Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ އެގާރަވަނަބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
January 7, 2022 3 Mins Read
3 Comments

އައްކިޔުން ކުޑަވުމުން އެކަންތައްވީގޮތް އޭނާއަކަށް ރަނގަޅަށް ކިޔައެއްނުދެން….އެހެންނަމަވެސް އެދުވަހު އަހަރެންނަކީ ޖިންނިއެއްކަމަށް އޭނާ ކައިރި ބުނިން އަދި އޭނާގެ މަންމަ އޭނާ ކުޑައިރު ދޫކޮށްލިކަމަށާއި އައްކިޔުން ބެލީ އަހަރެން ކަމަށް ބުނެދިނިން…އޭނާގެ މަންމަވެސް ދުނިޔޭގަ އެބަހުރިކަމަށާއި އޭނާވީ އޭނާގެ ރަށުގައި ކަމަށްވެސް ބުނިން…އަހަންނަކީ ޖިންނިއެކޭ ބުނުމުން އައްކިޔުން ވަރަށް ހައިރާންވި…

އައްކިޔުންނަށް އޭނާގެ މަންމަ އުޅޭކަން އެނގުމުން މަންމަ ދެކިލަން އޭނާ ބޭނުންވި…އެހެންވެގެން އަހަރެން އައްކިޔުން ގޮވައިގެން ސުކޫލް ބަންދުގައި އޭނާގެ މަންމަގެ ރަށަށް ދިޔައިން…އަހަރެން ދެކޭގޮތުގައި އައްކިޔުންނަށްވެސް އޭނާގެ މަންމައާ ބައްދަލުވުމުގެ ހައްޤު އޮންނަންވާނެ..އަހަރެންވެސް ބޭނުންވޭ އެހެންކުދިންނެކޭ އެއްފަދައިން އައްކިޔުންނަށްވެސް އޭނާގެ މަންމަގެ ލޯބި ލިބެން…

އަހަރެންގެ ރައްޓެހި ޖިންނިއެއްގެ ފަރާތުން އަޑުއިވުނު ގޮތުގައި އައްކިޔުންގެ މަންމަ އުޅެނީ މީހަކާ އިނދެގެން އަދި އެދެމީހުންގެ ދަރިއަކުވެސް ހުރޭ…އައްކިޔުންގެ ކޮއްކޮއެއް ހުންނަކަން އެނގުމުން އޭނާ އަދި ވަކިން އުފާވި…އަހަރެމެން ދަމުން ދިޔައީ އޭނާގެ އަންހެން ކޮއްކޮއަށް ހަދިޔާއެއް ވެސް ހިފައިގެން….އަހަރެން ހީކުރީ ދަރިއަކު ލިބުމުން އައްކިޔުންގެ މަންމަ އައްކިޔުން ދެކެވެސް ލޯބިވާނެކަމަަށް… އެކުއްޖާ ފެނުމުން އުފާވާނެކަމަށް…ކުރީގައި އޭނާ އައްކިޔުން ދޫކޮށްލީ އޭނާގެ ޅަ އުމުރުކަމުން ނުވިސްނޭތީ ކަމަށް….މިހާރު އޭނާވެސް އޭނާގެ އަލަތު ދަރިފުޅު ދެކެން ބޭނުންވާނެ ކަމަށް…

ރަށަށް ގޮސް އަހަރެމެން ތިބީ ކުލީކޮޓަރިއެއްގަ…އަހަރެން ހީކުރީ އެހާ ދުވަސްކޮށްފަ ރަށަށް އެރީމަވެސް ރަށުމީހުންނަށް އަހަރެމެން އިނގޭނެކަމަަށް…ނަމަވެސް ދުވަސްތައް ފާއިތުވެގެންދިޔައިރު ރަށަށާ މީހުނަށްވެސް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފަ… ރަށުމީހުންނަށް އަހަރެމެންނެއް ނޭނގުނު…އެރަށަށް ދިޔަތާ ދެވަނަ ދުވަހު އައްކިޔުންނަށް އޭނާގެ މަންމައާ ބައްދަލު ކޮށްދިނުމަށް އެކުއްޖާ ގޮވައިގެން އަހަރެން އޭނާގެ މަންމަގެ ގެކައިރިއަށް ދިޔައިން…އެވަގުތު ހަވީރު ފިންޏަށް އައްކިޔުންގެ މަންމަ އޭނާގެ އަންހެންދަރި ގޮވައިގެން ނިކުތްތަން އަހަރެމެންނަށް ފެނުނު….އަހަރެން އައްކިޔުންނަށް އޭނާގެ އެއްބަނޑު އަންހެން ކޮއްކޮ ދައްކާލިން..އެކުއްޖާ ފެނުމުން އައްކިޔުން ވަރަށް އުފާވި..

އައްކިޔުންގެ މަންމައާ އެއްވަރަށް އަހަރެމެން އޭނާގެ ފަހަތުން އޭނާ ދާތަނަކަށް ދިޔައިން… އައްކިޔުންގެ މަންމަ އޭނާގެ އަންހެންދަރި ގޮވައިގެން ދިޔައީ ތުނޑިމައްޗަށް…އައްކިޔުން ކައިރި ކުޑަތަންކޮޅެއް ދުރުގައި ހުރުމަށްބުނެ އަހަރެން އައްކިޔުންގެ މަންމަ އެކަނިވުމުން އޭނާގެ ގާތަށް ދިޔައިން…އަހަރެން ފެނުމާއެކު އޭނާ ރުޅިއައިސްގެން ދެލޯ އަޅާލި…އަދި އަހަންނާ ދިމާލަށް އަދިވެސް ކަލޭ ކަލޭގެ ދުނިޔެއަކަށް ނުދަންހޭ އަހާލި…އަހަރެން އޭނާއަށް ކަންތައްތައް ވީގޮތް ކިޔައިދިނިން…އަދި އައްކިޔުން އޭނާ ދެކެން ބޭނުންވާ ވާހަކަވެސް ބުނިން…

އެކަމަކު އޭނާ އަހަންނާ ދިމާލަށް ބުނީ އޭނާ ބޭނުމެއްނޫނޭ އަހަރެމެން ދެކޭކަށްވެސް އަހަރެމެންގެ ހަނދާންވެސްކުރާކަށް….އަހަރެން އައްކިޔުންގެ މަންމައަށް އާދޭސްކުރިން…އަހަރެން ބުނިން އައްކިޔުން ވަރަށް އުންމީދާ އެކުގައޭ އެހުރީ އައިސް…އެކުއްޖާއަށް އަނގައިން ނުބުންޏަސް އެންމެ ކުޑަމިނުން ހިނިތުންވެލާށޭ…އޭރަށް އެކުއްޖާވެސް ހިތްހަމަޖެހޭނޭ…އަހަރެން އެހެންބުނުމުން އައްކިޔުންގެ މަންމަ އަހަންނާ ދިމާލަށް ބުނެލީ ބޭނުމެއްނޫނޯ އައްކިޔުން ދެކޭކަށް ކުއްޖާ ގޮވައިގެން ހަމަ މިހާރު މިރަށުން ދާންއުޅޭށޯ…އޭނާ އުޅެނީ މީހަކާ އިނދެގެނޯ އަދި ދަރިއަކުވެސް ހުރެޔޯ…އަހަރެން ބުނިން އަހަންނަށް އެނގެޔޭ އިނދެގެން އުޅޭކަމާ ދަރިއަކުވެސް ހުންނަކަން..އަހަރެން މިތަނަށް މިއައީ އެކުއްޖާ ފަކީރު އޭނާގެ މަންމަ ދެކިލަން ބޭނުންވެގެން އުޅޭތީއޭ…އަހަރެން އެއްވެސް ވަރަކަށް ބޭނުންވެގެނެއް ނޫނޭ…އައްކިޔުންނަަށްވެސް އޭނާގެ މަންމައާ ބައްދަލުވެ ވާހަކަދައްކާލުމުގެ ހައްޤު އޮންނަންވާނެ ނޫންހޭ… އައްކިޔުންނަކީ އޭނާ ކަހަލަ އިންސާނެކޭ…ބަލާބަލާށޭ ކިހާ ވައްތަރުހޭ ތިދެމީހުން….އެވަގުތު ދުރުގައި ހުރި އައްކިޔުން އަހަރެމެންގެ ކައިރިއަށް އައި…އަދި އޭނާގެ އަތުގައިވާ ހަދިޔާ އޭނާގެ މަންމައަށް ދިއްކޮށްލުމަށްފަހު ކޮއްކޮއަށް ދިނުމަށް އެދުނު…އަދި ކޮއްކޮ ކޮބާތޯ އެހި…

އައްކިޔުން ދިއްކުރި ހަދިޔާ ޖަހާގަތުމަށްފަހު އޭތި ގަސްތަކުތެރެއަށް އައްކިޔުންގެ މަންމަ ރުޅިއައިސްގެން އެއްލާލި އަދި އައްކިޔުންނާ ދިމާާލަށް ލޯއަޅާލުމަށްފަހު އޭނާގެ ކޮއްކޮއެއް ނުހުންނާނެ ކަމަށް ވަރަށް ހަރުކަށިކޮށް ބުނެލި…އެވަގުތު ހިނިތުންވެލައިގެން ހުރި އައްކިޔުންގެ މޫނުމަތިން ހިނިތުންވުން ކެނޑުނު އަދި އަހަންނާ ދިމާލަށް ބަލާލުމަށްފަހު އޭނާގެ މަންމަގެ މޫނަށް ބަލައިލި…އަދި ވަރަށް ދެރަވެލާފައި އޭނާގެ މަންމައަށް ގޮވާލި..

އައްކިޔުން އޭނާގެ މަންމައަށް “މަންމާއޭ” ކިޔާފަ ގޮވާލުމުން އައްކިޔުންގެ މަންމަ އިތުރަށް ރުޅިއައި..އައްކިޔުންނާ ދިމާލަށް އިނގިލި ދިއްކޮށްލުމަށްފަހު އޭނާ ބުނެލީ “ކަލޭ އަހަންނަށް މަންމަ ނުކިޔާށޭ…ކަލޭގެ މަންމަވީ މަރުވެފައޭ..އަހަރެންމީ ކަލޭގެ މަންމައެއް ނޫނޭ…އެވަގުތު އައްކިޔުން އަހަރެންގެ ފުރަގަހަށް ވަތް..އަދި އޭނާއަށް ދެރަވެގެން ރޮވުނު..އެކުއްޖާގެ ލޮލުން ކަރުނަ ފެނުމުން އަހަންނަށް ކެތެއްްނުވި…އައި ރުޅިން އައްކިޔުންގެ މަންމަގެ އަތުގައި ބާރަށް ހިފުމަށްފަހު އަހަރެން އޭނާ ގަސްތަކުތެރެއަށް ވެއްދިން..އަދި އައްކިޔުންނާ ދިމާލަށް އެހާ ހަޑިކޮށް ވާހަކަދެއްކުމުން އަހަރެން ވަރަށް އެއްޗެހި ގޮވިން…އަހަރެން ބުނިން މިތަނަށް އައްކިޔުން ގެނެވުން އެއީ އަހަރެންގެ މޮޔަކަމޭ..އަދި އައްކިޔުންގެ މަންމަ ބަދަލުވެދާނޭ ކަމަށް ހީކުރެވުންވެސް އެއީ އަހަރެންގެ މޮޔަކަމޭ..

އެވަގުތު އޭނާ އަހަންނާ ދިމާލަށް ބުނީ ކުއްޖާ ގޮވައިގެން މިރަށުން ދާން އުޅޭށޭ…އެއާ ވިއްދައިގެން އަހަރެންވެސް ބުނިން “އަހަރެެންވެސް ކަލޭ ކަހަލަ ސުންޕާ މީހެއް ދެކެން ހުންނާކަށް ބޭނުމެއްނޫނޭ…ކަލޭތީ މަންމައެއްހޭ؟”…އަހަރެން އެހެންބުނުމުން އޭނާ އަހަންނާ ދިމާލަށް ބުނީ ދެން އޭނާ ހޯދަން އައިސްފިނަމަ އަހަންނަށް ފަންޑިތަ ހަދާނެކަމަށް…އަހަރެން ބުނިން ހަދާ އެއްޗެއް ހަދާބަލާށޭ…ބޭޒާރުވާނީ އޭނައޭ..އެހެންބުނުމުން އައްކިޔުންގެ މަންމަގެ އަނގަ ބެދުނު…ހަމައެދުވަހު އެންމެ އަވަހަށް ފުރާއެއްޗަކުން އަހަރެން އައްކިޔުން ގޮވައިގެން ހުޅުމާލެއަށް އައިން…އެދުވަހު އަހަރެން އޭނާދެކެ ވަރަށް ރުޅިއައި…އޭނައަށް ގޮތެއް ހަދަންވެސް ހިތަށްއެރި އެހެންނަމަވެސް މާދަމާ އައްކިޔުން އަހަރެންދެކެ ނަފްރަތުވެދާނެތީ އަހަރެން އެހެންނުހެދީ..އަހަރެން ކިތަންމެ ނަފްރަތުވިޔަސް އައްކިޔުން އޭނާގެ މަންމަދެކެ ލޯބިވާނެކަމަށް އަހަރެން ގަބޫލުކުރަނީ..

އަހަރެން އައްކިޔުން ކައިރި ބުނިން ދެރަނުވާށޭ މަންމަ ގޯސްވިއަސް ބައްޕަ މިހުރީއޭ..އެކަމަކު މަންމަ ކިތަންމެ ގޯސްވިއަސް ދަރިފުޅު ދަރިފުޅުގެ މަންމަދެކެ ލޯބި ވާންވާނޭ…އެދުވަހަށްފަހު ދުވަހަކުވެސް އައްކިޔުން އޭނާގެ މަންމަގެ ވާހަކައެއް ނުދައްކާ..

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އައްކިޔުންގެ ސުކޫލު ޚަރަދުތައްވެސް ދިޔައީ ބޮޑުވަމުން..އެހެންވެ ކުއްޔަށް ނޫޅެވޭނެތީ ކޮންމެމަހަކު ރުފިޔާދޭ ގޮތަށް އައްކިޔުން ކުދިންބަހައްޓާދޭ ގެއެއްގަ ބެހެއްޓިން..އޭރު އައްކިޔުންގެ އުމުރުންވާނީ ބާރައަހަރު..އައްކިޔުން އެގޭގަ ބެހެއްޓުމަށްފަހު އަހަރެން ނިދީ ޕާކުތަކާ ގަސްތަކުތެރޭގަ..އަހަރެން އެތަންތާ ނިދިއަސް އެއްވެސް އިންސާނަކަށް އަހަންނެއް ނުފެންނާނެ…އަހަރެން އެތަންތާ ނިދާތީ އައްކިޔުން ވަރަށް ޝަކުވާވެސްކުރި..އަހަރެން އެތަންތާނގައި ނިދާއިރު އައްކިޔުންނަށް އަރާމުގައި ނުނިދޭ ކަމަށްވެސް އަހަރެންކައިރި ބުނި…އަހަރެން އައްކިޔުންނަށް ވިސްނައިދިނިން..އަހަރެންބުނިން ދަރިފުޅުގެ ކިޔެވުމޭ އެންމެ މުހިންމުވާނީ ބައްޕަގެ އަރާމު ނިންޖަށްވުރެ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ލޯބިވާތީ(3)

Next

ވީމޭ އިންތިޒާރުގައި – 1

Next
January 8, 2022

ވީމޭ އިންތިޒާރުގައި – 1

Previews
January 7, 2022

ލޯބިވާތީ(3)

3 Comments!

  1. Hûdhãkkø says:
    January 8, 2022 at 11:41 am

    Mi part VX Hama obi nes to the max
    Mi part vrh vrh reethi
    Next part vrh avahah kiyaalan libeyne kamah unmeedh kuran
    Can’t wait
    Next part vrh avahah up koh la dheh chey ????

    1. lamhus says:
      January 8, 2022 at 2:38 pm

      yes i will and thank you sooo sooo much for the comments 🙂

  2. Aishath faruha Abdullaa says:
    January 8, 2022 at 7:50 pm

    Alheyyy…. Mi part vx Vrh furihama… Haadha reethi vaahaka ekey mee… ❤️?
    Mi vahtharuge mihaa reethi vaahaka eh adhi nukiyann…. . Meenee waiting ga ingeyy.. ?By theway Akki ge bappa aslu haadha rangalhey dhw…… Komme dhari Akah vx ekahala bappa eh dhevvaashi!
    N mee lamhus ge furathama vaahaka tha??

Comments are closed.

Next Episodeދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ބާރަވަނަބައި)←


All Right Reserved!