ހީވޭ ގާތުގާއި ވާހެން ކަލާ 6
(ޔާޝްގެ ނަޒަރުން)
އަހަރެންނަށް ދެވުނީ ތަންކޮޅެއް ލަހުން ނެވެ. އަހަރެން ގޭގެ އަނެއް ފަރާތަށް ދިޔައިރު އެކުއްޖާ ހުރީ ވިނަގަނޑާއި ދިމާއަށް ބަލަހައްޓައިގެން ނެވެ. އަހަރެން އެކުއްޖާ ކުރާ ކަންތަށް ބަލަން ހުރީމެވެ. އެކުއްޖާ ކުއްލިއަކަށް ފަހަތަށް ފިޔަވަޅު އަޅަން ފެށިއެވެ. ފަހަތަށް ފިޔަވަޅު އަޅަމުން އައިއިރު އެ ކުއްޖާގެ ނަޒަރު ހުރީ ވިނަގަނޑާއި ދިމާއަށްށެވެ. އަހަރެން ވިނަގަނޑާއި ދިމާއަށް ބަލައިލީމެވެ. ކުއްލިއަކަށް އެ ކުއްޖާ އައިސް އަހަރެންގެ ގައިގާ ޖެހުމުން އަހަރެން ބަލައިލީމެވެ. އެ ވަގުތަކީ އެ ކުއްޖާ ވެސް އަހަރެންނާއި ދިމާއަށް ބަލައިލީ ވަގުތެވެ. އެކުއްޖާ އަހަރެންގެ މޫނު ފެނުމާއެކު ހަޅޭލައްވައި ގަތެވެ. އަދި އަވަހަށް ނިކުންނަން ދިޔައެވެ. އަހަރެންނަށް ހީވަނީ އެކުއްޖާ އަށް އަހަރެން ފެންނާނީ ފުރޭތަ އެއްގެ ސިފައިގައި ކަންނޭނގެ އެހެންވެ އަހަރެން ފެނުމުން ދުވެފައި ބިރުން އެ ދިޔައީ . އަހަރެންގެ ހިތަށް އެރިއެވެ. ދެން އަހަރެންނަށް އިވުނީ އެއްޗެއް ވެއްޓުނު އަޑެވެ. އަހަރެން ފަހަތަށް ބަލައިލިއިރު އެ ކުއްޖާ އޮތީ ބިންމައްޗަށް ވެއްޓިފައެވެ. އަހަރެން އެކުއްޖާގެ އެއްވެސް ހިލަމެއްވޭތޯ ބަލަން ހުރީމެވެ. ނަމަވެސް އެކުއްޖާ އެ އޮތްގޮތަށް އޮތުމުން އަހަރެން ގޮސް އެކުއްޖާ ކައިރީ ހުއްޓިލުމަށް ފަހު ތިރިވެލީމެވެ. އަދި ކައިރީގައި އޮތް ދަނޑި ކޮޅަކުން އެ ކުއްޖާ ގެ އަތުގައި ކޮއްޓާލީމެވެ. އެއްވެސް ހިލަމެއް ނުވުމުން އަހަރެން އެކުއްޖާ ނޭވާ ލައިތޯ ބެލީމެވެ. ނަސީބު ރަނގަޅު ކަމުން އެ ކުއްޖާ ނޭވާލައެވެ. ދެން އަހަރެން ވިސްނަން ފެށީމެވެ. މިކަހަލަ ގެ ދަނޑިވަޅެއްގަ ކީހޭ އަހަރެން ކުރާނީ އަވައްޓެރިއެއްގެ އެހީއެއްވެސް ނުލިބޭނެއެވެ. ދެން އަހަރެން ހަނދާން ވީ ގުރޭޑް 8 ގަ އެޗް.ޕީ ގަޑީގައި ކިޔެވި އެމެޖެސީސް ޓޮޕިކެވެ. އަހަރެން ފުންކޮށް ނޭވާ ލުމަށްފަހު އެކުއްޖާ އަހަރެންގެ އަތް ދަނޑި މައްޗަށް ނެގީމެވެ. އެ ކުއްޖާ ނެގި ތަނާހެން އަހަރެންނަށް ހީވީ އަހަރެންގެ އުނަގަނޑާއި ފައި ބިންދައިގެން ގޮސްފާނެހެންނެވެ. މި އަންހެން ކުދިން އެހާ ބާރީ ކީއްވެ ހެއްޔެވެ. އަހަރެން ވަރަށް ހާލުން އެ ކުއްޖާ ގެއަށް ވެއްދީމެވެ. އަދި ލިވިންގް ރޫމް ގައި ހުރި ސޯފާގައި ބޭއްވީމެވެ. އެއަށްފަހު ބަދިގެއަށް ގޮސް ފެންފުޅި އެއް ހިފައިގެން އައިސް އެ ކުއްޖާ ގެ މޫނަށް ފެން ގޮއްޓެއް ޖެހީމެވެ. އެކުއްޖާ ހޭ އަރާ ތޯ އަހަރެން އިންތިޒާރު ކުރީމެވެ. އަހަރެން އިނީ އެކުއްޖާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަން ށެވެ. ތަނަވަސް ނިއްކުރިއެކެވެ. ދިގު އެސްފި ތަކެއް ލިބިފައިވާ އިރު ކުޑަކުޑަ ނޭފަތެކެވެ. ދެން އަހަރެން ބަލައިލީ އެ ކުއްޖާގެ ތުންފަތަށްށެވެ. ވަށް ތުފަތެ ލިބިފައިވާ އިރު ތުންފަތް ރަތް ކަމުން ހީވަނީ ލޭ ކޮޅެއްހެން ނެވެ. ކުޑަކުޑަ ވަށް ދޮން މޫނު ކޮޅެކެވެ. އަހަރެން އެކުއްޖާގެ މޫނަށް ޖެހި ފެންތަށް ހުރުމުން އެމޫނު މަތިން ސާދާ ކަމެއް ދައްކައެވެ. އަހަރެން އެހެން ބަލަން އިންދާ މީހަކު ކަރު ކެހުނު އަޑު އިވުނެވެ. އަހަރެން ދޮރާއި ދިމާއަށް ބަލައިލީމެވެ. ދޮރުކައިރީގައި ގައި ހަށަން ބަނދެގެ ދެލޯ ކުޑަ ކޮއްގެން އެ ހުރީ އީމާން ނޫން ދެވަނަ މީހެއް ނޫނެވެ. އަހަރެން އަވަހަށް ކޮޅަށް ތެދުވީމެވެ. ” ޔާޝް ޔާޝް ޔާޝް ކީއްވެ ތި ތެދުވީ އަހަރެން އައީމަތަ އޯކޭ އަހަރެން ގޮސް ދާނަން” އީމާން އެހެން ބުނުމަށް ފަހު ނިކުންނަން ދިޔައެވެ. އަހަރެން އަވަހަށް ގޮސް އީމާން ގެ ކުރިމައްޗަށް އެރީމެވެ. ” ކިހިނެއްވީ ހާދަ ހިތްހަމަ ނުޖެހިފަ…. ޑޯންޓް ބީ ރޫޑް އަލް ނެވާ ފޮގެޓް ޔޫ މައި ލަވް ” އަހަރެން އެހެން ބުނެލުމާއެކު އީމާން ބުނެލިއެވެ. ” އައްޗީޑި ޔަކް މަ ނޫޅެން ގޭ އަކަށް ވާހިތަކުންނެ ޗީ ޗީ ޗީ ޔަކް ޔަކް ޔަކް ކީޕް ޑިސްޓެންސް” އީމާން އެހެން ބުނުމުން އަހަރެން ގެ ހިނިގަންޑު ފަޅާ ގެންދިޔައެވެ. ” ސާބަސް މާން އަށް ވެސް މަވެސް ނޫޅެން ގޭ އަކަށް ވާހިތަކުންނެއް” އަހަރެން ބުނެލީމެވެ. ” ދެން ކީވެހޭ އެހެން ތިބުނީ” އީމާން ރައްދު ގައި ބުނެލިއެވެ. ” އެހެން ނުބުނިއްޔާ ދެން މަ ކީކޭ ބުނާނީ އޭން… އީމާން ހީވީ މަ ވަގު ބިޓު ކައިރިއަށް ގޮސް އޮއްވާ ފެނުނު ހެން” އަހަރެން ހިނިގަނޑު ކޮންޓްރޯލް ކުރަމުން ބުނެލީމެވެ. ” އެ ދޯ އަސްލު ވީގޮތަކީ މަ މިގެއަށް އަންނަނިކޮށް އެއްކަލަ ރިޒްވާން އާ ދިމާވީ އޭނަ މަށަށް އިންޒާރު ދިނީ…. ބުނީ ތިދަނީ ޔާޝް ކައިރިއަށް ހޭ އޭނަ ކައިރިއަށް ދަންޏާ އޭނާ ކައިރިބުނާށޭ މީގެ ފަހުން ސާރާ އާއި ނުބެހީ ހުންނާށޭ ނޫނީ ދުވަސް ދުއްވާލާނަމޭ އަދި މަށަށް ވެސް އެ އިންޒާރު ދިން… އެހެންވެ މަހީކުރީ އޭނަ ޔާޝްއަށް ކަމެއް ކުރީ އޭ އެހެންހިތާ މި އައީ އާއިރު ކަމަކުދާކަށްނެތް ކައޭ ތިއިނީ ކޮންމެވެސް އަންހެން ކުއްޖަކަށް ގެއްލިފަ އައި ވޯސް ށޮކްޑް…. އޭ ބައިދަވޭ ކޮންކުއްޖެ އެއީ ” އީމާން އެއްފައްޗަކަށް ހުރިހާއެއްޗެއް ކިޔާލަމުނަ ގޭތެރެއަށް ވެންނިއެވެ. އަދި އެ ކުއްޖާ ކައިރިއަށް ދިޔައެވެ.” މަށަ ކައްވެސް ނޭންގެ ތީ ކޮންކުއްޖެ ކަމެއް.. އިނގޭ ހާވެސް އެއްޗަކީ އެ ރިޒްވާން މެން ގެއަށް އައިސްގެން އުޅޭ ކުއްޖެއް ކަން ” އަހަރެން އެހެން ބުނެލުމާއެކު އީމާން ދެލޯ ބޮޑުކޮއްލުމަށްފަހު ބުނެލިއެވެ.” ވަޓް ޔާޝް މަހީކުރީ ކައޭ ތީ ވަރަށް ޑީސެންޓް މީހެއްކަމަށް އެކަމަކު ކައޭ މި މަންޖެ ކިޑްނޭޕް ކޮއްލީ ޕިސް ޕިސް ޕިސް ޕިސް ޕިސް “” އަހަރެން ކީއްކުރަން މީނާ ކިޑްނޭޕް ކުރަންވީކީ ” އަހަރެން ބުނެލީމެވެ.” ފޯ ރިވެންޖް ” އީމާން އެހެން ބުނެ ލުމުން އަހަރެން ހައިރާން ވިއެވެ. މި އީމާން ވެސް މިހާރަކަށް އައިސް މާގިނައިން ފިލްމު ބަލަނީ އެވެ.” މަ ކީއްކުރަން އެހެން ނޫނަސް މި ކުއްޖާ އިއްޔެ މަ ސަލާމަތް ކޮއްދިނީ އެ ސާރާ އާއި ރިޒްވާން ކައިރިން ” އަހަރެން ބުނެލީމެވެ.” އޭ ހުވާ ތަ.. ހަމަ މިހާރު މަށަށް ކިޔައިދީ ” އީމާން އެހެން ބުނުމުން އަހަރެން ކުރުކޮށް އިއްޔެ ވީ ހުރިހާކަމެއް ކިޔައިދިނީމެވެ.” ހުވާ ވަރުގަދަ މަންޖެ އެއްނު ތި އޮތީ ލައްވާލާފަ…. ދެން އިތުރަށް ވަގުތު އިސްރާފު ކުރާނެ ކަމެއްނެތް ކިސް ކިސް ފެލް އިން ލަވް އޯކޭ… އަދި ކިހާ ރީތި މަންޖެ އެއް “އީމާން އެހެން ބުނަމުން އެކުއްޖާ އާ ދިމާއަށް ކުޑަކޮށް ތިރިވެލަމުން ބުނެލިއެވެ.” އޭ މަށަށް ހީވަނީ މީ ކުއްޖާ ހޭއަރަނީ ކަންނޭނގެ…. ދެލޯ ހުޅުވޭތޯ ވަރަށް މަސައްކަތް އެބަ ކުރޭ ”
( މައިރާގެ ނަޒަރުން)
އަހަރެން ވަރަށް އުނަދަގުލެއް ދެލޯ ހުޅެވައިލީމެވެ. ދެލޯ ހުޅުވައި ލީ އިރު އަހަރެން ގެ މޫނާއި ކައިރިން އެހެންމީހަކު ގެ މޫނު ފެނުން ހުއްޓެވެ. އެވަގުތު އަހަރެންގެ ސިކުނޑި އަށް ވަރަށް ނުބައި ހިޔާލެ އައެވެ. އަހަރެން ގެ ހަށިގަނޑު ތުރުތުރު އަޅަން ފެށިއެވެ. އެއްވެސް އެއްޗެއް އޮޅުން ފިލުވުމެ ނެތި އަހަރެން އެ މީހާގެ ކަންކަށި މަތީގައި ހުރި ބާރެއް ލާފައި ޖެހީމެވެ. އަދި ކޮޅަށް ތެދުވުމަށް ފަހު އެތަނުން ނިކުންނަން ދުއްވައިގަތީމެވެ. އެމީހާ ވަރަށް ބާރަށް މަގޭ ކަންކަޓޭ ބުނުމުން އަހަރެން ފަހަތަށް ބަލައިލީމެވެ. އެވަގުތު އަހަރެން ގޮސް އެއްޗެއް ގަ ޖެހުނެވެ. އަހަރެން ކުރިމައްޗަށް ބަލައިލީމެވެ. ކުރިމަތީގައި ހުރީ އެއްކަލަ އެމެޒޯސް ޖަންގަލީގައި އުޅޭ މީހާއެވެ. އެމީހާ ފެނުމުން މިފަހަރު އަހަރެންނަށް ސިފަވީ ޒޯނބީ އެކެވެ. އެހެންވެ އަހަރެން ވަރަށް ބާރާށް ” ޒޯނބީ” އޭ ކިޔާފައި ހަޅޭ ލައްވައި ގަތީމެވެ. އަހަރެންނަށް އަބަދުވެސް މިހެން ވަނީ ކީއްވެހޭ….އަސްލު މީ އަހަރެން ބަލައި ނުލާ އުޅޭތީ ވާގޮތެވެ. މިހާރު އެބަ ހިތަށް އަރާ އަހަރެން މީ ގެއަށް ވަނީވެސް ކޮން ހިތެއް ޖެހިގެން ބާއެވެ. ޔަގީން ވަންޏާ މިފަހަރު އަހަރެން ސަލާމަތް ނުވާނެއެވެ. މި ޒޯނބީ އަހަރެންގެ ސިކުނޑީގެ ޖޫސް ހަދައިފައި ގެން ބޯލާނެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Wow wonderful story ❤️❤️❤️❤️
Thanks frost girl