Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަދިޔާ (ފަސްވަނަ ބައި)

ކުޑާ Level 110 Stories
August 22, 2015 4 Mins Read
11 Comments

އަޔާން ތިހާ ފިނޑިވެގެން އެއްކަމެއްވެސް ނުވާނެ.. ނިކަން ބުނެބަލަ..” މާޔާ އަޔާން ކައިރީ އެހެން ބުނިއިރު ހިތުގައި ނޭނގޭ ބިރުވެރިކަމެއް ހިނގާލިއެވެ.

“ފަހަރެއްގަ އެކުއްޖާ ކައިރީގައި އަހަރެން ލޯބިވާ ވާހަކަ ބުނާތަނުން އަހަރެންދެކެ ރުޅިއައިއިއްޔާ ހަދާނީ ކިހިނެއް… ފަހަރެއްގަ އަހަރެމެން ދެމެދު އޮތް އެކުވެރިކަންވެސް ނެތިދާނެއްނު…”

އެހެން ކިޔާފަ ބިރުން ހުއްޓާ ތެޔޮ ނާށި ކާޅު ޖަހައިގަތީމައި ފަހުން ޖެހޭނީ ހިތާމަ ކުރަން.. ވާގޮތެއްވެސް އެނގޭނީ ބުނީމައެއްނު”

“އާން ތިހެންވެސް ވެދާނެ ދޯ.. އަހަރެން ބަލާނަން އެކުއްޖާ ގާތު ބުނެވޭތޯ..” އަޔާން ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ.
“ހޫމް… މިހާރު އެބަ ރަނގަޅުވޭ… އަޔާން ދެން އަހަރެން ނިދީ އިނގޭ.. ވަރަށް ލަސްވެއްޖެއެއްނު ދޯ… ގުޑްނައިޓް..”

“އޯކޭ ގުޑް ނައިޓް..”

ހަވީރު ޑިއުޓީ ނިންމާފައި އައިގޮތަށް މާޔާގޮސްވަނީ ކޮޓަރިއަށެވެ. ވަރުބަލިވެފައި ހުރުމުން ސައިވެސް ނުބޮއެ ތާޒާ ވެލައިގެން އޮށޯވެލިއެވެ. ފޯނުން ފޭސްބުކަސް ވަދެލައިގެން އޮވެފައި ތެދުވީ މަންމަ ކޮޓަރިއަށް ވަދެފައި ގޮވާލުމުންނެވެ.

“މާޔާ.. ދަރިފުޅާ މިއަދު ސައިވެސް ނުބޮއެ ތިއޮތީ ކީއްވެ… ދަރިފުޅު ބަލީތަ..”

“ނޫނޭ މަންމާ.. ބަލީއެއް ނޫން.. އެކަމަކު މިއަދު ވަރަށް ވަރުބަލި.. މިއަދު އައި ސީ ޔޫގައި އޮތް ވަރަށް ހާލުބޮޑު މީހެއްގެ ކަންތަކާ އުޅެން ޖެހުނީ..”

“އެހެންތަ..އެކަމަކު ސައިނުބޮއެ އޮންނާކަން ނުވާނެއްނު.. ހިނގާދާން ސައިބޮއެގެން އަންނަން.. ސައިބޮއެގެން އައިސް އޮށޯވެލާ އިނގޭ..”

ޖަބީނާ ކިޔަން ފެށުމުން އެންމެ ފަހުން މާޔާ ތެދުވެގެން ސައިބޯން ދިޔައެވެ. ކާގެއަށްވަދެފައި ގޮނޑިއެއް ދަމާލައިގެން އިށީދެފައި ހެދިކާއެއް ނަގައިގެން ކާންފެށިތަނާހެން ދޮރުން ވަދެގެން އައި ހަމްނާ މާޔާގެ ލޮލުގައި އަޅައިގަތެވެ.

“ހަމް… ކަމަކުތަ..އާދޭ ސައިބޯން..”

“އައްދެ މިހާރު އަހަންނަން ކަމަކު ނޫނީ މިގެއަށް ނާދެވެނީތަ…” ހަމްނާވެސް މާޔާ ކައިރީގައި އިށީންނަމުން މާޔާއަށް ރައްދު ދިނެވެ.

“ނޫނޭ ދެން އެހެންވެއެއް ނޫން.. މިހާރު ހަމްވެސް މިގެއަށް އެހާ ނާދޭވިއްޔަ..”

“އާން ދެން މާޔާވެސް ވަޒީފާއަށް ދާންފެށީމަ ކޮންމެ ވަގުތަކު ދިމައެއް ނުވާެއެއްނު ދޯ.. އޭ ތިއެއް ނޫނޭ އަސްލު އަހަރެން މިއައީ ފިހާރައަކަށް ދާންވެގެން.. ދެވޭނެތަ..”

“އާން ދެން ހަމް ބުނީމަ ޖެހޭނީ ދާކަންނު..” މާޔާ ކިތައްމެ ވަރުބަލި ވެފައި ހުއްޓަސް ހަމްނާއާއެކީގައި ދާން އެއްބަސް ވިއެވެ.

ސައިބޮއެ ނިންމާލާފައި މާޔާގޮސް ތައްޔާރުވެލިއެވެ. ދެމީހުން އެއްކޮން ނުކުމެގެން މިސްރާބުުޖެހީ ހޮސްޕިޓަލު މަގުގައި ހުންނަ ފިހާރަތަކާ ދިމާއަށެވެ. ދެމީހުން ވާހަކާގައި ތިބެގެން ދަމުން ކާރެއްގެ ބަރުގޮނު އަޅާލި އަޑު އިވިގެން ހަމްނާ ފަހަތަށް ބަލައިލަން އުޅުމުން މާޔާ އޭނާ ހުއްޓުވިއެވެ.

“ހަމް.. އަޅައިނުލާ ނޭނގެ ކާކު ކަމެއްވެސް އަޅައިނުލާ ދާނީ..”

ދެމީހުން އެކަމަށް ސަމާލުކަން ނުދީ ކުރިއަށް ހިނގައިގަތް ތަނުން އަނެއްކާވެސް ކާރުގެ ބަރުގޮނު އަޅާލިއެވެ. މާޔާ އެއްޗެކޭ ބުނަން އުޅެފައި ބަލައިލީ އަތުގައި އޮތް ފޮނު ރިންގުވުމުންނެވެ.

“ހަލޯ.. އަޔާން” މާޔާ ފޯނު ނަގާފައި އަޔާންގެ ނަން ކިޔާލުމުން ހަމްނާ ސިހިފައި މާޔާއަށް ބަލައިލިއެވެ.

“އަޔާން މާޔާއަށް ގުޅީ ކީއްކުރަންބާ..” ހަމްނާގެ ހިތް ނޭނގޭ ބާރު މިނެެއްގައި ތެޅިގަތީ އެދެމީހުންގެ ދެމެދުގައި ގުޅުމެއްވެޔޭ ހިތަށް އަރާފައެވެ.

“ހަމް.. ކިހިނެއްވެފަ..” ހަމްނާގެ ކޮނޑުގައި ހިފާފައި މާޔާ ވާހަކަ ދެއްކުމުން ހަމްނާއަށް ސިހުމެއް ލިބުނެވެ.

“ހެހެ ކަމެއް ނުވޭ ކިިހިނެއްވީ ތިމަޑުކުރީ…” ހަމްނާ ކުރި ސުވާލުގެ ބަދަލުގައި މާޔާ ހަމްނާއަށް ދައްކާލީ ކާރުން ފައިބައިގެން އައި އަޔާންއެވެ.

“ހޫމް އަޔާން ދޯ މި ބަރުގޮނު އަޅަނީ..” އަޔާން ފެނިފައި ހަމްނާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.

“ކޮންތާކަން ދެމީހުން ތިދަނީ..”

“މިއުޅެނީ ފިހާރައަކަށް ނުކުމެ ދޯ މާޔާ..” ހަމްނާ އަވަސް އަވަހަށް ޖަވާބުދިނެވެ.

“އެހެންދޯ ހިނގާ ކޮފީއަކަށް ދާން..” އަޔާން އެހެން ބުނުމުން ހަމްނާ އެއްބަސްވިއެވެ.

“އެކަމަކު ހަމް… އޭރުން ހަމް ގަންނަން އުޅުނު އެއްޗެއް ނުގަނެވޭނެއްނު..”

“އޯކޭ ވާނޭ.. ދެން އެހެން ފަހަރަކުން އަންނާނީ ދޯ..”

ހަމްނާ ކަންތައް ކުރި ގޮތުން މާޔާ އެހާ ހިތްހަމައެއް ނުޖެހުނެވެ. އެހާ ވަރުބަލި ވެފައި ހުއްޓާ އައީވެސް ހަމްނާ ފިހާރައަށް އަންނަ ވާހަކަ ބުނުމުންނެވެ. މާޔާ ކިތައްމެ ހިތްހަމަ ނުޖެހުނަސް އެކަމެއް މޫނުމައްޗަކުން ނުދެއްކިއެވެ.

ތިން މީހުން އެކުގައި ގޮސް ރެސްޓޯރެންޓުތެރެއަށް ވަނެވެ. ހުސްކޮން ހުރި މޭޒެއް ދަށުގައި އިށީދެފައި  އޯޑަރު ދިނީ ފާރިޝްވެސް އައުމުންނެވެ.

އެންމެން އެއްކޮން ތިބި އިރު ހަމްނާއަށް އަޔާންގެ މޫނުން ނަޒަރު ވަކިކޮށްލެވޭ ކަމަކަށް ނުވިއެވެ. ތުއިވެލާފައި ވާހަކަ ދައްކާތީ މަޔާވެސް އިނީ އެއްޗެކޭ ނުބުނެ ކެތްކޮށްލައިގެންނެވެ. ހަމްނާގެ ނަޒަރުން އުނދަގޫވެފައި އިންނަމަވެސް އަޔާންވެސް ބެލީ އެކަން ނުދައްކާވޭތޯއެވެ.

“ފާރިޝް ހަމްނާ ގެއަށް ލައިދޭން ދެވިދާނެތަ..” އަޔާންގެ ޖުމުލަ އިވިފައި ތިން މީހުން އެއްކޮން އަޔާންއަށް ބަލައިލިއެވެ.

“އޯހް.. ސޮރީ އޯކޭތަ ހަމްނާ… އަހަރެން މާޔާ ގޮވައިގެން ކުޑަ ކަމަކު ހޮސްޕިޓަލަށް ދާންވެގެން..”

އަޔާން ކަންތައް ކުރި ގޮތުން ހަމްނާގެ މޫނުމަތީގައި ހީވީ މީހަކު ބާރު އެތިފަހަރެއް ޖަހާލިހެންނެވެ. ރުޅި އައިސްގެންގޮސް ދެލޮލުން ކަރުނަ ނިރާލުމުން “އޯކޭ” އޭ ކިޔާފައި ތެދުވެގެން ދިޔަގޮތުން މާޔާ އިނީ ކަންތައް ބޮޑުވެފައެވެ. ހަމްނާ ތެދުވެގެން ދިއުމުން ފާރިޝްވެސް ފޯއްފޮއްޗެއް އަނގަޔަށް ލަމުން ހަމްނާގެ ފަހަތުން ދިޔައެވެ.

“އަޔާން ކީއްތިކުރީ..ހަމް އެދިޔައި ހިތްހަމަ ނުޖެހިގެން ކަންނޭނގެ.. މިގަޑީގައި އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދަނީ ކީއްކުރަން..”

“ހަމްނާ ހިތްހަމަ ނުޖެހުންނަމަ ބުނާނެއެއްނު.. ސޮރީ މާޔާ އަހަރެން މިއުޅެނީ މާޔާ ގޮވައިގެން ހޮސްޕިޓަލަށް ދާކަންނޫން.. އެކަމަކު އަަހަންނަން ވަގުތުކޮޅެއް ދީފާނަންތަ..”

މާޔާއަށް ދެކޮޅު ހަދަން ނުކެރިގެން އެއްބަސްވިއެވެ. އަޔާން މާޔާއަށް ކާރުގެ ކުރީ ސީޓުގެ ދޮރު ހުޅުވައިދީފައި ގޮސް ކާރަށް އެރިއެވެ. އަޔާން ގޮސް ކާރު މަޑުކޮށްލީ އަތިރިމަތީގައެވެ.

“ހިނގާބަ އެތާ އިށީންނަން ދާން…” އެމީހުން މަޑުކުރި ހިސާާބާއި މާދުރުނޫން ހިސާބެއްގައި ހަދާފައި ހުރި ބުރެއް ދައްކާފައި އަޔާން ބުނެލިއެވެ.އަޔާން ދަމުންއެއްޗެއް ޖީބަސް ލިތަން މާޔާއަށް ފެނުނުނަމަވެސް އެކަމަކަށް ފަރުވާލެއް ނުބެހެއްޓިއެވެ.

ދެމީހުން މަޑު ހިނގުމެއްގައި ގޮސް ބުރުމަތިގައި އިށީނެވެ. އޭރު ދުނިޔެ މައްޗަށް ރަތްވިލާގެ ކުލަތައް ވެރިވާންފަށައިފިއެވެ.

“މާޔާ އަހަރެން އެއްޗެއް ބުނެފިއްޔާ ރުޅި އަންނާނަންތަ…” އަޔާން މާޔާއަށް ބަލައިލާފައި ބުނެލިއެވެ.

“ކީއްވެ ރުޅި އަންނަންވީ.. ބުނެބަލަ އަހަރެން ރުޅިއެއް ނާންނާނަން..”

“ރޭގަ އަހަރެން ބުނީމެއްނު ކުއްޖަކުދެކެ އަހަރެން ލޯބިވާ ވާހަކަ… މާޔާގެ ބަސް ގަބޫލު ކޮންގެން އަހަރެން މިއުޅެނީ އެކުއްޖާ ކައިރީގައި އެވާހަކަ ބުނަންވެގެން..” އަޔާންގެ ވާހަކަ އިވިފައި މާޔާގެ ހިތް ތެޅިލިއެވެ.

“ހޫމް.. ރަނގަޅު ދެން އަވަހަށް ލަސްނުކޮން ބުނެބަލަ.. ޔަގީން އެކުއްޖާ ނޫނެކޭ ނުބުނާނެކަން..”

“އެހެން ވިއްޔާ އަހަރެން އެކުއްޖަކީ މާޔާއޭ ބުނެފިއްޔާޔޯ..” މާޔާ އަޔާންއަށް ބަލައިލީ ގަބޫލުނުކުރެވޭ ފަދައަކުންނެވެ.

“ޔެސް މާޔާ.. އިޓްސް ޔޫ.. ވިލް ޔޫ ބީ މައި ގާރލް… އައި ލަވް ޔޫ މާޔާ..” އަޔާން ޖީބުގައި އޮތް ކުޑަ ފޮށި ނަގާ ހުޅުވާލަމުން ބުނެލިއެވެ. އަޔާންއަށް ބަލަހައްޓައިގެން މާޔާއަށް އިނދެވުނީ އެސްފިޔަ ޖަހާލަން ހަނދާންނެތިފައެވެ. އެއްޗެއް ބުނަން އުޅެވެސް އަޑު ބޭރުވާ ކަމަކަށް ނުވިއެވެ.

“އަހަންނަން އެނގޭ ކުއްލިއަކަށް ޖަވާބުދެވޭ ކަހަލަ ކަމެއް ނޫންކަން މީ.. މާޔާ ބޭނުން ވަރަކަށް ވިސްނާފަ ޖަވާބު ދިންސްއޯކޭ.. މާޔާއަތުގައި މިއަނގޮޓި އަޅާފައި އަހަންނަން ދައްކައިފިއްޔާ އަހަރެން ގަބޫލުކުރާނަން އެއީ އާއެކޭ ކަމަށް.. މާޔާ މި އަނގޮޓި ނާޅާ އަނބުރާ އަހަންނަން ދީފިއްޔާ އަހަރެން ގަބޫލުކުރާނަން ނޫނެކޭ ކަަމަށް…” އަޔާން އޭނާގެ އަތުގައި އޮތް އަނގޮޓި މާޔާ އަތަށް ދެމުން ބުނެލިއެވެ.

މާޔާ އަނގޮޓީގައި ހިފުމުން އަޔާން ތެދުވެގެން މިސްރާބުޖެހީ ކާރާ ދިމާއަށެވެ. ދެތިން ފިޔަވަޅެއް ކުރިއަށް އަޅާފައި އަޔާން ހުއްޓުނީ މާޔާ ގޮވާލުމުންނެވެ.

“އަޔާން.. އަހަރެން ބޭނުމީ އަޔާންގެ އަތުން އަހަރެން އަތުގައި އަނގޮޓި އަޅުވައިދޭން…” މާޔާ ބުނި އެއްޗެއް ގަބޫލު ނުކުރެވިފައި އަޔާން ހުއްޓާ މާޔާގޮސް އަޔާން ކައިރީގައި ހުއްޓިފައި އަތްތިލަ ދިއްކޮށްލިއެވެ. އަޔާން އަނގޮޓި ނަގާފައި މާޔާ އަތުގައި އަޅުވާލައިދިނެވެ. ދެމީހުން އަތުގުޅުވާލައިގެންގޮސް ކާރަށް އެރިއިރު މީހުން އެމީހުންނަން ބަލާކަމެއް ރޭކައެއް ނުލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

އަލްމާޝް 12

Next

ދިމްޔާ (5 ވަނަ ބައި)

Next
August 22, 2015

ދިމްޔާ (5 ވަނަ ބައި)

Previews
August 22, 2015

އަލްމާޝް 12

11 Comments!

  1. nash says:
    August 22, 2015 at 8:58 pm

    Vv salhi kon irakun next part…plxx avahah up kohdhehchey..can’t wait

  2. s says:
    August 22, 2015 at 8:59 pm

    V rythi

  3. SaM says:
    August 22, 2015 at 9:01 pm

    Waaaaaaaaaaaaaau… mi hama ehvana ehnu…. 🙂

  4. Crazi says:
    August 22, 2015 at 9:03 pm

    Vrh shalhi me 1st update soon

  5. mixu says:
    August 22, 2015 at 9:06 pm

    Wow nice☺☺☺

  6. Snow White says:
    August 22, 2015 at 11:42 pm

    Wow vv nice

  7. lyn says:
    August 23, 2015 at 1:08 am

    V v v nice

  8. ixoo says:
    August 23, 2015 at 1:06 pm

    Varah reethe vaahaka eh

  9. ކުޑާ says:
    August 23, 2015 at 1:27 pm

    thankou all…

  10. nihaa says:
    August 24, 2015 at 6:09 am

    Reethi..

  11. Anonymous says:
    March 4, 2018 at 2:04 pm

    Very nice

Comments are closed.

Next Episodeހަދިޔާ (6 ވަނަ ބައި)←


All Right Reserved!