Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދިމްޔާ (4 ވަނަ ބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
August 20, 2015 8 Mins Read
30 Comments

ދުވަހަކީ ބަންދު ދުވަހަކަށް ވެފައި ވަގުތަކީ ރޭގަނޑުގެ ވަގުތުކަމުން އިތުރު ބަޔަކު ކޮލެޖު ތެރެއިން ފެންނާކަށް ނެތެވެ. ފާހާނާއަށް ވަންނަން ދިޔަ ދިމްޔާއަށް ފާހާނާއަށް ނުވަދެވި އުޅެނިކޮށް މީހަކު އޭނާގެ އަނގަމަތީގައި އަތްއަޅައި އަނގަ ބަންދުކޮށްލިއެވެ. ބިރުންގޮސް ދިމްޔާގެ ހިތް ހީވީ ކުޑަވަގުތުކޮޅަކަށް ނަމަވެސް ހުއްޓުނު ހެންނެވެ. ދިމްޔާ ހުރީ ހަދާނެގޮތް ހުސްވެފައެވެ. އަނގަމަތީގައި އަތް އަޅާފައިވުމުގެ ސަބަބުން ކިތަންމެ ބާރަށް ހަޅޭލެވިކަމުގައިވިޔަސް އަޑު ބޭރުވާގޮތެއް ނުވިއެވެ. ގައިގައި ހުރި ބާރެއް ލާފައި އެމީހެއްގެ އަތް ނެއްޓުވޭތޯވެސް މަސައްކަތް ކުރެވިއްޖެއެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ބިރުންގޮސް މީހާ ހުރީ ހަލާކުވާވަރުވެފައެވެ. ކުއްލިއަކަށް ދިމްޔާގެ ޚިޔާލަށް އައީ އެކުވެރިން ދައްކާ އުޅުނު ވާހަކަތަކެވެ. އެކަހަލަ ހާލަތްތަކުގައި ކަންތައް ކުރާނެ ގޮތްތަކެވެ. ދިމްޔާ ވިސްނާލިއެވެ. ބިރުން ހުރި ނަމަވެސް ދެކޮޅު ހޯދާ ބަލާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް އެތަނުން ފެންނާކަށް ނެތެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ފާރުގައި ލައްގާލައިފައިހުރި ފިހިގަނޑެވެ. ދިމްޔާ އެމީހާއަށް ނޭނގޭނެހެން މަޑުމަޑުން ފިހިގަނޑުނަގާ އެމީހާގެ ބޮލުގައި ބާރަށް ޖެހިއެވެ. ވީތަދުން އެމީހާ ދިމްޔާގެ އަނގަމަތިން އަތްނަގައި ބޮލުގައި ހިފަހައްޓާލިއެވެ. ދަނޑިވަޅު ބަލާފައި ދިމްޔާ ދުއްވައިގަތެވެ. ނަމަވެސް އެމީހާ މާހުށިޔާރެވެ. އެއްލިއަތުން އެމީހާއަށް ހިފުނީ ދިމްޔާގެ އަތުގައެވެ. އެމީހާ ދިމްޔާގެ އަތުގައި ހިފައި ކުއްލިއެއް ޖެހުމުން ދިމްޔާގޮސް ޖެހުނީ އެމީހާގެ މޭމަތީގައެވެ. ދިމްޔާ އެމީހާއަށް ރަނގަޅަށް ބަލާލިއެވެ. ފޮތިގަނޑަކުން މޫނު ނިވާކޮށްފައި ހުރުމުން ފެންނަނީ ދެލޯ އެކަންޏެވެ. މީހާގެ ސިފަ ފާޅުވާވަރެއް ނުވެއެވެ. އެމީހާ ދިމްޔާގެ ހަށިގަނޑަށް ބަލާލީ ދަހިވެތި ނަޒަރަކުންނެވެ. އެމީހާ ބަލާލިގޮތުން ބިރުންގޮސް ދިމްޔާގެ ހިތުގެ ވިންދު އަވަސްވިއެވެ.
“މީހެކޭ…. އަހަރެން ސަލާމަތްކުރޭ….” ކިތަންމެ ބާރަށް ބުނަން ބޭނުންވި ނަމަވެސް ބިރުންހުރިވަރުން ދިމްޔާގެ އަޑު ނުކުތީ ވަރަށް މަޑުންނެވެ.
“ނޫން…. އަހަރެން ދޫކޮށްލާ…. އަހަންނަށް ތިހެން ނަހަދާ…..”އެމީހާ ދިމްޔާގެ މޫނުގައި ފިރުމާލުމުން އާދޭހުގެ ރާގެއްގައި ރޮމުން ދިމްޔާ ބުނެލިއެވެ. އެހެނަސް އެމީހާއަށް އެއަޑު އިވުނުހެނެއް ހިޔެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ދެލޮލުގައިވާ މަސްތީ އަސަރު މާގަދައެވެ. އެމީހާ ދިމްޔާގެ ކަރުގައި އަޅާފައިވާ ދޯބައްޓާ ނަގާ އެއްލާލިއެވެ.
“ނޫން… މީހެކޭ…. އަހަރެން ސަލާމަތްކުރޭ…..”އަނެއްކާވެސް ދިމްޔާ ހަޅޭލަވައިގަތީ މީހަކަށް އޭނާގެ އަޑު އިވޭނެކަމުގެ އުއްމީދުގައެވެ. ދިމްޔާ ހަޅޭލެވުމުން އެމީހާގެ ގާތަށް އައި ރުޅީގައި ދިމްޔާގެ އަނގަމަތީގައި އަތްމުށްކަވާފައި ޖެހިޖެހީނުން ދިމްޔާ ބިންމައްޗަށް ވެއްޓުނެވެ. ވީތަދުން ދިމްޔާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އަނގައިން ލޭއައިކަންވެސް ދިމްޔާއަށް އެނގުނީ އޭނާގެ އަތުގައި ތާޒާ ލޭ ހޭކިފައި ހުރުމުންނެވެ. އެމީހާ މަޑުމަޑުން ދިމްޔާއާއި ދިމާއަށް ތިރިވާން ފެށުމުން ދިމްޔާ ފަހަތަށް ޖެހުނެވެ. އެމީހާ ތިރިވެ ދިމްޔާގެ ފައިގައި ހިފައިފައި އޭނާއާއި ވީ ދިމާއަށް ދަމާލިއެވެ. ދިމްޔާގެ ހިތް އިތުރަށް ބިރުގަތެވެ.
“މީހެކޭ…. ހެޔޮނުވާނެ އަހަރެން ސަލާމަތްކޮށްދީ….” ވަރަށް ހިތްވަރުކޮށްލާފައި ދިމްޔާ އަނެއްކާވެސް ހަޅޭލަވައިގަތީ ސަލާމަތަށް އެދިއެވެ. އެމީހާގެ ހަރަކާތްތައް އަވަސްކޮށްލިއެވެ. ދިމްޔާގެ ހެދުމުގެ ކަރުގައި ހިފައި ދެފަރާތަށް ވާންކޮށްލަމުން ހެދުން ވިދާލީ ދިމްޔާ ރޮއިރޮއި އޮތްހާލުގައެވެ. ދިމްޔާއަށް ދެލޯ މަރާލެވުނީ އޭނާގެ އިއްފަތްތެރިކަން ލޫޓުވެގެން ދަނީއޭ ހިތަށް އެރުމުން ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.
“އޭތް……” ދިމްޔާއާއި ދިމާއަށް ގުދުވެއޮތް މީހާގެ އިތުރުން ދިމްޔާވެސް ސިހިގެން ދިޔައީ މީހެއްގެ ބާރު ހަޅޭކުގެ އަޑުންނެވެ. ދިމްޔާ ދެލޯ ހުޅުވާލައި އަޑުއައި ދިމާއަށް ބަލާލިއެވެ. އޭރު އެމީހުންނާއި މާދުރު ނޫން ހިސާބެއްގައި ހުއްޓިލައިގެން އެހުރީ ރާކިންއެވެ. އެވަގުތު އެތަނަށް ރާކިންއަށް އާދެވުނުކަމަށްޓަކައި ދިމްޔާ ހިތާހިތުން މާތް ﷲ އަށް ޝުކުރު ދެންނެވިއެވެ. އެމީހާއަށް ރާކިން ފެނުމުން ދުންޖަހާފައި ދުއްވައިގަތީ އެތަނުން ރައްކާވެވޭތޯއެވެ. ދިމްޔާއާއި ދިމާއަށް ގޮސްގޮސް ހުރި ރާކިންއަށް އެމީހާ ދުއްވައިގަތްތަން ފެނުމުން އެމީހާގެ ފަހަތުން ދުއްވައިގަތެވެ. ރާކިން ދުވެފައި ގޮސް މަގަށް ނުކުމެ ދެފަރާތް ބަލާލިއެވެ. ނަމަވެސް އެމީހާ ފެންނާކަށް ނެތެވެ. ހެދި ނުހެދިއެއް ނޭނގި އެހާއަވަހަށް ފިލީއެވެ. އައި ރުޅީގައި ރާކިންއަށް އަތް މުށްކަވާފައި ފާރުގައި ޖަހާލެވުނެވެ. އެވަގުތު ދިމްޔާގެ މަތިން ހަނދާންވުމުން އޭނާ ދުވެފައި ދިޔައީ ފާހާނާއާއި ދިމާއަށެވެ. އޭރު ވީދިފައިވާ ހެދުމުން ދިމްޔާ އޭނާގެ ހަށިގަނޑު ނިވާ ކުރެވޭތޯ މަސައްކަތް ކުރަނީއެވެ.
“ދިމް…. އޯކޭތަ….” ދިމްޔާގެ ގާތަށް އައިސް ހުއްޓިލަމުން ރާކިން އަހާލީ ހިތް އަވަސްވެފައި ހުރެއެވެ. ދިމްޔާއަށް ރާކިންއާއި ދިމާއަށް ބަލާލެވުނީ ޝުކުރުގެ ނަޒަރަކުންނެވެ. އޭރު އޭނާގެ ބޮޑުދެލޯވަނީ ރުއިމުގެ ސަބަބުން ރަތްވެ ދުޅަވެފައެވެ. ދިމްޔާ ހުރި ހާލުފެނި ރާކިންގެ ހިތަށް ފުންއަސަރުތަކެއް ކުރިއެވެ.
“ދިމް…. ޕްލީޒް ވާހަކަ ދައްކަބަލަ…. ދިމްއަށް އެއްވެސް ކަމެއްވިތަ….؟؟؟” ދިމްޔާގެ ދެއަތުގައި ހިފައި ތަޅުވާލަމުން ރާކިން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ރާކިންގެ އަޑުގައިވަނީ ހާސްކަމެވެ. ދިމްޔާ އެހުރި ގޮތަށް އަނގައިން ނުބުނެހުރެ ރޮމުންދާތީ ރާކިންހުރީ ކަންބޮޑުވެ ހާސްވެފައެވެ. ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ކަމަށް ވެދާނެއެވެ. ދިމްޔާއަށް ރާކިންގެ މޭގައި ލައްވެލެވުނީ ބޭއިޚުތިޔާރުގައެވެ. ހަމައެވަގުތުމެ އޭނާއަށް ގިސްލަގިސްލާފައި ރޯންވެސް ފެށުނެވެ. ދިމްޔާގެ އެހަރަކާތުން ދިމްޔާގެ ހިތަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަން ރާކިންއަށް ދެނެގަނެވުނެވެ. ރާކިން ދިމްޔާގެ އިސްތަށިގަނޑުގައި ނުހަނު ލޯތްބާއި އޯގާތެރިކަމާއިއެކު ފިރުމާލަމުން ނުރޯށޭ ބުނެލިއެވެ.
ހިތްފުރެންދެން ރޯލުމަށްފަހު ދިމްޔާ ރާކިންއާއި ދުރަށް ޖެހިލިއެވެ. އަދި އިސްޖަހާލައިގެން ހުރެ ރާކިންއަށް ފުރަގަސްދިނީ ތިރީގައި ވެއްޓިފައި އޮތް ދޯބައްޓާނަގާ ހަށިގަނޑުގައި އޮޅާލަމުންނެވެ. ދިމްޔާއަށް ވީގޮތް ރާކިންއަށް ދެނެގަނެވުނެވެ. އެހެންކަމުން އޭނާލައިގެން ހުރި ޓީޝާޓް ބާލާފައި ދިމްޔާއަށް ދިއްކޮށްލިއެވެ.
“ފާހާނާއަށްވަދެ މިޓީޝާޓް ލައިގެން އާދޭ…..” ތިހުރިގޮތަށްހުރެ އެހެން ކުދިންގެ ކުރިމައްޗަކަށް ނުދެވޭނެއެއްނު ދޯ…..” ރާކިންގެ އަޑުގައި ވަނީ އޯގާތެރިކަމެވެ. ދިމްޔާ މަޑުމަޑުން ބޯޖަހާލަމުން ރާކިންގެ އަތުގައި އޮތް ޓީޝާޓް ހިފައިގެން ފާހާނާއަށް ވަނެވެ. ފަސްވަރަކަށް މިނެޓްފަހުން ދިމްޔާ ނުކުތީ ރާކިންގެ ޓީޝާޓް ލައިގެންނެވެ. ރާކިންއަށް ޝުކުރު އަދާކުރަން ދިމްޔާ ކިތަންމެހާވެސް ބޭނުންވިއެވެ. އެހެނަސް އޭނާގެ ދުލުގައި ތަޅެއް ލެވިފައި ވާކަހަލައެވެ. ރާކިންގެ ކުރިމަތީގައި ބަހެއްވެސް ބުނާކަށް އޭނާއަކަށް ނުކެރުނެވެ. ދިމްޔާ ނުކުތުމުން ރާކިން ދިމްޔާގެ އަތުގައި ހިފައިލައިގެން ކުލާހާ ދިމާއަށް ހިނގައިގަތެވެ. ރާކިން ދިމްޔާގެ އަތުގައި ހިފާފައި ހުރުމުން ދިމްޔާއަށް މީގެ ކުރިން ނުލިބޭކަހަލަ ރައްކާތެރިކަމެއް އިހުސާސް ކުރެވުނީ ކީއްވެ ކަމެއް ހުދު ދިމްޔާއަކަށްވެސް ނޭނގެއެވެ.
ކްލާހަށް ވަދެގެން އައި ދިމްޔާއާއި ރާކިން ފެނުމުން ކޮންމެކުއްޖަކަށްވެސް ކުރަންހުރި މަސައްކަތެއް ބެހެއްޓުމަށްފަހު ކޮޅަށް ތެދުވެވުނީ އެދެމީހުން ހުރި ގޮތް ފެނުމުންނެވެ. ރުހާއާއި ޖަޒްލީ ދުވެފައިކަހަލަ ގޮތަކަށް ދިމްޔާގެ ގާތަށްގޮސް ކިހިނެއްވީތޯ އަހާލިއެވެ. ޖަވާބުދިނުމުގެ ބަދަލުގައި ރުހާގެ ގައިގައި ބައްދާލަމުން ދިމްޔާއަށް ރޮވުނީއެވެ. ރުހާ ރާކިންއާއި ދިމާއަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ. ދިމްޔާއަށް އެހާލު ޖެހިފައިވަނީ ރާކިންގެ ސަބަބުން ކަމަށް އޭނާއަށް ޤަބޫލުކުރެވުނެވެ. ރުހާ ދިމްޔާ ދުރަށް ޖައްސާލަމުންގޮސް ރާކިންގެ ކުރިމަތީގައި މަޑުކޮށްލިއެވެ. ދެން ފެނުނީ ރުހާގެ އަތުގެ ހޫނު އެތިފަހަރެއް ރާކިންގެ ކަންކަށިމައްޗަށް އެރިތަނެވެ. ތަދުވީވަރުން ކަންކަށިމަތީ އަތްއަޅައިގެންހުރެ ހައިރާންކަމާއިއެކު ރާކިން ރުހާއަށް ބަލާލިއެވެ. ޖަޒްލީގެ އަތުގައި ހިފައިލައިގެން ހުރި ދިމްޔާވެސް ހައިރާންކަމުން ފުރިގެންވީ ނަޒަރަކުން ރުހާއަށް ބަލާލިއެވެ.
“ގޮތްކުޑަ މީހާ…. އަހަންނަށް އެނގޭ ދިމްއަށް އެހާލު ޖެއްސީ ކަލޭކަން…. މީހަކަށް ގޯސްކޮށް ކަމެއް ކުރެވުނަސް އެވަރުކުރަން ޖެހޭތަ…..؟؟؟؟ ކަލޭމެންކަހަލަ ފިރިހެނުންގެ ސަބަބުން އެހެން ފިރިހެނުންގެ ނަމަށްވެސް ހުތުރު….” ރުޅިއައިސްގެން ގޮސް ރުހާއަށް ކިޔޭނުކިޔޭއެއްވެސް ނޭނގޭކަހަލއެވެ.
“ރޫ…. އޭނަ…..”
“ދިމް…. މަޑުންހުރޭ…. އަހަރެން މިއަދު ރަނގަޅަށް އޭނައަށް ފިލާވަޅު ނަގައިދޭނަން…..”ދިމްޔާއަށް އިތުރަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ރުހާ ދިމްޔާ ހުއްޓުވިއެވެ.
“ރާކިން ޖައްސާ ވައްތަރުތައް ބަލަން ވަރަށް ކެތްކޮށްގެން އަހަރެމެންނަށް ހުރެވިއްޖެ…. އެކަމަކު ކަންތައް މިހިސާބަށް ދިޔައީމަ ދެނެއް އަހަންނެއްވެސް މަޑަކުން ނުހުންނާނަން…..” ރާކިންއާއި ދިމާއަށް އިނގިލި ދިއްކޮށްގެން ހުރެ ރުހާ ވާހަކަ ދެއްކީ ނިކަން ރުޅިއައިސްފައި ހުރެއެވެ. ރާކިން އެއްފަހަރު ރުހާއަށް އަދި އަނެއްފަހަރު ދިމްޔާއަށް ބަލާލަމުން ކުލާހުން ނުކުމެގެން ދިޔައީއެވެ.
“ރޫ… ކީއްތިކުރީ….” ރާކިން ނުކުތްތަން ބަލަން ހުރެފައި އައިސް ރުހާގެ އަތުގައި ހިފާލަމުން ދިމްޔާ އަހާލިއެވެ.
“ރަނގަޅަށް މިހެދީ…. އަހަންނަށް ހީވަނީ އަދި އަހަންނަށް ކުރެވުނު ވަރު ކުޑަހެން….”ނުރުހުންވެފައި ހުރެ ރުހާ ބުނެލިއެވެ.
ނޫން ރޫ… ރޫ ތިހީކުރަނީ އަދި ރަނގަޅަކަށް ނޫން…. އޭނަ އަހަންނަކަށް އެއްވެސް ކަމެއް ނުކުރެއޭ…” މިހެން ބުނެފައި ދިމްޔާ ކަންވީގޮތް އެންމެނަށް ކިޔައިދިނެވެ.
“އަސްލުވެސްތަ…؟؟؟؟ ނަސީބެއްނު އެމީހާގަނޑު ބޮޑުވަރު ނުކޮށްލަނިސް ރާކިންއަށް އެތަނަށް ދެވުނުކަން…. އަހަރެން ވަރަށް ދެރަވެއްޖެ އަހަންނަށް ކަންތައް ކުރެވުނު ގޮތުން…. ނޭނގެ ރާކިން ހިތަށް އަރާނެ އެއްޗެއް ވެސް…. އަހަރެން މިކުރިކަމަކުން އަނެއްކާވެސް އޭނަ ދިމް ދެކެ ކަންނޭނގެ ރުޅިއަންނާނީ…. ސޮރީ ދިމް….” ކަންވީގޮތް އެނގުމުން ދިމްޔާގެ އަތުގައި ހިފާލަމުން ދެރަވެލާފައި ރުހާ ބުނެލިއެވެ.
އެހެރަ އަނަނަނީ ރާކިން…..” ކައިރީގައި ހުރި ޖަޒްލީ މިހެން ބުނުމުން އެންމެން އެއްފަހަރާ ދޮރާ ދިމާއަށް ބަލާލިއެވެ. އޭރު ރާކިން އެތެރެއަށް ވަދެގެން އަންނަނީއެވެ. ރާކިން އައިގޮތަށް އައިސް ދިމްޔާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ރާކިން ކުރަން އުޅޭ ކަމެއް ނޭނގޭތީ ދިމްޔާ ހުރީ ކަންތައް ބޮޑުވެފައެވެ. އެހެނަސް އަނގައިން ނުބުނެ ރާކިން ކުރަންއުޅޭ ކަމެއް ބެލުމުގެ ބޭނުމުގައި މަޑުން ހުރީއެވެ. ރާކިން ދިޔަގޮތަށްގޮސް ދިމްޔާ ބޭންދީ ގޮނޑިއެއްގައެވެ. އަދި ދިމްޔާގެ ކުރިމަތީގައި ގޮނޑިއެއް ބަހައްޓަމުން އޭނަވެސް އިށީނެވެ. ދިމްޔާ އިނީ އިސްއުފުލާ ރާކިންއަށް ބަލާލަންވެސް ނުކެރިފައެވެ.
ރާކިން އޭނާގެ އަތުގައި އޮތް ކަފަގަނޑަކުން ދިމްޔާގެ އަނގަމަތިން ފަޅައިގެން ގޮސްފައިވާ ތަނުން އައިސްފައިވާ ލޭތައް ސާފުކޮށްލަދިނެވެ. ވަށައިގެން މަންޒަރުބަލަންތިބި އެންމެންގެ މޫނުމަތިން ހައިރާންކަން ފެންނަމުންދިޔައީ ކުރިން ނުފެންނަކަހަލަ މަންޒަރެއް ފެނުމުންނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ.؟ ރުހުމުގައި ރާކިން ދިމްޔާއާއި ބަހެއް ބުނެލި އަޑު އެހި ހަނދާނެއް އެތަނުން އެކަކުވެސް ނުވެއެވެ. އޭގެ ބަދަލުގައި އަބަދުވެސް ފެންނާނީ ދިމްޔާއާއި ދިމާކޮށް ކޮންމެވެސް މާލާމާތެއް، ނޫނީ ދިމްޔާދެކެ ރުޅިއައިސްގެން އުޅޭތަނެވެ. ނަމަވެސް މިއަދު މަންޒަރު މިވަނީ ބަދަލުވެފައެވެ.
ރާކިން ސޮރީ…. އަހަންނަށް ތަންދޮރު ބަލާނުލާ…..” ރުހާ ބުނަން އުޅުން ޖުމްލަ ފުރިހަމަ ނުކޮށް ނިންމާލީ ރާކިން އަތުގެ އިޝާރާތުން ހުއްޓުމަށް ބުނުމުންނެވެ.
އަހަރެންގެ ގާތުން މާފަށް އެދުމުގެ ބަދަލުގައި ރުހާގެ އެކުވެރިޔާއަށް ވިސްނަދީ… ރޭގަނޑު އަންހެން ކުދިން އެކަނި ތަންތަނަށް ގޮސް އުޅުމަކީ ރަނގަޅު ކަމެއް ނޫން…. ރާއްޖެއަކީ މިހާރު އެހާ އަމާންތަނެއް ނޫން…. އަބަދަކު މީހުނެއް ނާންނާނެ ސަލާމަތް ކުރާކަށް…. ދުރު ބަލަހައްޓައިގެން އިނދެ ރާކިން ވާހަކަ ދެއްކިއެވެ. އަދި އެއަށްފަހު ދިމްޔާއަށް ބަލާލިއެވެ. އޭރު ދިމްޔާވެސް އިނީ ރާކިންއަށް ބަލަހައްޓައިގެންނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވީ ވަގުތު ރާކިންއަށް ބުނެދޭން ދަތި ގޮތްތަކެއްވިއެވެ.
ހަގީގަތުގައި ރާކިންހުރީ ވަރަށް ބޮޑަށް ހާސްވެ އަދި އެހާމެ ރުޅިވެސް އައިސްފައެވެ. މިރޭ އޭނަ ކުޑަތަންކޮޅެއްވެސް ލަސްވިނަމަ ދިމްޔާގެ އިއްފަތްތެރިކަން ވެއްޔާ މޮޑެވި ދިޔައީހެވެ. އެއީ އޭނާއަށް ބަރުދާސްތުކުރެވޭ ވަރުގެ ކަމެއް ނޫނެވެ. މިރޭ އޭނަ ބޭނުންވީ ދިމްޔާއަށް ރަނގަޅަށް އިންޒާރު ދޭށެވެ. ނަމަވެސް އެގޮތަށް އެކަން ކުރަން އޭނާއަށް އޮތީ ކޮންހައްގެއް ހެއްޔެވެ.؟ ދިމްޔާއާއި ދިމާއަށް އެގޮތަށް އެންމެ ބަހެއް ބުނިކަމުގައި ވިޔަސް އެންމެންގެ ތެރެއަށް އޭނާ ބޭޒާރުވާނެއެވެ. ދިމްޔާއަށްޓަކައި އޭނާގެ ހިތުގައި އުފެދިފައިވާ ލޯބި އެންމެނަށް ފަޅާއަރާނެއެވެ. އެހެންވާކަށް އޭނާ ބޭނުމެއް ނޫނެވެ.

ގެއަށް އައިސް ވަން ރާކިން ހުރިގޮތް ފެނުމުން ޓީވީ ބަލަން އޮތް އީމަންއަށް ރާކިންއާއި ދިމާއަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. އެތާ މަޑުވެސްކޮށްނުލާ ރާކިން އެހުރިގޮތަށް ދިޔައީ އޭނާގެ ކޮޓަރިއާއި ދިމާއަށެވެ. އީމަންވެސް ޓީވީ ނިވާލުމަށްފަހު ރާކިންގެ ފަހަތުން ދިޔައެވެ.
“ރެކް ތީ ކޮންކަމެއް…. ޓީޝާޓް ނުލާ ބޭރުން ތިއައީ….؟؟؟ ރެކް ދިޔައީ ކޮލެޖަކަށް ނޫންތަ….؟؟؟ ކޮބާ ޓީޝާޓް….؟؟؟” އެނދުމައްޗަށް ބަންޑުން ވެއްޓިގަނެގެން އޮތް ރާކިންފެނި އީމަން އަހާލިއެވެ. އަދި ޑުރެސިންގް ޓޭބަލް ކައިރީގައި ހުރި ގޮނޑި ކައިރިކޮށްލަމުން އިށީނެވެ. ރާކިން އުއްޑުން އޮށޯވެ އީމަންއަށް ބަލާލަމުން މިރޭ ކޮލެޖުގައި ހިނގާދިޔަ ހާދިސާ ކިޔައިދިނެވެ.
“އަސްލުވެސްތަ…. މިހާރު މިއުޅޭ ބައެއް މީހުން ހާދަ ގޯހޭދޯ…. އެކަމަކު އެކުއްޖާގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެ ރެކްއަށް އެތަނަށް ދެވުނީ…. އެހެންނޫންނަމަ އެކުއްޖާގެ ދުވަސްދިޔައީސްކަންނޭނގެ…..” އީމަން މިހެން ބުނުމުން ރާކިންވެސް ބޯޖަހާލީ އީމަން އައި އެއްބައިވުމުގެ ގޮތުންނެވެ.
އެވަގުތު އީމަންގެ ފޯނު ރިންގްވާންފެށިއެވެ. ފޯންގެ ސްކްރީނަށް ބަލާލަމުން އީމަން އަނގަޔަށް ގޮތެއް ހަދާލަމުން ފޯން ކަނޑާލިއެވެ.
“އިމޫ ކާކު ގުޅީ….” ނާޔާތަ….؟؟؟” އީމަންގެ މޫނަށް އަރާފައިބައިގެން ދިޔަ ކުލަވަރަށް ބަލަން އޮތް ރާކިން އަހާލިއެވެ. އީމަން ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ. ރާކިން ޗޮކެއް ކަނޑާލަމުން ތެދުވެ އެނދުގައި އިށީނދެލިއެވެ.
“އަހަންނަކަށް ނޭނގުން އިމޫއަށް ވިސްނަދޭނެ ގޮތެއް….؟؟؟؟؟ އަހަރެންވެސް ނާޔާއަށް މާފުކޮށްފިން…. ދެން ކީއްވެތަ އިމޫ މާ ބޯހަރުވެގެން ތިއުޅެނީ….” ރާކިން މިހެން ބުނުމުން އީމަން ރާކިންއަށް ބަލާލިއެވެ.
“އަހަންނަށް އެނގޭ ރެކް މާފު ކުރިޔަސް އަސްލު ރެކްވެސް ދެރަވާނެކަން…. އަހަންނަށް ކަމުނުދިޔައީ އަހަރެންގެ ބެސްޓްފުރެންޑްގެ މަގާމުގައި ހުރެ އޭނަ ރެކްއަށް އެހެންހެދީމަ…..” އީމަން އޭނާގެ ފޯނު އެނދުމައްޗަށްއެއްލަމުން ބުނެލިއެވެ.
“އެއްކަލަ އިމޫ…. އަނައްކާ ފެށީ ދޯ…. ހަމަތެދެއް މިބުނީ އަހަރެން ދެރައެއް ނުވެއޭ… އިމޫ ވިސްނާލަބަލަ…. ލޯބިވާ މީހަކު ހުއްޓާ އެހެންމީހަކާ އެކީ އުޅުމަކީ ހާދަހާ ބޮޑު ވޭނެކޭ…. އޭރުން ހަގީގަތުގަ ތިން މީހުންގެ ދިރިއުޅުން ހަލާކުވެގެންދާނެ…. އެހެން ނޫނަސްކިހިނެއް އެނގެނީ އަހަންނަށް ނާޔާއަށްވުރެ ރަނގަޅު ކުއްޖަކު ނުލިބޭނެކަމެއް…..”އީމަންއަށް ވިސްނާދޭފަދަ ގޮތަކަށް ރާކިން ބުނެލިއެވެ. ދިމްޔާދެކެ ލޯބިވާ ވާހަކަ އަދި އެއްވެސް މީހެއްގެ ގާތުގައި ބުނާކަށް ރާކިން ބޭނުމެއް ނުވެއެވެ. އެހެންކަމުން އިހަށް އީމަންގެ ގާތުގައިވެސް ނުބުނެ މަޑުކޮށްލީއެވެ.
“އަހަރެންވެސް ބޭނުންވަނީ ރެކްއަށް ނާޔާއަށް ވުރެ ރަނގަޅު ކުއްޖަކު ލިބެން….” ރާކިންގެ ވާހަކައާއި ގުޅުވާލައިގެން އީމަން ބުނެލިއެވެ.
“އިމޫ…. ދެން ގޮތްދޫކޮށްފަ ނާޔާއަށް މާފުކޮށްބަލަ….. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ސަބަބުން ކުޑައިރުގެ ދެރަޙުމަތްތެރިން ވަކިވާކަށް….. އިމޫ ނާޔާއާއި ވާހަކަ ނުދައްކަންޏާ ދެން އަހަރެންވެސް އިމޫއަކާ ވާހަކައެއް ނުދައްކާނަން…. މިއޮތީ ފޯން…. އިމޫ ނިންމާ ގޮތެއް ނިންމާ…..” އެނދުމަތީގައި އޮތް އީމަންގެ ފޯން އީމަންއަށް ދިއްކޮށްލަމުން ތަންކޮޅެއް ހަރުކަށިގޮތަކަށް ރާކިން ބުނެލިއެވެ. ރާކިން މިހެން ބުނުމުން އީމަން ދެފަރާތަށް ބޯހޫރާލަމުން ރާކިންގެ އަތުން ފޯން އަތުލާ ނާޔާއަށް ގުޅިއެވެ. އީމަން ނާޔާއާއި ވާހަކަ ދައްކަން ފެށުމުން ހިނިތުންވެ ހުރެ ރާކިންވަނީ ފާޚާނާއަށެވެ.

ޖެހިގެން އައި ދުވަހެވެ. އާހިލްއާއިއެކު ކުލާހަށްވަދެގެން އައި ރާކިންގެ ލޯ އެންމެ ފުރަތަމަވެސް އަމާޒުވީ ދިމްޔާއާއި ދިމާއަށެވެ. އޭރު ދިމްޔާ އިނީ މޭޒުމަތީގައި ހުޅުވާލާފައި އޮތް ފޮތަށް ނަޒަރު ހުއްޓާލައިގެންނެވެ. ކައިރީގައި ރުހާމެން ކޮންމެވެސް އޮލަވާހަކައެއްގައި ތިއްބެވެ. ފިރިހެންވަންތަ ހިނގުމެއްގައި ހިނގާލާފައި އައި ރާކިންގެ މިސްރާބު ހުރީ އެންމެފަހަތުބަރީގައި ހުރިގޮނޑިތަކާއި ދިމާއަށެވެ. މޭޒުމަތީގައި ފޮތްތައް ބެހެއްޓުމަށްފަހު ގޮނޑީގައި އިށީންވަގުތު މަޑު އެއްޗެއްގެ އިހުސާސްވުމުން ތެދުވެ ރާކިން ގޮނޑިއަށް ބަލާލިއެވެ. ގޮނޑިމަތީގައި އޮތް ކޮތަޅު ފެނުމުން އެ ހުޅުވާ ބަލާލިއެވެ. އެވަގުތު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ރޭގައި ދިމްޔާ ލާންދިން އޭނާގެ ޓީޝާޓް އެކޮތަޅުތެރޭން ފެނުމުންނެވެ. ކޮތަޅު ހިފައިގެން ގޮނޑީގައި އިށީންނަމުން ރާކިން ދިމްޔާއަށް ބަލާލިއެވެ. އޭރުވެސް ދިމްޔާއިނީ ހަމައެއިން ގޮތަށެވެ.
“ރޭގަ އެހާ ބޮޑު ކަމަކުން ސަލާމަތްކޮށްދިނީމަވެސް އެންމެ ކުޑަމިނުން ޝުކުރުވެސް އަދާކޮށްނުލާ…. އަހަރެންދެކެ ރުޅިއައިސްފަ ހުއްޓަސް ދެން ބޮޑުވަރު….” ރާކިންގެ ހިތަށް އެރިއެއްޗަކުން އަނގައިން ވައްތަރެއް ޖައްސަލެވުނެވެ.
ސިއްރުން ރާކިންއަށް ބަލަން އިން ދިމްޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ކީއްވެ ކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ. ރާކިންގެ މިޒާޖަށް އައިސްފައި އެވާ ބަދަލު ކުރިއާއި ހާސްބައި ތަފާތުކަން ދިމްޔާއަށް ފާހަގަކުރެވުނެވެ. ކުރިން ރާކިންދެކެ ކިތަންމެ ފޫހިވީ ކަމުގައިވިޔަސް ރޭގަ ހިނގި ހާދިސާގެ ސަބަބުން ރާކިންއަކީ ރަނގަޅު މީހެއްކަމުގައި ދިމްޔާއަށް ޤަބޫލުކުރެވުނެވެ.
“އޭއި ދިމް…. ފޮތަށްބަލަހައްޓައިގެން އިނދެ ކޮންކަމަކާތަ ތިހެނީ…. ގައިމު ތިފޮތުގައި ހެވޭ ވަރުގެ އެއްޗެއް ލިޔެފައެއް ނެތް…..” ދިމްޔާގެ ކޮނޑުގައި ޖަހާލަމުން ރުހާ މިހެން ބުނުމުން ދިމްޔާ ދިޔައީ ސިއްސައިގެންނެވެ.
“އޭން ކީކޭ…؟؟؟ އަހަރެން އެބަ ހެންތަ….؟؟؟” ހަމަޖެހޭ ގޮތް ދައްކަމުން ދިމްޔާ އަހާލިއެވެ.
“ހޫމް… ހޫމް…. ދަތްޕިލާ އިސްތިހާރުކޮށްގެން އިން އިރުވެސް ކަމަނާވާ ނުއެއް ހެވޭ…..” ކުޑަކޮށް ރާގު އަޅުވާލާފައި ބަސްތައް ދަމާލަމުން ޖަޒްލީވެސް ދިމްޔާއާއި ދިމާކޮށްލިއެވެ.
“އަޅެ ބުނެބަލަ…. ކޮންކަމަކާ އެކަނި އިނދެ ތިހެނީ…؟؟ ދިމް މިހާރު ވަރަށް ޗޭންޖް ވެއްޖެ…. މިހާރަކަށް އައިސް ދިމް އަހަރެމެންނާ ވާހަކަތައް ވަރަށް ޝެއަރ ނުކުރާނެ….” ރުހާ ބުނެލިގޮތުން ހީވީ ހަމަކުޑަކުއްޖެއް ހެންނެވެ. ދިމްޔާއަށް ހޭންފެށުނީ އެހެންވެގެންނެވެ.
“ހަމަ ރަނގަޅަށް ރޫ ތިބުނީ…. ދިމް މިހާރު ހަމަ ވަރަށް ޗޭންޖްވެއްޖެ…. ޚިޔާލުތަކަށް ގެއްލި އިނދެ ހެވެނީވެސް މަދެއްކޮށެއްނޫން….” ޖަޒްލީ މިހެން ބުނުމުން ދިމްޔާ ޖަޒްލީއަށް ލޯއަޅާލިއެވެ.
“ވަރަށް ފޫހިވެ… އަހަރެން ވިއްޔާ ނުވޭތަ ހެވެގެނެއް…..” ދިމްޔާ ރުޅިއައިކަމަށް ހަދާލިއެވެ.
“އެހެނެއް ނޫން…. ތިގޮތަށްވެސް ހެވެލާ ތަން ކުރިއަކުން ނުފެނޭ ވިއްޔަ…. ނިކަން ބުނެބަލަ ކޮބާތަ ސިއްރަކީ….؟؟؟؟” ދިމްޔާގެ ކޮނޑުގައި ޖެހިލަމުން ލާނެއް ގޮތަކަށް ޖަޒްލީ އަހާލިއެވެ.
“އަހަންނަށް ހީވަނީ ދިމްއަށް އައި ބަދަލުގެ ސިއްރަކީ ރާކިންހެން…..” ރާކިންއަށް ބަލާލަމުން ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލައިގެން އިނދެ ރުހާ މިހެން ބުނުމުން ދިމްޔާއަށް ރުހާއާއި ދިމާއަށް ބަލާލެވުނީ ދެލޯ ބޮޑުކޮށްލައިގެން އިނދެއެވެ. އަދި ސިއްރު ސިއްރުން ރާކިންއަށް ވެސް ބަލާލިއެވެ.
“ރޫ…..” އަޑަށް ބާރުލާފައި ދަމާލަމުން ދިމްޔާ ރުހާއަށް ގޮވާލިއެވެ.
“ހޫމް… އަހަންނަށްވެސް ވަރަށް ހީވޭ ރޫ ތިބުނީ ތެދެއްހެން…. އޭނަވެސް މިހާރު ހާދަ ޗޭންޖޭ….. ރޭގަވެސް ދޯ…. އަހަންނަށް ހީވަނީ އޭނަ ދިމްއާ…..” ޖަޒްލީއަށް މިހިސާބަށް ބުނެވުނުތަނާ ދިމްޔާ ޖަޒްލީގެ އަނގަމަތީ އަތް އެޅިއެވެ.
“އަހަންނަށް ހީވަނީ ތިދެމީހުން މޮޔަވީހެން…… ތިކިޔޭ އެއްޗެއް އެނގޭތަ….؟؟؟؟ އަހަންނާ އޭނައާ…. ނެވަރ….. ދެން ތިކަހަލަ އެއްޗެއް ކިޔާފިއްޔާ އަހަރެން އެކަކާވެސް ވާހަކަ ނުދައްކާނަން…..” ދިމްޔާ މިހެން ބުނުމުން ރުހާއާއި ޖަޒްލީ ލާނެއް ގޮތަކަށް ދިމްޔާއާއި ދިމާއަށް ބަލާލަމުން ހީލިއެވެ.

ކޮޓަރިއަށް ވަންގޮތަށް ދަބަސް އެނދުމަތީގައި ބޭއްވުމަށްފަހު ރާކިން އޭނާގެ އަތުގައި އޮތް ކޮތަޅު ހިފައިގެން ގޮސް ސޯފާގައި އިށީނެވެ. އަދި ކޮތަޅު ތެރޭގައި އޮތް ޓީޝާޓް ނަގާ އޭނާގެ ނޭފަތުގައި ޖައްސާލެވުނީ އެއިން ދުވަމުން ދިޔަ މީރު ވަހެއްގެ ސަބަބުންނެވެ. އެއިން ގޮތަށް އިނދެ ރާކިން ދެލޯ މަރާލިއެވެ. އެވަގުތު އޭނާއަށް ސިފަވެގެންދިޔައީ ދިމްޔާ އެޓީޝާޓް ލައިގެން ހުރި މަންޒަރެވެ. އެއީ އެކަހަލަ އެއްޗެއް ދިމްޔާލާފައި ހުއްޓާ އޭނާއަށް ފެނުނު ފުރަތަމަ ފަހަރެވެ. ކޮންމެކަހަލަ ހެދުމެއްލީކަމުގައިވިޔަސް ދިމްޔާ ރީތިވާނެކަން އޭނާއަށް ޔަޤީނެވެ. ރާކިން ދެލޯ ހުޅުވާލުމަށްފަހު އަނެއްކާވެސް އެޓީޝާޓަށް ބަލާލިއެވެ. މިހާރު އެއީ އޭނާއަށް ވަރަށް ޚާއްސަ ޓީޝާޓެކެވެ. އެއީ ދިމްޔާގެ ހަނދާންތައް އެކުލެވިގެންވާ ނިޝާނެކެވެ. އެހެންކަމުން އޭނާ ބޭނުންވީ އެޓީޝާޓް ފޮރުވާފައި ބާއްވާށެވެ. އޭގެ ކުރިން އެއްފަހަރުނަމަވެސް އެޓީޝާޓް ލުމުގެ ނިޔަތުގައި ރާކިން ފަތްޖަހާފައި އޮތް ޓީޝާޓް ނިއުޅާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ޓީޝާޓްގައި ހިތްޕާލާފައި އޮތް ކަރުދާސްކޮޅެވެ.
“ތޭންކްސް….” ރާކިން އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔާލިއެވެ. އެވަގުތު އޭނާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.
“އެހެންވީމަ އަހަންނަށް ހީކުރެވުނީ ރަނގަޅަކަށް ނޫންތާ…. އަހަރެންގެ ގާތުގައި ބުނަން ނުކެރުނީމަ ކަންނޭނގެ ކަރުދާސްކޮޅެއްގަ ލިޔެލާފައި މިއިނީ…. ދިމް ހާދަ ސްވީޓް އޭ…. މިހާރު އަހަންނަށް ކޮންމެވެސް ވަރެއްގެ ޔަގީންކަމެއް ލިބިއްޖެ، ދިމް އެހުރީ އަހަރެންދެކެ ރުޅިއައިސްފަ ނޫންކަން….” މިހެން ހިތަށް އެރުމުން ރާކިންއަށް ހިނިތުންވެލެވުނެވެ. އެ ޓީޝާޓްއާއިއެކު ރާކިން އެ ނޯޓްކޮޅުވެސް ފޮރުވިއެވެ. ދިމްޔާގެ ހަނދާނަކަށެވެ.

ދެތިންދުވަސް ފަހެވެ. އެއްދުވަހެއްގެ ރޭގަނޑުގެ ވަގުތެވެ. ހަވީރު ވިއްސާރަ ވެހުމުގެ ސަބަބުން ޖައްވުގައިވަނީ ތެތްފިނިކަމެއް ހިފާލާފައެވެ. ރާކިން ސައިކަލް ދުއްވަމުން ދިޔައީ ވަކި މިސްރާބެއްނެތިއެވެ. މަގުގެ ތަންކޮޅުކޮޅުގައި ފެންގަނޑުހެދިފައި ވެއެވެ. ބޮޑުތަކުރުފާނު މަގުން ސައިކަލްދުއްވަމުން ދިޔަ ރާކިންއަށް ސައިކަލްގެ ބުރަކި ޖައްސާލެވުނީ އައި.ޖީ.އެމް.އެޗް އާއި ވީ ދިމާ ތޮށިގަނޑުމަތީ އިށީނދެލައިގެން އިން އަންހެން ކުއްޖާ ފެނުމުންނެވެ. ލާފައި އިން ހެދުމުންނާއި އެހެދުމުގައިވާ ރަތްކުލަ އަދި ފަހަތަށްނިއުޅުވާލެވިފައިވާ ފަން އިސްތަށިގަނޑުގެ ސަބަބުން ރާކިންއަށް އެއީ ދިމްޔާކަން ޔަގީންވިއެވެ. ސައިކަލް އެއްފަރާތުގައި ޕާކުކޮށްލުމަފަހު ދިމްޔާއާއި ދިމާއަށް ހިނގައިގަތް ރާކިންގެ ހިތަށް އަރަމުން ދިޔައީ ދިމްޔާއާއި ރަތްކުލައާއި އޮތީ ކޮންގުޅުމެއް ބާވައޭއެވެ. އެއީ އަބަދުވެސް އޭނާގެ ހިތަށް އަރާ ސުވާލެކެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ.؟ ދިމްޔާ ލައި ހެދުންތަކުގައި ރަތްކުލަ ނުހިމެނޭ ހެދުމެއް ނުވާނެއެވެ.
ކުރިއަށް ހިނގަމުން ދިޔަ ރާކިންއަށް މޭމަތީ ދެއަތް ހުރަސްކޮށްލެވުނީ ޖެހިލި ފިނި ވައިރޯޅިއަކުން ހީކަރުވައިގަތުމުންނެވެ. ރާކިން ފަރުވާތެރިކަމާއިއެކު މަގުގެ ދެކޮޅަށް ބަލާލިއެވެ. ވިއްސާރަ ވައްތަރަކަށް ދުނިޔެމަތި އޮތުމުންކަމަށްވެދާނެއެވެ. ދިމްޔާ ފިޔަވާ އިތުރު މީހަކު އެހިސާބުން ފެންނާކަށް ނެތެވެ. މަދުމަދުން ނަމަވެސް ދުއްވާ އެއްޗެހި އެމަގުން ދަތުރުކުރަމުން ދިޔައެވެ. ދިމްޔާގެ ގާތަށް ގޮސް ހުއްޓުން ރާކިން ފުރަގަސްދީގެން އިން ދިމްޔާގެ ކޮނޑުގައި އަތްޖަހާލުމުން ދިމްޔާ ފަހަތް ބަލާލިއެވެ. އެވަގުތު ދިމްޔާގެ މޫނު ފެނުމުން ރާކިންގެ ގައިން ދިޔައީ ހީބިހި ނަގައިގެނެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ދުޢާ 2ވަނަ ބައި..

Next

ނަޖާ (ފުރަތަމަ ބައި)

Next
August 21, 2015

ނަޖާ (ފުރަތަމަ ބައި)

Previews
August 20, 2015

ދުޢާ 2ވަނަ ބައި..

30 Comments!

  1. shyn says:
    August 20, 2015 at 3:46 pm

    Nice

  2. Shadow says:
    August 20, 2015 at 3:59 pm

    mipartves varh reethi next part thankolheh avahah upkoladeebala pls

  3. nasaxy says:
    August 20, 2015 at 4:00 pm

    Vv nice

  4. Ariel says:
    August 20, 2015 at 4:03 pm

    vvv reethi story eh

  5. ifaa says:
    August 20, 2015 at 4:04 pm

    nyc wen next part eagerly waitn

  6. Anonymous says:
    August 20, 2015 at 4:08 pm

    Dis part also awesome…waiting…v kiyaa hithun mi iny…avahah up kohla dhehcheyy n thnks dhim ah dhera gotheh nuhedhyma..waiting 4 next part.

  7. shaa says:
    August 20, 2015 at 4:12 pm

    awsome

  8. Princess Noddy says:
    August 20, 2015 at 4:16 pm

    Awesome…dhim n raakin wow…I wonder v reethi vaane mi dhemyhun gulhunyma dhw..well awahah up kohladhehcheyy plz v kehmadhu vefa meeny next part ge inthixaaruga….gud luck writer 🙂

  9. someone says:
    August 20, 2015 at 4:16 pm

    Manje molhey story liyan

  10. archy says:
    August 20, 2015 at 4:40 pm

    Hey alah vaahaka kiyanfeshy mi story v nice thankolheh avahah up kohdhechy

  11. Hahaha says:
    August 20, 2015 at 5:01 pm

    Dhimya akee ghosteh dho

  12. aily says:
    August 20, 2015 at 5:54 pm

    Nice aneh part ah v inthixaar eba kuran

  13. shaina says:
    August 20, 2015 at 5:55 pm

    anehkaa dhim e ee jinni eh ha eem? .. hehehe my biruveri story akah nahadhahchey .. eyrun ehaa salhi eh nuvaane hadi eh vess nuvaane dhw .. eem ge story eh viyya .. hehehhe.. anyways v v v interesting n nice mi pat vess … dhim and raakin v gulhey .. 🙂 .. eem dhn kon irakun next part

    1. Kiyuntheriyaa says:
      August 20, 2015 at 7:17 pm

      Plx mi story biruveri vaahaka akah nahadhahchey….

  14. aria says:
    August 20, 2015 at 7:47 pm

    Dhim ei anekka ghost eh tha? V reethi story

  15. Ish says:
    August 20, 2015 at 8:25 pm

    Dhimya ghostakah nuhadhaathi pls story v nice

  16. mal says:
    August 20, 2015 at 8:26 pm

    Dhim aky jinnieh dhw…. V.nice mi part ves.. Waiting for the next part.

  17. Anonymous says:
    August 20, 2015 at 8:31 pm

    vissara nuveheyne.. Vaarey veheynee.. Ragalhu kohlan feney

  18. nyyyym says:
    August 20, 2015 at 10:37 pm

    Wow..!! I love thiss.. ❤ eagerly waiting for the next part.
    Bt dhimya ghost akah nahadhahcheyy plxx.. eyrun vrh hadi vrne..

  19. marsha says:
    August 20, 2015 at 11:20 pm

    Beeeeaaaaaauuuuuuttiiiiifffuuuuuuulllllllll…. nice,varah rythi, eemiyaa ah engeytha. Marsha ah mi story ge nsme ah mihaaru hama handhaan vany “dheemiyaa” , unconcious koh story ge name aa eemiyaa ge name eh kohleveny, hehehe… n btw, eleeshaa n mihayaathaa dhuru nuvey kiyaifin, varah rythi e 2 stories vess, u r a great writer. Vaahaka kiyamun dhaa iru vwrwh faseyha, smoothkoh, undhagulakaa nulaa kiyaalevey, very nice, baeh mistakes hyrey, but thats ok, ehvess myhakah mistakes nulaa liyeveyne heneh hieh nuvey,, anyways, i lov this story, n i lov ur writing, waiting, inthixaaring for ep 4

    1. marsha says:
      August 20, 2015 at 11:22 pm

      Oops,,, I mean inthixaaring for ep 5

  20. ken? says:
    August 20, 2015 at 11:49 pm

    Wow…?.vvv habeyss.?..interesting…i think dhimyaa innaanee roe roe 2 loa dhulhakohlaigen hen..? or may b knmes kahalage zahamei moonu mathyga inee kamah vedhaane..? mee hama guessing…dnt make it horror..?

  21. zai says:
    August 21, 2015 at 8:41 am

    Vedhaane ehnu e manje riithi kamun gain hiibihi negiikamahvex. ?Anyway mi partvex v 6bays

  22. anth abidha says:
    August 21, 2015 at 8:43 am

    Varah salhi.

  23. Shaan says:
    August 21, 2015 at 11:01 am

    Nc

  24. Mishka says:
    August 21, 2015 at 11:36 am

    Varah salhi vaahaka. Plx biruveri vaahakah nuhadhanchey !!!! Eyrun varah hadivaane.

  25. sharu says:
    August 21, 2015 at 12:13 pm

    Vvv salhi vahaka ya ep 5 mi inthizaru kuranee

  26. Anonymous says:
    August 21, 2015 at 2:11 pm

    Biruveri nukurahchey mi kiyany hus loabyge vaahaaka kiyaa hiyvaa meehun dhoa.. Mashahves bodah heevany dhimya moonuga bodu zakhameh hureehen

  27. Shaan says:
    August 22, 2015 at 5:55 pm

    Plx mivaahaka biruveri vaahakakah nuhadhanchey.eemiya mi vaahaka avahah up kuranchey

  28. eemiyaa says:
    August 22, 2015 at 9:53 pm

    thanks all 🙂

Comments are closed.

Next Episodeދިމްޔާ (5 ވަނަ ބައި)←


All Right Reserved!