*“މަންމާ އަހަރެން އެކަޏޭ ކާންހުރީ” އިވާން ހައިރާން ވި އެވެ. “ދަރިފުޅު އެކަންޏެއް ނޫން ހުރީކީއެއް ދަރިފުޅު ގެ ދޮންތަ ވެސް އަދި އެއް ނުކާ އެހުރީ” ނިޝާނާ މިހެން ބުނުމުން އިވާން ދުއްވާގަތީ އޭނާގެ ދޮންތަ އީޝަލް ގެ ކޮޓަރި އަށް ށެވެ. “ދޮންތާ!!!!” އިވާން އަޑު އޮތް ކޮޅަށް ގޮވާލި އެވެ.*
“ކީކޭ އިވާން ކިހިނެތް ވީތަ؟”އީޝަލް ސިއްސައިގެން ދިއުމުން ބުނެލި އެވެ. “އެތެދެއްތަ ދޮންތަ އަދި ނުކަން ތަ؟”އިވާން ވަތް ގޮތަ އެހީ ސުވާލެކެވެ. “އާން މަށެއް އަދި އެއް ނުކަން. އިވާން ކާފިން ތަ؟” އީޝަލް އަހައިލި އެވެ. “ނޯ އައި އޯލްސޯ ޑިޑިންޓް އީޓް” އިވާން އިސްދަށައް ޖަހާލާފައި ބުނެލި އެވެ. “ހިންގާ ކާން ދާން” އީޝަލް މިހެން ބުނުމަށް ފަހު އޭނާގެ ވީލްޗެއާ އަށް އެރި އެވެ. ދެން އިވާން އެ ވީލްޗެއާދުއްވަން ފެށި އެވެ. އިވާން އާއި އީޝަލް ގޮސް ހުއްޓުވީ ކާގޭ މޭޒު ކާރީގަ އެވެ. ކާނިމުމުން ނިޝާނާ އީޝަލް ގޮވައިގެން އޭނާގެ ކޮޓަރި އަށް ތެޔޮ ދަމަން ގެންދިޔަ އެވެ. އިވާން އޭނާގެ ކޮޓަރި އަށް ގޮސް އެނަދު މައްޗަށް ވެއްޓި ގަތެވެ. ދެން އޭނާގެ މޫނު މަތީގައި އޭނާގެ އަތް އަޅާލި އެވެ.އަދި މީގެ ގަޑިއިރެއްގެ ކުރިން ދިމާވިކަންތައް ތަކާމެދު ވިސްނަމުން ދިޔަ އެވެ. “ރާޔާ!! ރާޔާ އަސްލުވެސް އަހަރެން މަތިން ހަނދަން ނައްތާލީތަ؟ އެހެން ނޫނީ މީހަކު ރާޔާ އާއި ދިމާ ކުރީތަ؟ އެހެންނޫނީ ރާޔަ އަހަންނާ ދޭތެރޭގަ ނަފްރަތް އުފެދުނީތަ؟ އަހަތެން ސުކޫލު ނިންމާފަ ދިޔުމަށް ފަހު ކިހިނެތް ތަ ވީ ރާޔާ؟”އިވާން ގެ ސިކުންޑީގައި އުފެދެމުން ދިޔައީ މިސުވާލު ތަކެވެ.
ދެން އާދުވަސް…
ނިދާ މަރުވެފަ އޮތް ރާޔާ އަށް ހޭލެވުނީ ފޯނު އެލާމް ވާ އަޑަށް ށެވެ. އެންދު ކައިރީގައ ބަހައްޓާފައި ހުރި ގަޑި ބަލާލުމަށް ފަހު ރާޔާގެ ދެލޯބޮޑުވި އެވެ. ރާޔާ އަވަހަށް ދުއްވާގަތީ ފާޙާނާ އާއި ދިމާލަށް ށެވެ. ފާޙާނާ އަށް ވަދެ ފްރެޝް ވެލައިގެން ނިކުމެ އަލަމާރިން ގަދު ފިޔާތޮށި ކިލާގެ ވަށްތިތިރި ހެދުމަކާއި ކަޅުކުލާގެ ސްކިނީއެއް ލުމަށް ފަހު އިސްތަށި ގަންޑު ހިއްކާފައި އެއްފަޅިން މަގު ފަޅާލިމަށް ފަހު އެއްފަޅި އަށް އެއްސި އެވެ. ދެން އަވަސް އަވަހަށް ކޮފީތައްޓެއް ބޯލާގެން ހިންގާގަތީ ކޮންޕެނީ އަށް ދިޔުމަށް ށެވެ. ކޮންޕެނީ އާއި ހިސާބަށް އައިސް ފޯރުނީ ހަމަ ކިރިޔާއެވެ.އޭރު ގަޑިން7:55 ވެއްޖެއެވެ. އަވަހަށް ސޮއިކޮއްލާގެން އޭނާ ދިޔައީ ޗެއާމެން ގެ އޮފީހަށް ށެވެ. ދޮރުގައިޓަކި ޖެހުމަށް ފަހު އެތެރެއަށް ވަނެވެ.ދެން އެތާންގައިބަހައްޓާފައި ހުރި ޑޮކިޔު މެންޓް ތަށް ހިފައިގެން އޭނާ ދިޔައީ އޭނާގެ ކެބިން އަށް ށެވެ. ކެބިން އަށް ގޮސް މަސައްކަތް ކުރަން ފެށި ތަނާހެން މާއިން އައިސް ރާރާ ގެ ކެބިން ގައި ޓަކި ޖެހި އެވެ. “ރާޔާ ކުޑަ ކުޑަ މީޓިން އެއްބާއްވަން އެބަ ޖެހޭ” މާއިން ނުރުހިފާހު ހުރެ ބުނެލި އެވެ. ރާޔާ އެއްވެސް ބަހެއް ނުބުނެ މާއިން އާއި އެކު މާއިން ބުނިތާކަށް ދިޔަ އެވެ. އެތާން ކައިރީގައި ހުރި ކެފޭއަކަށް ވަނުމަށް ފަހު މޭޒަކު ދަށުގައި ދެ މީހުން ވެސް އިށީންދެލި އެވެ.
“ރާޔާ!! ރާޔާ ހަންދާން ވޭތަ ރާޔާގެ ސްކޫލް ދައުރު؟” މާއިން އަހައިލި އެވެ. “އެހާ ބޮޑަ ކަށް ށެއް ނުވޭ. ކީއްވެ ތިހެން ތިބުނީ؟” ރާޔާ ވާނުވާ ގައި ހުރެފައި ބުނެލި އެވެ. “އިންގޭ ވަރަކަށް އަހަންނަށް ކިޔާދީބަ” މާއިން ބުނެލި އެވެ. “އަހަންނަކީ ސްކޫލް ދައުރުގަ މީހުން ވަރަށް ބުލީކުރި މީހެއް. އަހަރެން ގްރޭޑް 8 ކާ ހިސާބަށްއައީ އެކަނި ވެރިކޮށް. ގްރޭޑް 8 ގެ އަހަރުގެ މެދުތެރެއިން އަހަންނާ އަހަންނަށްވުރެ އެއްއަހަރު ބޮޑު މީހެއް އަހަރެންގެ އެކަނިވެރި ދުވަސްތަށް އުފާ ވެރި ދުވަސްތަކަށް ހެދީ. އެކަމަކު މާގިނަ ދުވަހެއް ނުވޭ އޭނަ އަހަރެން ވަރަށް ނުރުހޭކަމެއް ކުރި އަހަރެންގެ އަގު އެންމެން ކުރިމަތީގައި ވައްޓާލި އަހަރެން ވީ އެންމެން ކުރިމަތީގަ ޖޯކްއަކަށް އޭގެފަހުން އަހަރެން އެއްވެސް ވަރަކަށް އޭނައާ މެދު ނުވެސް ވިސްނަން” ރާޔާ ކިޔައި ދިނެވެ. “އައި ޕިޓީ ޔޫ ރާޔާ” މާއިން ރާޔާގެ އަތްމަތީގަ އޭނާގެ އަތް ބޭއްވުމަށް ފަހު ބުނެލި އެވެ.
އެވަގުތު އިވާން އެ ކެފޭއަށް ވަތް ވަގުތު މި މަންޒަރު ފެނުމުން ހިތްހަމަ ނުޖެހުނެވެ. އިވާން ބޭރަށް ނިކުމެފަ އޭނާގެ ކާރަށް އެރުމަށް ފަހު ކޮންޕެނީގެ ޕާކިން ލޮޓްގައި ޕާކް ކުރި އެވެ. ދެން އޭނާ އޭނާގެ އޮފީހަށް ގޮސް ސޯފާ މަތީގައި އޮށޯއްވެލި އެވެ. އެހެން އޮއްވާ އިވާން އަށް ނިދުނެވެ.
3 ގަޑިއިރު ފަސް…
“އިވާން އިވާން…” އަންހެން ކުއްޖަކު ގޮވާ އަޑަށް އިވާންއަށް ހޭލެވުނެވެ. އިވާން މަޑުމަޑުން ލޯ ހުޅުވާލުމަށް ފަހު ބަލާލި އެވެ. “ރާޔާ!!” އިވާން މަޑުމަޑުން ރާޔާ އަށް ގޮވައިލި އެވެ. “ހާހް ރިޗް ބޯއި ތެދުވެބަ” ރާޔާ އަޑު ހަރުކޮށް ބުނެލި އެވެ. “ހަހް ކިހިނެތް ވީ؟” އިވާން ސިއްސާގެން ދިޔަ އެވެ. “ގޫޑް ޔުއާ އަޕް” ރާޔާ ވަރަށް ނުރުހުން ވެލާފައި ބުނެލި އެވެ. “މިހުރީ ޑޮކިޔު މެންޓް ތަށް ހަދާ ނިންމާފަ ދެން ޖެހޭނީ…. އިވާން އާރ ޔޫ އޯކޭ؟” ރާޔާ ހާސް ވެފަ ހުރެ އަހައިލި އެވެ. “ވަޓް ޔާ އަހަރެން އިރާދަ ކުރިއްޔާ ރަންގަޅު” އިވާން އޭނާގެ ބޮލުގައި އަތް ޖަހާލުމަށް ފަހު ބުނެލި އެވެ. “ހިއެއް ނުވޭ ހިންގާ ޑޮކްޓަރަކަށް ދައްކަން ދާން؟”ރާޔާ އިވާން ގާތުގައި އެއްސެވެ. “ނޯ އެހާ ބޮޑު ކަމެއް ނުވެޔޭ ޕެނެޑޯލް ގުޅައެއް ކާލީމަ އޯކޭ ވާނެ” އިވާން މިހެން ބުނުމުން ރާޔާ އޭނާގެ ކެބިން އަށް ގޮސް ދަބަހުން ޕެނެޑޯލް ގުޅެއް ހިފައިގެން ގޮސް ފެން ތައްޓަކާ އެކު އިވާން ގެ އަތަށް ދިނެވެ. އިވާން ބޭސް ގުޅަ އަނގައަށް ލުމަށް ފަހު ފެން ތަށި އެއްކޮށް ދަމާލި އެވެ. “އޯކޭ ތަ މިހާރު؟” ރާޔާ އިވާން ގެ ކުރިމަތީގައި ހުރި ސޯފާ ގައި އިށީންދެލި އެވެ. “އާން މިހާރު ކުޑަކޮށް ލުއި ވެއްޖެ ބޮލަށް” އިވާން ޖަވާބް ދާރީ ވި އެވެ. “ގުޑް… އަމް އިވާން…ނެވަރ މައިންޑް” ރާޔާ ބުންޏެވެ. “ރާޔަ ކޮންމެސް އެއްޗެއް އެބަ ވިސްނާ ސްޕިލް އިޓް އައުޓް” އިވާން އެއްޗެއް ޝައްކު ވުމުން ބުނެލި އެވެ. “އަހަރެންގެ މާމަ މިހާރު އުޅެނީ ވަރަށް ބަލި ކޮށް އެހެންވެ ކުޑަކޮށް އަހަރއންގެ އެލައުވެންސް ހައި ކޮށް ދީބަލަ ޕްލީސް” ރާޔާ ވަރަށް ބިރުން ހުރެ އަހައިލި އެވެ. “ތީ ދެން މީހަކު އެހާ ބިރު ގަންނަން ޖެހޭ ކަމެއްތަ ދެން… ރާޔާ ތިހެން ހުއްޓަސް ތީ ވަތަށް ކެއަރިން ކުރާ ކުއްޖެއް ދޯ؟” އިވާން އެއް މިޔަކަޅިން ހީލި އެވެ. “އެކަމު އަހަރެން ބިޒްނަސް ޓްރިޕް އަށް ދާން ވަރަށް ބޭނުން ޑޯންޓް މޭކްމީ ސްޓޭ ހޯމް އިވާން” ރަޔަ އާދޭސް ކުރަން ފެށި އެވެ. “ރާޔާ ގެން ދާނަމޭ އަހަންނަށް އަހަރެން ގެ ސެކްރަތަރީ ނުލައެއް ނުދެވޭނެ ދޯ” އިވާން މިހެން ބުނުމުން ރާޔާ ހިނިތުން ވެލި އެވެ. “ކޮންރަށަކަށް ތަ ދަނީ؟” ރާޔާ އަހައިލި އެވެ. “މުރާދޫ އަށް ދަނީ” އިވާން އެ ރަށަށް ކިޔާ ނަން ބުނެލި އެވެ. “އޯކޭ އެކަމު ކީއްވެތަ އެރަށްނެގީ؟” ރާޔާ އެއްސެވެ. “އެއީ އަހަރެންގެ ކުރީގެ އެކުވެރި އަކާއި އެކު ސްކޫލް ޓްރިޕް އަކަށް އެ ރަށަށް ދިޔައީމަ އަދި އެތާން ގައި ކުޑަކުޑަ ބިޒްނަސް އެއް އެބަ އޮތް އެހެންވެ” އިވާން ހިނިތުން ވެލި އެވެ. “އަހަރެން ވެސް ފްރެންޑް އެއްގެ ހަނދާން ހުންނަ ތަނެއް އެއީ”ރާޔާ އޭނާގެ މޭމަތީގައި އަތް އަޅާލި އެވެ. “އޯ!!” އިވާން ބުނެލި އެވެ.
ދެ ދުވަސް ފަސް…
ބިޒްނަސް ޓްރިޕްއަށް ދިޔުމަށް ރާޔާ ތައްޔާރު ވަމުން ދިޔަ އެވެ. ދެން ގަޑިން 5:30 ވެލި ހާއިރު ފެރީ ޓާމިނަލް އަށް ދާން ހިންގާގަތެވެ. ޕިއް ޕީއް ކާރުގެ ބަރުގަން އަޅާއަޑު އިވުމުން ރާޔާ ފަހަތަށް ބަލާލި އެވެ. “ރާޔާ އަރާ” ކާރު ތެރޭގައި ހުރި މީހާ ބުނެލި އެވެ. “އިވާން!! މާއިން ވެސް ދޭތަ ޓްރިޕް އަށް؟” ރާޔާ އިވާން އާއި އެވު ކާރު ތެރޭގައި މާއިން ހުރުމުން ބުނެލި އެވެ. “ނޯ މަށެއް ނު ދާނަން” މާއިން ލާނެތް ގޮތަކަށް ބުނެލި އެވެ. “މީން ކަނޑު މައްޗައް އަރާފިއްޔާމު ހޮޑު ލާނެ ވަތަށް ގަދަ ޔަށް” އިވާން ސަމާސާ ކުރަން ފެށި އެވެ. “ހިންގާ ދާން”ރާޔާ ކަރަށް އެރުމަށް ފަހު ބުނެލި އެވެ. ދެން އިވާން ކާރު ފުއްވަން ފެށި އިރު އޭނާގެ މިސްރާބް ހުރީ ފެރީ ޓާމިންލް އާއި ދިމާލަށް ށެވެ. ޓާމިންލް އެތެރެއަށް ވަނުމަށް ފަހު ޓިކެޓް ނަގައިގެން ޗެކް އިން ނިންމާފައި މަޑު ކުރަން އެތާން ގައި ހުރި ގޮނޑި އެއްގައި އިށީންދެލި އެވެ.ފެރީ އަށް އެރުމަށް ފަހު އެތާނަގައި ހުރި ހުސް ގޮނޑި ތަކުގައި އިށީންނި އެވެ.
*********************************************************
އެނދު މަތީގައި ނިދާފައި އޮތް ރީށާއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގު ވާ އަޑަށް ށެވެ. އޭރު ގަޑިން 6:00 ޖެހީ އެވެ. ރީށާ އަވަހަށް ތަން މަތިން ތެދުވެ ތަން މަތި ރީތި ކުރުމަށް ފަހު ދިޔައީ ފާޙާނާ އާއި ދިމާލަށް ށެވެ. ފާޙާނާ އަށް ވަދެ ފްރެޝް ވެލައިގެން ނިކުމެ އަލަމާރިން ވިލް ނޫކުލައިގެ ޓޮޕްކޮޅަކާ ކަޅު ކުލައިގެ ސްކިނީ އެއް ނެގުމަށް ފަހު އޭއްޗިސް ލާގެން ނިކުތީ ހެނދުނުގެ ނާސްތާ ނެގުމަށް ށެވެ. ސައި ބޯ ނިންމާފައި ތަށި ތަށް ދޮވެ ބަންޑުން ޖެހުމަށް ފަހު އަތް ދަބަހާ ފޯނު ހިފައިގެން ދިޔައީ ކޮންޕެނީ އަށް ދިޔުމަށް ށެވެ.
މާދުރު ހިސާބަކަށް ނުދެވޭ ދުރު ދުރުން ރީށާ އަށް ކައިޒަން ފެންނަމުން ދިޔަ އެވެ. “ކާއި!!!” ރީށާ ކައިޒަން އަށް ގޮވައިލި އެވެ. ރީށާ ގެ ނަޒަރު ހުއްޓުނީ ކައިޒަން ކައިރީގައި ތިބި މީހުން ފެނުމުން އެވެ. ރީށާ މަޑުމަޑުން ހިންގާ ފައި އެމީހުން ކައިރިއަށް ދިޔަ އެވެ. އަދި ކައިޒަން ފަހަތުގައި ހުއްޓުނެވެ. “ކައިޒަން….
❤—ނުނިމޭ—❤
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

