Skip to content
އެސްފިޔަ

ތި ލޯބި-4

ފާޚާނާއިން ނުކުމެ އޮށޯތީ ނިދުމުގެ ނިޔަތުގައެވެ. ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. އަނީމް މަތިން ހަނދާންވެ އަނީމާ ދޭތެރޭ ވިސްނަަން އޮވެވުނެވެ. ދުވަހަކުވެސް މައިޝަނާ އެއްވެސް ފިރިހެނަކާ އަޅާނުކިޔާ އިރު އަނީމާ އަޅާ މިކިޔެނީ ކީއްވެގެން ބާއެވެ؟ އަހަރެންނަށް ވިސްނެން ފެށުނެވެ. މައިޝަނާ ދޭތެރޭ ނުވިސްނޭ ވަރަށް ވިސްނެން ފެށުނެވެ. މި ވެވެނީ ލޯބި ބާއެވެ!؟

އެ ޚިޔާލު ތަކަށް ގެއްލިފައި އޮއްވާ ނިދުނު އިރެއްވެސް ނޭނގުނެވެ. ވާނީ ވެސް އެހެންތާއެވެ. އަހަރެންނަށް ހޭލެވުނީ މައީ އައިސް އަހަރެންގެ މޫނަށް ފެން ޖެހުމުންނެވެ. އޭރު ފަތިސް ނަމާދަށް ގޮވާ އަޑު އިވެމުން ދިޔައެވެ. އަހަރެން ނުރުހުމުގެ ނަޒަރަކުން މައީ އާ ދިމާލަށް ބަލައިލީމެވެ. މައީ ހުރީ ހިނިގަނޑު މަތަކޮށްގެންކަން އެނގުނީ ހޭންފެށި ގޮތުންނެވެ. އަހަރެންގެ ގާތަށްވެސް ހިނިއައެވެ. ދެން އަވަސްވެގަތީ ނަމާދު ކުރާށެވެ. ނަމާދުކޮށް ނިމުމުން މައީ ވަރަށް ލޯބިން ގޮވާލިއެވެ. ގޮވާލި ގޮތުންވެސް ކަމެއް ބޭނުންވެފައިކަން އެނގުނެވެ. އަހަރެން ކިހިނެއްތޯވީ އަހާލީމަ އަތިރިއަށް ދިޔުމަށް އެދުނެވެ. ދުވަހަކުވެސް ހެނދުނު އަތިރިއަށް ދާން ނުކިޔާ މީހަކު މިއަދު އެ އުޅެނީ ކިހިނެއް ވެގެން ބާއޭ އަހަރެންްގެ ހިތަށް އެރިއެވެ. ނަމަވެސް އެއްވެސް ސުވާލެއް ނުކޮށް އަހަރެން އަތިރިއަށް ދިޔުމަށް ތައްޔާރު ވެލީމެވެ.

މައީ އާ ހުރެ މިއަދު ފޯނު ވެސް ބަލާނުލެވުނެވެ. އަތިރިއަށް ދިޔަ އިރު އެއްވެސް ޚާއްޞަ ކަމެއް ނެތެވެ. ޝައްމާ އާއި ސައިހާ އަތިރީގައި ހުއްޓާ ފެނިގެން އަހަރެން ގޮވާލުމުން އެމީހުން އައެވެ. ކޮން ސަކަރާތެއް ޖަހަނީހޭ އަހާލުމުން ޖެއްސުމަށް ބުނާ ރާގަށް މީހުންގެ މަސް ކަނީއޭ ބުނެލިއެވެ. އަހަރެން އެ މީހުންނަށް ޖެއްސުމަށް “ޔަގީން ކޮންމެވެސް ފިރިހެނެއްގެ މަސް ކަނީކަން” މިހެން  ބުނެލީމެވެ. ސައިހާ އާއެކޭ ބުނެ ހިނިގަނޑެއް ޖަހާލިއެވެ.

“އޭ ތިއެއް ނޫނޭ, ވާހަކައެއް އެބައޮތޭ” އަހަރެން ބުނެލީމެވެ. ބުނެބަލާށޭ ބުނާ ކަހަލަ ގޮތަކަށް ދެމީހުން ވެސް ބުމަ އަރުުވާލިއެވެ. އަހަރެން ވާހަކަ ދައްކަން ފެށީމެވެ. “މީ…. ހޫން ކަމެއް ނެތްހޭ؟” އަނީމްްގެ ވާހަކަ ބުނަން ހިތަށް އަރާފަވެސް ބުނަން ދޫ ނުކުޅެދުނެވެ. “ނޫނޭ ކަންތައް އެބަހުރި.ކުރަން ނުކެރެނީ” މިހެން ބުނެލިއެވެ.

މިގޮތުގައި ސަކަރާތް ޖަހަމުން ގެއަށް ދިއުމަށް މިސްރާބު ޖެހީމެވެ. ގެއަަށް ދަނިކޮށް މައިޝަން ފެނުނެވެ. މައިޝަން ހުރިގޮތުން ހީވަނީ ދަތުރަކު ދާން އުޅޭހެެނެވެ. މައީ ގާތު މައިޝަންމެން ތާކަށް ދާން އުޅޭކަން އެނގޭހޭ އެހުމުން “މިއަދަަކީ އެމީހުންގެ ބޭންޑަށް 3 އަހަރު ފުރޭ ދުވަހޭނުން. އެހެންވެ ދަތުރަކު ދަނީ ކަމަށް ވެދާނެއޭނުން.” މިހެން ބުނެލިއެވެ. އަހަރެން އާއެކޭ ބުމުނުގެ ގޮތުން ބޯޖަހާލީމެވެ.

ގެއަށް ދެވުނުއިރު 8 ޖަހާ ބޮޑުވެއްޖެއެވެ. އޭރުވެސް މަންމަ އަހަރެމެން ލަސް ވެގެން ހޯދައެވެ. އަހަރެމެން މަންމަ ގާތު މަޢާފަށްއެދުނީމެވެ. އަހަރެން ދެރަވީ ސައި ތައްޔާރު ކޮށްފައި ހުރިކަން އެނގުުމުންނެވެ. އެއީ މަންމަ އެކަނި އެކަމުގައި އުޅުންކަން އެނގުމުންނެވެ. މަންމަ އަހަރެމެން ދެމީހުންނަށް ސައި ބޯން ގޮވުމުން ސައި ބޮއެގެން ޖައްސާލަން ދިޔައީމެވެ. ފޯނު ބަލައިލި ހިނދު އަހަރެންނަށް ވީގޮތް ވެސް ބުނެދޭން ދައްޗެވެ. އަނީމްގެ 30 މިސްޑް ކޯލް އިނެވެ.

~ނުނިމޭ~

 

 

ނޯޓު؛ އަޅުގަނޑު މިދުވަސް ކޮޅު ވަރަށް ބިޒީކޮށް މިއުޅެނީ. އެހެންވެ ވާހަކަ އަވަހަށް އަޕް ނުކުރެވުނީ. ކިޔުންތެރީންގެ ކިބައިން އަޅުގަނޑު މަޢާފަށް އެދެމެވެ! ?❤️

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.