Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ބުނެބަލާ ލޯބިވޭ 5

Horror queen Level 210 Stories
February 10, 2022 4 Mins Read
1 Comment

 

މިހެން މަޖާކޮށް އެކުކު އަނެކަކު އަތުލަން ދުވަނިކޮށް ކުއްލިއަކަށް ރިޝީ ގަނބައިގަތެވެ. “ރިޝީ!!!!” މާ ދުރުން ރިޝްވާން ހަޅޭއްލަވައިގަތެވެ. ރިޝްވާން ގެ އަޑު ސާޔަން ގެ ކަން ފަތުގައި ޖެހުމުން ސާޔަން ފަހަތަށް އެނބުރި ބަލައިލިއެވެ. އެއިރު ރިޝި އޮތީ ހޫފަތް ގަނޑުތެރޭގައެވެ. ސާޔަން އަވަހަށް ފަރާލާފައި ގޮސް ރިޝީ ގެ އަތުގައި ހިފާ އޭނައާއި ގާތް ކޮށްލިއެވެ. “ރިޝީ އާރ ޔޫ އޯކޭ؟” ސާޔަން ހާސް ވެފަ ހުރެ ރިޝީ ގާތު އަހައިލިއެވެ. “ޔާރ..” ރިޝީ މިހެން ބުނެވުނީވެސް ހަމަ ކިރިޔާއެވެ. ލޮނު ބޮވުނު ވަރުން ރިޝީ ހުރީ ކެއްސަ ކެއްސައެވެ. “އަހަރުން މި ދަނީ އެއްގަމަށް އިންގެ” ސާޔަން މިހެން ބުނެފަ ރިޝީ ގޮވައިގެން އެއްގަމަށް އެރިއެވެ. “ރިޝީ އަކަށް ފަތާކަށް ނޭންގޭތަ؟” ސާޔަން ރިޝީ އާއި އެކު ދޮންވެލިގަނޑު މަތީގަ އިށީންނަމުން ބުނެލިއެވެ. 

 

(5 ވަނަ ބައި)

 

“އާން މަށަކަށް ފަތާކަށް ނޭންގެ އެކަމު މޫދަށް ވަރަށް އެރޭ ހިތް ވޭ” ރިޝީ ވަރަށް ލަދުން ހުރެ ބުނެލިއެވެ. ސާޔަން ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫ ކޮށްލިއެވެ. “ރިޝީ ތިހެން ބުނި ނަމަ ދޯ އިންގޭނީ އެހެން އެކަނި ދޫކޮށް ނުލަން” ސާޔަން މިހެން ބުނެފައި ދިޔައީ ފެން ފުޅިއެއް ބަލާ ކުނާ އަޅައިފައި ހުރި ދިމާލަށްށެވެ. ފެން ފުޅިއެއް ހިފައިގެން ގޮސް ރިޝީ އަތަށް ދިނެވެ. ރިޝީ އޭގެން ފެން ކޮޅެއް ބޯލިތަނާހެން ރިޝީ އަށް ހޮޑު ލެވުނެވެ. “ރިޝީ!! އާރ ޔޫ އޯކޭ؟” ސާޔަން ރިޝީ ގެ ބުރަކަށި މަތީގައި މަޑުމަޑުން ޖަހަމުން ބުނެލިއެވެ. “އެފަހަރު އެ ބޮވުނު ހާ ލޮނިކޮޅޭ އެއީ އެ ރަނގަޅު ވާނެ” ރިޝީ މިހެން ބުނެފައި ހިނިތުން ވެލިއެވެ.

 

އެންމެން މޫދުން އެރި އިރު 2:30 ވެއްޖެއެވެ. “ރިޝް އޯކޭ ތަ؟” ރިޝްވާން މޫދުން އަރަމުން އަހައިލިއެވެ. “އާން އައިމް ގޫޑް ނައު” ރިޝީ ޖަވާބު ދާރީ ވެލިއެވެ. “ހިންގާ ބީޗް ވޮލީ ކުޅެން… އޭރުން ރިޝް އަށް ވެސް ބާތްވެރި ވެވޭނެ ދޯ” މައިރާ ބޯޅު ނެގުމަށް ފަހު ބުނެލިއެވެ. “ހިންގަ ގާރލްސް ވޯސެސް ބޯއިސް… ކީކޭ ބުނަނީ؟” ރަލާ ޓީމު ބަހައިލިއެވެ. “އައިމް އިން” ރިޝީ ކުނާމަތިން ތެދުވަމުން ބުނެލިއެވެ. “އަންހެން ފިރިހެން ވަކިން އޯކޭ” އަޝްމީ އެއް ބަސް ވިއެވެ. “އަޝް އޭރުން އަހަރުން ޖެހޭނީ ކޮންޕީޓް ކުރަން” ރިޒްލާން އަޝްމީ އަތުގައި ހިފާފައި ބުނެލިއެވެ. “ލާން އައިމް ސޮރީ ހަނީ އެކަމު ޖެހޭނެ ދޯ ބަދަލު ހިފަން” އަޝްމީ ރިޒްލާން ގެ ކޮލުގައި ފިރުމަމުން ބުނެލިއެވެ. “އޯނ ހާދަ ކިޔުޓް އޭ” ރަލާ އަދި މައިރާ ތުއިވެލިއެވެ. “ޔަކް ޑިސްކަސްޓިން… ތިއްތީ ތިހުރީ ޕަބްލިކް ގައޭ މޫދުތެރޭގަ ވަޝިހަމު ތި ކުޅި ވަރު ކުޅުނަސް” ރިޝީ މިހެން ބުނުމުން ރިޒްލާން އޭނައާއި ދިމާލަށް ލޯ އަޅައިލިއެވެ. “ރިޝް ގެ މެޗް އަކީ ސާޔަން” ރިޒްލާން ރިޝީ އާއި ސާޔަން އާ ދެމީހުން އޭކިޔާފައި އަޅުވާކިޔަން ފެށިއެވެ. “ވީ އާރ ޖަސްޓް ފްރެންޑްސް” ރިޝީ އާއި ސާޔަން އެކަކު އަނެކަކަށް ބަލާލުމަށް ފަހު ރިޒްލާން އާއި ދިމާލަށް ބުނެލިއެވެ. “ހިންގާބަލަ އަވަހަށް ދަމާ” މައިރާ ބުނެލިއެވެ. “ހިންގާ” ރިޝީ މިހެން ބުނެފަ މައިރާ އަތުން ބޯޅަ ހިފައިގެން މޫދާއި ދިމާލަށް ފޭބިއެވެ. ދެން ތިބި މީހުން ވެސް ރިޝީގެ ފަހަތުން ދިޔައެވެ. ދޮންވެލި ގަނޑު މަތީގަ ކޯޓު އެޅުމަށް ފަހު އެބައެއްގެ މީހުން ދިމާލަކަށް އެރިއެވެ. ގުރުވަތު ލައިގެން ފުރަތަމަ ނެގުން ލިބުނީ އަންހެން ކުދިން އަށްށެވެ. “މިފަހަރު ތި މީހުން ބަލި ކޮށްލާނަން” ރިޝީ މިހެން ބުނެ ސައު ނަގައިގެން ކުޅެން ފެށިއެވެ.

 

ހަވީރު 4:00 ޖެހުމުން އެންމެން ގެއަށް ދާން ހިންގައިގަތެވެ. “ހާދަ މަޖަލޭ ވާނެ ދޯ އަދި އެއް ދުވަހު އޯވާ ނައިޓް އަކަށް ފަޅުރަށަކަށް ދާން” ސާޔަން ބުނެލިއެވެ. “ކޮން ރަށަކަށް ދާނީ؟” މައިރާ އަހައިލިއެވެ. “ހިންގާ ބަރިސްދޫ އަށް ދާން… ރިޝް ކީކޭ ބުނަނީ” ރިޒްލާން މިހެން ބުނުމުން ރިޝީގެ ދެލޯ ބޮޑުވިއެވެ. “ނޯ ނޯ ނޯ ބަރިސްދޫ އަކަށްށެއް ނޫން ކީއްވެތަ އެހާ ނާމާން ރަށެއް ތި ނެގީ” ރިޝީ ބިރުން ހުރެ ބުނެލިއެވެ. “މަޖާ ވާނޭ ރިޝް ދާން ވާނެ” ރިޒްލާން ވިހަ ހިނިތުން ވުމަކާއެކު ބުނެލިއެވެ. “ރިޒްލާން  ބަރިސްދޫ އަކަށް ށެއްނޫން ދާނީ ކީއެއް… ރިޒްލާން އަށް ވަރަށް ރީއްޗަށް އިނގޭނެ މީހުން ކުރިން ބަރިސްދޫ އަށް ދަތުރު ދިޔަ ދުވަހު ރިޝް އަށް ވީ ގޮތް” ރިޝްވާން ރިޒްލާން އަށް ހަނދާން ކޮށްދިނެވެ. “އޯ ސޮރީ ހަނދާން ނެތުނީ… ކޮންތާކަށް ދެން ދާނީ؟” ރިޒްލާން ދާނެ ތަނެއް ނޭންގިގެން އަހައިލިއެވެ. “ހިންގާ އުސް ފިނޮޅަށް ދާން” ރަލާ ބުނެލިއެވެ. “މަޑު ކޮށްބަ ރިޝީ އަށް ކިހިނެތް ވީ ޔޯ އެންމެ ފަހުން ބަރިސްދޫ އަށް ދިޔަ ދުވަހު” ޖަނާން ވާނުވާ ނޭންގިގެން އަހައިލިއެވެ. “ރިޝީ އެރަށު ވަލުތެރެއަށް ވަދެ އުޅުނިކޮށް މަގު އޮޅުނީ ވަރަށް ހާލުން އުޅެގެން ރިޝީ އަށް އަހަރުން ފެނުނީ” ރިޝްވާން ވާހަކައިގެ އެއްބައި ކިޔައިދިނެވެ. “އަހަރުން އަށް ރިޝީ ފެނުން އިރު ރިޝީ ހުރީ ހުނަލާ ރަތްވެފަ މީހާ އެއްގޮތް އަނދަ އަނދާ އޮތް އަލިފާން ގަނޑެކޭ” ރަލާ އޭގެ އަނެއްބައި ކިޔައިދެނެވެ. “ރިޝީގެ ހުންގަނޑު މަޑު ކުރީ 2 ހަފްތާ ފަހުން” ރިޒްލާން ބުނެލިއެވެ. “އެރަށުގަ ކުކުޅެއް ނޫޅޭ އިރުގަ ވެސް ކުކުޅު ގޮވާ އަޑުއިވޭ އަނެއް ކޮޅުން ބަކަރިވެސް ގޮވާ އަޑު އިވޭ” ރިޝީ މިހެން ބުނުމުން ސާޔަން ރިޝީ އާއި ދިމާލަށް ބަލައިލިއެވެ. “ރިޝީ ދެން މީގެ ފަހުން ބަރިސްދޫ އަށް ގޮސް ފިއްޔާމު އެކަނި ވަލުތެރެއަށް ނުވަންނައްޗެ” ޖަނާން ރިޝީ އާއި މުހާތަބްކޮށް ބުނެލިއެވެ. “އެކަނި ވަލުތެރެއަށް ނުވަންނާށޭ މަ ހަރާން ވާނެ ވަލުތެރެއާ ކައިރިވާނެނަމަ” ރިޝީ ބުނެލިއެވެ.  އެކިއެކި ވާހަކަތައް ދައްކަމުން ގެއާއި ކައިރި ވުމުން އެމީހަކު އެމީހެއްގެ ގެއަކަށް ވަނެވެ.

 

ސާޔަން އޭނާގެ ކޮޓްރިއަށް ވަދެ ތުވާލި ހިފައިގެން ފާޚާނާ އަށް ވަނެވެ. ފާޚާނާ އަށް ވަދެ ޝަވަރު ޖައްސައިލުމަށް ފަހު ޝަވަރާއި ދިމާލަށް މޫނު ދިއްކޮށްލައިގެން ރިޝީ މަތިން ފުން ކޮށް ވިސްނަން ހުއްޓެވެ. “2 ހަފްތާ ވާދެކަށް ރިޝީ ހުން އައިސް ގެން އުޅުނޭ އެހެންވެއްޖިއްޔާމު ބަރިސްދޫ ވާނީ ވަރަށް ބިރުވެރި ނާމާން ރަށަކަށް” ސާޔަން ހިތާ ހިރުން ބުނެލިއެވެ. ފެން ވަރައި ނިމިގެން ތުވާލިގަނޑު އުނަގަނޑުގައި އުޅައިލައިގެން ކޮޓްރިތެރެއަށް ނިކުމެ އަލަމާރިން ޖިންސެއް ނަގާލުމަށް ފަހު އެނދުމަތީގައި އޮށޯއްވެލާފައި ޗާޖެއް ޖަހާ ފައި އޮތް ފޯނު ނަގާ ބަލައިލިއެވެ. ނުދަނަން ނަންބަރަކުން މީހަކު ސާޔަން އަށް ގުޅާފައި އޮތުމުން ސާޔަން އެ ނަންބަރަށް ގުޅައިލިއެވެ.

 

 “ހަލޯ ސާޔަން؟” ފޯނުން ވާހަކަ ދެއްކި މީހާ ބުނެލިއެވެ. “ލައްބަ ތީ ކާކު؟” ސާޔަން މީހެއް ނޭންގިގެން އަހައިލިއެވެ. “މީ ޔުމްނާ” ޔުމްނާ މިހެން ބުނުމުން ސާޔަން ގެ ދެ ލޯ ބޮޑުވިއެ އަދި އެއާއި އެކު ރުޅިއައެވެ. “ޔުމްނާ އަށް ކިހިނެތް މަގޭ ނަންބަރު ލިބުނީ؟” ސާޔަން ބާރު އަޑަކުން ބުނެލިއެވެ. “ނުހައިކް އަހަންނަށް  ދިނީ ސާޔަން ގެ ނަންބަރު… ސާޔަން ކީއްވެ ތަ އަހަރެން ކައިރީގަ ނުބުނެ ޖަނާން އުޅޭ ރަށަށް ދިޔައީ އަހަރެން…” “ޔުމްނާ ކައިރީގަ މަޖެހޭތަ ހުރިހާ އެއްޗެއް ބުނަން… މަ މީ ދޯ ޔުމްނާގެ ދަރިއެއް… ކިތައް ފަހަރު ބުނަންވީ އަހަރުން ދޭތެރޭގަ ކުރިން އޮތް ކަހަލަ ލޯތްބެއް ނޯވޭ… މަށެއް ޔުމްނާ ދެކެ ލޯތްބެއް ނުވޭ” ސާޔަން ފަތިވަރު ގޮވަން ފެށިއެވެ. “އެކަމު ސާޔަން އަހަންނަށް އަދިކިރިޔާ މިއިންގުނީ ސާޔަން ނޫން އެހެން މީހެއް ދެކެ އަހަންނަކަށް ލޯތްބެއް ނުވެވޭނެ ކަން… އައިމް ސޮރީ ޕްލީޒް ޓޭކް މީ ބެކް ޕްލީޒް އަހަރެން އާދޭހޭ މިކުރަނީ” ޔުމަނާ އާދޭސް ކުރަން ފެށިއެވެ. ސާޔަން އެނދުން ތެދުވެ ޓީޝާޓެއް ލުމަށް ފަހު ބެލްކަނިތެރެއަށް ފޯނު ހިފައިގެން ނިކުމެލިއެވެ. “ޔުމްނާ އަމިއްލައަކަށް ހޭނެތިގެން މަށާއެކު ބްރޭކް އަޕް ކޮށްލީއެއްނު… ޔުމްނާ އަށް މަ ނޫން އެހެން މީހެއް ދެކެ ލޯބި ނުވެވުނަސް މަށަށް އެހެން މީހެއް ދެކެ ލޯބި ވެވިއްޖޭ… މީ އެންމެ ފަހު ފަހަރު މަށަށް ދެން މީގެ ފަހުން ނުގުޅާތި އަދި ނުހައިކް ކައިރީ ބުނޭ މަ ބުންޏޭ މަ ނުދަންނަ މީސް މީހުން އަށް މަގޭ ފޯނު ނަންބަރު ނުދޭށޭ އަޑު އިވިއްޖެ” ސާޔަން މިހެން ބުނެ ޔުމްނާ އެއްޗެކޭ ބުނުމުގެ ކުރިން ފޯނު ކަނޑާލިއެވެ. އަދި ޔުމްނާ ގެ ނަންބަރު ބްލޮކް ކޮށްލިއެވެ.

 

“ސާޔަން ބްރޯ ނިކުމެބަލަ ވަރަށް އަވަހަށް” ޖަނާން ސާޔަން ގެ ކޮޓްރީ ދޮރުގައި ޓަކި ޖަހަމުން ބުނެލިއެވެ. “ކިހިނެތް ވީ؟” ސާޔަން ދޮރު ހުޅުވައިލާފައި ބުނެލިއެވެ. “ހިންގާބަ ހިނގާލަން ދާން އަދި ހަތަރުގަޑި ބައޭ ވީ” ޖަނާން ގަޑި ބުނެލިއެވެ. “ހިންގާ… މަ މިއަންނަނީ އިންގެ އިހައް އިރުކޮޅެއް ވާނެ” ސާޔަން މިހެން ބުނެ ކޮޓްރީ ދޮރު ޖެހިއެވެ. ސާޔަން ގޮސް ލޯގަނޑު ކުރި މަތީގަ ހުއްޓިލައިފައި އޭނާގެ އެ ކަޅުކަން ގަދަ ރާޅުބާނީ އިސްތަށިގަނޑުގައި ހުރި ފެން ތަށް ހިއްކަން ހެއާރ ޑްރަޔާރ އަކުން ހިއްކުމަށް ފަހު ނިއްކުރި މައްޗައްބައެއް ވައްޓާލުމަށް ފަހު އިސްތަށި ގަނޑު ރީއްޗަށް ހާވައިލިއެވެ. “ހިންގާ ދެން ދަމާ” ސާޔަން ކޮޓްރިން ނިކުމެ ބުނެލިއެވެ. ޖަނާން ސާޔަން އަދި އަޝްމީ ގެއިން ނިކުތް ތަނާހެން ރިޝީ، ރަލާ، ރިޝްވާން އަދި ރިޒްލާން ނިކުތެވެ. “ތިމީހުން ވެސް ތި ދަނީ ހިންގާލަން ތަ؟” ރިޝީ ސާޔަން މެން ފެނުމުން އަހައިލިއެވެ. “އާން ތިމީހުން ވެސް ތިދަނީ ހިންގާލަން ދާން ދޯ؟” ސާޔަން އަހައިލިއެވެ. “އާން ހިންގާ ދަމާ” ރިޒްލާން އުފަލުން ފޮޅުނެވެ. “ހްމް އަޝްމީ ފެނުނީ” ރިޝީ ކުނިމޫނު ހަދައިލައިފައި ބުނެލިއެވެ.

 

އަތިރި އާއި ދިމާލަށް ދިޔައިރު އަތިރި މަތި އޮތީ އެއްކޮށް ފުރިފައެވެ. “މިތަން މި އޮތީ ފުރިފަ ހިންގާ ޖެޓީ ކޮޅަށް ދާން” ރިޝީ މިހެން ބުނެފައި ޖެޓީ ކޮޅަށްދާން ހިންގައިގަތެވެ.

 

(ނުނިމޭ)      

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Horror queen

Level 210 Stories

Other Articles

Previous

ނޫރޭ ތިއީ މިހިތް އެދޭ ( ފުރަތަމަ ބައި )

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (18)

Next
February 10, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (18)

Previews
February 8, 2022

ނޫރޭ ތިއީ މިހިތް އެދޭ ( ފުރަތަމަ ބައި )

One Comment

  1. Maisam Abdul Majeed says:
    February 10, 2022 at 12:12 pm

    soooo mice .. curiously waitimg for nxt part<3

Comments are closed.

Next Episodeބުނެބަލާ ލޯބިވޭ 6←


All Right Reserved!