ބީޗުގެ ދޮންވެލިިގަނޑު މަތީގައި ދެމީހުން ޖައްސާލިއެވެ.މިރޭ އައްކިޔުން އިނީ ވަރަށް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަހަމަހިމޭން ކޮށެވެ.އެހެންރޭރެއާ ޚިލާފަށް މިރޭ އައްކިޔުން މާ ވާހަކައެއް ނުދައްކައެވެ. އޭނާގެ ބޮލުތެރޭގައި އެނބުރެނީ ނައިޝާއަށް ހަޤީޤަތް ކިޔައިދޭނެ ގޮތެކެވެ.
އައްކިޔުންގެ ހަޤީޤަތް ނައިޝާއަށް ކިޔައިނުދީ ދާ ކޮންމެ ހިނދުކޮޅެއް އޭނާ ދެކެނީ އެއީ ނައިޝާއަށް ދެވޭ އަނިޔާއެއްގެ ގޮތުގައެވެ.ހަޤީޤަތް ކިޔައިދޭން އައްކިޔުން އިންތިހާއަށް ބޭނުންވެއެވެ.ނަމަވެސް އޭނާ ފަސްޖެހެވެނީއެވެ.
މިރޭ ދެތިންފަހަރަކު އެވާހަކަ ބުނަން އޭނާ ނައިޝާއަށް ގޮވިއެވެ.ނަމަވެސް ބުނަން އުޅޭ އެތި ނުއެއްބުނެވެއެވެ.އެވާހަކަ ބުނަން އަނގަ ހުޅުވާލާ ކޮންމެ ފަހަރަކު މުޅި މީހާ ފިނިވެ ހިތުގެ ވިންދު އަވަސް ވާން ފަށައެވެ.
“އެއްޗެކޭ ބުނަން އުޅޭހެން ހާދަ އެބަހީވެޔޭ” މޫދާ ދިމާއަށް ބަލަހައްޓައިގެން ހިމޭނުން އިން އައްކިޔުންނަށް ނައިޝާ ބުނެލިއެވެ.އެވަގުތު އޭނާ ސިއްސައިގެން ގޮސް ކީކޭތޯ ނައިޝާ ކުރެން އަހާލެވުނެވެ.
“އައްކި ބަލީތަ؟….މިރޭ ހާދަ ފާޑަކަށޭ ތި އިންނަނީ…އެހެންޏާ ވަރަށް އަނގަ ތަޅާނެ..މިރޭ ނައި މިޖެހެނީ ވާހަކަ ދައްކަން” ނައިޝާ ބުނެލިއެވެ.
“ނޫނޭ…އެއީ ނައިއަށް ހީވާގޮތް” ހަމައަކަށް އެޅިލަމުން އައްކިޔުން ބުނެލިއެވެ.”ނައި… ސުވާލެއް ކޮށްލަންތަ؟” ކަރުކެހިލުމަށްފަހު އައްކިޔުން އަހާލިއެވެ.
“ހޫމް އަހާބަ” ނައިޝާ ބުނެލިއެވެ. “މީހެއްގެ ހަޤީޤަތް ނޭނގި އެމީހަކާ އެކު ނައި އުޅެފާނަންތަ؟” އައްކިޔުން އަހާލިއެވެ. އައްކިޔުންގެ އެ ސުވާލުން ނައިޝާ އޭނާގެ މޫނަށް ބަލައިލިއެވެ.
“މީހަކާއެކު ފުރަތަމަ އުޅެވޭނީ އެމީހެއްގެ ހަޤީޤަތް އެނގިގެން…މީހާގެ އަސްލު ވަރަށް މުހިންމުވާނެދޯ…ކީއްވެ ތިހެންތި އެހީ؟” ނައިޝާ އަހާލިއެވެ.
“ދެން ހަމަ އަހާލީ” ނައިޝާގެ ޖަވާބުން އައްކިޔުން އިތުރަށް ހާސްކޮށްލިއެވެ. މީހާ އިތުރަށް ފިނިވެ މުޅި ބޮލަށް ވާންވެ ނޭވާލާން ދަތިވާ ކަހަލަ ގޮތެއް ވިއެވެ.
“ހިނގާ ދެން ގެއަށްދާން…ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ… މިރޭ ބޭނުން އަވަހަށް ގެއަށް ވަންނަން” މުޅި މީހާ ސަކަރާތް ވާން ފެށުމުން އެތަނުންދާން އައްކިޔުން ތެދުވިއެވެ.
އައްކިޔުން ވެލިގަނޑުމަތިން ތެދުވުމުން ނައިޝާވެސް ތެދުވިއެވެ. “ބޮލުގަ ރިއްސާތީތަ ތިއުޅެނީ؟…ދެން ތިހެން ބުނިނަމަ މިތަނަށް ނައީމުސްއޭ” އައްކިޔުން ބަލިވާހަކަ ބުނުމުން ނައިޝާ ކަންބޮޑުވިއެވެ.
“އެ އޯކޭއޭ މާބޮޑަކަށް ތަދެއް ނުވޭ” އައްކިޔުން ބުނެލިއެވެ. “ހިނގާދާން” ހިނގައިގަންނަމުން ނައިޝާ ބުންޏެވެ.ވަކި ހިސާބަކަށް ހިނގާލުމަށްފަހު ނައިޝާ ހުއްޓި ފަސްއެނބުރި ބަލައިލިއެވެ.
“އައްކި ނާންނަންތަ؟” ހުރި ފިޔަވަޅުމަތީގައި ގުޑިނުލާ ހުރި އައްކިޔުންނަށް ނައިޝާ ބުނެލިއެވެ. “ނޫން..ނައި ދޭ އައްކި މިދަނީ…މާދަން ގުޅާނަން އިނގޭ…އައްކި ދެން ދާގޮތަށް ގޮސް ނިދާނީ” އައްކިޔުން އެހެން ބުނުމުން އާނ އެކޭ ބުނެ ނައިޝާ އޭނާގެ ގެއަށް ވަންނަން ހިނގައިގަތެވެ.
ނައިޝާ ދާ މަންޒަރު ބަލަން އައްކިޔުން ދޮންވެލި ގޮނޑުދޮށުގައި ހުއްޓެވެ.ނައިޝާއާއި ދިމާއަށް ބަލަންހުރި އައްކިޔުންގެ ލޮލަށް ކަރުނަ ޖަމާވީ ނައިޝާއަށް ހަޤީޤަތް ކިޔައިދޭނެ ހިތްވަރު އޭނާއަށް ނުލިބުމުންނެވެ.ނައިޝާ ގެއަށް ވަންނަންދެން އޭނާއަށް ބަލަން އައްކިޔުން ހުއްޓެވެ.
“ތިގޮތަށް ކަރުނައަޅާ ހިތާމަކުރާކަށް ނުޖެހުނީސް އަހަރެންނާ ރައްޓެހިވި ނަމަ…އައްކިޔުންގެ ތި ރީތި ދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓުނަކަ ނުދޭނަން އަހަރެން ” ނައިޝާއަށް ބަލަން ގެއްލިފައި ހުރި އައްކިޔުން ސިއްސައިގެން ދިޔައީ ފަހަތުން ލެޔާލް ވާހަކަ ދެއްކި އަޑަށެވެ.
ލެޔާލް ފެނުމުން އައްކިޔުން ވަގުތުން ބަލައިލީ ނައިޝާ ފެންނަން ހުރިތޯއެވެ. “ކަންބޮޑުނުވޭ ނައިޝާއަކަށް އަހަންނެއް ނުފެންނާނެ” އައްކިޔުން ބަލައިލި ގޮތުން ލެޔާލް ބުނެލިއެވެ.
“އަދިވެސް ވިސްނޭކަށް ނުވޭތަ؟…ހޭވެރި…” ލެޔާލްގެ ވާހަކަ ކުރިއަށް ނުގެންދެވެނީސް އައްކިޔުން އޭނާ ހުއްޓުވިއެވެ.
“ލެޔާލް ޕްލީސް މިވަގުތު ތިގޮވެލިފަތި އަޑު އަހާނެ ހިތްވަރެއް ނެތް” ބީޗުން ނިކުންނަން ހިނގައިގަންނަމުން އައްކިޔުން ބުނެލިއެވެ.އައްކިޔުންދާ މަންޒަރު ބަލަން ރުޅިމޫނު ހަދައިގެން ލެޔާލް ހުއްޓެވެ.
ހިނގާފައި ދިޔަ އައްކިޔުންނަށް މެސެޖެއް ލިބުނެވެ. “އޯކޭތަ މިހާރު؟…ބޭސް ކައްޗޭ..ބޭސް އެބަހުރިތަ؟…އައްކި ބަލިވީމަ ނައި ވަރަށް ދެރަވޭ” އައްކިޔުންނަށް ލިބުނު ނައިޝާގެ މެސެޖް އޭނާ ކިޔައިލިއެވެ.ހާސްވެ ކަންބޮޑުވެފައިވާ އައްކިޔުންގެ ހިތަށް ތަސައްލީއެއް ލިބުނެވެ.ފޯނަށް ބަލަންހުރި އެމޫނުމަތިން ހިނިތުންވުން ފާޅުވިއެވެ.
******
ދުވަސްތައް ފާއިތުވަމުން ދިޔައެވެ.އައްކިޔުންނާ ނައިޝާގެ ގުޅުން އިހުނަށްވުރެ ވަރުގަދަވިއެވެ.ދެމީހުން އެކުގައި ވަގުތުދީ ހެދުމާއި ނައިޝާގެ ކާރުގައި ބުރުޖަހާލަން ދިއުން ފަދަ ކަންކަން ކުރިއެވެ.
ކުރިން އައްކިޔުންނަށް އުދަނގޫކުރާ ލެޔާލްގެ ހިލަމެއްވެސް މިހާރަކު ނެތެވެ.އޭނަގެ ހިލަމެއް އެއްގޮތަކަށްވެސް ނުވާތާ މިހާރު ހަފްތާއެއް ފާއިތުވެ ދިޔައީއެވެ.ކުއްލިއަކަށް ލެޔާލް ގެއްލުމުން އައްކިޔުންގެ ހިތުގައި ސުވާލު އުފެދުނު ނަމަވެސް މިއީ ހެޔޮ ބަދަލެއް ކަމުން އައްކިޔުން ހިތްހަމަ ޖެހުނެވެ.
ނައިޝާއާއި އެކު އުފަލުގައި ގިނަ ދުވަސްތައް އައްކިޔުން ހޭދަކުރިނަމަވެސް ހަޤީޤަތް ކިޔައިދޭން އަދިވެސް އޭނާ ފަސްޖެހެއެވެ.
******
ދެމީހުންގެ ދޭތެރޭގައި އޮތް ގުޅުން ވަރުގަދަ ވުމުގެ ސަބަބުން އައްކިޔުންނަށް ނައިޝާއާއި ދޭތެރޭގައި ތަފާތު އިހުސާސެއް ކުރެވެން ފެށިއެވެ.އަބަދުވެސް ނައިޝާ ދެކެން ބޭނުންވުމާއި ނައިޝާ ކައިރީގައި ވަގުތު ހޭދަކުރަން އައްކިޔުން ބޭނުންވާން ފެށިއެވެ.
އަބަދުވެސް ހުރިހާ ކަމެއް ހިއްސާ ކުރާ ބީދައިން، އައްކިޔުންނަށް މިހާރު ވަމުން އަންނަ ގޮތް އޭނާގެ ބައްޕައާ ހިއްސާކުރިއެވެ.އައްކިޔުންގެ ވާހަކަތައް އޭނާގެ ބައްޕަ އަޑުއެހިއެވެ އައްކިޔުނަށް ނައިޝާދެކެ ލޯބި ވެވެނީ ކަމުގައި އޭނާގެ ބައްޕަ ބުނެދިނީ ނުހަނު ކަންބޮޑުވެ ހުރެއެވެ.
އައްކިޔުނަށްވެސް އޭނާ ނައިޝާދެކެ ލޯބި ވެވިއްޖެކަން އިހުސާސްކުރެވުނެވެ.ނަމަވެސް ލޯބިވާ ވާހަކަ ނައިޝާއަށް އަންގަން އައްކިޔުން ބޭނުންވަނީ ވަރަށް ޔަގީންކޮށްފައި ކަމުން، އޭނާ ނައިޝާ ދެކެ ލޯބި ވެވިއްޖެ ވާހަކަ އެހަށް ނުބުނެ ވަންހަނާ ކޮށްލިއެވެ.
*******
ހަފްތާއެއް ފާއިތުވެ ދިޔަފަހުން އެއްރޭ އައްކިޔުންނަށް ނައިޝާ ގުޅިއެވެ. ަެަެަެަެަެަެަެަެަެަެަެަެަެަެަެަެަަެަެަެަެައައްކިޔުން ފޯނު ނެގުމާއެކު ވަރަށް އަވަހަށް ނައިޝާގެ ގެއަށް އައުމަށް އޭނާ އެދުނެވެ. ނައިޝާގެ އަޑުގައި ވަނީ ސީރިއަސް ކަމެވެ.ނައިޝާގެ ވާހަކަ ދެއްކި ގޮތުން ކަމެއް ގޯސްވެއްޖެ ކަމުގެއިހުސާސެއް އައްކިޔުންނަށް ކުރެވުނެވެ. ވީކީއްތޯ އޮޅުންފިލުވަން އައްކިޔުން ބޭނުންވިއެވެެ.ނަމަވެސް އައްކިޔުންނަށް އެެއްޗެއް ނޭހިގެން އުޅެނިކޮށް އެކޮޅުން ނައިޝާ ފޯނު ކަނޑާލިއެވެ.
ނައިޝާ ފޯނު ކަނޑާލުމުން އައްކިޔުން ގަނޑި ބަލައިލި އެވެ. ގަނޑިން މެންދަމު ބާރަ ޖަހަނީއެވެ.މިހާ ލަސް ވަގުތެއްގައި ދުވަހަކު ވެސް ނައިޝާ ގުޅާފައި ނުވާތީ ހަމަގައިމުވެސް ކަމެއް ގޯސްވެއްޖެކަން އައްކިޔުންނަށް އިހުސާސް ކުރެވެން ފެށިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.






masha allah ❤️ varah reethi
Keep going
thnaks dear…yes i will
sssssooooooo niceeeeeeee