Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަބަދަށް އެކުގައި 3

sunflower girlll Level 210 Stories100 Login
February 19, 2022 5 Mins Read
1 Comment

*އެމެޖެންސީ ރޫމްގައި ފަރުވާ ދެމުން ދިޔައިރު ޔައިޝާޔާ އަކުރަމް ގޮނޑިބަރީގައި އިށީންދެލައިގެން ތިބީ ޑޮކްޓަރު ނުކުންނާނެ އިރެއްގެ އިނތިޒާރު ގައެވެ. ކުއްލިއަކަށް ޔައިޝާއަށާއި އޭނަގެ ބައްޕައަށް އެއްފަހަރާ ތެދުވެވުނީ ޑޮކްޓަރު އެދިމާޔަށް އަންނަތަން ފެނުމުންނެވެ.*

“ކިހިނެތްތޯ ވީ މަންމައަށް” ޑަކުޓަރު އައުމުން ޔައިޝާ އަވަސް އަވަހަށް ސުވާލު ކޮށްލިއެވެ.

“އިރާދަކުރެއްވިއްޔާ މާ ބޮޑު ކަމެއްނުވޭ. އެކަމަކު ވޯޑަށް ނެރޭނީ ހޭއެރީމަ. ދެން ބޮޑަށް ބެލެވެނީ އަނބުރައިގަނެގެން ކަމަށް ވެއްޓުނީ. އަސްލު ބޯ ފަޅައިގެން ގޮސް ހުރީމަ އެހާ ބައިވަރު ލޭ އެހުރީ. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ހޭ އަރާނެ” އެހެެން ކިޔާ ޑަކުޓަރު ދިޔައެވެ.

ޔައިޝާގެ މަންމަ ހޭއެރިއިރު ރޭގަނޑު އަށެއް ޖަހަން އުޅެނީއެވެ. ނަމަވެސް ހޮސްޕިޓަލުން ފޮނުވާލާނީ ހޭއެރުމުން ކަމަށް ޑަކުޓަރު ބުންޏެވެ.

“ޔައިޝާ ދަރިފުޅާ.ދެންދޭ އިހަށް ގެއަށް. އެއްޗެއްކައިގެން ނަމާދު ކޮއްލައިގެން އަންނަން..” އަކުރަމް ނަމާދުން އައިސް ބުނެލިއެވެ. އެހެން ބުނުމުން ޔައިޝާ ވެސް ބަސްއަހައިގެން ގެއަށް ދާން ނުކުތެވެ. ދިޔަ މަގު މަތީގައި ހަނާ އަަށް ގުޅާ ހޮސްޕިޓަލުގައި އުޅޭ ވާހަކަ ބުނެލިއެވެ.

“ހަނާ. ކޮންތާކަށް ތިދަނީ.” ހަނާ ބޭރަށް ދާން ނުކުތުމުން ޒިވްޔަން އަހާލިއެވެ. “މިދަނީ ފްރެންޑެއްގެ މަންމަ ބަލިވެގެން ހޮސްޕިޓަލުގަ އެޑްމިޓް ކުރި ވާހަކަ ބުނީމަ ބަލާލަންވެގެން. ޒިވްޔަން ދާނަންތަ؟” ހަނާ ފައިވާނަށް އަރަމުން ބުނެލިއެވެ.

ޒިވްޔަން ވެސް އާނ އެކޭ ބުނެ ހަނާ ފަހަތުން ހިނގައިގަތީ ފޫހިވެފައި ހުރީމައެވެ. “ފްރެންޑެއްގެ މަންމަތަ ނޫނީ ބެސްޓީގެ މަންމަތަ؟” ދިޔަ މަގުމަތީ ގައި ޒިވްޔަން އަހާލިއެވެ.

“ކިހިނެތް އިނގުނީ؟ އާނ އެއީ ހަނާގެ ބެސްޓް ފްރެންޑްގެ މަންމަ. ހަމަ އެކަނި ބެސްޓް ފްރެންޑެއްވެސް ނޫން. ހަނާ ދެކެނީ އެއީ ހަނާާގެ ގޭ މީހުން ކަމުގަ. އެހެންނު ވާނީ. ގޭ މީހުންނަށް ވުރެ އެމީހުން މާ ރަނގަޅު ވާނެ. ހަނާ ދިމާއަށްވެސް ދަރިފުޅާއޭ ކިޔާފަ ގޮވާނީވެސް. އެގޭގަ މީރު އެއްޗެއް ކެއްކިޔަސް ހަނާއަށް ނުދީ އެމީހުންނެއް ނުވެސް ކާނެ. އަދި އިނގޭތަ. ހަނާ ކުޑައިރު ނުކިޔަވަން އުޅޭތީ އޭނަ ވާނެ ޓީޗަރަށް. އަބަދުވެސް ބޭނުން ވާނީ ކިޔަވައިދޭން. ދެން ހަނާ އިންނަން ޖެހޭނީ އޭނަގެ ސްޓުޑެންޓަަކަށްވެފަ. ބައެއް ފަހަރު ވަރަށް ޒުވާބުވެސް ކުރަމޭ، ޒުވާބު ކުރާއިރަށް ހަނާ މަންމަ ހަނާ މެންނަށް ލޮލީޕޮޕް ދޭނީ. ހަމަ ލޮލީޕޮޕް ދޭއިރަށް ރަނގަޅުވާނެ. ހާދަ މަޖަލޭ އަޅެ އޭރު. ހިތަށް އަރާ މިހާރުވެސް ޕާސްޓަށް ދެވޭނަމައޭ.” ހަނާ ކުޑައިރުގެ ވާހަކަ ތަށް ކިޔައި ދިން އިރު ޒިވްޔަން ހުރީ ކަނުލާ އަޑު އަހާށެވެ.

“ދެން އެކުއްޖާ ނަމެއް ނުބުނާނަންތަ؟ ހަނާމެން ކްލާސް ކުއްޖެއްތަ އެއީ؟” ޒިވްޔަން ޝައުުވެރި ކަމާ އެކު އަހާލިއެވެ.

“ޔައިޝާ ކިޔާނީ. ހަނާމެން ކިޔަނީ ޔައީ. އެއީ ހަނާމެން ކްލާސް ކުއްޖެއް ނޫން. ހަނާ އަށް ވުރެ ދެއަހަރު ބޮޑުވާނެ. އެކަމު ދެން ދެ އަހަރު ބޮޑަސް އިސްކޮޅުން ދެމީހުން އެއްވަރު. ދެން އެހެންވެ ކުޑައެއް ބޮޑެއް ނޯންނާނެ..” ހަނާގެ މަޒީ ހަނދާން ކުރަމުން ވާހަކަ ދައްކަމުން ދިޔައިރު ޒިވްޔަން އަޑު އަހަން ހުރީ ނުހަނު ޝައުގުވެރިކަމާއެކުއެވެ.

އޭރު ޒިވްޔަންވެސް އޭނާ ކުޑަ އިރުވެސް އެހާ މަޖާ ނަމައޭ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް ރާއްޖެތެރޭގައި އުޅުމުގެ ނަސީބެއް އޭނައަކަށް ނުލިބުނެވެ. ޒިވްޔަން ކުޑަ އިރު މުޅިން ވެސް އުޅެން ޖެހުނީ ގޭގެ ހަތަރު ފާރު ތެރޭގައެވެ. ގޭގައި ހުންނަ ކުޅޭއެއްޗެހި އޭނާގެ ރައްޓެހިންގެ ގޮތުގައި ދެކިގެންނެވެ.

“އޭތް. އޭތް. މިހާރު ކީއްވެފަ ތިހިރީ. ޔައި ސެޓު ކޮއްދޭންވީތަ” ހަނާ ލާނެތް ރާގަކަށް އަހާލިއެވެ.

އެކި ވާހަކަ ތަކުގައި ތިބެ ޒިވްޔަންއާ ހަނާ ޔައިޝާ މަންމައޮތް ވޯޑަށް ވަނެވެ. އޭރު އެތާ ހުރީ ޔައިޝާގެ މަންމަގެ އިތުރުން ޔައިޝާގެ ބައްޕަ އެކަންޏެވެ. “ކޮބާ ޔައީ” އެތެރެއަށް ވަންނަމުން ހަނާ އަހާލިއެވެ.

“ހަމަ ދެންމެއަކު އެ ދިޔައީ ގެއަށް. ނަމާދު ކޮލައިގެން އަންނާނެ” އަކުރަމް ޖަވާބު ދިނެވެ. އެވަގުުތު ޒިވްޔަން އަށް ފޯނެއް އައިސް ގެން އޭނާ ބޭރަށް ނުކުތެވެ.

“ހަނާ. ކޮއްކޮ އައީތަ؟” ޒިވްޔަން އަށް އިޝާރާތް ކޮއްލަމުން ޔުމާނާ ބުނެލިއެވެ.

“ނޫނޭ. އެއީ މަންމަ ރައްޓެއްސެއްގެ ދަރިއެއް. ކޮއްކޮވެސް އަންނާނެ އަންނަ ހަފްތާ” ޔުމާނާ ގާތަށް ޖެހިލަމުން ހަނާ ވާހަކަ ދެއްކިއެވެ.

“ހަނާ. އަހަރެން ކުޑަކޮށް ބިޒީ ވެއްޖެ.” ޒިވްޔަން އެތެރެއަށް ވަންނަމުން ބުނެލިއެވެ. ހަނާ އާނ އެކޭ ބުނުމުން ޒިވްޔަން ދިޔައެވެ.

އޭގެ އިރު ކޮޅަށް ފަހުން ޔައިޝާ އައެވެ. އޭނަގެ މަންމައަށް ކާނެ އެއްޗިއްސާ ދެތިން ހެދުން ވެސްހިފެންނެވެ.

“ދަރިފުޅާ ޔައިޝާ. މަންމަ އުމުރު ދުވަހު މިތާގަ އޮންނާކަށް ނޫނޭ މިއައީ. ހެދުން އަލަމާރި އެއްކޮށް ހިފައިގެން ތިއައީ. މިރޭ ފޮނުވާލާނެޔޯ” ޔުމާނާ ޔައިޝާ އަށް ބަލާލަމުން ބުނެލިއެވެ.

“އަޅެ މަންމައަށް ކަމުދާ ހެދުމެއް ނޭނގެޔޭ. އެހެންވެ މިއައީ ދެތިން ހެދުން ހިފައިގެން” ޔައިޝާ ބުނެލިއެވެ. އެހެން އެތަށް އިރަކު ވާހަކަ ދައްކަން ތިބުމަށް ފަހު ޔައިޝާއާ ހަނާ ބޭރަށް ނުކުތީ ފިނި ކޮއްލާށެވެ. ހޮސްޕިޓަލު ހުންނަނީ ބަނދަރާ ކައިރީގައި ކަމުން ދެ ކުދިންގެ މިސްރާބު ހުރީ ބަނދަރާ ދިމާ އަށެވެ.

“ޔައި އަށް ވެސް ގެއަށް ދާން އިނގުނީ އަހަރެން އަންނަ ގަނޑީގަ ވިއްޔަ. ވަރަށް ސަޅި ބިޓެއް ގޮވައިގެންނޭ އައީ. ވަރަށް ރީތި ވާނެ އިނގޭ. ޔައިއާ ވަރަށް ގުޅޭ. ހަމަ އަސްލުވެސް ވާހަކަ ދައްކާލަން ވާނެ އިނގޭ.”

“ހުމމ ދެން ހެވޭ. އެހެން މީހުންނަށް މީހުން ނުހޯދާ ފުރަތަމަ ތި މީހާ އުޅެން ވީނު ތިކަމާ. އެހެންނޫނަސް މަ ނޫޅެން ފެންނަހާ މީހަކު ފަހަތުން ދުވާކަށް.” އެހެން ބުނި އިރުވެސް ޔައިޝާ ހުރީ އެހެން ހިޔާލެއްގައެވެ.

“އޭނ. އަދި ހަނދާން ނެތިފައޭ މިހުރީ. މިއަދު ހެނދުނު ފެނުނު ވަރަށް ރީތި ކުއްޖެއް. އެތާ އަތިރި މަތީގަ އިންދަ އެމީހުން ލެފީ. އޭނަގެ އެހެރަ އިސްތަށިގަނޑެއްވެސް ދޯ. އަންހެން ކުއްޖަކު ނުބަލަން ހުއްޓަސް ބެލޭނެ. އެކަމު އެހާ ރަނގަޅަކަށް އެގަޑީ މޫނެއް ނުފެނުނު. މިއަދު ހަމަ ނަސީބެއް ހަނާ ސަންރައިސިން ބަލަން ނައިކަން. ނޫން ނަމަ ހަނާ ވެސް މޮޔަވާނެ. އަދި މިއަދު ހަވީރެންނު. އެއުޅޭ ޕްރިންސިޕަލްގަނޑު ދެކެ ރުޅިއައިސްްގެން ބާރު ބާރާށް ފައިބަނިކޮށް އަރިއަޅާ ލާފަ ވެއްޓެންދިޔައީ. އެގަނޑީ ވަރަށް ބިރުން ހުރީ. އެކަމު ހިތަށް އެރި ހަމަ ނަސީބެކޭ. އޭނަ ހިފަހައްޓައި ދިނީ ވެސް. ލޯ ހުޅުވާލި އިރު މޫނު ޖެހޭ ހިސާބުގަ ހުރީ. އަޅެ އެގަޑީގަ ނޭނގެ ޔައި އަށް ވީ ގޮތެއްވެސް. އަޅޭ….އަދި އަލަށް މިިފެނުނީ އެހާ ހޭންޑްސަމް މީހެއް…. އޭނަ ފެނުނީމަ ހިތަށްއެރި ރާއްޖޭގަ ވެސް ރީތި ކުދިން އުޅެޔޭ. މިރަށު ކުދިން ނުވާނެ އޭނަ ކައިރީ އެކައްޗަކަށް ވެސް. އަޅޭ….ވާހް.” ޔައިޝާ ވާހަކަ ދައްކަމުން ދިޔައީ ނުހަނު ފޯރީ ގައެވެ. އެއްފަހަރު ފުއްމާލަ ފާނެއެވެ. އަނެއް ފަހަރު ލޯ މަރާލާ މޫނަށް ޖައްސާލާ ވައްތަރު ތަކުން ހަނާ ހުރީ މަޖާ ވެފައެވެ. ދުވަހަކުވެސް ފިރިހެން ކުއްޖެއްގެ ވާހަކަ ނުދައްކާ ޔައިޝާއަށް މިއަދު ވެފައި ހުރި ގޮތުން ހަނާ ހުރީ ހަމަ ހައިރާން ވެފައެވެ. ހައިރާން ވާނެއްނޫން ހެއްޔެވެ. ހަނާ ކުއްޖެއްގެ ވާހަކަ ބުންޏަސްް ކޮންމެސް އެއްޗެކޭ ކިޔާ ވާހަކަ އޮޅުވާލާނެ ވިއްޔާއެވެ. ޔައިޝާ އެހާ އުފާ ވެފައި ހުރުމުން ހަނާ ވެސް ހުރީ އުފާވެފައެވެ.

“ހަހަހަހ. ވަރަށް މަޖާ. ޔައި ހަމަ ރަނގަޅަށް ވެސް ތިހުރީ ތި ކުއްޖާގެ ޖާދޫ ޖެހިފަ. އެކަމު ބުނަން. އެކަހަލަ ކުދިން ރީތި ކަމާ އެއްވަރަށް ފޮނި ވެސް ވާނެ އިނގޭ. ޔައި ވިސްނައިގެން އުޅެއްޗޭ. ދެން ތިބުނާ ކުއްޖާ މަށަކަށް ދައްކައެއް ނުލާނަންްތަ؟” ހަނާ ބުނެލިއެވެ.

“ހެހެ މިރަށުން ހޯދަން ޖެހޭނީ. ނޭނގެ ކާކު ކަމެއްވެސް. އިނގެނީ އެއީ މިރަށު ކުއްޖެއް ނޫންކަންް”

“ދެން ތިހެންވިއްޔާ އޭނަ ހުންނަ ގޮތް ޑިސްކްރައިބް ކޮއްދީބަ. އެރުން ފަހަރެއްގަ ހަނާއަށް ހޯދިދާނެއްނު”ހަނާ ބުނެލިއެވެ.

“ޔާރައްބީ. ސްކިސްޓީ ޕޭޖްެ ފޮތެއް ފުރެންދެންވެސް ޔައީ އޭނަ ޑިސްކްރައިބް ކޮއްދީފާނަން. އަނގައިން ކިޔައިދޭން އުޅެފިއްޔާ ޔައީގެ އަނގަޔަަށް ތަދު ވެގެން ކަންްނޭނގެ ހުއްޓާލަން ޖެހޭނީ. އެހާވެސް ފުރިހަމަ.” ޔައިޝާކީ އެއްޗެހި އިވިފައި ހަނާއަށް ވެސް ހެވުނެވެ. ވިހި އަހަރުގެ ކުއްޖެއް ކަމަކު ޔައިޝާގެ ޅަ ހަރަކާތްތަކުން ހީވަނީ ފަނަރަ ސޯޅަ އަހަރުގެ ކުއްޖަކަށް އަަލަށް ފިރިހެން ކުއްޖެއް ފެނިގެން އުޅޭހެންނެވެ.

“އެކަމު ހަނާ އަތުނުލައްޗޭ އިނގޭ. ހަނާއަށް ދައްކަން ވެސް މިއުޅެނީ އާނިޝް ނޫން އެހެން މީހަކު ހަނާ އަށް ކަމު ނުދާނެކަން އިނގޭތީ” ޔައިޝާ އަަދި ވެސް ހުރީ ދެންމެ އެރި ފޯރީގައެވެ.

އާނިޝްގެ ވާހަކަ ބުނުމުން ހަނާގެ މޫނުމަތީގެ ކުލަވަރު މުޅިންހެން ބަދަލު ވިއެވެ. އެހެންކަމުން ޔައިޝާ ބެލީ ހަނާ ހެއްވާލެވޭ ތޯއެވެ. އެކިއެކި މަޖާ ވާހަކަ ތަކުގައި ތިބެގެން ހިނގަމުން ދިޔައިރު ގަނޑިން ވީ އިރެއްވެސް ދެކުދިންނަކަށް ނޭނގުނެވެ.

އެނދުމަތީ ދެފަރާތަށް ފުރޮޅިލަ ފުރޮޅިލަ އޮތް ޒިވްޔަން އަށް ނިދޭގޮތެއް ނުވިއެވެ. އޭނަގެ ސިނކުނޑީގައި ރަސްކަން ކުރަމުން ދިޔައީ މިއަދު ހަވީރު ސިޑިމަތިން ފެނުނު އަންހެން ކުއްޖާއެވެ. އެކުއްޖާގެ ކޮންމެ ހަރަކާތެއްް ޒިވްޔަންގެ ސިނކުޑީގައި ބިންވަޅު ނެގެމުން ދިޔައެވެ. އެކުޖާ އުޅުނުގޮތް ހިތަށް އަރާ ޒިވްޔަން އަށް ހޭން ފެށުނެވެ. އެހިޔާލުގައި އޮވެ ޒިވްޔަންއަށް އޭނާގެ އަމިއްލަ ކޮލުގައި ފިރުމާލެވުނެވެ.

“ޓޮއް. ޓޮއް. ޓޮއްް” ހަނާ ޒިވްޔަންގެ ކޮޓަރީގައި ޓަކި ޖަހަމުން ދިޔައެވެ. އަރާމު ނިންޖެއްގައި ނިދިފައި އޮތް ޒިވްޔަަަންއަށް ހޭލެވުނީ މީހަކު ދޮރުގައި ތަޅާ އަޑަށެވެ. ކަންނެތް ގޮތަކަށް އެނދުން ތެދުވެ ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ ހަނާއެވެ.

ހަނާއަށް ޒިވްޔަން ފެނުމުން ލަދުން އިސްޖަހާލިއެވެ. އޭނާ ހުރީ ނިދަން ލީ ސޯޓު ކޮޅާއެއްކޮންނެވެ. ޒިވްޔަންއަށް ހުރެވުނު ގޮތް އިނގުނީ ހަނާ އިސްްދަށައް ޖަހާލީމައެވެ. އެވަގުތު ޒިވްޔަންގެ ގާތަށް އައީ ލާނެތް ހިންޏެކެވެ.

“މަ….މަންމަ ބުނީ ސައިބޯން ދާށޯ” ހަނާ އެހެން ބުނެފައި އަވަސް އަވަހަށް އެތަނުން ނުކުމެގެންއިނެއެވެ.

ޒިވްޔަން ފާހާނާއަށް ވަނީ ތަޒާ ވެލާށެވެ. ފެންވަރާލައިގެ ފާހާނައިން ނުކުމެ ލޯގަނޑު ކުރިމަތީ ގައި ހުއްޓިލީ އިސްތަށިގަނޑުގައި ތުވާލި ކާއްތަމުންނެވެ. އިސްތަށިގަނޑުން ވެއްޓޭ ފެންތިކިތަށް އޭނާގެ ކުލަ އަލި ކަނދުރާގައި ބޮސްދެމުން ދިޔައެވެ.

ކޮޓަރިން ނުކުމެން ގޮތަށް މިސްރާބުޖެހީ ބަދިގެއާ ދިމާލަށެވެ.

“ޒިވްޔަން. އަދިކިރިޔާދޯ ތި އިރު އެރީ. ހަނާ އެހެރީ ޒިވްޔާން ފޫހިވާނެތީ ޒިވްޔަންއާ އެކު ސައިބޯށޯ. މިހާރު ކޮންތާކަށް އެވަނީ. އަންނާނަން ބޭރު ބަލާލާފަ” އެހެން ކިޔާ ހުސްނާ ނުކުތީ ބޭރަށެވެ.

ކާންއިން ޒިވްޔަން ސިހުނީ ކުއްލިއަކަށް ވަދެގެންއައި ހަނާ ފެނުމުންނެވެ. ޒިވްޔަން އަށް ހިނިޔުންވުމެށް ދެމުން ތައްޓެއް ހިފައިގެން އައިސް ހަނާވެސް އިށީނެވެ.

“ސޮރީ އިނގޭ ނިދާފަ އޮއްވަ ގޮވުނީމަ. އަސްލު މަންމަ ބުނީމަ ގޮވީ. ވީ ގޮތަކީ އޭރު ޒިވްޔަން ބައްޕަ ގުޅާފަ ބުނީ ޒިވްޔަން ކޮބާހޯ؟ ދެން މަންމަ ބުނެފި ނުހޭލައޭ. ބުނީމަ ބުނީ މީހަކު ނުގޮވައިފިއްޔާ އޮވެދާނެޔޯ ބާރަ ޖަހަން ދެންވެސް. އެހެން ބުނީމަ ބުނީ ދާށޭ ގޮވަން. ދެން މި މަންމަވެސް ވަރަށް ހިތަށް ތަދުވާނެ މީހަކު ހެނދުނު ނިދަން އޮތިއްޔާ. ހުވާ މިބުނީ. އަހަރެން ވެސް ފަތިސް ނަމާދު ކޮއްގެން ވެސް ޖައްސާލިޔަ ނުދޭނެ” ހަނާ ކާންއިނދެގެން ވާހަކަ ދައްކަމުން ގެންދިޔައެވެ.

“ހުމމ. ބައްޕަ ވެސް. އަަހަރެން އަބަދުވެސް ނަގާނެ ފަތިހު. އެކަމު މިހާރު އާދަވެއްޖެ. ދެން ރޭގަ ނިދުނީ ވަރަށް ލަހުން އެހެންވެ ނުހޭލެވުނީ” ޒިވްޔަން އެހެން ބުނުމުން ހަނާ ނިތް އަރުވާލީ ކީއްވެހޭ ބުނާކަހަލަ ގޮތަކަށެވެ.

“ހެހެ. އަނެއްހެން ކަމެއް ނުވޭ. ކުއްޖެއް މަތިން ހަނދާންވީ. މިއަދު މިރަށުން ފެނުނު ކުއްޖެއް. ހެހެ” ޒިވްޔަން ހޭން ފެށިއެވެ.

“ހަހަހާ. ތިހިރީ ފުރަތަމަ ދުވަހު ވީ ވަރު. ކިހާވަރަކުން ދާނެބާ. ހަހަހ” އެހެން ބުނެ ހަނާޔާ ޒިވްޔަން އެއްފަހަރާ ބާރުބާރަށް ހޭން ފެށިއެވެ.

“އޭ ތިއެއް ނޫނޭ. ކޮބާތަ ހަނާގެ ބެސްޓީ. ރޭގަ ވެސް ފެނުނީކީ ނޫން” “ހުމް. ޒިވްޔަން ދިޔަތަނާ އޭނަ އައީ ހަމަ. ދެން ދިމާވޭތަ. ހިނގާދޯ ކައި ނިންމައްގެން އެގެއަށް ދާން.” ހަނާ ބުނެލިއެވެ.

ދެމީހުން ހީހީ ފައި މަޖާ ކުރަމުން ގެން ދިޔައިރު އެއީ އިއްޔެ ދިމާވި ދެމީހުންނޭ ވެސް މީހަކު ނުބުނާނެއެވެ. ހީވަނީ ހަމަ ދެކެފަރިތަ ބައެހެންނެވެ.

ޒިވްޔަން ސިިޓިން ރޫމު ސޯފާގައި އިށީންދެެ އިނީ ހަނާ ތައްޔާރުވެގެން އެބަ އަންނަމޭ ބުނީމައެވެ. ފޯނަށް ގޮސް ހުސްވެފައި އިންއިރު ދޭތެރެ ދޭތެރެއިން ހިނިގަނޑެއް ޖަހާލަފާނެއެވެ. ކުއްލިއަކަށް ޒިވްޔަންް ސިއްސައިގެން ދިޔައީ މީހަކު ސަލާމް ގޮވާލިއަޑަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

sunflower girlll

Level 210 Stories100 Login

Other Articles

Previous

ތި ލޯބި-5

Next

ނޫރޭ ތިއީ މިހިތް އެދޭ ( ދެވަނަ ބައި )

Next
February 19, 2022

ނޫރޭ ތިއީ މިހިތް އެދޭ ( ދެވަނަ ބައި )

Previews
February 18, 2022

ތި ލޯބި-5

One Comment

  1. orchid girlll says:
    February 20, 2022 at 8:59 pm

    Maasha Allah ??

Comments are closed.

Next Episodeއަބަދަށް އެކުގައި←


All Right Reserved!