ބެލްކަނިތެރޭގައި ހުރި ފަރީޝާ އެތެރެއަށް ވަނެވެ.އަދި އޭނާގެ ފޮށީގައިވާ އެއްޗެހިތައް ހުސްކުރަން ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ.ކޮޓަރިއަށްވަދެ ފޮށީގައިހުރި އަންނައުނުތައް އަލަމާރިއަށް ފަތްޖަހާފައި ލުމަށްފަހު، ރީތިވާ ސާމާނުތައް ޑުރެސިންޓޭބަލް މަތީގައި އަތުރާލިއެވެ.އަދި ފެންވަރަން ގެންގުޅޭ ސާމާނުތައް ފާހަނައަށްލުމަށް ފާހަނައާ ދިމާލަށް ފަރީޝާ މިސްރާބުޖެހިއެވެ.
ފާހަނަ ދޮރުހުޅުވާލި ފަރީޝާއަށް، ފާހަނައިގެ ރީތިކަންފެނި އާޝޯހުވިއެވެ.އެއްޗެހިތައް ފާހަނައިގައި ބަހައްޓާލުމަށްފަހު އަނެއްކާވެސް އައިލީންގެ ކޮޓަރިއާ ދިމާލަށް ފަރީޝާ މިސްރާބުޖެހިއެވެ.މަޑުމަޑުން ދޮރުހުޅުވާލި ފަރީޝާއަށް އެނދުގައި އިށީންދެލައިގެން އިން އައިލީން ފެނުނެވެ.
“ދަރިފުޅާ!” އައިލީންނަށް ހިނިތުންވެހުރެ ފަރީޝާ ގޮވާލިއެވެ. “މަންމީ!” ފަރީޝާ ފެނުމުން އުފަލުން އޭނާގެ ގާތަށް އައިލީން އައެވެ. “ގުޑް މޯނިން…ހިނގާ ދޯ ކާން” އައިލީން އުރާލުމަށްފަހު ފަރީޝާ ބުނެލިއެވެ. “މޯނިން މަންމީ” ފަރީޝާގެ ކޮނޑުގައި ބޯއަޅާލަމުން ޅަގޮތަކަށް އައިލީން ބުނެލިއެވެ.
އައިލީން ގޮވައިގެން ފާހަނައާ ދިމާލަށް ފަރީޝާ ދިޔައެވެ.އަދި މޫނާއި ދަތް އުނގުޅުވާލުމަށްފަހު، ސިޓިންރޫމަށް ނިކުތެވެ.
“މަންމި މިއުޅެނީ ކޮއްކޮއަށް ކާންހަދަަން އިނގޭ…ތިއްތިކޮށް ހުންނައްޗޭ މަންމި ކާން ހަދަންދެން” އައިލީންނަށް ފަރީޝާ ބުނެލިއެވެ.ފަރީޝާއަށް ބޯޖަހާލުމަށްފަހު އައިލީން، ބާސްކެޓުން ސޮފްޓު ޓޯއީއެއް ނަގައިގެން ކުޅެން އިށީނެވެ.
“ދަރިފުޅު ކޯއްޗެއް މިއަދުކާނީ؟” އައިލީންނަށް ފަރީޝާ އަހާލިއެވެ. “ވެޖިޓަބަލްސް އެންޑް އޮމްލެޓް” އައިލީން ބުނެލިއެވެ.އެއީ އައިލީން އާންމުކޮށް ހެނދުނު ސަޔަށް ކާއެއްޗިއްސެވެ. އާވިން ކެއްކި ތަރުކާރީއާއި ބިސްގަނޑެއްގެ އިތުރުން ކިރުތައްޓެކެވެ.އެހެންނަމަވެސް އައިލީން ގާތު އޭނާ ކާންބޭނުންވަނީ ކޯއްޗެއްތޯ އަހާ އޭނާ ކާހިތްވާ އެއްޗެއް ހެދުމަށް ފަރީޝާގާތު ލަކްޝްމީ ބުނެފައިވާތީ ފަރީޝާ އެހީއެވެ. “އޯކޭ” އެހެންބުނެ އައިލީންނަށް ކާންހަދަން ފަރީޝާ އުޅުނެވެ.
“ކޮބާ އާދޭ ދަރިފުޅޫ މިނިމުނީ” ތަށިތަކައް ކާއެއްޗެހި އަޅައިގެން އައިސް މޭޒުމަތީގައި ބަހައްޓާލަމުން ފަރީޝާ ބުނެލިއެވެ.ފަރީޝާ އެހެންބުނުމާއެކު، ކިޔަމަންތެރިކަމާއެކު އައިލީން މޭޒުކައިރި ހުރި ގޮނޑީގައި އިށީނެވެ. އައިލީންނަށް އެތިކޮޅުކޮޅުން ކާންދެމުން ފަރީޝާ ދިޔައެެވެ.
“މަންމި ނުކަންތަ؟” އައިލީން އަހާލިއެވެ. “މަންމި އަދި ކާނަން އިނގޭ ލޯބީ” އައިލީންގެ ބޮލުގައި ފިރުމާލަމުން ފަރީޝާ ބުނެލިއެެވެ.
އައިލީން ކިތަންމެ ކުޑައަސް އެކުއްޖާ ގައިގައި މީހުންނަށް އޯގާތެރިކޮށް ހިތުމުގެ ސިފަ ހަރުލާފައި ވެއެވެ.އެހެންކަމުން އައިލީންދެކެ އިިތުރަށް ފަރީޝާއަށް ގަޔާވެވުނެވެ.އައިލީންނަށް ކާންދޭން ފަރީޝާ އިންދާ އާތިފް އައެވެ. “އަހަނ ދަރިފުޅު ހޭލައިގެން ކަނީތަ؟” ކާންއިން އައިލީންނާ ދިމާލަށް އާތިފް ބުނެލިއެވެ.
ބޭރުން އައި އާތިފް އޭނާގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. “ގުޑް މޯނިން ބޭބީ” ކޮޓަރިއަށް ވަންނަން ދިޔަ އާތިފް، އައިލީންގެ ނިއްކުރިއަށް ބޮހެއްދެމުން ބުނެލިއެެވެ. “މޯނިން ބައްޕީ” އައިލީންވެސް ބުނެލިއެވެ.
އައިލީންނަށް ކާންދީ ނިމުމުން ފަރީޝާ ތަށިތައް ދޮންނަން އުޅުނެވެ.ތަށިތައްދޮވެ ނިމި އައިލީން ފެންވަރުވާ ރީތިކޮށްގެން ފަރީޝާ ސިޓިންރޫމަށް ނިކުތެވެ.އެވަގުތު އާތިފް އޮފީހަށްދާން ތައްޔާރުވެގެން އޭނާގެ ކޮޓަރިން ނިކުންނަނީއެވެ.
“ސައިނުބޮއެތޯ ދުރުވަނީ؟” އާތިފް ދާން އުޅެންފެށުމުން ފަރީޝާ އަހާލިއެވެ. “ސައިހެދީތަ؟” އާތިފް އަހާލިއެވެ. “ނޫން އެކަމަކު ވަރަށް އަވަހަށް ހަދާލެވޭނެ” ފަރީޝާ ބުނެލިއެވެ.
“ނޫން ބޭރުން ސައި ބޯނީ…އާތިފް ބުނީމެއްނު ސައިބޯން ބޭނުންވަންޏާ ބުނާނަމޭ…ހެނދުނު ލަކްޝްމީ ގިރި ކޮފީއެއް ބޮއެގެން މިހުރީ…ފަރީޝާ ސައިބޮއެފިންތަ؟” އާތިފް އަހާލިއެވެ.އެވަގުތު އޭނާއަށް ނޫނެކޭ ފަރީޝާ ބުނެލިއެވެ.
“އެހެންވީމަ ފަރީޝާ ސައިބޯން އުޅޭ..ހުންނާނެ ޕާންވެސް…ރޮށިކާން ބޭނުންވަންޏާ ފުށްވެސް ހުންނާނެ…މިގުދަނުގަ ހުންނާނެ މަސްދަޅުކޭހާ އެއްޗެހި” ކުޑަ ގޮޅިއެއް ފަދަ ތަނެއް ދައްކާލަމުން އާތިފް ބުނެލިއެެވެ. “ލައްބަ އަޅުގަނޑަށް އިނގޭ ލަކްޝްމީ ތިތަން އަޅުގަނޑަށް ދެއްކި” ފަރީޝާ ބުނެލިއެވެ.
“އެހެންތަ؟…އެހެންޏާ ދާންޖެހެނީ ހެނދުނު ނުވައެއް ޖަހާއިރަށް…އެކަމަކު މިއަދު ލަކްޝްމީ ފުރުވަންވެގެން ތަންކޮޅެއް ލަހުން އޮފީހަށް މިނިކުންނަނީ…މިހާރު ގަނޑިން ދިހަގަނޑި ބައިވީ” އަތުކުރިން ގަނޑިން ވަގުތު ބަލާލަމުން އާތިފް ބުނެލިއެވެ.
“ބައްޕި ދަނީ އިނގޭ ދަރިފުޅޫ..ބަސްއަހައިގެން މަންމި ކައިރި ހުންނާތި އިނގޭ” ދަމުން އައިލީންގެ ނިއްކުރިއަަށް ބޮހެއްދެމުން އާތިފް ބުނެލިއެވެ. އާތިފް ދިއުމުން ފަރީޝާ ސައިބޯން ވެގެން އުޅުނެވެ.އޭރު އައިލީން އިނީ ޓީވީން ކާޓޫނު ބަލާށެވެ.
********
އޮފީހަށް ދެވުމާއެކު އާތިފް އޭނާގެެ މަސައްކަތާ މަސްއޫލުވިއެވެ.ލިބުނު ހުސްވަގުތުކޮޅުގައި އައިލީން ކޮބާތޯ ބަލާލަން އާތިފް ފޯނު ނެގިއެވެ.ގޭގައި ހަރުކޮށްފައިވާ ކެމެރާ، ފޯނާ ކަނެކްޓު ކޮށްފައިވުމުން، ގޭތެރޭގައިވާ ކަންތައްތައް އޮފީހުގައި އިނދެ އާތިފަށް ބަލާލެވެއެވެ.ގޭގައި ކެމެރާ ހަރުކޮށްފައިވާކަމެއް އާތިފް ފިޔަވައި އެކަކަށްވެސް ނޭނގޭނެއެވެ.ލަކްޝްމީއަކަށްވެސް ނޭނގޭނެއެވެ.
ނުދަންނަ ބައެެއްގެ އަތްމައްޗަށް ދަރިފުޅު ދޫކޮށްލާއިރު، އެކުދިންގެ ސަލާމަތާ ރައްކާތެރިކަމަކީ ކޮންމެ މަަޔަކު އަދި ބަފަޔަކުވެސް އެންމެ އިސްކަންދޭ އެއްކަންތަކެވެ.އެހެންކަމުން އާތިފްވެސް އޭނާގެ ދެލޯފަދައިން ލޯބިވާ އައިލީންގެ ރައްކާތެރިކަމަށްޓަކާ ކެމެރާާ ހަރުކުރީއެވެ.
އާތިފް ކެމެރާ ހަރުކޮށްފައިވަނީ ހަމައެކަނި ސިޓިންރޫމާއި އައިލީންގެ ކޮޓަރީގައި އެކަންޏެވެ.އެއީ އައިލީން ގޮވައިގެން ކޮންމެމީހަކުވެސް ތިބޭނެ ދެތަން ކަމަށްވާތީއެވެ. ގޭގައި ހަރުކޮށްފައިވާ ކެމެރާ، ފޯނު މެދުވެރިކޮށް ހުޅުވާލި އާތިފަށް، ފަރީޝާ އައިލީންނަށް ކިޔައިވައިދޭން އިންދާ ފެނުނެވެ.
ހެޑްސެޓް ޖަހާލުމަށްފަހ،ު ފުޓޭޖްގެ ސައުންޑް އާތިފް އޮންކޮށްލީ ކިޔާއެއްޗެއް އަޑުއަހާލުމުގެ ނިޔަތުގައެވެ.
“މީ ކޮންއަކުރެއް ބީ..ކިޔާ ބީ” އައިލީންނަށް ފަރީޝާ ކިޔަވައިދޭ އަޑު އާތިފަށް އިވެމުންދިޔައެވެ.އައިލީންވެސް ކިޔަމަންތެރިކަމާއެކު ފަރީޝާގެ އަޑުދަށުން ކިޔަމުން ދިޔައެެވެ.
ފޯނަށް ބަލަންއިން އާތިފްގެ މޫނުމައްޗަށް ވެރިވީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ.އަބަދުވެސް ފަރީޝާ އެގޮތަށް އައިލީންނާ ދޭތެރޭ އޯގާތެރިކޮށް ހިތާނެކަމަށް އާތިފް އުންމީދުކުރިއެވެ.ފޯނު ބޭއްވުމަށްފަހު އައިލީންނާ ވާހަކަދައްކާލުމަށް އާތިފް ފަރީޝާއަށް ގުޅާލިއެވެ.
“ހަލޯ ކޮބާ އައިލީން؟” ފޯނު ނެގުމާއެކު އާތިފް އަހާލިއެވެ. “އެބައިން” ފަރީޝާ ބުނެލިއެވެ. “ކީއްކުރަނީ؟” އައިލީން ކިޔަވަނީކަން އެނގިހުރެ ފަރީޝާދޭ ޖަވާބެއް ބަލާލުމުގެ ނިޔަތުގައި އާތިފް އަހާލިއެވެ.
“ކިޔަވަނީ އައިލީން” އެހެންބުނެ އައިލީން އަތަށް ފަރީޝާ ފޯނު ދިނެވެ.އައިލީންނާ ވާހަކަދައްކާލުމަށްފަހު އާތިފް ފޯނުބޭއްވީ މިރޭ ގެއިން ކާނެކަމަށް ފަރީޝާއަށް އެންގުމަށް ފަހުގައެވެ.
***********
ރޭގަނޑު އަށެއްޖެހުމުން އައިލީން ނިންދަވާލުމަށްފަހު، އާތިފް އަންނަންވާއިރަށް ފަރީޝާ ކެއްކިއެވެ.ކައްކާ ނިމި ފެންވަރާލަން އޭނާ ފާހަނައާ ދިމާލަށް މިސްރާބުޖެހިއެވެ.
ފެންވަރައިގެން ނިކުމެ ފަރީޝާ ވަގުތުބަލާލިއިރު ނުވައެއްޖަހާ ދިހަމިނެޓް ހިނގީއެވެ.އެހެންކަމުން މިހާރު އާތިފް އަންނަން އުޅޭނެކަން އެނގުމުން އަވަސްކޮށްލައިގެން ސިޓިންރޫމަށް ނިކުތެވެ.
ފަރީޝާ ނިކުތް ވަގުތު އާތިފް ގެއަށް ވަންނަނީ އެވެ. “ހަލޯ” ފަރީޝާ ފެނުމުން އާތިފް ގޮވާލިއެވެ. “ހަލޯ” ފަރީޝާވެސް ގޮވާލިއެވެ.
“ކާން ހަދަނީ އިނގޭތޯ” ފަރީޝާ އަހާލިއެވެ. “އާނ…މި އަންނަނީ ފެންވަރައިގެން”އާތިފް އެހެންބުނުމަށްފަހު އޭނާގެ ކޮޓަރިއަށް ވަނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.






Varah reethi?❤
Hama best engey?
Dhen in bayah inthizaaru kuran
Avahah genes dheyne kamah unmeedhu kuran
thanks dear will upload soon insha allah???
Hei one of the my favourite story writer
How are you
BTW mi part VX vrh vrh vrh vrh vrh reethi ????
Stay safe
Take care
?????
Waiting for the next part ???
helloooo dear ??
good wbu????
thanks sooo much dear???
aww… you too tc and stay safe❤??
Vara reethi?❤️