Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ހަތަރުވަނަބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
December 26, 2021 3 Mins Read
8 Comments

“އައްކިޔުން ކަލޭދެކެ ހާދަލޯބިވެއޭ…އޭނައަކީ ދުވަހަކުވެސް އަންހެނަކާ ދިމާލަށް ބަލައިލިވެސް ކުއްޖެއްނޫން…އެކަމަކު ކަލޭ ފެނުނު ދުވަހުން ފެށިގެން ކަލޭގެ ވާހަކަ އަބަދު އަހަރެންކައިރި އޭނަ ދައްކަމުންދިޔައީ…ކަލެއަށް އޭނަ ހާދަ ތައުރީފެއް ކުރިއޭ ހާދަ އިތުބާރެއްވެސް ކުރިއޭ…އަހަރެން އޭނައަށް ވަރަށް ވިސްނައިދިނިން އިންސާނުންނަށް އިތުބާރުނުކުރުމަށް…އެކަމަކު އަހަރެންގެ ބަސް ގަބޫލުކުރެވޭ ވަރަށްވުރެ އޭނަ ކަލޭދެކެ ވެފައިވާ ލޯބި މާބޮޑު….އައްކިޔުންނަކީ ޖިންނި ބައްޕައެއްގެ ދަރިއެއްކަން ކަލޭ ކައިރި ނުބުނެވި ކަލެއަށް އޮޅުވާލަން ޖެހުނީތީވެސް ހާދަ ދެރަވެގެން އުޅުނޭ” އައްކިޔުންގެ ބައްޕަ އަނެއްކާވެސް ބުނެލިއެވެ.

އައްކިޔުންގެ ބައްޕަ އެހެންބުނުމުން ނައިޝާ ދެރަވެލާފައި އައްކިޔުންނަށް ބަލައިލިއެވެ.”އެކަމަކު ފަހުވަގުތު ކަލޭ އޭނައަށް ބޭވަފާތެރިވީ” އައްކިޔުންގެ ބައްޕަ ބުނެލިއެވެ.”ނައި ބޭވަފާތެރިއެއް ނުވަން” އައްކިޔުންގެ ބައްޕައާ ދިމާލަށް ބަލައިލުމަށްފަހު ނައިޝާ ބުނެލިއެެެވެ.

“ދޮގުނުހަދާ!..ތީ ތިކަހަލަ މީހުންގެ ގޮތޭ ދެންމެވެސް ވަރަށް މޮޅެއްނު އެކްޓްކުރަން އައްކިޔުން ފެނިގެން މާދެރަވާކަމަށް ހެދިގެން” ރުޅިއައިސްފައި އައްކިޔުންގެ ބައްޕަ ބުނެލިއެވެ.އައްކިޔުންގެ ބައްޕަ އެއްޗެހިކިޔަން ފެށުމުން ނައިޝާއަށް ދެރަވެގެން ރޮވުނެވެ. “ބައްޕާ ނައިޝާއާ ދިމާލަށް އެއްޗެހި ނުކިޔާ” ވަރަށް ބަލިއަޑަކުން އައްކިޔުން ބުނެލީ ނުހަނު އުދަނގުލާއެކުއެވެ.

“ފެނޭތަ ކަލޭ އޭނައަށް ބޭވަފާތެރިވިޔަސް އޭނަ ކަލޭދެކެ ވާލޯބި…އެހާލުގަވެސް އޭނަ އެބަލަނީ ކަލޭ ދިފާއުކުރެވޭތޯ…މިކޮޓަރިއަށް ކަލޭ ގެންނަކަން އެނގުނު ހިސާބުން އޭނަ އެކަމަށް އިންކާރުކުރި..އޭނައަށް މިއަދު ހިރިލެވޭ ވަރުވާނަމަ އަހަންނަށް ލާހިކެއްނޫން ކަލޭ މިކޮޓަރިއަށް ވައްދާކަށް” ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލަމުން އައްކިޔުންގެ ބައްޕަ ބުނެލިއެެވެ.

“އައްކި…..ނައި އައްކިއަށް ބޭވަފާތެރިއެއް ނުވަމޭ ގަބޫލުކުރޭ…އައްކިއަށް ލިބިފަވާ ފޮޓޯތަކުގަ އެވަނީ ހަގީގަތެއް ނޫން” އެހެންބުނެ އަސްލު އެކަންތައް ހިނގިގޮތް ނައިޝާ އައްކިޔުންނަށް ކިޔައިދިނެވެ. “ނައިއަކަށް ނޭނގެ އެއީ ކިހިނެއް އައްކިއަށް ލިބުނު ފޮޓޯތަކެއް ކަމެއް…ލޯންޗަށް އެރީއްސުރެ ނައި ދިޔައީ އައްކިއަށް ގުޅަމުން..ނައިއަކަށް ނޭނގެ ފޯނަށްވީ ގޮތެއްވެސް އަދި މެސެޖުތައް ލިބުނުގޮތެއްވެސް” ނައިޝާ ބުނެލިއެވެ.

“އަބަދު ކަލޭގެ މަޅީގަ އައްކިޔުން ޖެއްސުވޭނެކަމަށް ހީނުކުރާތި” އައްކިޔުންގެ ބައްޕަ ނައިޝާއަށް ބުނެލިއެވެ. “ނައިވެސް ބޭނުމެއްނޫން އައްކިއަށް ގެއްލުމެއްވާކަށް ނައިވެސް ހާދަ ލޯބިވެޔޭ…އައްކި ވަކިވީމަ ނައިވެސް ހާދަ ހިތާމައެއްކުރީމޭ” ނައިޝާ ބުނެލިއެވެ. “ހިތާމަކުރާކަމެއް ނޭނގެ ރައްޓެހިންނާއެކު ރެސްޓޯރެންޓުތަކުން ނޫނީ ކާރުދުއްވުމުގަ ނޫނީ އާއިލާމީހުނާއެކު ޕިކުނިކުންތަކުން ކަލޭ ފެންނަނީ” އައްކިޔުންގެ ބައްޕަ ބުނެލިއެވެ.

އައްކިޔުންގެ ބައްޕައަށް ހަގީގަތް ކިޔައިދެވޭތޯ ނައިޝާ ވަރަށް މަސައްކަތްކުރިއެވެ.ނަމަވެސް އައްކިޔުންގެ ބައްޕަ ނައިޝާ ދައްކާ އެއްވެސް ވާހަކައެއް ގަބޫލެއްނުކުރެއެވެ.ނައިޝާ ބުނާއެއްޗަކަށް ވިއްދައިގެން ހައެތި އޭނާ ބުނެލައެވެ.

“ނައިގެ ގެއަށް ކޮންމެރެއަކު ވަދެ ގޯނާކުރުމުގެ ބަދަލުގަ ވެގެންއުޅޭގޮތް ރީތިކޮށް ބުނެލިނަމަ އައްކި ކައިރިއަށް ނައި އައީމުހޭ” ނައިޝާ އައްކިޔުންގެ ބައްޕައަށް ދެރަވެލާފައި ބުނެލިއެވެ.

“މިއަދުވި ކަންތައް ފިޔަވާ އެއްވެސް ރެއަަކު އަހަރެން ކަލެއަށް ގޯނާއެއް ކޮށްފައެއްނުވާނެ…ތިގެއަށް ވަދެފައެއްވެސް ނުވާނެ…އަހަރެން ހަމައެކަނި ކުރިހާވެސް ކަމަކީ ކަލެއާ ދިމާލަށް ރުޅިއައިސްގެން ބެލުން، އެވެސް މަގުމަތީގަ ހުރެގެން…އެހެން އަހަންނަށް ހަދަންޖެހުނީވެސް އައްކިޔުންގެ ހާލު ދެރަވާންފެށީމަ އަހަންނަށް ކެތްނުވެގެން…އަހަރެން އެކަންކުރީ ކަލޭ ބިރުގަންނަވާކަށްނޫން…ބިރުގަންނަވަން ބޭނުންނަަމަ އަހަންނަށް ބިރުގެންނެވޭނެ މާރީއްޗަވެސް…އަހަރެން ކަލެއަށް ފެންނަންފެށީ އަހަރެން ބަލަންހުންނަ ގޮތުން އަހަންނާ ސުވާލުކުރަން ކަލޭ އައިސްދާނެކަމަށް…އަހަންނާ ސުވާލުކޮށްފިނަމަ އަހަރެންހުރީ ކަލެއަށް އައްކިޔުންގެ ވާހަކަ ކިޔައިދޭން…އަހަރެން ދިޔައީ ކަލޭ އުޅޭ ނޫޅޭގޮތް ބަލަމުން…..ރައްޓެހިންނާއެކު ހޭދަކުރަމުންދިޔަ އުފާވެރި ވަގުތުތަކާ ކަލޭގެ އާއިލާއާއެކު އުޅުނު އުފާވެރިވަގުތުތައްވެސް އަހަންނަށް ފެނޭ، އެކަމާ ރުޅިވެސްއާދެވޭ…އެކަމަކު އަހަރެން އައްކިޔުންނާ ދޭތެރޭގަ ވިސްނާފަ ކަލެއަށް ކަމެއްނުކޮށް ކެތްކުރީ…އެއީ ކަލެއަށް ކަމެއްވެއްޖެނަމަ އެފަކީރު މޮޔަވެދާނެތީ..އަނެއްކާ އަހަރެން އައްކިޔުންނަށް ވައުދުވެފަވަނީ ކަލޭއަށް ގޯނާއެއް ނުދޭން…އެހެންވީމަ ދޮގުހަދަން ނޫޅޭ” އައްކިޔުންގެ ބައްޕަ ބުނެލިއެވެ.

އައްކިޔުންގެ ބައްޕަގެ ވާހަކަތަކުން ނައިޝާގެ ބޮލަށް އިތުރުވީ ސުވާލެކެވެ.އޭނާއަށް ގޯނާކުރީ އައްކިޔުންގެ ބައްޕައަށް ނުވާއިރު، އެއީ ދެން ކާކުގެ ކަމެއްބާވައޭ ނައިޝާގެ ހިތަށްއެރިއެވެ.

ނައިޝާއާ ދިމާލަށް އައްކިޔުންގެ ބައްޕަ އެއްޗެހިކިޔަމުން ދިޔައިރު އިސްދަަށަށް ޖަހާލައިގެން ދެރަވެފައި ނައިޝާއަށް އިނދެވުނެވެ.އެވަގުތު ކުއްލިއަކަށް ލެޔާލް ފާޅުވިއެވެ.އައްކިޔުން ކައިރި އެނދުގައި އިން ނައިޝާ ފެނި ލެޔާލްގެ ގާތަށް ވަރަށް ރުޅިއައެވެ.

“ކަލޭ ކީއްކުރަން ތިއިނީ އައިއްސަ؟ އައްކިއަށް ކުރިވަރު ކުޑައީތަ؟ހަމަމިހާރު އަހަރެންގެ ލޯބިވެރިޔާއާ ދުރަށްޖެހީ” ވަރަށް ބޮޑަށް ރުޅިއައިސްފައިހުރެ ލެޔާލް ބުނެލިއެވެ.ލެޔާލް ނައިޝާއާ ދިމާލަށް އަންނަން ފެށުމުން އައްކިޔުންގެ ބައްޕަ އޭނާ ހުއްޓުވިއެވެ.

“ނައިޝާ ގެނައީ އަހަރެން…އައްކިޔުން ރަނގަޅުވޭތޯ” އައްކިޔުންގެ ބައްޕަ ބުނެލިއެވެ. “އަހަރެންވެސް އައްކި ރަނގަޅު ކޮށްފާނަމޭ” ލެޔާލް ބުނެލިއެވެ. “ލެޔާލަށްވެސް ރަނގަޅުނުކުރެވުނީމަ ބައްޕައަށް މިހެންހަދަން މިޖެހުނީ…އައްކިޔުން ރަނގަޅުވީމަ ލެޔާލްވެސް ރަނގަޅެއްނު” ހަރުކަށިކޮށް ނައިޝާއާ ވާހަކަދެއްކި އައްކިޔުންގެ ބައްޕަ، ލެޔާލަށް އޯގާތެރިކަމާއެކު ބުނެލިއެވެ.

“އެކަމަކު ބައްޕައަށްވެސް އިނގެއެއްނު މި އަންހެންމީހާއާ ހެދިކަން އައްކި އެހާލަށް އެދިޔައީ” ނުރުހިފައި ލެޔާލް ބުނެލިއެވެ. “އިނގެޔޭ..އެކަމަކު ލެޔާލަށްވެސް ފެނެއެއްނު ކޮންމެދުވަހަކު އައްކިޔުން ނައިޝާއަށް ގޮވާ ރޯވަރު” އައްކިޔުންގެ ބައްޕަ ބުނެލިއެވެ.

“ހެވޭ އެހެންވިޔަސް އޭނަ ހުންނާކަށް އަހަރެން ގަބޫލެއްނޫން..އައްކިޔުންނަކީ އަހަރެންގެ ލޯބިވެރިޔާ…ތިނައިޝާ ފޮނުވާލާ” ލެޔާލް އަމުރުވެރިކަމާއެކު ބުނެލިއެވެ. “ލެޔާލް ގަބޫލުނުވިޔަސް ބައްޕަގެ ދަރި ބައްޕަ ރަނގަޅުކުރާނަން….ނައިޝާ މިތަނަށް ގެނެއްސަ އެއިނީ ބައްޕަ ބޭނުންވެގެންނޫން….މަޖުބޫރުވީމަ…ބައްޕަވެސް ބޭނުމެއްނޫން އައްކިޔުންނަށް ގޯސްކޮށް ކަންތައްކުރި މީހަކު ދެވަނަފަހަރަށް އައްކިޔުން ކައިރިއަށް ގެންނާކަށް…އައްކިޔުންނަށް އެހާލު ޖެއްސީ ނައިޝާ އެހެންވީމަ އޭނަ ރަނގަޅުކުރަންޖެހޭނީވެސް ނައިޝާ” އައްކިޔުންގެ ބައްޕަ ބުނެލިއެވެ.

ނައިޝާ ހުރުމުން ލެޔާލްގެ ރުޅިދަނީ ހައްތަހާ ގަދަވަމުންނެވެ. “އެހެންވެދޯ މިރަށަށް އައްކިޔުން ތިގެނައީ ނައިޝާ އަންނާތީވެ…އެކަމަކު ބައްޕަ އަހަރެން ކައިރިބުނީ އައްކިޔުން ބޯހަމަޖައްސުވާލަންށޭ ކީއްވެ މަށަށް ދޮގުހެދީ؟” ލެޔާލް އަހާލިއެވެ. “މަޖުބޫރުވީމަ ދަރިފުޅާ..ބައްޕަ ދަރިފުޅު ކައިރި އެެހެންބުނެފިނަމަ ދަރިފުޅު ގަބޫލުނުވާނެކަން އިނގޭތީ…ބައްޕައަށް އިނގޭ ދަރިފުޅު އައްކިޔުންދެކެ ކުރީއްސުރެ ލޯބިވާކަން…އެކަމަކު ކޮންމެގޮތެއް ހަދައިގެންވެސް އައްކިޔުން ރަނގަޅުކުރަން އެބަޖެހެއްނު..ކަންބޮޑުނުވޭ އައްކިޔުންނަކީ ލެޔާލްގެ މީހެއް…ދެވަނަފަހަރަށް އެއްމަޅިއެއްގަ ޖެހުމަށްވުރެ އައްކިޔުންނަށް މާވިސްނޭނެ” ނައިޝާއަށް ރުޅިވެރިކަމާއެކު ބަލައިލުމަށްފަހު އައްކިޔުންގެ ބައްޕަ ބުނެލިއެވެ.

“ހެވޭ އޭނަ ފޮނުވާލާށޭ” ލެޔާލްގެ ރުޅިގަދަވުމުގެ ސަބަބުން އަޑުވެސް ބާރުވިއެވެ. ލެޔާލްގެ ރުޅި ހައްތަހާ ގަދަވަމުންދަނީ ކީއްވެތޯ އައްކިޔުންގެ ބައްޕަ އަހާލިއެވެ. “ނުވިސްނޭތަ އަހަރެން އައްކިޔުން ހޯދަންކުރިހާ މަސައްކަތް….ކިހާ ދުވަހެއްގެ އިންތިޒާރަކާ ކިހާ މަސައްކަތަކަށްފަހުތަ އަހަންނަށް އައްކިޔުން ހާސިލްވީ…އަހަރެންގެ މަސައްކަތް ފެނަށްވިޔަަކަ ނުދޭނަން” ރުޅިވެރިކަމާއެކު ލެޔާލް ބުނެލިއެވެ.ލެޔާލް ބުނަންއުޅެނީ ކީކޭތޯ އައްކިޔުންގެ ބައްޕަ އަހާލިއެވެ.

“ކަލޭމެން އެންމެން އެއްްބަސް ކިޔައިގެން އަހަރެންކުރި ބުރަ މަސައްކަތް ފުނޑުފުނޑުކޮށްލިއަކަ ނުދޭނަން..އައްކިޔުން ރަނގަޅުކުރަންށޭ ކިޔައިގެން ނައިޝާ ގެނެސްގެން ތިއުޅެނީ އަހަންނާ އައްކިޔުންނާ ދުރުކުރުވަން….ތިގޮތަށް ކަންތައްކުރީމަ އައްކިޔުން އަަހަންނާ ހައްތަހާ ދުރަށްދާނީ” ލެޔާލް ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ހިނިތުންވެލާށޭ ކަލާ 1

Next

އަބަދުވެސް ކަލާދެކެ ލޯބިވާނަން 4

Next
December 26, 2021

އަބަދުވެސް ކަލާދެކެ ލޯބިވާނަން 4

Previews
December 26, 2021

ހިނިތުންވެލާށޭ ކަލާ 1

8 Comments!

  1. Khadheeja Mohamed says:
    December 26, 2021 at 9:37 pm

    Masha allah v v v reethi v v v furihama nxt prt ah v inthizaaru kuran waiting waiting , n thanks dear mihaarythi furihama vaahaka eh kiyuntherinnattakaa foarukoh dheythy allah thibaage masakkathugai barakaaiy lavvaashi aameen

    1. lamhus says:
      December 27, 2021 at 11:33 am

      thank you soooo much dear;)
      will upload veehaves avahavaka

    2. lamhus says:
      December 27, 2021 at 11:35 am

      🙂

    3. Hûdhãkkø says:
      December 27, 2021 at 11:55 pm

      Aameen

  2. Hûdhãkkø says:
    December 26, 2021 at 10:13 pm

    Waiting for next part ????
    Dhn in part vrh avahah kiyaalan libeyne kamah unmeedhu kuran ????
    Vaahaka vrh reethi ????
    Obinex to the max ????

    1. lamhus says:
      December 27, 2021 at 11:34 am

      thank you dear 🙂

    2. Hûdhãkkø says:
      December 27, 2021 at 11:56 pm

      Your welcome ????

  3. Khadheeja Mohamed says:
    December 28, 2021 at 4:33 am

    Wc gud luck ❤❤

Comments are closed.

Next Episodeދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ފަސްވަނަބައި)←


All Right Reserved!