*މާދުރު ހިސާބަކަށް ނުދެވޭ ދުރު ދުރުން ރީށާ އަށް ކައިޒަން ފެންނަމުން ދިޔަ އެވެ. “ކާއި!!!” ރީށާ ކައިޒަން އަށް ގޮވައިލި އެވެ. ރީށާ ގެ ނަޒަރު ހުއްޓުނީ ކައިޒަން ކައިރީގައި ތިބި މީހުން ފެނުމުން އެވެ. ރީށާ މަޑުމަޑުން ހިންގާ ފައި އެމީހުން ކައިރިއަށް ދިޔަ އެވެ. އަދި ކައިޒަން ފަހަތުގައި ހުއްޓުނެވެ. “ކައިޒަން….*
ރީށާ މަޑުމަޑުން ގޮވާލިއެވެ. ކައިޒަން ފަހަތަށް ބަލާ ލިއެވެ. ރީށާ ފެނުމުން ކައިޒަން ހައިރާން ވި އެވެ. “ރީށާ!!” ކައިޒަން އަށް ބުނެވުނެވެ. “އެއްކަލަ އަންހެން ކުއްޖާ” އެތާންގައި ހުރި އެހެން ފިރިހެން ކުއްޖެއް ބުނެލި އެވެ. “ކަލޭދޭބަ އަހަރެން އެބަ އަންނަން” ކައިޒަން މިހެން ބުނެފައި ރީށާ ގެ އެއްއަތުގެ ކުޑަހުޅުގައި ހިފާގެން އެތާންގައި ހުރި ހަދަމުން ދިޔަ ގެއެއްގެ ތެރެއަށްވަނެވެ. “ދޫކުރޭ ހަމަމިހާރު ތި ހަޑި މުޑުދާރު އަތުން އަހަތެންގެ އަތުގަ ހިފާގެން ނުވާނެ” ރީށާ ގަދަކަމުން ކައިޒަންގެ އަތް އޭނާގެ އަތުން ނައްޓާލި އެވެ. “ރީށާ އަޑުއަހާ ބަލަ ޕްލީޒް” ކައިޒަން އާދޭސް ކުރި އެވެ. “އަހަރެން ކައިޒަން ކަހަލަ ހަޑި މުޑުދާރު މީހަކާ އެކު އެކުވެރިއަކަށް ވީތީ އަހަރެން އަމިއްލަ މީހާ އާ ނަފްރަތު ކުރަން” ރީށާ ބުނެލި އެވެ. “ރީށާ އައިމް ސޮރީ އައި ޓްރައިޑަ ޓު ޓެލް ޔޫ ބަޓް…” “ބަޓް އަހަރެން ކައިޒަން ދެކެ ރުޅި އައިސް ފާނެތީވެ މި ކަން ސިއްރު ކުރީ” ރީށާ ލޯއަޅާލި އެވެ. މިހެން ބުނެފައި ރީށާ އެތަނުން ނިކުމެގެން ހިންގާގަތީ ކޮންޕެނީ އަށް ދިޔުމަށް ށެވެ. “ރީށާ ވާހަނައެއް ބުނަންތަ އަހަރެން މި ކަން ސިއްރު ކުރި ކަމަކީ އަހަރެން ރީށާ ދެކެ ވެވުނު ލޯތްބެއްގެ ސަބަބުން” ކައިޒަން ބުނެލިއެވެ. “އައިމް ނޮޓް އިންޓްރެސްޓެޑް” ރީށާ ބުނެލި އެވެ.
“ނުވާނަމޭ ނުދާނަމޭ މަ ލޯތްބެއް ދެން ނުވާނަމޭ
ނުކުރާނަމޭ ހުވާތަކެއް ކުރުމުން ހިތަށްވީ އުދާސްތަކޭ
ބޭނުން ނެތިގެން ނޫންހޭ ކަލާ ދުރުވީ މަށާ
ބޭނުން ފުރިގެން ވީމޭ މަލާ އެދުމުން މަށާ
ބޭނުން ނެތިގެން ކުރިޔޭ ފަނާ ނެތުމުން މަލާ
ތޭހުނު ހެރިގެން ކުރިޔޭފަނާ ތަރިތަށް އަނދާ
ނުވާނަމޭ ނުދާނަމޭ މަ ލޯތްބެއްދެން ނުވާނަމޭ
ނުކުރާނަމޭ ހުވާތަކެއް ކުރުމުން ހިތަށްވީ އުދާސް ތަކޭ…”
**********************************************
ފެރީގޮސް މުރާދޫ ފެރީޓާމިންލް ކައިރިއަށް ލެފި އެވެ. ދެމީހުން ފެރީއިން ފޭބުމަށްފަހު ޓާމިނަލް އިން ބޭރަށް ނިކުންނި އެވެ. “ދޮންބޭ!!” އެތާން ކުރިމަތީގައި ހުއްޓުނު ކާރެއްގައި އިން މީހިކު ބުނެލި އެވެ. “މާހީ!! ލޯންގް ޓައިމް ނޯ ސީ” އިވާން ހިނިތުން ވެލާފައި ބުނެލި އެވެ. “ރާޔާ މީއަހަރެން ގެ ކަޒިން އެއް އަހަރެން ގެ ސެކެންޑް ފޭވޮރިޓް މެންބާ އިން މައި ފެމަލީ… މާހީ މީ ދޮންބެގެ ސެކްރެޓަރީ ރާޔާ…..” “ކުޑޫ!!!!!” އެތަނަށް އާ ފިރިހެން ކުއްޖަކު ބުނެލި އެވެ. “ރައިހާން!!” ރާޔާ އަށް ރައިހާން ފެނުމުން ބުނެލި އެވެ. “ކުޑޫ އަހަރެން ކައިރީގަ ނުވެސް ބުނެ ތިއައީ އެނީވޭ ތެންކްސް”ރައިހާން ބުނެލި އެވެ. “މީ ކާކުތަ ރާޔާ؟” އިވާން އަހައިލި އެވެ. “މީ އަހަރެންގެ ކަޒިން ރައިހާން އަހްމަދް ރައިހާން މީ ކުޑޫގެ ބޮސް އިވާން އޯ ރިޗް ބޯއި” ރާޔާ ބުނެލި އެވެ. “ކުޑޫ އިގޭތަ މިއަދަކީ ރައު ގެ އުފަންދުވަސް ޝީސް ޓާނިން 14 ” ރައިހާން ބުނެލި އެވެ. “އަސްލޫ ހިންގާ އަވަހަށް ދަމާ ރައު އަށް ސަޕްރައިޒް އެއް ދާން… އިވާން މިއަދު ހަވީރުގަ ޑޮކިޔު މެންޓްސް އާގެން އުޅެން ހިންގާ ދޯ” ރާޔާ އިވާން އާއި ދިމާލަށް ބަލާލި އެވެ. “ޔާ މިރޭ މި ތަނުން އަހަންނާ ދިމާކޮށްލާ އޯކޭ”އިވާން ބުނެލި އެވެ. “އޯކޭ…. ދަނީ އިންގޭ ދާން ކޮއްކޮ ގެ ބާތް ޑޭ މިއަދަކީ” މިހެން ބުނެފައި ރާޔާ ރައިހާން ގެ ސައިކަލް ގެ ފަހަތަށް އެރި އެވެ.
ރައިހާން ގޮސް ސައިކަލް މަޑުކުރީ އޭނާގެ ގޭކައިރީ ގަ އެވެ. “ޝްޝްޝް މީ ރައިގެ ސަޕްރައިޒް އެއް އޯކޭ ކުޑޫތީ އަހަރެންގެ ފަރާތުން ރައު އަށްލިބޭ ޕްރެޒެންޓްއެއް” ރައިހާން ސިއްރު ސިއްރުން ބުނެލި އެވެ. “ސީރިއަސްލީ؟!” ރާޔާ ވާނުވާ ވި އެވެ. “ރައު ދޮންބެ މިއައީ ރައު އަށް ޕާފެކްޓް ޕްރެޒެންޓް ހިފާގެން “ރައިހާން ގެއަށް ވަނުމާއެއް ޑައިލިގެއް ކިޔާލި އެވެ. “ކީކޭ ޕާފެކްޓް ޕްރެޒެންޓް އެކޭ؟ ދޮންބޭ އަހަންނަކީ 10 އަހަރުގެ ކުޑަކުއްޖެއްނޫނޭ އަހަންނަކީމިހާރު 14 އަހަރުގެ އަންހެން ކުއްޖެކޭ” ރައުލާ ލެކްޗަރެއް ދިނެވެ. “ރައިހާން ކައިރީގަ ބުނީމެއްނު ވޯކްއެއް ނުކުރާނޭ ކުޑޫ ބުނާގޮތް ނަހަދަންޏާމު ވާނެ ގޮތް ތީ” ރާޔާ ސަމާސާ ކުތަން ފެށި އެވެ. “ކުޑޫ؟! ކުޑޫ ލޯންގަ ޓައިމް ކިހިނެތް ތަ މާލެ …. މާމަ އާ ކުޑައްތަ ގެ ހާލި ރަންގަޅުތަ ؟ މާލޭގެ ސުކޫލު ތަކުގަ ރަންގަޅަށް ކިޔަވާދޭތަ ؟ ކުޑޫ އަށް މިހާރު ކިތަށް އަހަރު ތަ؟ ކުޑޫ މަސައްކަތް ކުރަނީ ކޮން ކޮންޕެނީ އަކުގަތަ؟ ކުޑޫ…” “ރައު ޗިލް “ރައިހާން ރައުލާ ގެ ވާހަކަ މެދުކަނޑާލި އެވެ. “ކުޑައްތަ ގެ ހާލު ރަނގަޅު އެކަމު މާމަ ތަންކޮޅެއް ބަލި ކޮށްއުޅެނީ އިރާދުކުރެއްވިއްޔާމު މާމަގެ ހާލު އެއްކޮށް ރަނގަޅު ވާނެ.. ދެން އާން މާލޭގެ ސުކޫލް ތަކުގެ ކިޔެވުން ރަނގަޅު… ކުޑޫ އަށް މިހާރި 20 އަހަރު ފުރެން މި ދަނީ ދެން ކުޑޫ މަސައްކަތް ކުރާ ކޮންޕެނީ އަށް ކިޔަނީ ޕީ.އެޗް.އެލް ކޮންޕެނީ ސުވާލު ތަކަށް ޖަވާބު ލިބިއްޖެ ދޯ” ރާޔާ ރައުލާ ކުރިއްޔާ ކުރި ސުވާލަކަށް ޖަވާބު ދިނެވެ. ދެން ތިންމީހުންވެސް ބަލާލީ ގޭގެ ބޮޑު ދޮރު ހުޅުވީ ކާކުތޯ ބެލުމަށް ށެވެ. “ތުއްތާ !!” ގޭގެ ދޮރު ކައިރީގައި ހުރި ރަޒްލާ ފެނުމުން ނެވެ. “ރާއްކޯ ބަލާބަލަ ތުއްރަ ކައިރީގަ ނުވެސް ބުނެ އާވަރު” ރަޒްލާ ބުނެލި އެވެ. “ސަޕްރައިޒް … އޯ ތުއްތާ އަހަރެން މިއައީ އެއްހަފްތާ އަށް ބިޒްނަސް ޓްރިޕް އަކަށަ އަހަރެން މަސައްކަތް ކުރަމުން ދާ ކޮންޕެނީގެ ޗެއާރމެން އާއެކު” ރާޔާ ބުނެލިއެވެ. “އޯކޭ ރާއްކޮ ދޭ ކުޑަކޮށް ރެސްޓު ކުރަން ” ރަޒްލާ މިހެން ބުނުމުން ރާޔާ ދިޔައީ އޭނާ އަށް ހުންނަން ހަމަޖެހިފައިވާ ކޮޓަރި އަށްށެވެ. ކޮޓަރިއަށް ވަތް ގޮތަށް އެންމެ ފުރަތަމަވެސް ދަބަސް އަންޕެކް ކޮށްފައި ތުވާލި ހިފައިގެން ވަނީ ފާޙާނާ އަށް ށެވެ. ދެން ފްރެޝް ވެލާގެން ނިކުމެ ހުދު ކުލާގެ ޓީޝާޓަކާ ފަލަ މަސްގަނޑާހަމައަށްދާ ވަރުގެ ކުރު ނޫން ކަޅުކުލާގެ ސޯޓުކޮޅެއް ލާގެން ރާޔާ އެނދުމައްޗަށް ވެއްޓުނެވެ. އެހެން އޮއްވާ ރާޔާ އަށް ނިހުނެވެ.
8 ގަޑިއިރު ފަސް …
ގަދަނިދީގައި އޮތް ރާޔާ އަށް ހޭލެވުނީ މީހަކު އޭނާގެ ކޮޓަރީގެ ކުޑަދޮރުގައި ޓަކި ޖަހާ އަޑަށްށެވެ. “ރާޔާ ރާޔާ…” ރާޔާ އޭނާ ގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައި ހުއްޓުނެވެ. އެއްށްފަހު ކުއްލި އަކަށް ދޮރު ހުޅުވާލި އެވެ. “އިވާން؟! ގޭގަ ބޮޑު ދޮރެއް ހުރިކަން އިނގޭތަ؟” ރާޔާ ލޯއަޅާލި އެވެ. “އެބައުޓް ދެޓް ދޮރުގަ ހުރީ ތަޅުލާ ފަ” އިވާން ބުނެލި އެވެ. “ކީކޭ އެބަ އަންނަން ބަލާލާފަ” މިހެން ބުނެފައި ރާޔާ ކޮޓަރިން ބޭރަށް ނިކުތެވެ. “ރައު ރައު ރައުލާ” ރާޔާ ރައުލާ އަށް ގޮވަމުން ދިޔަ އެވެ. “ކީކޭ ކުޑޫ ކިހިނެތް ވީތަ؟” ރައުލާ އޭނާގެ ކޮޓަރިން ނިކުތް ގޮތަށް ބުނެލި އެވެ. “ގޭގަ ތަޅުލާގެން ތަ ތިހުރީ؟” ރާޔާ އެއްސެވެ. “އާން ކިހިނެތް ވީތަ” ރައުލާ ލާނެތް ގޮތަކަށް ބުނެލި އެވެ. “ކަމެއް ނުވޭ ހަމަ ބަލައިލީ” ރާޔާ މިހެން ބުނުމަށް ފަހު އޭނާގެ ކޮޓަރި އާއި ދިމާލަށް ދިޔަ އެވެ.
“ހްމްމްމް، މީ ރާޔާ ކުޑަ އިރުގަ ހުންނަ ގޮތަކީ … ހެހް މަށާ ކިޔާ ވަރެއް ނުވޭ… މީ ކޮން ފިރިހެން ކުއްޖެއް…ހެއި”އިވާން އަމިއްލަ މީހާ އާއި ވާހަކަ ދައްކަން ހުރެފައި ރާޔާ ކޮޓަރި އަށް ވަނުމުން ބުނެލި އެވެ. “ހެއި ކިހިނެތް ވީތަ ކުއްލި އަކަށް ސައްސާގެން ތި ދިޔައީ؟” ރާޔާ އަހައިލި އެވެ. “ކަމެއް ނުވޭ ރާޔާ ސުވާލެއް އަހަން ތަ މި ފޮޓާގަ މީނީ ކޮން ފިރިހެން ކުއްޖެއް ތަ؟” އަވާން ރާޔާ ގާތުގައި އެއްސެވެ. “ޕްފެދިކް އެއީ އަހަރެން މުޅި އާއިލާ ތެރެއިން އެންމެ ރުޅި އަންނަ މީހާ” ރާޔާ ދަތް ވިކާލާފައި ބުނެލި އެވެ. “އޯ އެއީ ރާޔާ ގެ ކާކުތަ؟” އިވާން ބިރުން ހުރެ ބުނެލި އެވެ. “އަހަރެން އެބައަންނަން އެއްޗިސް ބަދަލް ކޮއްލާގެން އިވާން މަޑު ކުރޭ ބޭރުގަ އަހަރެން އެބަ ނިކުންނަން ވަރަށް އަވަހަށް”ރާޔާ ކުޑަ ދޮރު ލައްޕަމުން ބުނެލި އެވެ. “އޯކޭ އެކަމަކު އެތަނަށް ދަމުން ރާޔާ ޖެހޭނެ އަހަރެން ގާތުގަ އެއީ ކާކު ތޯ ބުނަން”އިވާން ބުނެލި އެވެ. ރާޔާ އަވަސް އަވަހަށް އެއްޗިސް ބަދަލް ކޮށްލާގެން ދިޔައޫ ބޭރަށް ށެވެ. “ރައު ކުޑޫ އަންނާނަން އިންގެ19:45 ވެލާއިރަށް އޯކޭ” ރާޔާ މިހެން ބުނެފައި ނިކުތީ ބޭރަށް ށެވެ. އެވަގުތު އިވާން ހުރީ އޭނާގެ ކާރުގައި ލެގީލާގެން އެވެ. “ކާކަށް ފޮނި ދައްކަން ތަ ތިއުޅެނީ”ރާޔާ ހީލާފައި ހުރެ ބުނެލި އެވެ. “އަހަންނޭ ސުވާލު ކުރަން ޖެހެނީ” އިވާން ބޮޑާ އަޑަކުން ބުނެލި އެވެ. “ހެހް ކުޑަކުއްޖެއް ދޯ” ރާޔާ ސަމާސާ އަކަށް ބުނެލި އެވެ. “މާގިނަ ވާހަކަ ނުދައްކާ ކާރަށް އަރާ ބަލަ އިރު އޮއްސުމުގެ ކުރިން އެތަނަށް ގޮސް ލާފަ ކެފޭ އަކަށް ޖައްސާލެވޭނީ އޭރުން”އިވާން ބުނެލި އެވެ. ރާޔާ ތުން އަނބުރާލާފައި ކާރަށް އެރި އެވެ. އިވާން ވެސް ކާރަށް އެރި އެ އެއަށް ފަހު ކާރު ދުއްވަން ފެށި އެވެ. “ކޮންތާކަށް ތަ މަ އިނގޭނެ” އިވާން ބުނެލި އެވެ.
މާ ގިނަ އިރެއް ނުވޭ އެހިސާބަށް ދެވުނެވެ. ރާޔާ އާއި އިވާން ކާރުން ފޭބި އެވެ. އެ ތަން ފެނުމާއި އެކު ރާޔާގެ ދެލޯ ބޮޑު ވި އެވެ. “އިވާން ކިހިނެތް އިވާން އަށް މިތަން އިންގުނީ؟ މީ އަހަންނާއި އަހަރެންގެ ބެސްޓް ގާއި ފްރެންޑް ގެ ޓޮޕް ސީކްރެޓް” ރާޔާ ހައިރާން ވި އެވެ. “ރާޔާ ހިއެއް ނުކުރަން އަނެއްކާ ވެސް އަހަރެމެން ދިމާ ވާނެ ކަމަކަށް… ބަޓް އައިމް ޕްރައުޑް ވީ މެޓް އަގެއިން” އިވާން މިހެން ބުނެފައި ހީލިއެވެ. “އިވާން ނޫން ވާން!!” ރާޔާ އަނގަ މަތީގައި އަތް އަޅާލި އެވެ. “ލޯން ޓައިމް ނޯސީ ރާޔާ އެހެންނޫނީ ރާ!!” އިވާން ބުނެލި އެވެ.
❤—ނުނިމޭ—❤
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


hi
i really like this stry hama varah hambeys stry eh ekam baeh than than dhey vaanuvaa ah ves butt varah reethi…❣❣??
and lavaige lyrics eyga ebain kuda mahssla ehh olhifa einee
~ beynun nethigen noonhey kalaa dhuruvee mashah
veynun furigen veemey alhaa nethumun malaa
eyru fudhigen heevey vashaa tharithah araa
feyhunu herigen kuriyey fanaa kashithah gayaa ~
lyrics ge nubaikohh anehhhen liyevifa in thakolhakee mee
but over roll the stry, best… keep it up ❤❤❤
you have my support??