Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 30

BONDAY Level 210 Stories
August 11, 2015 3 Mins Read
18 Comments

” ބައްޕަމެން މިތިބީ އެމަޖެންސީ ރޫމްކައިރީގައި…! ” އާމިރުގެ އަޑުގައި އެކުލެވިގެންވީ އަސަރުން ފާޒިންއަށް ވަރަށް ބޮޑު ވަރު ވެއްޖެކަން މައިޝާއަށް އެނގުނެވެ. އާމިރުވެސް ފޯނުކަނޑާލާފައި ކައިރީގައި ހުރި ގޮނޑީގައި އިށީނީ ކޮޅަށް ހުންނާނެ ވަރުނެތިގެންކަންނޭގެއެވެ.

” އާމިރު…! ފާޒިންއަށް ވަރަށް ބޮޑުވަރުވެފައިތަ އޮތީ..؟  ” ވަދީފާއައިސް އާމިރުގެ އަތުގައި ހިފާ ތަޅުވައިގަންނަމުން އަނެއްކާވެސް ބުނެލިއެވެ. އާމިރު ހަމަ އެކަނި ބޯޖަހާލީއެވެ. ލޯބިވާ ދަރިފުޅަށް ވެފައޮތްވަރު އޭނަގެ ދުލުން ބަޔާންކޮއްދޭނެހާ ހިތްވަރެއް އާމިރުގެ ގަޔަކު ނެތެވެ. މައިޝާއާއި މިސްރާވެސް އައިސް އާމިރުމެންކައިރީގައި މަޑުކޮއްލީ އެވަގުތުއެވެ.

” މަންމާ..! ކޮބާ ފާޒިން..؟ ” ފައިބަމުން ދިޔަކަރުނަތަށް އަތުގެ ނުފުށުން ފޮހެލަމުން މައިޝާބުނެލިއެވެ.

” އެތެރޭގަ..! ” މައިޝާއަށް ޖަވާބުދިނީ އާމިރުއެވެ.

” އަހަރެން ބޭނުން އެތެރެއަށް ވަންނަން..! ” މައިޝާ ދޮރާދިމާލަށް ހިނގައިގަންނަމުން ބުނެލިއެވެ. ނަމަވެސް ކުރިއަށް އެޅިފިޔަވަޅާއެކު މައިޝާ ހުއްޓުނީ އާމިރު މައިޝާގެ އަތުގައި ހިފެހެއްޓުމުންނެވެ. މައިޝާ ބަލާލުމުން އާމިރު ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. މައިޝާއަށް ފާޒިންއޮތްގޮތް ފެނިއްޖެނަމަ ކޮންމެގޮތެއްވެސްވެދާނެކަން އާމިރުއަށް އެނގެއެވެ. ވަދީފާ ވަންނަން އުޅުމުންވެސް އާމިރު ދެކޮޅުހެދީ އެހެންވެގެނެވެ. މައިޝާ އިތުރުއެއްވެސް އެއްޗެއް ނުބުނެ އާމިރުކައިރީގައި ހުރި ގޮނޑީގައި އިށީނީ އިތުރުގޮތެއްނެތުމުންނެވެ. ހެއްދެވި ފަރާތަށް ދުއާކުރުން ނޫންގޮތެއް ނެތެވެ.

” ދަރިފުޅާ..! ކޮއްކޮ ގައިގައި ވަޅިއަޅައިގެން ހޮސްޕިޓަލަށް ގެނެސްފި…! ” އާމިރު ފަޒީލް މަތިން ހަދާންވުމުން އަވަސް އަވަހަށް ފަޒީލްއަށް ގުޅާލިއެވެ.

” ކޮއްކޮއަށް ވަރަށް ބޮޑުވަރުވިތަ އަނެއްކާ…؟  ” ފަޒީލްގެ އަޑުގައިވެސް ހާސްކަން އެކުލެވިގެންދިޔައެވެ.

ހަތަރު ގަޑިއިރަށްފަހު ފާޒިން އައި.ސީ.ޔޫއަށް ބަދަލްކުރާވާހަކަ ނަރުސްކުއްޖަކު އައިސް ބުނެލިއެވެ. އޭރުގަޑިން މެންދަމުން އަލިވެ ތިނެއްޖަހައިފިއެވެ. ފާޒިން އެމަޖެންސީ ރޫމުން ނެރުނުއިރު އޮތީ އޮކްސިޖަން ގުޅާފައެވެ. ގައިމަތީގައި ފޮތިގަނޑެއް އަޅާފައި އޮތުމުން ބެންޑޭޖު ކޮއްފައި ހުރިއެއްވެސް ތަނެއް ނުފެނެއެވެ. އެމަޖެންސީ ރޫމުން ނެރުނު ފާޒިން ފެނުމުން މައިޝާގެ ލޮލުން ހޯސްލާފައި ކަރުނަތަށް ފައިބައިގަތެވެ. ފާޒިން އެހާލުގައިވާއިރުވެސް މައިޝާއަކަށް އެއްވެސް ކަމެއް ކޮއްދެވޭކަށްނެތެވެ.

” ޖަމީލް…! ފާޒިންގެ ހާލް ރަނގަޅުތަ…؟  ” ޖަމީލްއައިސް އާމިރުމެންކައިރީގައި މަޑުކޮއްލުމުން އާމިރު އަހައިލިއެވެ.

” މާބޮޑަށް ސީރިއަސްއެއް ނޫން ވެފައި އޮތްވަރާ ބަލާފައި…! އެކަމަކު މޭކަށިގަނޑަށް ގެއްލުންވެފައި އިނީ…! ” ޖަމީލް ވާހަކަ ދެއްކީ ގޮނޑީގައި އިށީންދެގެންއިން މައިޝާއަށް ބަލަހައްޓައިގެންއިނދެއެވެ. މައިޝާގެ ހިތުގައި އަޅާނެ ވޭން ޖަމީލަށް އިހުސާސްކުރެވޭކަހަލައެވެ.

” ކޮންބައެއްތަ ފާޒިންއަށް ހަމަލާ މިދިނީ…؟ ” ޖަމީލު އާމިރުއަށް ބަލާލަމުންބުނެލިއެވެ. އާމިރު ކޮނޑުއަރުވާލީ ނޭގޭ ބުނާކަހަލަ ގޮތަކަށެވެ.

” ދަރިފުޅުމެން ދާންވީނު ގެއަށް…! ބައްޕަމެން މަޑުކޮއްލާލަން…! ފާޒިންއާއި ބައްދަލުވާނެ އިރެއްވެސް ނޭގެ…! ” އާމިރު އައިސް މައިޝާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. މައިޝާ ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

” އެއީ ތެދެއް…! ފާޒިން ހޭއަރާނެ އިރެއްވެސް ނޭގެ..! ކިތަންމެ އިރަކު މިތާގައި ތިއްބަސް ފާޒިން ހޭނާރަނީސް ބައްދަލެއް ނުކުރެވޭނެ…! ” ޖަމީލުވެސް ބެލީ މައިޝާއަށް ވިސްނައިދެވޭތޯއެވެ.

” ދަރިފުޅުމެން މާދަން ހެނދުނުވީމަ އަންނާނީ…! ” އަނެއްކާވެސް އާމިރު ބުނެލިއެވެ. މައިޝާ ބަލައިލީ ކައިރީގައި އިން މިސްރާއަށެވެ. މިސްރާގެ މޫނުމަތިން ނިދީގެ އަސަރުފެންނަން ހުރުމުން ހިތާ ދެކޮޅަށް މައިޝާ ގެއަށް ދާން ތެދުވިއެވެ. ވަދީފާ އެތާނގައި ބައިންދާފައި އާމިރު ދިޔައީ މައިޝާމެން ގެއަށްލާށެވެ.

ދޮރުގައި ދެފަހަރަށް ޓަކިޖަހާލި އަޑަށް މުނީރާގޮސް ކޮޓަރީގެ ދޮރުހުޅުވާލިއެވެ. މިސްރާ ނިދިއައިސްފައި ހުރިވަރުންގޮސް އެނދުގައި ޖައްސާލިއެވެ. މައިޝާގޮސް މުނީރާގެ ގައިގައި ބައްދާލައިގެންހުރެ ފެށީ ރޯށެވެ.

” މިވަގުތު ޖެހޭނެ ދަރިފުޅު ވަރަށް ހިތްވަރު ގަދަވާން…! އެހެންނޫނީ ފާޒިންވެސް ވަރަށް ދެރަވާނެ…! އެހެންނޫނަސް ދަރިފުޅުތީ އެހާ ހިތްބަލި ކުއްޖެއްވެސް ނޫނެއްނު…! ” މުނީރާ މައިޝާއަށް ހިތްވަރުދިނުމުގެ ގޮތުން ތަފާތު ވާހަކަތަށް ދައްކަމުންދިޔައެވެ. އެންމެ ފަހުން މައިޝާއަށް ނިދުނު އިރު ފަސްގަޑިބައިވެއްޖެއެވެ. މުނީރާ ހެނދުނު ހެނދުނާ ތެދުވީ ސައިހެދުމުގެ ބޭނުމުގައެވެ. ހަތްގަޑި ބައި އެހާކަންހާއިރު ގެއަށް ވަދެގެންއައި ވަދީފާއަށް ބަދިގޭގައި އުޅުނު މުނީރާ ފެނުމުން ހުއްޓުންއެރިއެވެ. އެވަގުތު ކޮޓަރިން ނިކުތް މައިޝާއަށް އެމަންޒަރު ފެނުމުން އަވަސް އަވަހަށް ވަދީފާ ކައިރިއަށް އައިސް މަޑުކޮއްލިއެވެ.

” ރޭގަ ފާޒިން ހޮސްޕިޓަލަށް ގެންދިޔަ ވާހަކަ ބުނިއަޑުއިވުނީމަ މަންމައަށް ސޮކެއް ލިބުނީ..! ޑޮކްޓަރުވެސް ކުރިންބުނި މަންމައަށް ސޮކެއް ލިބޭކަހަލަ ވާހަކައެއް އަޑުއިވެނިކޮށް ފަހަރެއްގައި ރަނގަޅުވެދާނެއޭ…!” މައިޝާ ވާހަކަ ދެއްކީ ބަދިގޭގައި އަވެދިނެތި އުޅުނު މުނީރާއަށް ބަލަހައްޓައިގެންހުރެ ބުނެލިއެވެ. މުނީރާއަށްވެސް އެވަގުތު ސިޓިންގްރޫމްގައި މަޑުކޮއްލައިގެން ތިބި މައިޝާއާއި ވަދީފާ ފެނުނެވެ.

” ވަދީފާ އައީތަ…؟ އަދިވެސް ފާޒިން ހޭނާރާތަ…؟ ” މުނީރާއައިސް މައިޝާމެން ކައިރީގައި މަޑުކޮއްލަމުން ބުނެލިއެވެ. އޭރު މުނިރާގެ މޫނުމަތީގައިވެސް ވަނީ ހިތާމައިގެ އަސަރެވެ. ވަދީފާ ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

” ދަރިފުޅު ސައިބޮއިގެން އަވަހަށް ދާންވީނު…! އޭރުންނެންނު ބައްޕަޔަށް އާދެވޭނީ…! ” ބަދިގެއާއި ދިމާލަށް ހިނގައިގަންނަމުން މުނީރާ ބުނެލިއެވެ. މައިޝާވެސް ވަދީފާގެ އަތުގައި ހިފައިގެން ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ.

އޮފީސްތެރެއަށް ވަދެގެންދިޔަ އިންހާގެ މޫނުމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. އިންހާ އޮފީސް ތެރެއަށް ވަދެގެންދިޔައިރު ބައެއް ސުޓާފުން އޭނައާއި ދިމާލަށް ބަލަންތިބީ ހައިރާންވެތިބެއެވެ. މީގެ ކުރިން ދުވަހަކުވެސް އެހާވަރަށް އިންހާ ހިނިތުންވެފައި ހުއްޓައި ނުފެނެއެވެ. ކެބިންއަށް ވަދެގެންއައި އިންހާ ފެނުމުން މުސައިފާވެސް އިންހާއަށް ބަލަހައްޓައިގެންއިނީއެވެ. މުސައިފާ ބަލަހައްޓައިގެން އިންކަން އިންހާއަށް އެނގުނީ އިރުކޮޅެއްވި ފަހުންނެވެ. މުސައިފާއަށް ބަލާލަމުން އިންހާ ނިތްއަރުވާލީ ކިހިނެއްވީހޭ އަހާލަކަހަލަ ގޮތަކަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

އިޢުތިރާފް

Next

ނާއީ ***** (3) ވަނަބައި

Next
August 11, 2015

ނާއީ ***** (3) ވަނަބައި

Previews
August 11, 2015

އިޢުތިރާފް

18 Comments!

  1. ihthu says:
    August 11, 2015 at 12:28 am

    mi partves reethi vaane kamah hykuran…

  2. hassu says:
    August 11, 2015 at 12:30 am

    Kurey kurey. Ehaa dhuvas khffa up kuraairu ves

  3. NiHa says:
    August 11, 2015 at 12:37 am

    Konthaaku ulhefa baa mihaa dhuvas kohfa up thi kury…hykuree vaahaka huttaaleekamah…any way it is awsom…

  4. ihthu says:
    August 11, 2015 at 12:41 am

    ihthu v bodah balivegen india ga ulhefa miaee…

    1. Azki says:
      August 11, 2015 at 10:18 pm

      GWs ihthu ! Thankolheh kuru but can understand your situation!

  5. Shudhoo says:
    August 11, 2015 at 12:43 am

    Pis pis pis ehaa dhuvas kohfa up kuraa iruves ehaa kuru

  6. lyn says:
    August 11, 2015 at 2:00 am

    Haadha kurey…but nice…lyn heekury mi vaahaka dhen ehkkon huttaaly kamah….konme dhuvahaku balan mi vaahaka up veytho…but…anyways thigu inthizaaru nimijje….heekuran avahah up kohdheyne kamah….

  7. Naughty says:
    August 11, 2015 at 2:03 am

    Thigothah vaahaka update nukurihyya ragalhee!! Last episode hadhaan nethey fahun Thi up vany new part eh ?

  8. fath says:
    August 11, 2015 at 6:00 am

    vaahaka liyun huttalan feney

  9. emiliya says:
    August 11, 2015 at 7:11 am

    thank u so much ihthu emiliya thought that u stopped the story…………. but anyways story is really awesome hoping forward to read it……………..

  10. kayaani says:
    August 11, 2015 at 7:31 am

    evan kayaani thought that u wudnt be continuing the story. but its really nice keep it up,,

  11. brogunda says:
    August 11, 2015 at 9:30 am

    4 udhares up vaaleh haadha laheyyyyyy

  12. Aishaa says:
    August 11, 2015 at 9:30 am

    Aishaa vs heekury huhtaaly kamah….Anyways….mi baivs v salhi…..ekam thankolheh kuru….next part kon irakun genes dheyny…next part varah varah dhigukon genes dhehchey

  13. Aishaa says:
    August 11, 2015 at 9:35 am

    brogunda….4 udhares aky ey ihthu ge vaahaka eh nun…..ey maasham ge

  14. shiha says:
    August 11, 2015 at 10:32 am

    So hapoy up kuryma… aslu hama hykury dhn huhtaaly kamah

  15. Sam says:
    August 11, 2015 at 2:39 pm

    Haadha rahumeh neh kudhin kolhekey dhw miulheny mivaahaka kiumuga…ihthu e bunii dhw vrh bodah balivegen india ga ey ulhefa aee..vaahaka up koh dhinythyve sukuru kuran vi thaaga mihury bunaa ehchehi ves ihthu ah..aw thanks egey ihthu..vrh nyc mi part ves..aw ihthu get well soon egey…

  16. aroo says:
    August 11, 2015 at 4:51 pm

    gws ihthu…. story v nice.. keep up d gud effort… bt next part thankolheh dhigu kohlahchey nge…. waiting for the next part 🙂

  17. fai says:
    December 6, 2016 at 12:58 pm

    Thankolheh kuri. Ekam story varah salhi.

Comments are closed.

Next Episodeހިތަކުން ނުފިލާނެ 31←


All Right Reserved!