Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (51)

lamhus Level 910 Stories100 Login500 Login100 Stories100 Comments
April 5, 2022 3 Mins Read
4 Comments

ފަރީޝާ ދިއުމުން އޭނާއާ ދޭތެރޭ ވިސްނާލަން އިނުމަށްފަހު، އާތިފްވެސް އޭނާގެ ކޮޓަރިއަށް ވަންނަން އުނދޯލިން ތެދުވިއެވެ.

***********

ދުވަސްތައް ހިނގަމުންގޮސް އައިލީން ސުކޫލަށް ވެއްދިއެވެ.މިއަދަކީ އައިލީން ސުކޫލަށްދާ ފުރަތަމަ ދުވަސްކަމުން އޭނާ ގޮވައިގެން އާތިފްގެ އިތުރުން ފަރީޝާވެސް ދިޔައެވެ.” ދަރިފުޅު ނުރޮއްޗޭ އިނގޭ…ބަސްއަހައިގެން އާންޓީއާއެކު ކިޔަވާތި…މަންމި ދަސްކޮށްދިން ގޮތަށް ކިޔަވާނީ އިނގޭ…އޭ އާ ޖެހިގެން އިންނާނީ ކޮންއަކުރެއް؟” ސުކޫލަށް ދިޔަމަގުމަތީގައި އައިލީން ގާތު ފަރީޝާ އަހާލިއެވެ. “ބީ” އައިލީން ޅައަޑުން ބުނެލިއެވެ. “ވަރަށް ރަނގަޅު ދެން ޝީނާ ޖެހިގެން އިންނާނީ ކޮންއަކުރެއް އަދި ހާށަވިޔަނީގެ މީމާ ޖެހިގެން އިންނާނީ ކޮންއަކުރެއް؟” އަނެއްކާވެސް ފަރީޝާ އަހާލިއެވެ. “ޝީނާ ޖެހިގެން އިންނާނީ ސޯދު…މީމާ ޖެހިގެން އިންނާނީ ފާފު” ފަރިތަކަމާއެކު މިފަހަރުވެސް އައިލީން ޖަވާބުދިނެވެ.

އައިލީންނަށާއި ފަރީޝާއަށް ބަލަމުން ހިނގަމުންދިޔަ އާތިފްގެ މޫނުމަތިން ހިނިތުންވުން އެވަގުތު ފާޅުވިއެވެ. “ޝުކުރިއްޔާ ވަރަށް ބޮޑަށް…ފަރީޝާ ތިކޮށްދޭ ކަންތަަކަށް…ފަރީޝާ އައިލީންނަށް ނުކިޔަވައިދިން ނަމަ އޭނައަކަށް ނޭނގުނިސް އެހާ ފަރިތަކަމާއެކު ކިޔައިދޭން” ހިތްހަމަޖެހިގެންވާ ހާލު އާތިފް ބުނެލިއެވެ.

********

ސުކޫލުގެ ގޯތިތެރެއަށް ވަނުމާއެކު އެމީހުންނަށް އިވިގެންދިޔައީ ކުދިން ގިސްލާ އަޑާއި ރޮއެ ހަޅޭއްލަވާ އަޑެވެ.ފުރަތަމަ ދުވަސްވުމުން އައިލީންވެސް ރޮއެފާނެއޭ އެވަގުތު ފަރީޝާގެ އިތުރުން އާތިފްގެ ހިތަށްވެސް އެރިއެެވެ. އައިލީންގެ ކުލާހު ޓީޗަރާ އައިލީން ހަވާލުކުރުމަށްފަހު ދާންވެެގެން ފަރީޝާއާ އާތިފްވެސް ހިނގައިގަތް ވަގުތު އައިލީން މަންމީއޭ ކިޔާ ފަރީޝާއާ ދިމާލަށް ދުއްވައިގަތެވެ.އައިލީން އައިގޮތުން ހީވީ އެތާ ނުހުންނަންވެގެން އައިހެނެވެ.އެހެންކަމުން ކަންބޮޑުވެފައިވާ ފަރީޝާ އާތިފާ ދިމާލަށް ބަލައިލިއެވެ.އާތިފްގެ މޫނުމަތިންވެސް ނުތަނަވަސްކަން އެވަގުތު ކޮންމެވެސް ވަރަކަށް ފެންނަން ހުއްޓެވެ.

އައިލީން އައުމުން އޭނާއަށް ވިސްނައިދިނުމުގެ ގޮތުން ފަރީޝާ ތިރިވެލިއެވެ.އަދި އަނގައިން ބަހެއް ބުނެލަން އަނގަހުޅުވާލިތަނާ އައިލީން އޭނާގެ ކޮނޑުގައި ބައްދާލުމަށްފަހު ފަރީޝާގެ ކޮލަށް ބޮހެއް ދިނެވެ.އެވަގުތު ނުތަނަވަސް ވެފައިވާ ފަރީޝާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. “މަންމީ ކޮއްކޮ ކިޔަވާނަން އިނގޭ” ފަރީޝާގެ މޫނުމަތީގައި އަތްބާއްވާލަމުން އައިލީން ލޯތްބާއެކު ބުނެލިއެެވެ.

އެވަގުތު ފަރީޝާއަށް ހިނިތުންވެވުނެވެ.އަދި އައިލީންގެ ކުޑައަތަށް ލޯބިން ބޮހެއްދިނުމަށްފަހު ބޯޖަހާލިއެވެ.ފަރީޝާ ގައިގައި ބައްދާލުމަށްފަހު އާތިފްގެ ގައިގައި ބައްދާލަމުން އޭނާއަށްވެސް ބޮހެއް ދިނުމަށްފަހު ޓީޗަރު ކައިރިއަށް އައިލީން ކިޔަމަންތެރިކަމާއެކު ދިޔައެވެ.އަދި ހުރިހާ ކުދިންނާއެކު ކުލާހާ ދިމާލަށް ހިނގައިގަތެވެ.އައިލީން ކުލާހަށް ވަންނަ މަންޒަރު ބަަލަންހުރެލުމަށްފަހު، އާތިފާ ފަރީޝާ ގެއަށްދާން ހިނގައިގަތެވެ.

*********

” ދަރިފުޅާ ވިޔާމް ކާންދާކަށް ނުވޭތަ؟…މިހާރު މެންދުރުވެ ހަވީރުވީ” ވިޔާމްގެ ކޮޓަރިއަށް ބޯދިއްކޮށްލަމުން އެނދުގައި އޮތް ވިޔާމަށް އޭނާގެ މަންމަ ބުނެލިއެވެ.މަންމަ އައުމުން ލޮލުގައިވާ ކަރުނަ ފުހެލުމަށްފަހު ވިޔާމް ތެދުވެ އެނދުގައި އިށީންދެލިއެވެ. “އަނެއްކާވެސް ފަރީޝާގެ ފޮޓޯއަށް ބަލަމުން ރޮނީދޯ؟…މިހާރު އޭނަ ދިޔަފަހުންވެސް އަހަރަކަށްވުރެ ގިނަދުވަސްވީ…ދެން ތިހިތާމަކުރުން ހުއްޓާލަބަލަ ދަރިފުޅާ ހެޔޮނުވާނެ” ވިޔާމް ގާތު އެނދުގައި އިށީންދެލަމުން އޭނާގެ މަންމަބުނީ ވިޔާމްގެ ސްކްރީން ދިއްލިފައިވާ ފޯނުން ފަރީޝާގެ ފޮޓޯ ފެންނަން އިނުމުންނެވެ.

“އޭނަ މަތިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ މަންމާ” ވިޔާމަށް އަނެއްކާވެސް ރޮވުނެވެ. “މިހާރުދެން ފަރީޝާއާ ނުލާ އުޅެން އާދަވާހާ ދުވަސްވެއްޖެއެއްނު ދަރިފުޅާ…ކެއުމެއް ބުއިމެއްނެތި ބޭރަށްވެސް ނިކުމެނުލާ އަބަދު މިކޮޓަރިތެރޭގަ ދަރިފުޅު ތިއޮންނަނީ…ވަޒީފާއިން ވަކިވިތާވެސް މިހާރު ހަމަސްވީ…ބަލާބަލަ ދަރިފުޅު މިހާރު ހިކިކަން..ތިހެން ހަދާތީއޭ ދަރިފުޅު ތިހާ ތި ބަލިވަނީ” ވިޔާމަށް އާދައިގެމަތިން އޭނާގެ މަންމަ ބުނެލިއެވެ.

“ދިހައަހަރު ވިޔަސް ހަނދާނެއް ނުނެތޭނެ މަންމާ އާދައެއްވެސް ނުވާނެ…މަންމަ ކައިރި ކުރިންވެސް ބުނީމެއްނު ވިޔާމް އެއްވެސްކަމެއް ކުރާހިތެއްނުވޭ…އެހެންވެގެންނު ވަޒީފާއިންވެސް ވަކިވީ..ވިޔާމް ކަހަލަ ދިރިއުޅުމުގެ އުންމީދެއް ނެތް މީހަކު ކީއްކުރާ ވަޒީފާއެއް؟” ވިޔާމް ރޮމުން ބުނެލިއެވެ. ” ތިހެން ނުބުނޭ ދަރިފުޅާ…އަދިވެސް ދަރިފުޅު ތިއުޅެނީނު ދުނިޔޭގަ” ވިޔާމަށް ހިތްވަރެއް ދިނުމުގެ ގޮތުން އޭނާގެ މަންމަ ބުނެެލިއެވެ.

” އުޅެނީކީ ނޫން މަންމާ…އަޖަލު ޖެހެންދެން ދުނިޔޭގަ ހުންނަނީ މަންމާ…ކޮންމެދުވަހަކު މިކެންސަރު ވިޔާމް ކަމުން އެގެންދަނީ..ކުރިއަށްވުރެ މިހާރު މާ ތަދުވޭ ބަނޑަށް” ވިޔާމް ދެރަވެލާަފައި ބުނެލިއެވެ.

**************

ސުކޫލު ނިމުމުން ބެލްޖެހުމާއެކު ގޭޓް ކައިރީގައި ހުރި އާތިފާ ފަރީޝާ ސުކޫލުގެ ގޯތިތެރެއަށް ވަނެވެ.އައިލީންގެ ކުލާހު ދޮރުމައްޗަށް ފަރީޝާގެ އިތުރުން އާތިފަށް ދެވުނުވަގުތު ދޮރަށް ބަލަން އިން އައިލީންނަށް އެމީހުން ފެނުމުން އުފަލުން މަންމީ ބައްޕީއޭ ކިޔާ އައެވެ. “އައިލީން ގެ ބައްޕަދޯ ތީ” ޓީޗަރު އަހާލުމާއެކު އާތިފް ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ. “މީ އައިލީންގެ މަންމަދޯ” ފަރީޝާއަށް ޓީޗަރު އަހާލުމުން ފަރީޝާ ބަލައިލީ އާތިފާ ދިމާލަށެވެ. “ބުނެވިދާނެ އެހެން” އާތިފް ބުނެލިއެވެ.އާތިފް އެހެންބުނުމުން ޓީޗަރު އޭނާއާ ދިމާލަށް ބަލައިލީ އާތިފް ބުނިއެތި ފަހުމުނުވާ ގޮތަކަށެވެ.

“އަޅުގަނޑުމީ އައިލީންގެ ބޭބީސިޓާ” ފަރީޝާ ބުނެލިއެވެ. “އެހެންތަ އައިލީން މަންމި ކިޔައިތީ އާންޓީ ހީކުރީ ތީ އައިލީންގެ މަންމަ ކަމަށް…އައިލީން މާޝާﷲ ވަރަށް ބަސްއަހާ…އެއްގޮތަކަށްވެސް ނުރޮއެ..އާތަނަކަށް އާދެވުނީމަ ކަންނޭނގެ ހައިރާންވެފަ އިންނަނީ…އާންޓީ ކުޑަކޮށް ޓެސްޓުވެސް ކޮށްލިން އަކުރުތައް..މާޝާﷲ އާންޓީ ދެއްކި ހުރިހާ އަކުރެއް އައިލީންނަށް އިނގޭ…އައިލީން ބުނީ މަންމިއޭ ދަސްކޮށްދިނީ…އަބަދު މަންމިއަށް ތައުރީފްކޮށްފަ އައިލީން ވާހަކަދައްކާތީ އަސްލު އާންޓީއަށް ހީކުރެވުނީ ތީ މަންމަ ކަމަށް” އައިލީންނާ ބެހޭގޮތުން އޭނާގެ ޓީޗަރު ބުނެލިއެވެ.

*********

ގެއަށްދިޔަ މަގުމަތީގައި އެމީހުން އައިލީންނަށް އައިސްކްރީމެއް ގަނެދިނެވެ.އައިލީން ނުރޯ ވާހަކަ ޓީޗަރު ބުނުމުން އެމީހުން އައިލީންނަށް ވަރަށް ތައުރީފުކޮށް ކިޔެވުމަށް އިތުރަށް ހިތްވަރު ލައިދިނެވެ.

**********

( ހަފްތާއެއް ފަސް )

ފަރީޝާ އާދައިގެމަތިން އޭނާގެ ދިރިއުޅުން އައިލީންނާއެކު ހޭދަކުރަމުންދިޔައެވެ.ދުވާލުވަގުތު ބުރަކޮށް އުޅުމަށްފަހު، ރޭގަނޑު ހަމަހިމޭންވާ ވަގުތު ފަރީޝާގެ ކަމަކީ ވިޔާމްގެ ހަނދާންކުރުމެވެ.ވަކިވިތާ އަހަރެއް ވެގެންދިޔައިރުވެސް، ވިޔާމް އޭނާއަށް ހެދިގޮތަށްފަހުވެސް، އޭނާއަކަށް ވިޔާމްގެ ހަނދާންތަކާ ދުރައްގޮސް އެހަނދާންތައް ފުހެލެވޭ ގޮތެއް ނުވެއެވެެ. އެކަހަލަ މީހެއްގެ ހަނދާން އާވުމުގެ ބޭނުމަކީ ކޮބާބާވައެވެ.އެއީ ފަރީޝާއަށް ޖަވާބު ނޭނގޭ އެކަމަކު އެނގެެން ބޭނުންވާ ސުވާލެކެވެ.

އަނެއްކޮޅުން ދިރިއުޅުމުގެ އުންމީދު ދުވަހަކަށްވުރެ ދުވަހެއް ފަނޑުވަމުންދާ ވިޔާމްގެ ކަމަކީވެސް ފަރީޝާ ހަނދާންކުރުމެވެ.ފަރީޝާގެ އެހަނދާނަކީ ދުވަހަކުވެސް އޭނާގެ ހިތުން ފެހުވިގެން ނުދާނެހެްން ބިންވަޅު ނެގިފައިވާ ހަނދާނެއް ފަދައެވެ.

**********

ދުވަސްތައް ފާއިތުވަމުންދިޔައެވެެ.ފަރީޝާގެ ހަޔާތުގެ ވާހަކަ އޭނާއާަ ހިއްސާކުރި ދުވަހުން ފެށިގެނ،ް ފަރީޝާއާ ދޭތެރޭ ތަފާތު އިހުސާސެއް ކުރެވޭހެން އާތިފަށް ހީވާންފެށިއެެވެ.އަބަދުވެސް ފަރީޝާ ދެކެން ބޭނުންވުމާ އޭނާގެ އަޑުއަހަން ބޭނުންވާ ކަހަލަ އިހުސާސެއް އާތިފަށް ކުރެވެން ފެށިއެވެ.ފަރީޝާ ފެނުމުން ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް އެހިތަށް ލިބެންފެށިއެވެ.އާތިފަށް ވަމުންދާގޮތް ޚުދު އާތިފަށްވެސް ނޭނގެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ވައުދޭ ވެވޭ މީ… 13

Next

ލޯބި ވެވުމުން 19

Next
April 6, 2022

ލޯބި ވެވުމުން 19

Previews
April 5, 2022

ވައުދޭ ވެވޭ މީ… 13

4 Comments!

  1. Angry says:
    April 5, 2022 at 5:03 pm

    Nice
    Waiting for next part?

  2. lamhus says:
    April 5, 2022 at 8:10 pm

    Thanks dear ?
    Will upload soon???

  3. Hûdhãkkø says:
    April 6, 2022 at 7:12 am

    Oh my oh my oh my aathif you are in love
    Alhe aathif marry nukurah chey fareesha aai
    Alhe viyaam ragalhu vaane Nama fareesha and viyaam gulheyni
    BTW
    Mi part VX vvvvvvvvvvvvv reethi ???
    Waiting for the next part
    Alhe dhen vaane gothakaamedhu visneni eyyy Hama????

  4. lamhus says:
    April 6, 2022 at 10:25 am

    lets see vaa gotheh dhw hudhakko?
    thanks so much dear???

Comments are closed.

Next Episodeހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (52)←


All Right Reserved!