*”ވަޓްޓް؟؟؟” ކުއްލިއަކަށް ކުރިމަތިން ހިނގާލާފައި އައި ޒުވާން ފިރެހެން މީހާއަށް އިޝާރާތް ކޮށް ޔައިޝާ ބުނެލިއެވެ.*
“އާނިޝް” ޔައިޝާގެ އަނގައިން ނުކުތީ އެވަރަށެެވެ. އޭނަގެ އަނގަ މަތީގައި އަތް އެޅިއެވެ. ޒިވްޔަންވެސް ޔައިޝާ މާ ހައިރާން ވެގެން ބަލަނީ ކޯއްޗެއްތޯ ބަލައިލިއިރު އޭނަވެސް ހައިރާންވިއެވެ.
ހައިރާން ވާނެއް ނޫނެއްނޫން ހެއްޔެވެ؟ އެއީ އިއްޔެ ފެނުނު އާނިޝްއޭ މިހާރު އެކަކުވެސް ނުބުނާނެއެވެ. އިއްޔެ ބޮޑު ނޫޑްލްސްގަނޑެއްހެން އޮތް އިސްތަށިގަނޑު ވަނީ އެހާ ތުނިކޮށް ނޫނަސް ރީތިވަރަކަށް ކޮށާލާފައެވެ. ކަރުގައި އަޅާފައި ހުންނަ ފަށްތަކާއި ކަންފަތަށް ލައްވާފައި ހުރި އެކައްޗެއްވެސް މިހާރުނެތެވެ. އެހެންޏާ އަތުގައި އަޅަފައި އޮންނަ ފާޑުފާޑުގެ ކެވެލިތަކުގެ ބަދަލުގައި އެއަތުއި އަޅާފައިވަނީ ރިހި ކުލައިގެ ގަޑިއެއް އެކަންޏެވެ. ކުރިން ލާފައި ހުންނަ ދޫދޫ ޓީޝާޓުގެ ބަދަލުގައި ރީތި ގަމީހެއްލާފައި ހުންނައިރު އާނިޝްގެ އަސްލު ރީތިކަން ފެންނަން ހުއްޓެވެ.
އާދައިގެ ހިނގުމެއްގައި ހިނގާލާފައި ދިޔައިރު އޭނާ ހިނގަމުން ދިޔައީ އިސްދަށަށް ޖަހައިގެންނެވެ. އެހެން ކަމުން އާނިޝްއަކަށް ޒިވްޔަންމެންެނެއް ނުފެނެއެވެ.
“އާނިޝް…” އެމީހުންނާއަރާ ހަމަވި ތަނާ ޔައިޝާ ގޮވާލިއެވެ. ޔައިޝާގެ އަޑުހެން ހީވެގެން އިސްއުފުލާ ބަލައިލިއިރު ކައިރީގައި ހުރި ޒިވްޔަން ފެނިފައި އާނިޝްގެ މޫނު މައްޗަށް ރޫތަށް ވެރިވެގެން ދިޔައެވެ. މީކާކު ހެއްޔެވެ؟ އެއްފަހަރު ހަނާއާ އެކު ފެނިފައި އަނެއް ދުވަހު ޔައިޝާއާ އެެކު މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ އެވަގުތު އާނިޝް ޒިވްޔަންއާ ދިމާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. މިކަން ކައިރީގައިހުރި ޔައިޝާއަށް ނުފެނުނު ކަމުއި ވިޔަސް ޒިވްޔަންއަށް މިމަންޒަރު ފެނުނެވެ.
” ތީ ހަމަ އަސްލު އާނިޝްތަ؟” ޔައިޝާ ހައިރާން ވެފައި އަހާލިއެވެ. ޖަވާބުގައި އާނިޝް ހިނިތުން ވެލާފައި އައެކޭ ބުނެލިއެވެ.
“އެކަމު ހާދަ ތަފާތޭ” ޔައިޝާ އަދިވެސް ހުރީ އެ ހައިރާން ކަމުގެ ތެރޭގައެވެ.
” އިއްޔެއާ މިއަދާވެސް ތަފާތެއްނު.. އެހެން ވީމަ ކަންކަންވެސް މީހުންވެސް ބަދަލުވާނެއްނު…ބައިދަވޭ… މީ ކާކުތަ” ވަރަށް ނޫން ކަމަށް ހަދަފައި އާނިޝް ޒިވްޔަންއާ ދިމާއަށް އިޝާރަތް ކޮއްލަމުން ބުނެލިއެވެ.
” މީ..މީ ޒިވްޔަން.. ޔައީގެ..” ޔައިޝާއަށް ބުނެވެން އުޅުނު އެތި ފުރަހަމަ ނުކުރެވެނީސް ޔައިޝާ އޭނަގެ އަނގަމަތީގައި އަތް އަޅާލިއެވެ. ޔައިޝާއަށް ކިޔެން އެއުޅެނީި ކިކޭބާއެވެ؟ އަޅެ ޔައިޝާއަކީ ޒިވްޔަންގެ ކާކު ހެއްޔެވެ؟
“ހުމމ.. ޔައީގެ..” އާނިޝް ބުނެލިއެވެ.
“ޔައީގެ ފްރެންޑެއް” ޔައިޝާ ބުނެލިއެވެ. އޭރުވެސް ޒިވްޔަންހުރީ ޔައިޝާ އަނގަމަތީގައި އަތް އަޅާލިގޮތުން ބަނޑަށް ހީލަހީލައެވެ.
ޔައިޝާއާ ޒިވްޔަންއާ ދިއުމުން އާނިޝް އޭނަގެ ފޯނުނަގާ ކުރިންރޭ ނެގި ފޮޓޯ ބަލާލިއެވެ. އަންދިރި ގަނޑުގެ ތެރޭގައި ދެ މީހުންގެ ލޮަލަށް ފްލޭޝް އެޅުމުން އަނެއްފަރާތަށް އެނބުރެން އުޅުނު އިރު ފޮޓޯ ނެގިފައި އިނުމުން މޫނު އެހާ ރަނގަޅަކަށް ނުފެނެއެވެ. ނަމަވެސް އެ އިސްތަށިގަނޑުންނާ، އަތުގައި އަޅާފައި އޮތް ގަޑި ފެނުމުން އެއީ ޒިވްޔަންކަން އާނިޝްއަށް ޔަގީންވިއެވެ. އެހެންވީމާ ޒިވްޔަން މިއުޅެނީ ހަނާ ރައްޓެހިވެގެންނެއް ނޫންތާއެވެ. ހަނާއާ ރައްޓެހިވެގެން އުޅޭ ނަމަ އެގޮތަށް ޔައިޝާއަކާ އެކު ރޭނގަޑު އެއޮތް ދަން ވަގުތުގައި ބޭރެއްގަ ނޫޅޭނެއްނޫން ހެއްޔެވެ؟ އެކަމަކުވެސް އާނިޝްއަކަށް ޔަގީނެއް ނުވިއެވެ.ކޮންމެހެނެއް ހަދާފަވެސް އާނިޝް ބޭނުންވީ ހަނާގެ ދުލުން މިކަމުގެ ހަޤީޤަތް ހޯދާށެވެެ.
“ހުމމ.. ތިއެއް ނޫނޭ.. ދެންމެ އާނިޝް ކައިރީ ކީކޭ ބުނަން އުޅުނީ” ޒިވްޔަން ސުވާލުކުރިއެވެ.
“އެއްޗެކޭ ބުނާކަށްސް ނޫން އުޅުނޫކީއެއް… އޭތް ޔައީ ދާނީ ޒިވްޔަން އާއެކީ ތިގެއަށް އިނގޭ.. ހަނާ ކައިރީ އާނިޝްގެ ވާހަަކަ ބުނެފައި ނޫނީ ދެން ޔައީއަށް ހަމަ ނޭވައެއްވެސް ނުލެވޭނެ ތޯއްޗެ؟” ޔައިޝާ އެހެން ބުނިއިރު އަޑުންވެސް އޭނަ ހަނާ ކައިރީއެވާހަކަ ހިއްސާކުރަން ބޭނުންވާ ވަރު ހާމަވެއެވެ.
“ހުމމ.. އެކަން ވާ އެބަ އިނގޭ.. މިހާރުވެސް ދެފައި ހަމައަށް ބިމުގައި ނުޖެހޭ” ޒިވްޔަން ޔައިޝާއާ ދިމާ ކޮއްލިއެވެ.
“އައްޗީޑި…” ޔައިޝާއަށް އެހެން ބުނެވުނީ މަތިން އައި ފެންއެއްޗެއް އޭނަގެ ގަޔަށް ޖެހުމުންނެވެ. ޒިވްޔަންއަ ދެމީހުން އެއްފަހަރާ މަތި ބަލާލިތަނާ ގަހުގައި ހޭން އޮތް ކުއްޖާ ފެނުނެވެ.
“ހެޕީ ބާތްޑޭ ޔައީމިސް” ގަހުގައި އޮތް ކުއްޖާ ހެމުންހެމުން ބުނެލިއެވެ. އެއީ ޔައިޝާ ކިޔަވައިދޭ ކުއްޖެކެވެ.
“ބަލާބަ ސްކޫލައް ނުގޮސް ކުރާ ކަންތަށް” ޔައިޝާ ގަހުގައި އޮތް ކުއްޖާޔާ ދިމާ ބަލާލަމުން ބުނެލިއެވެ. “ހެހެ… މަޖާ ކޮއްލީއޭ… ބޭބެ ގަޔަށްވެސް ދިޔަތަ.. ސޮރީ އިނގޭ….މިސްއަށް ރުޅިއަންނަން ނޭނގޭތީ މި ފެން ޖެހީވެސް” ގަހުގައި އޮތް ކުއްޖާ ބުނެލިއެވެ. އެހެން ބުނުމުން ޔައިޝާވެސް ހޭން ފެށިއެވެ.
“ހެޕީ ބާތްޑޭ ޔައީ….ޔައީ ނުވެސް ބުނަމެއްނު މިއަދަކީ ޔައީގެ ބާތްޑޭއޭ…” ކުރިއަށް ހިނގައި ގަންނަމުން ޒިވްޔަން ބުނެލިއެވެ.
“ޔައީވެސް ހަނދާން ވެގެންތާ ބުނެވޭނީ” ޔައިޝާވެސް ހޭން ފަށަމުން ބުނެލިއެވެ. “ޒިވްވެސް ތެމިއްޖެދޯ…ޔައީ ގެއަށް ވަދެފަ ދާނީ” ޔައިޝާ އޭނަގެ ގެއާ އަރާ ހަމަކުރަމުން ބުނެލިއެވެ.
“މިހާރު އެ ގެއަށްވެސް ވަދެވިއްޖެއެންނު… ލާރާވެސް ފެނިއްޖެއެންނު.. ދެން މިހާރު ކޮން މޮޔައެއްތަ ތިވަނީ” ހަނާ އޭނަގެ ވާތް ފަރާތުގައި ހުރި ހިލްޔާންއަށް ބުނެލިއެވެ.
“މަ ބޭނުމީ ލާރާއާ ވާހަކަ ދައްކާށޭ” ހިލްޔާން ބުނެލިއެވެ.
“ރަށަށް އައި ދުވަހު ވާހަކަދެއްކި…އެރޭ ކާން އައިސް ވާހަކަދެއްކި… ދެން ކުރިން ދުވަހު އަތިރިމަތީވެސް ވާހަކަދެއްކި…ރަށަށް އައި ފަހުން އަދި ހަފަތާއެއްް ނޫވޭ. ދެން ކޮބާ ނުދެއްކިފަ” ހަނާ ހިލްޔާންއަ ދިމާ ބަލައިލިލަމުން ހެވިފައި ހުރެ ބުނެލިއެވެ.
“ދެން… އެގޮތަކަށް ނޫނޭ” ހިލްޔާން ބޮޑާ ހާކާލިއެވެ.
“ތިއުޅެނީ އޭނައާ ރައްޓެހިވާނެ ގޮތެއް ހޯދަންތަ؟” ހަނާ ހުރި ތާނގައި ހުއްޓިލަމުން ބުނެލިއެވެ.
“ކޮބާތަ މައްސަލައަކީ؟؟ މަ މިހާރު ޓެން ނިމުނީ.. ލާރާވެސް” ހިލްޔާން އޭނައަށް ވިސްނޭގޮތަށް ބުނެލިއެވެ.
“އަދި ކުރިއަށް ދެ އަހަރު އެބޮތް.. ހިލްޔާން ކިޔަވާހިތުން ނޫޅުނަސް ލާރާއަކީ ބަސްއަހައިގެން ކިޔަވާ ކުއްޖެއް.. އެހާ އަވަހަށް ރައްޓެހި ވީމަ ދޮންތިއަށް ވީގޮތް ބަލާ.. ދޮންތި ބޭނުމެއް ނޫން ހިލްޔާންއަށް މިހެން ވާކަށް.” ހަނާ ވިސްނަދޭން އުޅޭ ފަދަ ގޮތަކަށް ބުނެލިއެވެ.
“ކަމޯން ދޮންތާ… އެއީ ދޮންތި ޓެންގަ އުޅެނިކޮށްވީމައޭ…ނުކިޔެވޭނެތީ…. މަ މިހާރު މިނިމުނީދޯ ދެން” ހިލްޔާން ބެލީ ލާރާއާ ރައްޓެހިވާން ހަނާ އެއްބަސް ކުރުވޭތޯއެވެ. އެހެނީ ހަނާެ ރުހުމާ ނުލާ އެއްވެސް ކަމެއް ކުރުމަކީ ހިލްޔާން ހިތްހަމަ ޖެހޭނެ ކަމެއްނޫނެވެ. ކުއްލިއަކަށް ހަނާއަށް ހިލްޔާންގެ އަތުގައި ވަރަށް ބާރަށް ހިފެހެއްޓިއެވެ. ކުރިމަތިން އައި މީހުންތަށް ފެނިފައެވެ. އެއީ އާނިޝްގެ ގޭންގު މީހުންނެވެ. އެންމެންވެސް ތިބީ ހަނާއަ ދިމައަށް ލޯއަޅައިގެންނެވެ. މިކަމާ ހަނާ ހުރީ އިންތިހާއަށް ޖެހިލުންވެފައެވެ.
“އަސްލުވެސް އާނީޝް” ހަނާއަށް ބުނެވުނެވެ.
“ހުމމ.. އަސްލުވެސް އާނިޝް ގޭންގުން ވަކިވީ.. ދޮންތިގެ ދުއާ އިޖާބަ ކުރެއްވީ” ހިލްޔާން ބުނެލިއެވެ. އެމީހުން ހަނާމެންނާއަރާ ހަމަވުމުން ހިނގުންމަޑު ޖައްސާލިއެވެ. ހަނާގެ ހިތް ކުރިއަށް ވުރެވެސް ބާރަށް ތެޅިގަތެވެ. ނަމަވެސް ކައިރީގައި ހިލްޔާން ހުރުމުން އޭނާއަށް ރައްކާތެރިކަން ލިބޭނެކަން ޔަގީންވިއެވެ. ހަނާއަށް ހަމަ ނޭވައެއް ލެވުނީ އެމީހުން އެހެން މަަކަށް އަޅާލީމައެވެ.
“ޔައިޝާ މަންމަ މިހާރު ދަރިފުޅު ނައިސްގެން އުޅޭތާ ކޮންއިރެއް.. ބައްޕަވެސް އެއިނީ ދަރިފުޅުއައީމަ ނޫނީ ނުކާން… ދަރިފުޅާ މިއީ ކޮންކުއްޖެއްތަ؟” ޒިވްޔަން ފެނުމުން ޔުސްރާ އަހާލިއެވެ.
“މީ..މީ ޒި..ވް..ޔަން.. ހަނާ ގޭގައި ހުންނަނީ” ޔައިޝާ ވާހަކަ ދެއްކުނީ މީހަކު ދޮގުހަދަފައި އޮޅުވާލަން އުޅޭ ފަދަ ގޮތަކަށެވެ. މިކަމާ ޔުމަނާއަށް ވެސް ހެވުނެވެ.
“އެހެންތަ؟ ޒިވްޔަންދޯ.. ހިިނގާ ޒިވްޔަންވެސް ކާން ދާން ދޯ.. ދަރިފުޅަށް ތިހުރީ ކިހިނެތްވެފަ… އަނެއްކާ މިއޮތް އަވިގަދަ ދުވަހު ވާރޭ ވެހުނީތަ” ޔުސްރާ ހެވިފައި ހުރެ ސުވާލުކުރިއެވެ. އެވަގުތު ޒިވްޔަންވެސް މަޑުމަޑުން ހީލިއެވެ. ޔައިޝާ ވީ ގޮތް ކިޔައިދިނެވެ. އަދި ތިން މީހުން އެއްކޮށް ބަދިގެއަށް ވަނެވެ.
” ޔައީ.. އުފާވެރި އުފަން ދުވަހަކަށް އެެދެން… މިއަދު ދަރިފުޅު އުފަން ދުވަސްވީމަ ބައްޕަ މިހުރީ ބައްޕަގެ އަތުން ދަރިފުޅުގެ ފޭވްރިޓް ތައްޔާރު ކޮއްދީފަ” އަކުރަމު މޭޒުމަތީގައި އަތުރަފައި ހުރި ތަށިތައް ދައްކާލަމުން ބުނެލިއެވެ.
“ތޭންކްސް ޑޭޑް.. ޔޫއާ ދި ބެސްޓް ޑޭޑް އިންދި ވޯލްޑް” ޔައިޝާ އަކުރަމު ގައިގާ ކުޑަކޮށް ބައްދާލަމުން ބުނެލިއެވެ.
“މްމްމް.. އިހަށް މިވަގުތު ފެމިލީ ޓައިމް.. މަމިދަނީ ބޭރަށް އިނގޭ” ޔައިޝާ ކަންފަތް ކައިރީ ސިއްރުސިއްރުން ޒިވްޔަން އެހެން ބުނެލީ ހިތުން އެހެން މިހަކަށް ނޭނގޭ ގޮތަށެވެ. ނަމަވެސް އަކުރަމަށް އެއަޑު އިވުނެވެ.
“ނޫނޭ.. ޒިވްޔަންވެސް ވާނެ މި ކެއުމުގަ ބައިވެރިވާން.. އެހެން ނޫނަސް އަހަރެން އަލަށް ކެއްކި އެއްޗެެހި ރަހަވެސް ބަލާލަންވާނެއެއްނު.” އަކުރަމު އަވަސްއަވަހަށް ބުނެލިއެވެ.
“ޔައީ އެބަ އަންނަން ޗޭންޖް ކޮއްލައިގެން” އެހެން ބުނެފައި ޔައިޝާ ދުއްވައިގަތީ އޭނަ ކޮޓަރިއާ ދިމާއަށެވެ.
ދެން އައިއިރު ޔައިޝާ ހުރީ ކަޅުކުލައިގެ ސްޓްރައިޕް ދަމާފައިވާ ޓޮޕް ކޮޅަކާއި ކަޅު ކުލައިގެ ޖިންސެއްލާފައެވެ. އޭނާގެ ފަންފަން އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލާފައި ވާއިރު ނިތްކުރި މައްޗަށް ކުރު ދެތިން އިސްތަށިކޮޅު ވައްޓާލާފައި އޮތެވެ.
ޔައިޝާ ގޮސް އިށީނީ ޒިވްޔަންއާ ޖެހިގެން އިން ގޮނޑީގައެވެ. އެވަގުތު ޒިވްޔަންއަށް އިޙްތިޔާރަކާނުލާ ޔައިޝާގެ މޫނަށް ބަަލައިލެވުނެވެ.
މޭޒު މަތީިގައި ކާން ހުރީ ޔައިޝާއަށް އެންމެ މީރު ޗީޒްޕާސްތާއެވެ. ޗީޒްޕާސްތާއަކި ޔައިޝާ އަބަދުވެސް މާވަރެއްހުންނައެއްޗެކެވެ.
ކައިނިމިެން ޒިވްޔަން ސިންކު ކައިރިއަށް ޖެހިލި ވަގުތުބަލާ ޔުސްރާ ޔައިޝާ ކައިރީ ސިއްރު ސިއްރުން ބުނެލިއެވެ. “އެހާ ސިއްރުން ނޫޅެއްޗޭ” ޔުސްރާ ސަމާސާ ރާގަކަށް ބުނެލިއެވެ. “ދެން މަންމާ.. މިހާރު މަންމައެކޭ ހަނާގަނޑެކޭ އެއްވަރު” ޔައިޝާ އެހެން ކިޔާ އަތް ދޮންނަން ހިނގައިގަތެވެ.
“ހިންގާ ދާން” ޔައިޝާ އިސްތަށިގަނޑުގައިވާ ހުޅި މޮހާލަމުން ބުނެލިއެވެ. ޖަވާބުގައި އާއެކޭ ބުނެ ޔައިޝާގެ މަންމަމެންނަށް ޝުކުރު އަދާ ކޮއްފައި ޔައިޝާއާ އެކު ހަނާމެން ގެއަށް ދާން ހިނގައިިގަތެވެ.
“ޔައީ.. ހެޕީ ބާތްޑޭ.. ” ޔައިޝާ ފެނުމުން ހަނާ ދުވެފައި އައިސް ބުނެލިއެވެ.
“ކާކު ފަސްޓް ވިޝް ކުރީ” ހަނާ ސުވާލުކުރިއެވެ.
“ފަސްޓް ޔައީގެ ސްޓޫޑެންޓެއް.. ދެވަނައަށް ޒިވް.. ދެން މަންމަ އެން ބައްޕަ.. އެއަށްފަހު ހަނާ” ޔައިޝާ ބުނެލިއެވެ.
“އޭ.. ހަނާގަނޑާ.. އާނިޝް.. އާނިޝް ފެނުންތަ؟” ޔައިޝާ ހަމަޖެހިލަމުން ވާހަކަ ދެއްކިއެވެ. އެމީހުން ތިބީ ހަނާމެން ގޭގެ ވަލު ފަރާތުގައި ހުރި ޖޯލިފަތީގައެވެ.
“އުހުން.. މިއަދު ނުފެނެ.. އެކަމު އިއްޔެ….” “ހަނާއަށް މިހާރު އާނިޝް ފެނުނަސް ވަކިކުރަންވެސް ނޭނގޭނެެ” ޔައިޝާ އަނެއްކާވެސް ބުނެލިއެވެ.
“އެޔޯ” ހަނާ ހައިރާން ވެފައި އަހާލިއެވެ.
“ނުބުނާނަން… ހަނާ.. ހަވީރު އާނިޝްމެން ދެއެއްނު ފުޓުބޯޅަ ކުޅެން… އެގަޑީ ދާނީ އެތަނަށް… ހަވީރު ހަތަރުގަޑި ބަޔަށް ތައްޔާރުވެގެން ހުންނާތި.. ޔައީ އަންނާނަން ބަލާ” ޔައިޝާ ހިޔާލެއް ދިނެވެ. ހަނާވެސް އެއްބައިވަމުން ބޯ ޖަހާލިއެވެ.
“އެހެންމަ ހަވީރުން ވާނެދޯ ބާތްޑޭ ގާލްއަށް ސަޕްރައިޒްއެއް ދޭން ޕިއްޒާ ޕާޓީއެއް ބާއްވަން” ހިލްޔާންބުނެލިއެވެ.
“އަދި މިމީހާ ޔައީ ހުންނަތާކު ހުރިހާ އެއްޗެކޭ ކިޔާނީ” ހަނާ ހިލްޔާންގެ ގައިގައި ބޮނޑިއެއް އެޅިއެވެ.
“އޭ… ޔައީ މިދަނީ އިނގޭ” އެހެން ކިޔާ ޔައިޝާ ބޭރައް ނުކުތީ ފޯނެއް އައިސް ގެންނެވެ. ފަހަތުން ޒިވްޔަންވެސް އައެވެ.
“އާހްހް..” ޔައިޝާ ރުޅިއައިސްގެން ފާޑަކަށް ތުން ހަދާލަމުން ބުނެލިއެވެ. ” ކިހިނެތްވީ” ޒިވްޔަން ބުނެލިއެވެ.
އަނެއްކާ ސުކޫލައް ދާންވީ” ޔައިޝާ ބުނެލިއެވެ.
“އަހަރެންވެސް މިހާރު މިދަނީ އެދިމާޔަށް… ހިނގާ ދާން” ޒިވްޔަން ޔައިޝާ ޒިވްޔަންއާ އެކު ދާން ދައުވަތުދިނެވެ.
“އެކަމު ފަސްޓް ގެއަށް އިނގޭ” ޔައިޝާ ބުނެލިއެވެ.
ދެެ މީހުން މަގުގައި ވާހަކަ ދައްކަމުން ދިޔައިރު ވީ މަދު ދުވަސް ކޮޅުގެ ތެރޭގައި ދެ ކުދިންގެ ގުޅުން ވަރުގަދަކަން އިނގެއެވެ.
ކުއްލިއަކަށް ކުރިމަތިން ދުއްވާފައި ދިޔަ ސައިކަލުފެނި ޔައިޝާ އަނގަހުޅުވާލަން އުޅެނިކޮށް ދެން އިވުނު ބާރުގަދަ އަޑު ފައްގަނދުން ޔައިޝާއަށް އަޑުގެ ނެތް ތަަނަަށް އަޑުގަދަ ކޮއްލެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



Hiiiiiiii sunnnyyyy???
How r u…? ☺️☺️☺️
Masha Allah ❤️ ? ❤️ ? Vrh rythi ❤️ ? ❤️ ? Alheyyy eyru vx bunymennu Sunflower Girl hadhaalaane gotheh neyngeyey ❤️ ? ❤️ ? owhhh Aanish dhw ❤️ ?❤️ ? Ekm anonymous hykury hilyaan kamah ☺️❤️☺️❤️ Ekm vx vhka hama evvana ?⭐??⭐?⭐?⭐?⭐?⭐ hilyaan vx dhw Alhe Laaraa dheke lwehbeh veytha ❤️❤️❤️ yaiiii ge mom vx hanaa kahala dhw ?????? alheyyyyyy yaiiii ah dhera gotheh nahadhaathi ? ? ? next part kon irakun???..? Next part ah vrh inthixaaru kurevey ☺️
Good night ❤️❤️❤️
Lysm ❤️❤️❤️
Tgc ❤️❤️❤️
Staysafe ❤️❤️❤️
awwwwwwwwwwwn….thankyou sooooooo much dear..vrh ufaa vejje comment fenifa
n I’m fine..wbu
finally eii kaaku kn vxx ingijje dhww….n hingaa balama laara n hilyaan ah vaagotheh…yh..yaii ge mum vx hanaa kahala
in sha allah vrh avahah nxt prt genesdheveythww mi balanyy
gud nyytt u too
tc
lysm
staysafe
Sunnyy eiii anonymous Sunflower girl ah dhin nickname eh igeyy ☺️☺️☺️
awwwn..cute name eh
n anonymous ge name eh nubunaanan thr???
Huriha part akah comment nukuriyas i vx kiyan huriha part eh…..Haadha curious kohlaafa ey thi ninmaaly…Kihinehba evy…..Btw mi part vx vrh vrh vrh rythi maasha allah❤❤❤
Hehehe….. My name is ely