“މިތަން މި އޮތީ ފުރިފަ ހިންގާ ޖެޓީ ކޮޅަށް ދާން” ރިޝީ މިހެން ބުނެފައި ޖެޓީ ކޮޅަށްދާން ހިންގައިގަތެވެ.
(6 ވަނަ ބައި)
ޖެޓީ ކޮޅަށް އަރަން އޮތް ބްރިޖް މައްޗަށް އަރާފައި އެތާން ގައި ޖަހާފައި ހުރި ހެލަ ތަށް މައްޗަށް ދިޔައެވެ. ރިޝީ އެއް ހެލަ މަތިން އަނެއް ހެލަ މަތިން ފުންމަމުން ދިޔައެވެ. “ރިޝް ސްލޯ ޑައުން ވެއްޓިދާނެ އެހެން ނޫނީ ތިރި އަށް ފާބާ ބަލަ ތީ ރޭ ވިހި ތުއްތު ބަބާ އެއް ނޫނޭ” ރިޝްވާން މިހެން ބުނުމުން ރިޝީ އެއްޗެކޭ ނުކިޔައި ހެލަ ތަކު މަތިން ފޭބިއެވެ. ހެލަ ތަށް ކައިރީގައި ހަދާފައި އޮތް މަގުގެ ކޮޅަށް ދެވުމުން އެންމެން އެތާ ގައި ހުރި ހެލަ ތަކު މަތީގައި އިށީންދެލިއެވެ. “ރަލް ހިންގާ ސެލްފީ އެއް ކަނޑާލަން” ރިޝީ މިހެން ބުނެ ފޯނު ނެގިއެވެ. “ހިންގާ” ރަލާ އެއް ބަސް ވިއެވެ. “ހްމްމް ފޮޓޯ ގްރަފަރ ފެއްޓީ” ރިޒްލާން ފޫހި ވެފަ ހުރެ ބުނެލިއެވެ. “ލާން ހިންގާ މަށާ އެކު ފޮޓޯ އެއް ނަގާލަން” އަޝްމީ ރިޒްލާން ގާތު ބުނެލިއެވެ. “މިހާރު އެޔޮށް ދިޔަވަރު ބޮޑެނީ އެންމެ ބޮޑު ދިޔަ އޮންނާނީ ރޭގަނޑު 8:00 ޖަހާލާއިރު ވާނެ ދޯ މަސް ބާނަން އަންނަން މާދަންރޭ” ރިޝްވާން ބުނެލިއެވެ. “މަސް ބާނަން ށޭ؟ ދޮންބޭ އައި ކޭން ހަގް ޔޫ ރައިޓް ނައު…ބަޓް އައި ވޯންޓް… މާދަން ނޫން އަނެއްދުވަސް މީ 2022 ފެށޭ ދުވަސް މާދަންނޫން އަނެއް ދުވަހު ރެއަށް ވާނެ ދޯ ބާބަކިޔު އެއް ހަދަން” ރިޝީ އުފަލުން ފޮޅުނެވެ.
“ހިންގާ ގޭމް އެއް ކުޅެން؟” ރިޝީ ބުނެލިއެވެ. “ހިންގާ…ކޮން ގޭމް އެއްކުޅޭނީ؟” ރަލާ އެއްބަސް ވުމަށް ފަހު އަހައިލިއެވެ. “ރަލާ ޓްރުތް އޯރ ޑެއާރ؟” ރިޝީ އަހައިލިއެވެ. “އޯނޯ… މަ ނަގާނީ ޓްރުރް… މަށަށް އިނގޭ ޑެއަރ ނަގައިފިއްޔާމު މަށަށް ޖައްސާނެ ކަންތަށް” ރަލާ ތުން ދަމާ އަސުރަށް ލައިގެ ހުރެ ބުނލިއެވެ. “ޑޫ ޔޫ ހޭވް އަ ބޯއިފްރެންޑް އަދި އޭނައަކީ ކާކު؟” ރިޝީ ރަލާ އާއި ސުވާލުކުރިއެވެ. “ނޯ އަ… އައި ޑް.. ޑޯންޓް ހެ..ހެ..” “ސްޕިލް އިޓް؟” ރިޝީ ރަލާ ބުނަން އުޅޭ އެއްޗެއް ނުބުނެވުނީސް ބުނެލިއެވެ. “ޔެސް އައި ހޭވް އަ ބީއެފް ހީ އިޒް ޖަނާން” ރަލާ މިހެން ބުނުމުން އެންމެން ހައިރާން ވެލިއެވެ. “ވަޓް؟!!!” ރިޝީ ފިޔަވާ ހުރިހާ އެންމެން ބުނެލިއެވެ. “ބިންގޯ…މަށަށް އިނގިއްޖެ ތި ދެމީހުން އެންމެ ފުރަތަމަ ރައްޓެހި ވި ދުވަހުން ފެށިގެން” ރިޝީ ހިނިތުން ވެލާފައި ބުނެލިއެވެ. “ރިޝް ޓޮރުތް އޯރ ޑެއަރ” ރަލާ ރިޝީ ގާތުގަ އަހައިލިއެވެ. “ޑެއަރ” ރިޝީ ބުނެލިއެވެ. “ރިޝް ކުރަން ވީކަމަކީ ސާޔަން ގެ ކޮލަށް ދޮނެއް ދޭންވީ” ރަލާ މިހެން ބުނުމުން ރިޝީ ގެ ކޮލަށް ޖަނބުކުލަ އެރިއެވެ. “ކުރަން ޖެއްސި ކަމެއް ކުރަން ޖެހޭނެއްނު” މިހެން ބުނެ ރިޝީ ސާޔަން ކައިރީ ގައި މަޑުކޮށްލިއެވެ. އެއިރު ސާޔަން ހުރީ އިރު އޮއްސޭ މަންޒަރު ފޮޓޯ ނަގަންށެވެ. ކުއްލިއަކަށް ސާޔަން ސިހުނީ ރިޝީ ސާޔަން ގެ ކޮލަށް ދޮނެއް ދިނުމުންއެވެ. “ހައެ ހައޭ ލޯތްބެއްގެ ފެށުން” ރަލާ އަޅުވާ ކިޔަން ފެށިއެވެ. “އެ އޮތީ މަ ޑެއަރ ފުރިހަމަ ކޮށްފަ” ރިޝީ މިހެން ބުނި އިރު މީހާ އޮތީ ދޮން ޓޮމާޓޯ އެއްހެން ރަތްވެފައެވެ. “ކީއް މި ވަނީ މީހަކު މަ ކައިރީގަ ބުނެފާނަން ތަ” ސާޔަން ވާނުވާ ގައި ހުރެ އަހައިލިއެވެ. “އަހަރުން ޓްރުތް އޯރ ޑެއާރ ކުޅެ މިއުޅެނީ ސާޔަން ޓްރުތް އޯ ޑެއަރ؟” ރަލާ ކިޔައި ދިނުމަށް ފަހު ސާޔަން އާއި ސުވާލު ކުރިއެވެ. “ޓްރުތް” ސާޔަން ޖަވާބު ދިނެވެ. “ކިތައް އަންހެން ކުދިން އާ ރައްޓެހި ވީން އަދި އެއީ ކޮން ބައެއް؟” ޖަނާން ސުވާލުކުރިއެވެ. “މަ ހުންނާނީ އެންމެ މީހަކާ ރައްޓެހި ވެފަ އެއީ ވެސް ޔުމްނާ” ސާޔަން މިހެން ބުނުމުން ރިޝީ އިސް ދަށަށް ޖަހައިލިއެވެ. “އަދިވެސް ތި ދެމީހުން؟” ޖަނާން އަހައިލިއެވެ. “ނޫން މަ މީ މިހާރު ސިންގަލް މީހެއް” ސާޔަން މިހެން ބުނުމުން ރިޝީ އިސް އުފުލާލާ ފައި ސާޔަން އާއި ދިމާލަށް ބަލައިލިއެވެ. ‘އަސްލުވެސް ސާޔަން ސިންގަލް؟ އެން މަ ކޯއްޗެއް މި ވިސްނަނީ’ ރިޝީ ހިތާ ހިތުން ބުނެލިއެވެ. “ތިއްތީ ޓްރުތް އޯރ…” “ޓްރުތް” ރިޒްލާން ރިޝީ ސުވާލުކޮށް ނުނިމެނީސް ބުނެލިއެވެ. “ތިއްތި އަޝްމީ ދެކެ ކިހާ ވަރަކަށް ލޯބި ވޭ؟” ރިޝީ އަހައިލިއެވެ. “އިމްތިހާއަށް ލޯބިވޭ” ރިޒްލާން ބުނެލިއެވެ. “މަ ކިޔާނެ އެއްޗެއް ނެތް އެއަކަށް” ރިޝީ ބުނެލިއެވެ. “ދެން ހިންގާ ގެއަށް ދަމާ އެޔޮށް އިރު އޮއްސެނީ” ރިޝްވާން މިހެން ބުނެ އޭނަ އިށީން ދެގެން ހުރި ހެލަ މަތިން ތެދުވެގެން ހިނގައި ގަތީ ގެއަށް ދާންށެވެ.
“ކޮންތާކުން ތި ހަތަރު މީހުން ތި އައީ؟” ގެއަށް ގޮސް ވަނުމާއި އެކު ރައީފާ އަހައިލިއެވެ. “މަންމާ ވާހަކައެއް ބުނަންތަ މަންމަ އަށް ވަރަށް އަވަހަށް އެހެން އަންހެން ކުއަޖެއް ލިބޭނެ” ރިޒްލާން ގެއަށް ގޮސް ވަނުމާއި އެކު ރައީފާ ގާތުގައި ބުނެލިއެވެ. “ކޮން އަންހެން ކުއަޖެއް؟” ރައީފާ ވާނުވާ ނޭންގިގެން އަހައިލިއެވެ. “އޭނައަށް ކިޔަނީ އަޝްމީ އޭނައަކީ ޖަނާން ގެ ސްޓެޕް ސިސްޓާ… އޭނަގެ ހުންނާނެ ވަރަށް ރީތި ފަން އިސްތަށިގަނޑެއް މަޑު ބްރައުން ކުލައިގެ ކަޅިއެއް… މަންމާ އަޅެ މި ރަލް ކައިރީގަ ބުނެބަ ޖަނާން އާއި އެކު ބްރޭކް އަޕް ކުރާށޭ އަޅެ ދެން ޕްލީޒް” ރިޒްލާން ކުޑަކުއްޖެއް ހެން ރޯން ފެށިއެވެ. “ނޯ ވޭ މަ ފުރަތަމަ ރައްޓެހިވީ މަށެއް ޖާން އަކާ އެކު ބަރޭކް އަޕް އެއް ނުކުރާނަން ކޯޒް އައި ލަވް ހިމް އިވެން ދޯ އައި ކުޑުންޓް ސޭ އިޓް ޓުހިމް” ރަލާ މިހެން ބުނެ އިސް ޖަހައިލިއެވެ. “ރަލް ވާހަކަ އެއް ބުނަންތަ ރަލް ޖަނާން ދެކެ ލޯބިވަންޏާމު އޭނަ ކައިރީގަ ބުނެބަލަ ލޯބިވާ ވާހަކަ އަދި ވާހަކައެއް ޖަނާން އާ އަޝްމީ އަކީ ސްޓެޕް ސިބްލިންގްސް ސޯ ދެއާރ ނޮޓް ބަލަޑް ރިލޭޓެޑް” ރިޝީ ރަލާ އަށް ނަސޭހަތް ލައި ދިނެވެ. “ރިޝް ތެންކްސް ދެން ޖާން އާއި ދިމާވާ ފަހަރަކުން މަ ބުނާނަން އޭނަކައިރީގަ މަ އޭނަ ދެކެ ލޯބިވާ ވާހަކަ” ރަލާ މިހެން ބުނެ ރިޝީ އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ރިޝީ ދެން ދިޔައީ މަތީ ފަނޑިފިލާ އަށްށެވެ. މައްޗައް އަރާފައި ބެލްކަނިތެރެއަށް ނިކުމެލިއެވެ. “މަށަށް ކީއް މިވަނީ؟ އަނެއްކާ މަ ސާޔަން ދެކެ ލޯބި ވެވުނީ ދޯ؟ ނޫން އެހެން އެއް ނުވާނެ ސާޔަން އަކީ މަގޭ ފްރެންޑް އެއް… ބަޓް ވައި ކީއްވެ މަށަށް ސާޔަން ފެންނަ ކޮންމެ ފަހަރަކު ނާރވެސް ވަނީ؟ އާރްރްގްގްގް… އައި ތިންކް އައި ރިއަލީ އޭމް އިން ލަވް ވިތް ހިމް… ނުވާނެ އެއީ އިއްޔެ މަށާ ދިމާވި މީހެއް އެކަމަކުވެސް މީގެ ކުރިން އެކަކުވެސް އަހަރެން ކައިރީގަ ސާޔަން ރޭގަ ބުނި ކަހަލަ އެއްޗެއް ނުބުނޭ” ރިޝީ މިހެން އަމިއްލަ މީހާ އާއި ވާހަކަ ދައްކަން ހުއްޓާ ކުރިމަތިން ސާޔަން ފެނުނެވެ.
ފެނުމާއި އެކު ރިޝީ އެތާން ގެ ފާރު ކައިރިއަށް ތިރި ވެލިއެވެ. “މަ ކިތައް ފަހަރު ބުނަންވީ މަށަށް ނުގުޅާށޭ އެއް ނަންބަރު ބްލޮކް ކޮށްލައިފިއްޔާމު އަނެއް ނަންބަރަކުން ގުޅާނެ ޔުއާރ ސޯ އެނޯއިން ކީއްވެތަ އިރު އިރުކޮޅާ ޔުމްނާ މަށަށް ގުޅަނީ އައި އޯލްރެޑީ ޓޯލްޑް ޔޫ އައި ޑޯންޓް ލަވް ޔޫ އެނީ މޯ” ސާޔަން ގެ އެ ރުޅިވެރި އަޑު ރިޝީގެ ކަން ފަތުގައި ޖެހުމުން ރިޝީ ތަން ކޮޅެއް ބިރުގަތެވެ އަދި އެއާއި އެކު ހައިރާން ވެސް ވިއެވެ. “ޔާރައްބީ ސާޔަން ހާދަ ރުޅި ގަދައޭ ދާންވީ އަވަހަށް އެތެރެއަށް” ރިޝީ މިހެން ބުނެ ކުޑަކުއްޖެއް ހެން ބައޫ ކިޔަމުން ކިޔަމުން ގޮސް އެތެރެއަށް ވަންނަން ދިޔައެވެ. ނަމަވެސް އެތާންގައި ހުރި މޭޒެއްގައި ޖެހި އެ މޭޒު މަތީގައި ހުރި ޕޮޓް ވެއްޓުނެވެ. “ހޫ އިޒް ދެއާރ؟” ސާޔަން މިހެން ބުނުމުން ރިޝީ ކުޑަކޮށް ބޯ ހިއްލައިލިއެވެ. “ރިޝީ؟!” ފޯނު ކަން ފަތުގައި ޖަހައިގެން ހުރެ ސާޔަން އަށް ރިޝީ ފެނުމާއި އެކު ބެނެވުނެވެ. “ހާއި” ރިޝީ ވޭވް ކުރަމުން ބުނެލިއެވެ. “ކީއް ތަ ތި ކުރަނީ ތިތާން ގަ ކުޑަކުއްޖެއް ހެން ބައޫ ކިޔަމުން؟” ސާޔަން ރިޝީ ފެނުމާއި އެކު ޔުމްނާ މަތިން ހަނދާން ނެތުނެވެ. “އެއީ މަ އަތުގައި އަޅައިފައި އޮތް އަނގޮޓި ގެއްލިގެން މިއޮތީ މިހާރު ފެނިއްޖެ… ވަރަށް އިމްޕޯރޓެންޓް ކޯލް އެއްގަ އެއްނު ތިހުރީ އައިލް ގޯ ސިޔޫ ލޭޓާރ” ރިޝީ މިހެން ބުނެ އެތެރެއަށް ވަންނަން ދިޔައެވެ. “ނޮޓް ރިއަލީ ރިޝީ ހިންގާބަލަ މަށާއެކު ބޫޓު ވިއްކާ ފިހާރައަކަށް ދާން” ސާޔަން މިހެން ބުނުމުން ރިޝީ ގެ ދެކޮލަށް ޖަންބު ކުލަ އެރިއެވެ. ނޫނެކޭ ބުނަން އުޅެފަ ބުނެވުނީ އާންއެކޭ އެވެ. “ކޫލް މިރޭ 8:00 ޖަހާއިރު ދޯ ދާނީ އިރުކޮޅަކުން ބަންގި ގޮވާނެ” ސާޔަން މިހެން ބުނެ އެތެރެއަށް ވަނެވެ.
ރިޝީ ގޭގެ ތެރެއަށް ވަނުމަށް ފަހު އޭނާގެ ކޮޓްރިއަށް ވަނެވެ. އަދި އެދިޔަ ގޮތަށް ގޮސް އެނދު މައްޗަށް ވެއްޓުނެވެ. “ވަޓް ޝުޑް އައި ޑޫ” ރިޝީ މިހެން ކިޔާލަ ކިޔާލަ އޮއްވާން މަޣްރުބް ނަމާދަށް ބަންގި ގޮވިއެވެ. ބަންގި ގޮވައި ނިމުމުން ފާޚާނާ އަށް ވަދެ ވުޟޫ ކޮށަލައިގެން ނިކުމެ ފެންތަށް ހިއްކުމަށްފަހު މުސޮއްލަ ނަގައި ބިންމަތީގައި އަޅައިލުމަށްފަހު މުސައްލަ ތެރޭގައި ހުރި އެއްޗިސް ލައިގެން ނަމާދުކުރަން ފެށިއެވެ. ނަމާދުކޮށް ނިމުމާއި އެކު މުސައްލަ ރީއްޗަށް އުޅައި ލައިފައި ކަބަޑުމަތީގައި ބާއްވައިލިއެވެ. ދެން އެނދުމަތީގައި އޮށޯއްވެލުމަށް ފަހު ފޯނު ނެގިއެވެ. އެއިރު ނުދަންނަ ނަންބަރަކުން މެސެޖް ކޮށްފައި އޮތުމުން ހޯމް ސްކްރީން އަށް ގޮސް ބަލައިލިއެވެ.
‘ހައި’ އެ މެސެޖް ގައި އޮތީ މިހެން ލިޔެފައެވެ.
‘ތީ ކާކު ނުދަންނަ މީހުން އާ މެސެޖް ކުރަނީ ކީއްކުރަން؟’ ރިޝީ ކާކުކަން ނޭންގިގެން އަހައިލިއެވެ.
‘ތީ ނުދަންނަ މީހެއް ނޫން ވީ ނޯ އީޗް އަދާރ ސިންސް ލާސްޓް އިޔާރ’ އެކޮޅުން ބުނެލިއެވެ.
‘ނަމެއް އޮވޭތަ؟ އެ ނަން ބުނެބަލަ’ ރިޝީ ބުނެލިއެވެ.
‘ އޯ ސޮރީ މަށަށް ކިޔަނީ ލަމްހާން މަ މިހުރީ މިހާރު ރަށުގަ’ ލަމްހާން މިހެން ބުނެ މެސެޖް ކޮށްލިއެވެ.
މި މެސެޖް ކިއުމަށްފަހު ރިޝީގެ ދެލޯ ބޮޑުވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

