Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ވަނަބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
December 20, 2021 3 Mins Read
2 Comments

ނައިޝާއަށް އޭނާގެ މައިންބަފައިން ފެނުމުން ވަރަށް ބޮޑަށް އުފާވިއެވެ. “މަންމާ” އުފަލުންގޮސް މަންމަ ގައިގައި ބައްދާލަމުން ނައިޝާ ގޮވާލިއެވެ. “މާޝާﷲ ތީ ހަމަ މަންމަގެ ނައިޝާތަ؟….ހާދަ ލޯތްބޭ މާޝާﷲ” ނައިޝާގެ މޫނުގައި ދެއަތުން ހިފާލަމުން ނައިޝާގެ މަންމަ ބުނެލީ އޭނާގެ މޫނަށް ބަލަންހުރެއެވެ.

“ހޫމް ރީތިވާނެއެއްނު…ނައިއަށް ލިބިފައެވަނީ އަހަރެންގެ ރީތިކަމޭ” ސަމާސާ ރާގަކަށް ނައިޝާގެ ބައްޕަ އެހެންބުނެލުމާއެކު އެތާތިބި އެންމެން އެއްފަހަރާ ހޭންފެށިއެވެ. “ނުހައިކުވެސް ބޮޑު ފިރިހެނަކަށް ވެއްޖެދޯ؟ ފޮނުވާ ފޮޓޯތަކަށްވުރެ ހަމަލޮލުން ފެނުނީމަ އަދި މާބޮޑުވައްތަރު ޖަހާ” ނައިޝާގެ ކައިރީގައިހުރި ސޯޅައަހަރުގެ ނުހައިކުގެ ކޮނޑަށް އަތްވައްޓާލަމުން ނައިޝާ ބުނެލިއެވެ.

************

އެހާ ގިނަދުވަސްފަހުން އެންމެންނަށް އެއްތަންވެވުމުން ހުރިހާ އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ.ކުޑަވަގުތުކޮޅަކު އެންމެންވެސް އަނގަތަޅާލަން ތިބުމަށްފަހު، މާލެދާން އެއާޕޯޓުން ނިކުތެވެ.

ޑުރައިވަރު ކަމާލްގެ ކާރުގައި ނައިޝާގެ ދޮންތައާ ތުއްތަގެ އިތުރުން އެދެމީހުންގެ ދަރިން އަރާ ނައްޓާލުމުން، ނައިޝާގެ ކާރުގައި އޭނާގެ މައިންބަފައިންނާ ނުހައިކު މާލެދާން ނައްޓާލިއެވެ.

************

ގޭދޮރުމައްޗަށް ކާރު މަޑުކުރުމުން އެންމެންވެސް ކާރުން ފޭބުމަށްފަހު، ގޭތެރެއަށް ވަނެވެ. ނައިޝާވެސްް ކާރު ޕާކަށް ޖެހުމަށްފަހު ސިޑިން މައްޗަށް އެރިއެވެ.

ނައިޝާގެ މައިންބަފައިންގެ ފުލޯކަމުގައިވާ ފުރަތަމަ ފަންގިފިލާގައި އެންމެންތައް ތިއްބެވެ. “ނުހައިކު ކޮއްކޮވެސް ހުންނަނީ މަންމަމެން ކައިރި މިއެޕާޓުމަންޓުގަދޯ؟” ނައިޝާ އެހެން އަހާލުމާއެކު ނުހައިކު ބޯޖަހާލިއެވެ.

“ހިނގާ އެންމެން ކާން….މަންމަމެން އަންނާތީ ޝަރޫނާއާ ދޮންތައާ ބޮޑުކެއުމެއް ތައްޔާރުކޮށްފަ ހުންނާނެ” ނައިޝާގެ ދޮންތަ އެހެންބުނުމުން އެންމެންވެސް ދޮންތަގެ ބަޔަށް ކާންދިޔައެވެ.

********

ސިޓިންރޫމުގެ އެއްކޮޅުން އަނެއްކޮޅަށް ހުރި ބޮޑު ސުފުރާމަތި ފެނި އެންމެން ހައިރާންވިއެވެ.އެކި ބާވަތުގެ ވަރަށް ގިނަ ކާތަކެތި ތައްޔާރުކޮށްފައިވެއެވެ.

“ކިތައްދުވަހަށް މަންމަމެން ތިއައީ؟” ކާން އިނދެ ނައިޝާގެ ތުއްތަ އަހާލިއެވެ. “ތިން ހަފްތާއަށް މިއައީ ދަރިފުޅުމެން ހަމަ ދެކިލާހިތުން” ނައިޝާގެ ބައްޕަ ބުނެލިއެވެ.

“ކީއްވެ އެހާ އަވަހަށްތިދަނީ؟” ނައިޝާ އަހާލިއެވެ. “މާގިނަދުވަހަކު މަޑެއްނުކުރެވޭނެ…ފިހާރައިގެ ކަންކަން ކުރަން ޖެހޭނެ…ޑުރައިވަރާ ފިހާާރަ ހަވާލުކޮށްފަ ބައްޕަ އެއައީވެސް” ނައިޝާގެ މަންމަ ބުނެލިއެވެ. “މިކޮޅުގެ ދެފިހާރައިގެ ކަންކަން ރަނގަޅުދޯ؟” ނައިޝާގެ މަންމަ ތުއްތައަށާ ދޮންތައަށް ބުނެލުމުން އެދެމީހުން ބޯޖަހާލިއެވެ.

***********

ނައިޝާގެ މައިންބަފައިން އައިފަހުން ނައިޝާ ވަރަށް ހިތްހަމަޖެހުނެވެ.އާއިލާ މީހުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރަމުން ނައިޝާ ގެންދިޔައެވެ.ނައިޝާގެ މައިންބަަފައިން ދޭތެރެއަކުން ނައިޝާ ކައިރިއަށް ހުޅުމާލެއަށް އާދެއެވެ.ނައިޝާވެސް ގިނަވަގުތު ހޭދަކުރަނީ އޭނާގެ މައިންބަފައިން ކައިރި މާލޭގައެވެ.

ކިތަންމެ އުފާވެރިކޮށް ނައިޝާ އުޅެމުންދިޔަ ކަމުގައިވިޔަސް އޭނާއަކަށް އައްކިޔުންގެ ހަނދާންތަކުން ދުރަކަށް ނުދެވެއެވެ.އެހަނދާން ފުހެލުމަށް އޭނާގެ ހިތާއި ސިކުނޑިއަށް ވަރަށް ވިސްނައިވެސް ދެވިއްޖެއެވެ.ނަމަވެސް ވީ ފައިދާއެއް ނެތެވެ.

ނައިޝާގެ އާއިލާމީހުން ދޭތެރެއަކުން އައްކިޔުންގެ ވާހަކަ އޭނާގެ ގާތުގައި އަހާލައެވެ.އެއިން ކޮންމެފަހަރަކުވެސް ކޮންމެވެސް އެއްޗެކޭ ބުނެ، ނައިޝާ މައުޟޫއު ބަދަލުކޮށްލައެވެ.އޭނާގެ ދެވަނަ ލޯބީގެ ގުޅުންވެސް ހިތިގޮތަކަށް ނިމިގެންދިޔަ ވާހަކަ އާއިލާމީހުން ގާތުގައި ބުނަން ނުކެރުމުގެ ސަބަބުންނެވެ.

***********

ނައިޝާގެ މައިންބަފައިން މާލެއައިތާ ދެހަފްތާވެގެންގޮސް ތިންވަނަ ހަފްތާއަށް އެޅީއެވެ.ހެނދުނު ނައިޝާގެ ބައްޕަ ގުޅާފައި އެންމެނާ ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުނުމުން، މާލެދާން ނައިޝާ ކާރުގައި ނައްޓާލިއެވެ.

************

ނައިޝާއަށް އޭނާގެ މައިންބަފައިންގެ އެޕާޓުމެންޓަށް ވަދެވުނުއިރު ނައިޝާ ފިޔަވައި އެންމެންވެސް އެތާ ތިއްބެވެ. “ހާނ..ނައި ވެސް އެއައީ އެންމެންތައް ހަމަވީނު” ނައިޝާ ފެނުމުން ސޯފާގައި އިން އޭނާގެ ބައްޕަ ބުނެލިއެވެ.ބައްޕަމެން ދައްކަން އުޅޭ ވާހަކަ އަޑުއަހަން ނައިޝާވެސް ސޯފާގައި އިށީނެވެ.

“ހުރިހާ ކުދިންނަށް ބައްޕަ މިގުޅާލީ…ބައްޕަމެން މިހާ ދުވަސްކޮށްފަ ހުރިހާ ކުދިންނާ ބައްދަލުވީމައާ ފުރަންވެސް ގާތްވެފަވާތީ….ހުރިހާ ކުދިންވެސް ދަތުރެއްދާން ހިނގާށޭ ބުނެލަންވެގެން….ބައްޕަ ހުރިހާ ޚަރަދެއް ހަމަޖައްސާނަން…ސުކޫލްތައްވެސް ބަންދުވީމަ ކާފަ ދަރިންވެސް ބޭނުންވާނެއެއްނު އުފާކޮށްލަން” ނައިޝާގެ ބައްޕަ ބުނެލިއެވެ.

ބައްޕަގެ ބަހަށް އެންމެން ތާއީދުކުރިއެވެ.ހުރިހާ އެންމެންވެސް ތިބީ ދަތުރުދާން ވަަރަށް ބޭނުންވެފައެވެ. “ކޮންތާކަށްދަނީ؟”ނައިޝާގެ ދޮންތަ އަހާލިއެވެ.މިތާ ކައިރި ރަށަކަށްދާނީ….ބައްޕަ ހުރުމުގެ ކަންތައްވެސް ހަމަޖައްސާފިން…ބައްޕަގެ ރައްޓެއްސެއް އުޅޭ އެރަށުގަ…އޭނަ ލައްވާ ގެސްޓުހައުސްއިން ކޮޓަރިތައްވެސް ބުކްކޮށްފިން…މާދަން ދާންވީ…ތިން ދުވަހަށް ބައްޕަ މިހަމަޖެއްސީ ކީކޭ ބުނަނީ؟” ނައިޝާގެ ބައްޕަ ބުނެލިއެެވެ.

“ރަނގަޅުވާނެ އެކަމް ރައޫފަށް ޗުއްޓީ ލިބޭނެކަމެއް ނޭނގެ”ނައިޝާގެ ދޮންތަ އެހެންބުނުމުން، ފަލަކްގެ ބައްޕައަށްވެސް ޗުއްޓީ ނުލިބޭނެކަމަށް ނައިޝާގެ ތުއްތަވެސް ބުނެލިއެވެ.

“ބައްޕަ ދަރިފުޅުމެންގެ ކަންކަމާ ހަވާލުވާނަމޭ ކުދިންގެ ބައްޕަމެންނަށް ޗުއްޓީ ނުލިބުނަސް” ނައިޝާގެ ބައްޕަ ބުނެލިއެވެ.

ވަރަށް ގިނަ ވަގުތު މަޝްވަރާކުރުމަށްފަހު، މާދަން ހެނދުނު އަަށެއް ޖަހާއިރު ފުރަން އެންމެންވެސް ނިންމިއެވެ.

*******

ދަތުރަށް ތައްޔާރުވެ ފުރަންއުޅޭ ވާހަކަ ނައިޝާ، ޔުދާ ކައިރި ބުންޏެވެ. “ޔޫވެސް ވަރަށް ގެންދާހިތްވޭ” ނައިޝާ ބުނެލިއެވެ. “ޔޫ ވެސް ދާހިތްވޭ ވަރަށް އެކަމަކު ކިޔެވުން އޮތީމަދޯ” ޔުދާ ބުނެލިއެވެ.

***********

ހެނދުނު އަށެއްޖެހިރު، ފުރަން މާލެދާން ނައިޝާ ޓެކްސީއަކަށް ގުޅިއެވެ. “އުފާވެރި އަދި ބާއްޖަވެރި ދަތުރަކަށް އެދެން” ނައިޝާގެ ގައިގައި ބައްދާލަމުން ޔުދާ ބުނެލިއެވެ.

ކާރު އައުމުން ނައިޝާ ގެއިން ނިކުމެ ކާރަށް އަރަން އުޅުނެވެ.އެވަގުތު ޔުދާ އޭނާއަށް ގޮވާލުމަށްފަހު، ހަނާ އަޅާލިއެެވެ.ބެލްކަނިތެރޭގައި ހުރި ޔުދާއަށް ހިނިތުންވެލަމުން ހަނާއަޅާލުމަށްފަހު ނައިޝާ ކާރަށް އެރިއެވެ.

************

ކާރު މާލެ ބަނދަރަށް މަޑުކޮށްލުމުން ކާރުން ނައިޝާ ފޭބިއެވެ.އެވަގުތު އެންމެންތައް އޭނާގެ އިންތިޒާރުގައި ތިއްބެވެ. “ކޮބާ ތުއްތަބެއާ ދޮންތަބެ؟ ޗުއްޓީ ނުލިބެނީދޯ؟” އެންމެނަށް ނަޒަރު ހިންގާލުމަށްފަހު، ނައިޝާ އަހާލިއެވެ. “އާނ އެމީހުންނަށް ޗުއްޓީ ނުލިބޭތީ ނާދެވުނު” ނައިޝާގެ ބައްޕަ ބުނެލިއެވެ.

********

ބަނދަރުމަތީގައި ނައިޝާމެން ތިއްބާ ނައިޝާގެ ބައްޕަގެ ރަހުމަތްތެރިޔާގެ ލޯންޗުއައިސް ބަނދަރާ ކައިރިކޮށްލިއެވެ.ލޯންޗު ކައިރިކޮށްލުމުން ފަހަރަކު މީހަކު ލޯންޗަށް އަރަމުންދިޔައެވެ.އެވަގުތު ނައިޝާގެ ލޯމައްޗަށް ސިފަވެގެންދިޔައީ ސައިފްގެ ރަށަށްދާން އުޅުނު ދުވަހެވެ.އެދުވަހު އޭނާ ފުރުވަން އައްކިޔުން އައިސް ބުނި ޖުމުލަ ނައިޝާގެ ކަންފަތުގައި ޖެހިލިއެވެ.”ނައި ކޮންމެތާކު ހުއްޓަސް ނައިދެކެ ވަރަށް ލޯބިވާ މީހަކު ހުރިކަން ހަނދާންކުރައްޗޭ” އައްްކިޔުން އެހެންބުނި ވަގުތުކޮޅުގެ ހަނދާން އާވުމާއެކު މަޑުމަޑުން ނައިޝާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

“ދަރިފުޅާ ނައިޝާ އާދޭ އަރަން” ޚިޔާލަށް ގެއްލިފައިހުރި ނައިޝާއަށް އޭނާގެ ބައްޕަ ގޮވާލިއެވެ.ބައްޕަ ގޮވާލުމުން ލޮލުގައިވާ ކަރުނަ ފުހެލުމަށްފަހު ނައިޝާ ލޯންޗަށް އެރިއެވެ.

އެންމެންވެސް ލޯންޗަށް އަރާ ހަމަވުމުން ލޯންޗު ފަޅުން ނައްޓާލިއެވެ.ހުރިހާ އެންމެންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.ޚާއްސަކޮށް ކުޑަކުދިންގެ މޫނުމަތިންނެވެ.ނަމަވެސް ނައިޝާގެ މޫނުމަތީގައި އުފާވެރިކަމެއް ނެތެވެ.އޭނާއަށް ސިފަވަމުންދަނީ އައްކިޔުން ބަނދަރުމަތީގައި އޭނާއަށް ބަލަން ހުންނަނިކޮށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ޝަބްނަމް 2

Next

ހީވޭ ގާތުގާއި ވާހެން ކަލާ 11

Next
December 20, 2021

ހީވޭ ގާތުގާއި ވާހެން ކަލާ 11

Previews
December 20, 2021

ޝަބްނަމް 2

2 Comments!

  1. Khadheeja Mohamed says:
    December 20, 2021 at 7:39 pm

    Masha allah v obi , when nxt part

    1. lamhus says:
      December 21, 2021 at 1:46 pm

      thanks dear 🙂

Comments are closed.

Next Episodeދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ އެއްވަނަބައި)←


All Right Reserved!