“ދަރިފުޅާ.. ޝައިން އަކީ އެހާ ރަގނޅު ކުޖެއް ނޫން ދަރިފުޅު ހަޔާތައް ގެންނާކައް.. ބައްޕަ އަކައް ނުފެނޭ ދަރިފުޅު އޭނާއާއި ގުޅިގެން އުޅޭކައް.. އިސްޖެހިފައި އިން ޝިބާން ސިހިފައި ބައްޕަގެ މޫނަށް ބަލާލެވުނީ ސުވާލުން ފުރިގެންވާ ބެލުމަކުންނެވެ.
ސަބަބު އެނގެން ބޭނުން ވިޔަސް ހަނު ހުރުން އެއީ އެންމެ ރަގަޅު ގޮތް ކަމުގައި ބަލައިގެން ޝިބާން ކެތްކޮއްލިއެވެ. ” ދަރިފުޅައް އެނގޭނު އެއީ ނާސި ކުއްޖެއްކަން.. ނޫނީ ހަމަ އެނގި ހުރެވެސް ނެނގޭ ކަމައް ހަދައިގެންތަ ތިއުޅެނީ.. ނޭނގޭތަ އޭނަ އަމިއްލަ ބައްޕަވެސް އޭނަޔާ ބެހޭކަމެއް.. ހެޔޮނުވާނެ ދަރިފުޅާާ އެ އަންހެން ކުއްޖާއާ ދުރައްދޭ..” ޝިބާން ބައްޕަ ދުލުން އެންމެ ފަހުން ބޭރުވި ޖުމްލަ އާއި އެކުހެން ޝިބާންގެ ކެއްތެރިކަން ކޮޅުންލިއެވެ.. އިށިންދެގެން އިން ޝިބާން އަށް ބޭއިހްތިޔާރުގައި ކޮޅައްތެދުވެވުނެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުންގޮސް ހުއްޓެލީ ކޮޓަރީގައި ހުރި ސައިޑް ޓޭބަލް ކައިރީގައެވެ..
ވާނުވާ ނޭނގި ޝިބާން ބައްޕަ އަށް ހުރެވުނީ ޝިބާންގެ ހަރަކާތް ތަކައް ބަލަހައްޓައިގެންނެވެ. ކުއަލިއަކަށް ސައިޑް ޓޭބަލްގެ ދެވަނަ ވަތްގަނޑު ހުޅުވާލުމައްފަހު ސިޓީއުރައެއް ނެގިއެވެ. މިވަނީ ކީއްކަން ނޭނގި އިން ޝިބާންގެ ބައްޕަ ގާތަށް ޝިބާން ހުއްޓެލިއެވެ.
” ބައްޕާ.. އަޅުގަނޑަށް އެނގޭ ބައްޕަ އަޅުގަނޑަށް ދެރައަކައް އެވެސް ކަމެއް ނުކުރާނެކަން. އަޅުގަނޑު ދެކެ އިންތިހާ ލޯބި ވާކަންވެސް އެނގޭ.. ބައްޕަ އަލުގަނޑު ދެކެ ލޯބިވަ ފަދައިން އަޅުގަނޑު ޝައިން ދެކެވެސް ވަރަށް ލޯބިވޭ.. ބައްޕަ ތީ އަލުގަނޑަށް ވުރެ ކަންކަން ދަންނަ ހަރުދަނާ މީހެއް.. ބައްޕައައްވެސް ވިސްނެންވާނެ ފުރާފުރިހަމަ ވެފަ ހުރި އަންހެން ދަރިޔަކު އަމިއްލަ މުސްކުޅި ބައްޕަ އާއި އެކު އެކަހަލަ ނަހަމަ ގުޅުމެއް ހިންގާނީ ކޮއްމެވެސް އެހެން ސަބަބު ތަކެއްވެސް އޮތީމަކަން.. ކަމެއް އެނގުނަސް އެނގެންވާނީ އޭގެ ތެދުހަގީގަތް އެންމެ ފުންމިނަށް ބަލާފައޭ އަޅުގަނޑު ގާތު ބުނީވެސް ހުދު ބައްޕައެއް ނޫންތޯ… ބައްޕާ… ފަންސޫރުން ލިޔާމީހާ ލިޔާނީ އެ ފަންސޫރުގެ ދެލި ނެރެން ލަކުޑި ކޮށި މީހާގެ ބުރަމަސައްކަތައް ނުބަލައި.. އެކަމަކު އަޅުގަނޑު ބޭނުމެއް ނޫން ބައްޕާ އެއްގޮތަކައްވެސް އެ ގޮތައް ކަންތައް ކުރާކަށް.. އަޅުގަނޑު އަބަދުވެސް ބައްޕަގެ ނިންމުން ތަކައް ގަދަރުކުރަން އަދި ދެން އޮތްތާނގައިވެސް ކުރާނަން… ބައްޕާ އަޅުގަނޑަށަ ޓަކައި އަދިއެއްފަހަރު ހަގީގަތް ބަލާބަލަ..” އަތުގައި އޮތް ސިޓީ އުރަ ދިއްކޮށްލަމުން ޝިބާން ބުނެލީ އާދޭހުގެ ރާގެއްގައެވެ.
އިތުރަށް މަޑުކުރަން ނުހަދައި ޝިބާންގެ ބޮލުގައި ފިރުމާލުމައްފަހު ޝިބާން ބައްޕަ ނިކުމެގެން ދިޔައީއެވެ. ލިބުނު ހާސްކަމުން ޝިބާންގެ ބޯފަޅައިގެން ދާވަރުވިއެވެ. ހިޔާލުތަކަށް ގެއްލިފައިއޮތް ޝިބާންއަށް ނިދުނީ 4ވެސް ޖެހިފަހުންނެވެ..
*.*.*.*.*.*.*.*.*.*.*.*.*.*.*.*.*.*.*.*.*.*.*..*.*.*.*.*.*.*.*.*.*.*.*.*.*.*.*.*.*.*.*.*.*.*
އިރުގެ ރަން ދޯދިތަކުން ދުނިޔެއަލިކުރަމުން ދިޔައިރު ޝާއިން އޮތީ އަރާމް ނިންޖަކުން ފެންވަރާށެވެ. އަވިއަރާފައި ވިނަމަވެސް ބެލްކަނިން ވަންނަމުން ދިޔަ ތާޒާ ވައިގެ ސަބަބުން މުޅި މީހާގެ ހިތްފަސޭހަކުރުވާހާވެއެވެ. މާސްޓަރ ގޮދަޑީގައި ހުދު ބްލޭނަކެޓްއެއް ދަށުގައި އޮތް ޝައިން ސިއްސައިގެން ދިޔައީ އިވުނު ބާރު އަޑޫފައްގަނޑުގެ ސަބަބުންނެވެ..
ގައިމަތީގައި އޮތް ބަލޭންކެޓް އެއްފަރާތް ކޮއްލުމައްފަހު ބެލަކަންޏައް ނިކުތެވެ. ތައް ރީތިކުރުމައް އެުވަލައިފައި ހުރި މާ ޕޮޓްތަކުން ޕޮޓެއް ވެއްޓި ތެޅީފައި އޮތެވެ.. އިވުނު އަޑަކީ އެއީ ކަމުގްއި ބަލައި ތަން ކުޑަކޮއް ސާފުކޮއްލިއެވެ.. ހަލާކުވެފައިވާ ތަނަށް ތަދު ނުވާނެހެން ހުރިހާ ކަމެއް ކޮއްނިންމާލިއިރު މުޅި މީހާ ގައި ވަނީ ވަރަށް ބޮޑައް ހަޑިވެފައެވެ. ފެނަވަރައި ތާޒާ ވެލަން ބޭނުންވިނަމަވެސް މާޔޫސްވީ ލާނެ އިތުރު އެއްޗެއް ނެތީތީއެވެ. މާޔޫސްވެފައި އިން ޝައިން އަށް ދުރުގައި ހުރި އަލަމާރި ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. މަޑު ހިގުމެއްގައި ގޮސް އަލަމާރި ދޮރު ހުޅުވުމާއި އެކުހެން ދެލޯ ދިޔައީ ބޮޑުވެގެންނެވެ…
ތަފާތު އެކި ޑިޒައިންތަކުގެ ހެދުނަތައް ހުރި އިރު އެގެ ސައިޒް ހުރީ ޝައިންގެ ހަށިގަނޑާ އެންމެ ފިޓުވަރައްށެެވެ. ބަލާލި ކޮންމެ މީހަކަށް އެއީ ހުސް ޝައިންއަށް ހާއްސަކޮއް ގެނެސްހުރި އެއްޝެހިކަން ޔަގީން ވާނެއެވެ. ކޮންމެ ހެދުމެއްވެސް ބަލާލަން ރީތިވެފައި އެހާމެ ފުރިހަމައެވެ. ޝިބާން އަށް ޝުކުރު އަދާކުރުން ހައްގުކަން ޝައިން އަށް އިހަސާސްވިއެވެ. އަވަސް އަވަހައް ހިގާފައި ގޮސް ނިކުތީ ސިތިންގް ރޫމައަށެވެ. ނަމަވެސް ޝިބާން ފެންނާކަށް ނެތެވެ. ޝަބާން ދިޔައީ ކޮންތާކަށްބާއޭ ޝައިންގެ ހިތަށް އަރަމުން ދިޔައެވެ. އަނެއްކާ މިއޮއްބޮޑު ގޭގައި އޭނާ އެކަނި ކޮއްލާފައި ދިޔައީ ހެއްޔެވެ. މަސްހުނި ހިޔާލުތަކެއްގައި ހުރެ ފޯނު ކައިރީ ހުރި ސޯފާގައި އިށިނަދެލީ ޝިބާން އަށް ގުޅާލުމުގެ ނިޔަތުގައެވެ. ފޯނުގެ އަތްގަނޑު ނެގިނަމަވެސް ޝިބާން ގެ ނަންބަރު ނޭނގޭތީ ފޯނު ބެ=ޭއްވިއެވެ. އެވަގުތު ފޯނު ކައިރީގައި އޮތް ސިޓީއެއް ޝައިން އަށް ފެނުނެވެ..
” ޝާއިން.. އަހަރެން ޝާއިން މި ގޭގައި އެކަނި ބަހައްޓާފައި މިދަނީ ދާ ހިތަކުން ނޫން.. ޝައިން ބޭނުން ހުރިހާ އެއްޗެއް މި ގެއިން ލިބޭނެ.. އިތުރު އެއްޗެއް ބޭނުމިއްޔާ މޭޒު މަތީގައި އިން ބެލް އަށް ފިތާލާއިރަށް ނޯކަރުން އަންނާނެ. އަހަރެން ވަރަށް އަވަހަށް ޝައިން ގާތައް އަންނާނަން.. ޕްލީޒަ މިތަނުން ބޭރަށް ނުދާތި.. ޝާއިން ދެކެ ލޯބިވާ ޝިބާން..”
ޝައިންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައީ ޝިބަާން އޭނާދެކެ ހަގީގަތުގައިވެސް ލޯބިވާކަން ޔަގީން ވުމުންނެވެ.. 5މީހުންގެ ހެދުން އެއްފަހަރާ ލެވޭވަރުގެ ބޮޑު އަލަމާރީގެ ދޮރު ހުޅުވާލުމާއި އެކު ޝާއިންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އެކި ޒާތްޒާތުގެ އެކި ކުލަ ކުލައިގެ ހެދުންތަކުން މުޅި އަލަމާރިވަނީ ފުރިފައެވެ.. ހީވާގޮތުން ޝިބާން ވަރަށް ދުވަހުން ކޮއްފައިވާ މަސައްކަތެކެވެ.
ދުވަހަކީ ހޫނު ދުވަހެއްކަމުން ޝައިން ބޭނުންވީ ވީހާވެސް ގަޔައް އަރާމް ހެދުމެއް ލާށެވެ. ބޮޑު ހަރުވާޅަކާ ކުރުތާއެއް ނަގައިގެނަ ފާހަނާއާއި ދިމާލައް ޝައިން ހިގައިގަތެވެ. ކުޑަކޮއް ފެންވަރައި ތާޒާ ވެލުމައްފަހު ނިކުމެ ރީތިވެލިއެވެ. ކުރާނެ ކަމެއް ނެތިގެން ކޮޓަރީގެ ތަރުތީބު ބަދަލު ކޮއްލަން ޝައިން ބޭނުންވިއެވެ. ކޮޓަރީ މެދެއްގައި ހުއްޓިލައިގެން އިގިލީގައި ދައިގަނެގެން ހުރެ ޝައިން ވިސްނަމުން ދިޔައީ ތަރުތީބު ކުރާނެގޮތަކާއި މެދުގައެވެ. މިހެން ހުއްޓައި ސިއަސައިގެން ދިޔައީ ދޮރު ބެލް އަޅާ އަޑަށެވެ. ޝައިން ތުނަފަތް މައްޗައް ލުއި ހިނިތުން ވުމެއް ވެރިވެގެން ދިޔައީ އިހްތިޔަރަކާ ނުލައެވެ. ދުވެފައި ކަހަލަ ގޮތަކައް ގޮސް ދޮރު ހުޅުވާލިއެވެ.
ދޮރު ހުޅުވާލުމާއި އެކުހެން ޝައިން ތުންފަތް މަތީގައި ވި ހިނިތުންވުން ފިލައިގޮސް މުޅި މީހާގެ ތަބިއްޔަތް ގޯސްވާހެން ހީވިއެވެ. ” ޝިބާން ކަމައްދޯ ހީކުރީ.. އެހެންވެސް ވާނެ. އަދި ޝިބާން ނުހޭލާ.. އެނގޭ އޭނަ ހޭލައިގެން އެންމެ ކުރިން އަންނާނީ ޝައިން ގާތައްކަން. އެހެންވެ އެއަށް ވުރެ ކުރިން އަހަރެން މި އައީ: ޝިބާންގެ ބައްޕަ އާއި އެގޮތައް ދިމާވެދާނެ ކަމައް ހީވެސް ކޮއްނުލައި ހުރި ަޝައިން ހުރީ ރަކިވާގޮތް ވެފައެވެ. ކިޔާނި ނުކިޔާނެ އެއްޗެއް ނޭގިފައި ހުރި ޝައިން ކުރިހާވެސް ކަމަކީ ދޮރު ކުރިމަތިން ދުރަށްގޮސް ވަންނަން ތަން ދެއްކުމެވެ.
” އަހަރެން ފަހަރެއްގައިވެސް މިތަނަށް މިއައީ ޝައިންއަށް ދެރަބަހެއްބުނެ ޝާއިން ދެރަކުރާކައް ނޫން.. ޝައިންއާ ދެތިން ސުވާލެއް ކޮއްލުމުގެ ބޭނުމުގަ. ތިހެން ނުހުރެ އައިސް މިތާނގަ އިށިންދެބަލަ.. ” ދެންވެސް ވާހަކަ ދެއްކީ ޝިބާން ބައްޕައެވެ.. ޝައިން ޗާބި ދީފައި ހުރި ބުދެއްހެން ހިގާފައިގޯސް ސޯފާގައި އިށިންދެލިއެވެ.. ދެއަތް ދެއަތާ ޖޯޑުވެފައިވާ ވަރުން އަތުން ދާހިއްލަމުން ދިޔައެވެ. ހިތް ހާސް ވެފައި ހުރިވަރުން މުޅި މީހާ ތުރު ތުރު ލާހެން ހީވިއެވެ. ދައްކަން އުޅޭ ވާހަކަ އާއި މެދު ވިސްނަން އިން ޝައިން އަށް ޝިބާން ބައްޕަ ބުނި ވާހަކަ އަޑު ނީވުނެވެ. “ޝައިން” ޝިބާން ބައްޕަގެ ބާރު އަޑުން މުޅި އެޕާރޓްމެންޓް އެކީ އެކައްޗަށް ގުގުމައިގެން ދިޔައެވެ …
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.


Mi dhn koahcheh. Thankolheh liye laafa nimuny
Chen alhe Plx don’t write in my name… Vrh reethi ingey mibaivexx .. N KURIN comment khffa Eisner mi shabee eh noon.. Eye mi site ge 2nd shabee ingey 🙂
Shabee kudhin kudhin ge name ga comment kurany dho. Mihaaru ingijee mithaa fani mi hadhany kaley kan
nice
Sorry ingey Huney namuga eye shabee kuri comment eh ingey… Eye hen meehaku KURIN mi Ethin use khffa ineema e name ga post khlevunee name nubalaa… Heheeee but me Hama shabee ingey 😛
Rewthi maa bodah kuree
Reethi 🙂
Thank you hurihaaa kiyuntherinah wes… next time try to write it long egey… 🙂
mihaaru kihaadhuvaheytha kon iraku up kuraaneeee