށް ވަންނަ މީހަކަށް ވުމުންނެވެ. “ކީކޭ..މި…މީ…ނޫނޭ” އާތިފް ހާސްވާންފެށުމުން ކޮޓަރިއަށް ވަންނަން ދިޔައެވެ.

ކޮޓަރިއަށްވަދެ ލޯގަނޑުކުރިމަތީ ހުއްޓިލުމަށްފަހު ފަރީޝާދެކެ ލޯބިވެވިއްޖެ ވާހަކައާއި،ކައިވެންޏަށް އަހާނެގޮތެއް އާތިފް ފަރިތަ ކޮށްލިއެވެ،އެތައް ގޮތަކަށް އެތައް ރާގަކަށް އެވާހަަކަ ބުނާނެގޮތް ލޯގަނޑުކުރިމަތީހުރެ ފަރިތަކޮށްލުމަށްފަހު ހިތްހަމަޖެހޭވަރުވުމުން ފަރީޝާއާ ކުރިމަތިލާން ސިޓިންރޫމަށް ނިކުތެެވެ.ތެޅިތެޅި އޮތް ހިތާއެކުވެސް ހަމަޖެހިލަން މަސައްކަތްކުރަމުން ނިކުތް އާތިފަށް، ފަރީޝާ ސިޓިންރޫމުގައި ހުރިތަން ނުފެނުމުން ބެލްކަންޏަށް ނިކުމެލިއެވެ.އެތާނގައިވެސް ފަރީޝާ ނެތުމުން އޭނާ ނިދަންވަނީކަން އާތިފަށް އެނގުނެވެ.އެހެންކަމުން މާދަމާ އެވާހަކަ ބުނަނީކަމުގައި ހިތާ އާތިފްވެސް އޭނާގެ ކޮޓަރިއަށް ވަނެވެ.

************

ހެނދުނު އޮފީހަށްދިޔައިއްސުރެ  އާތިފް ވިސްނަމުންދިޔައީ ފަރީޝާ ގާތު ކައިވެނީގެ ވާހަކައާ ލޯބީގެ ވާހަކަ ބުނާނެ ވަގުތަކާމެދުގައެވެެ.އެކަމާ ވިސްނި ހިތްއަވަސްވާވަރުން އާތިފަށް އޮފީހުގައި ނީނދެވިގެން އޮފީސް ގަނޑި ނިމުމުގެ މާކުރިން އޭނާ ގެއަށް އައެވެ.ގަނޑިއަށްވުރެ މާކުރިން އާތިފް ގެއަށް އައުމުން ފަރީޝާ ހައިރާންވިއެވެ.އެހެންނަމަވެސް އަބަދު ސުވާުލުއަހަން ވެއްޖެނަމަ، އާތިފް ހިތްހަމަނުޖެހިދާނެޔޭ ހިތަށްއެރުމުން ސުވާލެއް ފަރީޝާ ނުކުރެއެވެ.

އާތިފް އަވަހަށް ގެއަށްއައުމުން ފަރީޝާ އައިލީން އޭނާއާ ހަވާލުކުރުމަށްފަހު، ގެއަށް ބޭނުންވާ ސާމާނުތަކެއް ގަންނަން ފިހާރައަކަށްދާން އުޅުނެވެ.އެވަގުތަކީ އާތިފް ފަރީޝާއާ ލޯބީގެ ވާހަކަދައްކަންވެސް އައި ވަގުތެވެ.ނަމަވެސް އެކަހަލަ ވާހަކަ ދެކެވޭނީ ދެފަރާތުންވެސް ހަމަޖެހިގެން ތިބޭވަގުތެއްގައި ކަމުން، ފަހުން އެވާހަކަދެއްކުމުގެ ނިޔަތުގައި އާތިފް އެވާހަކަ އެހަށް އެއްފަރާތް ކޮށްލިއެވެ.

*******

“ދަރިފުޅާ ވިޔާމް މިއަދު ބޭރަށް ނުދާ ދުވަހަކީތަ؟…އެހެންޏާ ކޮންމެދުވަހަކު ފަރީޝާ ހޯދަން ދަރިފުޅު ދަމެއްނު” ވިޔާމްގެ މަންމަ ބުނެލިއެވެ. “އާނ…މިއަދު ފަޔަށް ތަދުވާތީ މިއުޅެނީ….މާދަން އެކަމަކު ދާނަން” އެނދުގައި އޮތް ވިޔާމް ބުނެލިއެވެ. “އެހެންވީރު މަންމަ އަންނާނަން ކާއެއްޗެހިކޮޅަކާ ސާމާނުކޮޅެއް ގަނެލައިގެން” އެހެންބުނެ ވިޔާމްގެ މަންމަ ފިހާރައަށްދާން ނިކުތެވެ.

ފިހާރައިގައިވާ ތަކެތި ބަލަމުން ފަރީޝާ ދިޔައެވެ.ވަގުތަކީ ވިޔާމްގެ މަންމަވެސް އެއްފިހާރައިން އަނެއްފިހާރައަށް ވަންނަމުންގޮސް، ފަރީޝާ ހުރި ފިހާރައަށް ވަތްވަގުތެވެ.ފިހާރައިގައިވާ އެއްޗެހިތައް ބަލަމުން ފަރީޝާ ދިޔައިރު ވިޔާމްގެ މަންމަވެސް ދިޔައީ އެބޮޑު މާރޓްތެރޭގައިވާ ސާމާނުތައް ބަލަމުންނެވެ.އެއްކޮޅުން ކާއެއްޗެހި ވިއްކަމުންދާއިރު އަނެއްކޮޅުން ރީތިވާ ސާމާނު ވިއްކާ އެބޮޑު ފިހާރައިގެ ދެފަރާތުގައި ހުރެ ފަރީޝާއާ ވިޔާމްގެ މަންމަ އެއްޗެހީގައި އަތްހާކަމުން ބަލަމުން ދިޔައެވެ.

އެއްޗެހިތައް ބަލަމުން ގޮސް ފަރީޝާއަށް ކުއްލިއަކަށް ނިކުމެވުނީ ވިޔާމްގެ މަންމަގެ ކުރިމައްޗަށެވެ.އެވަގުތު ވިޔާމްގެ މަންމައަށްވެސް ފަރީޝާ ފެނުމުން ހުއްޓުންއެރިއެވެ.އެޅި ފިޔަވަޅުމަތީ އަތަކަށް ގުނޑިލަންވެސް ނޭނގިފައި އެކަކުއަނެކަކަށް ބަލަން ފަރީޝާއާއި އޭނާގެ ކުރީގެ މައިދައިތައަށް ހުރެވުނެވެ.

“ފަރީޝާ” ދެމީހުން އެކަކު އަނެކަކަށް ބަލަން ތިންވަރަކަށް މިނެޓްހުރެލުމަށްފަހު، ވިޔާމްގެ މަންމަ ގޮވާލިއެވެ. “މަންމާ” ވިޔާމާއެކުވެގެން އެމީހުން ފަރީޝާއަށް ދިން ލަނޑާ ހިތާމަ އެއްފަރާތް ކޮށްލަމުން ސާފުހިތަކުން ރައްދުގައި ވިޔާމްގެ މަންމައަށް ފަރީޝާވެސް ގޮވާލިއެވެ.

“ކިހިނެއް؟” ވިޔާމްގެ މަންމަ އަހާލިއެވެ. “އަލްހަމްދުލިﷲ…ވަރަށް ރަނގަޅު….މަންމަ ކިހިނެއް؟” ފަރީޝާ އަހާލިއެވެ. “ރަނގަޅު” ޖަވާބުގައި ވިޔާމްެގެ މަންމަ ބުނެލިއެވެ. “ކޮބާ ވިޔާމް؟..ވިޔާމާ ނަތާޝާއާ އެދެމީހުންެގެ ދަރީގެ ހާލުވެސް ރަނގަޅުވާނެކަމަށް އުންމީދުކުރަން” އިރުކޮޅަކު ހުރެލުމަށްފަހު ފަރީޝާ އަހާލިއެވެ.

“ވިޔާމް އެކަހަލަ ގޮތެއް…ނަތާޝާގެ ގޮތެއް ނޭނގޭ ހަމަގައިމުވެސް ވިޔާމާ ނަތާޝާގެ ދަރިއެއް ނުހުންނާނެ” ވިޔާމްގެ މަންމަ ބުނެލިއެވެ.އޭނާ އެހެންބުނުމުން ފަރީޝާގެ ބޮލަށް އައީ ސުވާލުމާކެކެވެ. “ކީކޭ؟” ފަރީޝާއަށް ވިޔާމްގެ މަންމަ ކީއެތި ފަހުމުވާގޮތް ނުވުމުން އަހާލެވުނެވެ.ފަރީޝާގެ އެސުވާލުން ވިޔާމްގެ މަންމަގެ ލޮލަށް އިހުތިޔާރަކާނުލާ ކަރުނަޖަމާވިތަން ފަރީޝާއަށް ފެނުނެވެ.ހަގީގަތް ފޮރުވައިިދިނުމަށް ވިޔާމަށް އޭނާގެ މަންމަ ވައުދުވެފައިވީނަމަވެސް ދަރި އުޅޭހާލު ފެނި، އެހިތަށް ކެތްނުވުމުން ފަރީޝާއަށް ހަގީގަތް ކިޔައިދޭން ވިޔާމްގެ މަންމަ ބޭނުންވިއެވެ.

“މަންމަ ބުނާނެ ވާހަކައަކީ ދަރިފުޅު ވިޔާމަށް ހިތްބުރަ ނުކުރައްޗޭ…މަންމައަށް އިނގޭ އެހެންބުނުމުންވެސް ދަރިފުޅަށް ވިޔާމް ހެދިގޮތްތަކުން ނަފްރަތުވާނެކަން…އެކަމަކު މަންމަ ބުނެލާނެހާވެސް ވާހަކައަކީ ބައެއްފަހަރު ލޮލަށް ފެންނަ މަންޒަރަކީ ހަގީގަތަށް ނުވެޔޭ” އިސްދަށަށް ޖަހާލުމަށްފަހު، ވިޔާމްގެ މަންމަ ބުނެލީ ނުހަނު ހިތާމަވެރިކޮށެވެ.

ވިޔާމްގެ މަންމަގެ އެބަސްތަކާއ،ި ލޮލަށް ޖަމާވިކަރުނަ ފެނުމުން ކުރިއަށްވުރެ ބޮޑަށް ވާނުވާ ނޭނގިފައި ފަރީޝާއަށް ހުރެވުނެވެ. “ކީކޭތަ ތިކިޔަނީ؟” ވިޔާމްގެ މަންމަގެ ބަސްތައް އޮޅުންފިލާ ގޮތްނުވުމުން ފަރީޝާ އަހާލިއެވެ.ފަރީޝާގެ އެސުވާލުން އޭނާ ރޯންފެށިއެެވެ.

“މަންމައަށް މާފުކުރޭ ދަރިފުޅާ މަންމަމެން ދަރިފުޅަށް އެހެން ހަދަންޖެހުނީ ވިޔާމަށްވި ވައުދެއްގެ ސަބަބުން…އެފަކީރު ރޮއެފަ ކުރި އާދޭހެއްގެ މައްޗަށް…އަސްލު މަންމަމެންވެސް ބޭނުމެއްނޫން ތިކަހަލަ ރަނގަޅުކުއްޖެއް އަހަރެމެންގެ ހަޔާތުން ފޮނުވާލާކަށް” ވިޔާމްގެ މަންމަ ރޮމުން ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ސަލްމާން ފާރިސީ 1

Next

ވައުދޭ ވެވޭ މީ… 14

Next
April 10, 2022

ވައުދޭ ވެވޭ މީ… 14

Previews
April 8, 2022

ސަލްމާން ފާރިސީ 1

2 Comments!

  1. Angry says:
    April 10, 2022 at 4:52 am

    I am first dhw
    Mi part ves varah reethi?
    keep it up?

    1. lamhus says:
      April 11, 2022 at 1:36 pm

      thanks dear?

Comments are closed.

Next Episodeހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (55)←


All Right Reserved!