ހެނދުނުގެ ވަގުތު ކަމުން ހޮސްޕިޓަލް އެހާ ބާރު ބޮޑެއް ނޫނެވެ. އެހެން ކަމުން އަޒްހާ އަށް އެއްވެސް އުނދަގުލަކާ ނުލާ ޑޮކްޓަރ އަށް ދެއްކުނެވެ. ޑޮކްޓަރ ބުނި ގޮތުން ނަމަ އަޒްހާ އަށް ހުން އައުން ނޫން އެއްވެސް ކަމެއް ނުވެއެވެ. އެހެން ކަމުން އަޒްހާ އަށް ޕްރިސްކްރިޕްށަން ދިނުމަށް ފަހު ސިއްޙަތައް ފައިދާ ހުރި ކާނާ ކެއުމަށް އިރުށާދު ދިނެވެ. ޑޮކްޓަރ އަޒްހާ އަށް ބޭހަކަށް ހަމައެކަނި ދީނީ ޕެނެޑޯލް އެވެ. ނައިރާ އަޒްހާ އަށް ބޭސް ހިފައިގެން އައުމުން އަޒްހާ ގެއަށް ދާން ބުނެލި އެވެ.
ރިޒާ ޑޮކްޓަރ ދައްކަން ނިންމަފަ ބޭސް ނަގައިގެން އަންނަނިކޮށް ނައިރާ މެން ނާއި ދިމާވި އެވެ. ” އަޒްހާ ނައިރާ…. ހޮސްޕިޓަލް ގަ ކީއް ތި ކުރާނީ” ރިޒާ އެހެން އަހާލުމުން ނައިރާ އަޒްހާ ޑޮކްޓަރ އަށް ދައްކަން އައިސް ގެ އުޅޭ ވާހަކަ ބުނެލިއެވެ. ” ރިޒް ދައްތަ އޯ…. ކީއްކުރަން ހޮސްޕިޓަލް އަށް އައިސްގެން ތި އުޅެނީ” އަޒްހާ އެހެން އަހާލުމުން ރިޒާ ވެސް ޑޮކްޓަރ އަށް ދައްކަން އައިސްގެން އުޅޭ ވާހަކަ ބުނެލިއެވެ. ” އެއީ އަނެއްކާ ރިޒް އަށް ކިހިނެއް ވީ” ނައިރާ ކަނބޮޑުވެފަ ހުރެ އަހާލުމުން ރިޒާ ހަމައެކަނި ބޮލަށް ތަދުވަނީ ކަމައް ބުނެލި އެވެ. ތިން މީހުން އެއްކޮށް ގެއަށް ދާން ނިކުތީ ފޯރީގައި ވާހަކަ ދައްކަމުން ނެވެ. ނަމަވެސް އެކަކު ވެސް ރޭގަ ހިނގާ ދިޔަ އެއްކަމެއް ގެ ވާހަކައެއް ނުދައްކަ އެވެ. އެކި ވާހަކަ ދައްކަމުން ގޮސް ތިން މީހުންނަށް ގްރާސް ހައުސް އަށް އާދެވުނެވެ. ” ރިޒް އެތެރެއަށް ވަންނާނަން ތަ” ނައިރާ އެހެން އެހުމުން ރިޒާ ގެއަށް ގޮސް އަރާމު ކޮއްލާނީ ކަމަށް ބުނެ ގެއަށް ދާން ހިނގާ ގަތެވެ. ” ހިނގާ މީހުން ވެސް ގެއަށް ވަންނަން” ނައިރާ އެހެން ބުނަމުން ގޭޓު ހުޅުވާލި އެވެ. އަޒްހާ ގޭޓު ހުޅުވާލަމުން އެތެރެއަށް ވަދެގެން އައެވެ. އެއައި ވަގުތު ވޯކް ވޭ އެއްފަރާތު ގަ ހުރި ނޫ ކުލައިގެ އެކްސައިޓާ 125 ފެނި ނަވާން ގޭގަ އުޅޭ ކަން އެނގުނެވެ. އެހެން ކަމުން ހިން ދިރުވާލުމުން ފަހު އެތެރެއަށް ވަނެވެ. އެއިރު ސޯފާ ގައި ނިޔާޒް އާއި ނަވާން ތިއްބެވެ. އަޔާޒް އާއި ނާއިޒް އުޅެނީ ބަދިގޭގަ އެވެ. ” އަޒްކޯ މިހާރު އޯކޭ ތަ” ގެއަށް ވަދެގެން އައި އަޒްހާ ފެނުމުން ނިޔާޒް އަހާލިއެވެ. އަޒްހާ ގެ ނަން އިވުމުން ފޯނަށް ބަލާގެން އިން ނަވާން އިސްނަގާ އަޒްހާ އަށް ބަލާލިއެވެ. ނަވާން އިސްނަގާ ބަލާލުމާއެކު އަޒްހާ ނިޔާޒް އަށް ޖަވާބު ދިނުމެއް ނެތި އަވަސް ފިޔަވަޅު ތަކެއް އަޅަމުން ގޮސް ކޮޓަރިއަށް ވަނެވެ.
“މަންމާ މަގޭ ހިތް…… ހޫހް ކާމް ޑައުން އަޒްހާ….. ޖަސްޓް ކާމް ޑައުން ” އަޒްހާ ކޮޓަރިއަށް ވަދެ ދޮރު ލެއްޕި އެވެ. އަދި ދޮރުގަ ލެގިލަމުން މޭމަތީގަ އަތް އަޅާގެން ހުރެ އަމިއްލަ ނަފްސަށް ބުނެލި އެވެ. އިރުކޮޅެއް ވަންދެން އެހެން ހުރުމަށް ފަހު އަޒްހާ ގޮސް ކޮޓަރީ ކުޑަދޮރު ކައިރީ ހުއްޓުނެވެ. އަދި އަމިއްލަ ނަފްސަށް ސުވާލު ގޯނި އޮއްސާލި އެވެ. ” ކީއްވެ ؟….. އާރްގް….. ނަވާން ކީއްވެ ؟ ވައި ދަ ހެލް ޑިޑް ޔޫ ކިސް މީ ؟…… ޔޯރް ޑްރައިވިން މައި މައިންޑް ކްރޭޒީ….. އެންމެ ދެރަވެގެން ގޮސް ކިސް ކޮއް ނިންމާފަ….. ކިސްކުރި ސަބަބު ވެސް ބުނިނަމަ……… ނައު އައި ކާންޓް އިވެން ގޯ އިންފްރޮޓް އޮފް ހިމް…… ނަވާން ކުރިމައްޗަށް އަރާ ކޮންމެ ފަހަރަކު އަހަރެންގެ މި ސްޓުޕިޑް ހިތް ހީވަނީ މޭ ފަޅާލަފަ ނުކުމެދާނެ ހެން……. ދިސް އިޒް އޯލް ޔޯރް ފޯލްޓް ނަވާން ދެން އަހަރެން ކުރިމައްޗަށް އެރިޔަސް އަމް ގޮނަ ކިލް ޔޫ “އަޒްހާ އެހެން ބުނެލުމައް ފަހު ފުން ނޭވާއެއް ދޫކޮށްލި އެވެ.” އެހެންތަ އެހެން ވެއްޖެޔާ އަވަހަށް މަރާލާ ” ކުއްލިއަކަށް ނަވާން ކުޑަދޮރު ބޭރުން އަޒްހާ ގެ ކުރިމައްޗަށް އަރަމުން ބުނެލި އެވެ. ކުއްލިއަކަށް ނަވާން އަޒްހާ ގެ ކުރިމައްޗަށް އެރުމުން އަޒްހާ ދިޔައީ ސިއްސައިގެން ނެވެ.” ވަޓް ދަ……ވާރް ޔޫ ސްޕައިން އޮން މީ ” އަޒްހާ ސިއްސައިގެން ދިޔަ ވަރުން ފަހަތަށް ޖެހި ލަމުން ބުނެލިއެވެ.” ޔޫ ކުޑަ ސޭ ދެޓް…….ދެން ތި އެއް ނޫނޭ އަޒްހާ ތި ބުނީ އެއްނު ޔޫލް ކިލް މީ އޭ…. މިހުރީ ކުރިމައްޗަށް އަރާ ނައު ކިލް މީ ” ނަވާން ހިނި އައިސްފަ ހުރެ އެހެން ބުނުމުން އަޒްހާ އެނދު ކައިރީގަ ހުރި ސައިޑް ޓޭބަލް މަތީގަ ހުރި ފެންފުޅި މަތި ހުޅުވާލުމައް ފަހު ނަވާން ގެ މޫނަށް އޭގަ ހުރި ފެން ތަށް ޖެހިއެވެ. އަޒްހާ އެކަހަލަގެ ކަމެއް ކޮއްފާނެ ކަމަށް ނުވިސްނާ ހުއްޓާ ކުއްލިއަކަށް އަޒްހާ ފެން ޖެހުމުން ނަވާން އަށް ސަލާމަތް ވާނެ ފުރުސަތެއް ނުލިބުނެވެ. އޭގެ ސަބަބުން ފުޅީގައި ހުރި ހުރިހާ ފެނެއް ނަވާން ގެ މޫނު ޖެހުނެވެ. އަޒްހާ ނަވާން އަށް ބެލުމެއްނެތި ކުޑަދޮރު ލެއްޕި އެވެ.
ނަވާން މޫނުގައި އަތް ކާތާލުމައް ފަހު ހީލިއެވެ. އަދި ގެއަށް ވަންނަން ދިޔައެވެ. ” ނަވާން ވާރޭ ވެހެނީ ތަ” ނިޔާޒް ނަވާން ގެ މޫނަށް ބަލާލަމުން ބުނެލި އެވެ. ” ނޫން ކިހިނެއް ވީ” ނަވާން އެހެން ބުނުމުން ނިޔާޒް ނަވާން މޫނުގަ އެ ހުރީ ކޮން ފެނެއްހޭ އަހާލުމުން ނަވާން އެއީ އެއްވެސް ފެނެއް ނޫނޭ ބުނެފަ އަވަހަށް ކޮޓަރިއަށް ދިޔައެވެ.
ނައިރާ ގެއަށް ވަނުމަށް ފަހު ނިޔާޒް އަތަށް އަޒްހާ ގެ ބޭސް ދިނެވެ. އަދި އެއަށް ފަހު ބަދިގެއަށް ނާއިޒް އާއި އަޔާޒް އަށް މަލާމާތް ކޮއްލަން ދިޔަ އެވެ. ” އެހެމް…… ކޮބާ އަދި ވެސް ނުނިމޭ ތަ………….. މާ. ސް. ޓާ… ޝެ. ފް. ސް” ނައިރާ ހުރިހާ އަކުރު ތަކައް ދަމާ ލަމުން ބުނެލި އެވެ. ” އޯ ހެލޯ ރާނީ ސާހިބާ މި ނިމުނީ އޭ…… ދެން އެންމެން ކައިރީ ސައި ބޯން އަންނަން ބަންނާން އޮތީ” އަޔާޒް އެހެން ބުނުމުން ނައިރާ ހީލިއެވެ. އަދި ނާއިޒް ކޮބާތޯ އަހާލި އެވެ. ” ކޮބާ ދޮންބެ” ނައިރާ މޭޒުގެ އަތް ވިއްދާ ލަމުން އަހާލި އެވެ. ” ގޮސްފި މިޝްހާ އާ ވާހަކަ ދައްކަން” އަޔާޒް އެހެން ބުނުމުން ނައިރާ އޯހް އޭ ބުނެލި އެވެ. ” ސޯ…………. ކޯޗެއް ބްރޭކްފާސްޓް އަށް ހެދީ” އިރުކޮޅެއް ފަހުން އަހާލި އެވެ. ” ….މައްސޫނި އާ ރޮއްޓާ….. ޓޫނާ ސޭންޑްވިޗް އާ…..ދެން ކަޅު ސައި” އަޔާޒް އެހެން ބުނުމުން ނައިރާ “ހަމަ އަސްލު ވެސް” ހޭ ބުނެލި އެވެ. އަދި ބުނެލި އެވެ. ” އަޔާޒް ކާކު ކައިރިން ކައްކަން ދަސްކުރީ” ނައިރާ ގެ މި ސުވާލާ އެކު އަޔާޒް ހިނިގަނޑެއް ޖަހާލި އެވެ. އަދި ބުނެލި އެވެ. ” ނައިރާ ކުއްލިއަކަށް އަހަރެންނަށް ހާދަ އިންޓްރަސްޓް އެއް…..” އަޔާޒް އެހެން ބުނަމުން ނައިރާ އާ ކުޑަކޮށް ކައިރި ވެލި އެވެ. “ކިހިނެއް ވީ…..އޭމް އައި ނޮޓް އެލައުޑެޑް ޓު ހޭވް އިންޓްރަސްޓް އިން ޔޫ” ނައިރާ ވެސް ދެރަ ނުވާން ވެގެން އަޔާޒް ބުނެލި ރާގަށް ބުނެލި އެވެ. ތެދަށް ބުނާނަމަ ނައިރާ ގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުން ނެވެ. ނަމަވެސް ނައިރާ ބޭރު ފުށުން އެކަން އަނގަން ބޭނުން ނުވާތީ ހަމަޖެހޭ ކަމަށް ދައްކާލި އެވެ. ” ނޫން އެހެންނެއް ނޫ ދެން ހަމަ ބުނެލީ…… އަސްލު ކައްކަން ދަސްކުރީ މަންމަ ބަދިގޭގަ ކައްކާ ތަން ބަލައިގެން” އަޔާޒް ނައިރާ އާ ދުރަށް ޖެހިލުމައް ފަހު އިސްތަށިގަނޑު ގަ އަތް ހިނގާލަމުން ނައިރާގެ ސުވާލެއް ޖަވާބު ދިނެވެ. އަދި ބަދަލުގައި ނައިރާ އާ ސުވާލު ކޮއްލި އެވެ. ” ނައިރާ ކައްކާ އެއްޗެހި އަސްލު ވަރަށް މީރު…… ނައިރާ ކައްކަން ދަސްކުރީ ކާކު ކައިރިން” އަޔާޒް ގެ މި ސުވާލާ އެކު ނައިރާ ހިނިތުން ވެލި އެވެ. އަދި ބުނެލި އެވެ. ” މަންމަ ދުނިޔެ ދޫކޮއްފަ ދިޔަ ފަހުން ނައި ގޭގަ ކެއްކީ…. ދެން މަންމަ ގެންގުޅޭނެ މަންމަގެ ސީކްރެޓް ރެސިޕީސް ލިޔާ ފޮތެއް….. އެ ފޮތް ބަލައިގެން ދަސްކުރީ” ނައިރާ މިހެން ބުނުމުން އަޔާޒް” އަމް ސޮރީ ” އޭ ބުނެލި އެވެ.” ކީއްވެ ސޮރީ ތި ބުނީ ” ނައިރާ އެހެން އަހާލުމުން އަޔާޒް ކަމެއް ނުވެއޭ ބުނެލި އެވެ. އަދި މައުލޫ ބަދަލު ކޮއްލުމައް ޓަކައި ވަރަށް ޑްރެމޭޓިކް ގޮތަކަށް ބުނެލި އެވެ.” މިސް ނައިރާ ވިލް ޔޫ ބީ މައި ފްރެންޑް” ތެދެއް ބުނާނަމަ އަޔާޒް ބޭނުން ވީ ނައިރާ އިތުރަށް ދަސްކޮއްލަން ށޭ ވެސް ބުނެވިދާނެ އެވެ. ” ށޯރް ވައި ނޮޓް…ފްރެންޑްސް ” ނައިރާ އެހެން ބުނުމަށް ފަހު އަޔާޒް އާއި ސަލާމް ކޮއްލަން އަތް ދިއްކޮއްލި އެވެ. އަޔާޒް ވެސް ހިނިތުން ވެލަމުން ނައިރާ ގެ އަތުގަ ހިފާ ސަލާމް ކޮއްލި އެވެ. ” ވޯވް ނައިރާ ހޭންޑް ހާދަ ސޮފްޓް އޭ” ނައިރާ ގެ އަތް ކަފަ ކޮޅެއްހާ މަޑު ކަމުން އަޔާޒް އަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. ” ޕިސް ޕިސް ޕިސް ތި ދެމީހުން ވާ ރަނގަޅު……. މިހާރު ހެނދުނު ސައި ބޯ ވަގުތު ފާއިތު ވެގެން ދަނީ އޭ….. މިގޭގަ އެހެން މީހުން ވެސް އުޅޭކަން އެނގޭތަ… އެ މީހުން އުޅޭނެ މިހާރު ބަނޑަށް މަރުވޭ……. އަދިވެސް ތިބީ ތަ ބޮޑުތަކުރުފާނު ވާހަކަ ފަތުރާ ދެން ދޭބަލަ އެންމެން ކައިރީ ސައި ބޯން އަންނަން ބުނާން ” ނާއިޒް ބަދިގެއަށް ވަންނަމުން އަޔާޒް އަށް ށާއި ނައިރާ އަށް ހަސާރު ދަމާލި އެވެ.” އަ… އާނ މި ދަނީ ” އަޔާޒް ނާއިޒް ބަދިގެއަށް ވަންނަމުން ނައިރާ ގެ އަތުން ދޫ ކޮއްލުމަށް ފަހު އެންމެ ކައިރީ ސައި ބޯން އަންނަން ބުނަން ދިޔަ އެވެ.” އޭ އެންމެނޭ ސައި ބޯން އާދޭ ” އަޔާޒް ސިޓިން ރޫމް އަށް ގޮސްފަ އަޑު ނެތް ތަނަށް ހަޅޭލައްވައި ގަތެވެ.” ޕިސް ޕިސް ޕިސް ޕިސް… ކުޑޭ ތި ތަންކޮޅެއް މަޑުން ބުންޏަސް އަޑު އިވޭ ” އަޒްހާ ކޮޓަރިން ނިކުންނަމުން ބުނެލި އެވެ. އަދި ސިޓިން ރޫމް ގަ ތިބި ނިޔާޒް އާއި ނަވާން އަށް ބަލާލުމަށް ފަހު ކާގެ އަށް ދިޔަ އެވެ.
ނިޔާޒް އާއި ނަވާން ކާގެ އަށް ދިޔައިރު ނައިރާ އާއި އަޒްހާ ތިބީ ގޮނޑީގައި އިށީނދެގެން ނެވެ. އެހެން ކަމުން އިތުރަށް ލަސްކުރުމެއް ނެތި އެ ދެމީހުން ވެސް ގޮނޑީގައި އިށީނި އެވެ. ނަވާން އިށިންނީ އަޒްހާ ކުރިމަތީގަ އިން ގޮނޑީގަ އެވެ. ނިޔާޒް ނަވާން އާއި ޖެހިގެން އިން ގޮނޑީގައި އިށީނި އިރު އަޔާޒް އިނީ ނައިރާ ގެ ކުރިމަތީގައި އިން ގޮނޑީ ގައެވެ. ނާއިޒް އިނީ ނައިރާ އާއި ޖެހިގެން އިން ގޮނޑީގަ އެވެ. ” ހިނގާ ދެނ ފަށަމާ….” ނާއިޒް އެހެން ބުނުމާއެކު އެންމެން ހެނދުނުގެ ސަޔާގެން ކުރިއަށް ދިޔަ އެވެ. ސައި ބޮމުން ދިޔައިރު އެކަކު ވެސް އަނގައި ބަސް ބުނެ ނުލާތާ ޗުއްބުވެސް ނުބުނެ އެވެ. ނަމަވެސް އަޒްހާ އިނީ ކުޑަކޮށް ނުތަނަވަސް ވެފައެވެ. އެއީ އަޒްހާ ސޭންޑްވިޗް އަނގައަށް ލާ ކޮންމެ ފަހަރަކު ނަވާން ގެ ތޫނު ނަޒަރު އަމާޒުވާތީ އެވެ. ނަވާން އަކީ މީހުން ކާއިރު ގަ ބަލާ މީހެއް ނޫނެވެ. ނަމަވެސް ނަވާން އަޒްހާ އަށް ކުޑަކޮށް އުނދަގޫ ކޮއްލުމުގެ ނިޔަތުގައި ދިޔައީ އަޒްހާ އާއި ދިމާއަށް ބަލަމުން ނެވެ. ނައިރާ ގެ ހާލަކީ ވެސް ހަމަ އަޒްހާ އެކޭ އެއްފަދަ އެވެ. އިރު އިރު ކޮޅާ އަޔާޒް ގެ ކަތި ނަޒަރު ނައިރާ އަށް ހުއްޓޭ ތީ ނައިރާ ވެސް އިނީ ކުޑަކޮށް ނުތަނަވަސްކަން އިހުސާސް ކުރެވިފައެވެ. ނަމަވެސް މީގެން އެއްވެސް ކަމެއް ނާއިޒް އަށް ށާއި ނިޔާޒް އަކަށް ރޭކާ ވެސް ނުލައެވެ. އެދެމީހުން ތިބީ އެދެމީހުންގެ އަމިއްލަ ހިޔާލީ ދުނިޔޭގަ އެވެ. ނާއިޒް އިނީ މިޝްހާ ގެ ހިޔާލު ތަކުގައި ގަރަގުވެފަ އެވެ. ނިޔާޒް އިނީ ރިޒާ އާއި ވާހަކަ ދައްކާނޭ ގޮތަކާ މެދު ވިސްނާލަ ވިސްނާލިއެވެ. މިކަހަލަ ގެ ގޮތަކަށް ހެނދުނުގެ ސައި ނިމިގެން ދިޔަ އެވެ.
މިއަދު ހުރިހާ ގަޑިއަކު ނާއިޒް އާއި އަޔާޒް ކަންކަން ހަމަޖެހިފާ ވާތީ ނައިރާ އާއި އަޒްހާ ތިބީ ސޯފާގައި ކޫސަނި ވާހަކަ ދެއްކުމުގަ އެވެ. ނައިރާ އަޒްހާ އަށް އޭނާގެ ކުޑައިރު ކުރެވިފަ ވާ މޮޔަ ކަންތައް ކިޔާ ދެމުން ދިޔައިރު އަޒްހާ ދިޔައީ ނިޔާޒް އާއި އަޔާޒް ކުރި މޮޔަ ކަންތައް ކިޔާ ދެމުން ނެވެ. އެހެން ތިއްބާ ނިޔާޒް ކޮޓަރިން ނިކުމެގެން އަންނަ ތަން ފެނުމުން ނައިރާ ނިޔާޒް އަށް ގޮވާލަމުން ބުނެލިއެވެ. ” ނިޔާޒް އެއީ ތެދެއްތަ….. ނިޔާޒް ކުޑައިރު ގަ ދެފައި އެއްތާ ނުޖެހިގެން އުޅެނިކޮށް ފާހާނާ ތައްޓު ތެރެއަށް ވެއްޓުނީ”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


amazing mi part ves v v v v vrah reethi
Really thx vara bodah Horror queen