Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝުދޫ ***** (17) ވަނަ ބައި

DESTINY2020 Level 210 Stories
August 11, 2015 5 Mins Read
35 Comments

 
” އާނ ހަނދާންވެއްޖެ… އެކަމު ބުނަންތަ ވާހަކައެއް؟ ދެބަހުން ވާހަކަ ނުދައްކާ ދިވެހިން ވާހަކަ ދެއްކިއްޔާ ރަނގަޅީ؟” އަހަރެން ބުނީމެވެ.

” އޯކޭ. އެކަމު ޕްރޮމިސްކުރޭ މިރޭ ދިމާކުރާނެކަމަށް…. ޕްލީޒް.. ޕްލީޒް.. ޕްލީޒް..” ޝާނާ އާދޭސްކުރަންފެށިއެވެ.

” ޕްރޮމިސްއެއް ނުކުރެވޭނެ.” އަހަރެން ގިނަ ވާހަކަދައްކާކަށް ބޭނުމެއްނޫނެވެ.

” ވަރަށް މުހިއްމުވީމަ ޢާޒިމްއާއި ބައްދަލުކުރަން މިބުނީ. ޕްރޮމިސް ނުކުރިޔަސް ދެންބުނެބަލަ މިރޭ ބައްދަލުކޮށްލާނަމޭ. ޕްލީޒް.” ޝާނާ ތުއި އަޑަކުން ބޮޑާ ހާކާންފެށިއެވެ.

” އޯކޭ. ބަލާނަން.” އަހަރެން ފޯންކަނޑާލީމެވެ.

ތޭންކްސް ޖަހާފައި ޝާނާ އަހަންނަށް މެސެޖެއް ފޮނުވާލިއެވެ. އަހަރެން ސަމާލުކަމެއް ނުދެމެވެ. އަނެއްކާ މީކާކުހެއްޔެވެ؟ މިޝާމާ މީ އަދި ކިހާވަރެއްގެ އަންހެންކުއްޖެއް ހެއްޔެވެ؟ ތަންކޮޅެއް ކުރިން ނަސަންދުރާކައިރިން ދިމާވިޔޭ ކިޔާފައި އަހަންނާއި ދިމާކުރަން ޖެހޭބާވައެެވެ؟ އަނެއްކާ މިޝާނާ މިއުޅެނީ ކޮންކަމެއް ހިންގަން ބާވައެވެ؟ ނޫނިއްޔާ މީ އަނެއްކާ ޝުދޫ އަހަންނަށް ކުރާޖެއްސުމެއް ހެއްޔެވެ؟ ދެން ހެވެވެ. ވާންހުރި  ގޮތެއްވެދާނެތާއެވެ،. އިމާން ބުނިހެން އެއީ އަންހެން ކުއްޖެކެވެ. ހަނދާން ބަލިނޫންކަމުގައިވާނަމަ، ޝާނާއަކީވެސް ހުތުރުކުއްޖަކަށް ނުކިޔާނެއެވެ.

އަހަރެން އޮފީހުން ނިކުންނަަން ދިމާކޮށްލި ތަނާހެން އިމާން އައިސް އޮފީހަށްވަނެވެ.

” ކޮބާ ޝާނާ؟ ދިމާކުރަންތަ  ތިވިސްނަނީ؟” އިމާން މީ ހަމަ ފިރިހެނެކެވެ.

” ދެން އެނޫން ގޮތެއްނެތް. އެހެންނޫނީ އަހަރެން ޖެހޭނީ އަބަދު ފޯން ނިވާލައިގެން އުޅެން.” އަހަރެން ބުނީމެވެ.

” ތީދަނީ މިހާރު ރަނގަޅަށް. އަހަރުން ކައިރިން ދަސްކޮށްބަލަ ދުނިޔެ އުޅެން. އޭރަށް ނުވާނެ ގެއްލުމެއް. ކީއްކުރަންތަ އަބަދު ތިޝުދޫއަކާއިގެން ތިބޯގާނަނީ. އެއީ ދުވަހަކުވެސް ފެންނާނެ މީހެއްނޫންކަން ނޭނގެ. އަނެއްކޮޅުން ޝާނާ އިސްވެ އެގުޅަނީ ބައްދަލުކޮށްލަން. ގޮއްސަ ބައްދަލުކުރީމަދޯ އެނގޭނީ އެމަލުގެ ހުރި ވަރެއްވެސް.” އިމާން ވާހަކަދައްކަމުން ދިޔައެވެ.

” އޯކޭ. އަހަރެން ދިމާކުރާނަމޭ. އަހަރެން ނޫޅެންދިމާ ނުކުރާކަށް. ދިމާކުރާނަމޭ. ދެން އިތުރު ވާހަކަ ނުދައްކާ. ކޮބާ ދިޔަ ކަންތައްތައްވިތަ؟” އޮފީސް މަސައްކަތާ ބެހޭ ސުވާލެއް އަހަރެން ކޮށްލީދެނެވެ.

” ހުރިހާ ކަމެއް ބަރާބަރު. މާދަމާ ލިބޭނެ ހުރިހާ ޑޮކިއުމަންޓްސް. އޯކޭތަ؟”އިމާން ބުނެލިއެވެ.

” ވަރަށް ބަރާބަރު. އިމާން ކަހަލަ އިތުރު މީހަކު ލިބިއްޖެއްޔާ ދެން އެނިމުނީ. އަހަރެން ދެން ދަނީ. މިހާރު އެއޮތް ހައެއް ޖަހަނީ.” އެހެން ބުނެފައި އަހަރެން އޮފީހުން ނިކުންނަން ހިނގައިގަތީމެވެ.

” ބެސްޓް އޮފް ލަކް ބްރޯ.” އިމާން ހެމުން ބުނެލިއެވެ.

ގެއަށް ދިއުމުގެ ކުރިން ކޮފީއެއް ބޯލުމަށްޓަކައި އަހަރެން ދިޔައީ ލިލީޒް އަށެވެ. ގޮސް ކޮފީއަކަށް އޯޑަރ ދިން ތަނާހެން ޝިފާ ގުޅާލިއެވެ. އަހަރެން ފޯނެއް ނުނަގަމަވެ. އެކަމަކު ތަކުރާރުކޮށް ޝިފާ ގުޅަންފެށުމުން އަހަރެން ފޯނު ނެގީމެވެ.

” ކޮބާ ކޮންތާކު؟” ޝިފާ ސުވާލުކޮށްލިއެވެ.

” ލިލީޒްގަ ކޮފީބޮނީ؟” އަހަރެން  ބުނީމެވެ.

” ވަރަށް ގޯސް. ކޮފީ ބޮނީތަ އަހަންނަށް ނުދީ؟” ސިފާ ހެމުން ބުނެލިއެވެ.

” ނޫނޭ. ރޭގަ ޝިފާ ދެއްކިވާހަކަޔަކުން ޝިފާއަށް ނުގުޅީ.” އަހަރެން ބުނީމެވެ.

” އަހަންނަށް ދެއްކުނީތަ އަނެއްކާ ގޯސް ވާހަކައެއްރޭގެ؟” ޝިފާ އަނހާލިއެވެ.

” ނޫނޭ. ޝިފާ ތީ ވަރަށް ރަނގަޅަށް އުޅެން ވިސްނާ ކުއްޖެއް. އެހެންވީމަ މިދޭތެރޭގަ ދުރުމިނެއް ބާއްވަންޖެޙޭނެދޯ.” އަހަރެން ބުނީމެވެ.

” ތީ ރަނގަޅު ވާހަކައެއް. އެކަމަކު އޭގެ މާނައަކީ ރައްޓެހިކަން ކަނޑާށެކޭނޯންދޯ. ދެން އޯކޭ. ފަހުން ގުޅާނަން. ބިޒީ،” އެހެން ބުނެފައި ޝިފާ ފޯން ބޭއްވިއެެވެ.

ޝިފާވެސް އެބުނީ ދޮގެއް ނޫނެވެ. ރޭގައި ޝިފާ ގޯސް ވާހަކައެއް ނުދައްކައެެވެ. ޝިފާދެއްކި ހުރިހާ ވާހަކައަކަށް އަހަރެން ތަޢުރީފްވެސް ކުރަމެވެ. ޝިފާގެ ވިސްނުން ގޯހެއްނޫނެވެ. އެހެންވެ ޙަޤީޤަތުގައި އަހަންނާއި ޝިފާއާއި ދޭތެރޭގައި ކޮންމެވެސް ދުުރުމިނެއް ބާއްވަން އަހަންނަށް ވިސްނުނީއެވެ. މާނައަކީ ރައްޓެހިކަން ކެނޑުމެއްނޫނެވެ. ޝިފާގެ އަމާޒަކީ ތެދުވެރި ވަފާތެރި ޞޯލިހު ޙަޔާތުގެ ބައިވެރިއެކެވެ. އަހަރެންގެ ގައިގައި އެ ސިފަތައް އެބަހުރިހެއްޔެވެ؟ އަހަރެންވެސް އިމާން ބުނިހެން ޝިފާޔަށް ހިތްކިޔައެވެ. ޝުދޫއަކީ ފެންނަ މޫނެއް ނޫނެވެ. އިވެނީ އަޑެކެވެ. އެކަމަކު ޝިފާއަކީ އަހަންނާއި ވާހަކަދައްކާ ރީތި އަންހެން ކުއްޖެކެވެ. ދެތިން ފަހަރަށް ވަނީ ދިމާވެފައެވެ. ތެދަށް ބުނާނަމަ، އަހަރެމެން ދެމީހުންގެ ދިރިއުޅުމުގެ ފަލްސަފާ ވަރަށް އެއްގޮތެވެ. އެހެނަސް ޝިފާގެ ގާތުގައި އަހަންނަށް އަދި ލޯބީގެ އެއްވެސް ވާހަކައެއް ނުދެއްކެއެވެ. ދޭތެރެދޭތެރެއިން މިހިތަށް މިއަންނަ ޝުދޫއެއްގެ ސަބަބުން ބައެއް ކަންތައްތަކުގެ ހުރަހަކަށް އެކަން ވަނީއެވެ. އަދިވެސް ހިތުގައި ވަނީ އުންމީދެވެ. ޝުދޫ ފެންނާނެ ކަމުގެއެވެ. ކޮންމެވެސް އެއް ދުވަހަކުންނެވެ. ކޮންމެވެސް ތަނަކުން ޝުދޫ ފެންނާނެއޭ އަދިވެސް އަހަރެންގެ ހިތްބުނަނީއެވެ، ކީއްވެގެން ހެއްޔެވެ؟ ޝުދޫ އަހަންނަށް މިޖެއްސީ ކޮން ޖާދޫ އެއް ހެއްްޔެވެ؟ އެއީ އަނެއްކާ ޖާދޫ ގަރެއް ބާވައެެވެ؟ މިހެން ތަފާތު ފިރިހެނުން ޖާދޫގައި ޖައްސަމުން ދިއުމަކީ ޝުދޫ އުޅޭގޮތް ބާވައެެވެ؟

ކޮފީ ބޮއެ ނިމިގެން ދިޔައީ ގެއަށެވެ.

” ތޭންކްސް ޝުދޫ.” އަހަރެން ގެއަށް ވަންއިރު އެހެން ބުނެފައި ސުހާ ފޯން ބާއްވަނީއެވެ.

” މިހާރު ފޯނުންވެސް ޝުދޫއާއި ވާހަކަ ދައްކަނީތަ؟” އަހަރެން ސުހާއާއި ސުވާލުކޮށްލީމެވެ.

” ކޮބާތަ މައްސަލައަކީ؟ ބުނިންދޯ އެއީ ރައްޓެއްސެކޭ.” ސުހާ ރުންކުރުކޮށް ޖަވާބު ދިނެވެ.

” ނެތްތަ މިގެއަށް ޝުދޫ ގެނެވޭކަށް.” އަހަރެން މަޑުމަޑުން ބުނީމެވެ.

” އޯމައި ގޯޑް. ތޫ ޕާގަލްހޭ،.” އެހެން ބުނެފައި ސުހާގޮސް ވަނީ ކޮޓަރިއަށެވެ.

ދެން އަހަންނަށް ދެއްކޭނެ ވާހަކައެއް ނެތްތާއެވެ. އެކަމަކު ހިތަށް އެރިއެވެ. ޝުދޫއާއި ސުހާވާހަކަ ދައްކަން ޖެހޭ ހެއްޔެވެ؟ ޝުދޫ ސުހާއާއި މާގާތް ގުޅުމެއް މިއޮންނަނީ ކީއްވެގެން ހެއްޔެވެ؟ މިވަނީ އަނެއްކާ ކިހިނެއް ހެއްޔެވެ؟ މިކަންވެސް ބަލަން އެބަޖެހެއެވެ. އެކަމަކު އެކަން ބެލޭނެ ގޮތެއް އެބަ އޮތް  ހެއްޔެވެ؟ ހަޤީޤަތުގައި ސުހާގެ އެހީތެރިކަން ލިބިއްޖެނަމަ، ޝުދޫ އަހަރުމެންގެއަށްވެސް ގެނެވިދާނެއެވެ. އެކަމަކު އެހެނެއް ނުވާނެއެެވެ. ސުހާ އެކަމުގައި އަހަންނަށް އެހީއެއް ނުވާނެއެެވެ. ދުވަހަކުވެސް ނުވާނެއެވެ.

ޝާނާ އަހަންނަށް ގުޅީ ފެންވަރާ ނިމިގެން ކާން ފެއްޓި ތަނާހެންނެވެ.

” ކޮބާތަ؟ ނުވައެއްޖަހަނިއްޔޭ؟” ޝާނާ އުޅެނީ އަހަންނާއި ދިމާނުވެގެން ލަސްވެގެންނެވެ.

” އަހަރެން ކަނިއްޔޭ. ނިމިގެން މިގުޅަނީ.” އަހަރެން ބުނީމެވެ.

” ކީއްކުރަންތަ ތި ކަނީ؟ އަހަރެން ކާންދީފާނަމޭ ބުނި ތަނަކުން.” ޝާނާ ބުނެލިއެވެ.

” އޯކޭ. އޯކޭ. އެނގޭ ތިކަން.” އަހަރެން ހެމުން ބުނީމެވެ.

” އަވަސްކުރައްޗޭ. އައިއޭމް ވެއިޓިން.” ޝާނާ ފޯން ބާއްވަމުން ބުނެލިއެވެ.

ކައިނިމިގެން ހަމަޖެހިލުމަށްޓަކައި އަހަރެން ސޯފާގައި ޖައްސާލީމެވެ. އަންހެން ވެރިން ޓީވީ ބަލަނީއެވެ. އެންމެންގެ ފޭވަރިޓް ސްޓާރ ޕްލަސްއިން އަންނަ ހިންދީ ޑްރާމާއެވެ. އަހަރެންވެސް އެހެެންވެ ޑްރާމާ ބަލަން މަޑުކޮށްލީމެވެ. ހިންދީ ބަހުން ކިޔާ އެއްޗެއް ނޭގުނަސް މަންޒަރު ލޮލަށް ފެންނާނެތާއެެވެ. އެއީވެސް ކުޑަވަރެއް ނޫންކަން ނޭނގެއެވެ.

މިއޮތީ ވާ ކަމެކެވެ. އަނެއްކާ ޝާނާ ގުޅަން ފެށިއެވެ. ހިތަށް އެރިއެެވެ. މިޝާނާ މިއުޅެނީ ކޮންކަމަކާއި މޮޔަވެެގެން ހެއްޔެވެ؟ ދެ ޚިޔާލެއްގައި ހުރެފައި ފޯން ނެގީމެވެ. އެހެން ނޫނީ ދެން މިރޭ މިކަމަކުން ސަލާމަތެއް ނުވާނެކަންނޭނގެއެވެ.

” ކޮންތާކު ތިއިނީ؟” އަހަރެން ބުނީމެވެ.

” ވެލާނާ ބިލްޑިން ކުރިމަތީގައި.” ޝާނާ ބުނެލިއެވެ.

” މިދަނީ. ދީ ފަސްމިނިޓް.” އަހަރެން ސައިކަލަށް އަރާ ސްޓާޓްކޮށްލަމުން ބުނީމެވެ.

އަހަރެން ވެލާނާ ބިލްޑިންގ ކައިރިއަށް ދިޔައިރު ކުރިމަތީގައި އަންހެން ކުއްޖަކު ހުއްޓެވެ. ހައިހީލް އަށް އަރައިގެން އެންމެ ފަހުގެ ފެޝަން ހެދުން އަޅައިގެން އިނީ ޝާނާހެން އަހަންނަށް ހީވިއެެވެ. ކޮނޑުގައި ރަތްކުލައިގެ ހޭންޑް ބޭގެއް އަޅުވާލައިގެން އޭނާ ދެކޮޅަށް ހިނގާލަ  ހިނގާލަ ހުއްޓެވެ.

” ޝާނާ.” އަހަރެން ޔަޤީން ކޮށްލުމުގެ ގޮތުން ގޮވާލީމެވެ.

ބާރު ހިނގުމެއްގައި ޝާނާއައެެވެ. އައި ގޮތަށް އައިސް ސައިކަލުގެ ފަހަތަށް އަރާ އިށީނެވެ. އެހުމެއް ބެހުމެއް އެހެން ކަމެއްނެތެވެ. އަަހަރެން ކުޑަކޮށް ނުތަނަވަސް ވިއެެވެ.

” ކީއްތިކުރީ؟” އަހަރެން އެހީމެވެ.

” ތީ ކުޑަކުއްޖެއްތަ؟ ސައިކަލް ފަހަތަކަށްނު މިއެެރީ ހިނގާބަލަ ރައިޑަކަށް.” ޝާނާ ބުނެލިއެެވެ.

” ނުދެވޭނެ. ފުރަތަމަ ޖެހޭނެ ތީ ކާކުތޯ ޔަޤީން ކުރަން. ދައްކާ އައި.ޑީ.ކާރޑް.” އަހަރެން ބުނީމެވެ.

” އޯކޭ. ހާސް ކަނޑާލާ.” ޝާނާ ސައިކަލުން ފޭބިއެވެ.

ޝާނާއައިސް އަހަރެން ކުރިމައްޗަށް ހުއްޓުނެވެ. ދެން އޭނަގެ ހޭންޑް ބޭގް ހުޅުވާލިއެވެ.

” މިއޮތީ އައި.ޑީ.ކާރޑ. މީ ލައިސެންސް ކާރޑް. މިއޮތީ ޑެބިޓް އެންޑް ކްރެޑިޓް ކޭޝްކާޑު. މިއޮތީ އޮފީސް އައިޑެންޓިޓީ ކާޑު.’ އަދި އިތުރު ކާޑެއް ބަލަން ބޭނުންތަ؟” އެއްފަހަރާ ހުރިހާ ކާޑްތަކެއް އަހަންނަށް ދައްކާލަމުުން ޝާނާ ބުނެލިއެެވެ.

އަަހަރެން ކާޑްތަކަށް ބަލަމުން ގެންދިޔައީމެވެ. ޝާނާ ހެމުން ދިޔައެވެ. އަހަރެން ދިޔައީ ސީރިއަސްކޮށް ކާޑްތަކަށް ބަލަމުންނެވެ.

” މިހާރު ޤަބޫލުކޮށްފިންތަ އަހަރެންމީ ޝާނާކަމަށް.” ޝާނާ ހުރީ ހިނިތުންވެފައެވެ.

” އާނ.” އަހަރެން އެހެން ބުނުމާއިއެކު ޝާނާ ސައިކަލް ފަހަތަށް އެރިއެެވެ.

” އަސްލު ކީއްވެތަ ތިވަރަށް ތިޔަޤީންކުރީ؟” ސައިކަލްގެ ފަހަތުގައި އިނދެ ޝާނާބުނެލިއެެވެ.

” މިޝުދޫގެ ކަންތައްތައް. މިހާރު ނޭނގެ މީހަކަށް އިތުބާރު ކުރާކަށް.” އަހަރެން ބުނީމެވެ.

” ޢާޒިމް ޝުދޫގެ ވާހަަކަ ނުދައްކާ. ހިނގާ ކުޑަކޮށް ދުއްވާލާފަ ކޮފީއަކަށް. އަހަރުންދާނީ ސިޓްރޯންއަށް. އޯކޭ.” ޝާނާ ހާދަ އަވަހަަކަށް އަހަންނާއި މިގާތްވަނީ ކީއްކުރަން ހެއްޔެވެ؟

” ދެން ތިނޫންގޮތެއް ނޯންނާތާދޯ، ހިނގާދަމާ.” އަހަރެން ބުނީމެވެ.

ކުޑަ އިރުކޮޅަކު ސައިކަލް ދުއްވުމަށްފަހު، އަހަރެން ސައިކަލް ޕާރކް ކޮށްލީ ކާނިވާ ތެރޭގައެެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަނެއްކާ މިއުޅެނީ ކޮންކަހަލަ ޑްރާމާއެއް ކުޅެވެން ބާވައެެވެ؟ މި ޝާނާ މީ އަސްލު ކާކު ހެއްޔެވެ؟ މީނާގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަހަންނާއި ބައްދަލު ނުވެެގެން ހޭބޯރާނާ މީނަ މިއުޅެނީ ކާކު ކޯއްޗެކޭ  ބުނެގެން ހެއްޔެވެ؟ ސިޓްރޯން ތެރެއަށް ވަންނަމުން ދިޔައިރުވެސް އަހަންނަށް ވިސްނެނީއެވެ.

އަހަންނާއި ޝާނާއާއި ގޮސް ސިޓްރަންގެ މޭޒުކައިރީގައި ޖައްސާލީމެވެ. ގޮޑީގައި އިށީނުމަށްފަހު ފޯން ނަގާ މޭޒުމަތީގައި ބާއްވާލީމެވެ އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެހިސާބުންނެވެ. އޭގެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ވެއިޓަރުއައިސް މެނޭދިއްކޮށްލިއެވެ.

” އަހަންނަށް ގެނޭ ފްރެޝް އޮރެންޖް ޖޫސް. ދެން އިޓާލިއާނޯ ޕިއްޔާ. ދެން ޢާޒިމް ބޭނުން އެއްޗެއް ނަގާ ބޭނުން ވަރަކަށް. އައި ހޭވް އޯޕަން ބަޖެޓް. ” އަހަންނަށް ބަލާލަމުން ވޭޓަރަށް އޯޑަރު ކިޔައިދެމުން ޝާނާ ބުނެލިއެވެ.

” ގެނެ އައިސް ކޮފީއެއް.” އަހަރެން ބުނީމެވެ.

” ހާދަ ކުޑަގޮތެއް ތިހަދަނީ. ތިހެން ކަމަކު ނުދާނެ.” ޝާނާ ޝަކުވާ ކުރަން ފެށިއެވެ.

” ގެއިންކައިގެން އަހަރެން މިއައީ.” އަހަރެން އިތުރަށް ކާކަށްބޭނުމެއްނޫނެވެ.

” ތިހެން ހެދީމަ އަހަރެން ކިހާ ދެރަވާނެ. ވޭޓަރ ޢާޒިމަށް ގެނޭ ކްލަބް ސޭންޑްވިޗެއް.” ޝާނާ އެންމެފަހުން އަހަންނަށް ކާއެއްޗެއްސަށް އޯޑަރ ދިނީއެެވެ.

އަހަންނަށް ޝުދޫ ގުޅަން ފެށީ އެހިސާބުންނެވެ. ފޯން ރިންގ ވުމާއިއެކު ޝާނާ އަހަރެންގެ ފޯނަށް ބަލާލިއެވެ. އެއަށް ފަހު ފޯނު ނަގާ ފޯން ބިޒީކޮށްލިއެވެ.

” ކީއްތި ކުރީ؟ އެގުޅަނީ ޝުދޫއޭ؟” އަހަރެން ހިތްހަމަނުޖެހުމުގެ ރާގަށް ބުނީމެވެ.

” ކޮން ޝުދޫއެއް. އެއްވެސް ޝުދޫއެއް ނޯންނާނެ.” އެހެން ބުނިގޮތަށް ޝާނާ އަހަރެންގެ ފޯނު ނިވާލިއެެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ނާއީ ***** (3) ވަނަބައި

Next

ހިތަކުން ނުފިލާނެ 31

Next
August 11, 2015

ހިތަކުން ނުފިލާނެ 31

Previews
August 11, 2015

ނާއީ ***** (3) ވަނަބައި

35 Comments!

  1. Princess Noddy says:
    August 11, 2015 at 3:00 pm

    Dhen kon irakun tha thi shudhoo akaa dhimaa vani….Feshun thaa kairy v interesting… anyway waiting 4 next part.

    1. loiloi says:
      August 13, 2015 at 4:52 pm

      abady eha rythi nuvanetha……….. den kirkyo kiyanee

  2. au says:
    August 11, 2015 at 3:33 pm

    hey hey shaana aky aslu shudhu aximah vagotheh balan etha indhegen egulhydho vrh salhi ingey but maa kuru

  3. annn says:
    August 11, 2015 at 4:46 pm

    thee varehge shudhoo ehnun . adhivex noolhey fennaakah ………. but story vrh nice

  4. Aishaa says:
    August 11, 2015 at 6:20 pm

    Waiting 4 nxt prt

  5. Anonymous says:
    August 11, 2015 at 6:23 pm

    Mi baivs salhi dhn

  6. Mushtag says:
    August 11, 2015 at 6:57 pm

    Next part koniraku avas avas to night plx waitting ingey mirey nidhaanee up kureema ingey

    1. kiuni0o says:
      August 13, 2015 at 4:54 pm

      den nunidaa hunavynu,, eyna akah den nuliyane.. misitah vaahaleah,, mie den kiukurab kura moya kaneah, hiley sabahah nuliyashey mi kiyanu

  7. Anonymous says:
    August 11, 2015 at 7:47 pm

    next part kon irakun

  8. aathu says:
    August 11, 2015 at 8:26 pm

    Dhuvahakuves shudhoo aa dhimaavagotheh nuvey

  9. lyn says:
    August 11, 2015 at 9:42 pm

    Waiting waiting…next part….

    1. 10201 says:
      August 13, 2015 at 4:55 pm

      den waiting waitinga hurey,,

  10. Eeen says:
    August 11, 2015 at 10:19 pm

    Waiting for next part

  11. liu says:
    August 12, 2015 at 3:48 am

    azim ves galhynu… azim ves anhen kudhinnah v ketey…

    1. Anonymous says:
      August 12, 2015 at 6:20 am

      hmm……. dhw

    2. xeto says:
      August 13, 2015 at 4:49 pm

      eyna galhivanetha,, miee story ekey ok

  12. neem says:
    August 12, 2015 at 7:43 am

    Mi shudhoo dheke v foohivey mihaaru.

    1. leena says:
      August 13, 2015 at 4:51 pm

      thiehen nubuney.. shudhoo ok

  13. Shaan says:
    August 12, 2015 at 5:42 pm

    Shabee ah vure kurin comment eh kurevijje

    1. shabee says:
      August 12, 2015 at 5:58 pm

      mihaaru keehve maa shabee shabee vefa thi ulheny

    2. Anonymous says:
      August 12, 2015 at 7:48 pm

      kn kameh thee dhnn

    3. xeto says:
      August 13, 2015 at 4:43 pm

      mynu kamakyy

  14. Shabee says:
    August 12, 2015 at 10:03 pm

    Mi shabee eh noon shaan ah reply kureekee… balaaba eyna ge innanee simple S eh… i ge innanee capital S eh..

  15. nihaa says:
    August 13, 2015 at 6:02 am

    Maakuryy

  16. zai says:
    August 13, 2015 at 2:01 pm

    Wow mi partvex v nice..keep it up..waitting for the next part

    1. xeto says:
      August 13, 2015 at 4:47 pm

      hada varekeydw ti vaney

    2. Anonymous says:
      August 13, 2015 at 6:36 pm

      varuthakeh thi vany xeto akah nu…. ehen meehunnakah noon…

  17. senali says:
    August 13, 2015 at 4:41 pm

    koba shudhoo.. adives dhima nuveythaa dhow

  18. maahy says:
    August 14, 2015 at 3:54 pm

    V reethi… n shudhuu aa azim aa bahdhalu vedhiyaba

  19. leen says:
    August 15, 2015 at 11:28 pm

    Sudhoo vaahakayakee ehves citeiga liyanfashaagen mihaathanah ninmun vaahakaei noon

  20. someone says:
    August 18, 2015 at 8:12 pm

    Vhka upload vaaleh haadha lahey dhw
    Mihaaru mi vhka kiyaahiyy vs kedijje

  21. Shaa says:
    August 24, 2015 at 1:11 am

    Den next part on Next Year on this date anoon vareh nuvaavne, aharaku thankolheh vaahakh nuliye huhtaliya maragalhuvaane kaneyge, lol….p

  22. neo says:
    September 16, 2015 at 11:23 pm

    mi vaahakaige dhen oiy bai avahah genesbala pleex

  23. aish says:
    October 2, 2015 at 8:21 pm

    Keeve hurihaaa vaaaha nunimaneee

  24. Sha says:
    March 19, 2016 at 9:03 am

    Alhey dhn mi vaahakaage aneh bai nuliyanii thr??

Comments are closed.

Next Episodeޝުދޫ ******* (18) ވަނަ ބައި←


All Right Reserved!