ވިޔާމް ނިކުތުމުން އެނދުގައި އިން ފަރީޝާ އަޑުންއަޑުނަގާ މޫނުމަތީ އަތް އަޅައިގެން އިނދެ ރޯންފެށިއެވެ.ވިޔާމާ ނަތާޝާގެ ލޯބީގެ ގުޅުން އޭނާއަށް ފަޅާއެރުމާއި އަދި ނަތާޝާ ވިޔާމްގެ ދަރިއަކަށް ބަލިވެއިންކަން އެނގުމުން ފަރީޝާއަށް ހިތާމައަކަށްފަހު، ހިތާމައެއް މިރޭ ލިބުނެވެ.ރޯންއިން ފަރީޝާ މަޑުމަޑުން ކޮޓަރިން ނިކުމެ ކާގެއާ ދިމާލަށް މިސްރާބު ޖެހިއެވެ.އެވަގުތު އެންމެން ކާގެތެރޭގައި ތިބިތަން ފަރީޝާއަށް ފެނުނެެވެ.
ވަސީމާ ދައްތަ ނަތާޝާއަށް މޭވާ ކޮށައިދޭން ހުރިއިރު، ނަތާޝާ ގޮނޑީގައި ބައިންދައިގެން، އޭނާ ކައިރި ކޮޅަށް އޭނާގެ ބުރަކަށީގައި ފިރުމަން މައިދައިތަ ހުއްޓެވެ.އަދި އަނެއްކޮޅުން ބަފައިބެ ހެވިފައިހުރެ ވިޔާމްގެ ބުރަކަށީގައި އަތްހާކަމުން ކޮންމެވެސް ވާހަކަތަކެއް ދައްކަމުން ދިޔައެވެ.އެމަންޒަރު ބަލަން ފަރީޝާ ހުރީ ފެންކަޅިވެފައެވެ.ހަގީގަތުގައި މިރޭ ނަތާޝާގެ ބަދަލުގައި އެތާ އިންނަންޖެހޭނެ މީހަކީ ފަރީޝާއޭ އޭނާގެ ހިތަށްއަރާ ހާލުގައެވެ.
ބައްޕަމެންނާ ވާހަކަދައްކަމުންދިޔަ ވިޔާމްގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމާ ހިނިތުންވުމެވެ.ވިޔާމާ ދިމާލަށް ކުޑަވަގުތުކޮޅަކު ބަލަންހުރެލުމަށްފަހު ފަރީޝާ ގޯތިންބޭރަށް ނިކުތެވެ.އޭނާ ނިކުތްކަން އެއްވެސް މީހަކަށް ރެއަކާނުލިއެވެ.އެއަށްވުރެ ބޮޑަށް ނަތާޝާއަށް އެމީހުން ދެވިފައިވާ ސަމާލުކަން މާބޮޑެވެ.
*********
މަޑު ހިނގުމުގައި ހިނގާލައިފައިދިޔަ ފަރީޝާއަށް ދެވޭ ދިމާލެއް ނޭނގެއެވެ.ފަހަރަކު ގޯޅިއެއް އަޅަމުން ދަންވަރުގެ އެހަމަހިމޭން ވަގުތު ފަރީޝާ ހިނގަމުންދިޔައެވެ.ހިނގަމުންދިޔަ ފަރީޝާއަށް ނިކުމެވުނީ ރަށުގެ ބަނދަރާ ދިމާލަށެވެ.މަޑު ހިނގުމުގައި ގޮސް ބަނދަރުކައިރި ހުރި އައްޓެއްގެ މަތީގައި އިށީންދެ މޫދާ ދިމާލަށް ބަަލަހައްޓައިގެން އޭނާ އިނެވެ.
އެއްވެސް މީހެއްގެ ހިލަމެއްނެތް އެވަގުތު ދުއްވާއެއްޗެއްގެ ހިލަމެއް ކަނޑުގައިވެސް ނެތެވެ.ހަމައެކަނި ކަނޑުންނަގާ ރާޅުގެ އަޑާއި ޖެހެމުންދިޔަ ތެތްފިނި ރޯޅީގެ އަޑު ފިޔަަވައި އިތުރު އަޑެއް އެތާކު ނުވެއެވެ.އެހެންއިނދެ ފަރީޝާ އޭނާގެ ހާލަތާ ދޭތެރޭގައި ވިސްނާލިއެވެ.އޭނާއަކީ ދުނިޔެއަށް ކިހާ ބާކީ މީހެއްކަން އިހުސާސްކުރެވެން ފެށިއެވެ.ވިސްނަން އިން ފަރީޝާއަށް އޭނާގެ ބައްޕަގެ މަތިން ކުއްލިއަކަށް ހަނދާންވިއެވެ.ދަންވަރުގެ ވަގުތަސް، އަދި ދޮންމަންމައާ ހެދި ބައްޕަ ފޯނު ނުނަގާނެކަން އެނގިހުރެވެސް، ބައްޕަގެ އަޑުއަހާލަން މިރޭ އޭނާ ބޭނުމެވެ.ނަމަވެސް އޭނާއަށް ނިކުމެވުނީ ފޯނު ނުލާކަން އެނގުމުން މާޔޫސްވެފައި އިނދެވުނެވެ.
މިރޭގެ ހާދިސާއަށްފަހު ދެން އެނބުރި ވިޔާމްގެ ގެއަށްދާކަށް ފަރީޝާ އެއްވެސް ވަރަކަށް ބޭނުމެއްނުވިއެވެ.އެހެންނަމަވެސް އޭނާ ދާނެ އިތުރުތަނެއް ނެތެވެ.އިތުރުތަނަކަށް ފުރައިގެންދާން އޭނާގެ އަތުގައި ރުފިޔާއެއްވެސް ނެތެވެ. ވިޔާމް ދިނަސް ނުދިނަސް އޭނާ ކައިރި ރުފިޔާ ދޭން ބުނާކަށް ފަރީޝާ ބޭނުމެއްނޫނެވެ.އެހެންކަމުން ދެންްވާނެ ގޮތަކާމެދު ވިސްނަން ފަރީޝާ އިނެވެ.
************
ކައިގެން ނަތާޝާ އޭނާގެ ކޮޓަރިއަށް ދާން އުޅެންފެށުމުން ވިޔާމް އޭނާ ހުއްޓުވިއެވެ. “މިރެއަށްފަހު ނަތާ ނިދާނީ އަހަރެންގެ ކޮޓަރީގަ އަހަންނާ އެކު” ވިޔާމް ބުނެލިއެވެ. “ދެން އޭރަށް ފަރީޝާއޯ؟” ނަތާޝާ އަހާލިއެވެ. “އޭނަ ނިދާނީ ނަތާ ތިނިދާ ކޮޓަރީގަ..އޭނަ ޖެހޭނީ އެގޮތަށް ރުހެން..ނުރުހެންޏާ ނިކުމެގެންދިޔާމަ ނިމުނީ” ވިޔާމް އެހެންބުނެ އެމީހުން ނިދާ ކޮޓަރިއަށް ނަތާޝާ ގޮވައިގެން ވަންނަން ހިނގައިގަތެވެ.
“ދަރިފުޅާ މަންމަމެން މިދަނީ ނިދަން ނަތާޝާއަށް ރަނގަޅަށް ބަލާތި…ކަމެއް ބޭނުންވަންޏާ މަންމަމެނަށް ގޮވާލާތި” ވިޔާމަށް އޭނާގެ މަންމަ ބުނެލިއެވެ. “ދޮންތަވެސް މިދަނީ ނިދަން ކަމެއް ބޭނުންވަންޏާ ދޮންތައަށްވެސް އަންގާލާތި” ވަސީމާވެސް އެހެންބުނެ އޭނާގެ ކޮޓަރިއަށް ވަނުމުން، ވިޔާމްމެންވެސް އެމީހުންގެ ކޮޓަރިއަށް ވަނެވެ.
ކޮޓަރިއަށ ވަތްް ވިޔާމަށް ފަރީޝާއެއް ނުފެނުނެވެ.ފާހަނަތެރެވެސް ބެލުމަށްފަހު އޭނާ ފެންނަން ނެތުމުން ވިޔާމް ފަރީޝާގެ ނަންބަރަށް ގުޅާލިއެވެ.ފޯނު ކޮޓަރިތެރެއިން ރިންގުވާން ފެށުމުން އޭނާ ފޯނު ނުގެންދާކަން ވިޔާމަށް އެނގުނެވެ. “ހިނގާ ނިދަން..އޭނައަށް ބަލައިގެން ނުހުރެވޭނެ ނުނިދާ…އޭނަ އަންނަން ބޭނުންވަންޏާ އައިސްދާނެ…އަންނަން ބޭނުންނުވަންޏާ ނަޔަސް އަހަންނަށް ހެޔޮ” އެހެންބުނެ ވިޔާމް ނިދަން ތައްޔާރުވާން އުޅުނެވެ.
ބަނދަރުމަތީގައި އިން ފަރީޝާ ވިޔާމްގެ ގެއަށްދާން ހިނގައިގަތީ، އޭނާ ދާނެ އިތުރުތަނެއްވެސް ނެތުމާއެކު ތަނަކަށް ބަދަލުވެވެންދެން އެގޭގަ ހުރުމުގެ ނިޔަތުގައެވެ.ގެއަށް ވަތް ފަރީޝާ ގޮސް އޭނާ ނިދާ ކޮޓަރިއަށް ވަންނަން ތަޅުގައި ހިފާލިއެވެ.ނަމަވެސް ކޮޓަރިހުރީ ތަޅުލާފައެވެ.އެހެންކަމުން ކުޑަވަގުތުކޮޅަކު ހުރެލުމަށްފަހު ފަރީޝާ އެދޮރުގައި ޓަކިޖެހިއެވެ.އެވަގުތު ވިޔާމް ދޮރުހުޅުވިއެވެ.
“އައީދޯ؟…އަހަރެން ހީކުރީ ގެއިން ދިޔާމަ ދެން ނާންނާނެކަމަށް” ފަރީޝާ ދާނެ އެއްވެސް ތަނެއް ނެތްކަން އެނގިހުރެ، ވިޔާމް ބުނެލީ މަލާމާތުގެ ރާގަކަށެވެ.ވިޔާމް އެހެންބުންޏަސް ފަރީޝާ އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިއަށް ވަންނަން އުޅުނެވެ.އެވަގުތު ވިޔާމް އޭނާގެ މޭގައި އަތްއަޅާ ހުއްޓުވިއެެވެ.މިރެއިން ފެށިގެން ފަރީޝާ ނިދަންޖެހޭނީ ނަތާޝާ ނިދިކޮޓަރީގަ…މިކޮޓަރީގަ ނިދާނީ ނަތާޝާއާ އަހަރެން…އެގޮތަށް ނުރުހެންޔާ އެހެރީ ވަތްދޮރު ނިކުމެގެންދޭ” ވިޔާމް ބުނެލިއެވެ.
ވިޔާމް އެހެންބުނުމުން ފަރީޝާ ވިޔާމަށް ބަލައިލިއެވެ.އޭނާ ދެރަވިއެއް ކަމަކު ދެން ވިޔާމަށް އިތުރަށް އާދޭސްކުރާކަށް ފަރީޝާ ބޭނުމެއްނޫނެވެ.އުޅެން ބޭނުންނުވާ މީހަކާއެކު ނޫޅެވޭނެކަން ފަރީޝާއަށް އެނގެއެވެ. “އަހަރެންގެ އެއްޗެހިތައް ނަގަން” ފަރީޝާ ބުނެލިއެވެ.
އެހެންނުހެދުމަށް ބުނެ ފަރީޝާ އާދޭސްނުކުރުމުން ވިޔާމް ކުޑަކޮށް ހައިރާންވިއެވެ.އެހެންނަމަވެސް އެކަން ފަރީޝާ ކުރިމަތީގައި ވިޔާމެއް ނުދައްކައެވެ.ފަރީޝާ އޭނާގެ ހުރިހާ ސާމާނެއް ހިފައިގެން ނަތާޝާގެ ކޮޓަރިއަށް ބަދަލުވިއެވެ.ކޮޓަރިދޮރު ތަޅުލުމަށްފަހު އެނދުގައި ފަރީޝާ އިށީނެވެ.އަދި ވިޔާމް ކުރިމަތީގައި ބޭރުނުކޮށް ހިފެހެއްޓި ކަރުނަތައް ބަންޑުން ކޮށްލިއެވެ.
************
ހެނދުނު އިރުއެރި އިރުވެސް ފަރީޝާއަށް ނުނިދިފައި އޮވެވުނެވެ.މިއަދު އެއްވެސްކަމެއް ކުރާހިތެއް ފަރީޝާ ނެތެވެ.އެނދުގައި އިން ފަރީޝާ ތެދުވީ މީހަކު ޓަކިޖެހުމުންނެވެ. “އާދޭ ސައިހަދަން ނަތާޝާ ހޭލަންވާއިރަށް ސައިދޭން ޖެހޭނެ އޭނައަށް” ދޮރުމަތީގައި ހުރި މައިދައިތަ އެހެންބުނެ ހިނގައިގަތެވެ.އެއްވެސް ކަމެއް ކުރާހިތްވެފައި ނުވިޔަސް އެމީހުންގެ ގެއެއްގައި އުޅޭއިރު އުޅެންޖެހޭނީ އެމީހުން އެދޭގޮތަށްކަންް އެނގޭތީ ހިތާ ދެކޮޅަށްވެސް ފަރީޝާ ދިޔައެވެ.
ނުރޯން ވަރަށް ހިތްވަރު ކުރިނަމަވެސް ފަރީޝާއަށް ރޮވެންފެށިއެވެ.”ދެރަވޭދޯ؟…އޭރުވެސް އަހަރެމެން ބުނިގޮތަށް ހެދިނަމަ މިހެންނުވީސް” ރޮށިފިހަން ހުރި ފަރީޝާ ރޯމަންޒަރު ފެނި މައިދައިތަ ބުނެލިއެވެ. “އެއީ ފަރީޝާ ކުރާނެކަމެއްނޫން..ފަރީޝާވެސް ބޭނުމެއްނުވޭ ފިރިމީހާ އެހެންމީހަކާ ގުޅޭކަށް…އެކަމް އެއްވެސް މީހަކަށް ފަރީޝާގެ އިހުސާސްތައް ދެނެއެއް ނުގަނެވޭ” ރޮމުން ފަރީޝާ ބުނެލިއެވެ.
“އެއީ ފަރީޝާ ގަސްތުގަ ކުރިކަމެއް…އަހަރެން އޭރުވެސް ބުނިން ހިކޭށޭ…ފިރިހެނުން ނުވާނެ އަހަރެމެންހެނެއް..އެމީހުންނަކީ ރީތި އެއްޗިއްސަށް ލޯބިކުރާބައެއް…ރީތި ސިފައެއްނެތިއްޔާ ގަޔާނުވާނެ..އަނެއްކޮޅުން ކޮންމެ މީހަކުވެސް އެންމެ ބޭނުންވާނެ އެއްކަންތައް އެއީ ދަރިއަކު ހޯދުން…އެވެސް ފަރީޝާއަށް ނުދެވުނީމަ އަދި ކިހާ ފޫހިވާނެ…ދެންވެސް ޝުކުރުކޮށްބަލަ އޭނަ ރޭގަ ފަރީޝާ ވަރިކޮށް އެއްލާނުލިކަމަށް” މައިދައިތަ ބުނެލިއެވެ.މައިދައިތަގެ ބަސްތަކުން ފަރީޝާއަށް އިތުރަށް ރޮވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.






Alhey poor fareesha???????
Work hard and make diet ????
And be divorce and make that vishaam jealous????
Live happy life with another good person ???
You can do it fareesha ????
BTW sorry for the late reply ?????
But abadhuvx gavaindhun mi story kiyan ????????
Mi part VX vrh vrh vrh vrh vrh reethi ????????