Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތި ލޯބި-6

Amee_sher Level 110 Stories
February 24, 2022 2 Mins Read
0 Comments

ޕުޑިން ތައްޔާރު ކޮށްނިންމާފައި އަހަރެން އަވަސްވެގަތީ އެ އަންނަ ބަޔަކު އަންނަ ތަނަށްދާށެވެ. ގެއިން ނިކުމެގެން ދާން އުޅެނިކޮށް ކޮންމެވެސް މީހެއްގެ ގައިގާ ލައިގަތެވެ. ކާކުކަން އެނގުމުން އަހަރެންގެ ހިތް ސުވާލުތަކުން ފުރި ބާރުވިއެވެ. ކުރިމަތީގައި ހުރީ އަނީމެވެ. “ޝަ…ޝައީ” އެ އަސަރުގަދަ އަޑުން އަހަރެންނަށް ގޮވާލިއެވެ. އެ ޗާލު އަޑު އިވުމުން ހިތްހަމަޖެހި އުފާވިއެވެ. ނަމަވެސް ނުބުނެ އައުމުން ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. “އާނނނ…  ކީއްވެ ނުބުނެ އައީ؟” އަހަރެން ހިތްހަމަ ނުޖެހިފައިވާ ރާގަކަށް ބުނެލީމެވެ. “ރުޅި އަހިއްސަ ހުރިއްޔާ ސޮރީ..ޝައީއަށް ވަރަށް ގުޅިން. ދިމައެއް ނުވޭ. ބުނަންވެގެން ގުޅީވެސް.”އަނީމް ދެރަވެފައި ހުރެ ބުނެލިއެވެ.” އޯހހހ… އަސްލު ވީގޮތަކީ މައީއާ އެއްކޮށް މިއަދު ހެނދުނު އަތިރިއަށް ދިޔަގޮތަށް މާލަހުން އާދެވުނީ. ފޯނު ވެސް ނުލާ ދެވުނީ. އެހެންވެ ވީގޮތް. މޮޔަ ގަނޑަށް މަޢާފުކުރޭ!” އަހަރެން ލަދުވެތިކަން ފޮރުވަމުން ވީގޮތް އަނީމަށް ހިއްސާކޮށް މަޢާފަށް އެދުނީމެވެ. އަދި އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

“ހޯއއއއއ… ކޮން ކަމެއް. ކުރިން ރޭ ޝޯވ ދޭން އައިތަނާ ޖެއްސީއޭ ދޯ” ޝައްމާއަށް އަނީމާ އެއްކޮށް އަހަރެން ދަނިކޮށް ފެނިގެން ބުނެލިއެވެ. ބުނިގޮތުން ވެސް ޖެއްސުމަށް ކަން އެނގުމުން އަހަރެން އާއެކޭ ބުނީމެވެ. އަނީމް ހުރީ ވާނުވާ ނޭނގިފައި ކަން އަހަރެންނަށް އެނގުމުން ހިނި އަންނަ ގޮތް ވެސް ވިއެވެ.ނަމަވެސް އަނީމް ގާތު އެއްވެސް އެއްޗެއް ނުބުނަމެވެ. “ޝައީ… ވާހަކައެއް އަހާލަންތަ؟” އަނީމް އަހާލިއެވެ. “އަހާބަލަ.އެކަމަކު ސުވާލެއްކޮށްލަން ވެސް ހުއްދަ ހޯދަން ޖެހޭތަ؟” ޖަވާބުގެ އިތުުރުން ކޮށްލެވުނީ ސުވާލެކެވެ. އަނީމް ހިނިތުންވެލުމަށްފަހު ބޯ ހޫރުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ހިނގަމުން ހިނގަމުން ގޮސް ފޭބުނީ އަނީމްގެ އެކުވެރިންގެ ކުރިމައްޗަށެވެ. “އަ.އަ.އަނީމް… ދެން މިދަނީ އިނގޭ..ފަހުން ދިމާވާނެ އިންޝާﷲ… ބާއި” އަހަރެން ގަތް ލަދެއްގެ ސަބަބުން އަވަސްވެގަތީ ގެއަށް ދިއުމަށެވެ. އަނީމް ހިނިތުންވެ އަތްހޫރުވާލިއެވެ.

ގެއަށް ގޮސް އަސުރު ވަގުތު ވުމުން އަވަހަށް ނަމާދު ކޮށްލައިގެން ކޮޓަރީން ނުކުތް ވަގުތު ގޯތި ތެރޭގައި ވަރަށް މީހުން ގިނަ ހެން ހީވުމުން ބަލައިލީމެވެ. ގޯތިތެރެ އޮތީ އަނީމާއި އޭނާގެ އެކުވެރިންނާ އެކު ފުރާލައިފައެވެ. ބޭރަށް ނުކުމެފަ މާ ގިނަ އިރު ރަކެއް ނުވަނީސް އަނީމަށް އަހަރެން ފެނިގެން ހިނިތުންވެލިއެވެ.އެ ހިނިތުންވުން ފެންނަ ކޮންމެ އަންހެނަކުވެސް މޮޔަވެދާނެއެވެ.ފިރިހެންވެރިން ހަސަދަވެރި ވާނެއެވެ. އެހައިމެ ހިތްގައިމެވެ. “ޝައީ މިރޭ މި ގުރޫޕުގެ ޝޯވ އެއް އޮވެޔޯ. ދާން ވާނެ ދޯ؟” ކުޑަދައްތަ އަހިސް އަހަރެން ގާތު ހުއްޓިލުމަށްފަހު ބުނެލިއެވެ. އަހަރެން އާއެކޭ ބުނެލީ ވަރަށް ފޯރީގައެވެ. ކުޑަދައްތަ ވެސް ހުރީ ވަރަށް އުފަލުންނެވެ. އަނީމްމެން ދިއުމުން ކުޑަދައްތައާއެކު ދިޔައީ ހިނގާލާށެވެ. ދިއުމަށްފަހު ގެއަށް އައީ އިރުއޮއްސި 6 ޖެހިފަހުންނެވެ. ވަކިވީ ކުޑަދައްތައާ އެކު މިރޭގެ ޝޯވ އަށް ދިއުމަށް އެއްބަސް ވުމަށްފަހުއެވެ.

ވަގުތު ދިޔައީ ނުހަނު އަވަހަށެވެ. ވާނީވެސް އެހެންތާއޭ، ދުވަސްތަކެއް ފަހުން މިރޭ އަނީމްގެ އަޑުން ލަވައެއް އިވޭނެއެވެ. އާދައިގެމަތިން މަޣްރިބް ނަމާދު ކޮށްލައިގެން އިށީންދެލީ ވާހަކައެއް ކިޔާލުމުގެ ނިޔަތުގައެވެ. ފޯނު ނެގި ހިނދު ފެނުނީ އަނީމް ކޮށްފައިވާ މެސެޖެވެ. “މިރޭ ޝޯވ އަށް ދާނަން؟’ އަނީމް ފޮނުވާފައިވާ މެސެޖުގައި އިނެވެ. ޖަވާބުގައި އަހަރެން އާއެކޭ ބުނީމެވެ. ޝޯވ އަށް ދިއުމަށް ނުކުތީވެސް ފޯނު ބަލާލުމަށްފަހުގައެވެ. ނަމަވެސް އަނީމްގެ ހަބަރެއް ނުވެއެވެ. ބޭރަށް ނުކުތް އިރު ކުޑަދައްތަ ހުރީ އަހަރެންގެ އިންތިޒާރުގައެވެ. ވީމާ އަހަރެންވެސް އަވަސްވެގަތީ ޝޯވއަށް ދިއުމަށެވެ.

ޝޯވ ބާއްވަން ހަމަޖެހިފައިވާ ސަރަހައްދަށް ފޯރުނު ވަގުުތު ފުދޭ ވަރަކަށް މީހުން ތިއްބެވެ. ސުޓޭޖާ ދިމާލަށް ބަލައިލި ހިނދު ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ އަނީމެވެ. އެ ހިތްގައިމު ނަމަ ހިނިތުންވުމެވެ. އަނީމްގެ އެ ނަލަ އަޑުން ލަވައެއް އިވޭނެ ވަގުތަކަށް އަހަރެން ހުރީ ކެތްމަދުވެފައެވެ. އެހެން ހުއްޓާ އަނީމްގެ މެސެޖެއް ލިބުނެވެ. “މިރޭ ޝޯވ ނިންމާފަ ދިމާވެވޭނެތަ؟” އެ މެސެޖުގައި އަނީމް އަހާލި ސުވާލަކީ މިއީއެވެ. “އޭރުން ހުންނާނީ މާ ލަސްވެފަ އޭނު، އެހެންވެ ނުކެރޭނެ ދާކަށް.މިގަޑީގަ ނަމަ އޯކޭ.” އަހަރެން ގަވާބުގައި އެހެން ބުނެލުމުން އަނީމް މިވަގުތު އަތިރި ކައިރީން ދިމާވުމަށް އެދުނެވެ. އަދި އަހަރެން އެއްބަސް ވީމެވެ.

ކުޑަދައްތަ ގާތު ބުނެފަ އަނީމް ގާތަށް އަހަރެން ދިޔައީމެވެ. އަތިރިމަތި އޮތީ ވަރަށް ނަލަ ކޮށްލާފައެވެ. އެތަން ވައްތަރީވެސް ލޯބިވެރިއަކަށް ތައްޔާރު ކޮށްފައިވާ ތަނަކަށެވެ. އަނެއްކާ މިރަށުގައި އުޅޭ ދެލޯބިވެރިއަކު ރައްޓެހިވާން އުޅެނީ ނޫންބާއެވެ. ކުއްލިއަކަށް އަނީމް މަތިން ހަނދާންވިއެވެ. އަތިރިމަތި ޗާލު ކަމުން އައީ ކީއްކުރަން ކަންވެސް ހަނދާން ނެތުނީއެވެ. އަނީމް ފެންނާކަށް ނެތެވެ. އަނެއްކާ އަހަރެންނަށް ސަމާސާ ކުރީ ނޫންބާއެވެ. މީހަކު ފެންނަން ނެތީމަ އަހަރެން ހުރީ އިންތިހާ ދަރަޖައަށް ބިރުގަނެފައެވެ. އަނީމް އަހަރެން ހެއްދީކަމަށް ބަލާފައި އަހަރެން ދެން އަވަސްވެގަތީ އެތަނުން ދިއުމަށެވެ. ނަމަވެސް ދާންވެގެން ފަހަތަށް އެނބުރުނު ވަގުތު އަހަރެންގެ ކުރިމަތީގައި އެއްފައި މައްޗަށް އިށީނދެލައިގެން އިން އަނީމް ފެނިފައި އަހަރެންގެ ގާތަށް އައީ ހިންޔެވެ. “މިފަހަރު ކާކު ޖެއްސި ޑެއާ އެކޯ؟” އަހަރެން އަހާލީމެވެ. ދެން އަނީމް ކޮއްލި ސުވާލުން އަހަރެންނަށް ހުރެވުނުތަން ވެސް ނޭނގުނެވެ. ގަބޫލު ކުރަންވެސް ދަތިވިއެވެ.

<ނުނިމޭ>

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Amee_sher

Level 110 Stories

Other Articles

Previous

ވަޢުދޭ ވެވޭ މީ… 2

Next

ޔާރާ ފެނުނީމާ 2

Next
February 24, 2022

ޔާރާ ފެނުނީމާ 2

Previews
February 24, 2022

ވަޢުދޭ ވެވޭ މީ… 2



All Right Reserved!