Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ބުނެބަލާ ލޯބިވޭ 4

Horror queen Level 210 Stories
February 8, 2022 5 Mins Read
1 Comment

 

އަލަމާރިން ޖިންސު ފޮތިން ފަހާފައި އޮތް ގަމީހަކާއި ކަޅުކުލައިގެ ސްކިނީއެއް ލުމަށްފަހު ބޭރަށް ނިކުމެލިއެވެ. ނިކުތަ ތަނާހެން ފެނުނީ މައިރާއެވެ. “އޯއި ރިޝް މީ ކާކު؟” މައިރާ9 އަށް ރިޝީ ފެނުމުން ބުނެ ވުނެވެ. “މީ ސާޔަން ހީސް މައި ފްރެންޑް” ރިޝީ ބުމެލިއެވެ. “ތޮމޮދަޗި؟” މައިރާ ޖަޕަނީޒް އިން ބުނެލިއެވެ. “ހަހް ކީކޭ؟ މައި އަށް އިނގޭނެ މަ މީ ޖަޕަނީޒް އިން ވާހަކަ ދައްކާ މީހެއް ނޫން ކަން” ރިޝީ އަށް ނޭންގިގެން ބުނެވުނެވެ. “އޯ ސޮރީ ފްރެންޑްސް؟” މައިރާ ބުނެލިއެވެ. “އާން… ސާޔަން މީ މައިރާ… މައި މީ ސާޔަން” ރިޝީ ދެމީހުން އަށް އެކަކު އަނެކަކު ތަޢާރަފް ކޮށްދިނެވެ.

 

(4 ވަނަ ބައި)

 

ރިޝްވާން ރިޒްލާން ހޯދަމުން ރަށުތެރެ ބަލަމުން ދަނިކޮށް ރިޒްލާން ފެނުނީ އޭނަގެ އެންމެ ފުރަތަމަ އަންހެން ކުއްޖާ އާއި އެކު ބްރޭކްއަޕް ވި ތަނުންއެވެ. “ރިޒްލާން!!!” ރިޝްވާން ވަރަށް ދުރުން ހަޅޭއް ލަވައިލިއެވެ. “ދޮންބޭ؟!” ރިޝްވާން ފެނުމާއި އެކު ރިޒްލާން އަށް ބުނެވުނެވެ. “އޭތް މިތާންގަ ތިހުރީ ކީއްވެ؟ އޭނަ މަތިން ހަނދާން ނައްތާލަބަ… އެއީ ކާކުތަ ދެން ހަނދާން ކުރާކަށް އޭނަ ރިޒްލާން ގެ ހާރޓް ބްރޭކް ކޮށްލީ” ރިޝްވާން މިހެން ބުނުމުން ރިޒްލާން އިސްދަށަށް ޖަހައިލިއެވެ. “މަށަކަށް ލިހާ މަތިން ހަނދާނެއް ނުނެތޭނެ އޭނައަކީ މަ އެންމެ ފުރަތަމަ ލޯބިވި އަންހެން ކުއްޖާ ކުރިއަށް ދާން މަސައްކަތް ކުރިން އެކަމު އޭނަގެ ހަނދާން ތަށް އަހަރެން ހިފަހައްޓަނީ އައި ވިޝް ދެއަރ ވޯޒް ސަމަވްނަ ޓު ހެލްޕް މީ ގެޓް އޯވާރ ހާރ އެކަމަކު މިރަށުގަ އުޅޭ ހުރިހާ އަންހެނެއް މަ ދެކެނީ ބިރެއް ގޮތަށް” ރިޒްލާން ބުނެލިއެވެ. “އަޝްމީ… އޭނަ ދެކެ ލޯބިވެވިގެން ދޯ ތި އުޅެނީ… ރިޒްލާން އާނމުކޮށް މިތަނަށް އަންނަނީ މީހެއްދެކެ ލޯބި ވެވިއްޖިއްޔާމު” ރިޝްވާން ރިޒްލާން ކައިރީގަ އިށީންދެފައި ބުނެލިއެވެ. “އާން ރޭގަ މަށަށް ނޭންގި ހުއްޓާ ގަލެއްގަ އަޅައިގަނެގެން ވެއްޓުނު ގޮތަށް އަޝްމީ އާ ކިސް ކުރެވުނީ” ރިޒްލާން ރޭގަ ވީ ކަންތަށް ކިޔައިދިނެވެ. “ކިސް؟! ރިޒްލާން ޔޫ ކިސްޑް ހާރ” ރިޝްވާން ހައިރާން ވެގެން ބުނެލިއެވެ. “މަ ގަސްތުގާ ކުރި ކަމެއް ނޫނޭއެއީ ކީއެއް މަ ނުވިސްނާ ހުއްޓާ ގަލަކު އަޅައިގަނެގެން ވެއްޓުން ގޮތަށް އޭނަ އާ ކިސް ކުރެވުނީއޭ” ރިޒްލާން މިހެން ބުނެ ބޮލުގަ އަތް އަޅައިލިއެވެ. “އެކަމަކު ރިޝް އާ ދިމާލަށް ހަޅޭއް ލަވާކަށް ނުޖެހޭންނު ދޯ ރިޝް އަށް ވަރަށް ހާރޓް ވި… ހިންގާ ގެއަށް ދަމާ ދެން ގެއަށް ގޮސް ރިޝް އަށް ސޮރީ ބުނެފަ ހިންގާ މެންދުރު ވީމަ މޫދަށަދަމާ މުދަށް ދާމާ” ރިޝްވާން މިހެން ބުނުމުން ރިޒްލާން ހިނިތުން ވެލިއެވެ. “ހިންގާ” ރިޒްލާން މިހެން ބުނެ ރިޝްވާން ކޮނޑަށް އަތް ވައްޓާލިއެވެ.

 

ގެއަށް ގޮސް ވަތް އިރު އެންމެން ހުރީގޭގައެވެ. އެއާއި އެކު އަޝްމީ އަދި މައިރާ ވެސް ހުރުމުން ރިޝްވާން އާއި ރިޒްލާން ހުރިތަނަށް ޖަހާފަ ހުރި ގާ ބުދެއްހެން ހުއްޓުނެވެ. “އަތް ދޮންބޭ… ހުމް” ރިޒްލާން ފެނުމުން ރިޝީ މޫނު ހަދައިލިއެވެ. “އޯކޭ ރިޝް އައިމް ސޮރީ ގަސްތަކު ނޫން ހަޅޭއްލެވީ ކީއެއް ރިޝް އަށް އިނގޭނެ ދޯ މަށަށް ނިދިކޮޅެއް ނުލިބިއްޖިޔާމު ވާނެގޮތް ދޯ” ރިޒްލާން ރިޝީ ގާތު މާފަށް އެދުނެވެ. “އެ އޯކޭ ވާނެ ތިއްތި ގަސްތަކު ނޫނެއްނު އެހެން ބުނީ ކީއެއް” ރިޝީ ރިޒްލާން އަށް މާފުދިނެވެ. “އަދި މަ ސުވާލެއް ކުރަންތަ ކޮން އިރަކު މައިރާ އައީ؟” ރިޝްވާން ރިޝީ ގާތު އެހިއެވެ. “އޯ އެ ދޯ މަށަކަށް ވެސް ނޭންގެ އޭނަ އާކަން މަށަށް އެގުނީވެސް ހަމަ ދެންމެ” ރިޝީ މިހެން ބުނުމުން މައިރާ ތުންއަނބުރައިލިއެވެ. “މަ އައީ ރޭ ދަނވަރު 2:30 ވެލިހާއިރު” މައިރާ ބުނެލިއެވެ. “ވަޓްއެވާ ކޮން ބައެއް ބޭނުމީ މިއަދު މެންދުރު މޫދަށަ ދާން” ރިޒްލާން ބުނެލިއެވެ. “އާއްޗަ މަ ހޭވައްޔާ ތައްޔާރަށް މިހުރީ” ޖަނާން އެންމެ ކުރިން އަތް ނަގާފަ ބުނެލިއެވެ. “ވިއާރ އިން؟” އަޝްމީ ފިޔަވައި އެންމެން ބުނެލިއެވެ. “ކިތެއަ ޖަހާއިރު ދަނީ؟” އަޝްމީ ގަޑި އަހައިލިއެވެ. “މެންދުރު ފަހު 1:30 ވެލާހާއިރު” ރިޒްލާން ޖަވާބު ދިނެވެ. “އޯކޭ އައިމް އިން… މަ ގޭހުންނަންޖެހޭތީ ފޫހި ވެގެން މިއުޅެނީ” އަޝްމީ ދާން އެއްބަސް ވިއެވެ. “ވެލްކަމް ޓު ދަ ޑާރކް ސައިޑް ވީ ހޭވއ ބީން އެކްޕެކްޓިން ޔޫ” ޖަނާން ސަމާސާ އަކަށް ބުނެލިއެވެ. “އެކްސައިޓެޑް ނުވައްޗެ މާކު ބޮޑަށް” އަޝްމީ މިހެން ބުނުމުން ރިޒްލާންގެ ހިނިގަނޑު ދިޔައީ ފަޅައިގެންއެވެ. ރިޒްލާން ހޭތަން ފެނިފަ އަޝްމީގެ ކޮލަށް ޖަނބުކުލަ އެރިއެވެ.

 

(މެންދުރު ފަހު 1:30 ވެލިހާއިރު)

 

އެންމެން ނަމާދުކޮށް ގެން ކައިގެން ކުނަލާއި ބޯޅަކާއި ލަވަޖަހަން ސްޕީކަރެއް ހިފައިގެން ހިނގައިގަތީ ބޮޑުރާޅު ޖަހާ މޫދާއި ދިމާލަށްށެވެ. “ފްރެޝް އެއާރ ކޮޅެއް” އެހިސާބަށް ފޯރުމުން ރިޒްލާން ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށް ލާފައި ބުނެލިއެވެ. ރިޝީ ކުނާ ބިން މަތީގައި އަޅާލުމަށް ފަހު އެތާންގައި އޮށޯއްވެލިއެވެ. ރަލާ، މައިރާ އަދި އަޝްމީ ވެސް އޮށޯއްވެލިއެވެ. އެއަށް ފަހު ރިޝީގެ ފޯނުން ދޭސް ޕަސީތޯ ސްޕެނިޝް ،އިންގްލިޝް އަދި ހިންދީ ވާރޝަން ޖެހިއެވެ. ކުއްލިއަކަށް ޖަނާން އައިސް ރަލާ އުރާލައިގެން ގޮސް މޫދަށް ވައްޓާލިއެވެ. އެއާއި އެކު ޖަނާން ވެސް ވެއްޓުނެވެ. އެތަން ފެނި އެންމެންގެ ހިނިގަނޑު ދިޔައީ ފަޅައިގެންއެވެ. “ކީކޭ ބުނާނީ ޖަނާން އާ ރަލް އާ ދެމީހުންގެ ލޯބީގެ ކުޅިވަރު ފެށީ” ރިޝީ ހޭން ހުރެ ބުނެލިއެވެ. މައިރާ އެތާން ގައި ހޭން ހުއްޓާ ރިޝްވާން ގޮސް މައިރާ އޭނާގެ ކޮނޑު މައްޗަށް ނަގާފައި މައިރާ މޫދަށް ވައްޓައިލިއެވެ. އެކަމަކު މައިރާ ރިޝްވާން ގެ ޓީޝާޓުގައި ހިފާ އޭނަވެސް ވައްޓައިލިއެވެ. “ޕްލޭން އެއްތަ މީ؟” ރިޝީ ސާޔަން ގާތުގަ އަހައިލިއެވެ. “ޔަޕް ޔޫ މައިޓް ވޮނަ ސްޓާރޓް ރަނިން” ސާޔަން މިހެން ބުނުމުން ރިޝީ ކުރިއަށް ދުއްވައި ގަތެވެ. ސާޔަން ރިޝީ ގެ ފަހަތުން ދުއްވައި ގަތެވެ. އެދިޔަ ގޮތަށް ގޮސް ސާޔަން ރިޝީގެ އަތުގެ ކުޑަހުޅުގައި ހިފާފައި ރިޝީ އުރައިލައިގެން ގޮސް އެތާންގައި އޮންނަ ތީރާއި ދިމާލުގައި ހުރި ހޫފަތް ގަނޑާއި ކައިރި ކުރިއެވެ. “ނޯ ނޯ ހޫފަތް ގަނޑެއް ނޫން” ރިޝީ މިހެން ބުނެ ސާޔަންގެ ގައިގައި ބައްދާލެވުނެވެ. އެއިރު ސާޔަން ހުރީ ރިޝީ އުރައިގެންއެވެ. “ހައެ ހައޭ އާ ލޯތްބެއް ފެށީ ދޯ” ރަލާ އަޑު އޮތް ކޮޅަށް ބުނެލިއެވެ. “ކޮން ބައެއް މިހާރު އެއްގަމުގަ ތިބީ؟” ރިޝްވާން އަހައިލިއެވެ. “ތިއްތި އާ އަޝްމީ” ރިޝީ ޖަވާބު ދިނެވެ. “ރިޝީ ޔޫ ކޭން ލެޓް ގޯ މީ ހޫފަތް ގަނޑެއްނޫން” ރިޝީ ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން ސާޔަން ބުނެލިއެވެ. “އަސްލުތަ” ރިޝީ އަހައިލިއެވެ. “ހަމަ ހުވާ މީންދީ ދޮން ގަނޑުގަ” ސާޔަން މިހެން ބުނުމުން ރިޝީ ކުޑަކޮށް ލޯ ހުޅުވައި ބަލައިލިއެވެ. އެއަށް ފަހު ސާޔަން އާއި ދިމާލަށް ބަލައިލިއެވެ. “އޯ ސޮރީ” ރިޝީ ސާޔަން ގެ ގައިން ދޫ ކުރަމުން ބުނެލިއެވެ.

 

“ސޯ ޔުއާރ ނެކްސްޓް” ރިޒްލާން އަޝްމީ ގާތުގަ ބުނެލިއެވެ. “މަ؟ މަށަކަށް ފަތާކަށް ނޭންގެ” އަޝްމީ ސަލާމަތްވާން ވެގެން ބުނެލިއެވެ. “އެކަމު ޖަނާން ބުނި ފެތުމުގެ މުބާރާތުން އަޝްމީ 200 މީޓާރސް އިން އެއްވަނަ ހޯދިއޭ… ދޮގެއްނު ތި ހެދީ” ރިޒްލާން މިހެން ބުނުމުން އަޝްމީ ދެވުނު ދިމާލަކަށް ދުއްވައިގަތެވެ. “ވައި މީ… ކީއްވެތަ ރިޒްލާން އަހަރެން މޫދަށް ވައްޓާލަން ޖެހުނީ؟” އަޝްމީ ބުނެލިއެވެ. “ބިކޯޒް އައި… އައިމް އިން ލަވް ވިތް ޔޫ” ރިޒްލާން މިހެން ބުނުމުން އަޝްމީ އެ ހުރި ފިޔަވަޅުގައި ހުއްޓިފަ ފަހަތަށް އެނބުރުނެވެ. “ކީކޭ؟” އަޝްމީ ހައިރާން ވެފަހުރެ ބުނެލިއެވެ. “އައި ލަވް ޔޫ… އަޝްމީ ތީ މަ އެންމެ ފުރަތަމަ ކިސް ކުރި ކުއްޖާ… އާން އެއީ ތެދެއް މަ ވަރަށް ބާތްވަރު ރިލޭޝަންޝިޕް ހުރޭ އެކަމު އަޝްމީ އެ ކުދިން އާ ބަލާފައި ތަފާތު” ރިޒްލާން ޑައިއަލޮގް ކިޔަން ފެށިއެވެ. “ކިހިނެތް ތަ މަ ތަފާތީ؟” އަޝްމީ އަހައިލިއެވެ. “ރީތި، ކުޅިވަތަށް މޮޅު، ވިސްނުން ތޫނު، މަޖާ މިޒާޖެއް ގެ ކުއަޖެއް، ރީތި ކުރު ފަން އިސްތަށި ގަނޑެއް އޮވޭ، އެކްސެޓްރާ… ވިލް ޔޫ ބީ މައި ގާރލްފްރެންޑް؟” ރިޒްލާން އެއްފައި މައްޗަށް ތިރި ވެފަ އަތް ދިއްކޮށްލަމުން ބުނެލިއެވެ. އަޝްމީ އާއެކޭ ބުނަން އޭނާގެ ބޯ މަތިން ތިރިއަށް ތަޅުވައިލިއެވެ. “ޔެސް… އެކަމު އަދި ވާހަކަ އެއް” ރިޒްލާން ހިނިތުން ވެލާފައި ބުނެލިއެވެ. “ކޮން ވާހަކައެއް؟” އަޝްމީ އަހައިލިއެވެ.

 

 “އައިމް ސޮރީ އަހަރުންގެ ޕްލޭން އެއް އެއީ ހުރިހާ އަންހެނުން ތަށް މޫދަށް ވައްޓާލުން އެއީ” މިހެން ބުނެ ރިޒްލާން އަޝްމީ އުރައިލައިގެން ގޮސްމޫދަށް ވައްޓައިލިއެވެ. އެއިރު އަޝްމީ ހުރީ ރިޒްލާން ގެ ކަރުގަ ވަރަށް ބާރަށް ހިފައިގެންއެވެ. “އައްދިޔޯ” ރިޒްލާން މިހެން ބުނެ މޫދަށް ވެއްޓުނެވެ. “އަމްމާ މީ ކޮން ކުޅިވަރެއް؟” ރިޝީ ސަމާސާ އަކަށް ބުނެލިއެވެ. “މީ ލޯބީގެ ކުޅިވަރު ތި ކުޑަކުދިން އަކަށް ނޭންގޭނެ” ރިޒްލާން މަލާމާތް ކުރަން ބުނެލިއެވެ. “އޮހޮހޯއި މަށަށް ފަހަރި އެއް ލިބުނީ ދޯ ދޮންބެ ދައްތާ” ރަލާ ފޮނިކަނޑައިލިއެވެ. “މަށަށް ތިއްތި ދައްތަ އެއް… ޕިސް ދޮންބޭ ކޮން އިރަކުގަތަ ޖީއެފް އެއް ހޯދާނީ؟” ރިޝީ ރިޝްވާން އާއި ދިމާއަށް ބުނެލިއެވެ. “ދުވަސް ޖެހުނީމަ ހޯދާނަން” ރިޝްވާން މިހެން ބުނުމުން ރިޝީ ކޯ ފުއްޕާލިއެވެ. މިހެން މަޖާކޮށް އެކުކު އަނެކަކު އަތުލަން ދުވަނިކޮށް ކުއްލިއަކަށް ރިޝީ ގަނބައިގަތެވެ.

 

 “ރިޝީ!!!!” މާ ދުރުން ރިޝްވާން ހަޅޭއްލަވައިގަތެވެ. ރިޝްވާން ގެ އަޑު ސާޔަން ގެ ކަން ފަތުގައި ޖެހުމުން ސާޔަން ފަހަތަށް އެނބުރި ބަލައިލިއެވެ. އެއިރު ރިޝި އޮތީ ހޫފަތް ގަނޑުތެރޭގައެވެ. ސާޔަން އަވަހަށް ފަރާލާފައި ގޮސް ރިޝީ ގެ އަތުގައި ހިފާ އޭނައާއި ގާތް ކޮށްލިއެވެ. “ރިޝީ އާރ ޔޫ އޯކޭ؟” ސާޔަން ހާސް ވެފަ ހުރެ ރިޝީ ގާތު އަހައިލިއެވެ. “ޔާރ..” ރިޝީ މިހެން ބުނެވުނީވެސް ހަމަ ކިރިޔާއެވެ. ލޮނު ބޮވުނު ވަރުން ރިޝީ ހުރީ ކެއްސަ ކެއްސައެވެ. “އަހަރުން މި ދަނީ އެއްގަމަށް އިންގެ” ސާޔަން މިހެން ބުނެފަ ރިޝީ ގޮވައިގެން އެއްގަމަށް އެރިއެވެ. “ރިޝީ އަކަށް ފަތާކަށް ނޭންގޭތަ؟” ސާޔަން ރިޝީ އާއި އެކު ދޮންވެލިގަނޑު މަތީގަ އިށީންނަމުން ބުނެލިއެވެ. 

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Horror queen

Level 210 Stories

Other Articles

Previous

ލޯބި ވެވުމުން 6

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (17)

Next
February 8, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (17)

Previews
February 8, 2022

ލޯބި ވެވުމުން 6

One Comment

  1. GUITAR LOVER says:
    February 9, 2022 at 12:39 pm

    nice story. keep it up

Comments are closed.

Next Episodeބުނެބަލާ ލޯބިވޭ 5←


All Right Reserved!